Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހައްލަކީ ކޮބާ؟

bikaari_ultrapromax
bikaari_ultrapromax Level 1
September 10, 2026 3 Mins Read
1 Comment

މާގިނައިރު ތަކެއްނުވެ ގޭ ދޮރުން ވަދެގެން އައި މައިހާއަށް ހުރިހައި އެއްމެންގެ ނަޒަރު ސީދަވިއެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ.

ޕާރޓް-2

އިރު އޭގެ ވާޖިބު އަދާކުރުމަށް ދުނިޔެއަށް މަރުހަބާކިޔެވެ. އިރު ފެނުން ތޮޅެލުމާއި އެކު ދޫނިތައް އެ ސޮރުމެންގެ ހާލިތަކުން ނުކުމެ ފަޒާގެ ތެރޭގައި އުދުހެން ފަށާފިއެވެ. އުޑު މަތި އަލިވެ ރަށު ތެރޭގައި މަދުމަދުން މީހުން ހޭލަ މޭލަވެ އުޅެން ފަށާފިއެވެ. މަޑު މަޑު މިޔުޒިކެން ފަދައިން މުޅި ފަޒާގައި އެއްއަޑުވެފައި ހުރި އިލޮށި ފަތި ތަކުން މީހުން ކުނިކަހާ އަޑެވެ.

ރާޅުޖަހާ ފަށުގައި މަޑު މަޑުން ހިގައިފައި ދިޔަ މައިހާގެ ނަޒަރު ހުއްޓިފައި ހުރީ އިރު އަރާ ރީތި މަންޒަރަށެވެ. އޭނާ އަތުގައި އޮތީ ދެންމެއަކު އޭނާ ދުވަން އަރައިގެން އުޅުނު ބޫޓެވެ. ކަންފަތުގައި އަޅާފައި ހުރި ހެޑްފޮންސް އިން މަޑު މަޑުން ލަވައެއް ކުޅެލަމުން ދިޔައިރު އޭނާ ކުރިއަށް ހިގަމުން ދިޔައީ އެއްވެސް ހިޔާލެން ނެތިއެވެ.

“ޕިސް.. މަ ބޫޑު..” މުދަށް ވެއްޓުނު ބޫޓު އަވަސް އަވަހަށް ނަގަމުން މައިހާ ޝަކުވާ ކުރިއެވެ.

“ކަލޭއަށް ބަލައިގެން ނުހި-” މައިހާގެ ކަޅި ސީދާވީ އޭނާގެ ކުރިމަތީ ގައި ހުރި ހަރު އުމުރުގެ މީހަކާއެވެ. އެމިހާ ހުރިލެއް ގާތްކަމުން މައިހާ ފަހަތަށް ފިޔަވަޅެއް ނެގިއެވެ. އެމީހާގެ ނަޒަރު އޭނާގެ މޫނަކުން ވަތްކެއް ނުކުރެވެ.

“ތިި ތަންކޮޅެން ބަލައިގެން އުޅިބަލަ! މިތާ އެހެންމީހުން ވެސް އުޅެއޭ.. ކޯއްޗެއްތަ ތިބަލަނީ؟ ހީވަނީ އަލަށް އަންހެނަކު ފެންނަހެން.. މިހާރު ކަލޭ ކާރި ބުނެފިން ދޯ ދެން ހުށައަޅާނީ ޕޮލިހުންނަށޭ! ކަލޭއާ ހެދި މަ ބޫޓުވެސް އެ ހަލާކުވީ.” އެމީހައާއި ދިމާލައް ހަޅޭލަވާފައި މާއިހާ ބާރު ހިގުމެއްގައި ގޮސް ރަށު ތެރެއަށް އެރިއެވެ. އޭރުވެސް އެ މީހާ އޭނާގެ ނަޒަރު މައިހާގެ ގަޔަކުން ވަތްކެއް ނުކުރެއެވެ. ލޮލުކޮޅުން މައިހާ ގެއްލުމުން އޭނާ ހިގައިގަތީ އަނެން ދިމާލަށެވެ.

