ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ޖެހެމުން ދިޔަ ފިނި ވައި ރޯޅި ތަކުން ހިތްތަކަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އަތިރިމަތީގެ އެކި ހިސާބު ތަކުގައި ކުޑަކުދިން ދުވެ ސަކަރާތް ޖަހަމުން ދިޔައިރު އާއިލާތައް އެ މަންޒަރުތައް ބަލަމުން ދިޔައީ އުފާވެރި ކަމާ އެކުގައެވެ. މުޅި ސަރަހައްދުގައި ގުގުމާލާފައި ވަނީ ހުނުމާއި ވާހަކަ ދެއްކުމުގެ އަޑުންނެވެ.
އެހެންނަމަވެސް ޖެޓީ މަތީގައި އިށީނދެލައިގެން އިން ޔަޝްމީއަށް އެ އަޑުތައް ނީވޭ ކަހަލައެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒިވްޔާއަށް ވީގޮތެވެ. ޔަޝްމީގެ އަތް ކިރިޔަ ކިރިޔާ ޒިވްޔާގެ ބަނޑުގައި ޖެހުމުން ޒިވްޔާ ރޯމަހެން ހެން ތެޅެން ފެށިގޮތެވެ. ރޮވެން ފެށިގޮތެވެ.
“ޝިމް.. ކޮން ކަމަކާ އެހާ ވަރަކަށް ތި ވިސްނަނީ؟” ޝަޔާލްގެ އަޑު އެހާ ކައިރިން އިވުމުން ޔަޝްމީ ސިހުނެވެ. އޭނާގެ ސިކުނޑީގައި އެ ހަނދާންތައް ދަތުރުކުރަމުން އެނބުރެމުން ދިޔުމުގެ ސަބަބުން ކައިރީގައި ޝަޔާލް އިން ކަން ވެސް ޔަޝްމީ އިނީ ހަނދާންނެތިފައެވެ. ޔަޝްމީ ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން ޝަޔާލާއި ދިމާއަށް ބަލާލިއެވެ. “ޒިވީ.. އަހަންނަށް ހަމަ ޒިވީ އާ މެދު ވިސްނެނީ.”
ޔަޝްމީ އެހެން ބުނުމުން ޝަޔާލްގެ ވެސް ހަނދާނަށް އައީ ޒިވްޔާ އެރޭގައި އޮތް ގޮތެވެ. އޭނާއަކީ ޒިވްޔާ އާއި އެހާ ގާތް މީހެއް ނޫން ނަމަވެސް އޭނާގެ ހިތުގައި ވެސް ރިއްސާލިއެވެ. އެ ގަސްތަކުގެ ތެރެއަށް އެހާ ރަހުމުކުޑަ ގޮތަކަށް ޒިވްޔާ އެއްލާލާފައި އޮތުމުންނެވެ. “ޔެއަ.. ހައު އިޒް ޝީ؟ ޝިމް ބުނީމެއްނު ޒިވީގެ އެއްވެސް ހަނދާނެއް ނެތޭ.” ޝަޔާލް ޔަޝްމީގެ އަތުގައި މަޑުމަޑުން ހިފާލައި ފިތާލިއެވެ. ޔަޝްމީއަށް ކުޑަ ވަރެއްގެ ވިޔަސް ހަމަޖެހުމެއް ލިބޭތޯއެވެ.
“ޝަޔާލް..” ޔަޝްމީ ބަލާލީ ޝަޔާލްގެ އަތުގައި ވާ އޭނާގެ އަމިއްލަ އަތަށެވެ. “ޔެއަ؟” ޝަޔާލް މަޑުމަޑުން އަހާލިއެވެ. ޔަޝްމީ އިސް އުފުލައި ޝަޔާލްގެ މޫނަށް ބަލާލިއިރު އެ ދެލޮލުގައިވަނީ ހިތާމައެވެ. އެއާއެކު ޝަޔާލްގެ ހިތަށް ތަދުވެގެން ދިޔައެވެ. އޭނާ ލޯބިވާ ކުއްޖާގެ ދެލޮލުން އެފަދަ ހިތްދަތި ވޭން ފެނުމުންނެވެ. އެ ވޭނުން ޔަޝްމީ ސަލާމަތް ކޮށްދޭން ބޭނުންވިއެވެ. ގެނެސް އޭނާގެ މެޔާ ލައި ބޮނޑިކޮށްލަން ބޭނުންވިއެވެ. ނަމަވެސް ޝަޔާލް ޔަޝްމީ ވާހަކަ ދެއްކުމަށް ފުރުސަތު ދިނެވެ. އެ ހިތުގައި ވާ އުދާސްތައް ބަންޑުން ކޮށްލުމަށެވެ.
