Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 25

Shyyyms
Shyyyms Level 610 Stories100 Login100 Comments100 Stories
September 7, 2026 5 Mins Read
2 Comments

އާދުވަހަކަށް އިރު އަރައިގެން އައިއިރު ޒިވްޔާ އޮތީ ހޭލައެވެ. އެނދުގައި އޮށޯވެލައިގެން އޮތް އިރު ރޭގައި ނިދީގެ ކަންފުޅެއް ލިބުނުހެން ވެސް ހިޔެއް ނުވެއެވެ. އެހެން އެތައް އިރަކު ފުރޮޅިލައި ފުރޮޅިލައި އޮވެފައި ޒިވްޔާ އެނދުން ތެދުވީ އޭނާގެ އެލާމް ރިންގުވާން ފެށި އަޑަށެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޒިވްޔާ އެނދުން ތެދުވެ ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ. އިރުކޮޅެއްފަހުން ޒިވްޔާ ނުކުމެގެން އައީ ފެންވަރައިގެން ތާޒާ ވެލައިގެނެވެ.

ޒިވްޔާގެ ގައިގައި ހުދުކުލައިގެ ތުވާއްޔެއް އޮޅާފައިވާއިރު ކަކުލުން ތިރި ހުރީ ހާމަޔަށެވެ. އެހެންކަމުން ފައިގައި ހުރި ލަކުނުތައް ހުރީ ފެންނާށެވެ. އެލަކުނުތައް މިހާރު ރަނގަޅުވެފައި ހުރި ނަމަވެސް އެއްކޮށެއް ނުދެއެވެ. ހީވާ ކަހަލައެވެ. އެލަކުނުތައް އޭނާގެ ހަށިގަނޑަށް ޓެޓޫ ޖަހާފައި ވާކަހަލައެވެ. އުމުރު ދުވަހަށް އޭނާގެ ނާޒުކު ހަންގަނޑުގައި ހުންނާނެއެވެ. އޭނާ ކުރިމަތިލީ ވޭނުގެ ނިޝާނެއްގެ ގޮތުގައެވެ.

ޒިވްޔާ އޭނާގެ އަލަމާރި ހުޅުވާލުމަށްފަހު ފިޔާތޮށިކުލައިގެ ހެދުމެއް ނެގިއެވެ. އަދި އަވަސް އަވަހަށް އެ ހެދުން ލައި ތައްޔާރުވާން ފެށިއެވެ. އޭނާ ލައިގެން ހުރި އަތްދިގު ހެދުމަކީ އޭނާގެ ލޫޅާފަތި ހަށިގަނޑަށް އެހާމެ ދޫވެފައި، އޭނާގެ ކަކުލަށް ވުރެ ތިރިއަށް ހުރި ހެދުމެކެވެ. އޭނާ ލައިގެން ހުރި ޖިންސަކީ ވެސް އެހާމެ ދޫ ޖިންސެކެވެ. އެއީ މިހާރު ޒިވްޔާ ހެދުން އަޅާގޮތެވެ. ގަޔަށް ދޫވެފައި، ހަށިގަނޑު އެއްކޮށް ނިވާވާ ހެދުމެވެ. ޒިވްޔާ އޭނާގެ އިސްތަށިގަނޑު ފަހަތަށް އައްސާލިއެވެ. މޫނުމަތީގައި މަޑު މޭކަޕެއް ކޮށްލުމަށްފަހު ޒިވްޔާ ބޫޓަށް އަރައި ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ. އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނާއަށް ފެނުނީ ކުރީގައި އަބަދު ވިދަ ވިދާ ހުންނަ ޒިވްޔާއެއް ނޫނެވެ. މުޅިއެކު މިލާފައިވާ ޒިވްޔާއެވެ. އެ ލޮލުގައި އެއްވެސް އުފާވެރިކަމެއް ނުވާ ފަދައެވެ. އެ މޫނުމަތި ވެސް ވަނީ އާދަޔާހިލާފަށް ހުދުވެފައެވެ. އިނގިރޭސިން ބުނާނަމަ ‘ޕޭލް’ ވެފައެވެ.

 

ޒިވްޔާ ސިޓިންރޫމަށް ނުކުތެވެ. އޭރު އޭނާގެ ބައްޕަ ޒިވްޔާގެ އިންތިޒާރުގައި އިނެވެ. “ޒިވީ.. އާދޭ ކާން.” ދުމްޔާ ވަރަށް ލޯބިން ގޮވާލިއެވެ. ޒިވްޔާ މަޑުމަޑުން ބޯ ހޫރާލިއެވެ. އަދި ކާހިތް ނުވާ ކަމަށް ބުނެލިއެވެ. ދުމްޔާ އަނެއްކާވެސް ކާން އެދުނެވެ. ނަމަވެސް ޒިވްޔާ ދެން ވެސް އިންކާރު ކުރިއެވެ. އޭނާ ހުރީ ހާސްވެފައެވެ. މި ފާއިތު ވެގެން ދިޔަ މަސްތަކުގެ ތެރޭގައި ޒިވްޔާ އުޅުނީ މީހުންނާއި ދުރުގައެވެ. އޭނާ އާއި ދިމާވާނީ އޭނާގެ މައިންބަފައިންނާއި، ޔަޝްމީ އާއި، ހަޔާލްގެ އިތުރުން އޭނާގެ ތެރަޕިސްޓެވެ. އެހެންކަމުން ކުއްލިއަކަށް އެންމެންގެ ތެރެއަށް ނުކުންނަން ޖެހުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ކާހިތް ވެސް ނުވީ އެހެންވެއެވެ. އޭނާ ކައިފި ނަމަ ހޮޑުލެވިދާނެހެން ހީވާތީއެވެ.

