Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހައްލަކީ ކޮބާ؟- 4

bikaari_ultrapromax
bikaari_ultrapromax Level 1
September 19, 2026 4 Mins Read
1 Comment

ވަގުތު ކޮޅަކު އެތާ މަޑު ކޮއްލުމަށް ފަހު މައިހާ ތެދުވެގެން ދިޔައެވެ. ރައިހާ ވެސް އޭނާ ފަހަތުން ދިޔައެވެ. މި މަންޒަރު ފެނި ކަމެއް ގޯސް ވެއްޖެކަން ރަޝާއަށް ހީވިއެވެ. ނަމަވެސް އޭނާ އެކުދިން ފަހަތަކުން ނުދެއެވެ.

ޕާއްޓް-4

“ތުއްތާ! ކީއްކުރީ؟ އެ ކޯޓު އިއްވުން އެލަސްވީ ތުއްތަ ކުރި ކަމަކުންތަ؟” ރައިހާ އަހާލިއެވެ. އޭނާ މައިހާއަށް ބަލަމުން ގެންދިޔައީ ޝައްކުން ފުރިފައިވާ ނަޒަރަކުންނެވެ.

“ކީއްވެ މަށަށް ތި ޝައްކު ކުަރަނީ؟” މައިހާ ވަރަށް ހަމަ ޖެހިފައި އަހާލިއެވެ.

“ޔޫ ނޯ ސަމްތިންގް މިތާ އެކަކައްވެސް ނެނގޭ.. ބުނީމަ ދޯ ވާގޮތެއްވެސް އެގޭނީ..” ރައިހާ ވާހަކަ ދެއްކިއެވެ. އޭނާ ދައަކަމުން ދިޔަ ވާހަކަ އަޑު ނާހައި މައިހާ ލޯ އަބުރާލާފައި އެބުރުނީ ގެޔިން ބޭރަށް ދިޔުމަށެވެ.

ރައިހާ ހިފީ މައިހާގެ އަތުގައެވެ. އޭނާ ހުއްޓުވުމުގެ ގޮތުންނެވެ. ނަމަވެސް އޭނާ މޫނު މައްޗައް އެރީ މައިހާގެ އަތުން ހޫނު އެތި ފަހަރެކެވެ. ރައިހާގެ ލޯ ބޮޑުވެގެން ދިޔައެވެ. ދެކުދިން ތަޅައިގަތެވެ. އެވަގުތު އެ ތަނަށް އާދެވުނު އެލީޝާ އޭނާގެ ތުލި އަޑުން ހަޅޭލަވައިގަތެވެ. ހުރިހާ އެއްމެން ކަހަލަ ގޮތަކަން ދުވަފައި އައެވެ. މައިހާ، ރައިހާގެ ބުރުގަލުން ދޫ ކޮއްލަމުން ފަހަތައް ފިޔަވަޅެއް ނެގީ އަތް އުފުލައިލައިގެންނެވެ.

“ކޫއައް އެގޭދޯ ތުއްތަ މާ ވަރުގަދަވާނެކަން.. އެގޭ ދޯ ކުއްލިއަކަށް މީހަކު ހިފީމަ އިޓް ސެޓްސް އޮފް ހާރ އެލާމްސް ކަން..” އައިސް ޕެކް ހިފައިގެން އައިސް ރައިހާގެ އަތަށް ދެމުން ޝީން ވާހަކަ ދެއްކިއެވެ. ރައިހާ އަގައަކުން ނުބުނެއެެވެ.

“އައި ހާރޑް މައި ތުއްތަގެ އެބަސް އާ ބައިސެޕްސް ހުންނަ ވާހަކަ… އެއީ ތެދުތަ؟” ހަމްނާ ވަރަށް ޝައުގާއި އެކު އަހާލިއެވެ.

“މައި ތުއްތަ އައިމަ އަހާބަލަ..” އެލީޝާ ބުންޏެވެ.