“ޝަޔާލް.. ޔަޝް ދިޔައިން ޒިވީ ކައިރިއަށް ކުރިން ދުވަހު.. ޝީ..” ޔަޝްމީ ހިންދިރުވާލިއެވެ. އަދި އެދުވަހު ޒިވްޔާއަށް ވީ ގޮތް ކިޔާދިނެވެ. އެހުރިހާ އެއްޗެއް ކިޔާދީ ނިމުން އިރު ޔަޝްމީގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. “ޝަޔާލް.. އައި.. ޔަޝް އަކަށް ނޭނގުން ރިއެކްޓް ކުރަންވީ ގޮތެއް ވެސް އެގަޑީ.. އައި ފްރޯޒް.. ޒިވީއަށް އެހީ ވާން ވީ ގޮތެއް ވެސް ނޫނގުން. ޒިވީ ގައިގައި އަތްލައިފިއްޔާ.. އަތްލައިފިއްޔާ އައި ތޯޓް.. ނޯ.. އައި ނިއު.. ދެޓް ޝީ ވުޑް ބްރޭކް.. އެން.. އިޓް ބްރޯކް މައި ހާޓް.. ދެއަ ވޯޒް ނަތިން އައި ކުޑް ޑޫ ޓު ހެލްޕް ހާ.. ނަތިން..” ޔަޝްމީގެ އަޑުގައި ވަނީ ބަޔާން ކުރަން ދަތިވާހާ ވޭނެވެ. އެކުވެރިޔާގެ ނާޒުކު ހާލަށް ޓަކައެވެ.
“ޒިވީ އަކަށް ނޭނގެ ކީއްވެ ކަމެއް ވެސް އޭނާއަށް އެހެން ރިއެކްޓް ކުރެވެނީ.. އެން އައި ނޯ ދެޓް އިޓްސް ކިލިން ހާ.. ޔަޝްގެ އަތް ޒިވީގެ ބަނޑުގައި ޖެހުނީމަ ޒިވީ ސްޓާޓެޑް ޕެނިކިން.. ޔަޝް ގާތު އާދޭސް ކުރަން ފެށީ..” ޔަޝްމީގެ އަރުގައި އޭނާގެ ނޭވާ ތާށިވި ކަހަލައެވެ. “.. ޒިވީގެ ގައިގައި އަތް ނުލާން. އިޓް ވޯޒް އޭޒް އިފް.. ޒިވީ ވޮޒްންޓް އީވެން ބެގިން މީ.. ބަޓް.. ސަމްވަން އެލްސް.. އޭޒް އިފް.. ޝީ ވޯޒް ސީއިން ސަމްތިން އެލްސް އެގަޑީ..”
ޝަޔާލް އޭނާގެ އަތް ޔަޝްމީގެ އުނަގަނޑުގައި ވަށާލިއެވެ. އަދި ޔަޝްމީގެ ހަށިގަނޑު އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ. “ޝީ އިޒް ހާޓިން.. އެއީ ޝިމް ގަސްތުގަ ކުރި ކަމެއް ނޫން. ޒަވީ.. ޒިވީ ކުރިމަތިލި ކަމަކީ އާދައިގެ ކަމެއްނޫން. ޝީ ވިލް ހޭވް ޓްރައުމާ. ޒިވީގެ ސިކުނޑިވެސް އޭނާގެ ހިތް އެ ހަނދާންތަކުން ސަލާމަތް ކޮށްދެނީ. އެނީވަން ހޫ ވެންޓް ތުރޫ ސަމްތިން ލައިކް ދެޓް ވުޑް ރިއެކްޓް ލައިކް ދެޓް. ވީ ޖަސްޓް ހޭވް ޓު ބީ ކާމް. ލެޓް ހާ ހީލް އެޓް ހާ އޯން ޕޭސް. ޒިވީ އިޒް ސްޓްރޯންގް.” ޝަޔާލް ޔަޝްމީގެ ބުރަކަށީގައި ފިރުމާލިއެވެ. “ރައިޓް ނައު.. ޝީ ނީޑްސް ޔޫ.”
“ޝަޔާލް.. ޔަޝް އަށް ހިތަށް އަރަނީ އެގޮތަށް ޒިވީއަށް ހަދާނީ ކާކު ބާވައޭ. ޒިވީ އަކީ އެއްވެސް މީހަކަށް އުނދަގުލެއް ގެއްލުމެއް ކުރި މީހެއް ނޫން. އެހެންވީރު ކާކު އެހެން ހަދާނީ ޒިވީއަށް؟ ޕޮލިހުނަށް ވެސް އަދިވެސް އެމީހަކު ނުހޯދޭ.” ޔަޝްމީ ޝަޔާލްގެ މޫނަށް ބަލައިލި ގޮތުން ހީވީ ޝަޔާލްގެ ފަރާތުން ޖަވާބަކަށް އެދުން ހެނެވެ. ނަމަވެސް ޔަޝްމީއަށް ވެސް އެނގެއެވެ. އެ ސުވާލުގެ ޖަވާބު ޝަޔާލަށް ވެސް ނޭނގޭ ކަމެވެ. އެ ސުވާލުގެ ޖަވާބު ފޮރުވެފައި ވަނީ ޒިވްޔާގެ ސިކުނޑީގެ ސިއްރު ކަނެއްގައި ކަމެވެ. ހުދު ޒިވްޔާއަށް ވެސް ނުފޯރޭ ހިސާބެއްގައެވެ. މިހުރިހާ ކަމެއްގެ ހަގީގަތެވެ.