ޒިވްޔާ ކެއުމަށް އިންކާރު ކުރުމުން ދުމްޔާ އިތުރަށް ބުނުން ހުއްޓާލިއެވެ. ނަމަވެސް އަލަމާރިން ޖޫސްޕެކެޓަކާއި، ބިސްކޯދުބޮނޑިއެއް ޒިވްޔާއަށް ދިއްކޮށްލިއެވެ. އަދި ބަނޑުހައި ވުމުން އެ ކާލާށޭ ވަރަށް ލޯބިން ބުނެލިއެވެ، އިތުރަށް އޭނާޣެ މަންމަ ދެރަ ނުކުރުމަށް ޒިވްޔާ އޭގައި ހިފައި އޭނާގެ ދަބަހަށް ލިޔެވެ. އަދި އަޒްހިރާއި އެކު ގެއިން ނުކުތެވެ.

…………….

 

ޒިވްޔާ ސައިކަލުން ފޭބުމާއެކު އަޒްހިރް ބުނެލިއެވެ. “ޒިވީ.. އިފް އެނީތިން ބޮދާސް ޔޫ، ޖަސްތް ކޯލް މީ. އައި ވިލް ކަމް. އެ އޯކޭ ޒިވީ ހަމަ ކޮލެޖުގަ ހުންނަން ބޭނުން ނުވިޔަސް. އައިމް ޔުއަ ޑޭޑް. އައިލް އޯލްވޭސް ކަމް ޓު ޔޫ. އޯކޭ؟” އަޒްހިރް ޒިވްޔާގެ ބޮލުގައި ފިރުމާލިއެވެ. ޒިވްޔާ ބޯ ޖަހާލުމާއެކު ހިނިތުންވުމެއް ޒިވްޔާއަށް ދެމުން އަޒްހިރް ސައިކަލް ދުއްވާލިއެވެ.

“ޒިވީ!” ޒިވްޔާ ކޮލެޖަށް އައިތަން ފެނުމުން ޔަޝްމީގެ ހިތް އުފަލުން ފުރުނެވެ. އޭނާ ދުވެފައި އައިސް ޒިވްޔާގެ ގައިގައި ބައްދާލަން އުޅެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ޒިވްޔާ ވަގުތުން ފަހަތަށް ފިޔަވަޅެއް އަޅާލުމާއެކު ޔަޝްމީއަށް ރޭކާލިއެވެ. އެހެން ކަމުން އަވަހަށް އަތް ތިރިކޮށްލިއެވެ. “ހެއި.. ޔަޝް.. ހަޔާ.” ޒިވްޔާ މަޑުމަޑުން އޭނާގެ ދެ އެކުވެރިންނަށް ގޮވާލަމުން ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ. އެއީ މަސްނޫޢީ ހިނިތުންވުމެއްކަން ޔަޝްމީ އަށާއި ހަޔާލަށް ވަގުތުން އެނގުން ނަމަވެސް އެއަކަށް އެއްޗެކޭ ނުބުނެއެވެ.

“އައިމް ގްލޭޑް ޔޫ ކޭމް.” ހަޔާލް ޒިވްޔާ އާއި ދިމާއަށް ފުން ނަޒަރަކުން ބަލާލިއެވެ. ހީވާ ކަހަލައެވެ. ހަޔާލަށް ޒިވްޔާގެ ހިތުގެ އެތެރެވެސް ފެންނަ ކަހަލައެވެ.

“ޔެއަ. ދިސް ކޮލެޖް.. އިޓްސް ސޯ ބޯރިން ވިތައުޓް ޔޫ. ކިރިޔާ ޔަޝް މަރުނުވަނީ ފޫހިވެގެން.” ޔަޝްމީ އެހެން ބުނެލީ ޒިވްޔާ ކުޑަކޮށް ހެއްވާލާށެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. ޒިވްޔާގެ މޫނު މައްޗަށް ކުޑަ ވަރެއްގެ ހިނިތުންވުމެއް ވެރިވިއެވެ. އެމަންޒަރު ފެނިފައި ޔަޝްމީ ހިތާހިތުން މާތް ﷲ އަށް ޝުކުރުވެރިވެލިއެވެ.