އުދުހެމުން އައިސް ޗޮކުލެޓެއް އުގަށް ވެއްޓުމުން ރައިހާ، އޭނާގެ ފޮނުން ލޯ ވަކި ކޮއްލަމުން އެސްފިޔަތައް އުފުލާލައި ބަލާލިއެވެ. އޭރު މައިހާ ހުރީ އޭނާގެ ޖިންސްގެ ފަހަތު ޖީބައް އައިތް ޖަހާލައިގެންނެވެ. ރައިހާ އެއްފަހަރު ބޯޖަހާލުމައްފަހު އަނެއްކާވެސް ފޯނާއި ކުޅެން ފެށިއެވެ. ޝީން ފިޔަވައި ދެންތިބި ކުދިން ތިބީ ހައިރާން ވެފައެވެ.

“ވަޓް ޖަސްޓް ހެޕެންޑް؟” އޭލީޝާ އަލާލިއެވެ. ޖަވާބު ދިނީ މައިހާއެވެ.

“ޕީސް އޮފަރިންގް.”

“ބޭރަށް ނުދަންތަ؟” މައިހާ އަހާލިއެވެ.

“އައިވިލް ބައި ސްނެކްސް؟” އޭނާ އިތުރު ކޮއްލިއެވެ.

ރަޝާ ވަގުތުން ސޯފާއިން ތެދުވިއެވެ. ޝީން އޭނާ އާއި ދިމާލަށް ބުމަ އަރުވާލިއެވެ. އަދި އޭނާ ވެސް ދާން ތެދުވިއެވެ.

ހުރިހާ ކުދިން ތިބީ ބަދަރު މަތީގައި ހުރި ބެންޗު ތަކެއްގައެވެ. އެކި ވާހަކައިގައި ތިބެފައި އެލީޝާ އަހާލިއެވެ.

“ޔޫ ގައިސް ނޯ ދޯ ދިސް ޑޫޑް އިސް ފޮލޮވިން އަސް ކަން؟”

ހުރިހާ ކުދިން އެއްކޮށް އެ ދިމާލައް އެބުރުނެވެ. މައިހާގެ މޫނު މަތިން ހިނިތުން ވުން ފިލައި ރުޅިވެރި ކަމުގެ ކުލަވަރުތައް ޖެހުނެވެ. އޭނާ އަތުގައި އޮތް ދަޅުވެސް ބަޑިވިއެވެ.

“މައި.. ހަމަޖެހި.. އޭނާ އެހުރީ އަދި އެރީ ދުރުގައެއްނު ދޯ؟ ކައިރި ވެއްޖެއްޔާ ޔޫ ކޭން ޑޫ ޔޯ ތިންގް..” ރަޝާ ވާހަކަ ދެއްކިއެވެ. މައިހާ ހަމައަކަށް އެޅުނެވެ. ހުރިހައި ކުދިން ވާހަކަ ބަދަލު ކޮއްލިއެވެ.

ޖެހިގެން އައިދުވަހު ފަތިހުގެ ފުރަތަމަ ހާލާއިއެކު އައިމިނަތުއާއި ފަރީހާ ފަތް ތެއްލުމުގެ ތައްޔާރީތައް ވާން ފެށިއެވެ. ކުދިނަތައް ވެސް އެހީތެރިވުމަށް ހޭލައިގެން  އުޅުނެވެ. މަސަތްކައިތް ނިމުނު އިރު އަސުރު ވެއްޖެއެވެ. ހުރިހައި ކުދިން ތިބީ ގޯތިތެރޭގައި އެލުވާފައި ހުރި އޮދޯލި ތަކުގައެވެ. އައިމިނިތު އާއި ފަރީދާ ދިޔައީ އެގޭއާއި ދިމާލުން ފެއިބައިގެން ދެވެން އޮއްނަ އަތިރިމައްޗަށް ތެލިތައް ދޮއްނާށެވެ.

ގޯތިތެރެއަށް ވަދެގެން އައީ ހަރު އުމުރުގެ މީހެކެވެ. ކުޑަކޮށް ބޮލުގައި ނުތަޖަގަފައި ހުރިނަމަވެސް ސްމާޓް ގޮތެއް ހުރެއެވެ. ލައިގެން ހުރި މުށިކުލައިގެ ޓީޝާޓްގެ އައިތްކުރި ހުރީ ބައިސެޕްސް މައްޗަށް ބާރުވެލާފައެވެ. އަދި ތިރިން ލައިގެން ހުރި ކަޅުކުލައިގެ ފަޓުލޫނުގެ ޖީބައަށް އައިތް ޖަހާލައިގެންނެވެ. އަތު ކުރީގައި ރިހިކުލައިގެ ގަޑިއެއް ވެސް އޮތެވެ. އޭނާގެ މަތިމަހު ގައި އާއި ތުބުޅީ ގައިވެސް ނުރަޖަހާފައި ހުއްޓެވެ.