“ނޭނގޭ ޝިމް.. ޒިވީ އަކީ ރަނގަޅު ކުއްޖެއް. އެއްވެސް މީހަކު ޒިވީއަށް އެކަހަލަ ކަމެއް ކުރަންވީ ސަބަބެއް ނެތް. އައި ޖަސްޓް ޑޯންޓް އަންޑަސްޓޭންޑް. އެރޭ އެތާގައި ތިބީ ހަމައެކަނި މީ، ޔޫ، ވިޝާލް، އިޒިކިއަލް، ދާނިޝް، ހިޝާމް،އެން ހަޔާލް. އިތުރު މީހަކު ނެތް. އެކަމް އަހަރެމެން 7 މީހުން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލު ކުރިއިރު އެއްވެސް އިޝޫ އެއް ވެސް ނެތް. ފިންގަ ޕްރިންޓް ވެސް ނެގި. އެނގޭ ވެސް އެއްޗަކީ އިޓް ވޯޒްންޓް އަސް.. ދެން ހޫ؟” ޝަޔާލް ވެސް އޭނާގެ ހިތުގައި ވާ ސުވާލު ބުނެލިއެވެ.
އޭނާ އިތުރަށް ދެރަވީ ޒިވްޔާ އަކީ އޭނާގެ އެންމެގާތް އެކުވެރިޔާ، އައިކަންގެ ހިތުގައި މަގާމެއް ދެވިފައިވާ ކުއްޖަކަށް ވާތީއެވެ. އައިކަން އެކަމަށް އެއްބަސް ނުވިޔަސްމެއެވެ. ނަމަވެސް ފާއިތުވެ ދިޔަ ދުވަސް ތަކުގެ ތެރޭގައި ޝަޔާލް އައިކަން ގާތު ވެގެން އުޅޭ ގޮތެއް ނުބުނެއެވެ. ޝަޔާލާއި ޔަޝްމީ ރައްޓެހިވެގެން އުޅޭކަން އެނގުމުން ޒިވްޔާ ކޮލެޖަށް ނާންނަ ސަބަބު އެހުމަށް އައިކަން އެދެން ވެސް އެދުނެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޝަޔާލްގެ ޖަވާބަކަށް ވަނީ ނޭނގޭއެވެ. ޔަޝްމީ އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ. ސަބަބަކީ ޒިވްޔާގެ ސިއްރަކީ އޭނާ ހިފަހައްޓަން ޖެހޭނެ އެއްޗެކެވެ. އައިކަން އަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް ވިޔަހެވެ. ޒިވްޔާގެ ހަގީގަތަކީ ޒިވްޔާގެ ހައްގެކެވެ. ޒިވްޔާގެ ސިއްރަކީ ޒިވްޔާގެ ހައްގެކެވެ. އެވާހަކަ އެއްވެސް މީހަކާ ހިއްސާ ކުރަން ބޭނުންވާ ނަމަ އެކަން ހިއްސާ ކުރުމުގެ އިޚްތިޔާރު ލިބިގެން ވާނީ ޒިވްޔާއަށެވެ. ޒިވްޔާ މިވަގުތު އޭނާގެ ހަނދާންތައް ނެތް ކަމުގައި ވިޔަހެވެ.
އެއީ އެރޭ އެ ހާދިސާ ހިނގި ތާގައި ތިބި 7 ޒުވާނުން ވެސް އެއްބަސްވި ކަމެކެވެ. ޒިވްޔާގެ ސިއްރު ހިފަހައްޓާށެވެ. އެއީ ޒިވްޔާ އަކީ އެތަނުން އެއްބައެއްގެ އެކުވެރިއަކަށް ނުވިޔަސްމެއެވެ. އެ މައުސޫމް ކުއްޖާއަށް އެމީހުންގެ ހިތުގައިވީ ހަމްދަރުދީގެ ސަބަބުންނެވެ. އެ ކުއްޖާ ކުރިމަތިލި ވޭނަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ.