“ކިހިނެއްވީ؟ ހާދަ ރުޅި އައިސަ އޭ؟” ގޯތީގައި ހުރި ގަސްތަކުގެ ކައިރީގައި އުޅުނު އައިމިނަތު އަހައިލީ މައިހާގެ މޫނުމަތީ ކުލަވަރުތައް ފެނިފައެވެ.

“އެއްކަލަ މީހާ ދެންމެގަވެސް އައިސް ގައިގަ ޖެހިގަތީމަ ބޫޑު މޫދަށް ވެޓުނީ.. އޭނައާ ހެދި މިހާރު ބޮލަށް އުނދަގޫ ވާންފަށާފި ދާހާ ތަނަކު އެބަ އުޅޭ..” އޭނާ ބޫޓު ޑަސްބިނަށް ލަމުން ވާހަކަ ދެއްކިއެވެ.

“ރޮށި ފިހެފިންތަ؟”

“އަދި ނުފިހަން.”

“މިދަނީ ފުން މޮޑެން. ކާކު ހޭލައުޅެނީ؟”

“ނޭގެ، ދޭބަލަ ބަލަން..” އައިމިނަތު މިހެން ބުނުމުން މައިހާ ގޭތެރެއަށް ހިގައި ގަތެވެ. އައިމިނަތު ވެސް އޭނާގެ މަސަތްކަތައިގެން ކުރިއަށް ގެންދިޔައެވެ.

ހެދުނުގެ ނާޝްތާއަށް ފަހު ރައިހާ އުޅުނީ އެއްޗެހި ދޮވުމުގައެވެ. އޭނާއާއި އެކު ރަޝާ ވެސް އުޅުނެވެ. ޝީން އުޅުނީ އޭނާގެ ސްކޫލު މަސެއްކަތްތަށް ނިންމުމުގައެވެ. މައިހާ އިނީ އޭނާގެ ލެޕްޓޮޕް ހިފައިގެން ބަދިގެ މޭޒު ކައިރިގައެވެ.

“ހިނގާ މޫދަށް ދާން؟” ރަޝާ ގޭތެރެއަށް ވަންނަމޫން އަހާލިއެވެ.

“އޮކޭ!” ޝީން އުފަލުން ބުންޏެވެ.

“އައި ކާންޓް ގޯ.. ތިމީހުން ދޭ މިއަދު..” މައިހާ ވާހަދެއްކީ އޭނާގެ ލޯ ލެޕްޓޮޕް ސްކުރީން އިން ވަކި ނޮކޮއްލައެވެ.

“ކަމްއޮން.. އިޓްސް ގޮނަބީ ފަން.. ތި މިސްޓީރިޔަސް ވެވިދާނެ ފަހުންވެސް.. ހިގާބަ ދާން..” ރަޝާ ބުނަމުން ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. މައިހާ ވަގުތުން ލެޕް ލައްޕާލިއެވެ.

“ފައިން މަ ގޮސް ދާނަން.. ބަޓް.. ފަހެއް ޖެހުމުގެ ކުރިއަށް އަންނަ މަތިން..” މައިހާ މިހެން ބުނުމާއި އެކު ޝީން އަވަސް އަވަހަށް ބޯޖަހާލިއެވެ.

މޫދުގެ ލޮނުގަނޑު ފިނިވެފައި އަވިވެސް މިހާރު މަޑު ވެލާފިއެވެ. ހަވިހިރު އަތަށް އަޅާފި އޮތުމުން މޫދުގައި ތިބި ގިނަ މީހުން ގެޔަށް ދިޔުމަށް މޫދުން އަރަނީއެވެ. އެ ހަތަރު ކުދިން ހީ ސަމާސާކޮށް އުޅުނީ އެއްވެސް ހިޔާލެއް ފިކުރެށްނެތިއެވެ. އެ ކުދިންގެ އިތުރުން އެވަގުތު ފިރިހެން ގުރޫޕެއް ވެސް މޫދުގައި އުޅުނެވެ.