“ހުރިހާ ކުދިން ތިބީ މިތާ ދޯ؟” އޭނާ ވާހަދެއްކިއެވެ.

“ހްމްމް..” ޝީން ރުންކުރު ރާގަކަށް ބުންޔެވެ.

“ހަމްނާ.. ދަރިފުޅާ، ބައްޕައަށް ފެން ތަައްޓެއް ގެނެސް ދީބަލަ..” އެމީހާ ބުނެލިއެވެ. އާއެކޭ، އޭއީ ހަމްނާގެ ބައްޕަ ހާމްދާނުއެވެ.

ހަމްދާނު މިހެން ބުނުމުން ހަމްނާ ތެދުވިއެވެ. އޭނާގެ މޫނު މަތިން މީގެ ހިދުކޮޅެއް ކުރިން ފެނަށް ހުރި ހިނިތުން ވުން ފުހެވިއްޖެއެވެ. މިހާރު އޭނާގެ ލޮލުން ފެންނަމުން ދިޔައީ އުދާސް ކަމާއި ބިރުގެ ކުލަވަރު ތަކެވެ.

“ބޮޑުދޮންބެ ކޮއްއިރަކު އައީ؟ ކޮބާ ޒާހިރު؟” ފަރީދާ ވާހަކަ ދެއްކިއެވެ.

“ދެއްމެ ހަމަ މިއައީ.. ޒާހިރު ވީ އަދި އެގޭގަ. ބުނި އިރު ކޮޅަކުން އަނާނަމޯ..” ހަމްދާނު ބުނެލީ ޖޯލީގައި އިށީއްނަމުންނެވެ.

ރޭގަނޑުގެ ކެއުމަށް ހުރިހާ އެއްމެން ކާމޭޒުގެ ވަށައިގެން ތިންބެވެ. އެކި ވާހަކަ ތަކުގައި ތިބެ ކައިނިމިގެން ބޮޑެތި މީހުން ސިޓިން ރޫމަ ނުކުތެވެ. ކުދިވެރިންތަށް އުޅުނި ބަދީގޭގައެވެ. ބޮޑެތި މީހުން ކުރިޔަށް ގެންދިޔައީ ދަތުރެއްދިޔުމަށް ރޭވުމުގެ މަޝްވާރާއެވެ.

ހަފްތާއެއް ފާއިތު ވެއްޖެވެ. ދަތުރު ދިޔުމަށް ވަމުން ދިޔަ ތައްޔާރީތަށް ނިމުމަކަށް އައިސް މީހަރު ހުރިހައި އެއްމެން ތިބީ ބަނދަރު މަތީގައި ޑިންގީއަށް އެރުމަށް ތައްޔާރު ވާށެވެ. ހަމަ އެވަގުތު ޝީންގެ އަވި އައިނު ގޭގައި ވުމުން އޭނާ ގެޔަށް ދިޔައީ އަވި އައިނު ބަލައެވެ. ހަމަ އެވަގުތު ހަމްދާނު ވެސް ފިހާރައަށް ކަމަށް ބުނެ ދިޔައެވެ.