“އެއްވެސް ކަމެއް އަބަދަކަށް ސިއްރެއް ނުވާނެ. ކޮންމެވެސް ދުވަހަކުން ފަޅާ އަރާނެ އެ ނުލަފާ މީހަކީ ކާކު ކަން. އެމީހަކު ބޭޒާރު ވާނެ. ހައްޤު ސަޒާ ލިބޭނެ. އެދުވަހަކުން ޒިވީއަށް އޭނާގެ އިންސާފް ވެސް ލިބޭނެ.” ޝަޔާލް މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔަޝްމީ ވެސް ބޯ ޖަހާލިއެވެ. އަދި ޝަޔާލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
…………………………………..
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް އެންމެފަހުން ޔަޝްމީގެ އެތައް އާދޭހާއެކު ޒިވްޔާ އަނބުރާ ކޮލެޖަށް ދާން ނިންމިއެވެ. އަދި އޭގެ ކުރިން އޭނާ ކުރިން ހަދަމުން ދިޔަ ކޯހުން ޑްރޮޕްއައުޓް ވިއެވެ. އޭނާގެ އާއިލާ އެކަމާ ސުވާލު ކުރުމުން އޭނާގެ ޖަވާބަކަށް ވީ އިތުރަށް އެކޯސް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެޔެއް ނޫނެވެ. ހަގީގަތަކީ އޭނާ އެކޯސް ހުއްޓާލީ މިހާރު ވާހަކަ ލިޔުމަށް އޭނާގެ އަތްފަޔާއި، ސިކުނޑި އާއި، ހިތް ވެސް ނުކުޅެދިފައިވާތީއެވެ. އުޅެ އުޅެ ވެސް ކުރިމަގެއް ނުފެނުނު ކަމެކެވެ. އެއީ އޭނާގެ ވީރާނަ ވެފައިވާ ހުވަފެނެވެ. ކުދިކުދިވެފައި، ކަސްތަޅު އެޅުވިފައިވާ ހުވަފެނެކެވެ.
ހީވާ ކަހަލައެވެ. އޭނާގެ އެ ހުވަފެން އެތެރެ ފެންނަ ބިއްލޫރި ކޮށްޓެއްގައި ބަންދުވެފައިވާ ކަހަލައެވެ. އޭނާއަށް އެ ހުވަފެން ސާފުކޮށް ފެނެއެވެ. ނަމަވެސް އުޅެ އުޅެ ވެސް އޭގައި އަތެއް ނުލެވެއެވެ. އެ ބިއްލޫރި ކޮށި އެކަމަށް ހުރަސް އަޅައެވެ. އޭނާ އެކޮށީގައި ކިތަންމެ ވަރަކަށް ޖެހިޔަސް، ވަކި އެޅުވިޔަސް، އޭނާގެ އިނގިލިތަކުން ލޭ ފައިބަމުން ދިޔަ ނަމަވެސް އެ ބިއްލުރިކޮށި ހުޅުވޭނެ ނޫނީ ފަޅައިގެން ދާނެ ގޮތެއް ނެތެވެ. އެކޮށި ވަނީ އަބަދަށް ބަންދުވެފައެވެ. އެ ހުވަފެން އެވަނީ އޭނާގެ އަތުން ނިގުޅައިގެންފައެވެ. ފޭރިގެންފައެވެ.
އެހެން ކަމުން އެކޯސް އިތުރަށް ކުރިއަށް ގެންދިޔުން އޭނާއަށް ވާނީ ބޮޑު ވޭނަކަށެވެ. އެންމެފަހުން އޭނާގެ ބައްޕަ އާއި ވާހަކަ ދެއްކުމަށްފަހު ޒިވްޔާ ބިޒްނަސް މެނޭޖްމަންޓް ކިޔަވަން ނިންމިއެވެ. އޭގެ ފަހަތުގައި ވަނީ ދެ ސަބަބެކެވެ. އޭނާގެ ބައްޕަގެ ބިޒްނަސް އާއި ހަވާލް ވުމާއި، އެ ދާއިރާ އަކީ ވާހަކަ ލިޔުމާއި އެއްވެސް ގުޅުމެއް ނެތް ދާއިރާއަކަށް ވާތީއެވެ. އެއްވެސް ހިނދެއްގައި އޭނާ އެ ކޯސް ކިޔަވަން ބޭނުންވާތީކީ ނޫނެވެ.
…………………..
މި އެޕިސޯޑް ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.
ޝައިމްސް.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.





alheyyyyyy…. zivyyyyyyyy.. noooo.. dont do tht to herrrr… and aikan aa dhe meehunn alun meet vaa goii hadhaabaaaa… my heart aches for zivyy… and aikan…
Since u want them to meet I hope u read 25th episode 😅
I love Shayaal. Even more because he chose to protect Zivy ge confidentiality even from Aikan. But haadha dheraey. Zivy stopped writing 🥺