ކުރިމަތިން އެ ފެންނަނީ ހޫރު ޕަރީއެއް ބާއޭވެސް އަޔާންގެ ހިތަށް އެރިއެވެ. އެކުއްޖާ ހިނިތުން ވެލުމުން އާޔަންއަށް ހީވީ ދުނިޔެ ހުއްޓުނު ހެންނެވެ. ތޫނު ކަޅިރަވައެވެ. އޭނާއަށް ހުރެވުނީ ހަމަ ބަލަ ހައްޓައިގެންނެވެ. އެރީތި ކަމަށް ގެއްލިފައެވެ. އޭޭނާގެ އެކުވެރިން އޭނާއަށް ދިމާކުރަނީއެވެ. އެ ވަގުތަކީ އެ ތޫނު މުށިކުލައިގެ  ކަޅިރަވަ އާއި އާޔަންގެ ކަޅި ސީދާވި ވަގުތެވެ. އެއަންހެން ކުއްޖާ އަވަސް އަވަހަށް މޫނު އަނބުރާލިއެވެ. އަދި އޭނާއެކު ތިބިކުދިން ގާތު ކޮންމެވެސް ވާހަކައެއް ބުނުމަށް ފަހު ރަށަށް އަރައިގެން ދިޔައެެވެ. އާޔަންގެ ނަޒަރު އެ އަންހެން ކުއްޖާއަކުން ވަތްކެއް ނުވެއެވެ. އޭނާ އުންމީދު ކުރިގޮތާ ހިލާފަށް އޭނާގެ ލޯކުރިމަތިން ގެއްލުމުގެ ކުރިން އެކުއްޖާ ފަސްއެބުރި އޭނާއަށް ބަލާލިއެވެ.

މޫދުން އައިސް ފެންވަރައި ހަމަޖެހިލައިގެން ހުރިހާކުދިން ތިބީ ގޯތީގައި އެލުވައިފައި ހުރި އޮދޯލި ތަކުގައި ކޮފީ ބޮށެވެ. އޮލަ ވާހަކައެއްގެ ތެރޭގައި ތިއްބައިި މައިހާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނައްބަލައި ލުމާއިި އެކު އޭނާގެ މުނުމަތީ ކުލަވަރު ބަދަލުވި މަންޒަރު ރަޝާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުގެ ކުރިއަށް މައިހާ ތެދުވެގެން ދިޔައެވެ.

“މަ ބުނި ކަންތައް ވެއްޖެތަ؟”

“އެވާހަކަ ދައްކަން މި ގުޅީ އަސްލު.. މިހާރު އަހަރެމެން ހީކުރާވަރަށް ވުރެށް ކަންތައް ގޯސް ވެއްޖެ..”

“ދެން ވީ ނީޑް ޓު މޫވް ފާސްޓާ.. މަ ބެނުން ވީހާވެސް އަވަހަކަށް އޭނާގެ ދުވަސް ދުންވާލަން..”

“މައިހާ؟ ކާކުގެ ވާހަކަ ތިދައްކަނީ؟” ޙުސެއިން އަހާލިއެވެ.

މައިހާ ސިހިފައި އެބުރުނެވެ. މޫނުމަތީ ކުލަވަރު ވަގުތުން އޮއްސުނެވެ. އޭނާގެ މޫނު ހީވަނީ ހުދު ކަފަ ކޮޅެއް ހެންނެވެ. ލޯ ބޮޑުވެ އަތް ތުރުތުރު ލާންފެށިއެވެ. ހިތްނެގި ނެގިފައި ޖެހޭ އަޑު، ޙުސެއިން، އޭނާގެ ބައްޕައައް އަޑު ނީވޭކަން ވެސް އޭނާއަށް ޝައްކެވެ.

Share Article

bikaari_ultrapromax
Follow Me Written By

bikaari_ultrapromax

Level 1

Other Articles

Previous

ހުރީމެ ތިހިތުން ޖާގަ ދޭތޯ (ފަހުބައި)

Previews
September 10, 2026

ހުރީމެ ތިހިތުން ޖާގަ ދޭތޯ (ފަހުބައި)

One Comment

  1. Zidu Zidu says:
    September 10, 2026 at 9:58 am

    Interesting
    Vrh reethi

Comments are closed.



All Right Reserved!