އައިނު ހިފައިގެން ކޮޓަރިން ނުކުންނަށް އެބުރުނު ޝީން ސިހުނީ ދޮރުމަތީގައި މަގު ބަންދު ކޮއްގެން ހުރި ހަމްދާނު ފެނިފައެވެ. އޭނަ ކޮޓަރީ ތެރެއަށް ފިޔަވަޅެއް އެޅިއެވެ. ބޭއިހްތިޔާރުގައި ޝީއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ އައިނު ޖީބަށް ލުމަށް ފަހު ސަލާމަތް ވާނޭ ގޮތަކަށް ބަލަށް ފެށިއެވެ. މި މަންޒަރު ފެނި ހަމްދާނު އެ ކޮޓަރީ ދޮރު ތަޅުލިއެވެ. ޝީން އަށް ރޮވޭގޮތްވިއެވެ. އޭނާ ފަހަތަށް ނަގާ ކޮންމެ ފިޔަވަޅަކާއި އެކު ހަމްދާނު އޭނާއާއި ގާތަށް ފިޔަވަޅެއް ނަގައެވެ. މިހާރު ޝީން ހުރީ ހަމްދާނު އާއި ފާރައާއި ދެމެދު ތާށިވެފައެވެ.

އަތް އުފުލާލައި ހަމްދާނު، އޭނާގެ ހަރު އިގިލިތަކުން ފިރުމާލީ ޝީންގެ ކޯތާފަތުގައެވެ. މޫނު އަބުރައި ލުމުން ހަމްދާނު އޭނާގެ ކަތުރު ކަށީގަނޑުގައި ބާރަށް ފިހައި އޭނަ އާއި ދިމާލަށް ޝީންގެ މޫނު އަބުރައިލިއެވެ. ޝީން ޖެހީ ހަމްދާނުގެ މޫނަށް ކުޅެކެވެ. ހަމަ އެއާއި އެކު އޭނާގެ މޫނު މައްޗަށް ހޫނު އެތިފަހަރެއް އަރައި ހަމްދާނު އޭނާ އެނދު މައްޗަށް އެއްލާލިއެވެ. ޝީން މަސައްކަތް ކުރީ ސަލާމަތް ވެވޭތޯއެވެ. ނަމާވެސް އުމުރުން ސާޅީހަށް ވުރެއްމަތީގައި އުޅޭ މީހެއްގެ ކައިރީގައި ފަނަރަ އަހަރުގެ އަންހެން ކުއްޖަކަށް ވަކި ދެއްކޭނީ ކޮންބާރެއް ހެއްޔެވެ؟

ހަމްދާނު މަސެއްކަތް ކުރީ ޝީންގެ ދެއަތުގައި ހިފޭތޯއެވެ. ނަމަވެސް ޝީން، އޭނާގެ ދިގު ނެޔަފަތީގެ ބޭނުން ކޮއްގެން ހަމްދާނުގެ މޫނަށާއި އަތަތް ހަމަލާދެމުން ދިޔައެވެ. ޝީން ވަނީ ހަމްދާނުގެ ހަށިގަނޑުގެ ދަށުގައި ބަންދުވެފައެވެ. ހަމްދާނުގެ ދެކަކޫ ވަނީ ޝީގެ އުނަގަނޑުގެ ދެފަރާތުން ބަންދުކޮއްފައެވެ. އަނެއްކާވެސް ހަމްދާނުގެ ހޫނު އެތި ފަހަރެށް އެރީ ޝީންގެ ކޯތާފަތަށެވެ. އޭނާގެ ލޯމައްޗަށް އަދިރި ވާގޮތް ވީނަމަވެސް އޭނާ ދިޔައީ ހަމްދާނުއަށް ހަމަލާ ދެމުންނެވެ.

“ތިޔަަ މަޑުން އޮވެބަލަ! ތިހެން އުޅެންޔާ އަނިޔާ ވާނީއޭ!” ހަމްދާނު އޭނާގެ އަޑަށް ބާރު ލާފައި ބުނީ އަދިވެސް ޝީންގެ އަތުގެ ހަރަކާތްތަށް ބަންދު ކުރެވޭތޮއެވެ.

“ނަގޫބަޅާ! ހަމަ ހުވާ ކަލޭ ދުވަސް ދުއްވާލާނަން!” ޝީން ހަޅޭހަވައި ގަތެވެ.

ސަލާމަށްވުމުގެ ހަގުރާމައިގެ ތެރެއިން ޝީން ނިކަން ބާރަށް މުއްކަވާފައި ހަމްދާނުގުގެ ނޭފަތުގައު ޖަހައި ލޭ ދުއްވާލިއެވެ. ވީތަދުން ހަމްދާނު އޭނާގެ ނޭފަތުގައި އަތް އަޅައި ފަހަތަށް ޖެހިލި ވަގުތު ޝީން އޭނާގެ މޭމަތީގައި އައިތް  ވިއްދައި އެދުމަތިން ކޮއްޕާލިއެވެ. ފުރުސަތުގެ ބޭނުން ހިފައި ޝީން ދުއްވައިގަތީ ދޮރާއި ދިމާލަށެވެ. ހަމްދާނު ހިފީ އޭނާގެ އަތުގައެވެ. ޝީން ހުށިޔާރު ކަމާއި އެކު ސްޓަޑީ ޓޭބަލް މަތީގައި ހުރި މުށި ވަރސް ނަގައި ހަމްދާނުގެ ބޮލަށް ތަޅާލުމަށް ފަހު ދުއްވައިގަތީ ބޭރަށެވެ.

މާނޭވާ ލަމުން ދުވެފައި އައި ޝީން އަށް ހުރިހާއެއްމެންގެ ސަމާލުކަން އަމާޒުވިއެވެ. އައިމިނަތު ވަގުތުން ވީ ކީއްޓޯ ސުވާލު ކުރިއެވެ. އަދި ޝީން ކިޔައި ދިނުމުން އެެއި ހަދައިގެން ދައްކަން ވާވަރުގެ ވާހަކައެއް ނޫއްކަމަން ބުނެ ދަތުރު ދިޔުމަށް ޑިންގީއަށް އެރިއެވެ.

ފަޅުރަށުގެ ތުނޑި މަތީގައި ހުރިހައި ކުދިން ހީސަމާސާކޮށް އުޅުނު އިރު ޝީން އިނީ ހޭޅީގެ ހިޔަލުގައެވެ. އޭނާގެ މޫނު މަތިން ފެންނަށް ހުރީ ހިތާމަ އާއި ރުޅިވެރި ކަމުގެ ކުލަވަރުތަކެވެ. އިރުކޮޅަކު މަޖާ ކުރަން އުޅުމަށް ފަހު ހުރިހައި ކުދިން އައިސް ޝީންގެ މަގަތުގައި އިށީގެ އެކި ވާހަކަ ދައްކާން ފެށިއެވެ. ނަމަވެސް ޝީން އަގައިން ބުނަނީ މަދުންްނެވެ.

“އޯކޭ.. ވީގޮއިތް ފެށިގެން ކިޔައިދީ ޓޮޕް ޓު ބޮޓަމް..” ރައިހާ މިހެން ބުނުމުން ހުރިހާ ކުދިންގެ ނަޒަރު ޝީންއަށް ހުއްޓުނެވެ. ލޮލަށް ޖަމާވި ކަރުނަތަށް ފުހެލަމުން ޝިން ހުރިހައި ވާހަކަތަކެށް ކިޔައި ދިނެވެ.

“ހަމްކޮގެ ބައްްޕައަށް ވީމަ ގަބޫލު ނުކުރިޔަސް.. ދެޓް ވޯސް ވަޓް ހެޕެންޑް..” ވީގޮއިތް ކިޔައިދީ ނިންމާފައި ޝީން މިހެން ބުނީ ހަމްނާއަށް ބަލަމުންނެވެ.

*ނުނިމެ*

Share Article

bikaari_ultrapromax
Follow Me Written By

bikaari_ultrapromax

Level 1

Other Articles

Previous

ތަސްވީރީ ބައިވެރިޔާ – 2

Next

ހިތުގެ ބިންގާ (އެޕިސޯޑް 1 – ފުރަތަމަ ފެނިލުން)

Next
September 19, 2026

ހިތުގެ ބިންގާ (އެޕިސޯޑް 1 – ފުރަތަމަ ފެނިލުން)

Previews
September 19, 2026

ތަސްވީރީ ބައިވެރިޔާ – 2

One Comment

  1. _MuXo_ _MuXo_ says:
    September 19, 2026 at 1:33 pm

    Oh my goooddddd I never expected that.. Eww.. 🤢 Like thats her uncle eyy.. Ekamu aslu ves mikahala kan kan ve eyy 😤
    Anyways.. Vhk is very intresting 😊
    Can’t wait for the next part 💙

Comments are closed.



All Right Reserved!