 

“ވެލް.. ޒިވީ ޔޫ ހޭވް ޓު ގޯ ދެޓް ބްލޮކަށް އިނގޭ ނައު. ބިޒްނަސް ކުދިން ކިޔަވަނީ ދެޓް ބްލޮކްގަ. ދުމް ދައްތަ އޯލްރެޑީ ސެންޓް މީ ޔުއަ ޓައިމްޓޭބަލް. ފަސްޓް ކްލާސް އޮތީ ތިންވަނަ ފްލޯގަ. ޑޫ ޔޫ ވޯންޓް މީ ޓު އެސްކޯޓް ޔޫ ދެއަ، ޔުއަ ހައިނެސް؟” ޔަޝްމީ ޝާހީ މީހަކަށް މަރުހަބާ ކިޔާ ފަދަގޮތަކަށް ޒިވްޔާއަށް ގުދުވެލަމުން ބުނެލިއެވެ. އަދި ޒިވްޔާއަށް އެއްލޯ މަރާލިއެވެ. އޭނާ ބޭނުންވީ ޒިވްޔާ ކުޑަކަށް ހަމައަކަށް އަޅުވާލަދޭށެވެ.

ޒިވްޔާ ބޯ ހޫރާލީ ‘ދެން ޔަޝްމީ ވެސް ދޯ އޭ’ ބުނާ ކަހަލަ ގޮތަކަށެވެ. ނަމަވެސް އޭނާގެ ހިތަށް ލުއި ކަމެއް ލިބުނެވެ. އޭނާގެ މަންމަ އާއި ބައްޕަ ކަންތައް ކުރާ ގޮތަށް ޔަޝްމީ ކަންތައް ނުކުރީމައެވެ. “އައި ހޭވް ލެގްސް. ސީ.. މިއަށް ކިޔަނީ ލެގްސް.” ޒިވްޔާ އޭނާގެ ފަހަރަކު ފަޔެއް ޔަޝްމީ އާއި ދިމާއަށް ދިއްކޮށްލަމުން ބުނެލިއެވެ. އޭނާ ވެސް ބޭނުންވީ މުޅި އެކީ ނޫނަސް ކުރިން ފަދަ ގޮތަކަށް އެ އެކުވެރިންގެ ގުޅުން އޮންނާށެވެ.

ޔަޝްމީގެ ގާތަށް ހިނިއައެވެ. “ޔެޕް. ޑެފިނައިޓްލީ ލެގްސް. އޯލްރައިޓް ލެގްސް، ދަނީ ކްލާހަށް އެހެންވީރު. ރިމެމްބާ، ޖަސްޓް ސެންޑް މީ އެ މެސެޖް އިފް ޔޫ ނީޑް މީ.” ޔަޝްމީ މަޖާވެލާފައި އެހެން ބުނި ނަމަވެސް އޭނާގެ ފަހު ޖުމްލައިގެ ފަހަތުގައި އެވާ ބަސްތަކުގެ މާނަ ވަރަށް ރަނގަޅަށް ޒިވްޔާއަށް އެނގުނެވެ.

“ހުމްމް. އޯކޭ. ދެން ދޭބަލަ ދޯ؟” ޒިވްޔާ ޔަޝްމީގެ ގައިގައި އަޅާ މަޑުމަޑުން ކޮށްޕާލިއެވެ.

 

“އެބިއުޒް.” ޔަޝްމީ އެހެން ބުނަމުން ހިނިގަނޑެއް ޖަހާލިއެވެ، އަދި އަވަސް އަވަހަށް ކްލާހަށް ދާން ހިނގައިގަތެވެ.

ޒިވްޔާ ހަޔާލަށް ބަލާލިއެވެ. އޭރު ހަޔާލް ހުރީ ޒިވްޔާއަށް ބަލަހައްޓައިގެނެވެ. އެދެލޮލުގައި އެތަކެއް ސުވާލެއް ވާފަދައެވެ. “ހަޔާ. ދެން ދޭ ކްލާހަށް.” ޒިވްޔާ ހިނިތުންވެލިއެވެ. ހަޔާލް ވެސް ޒިވްޔާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “އާން. ދަނީ މި ދެން. ލެޓް މީ ނޯ އިފް ޔޫ ނީޑް އެނީތިން.” އެހެން ބުނުމަށްފަހު ހަޔާލް ހިނގައިގަތެވެ.

ހަޔާލާއި ޔަޝްމީ ލިފްޓަށް އަރައި ޒިވްޔާގެ ލޮލުކޮޅުން ގެއްލުމުން ޒިވްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އަވަސް އަވަހަށް ބިޒްނަސް ބްލޮކާއި ދިމާއަށް ހިނގައިގަތެވެ.

 

ހިނގަމުން ދިޔަ ޒިވްޔާ ހުއްޓުން އެރީ ލިފްޓުން ފައިބައިގެން އައި އައިކަން ފެނިފައެވެ. ވަގުތުން އޭނާގެ އަތްފައި ފިނިވި ކަހަލައެވެ. އޭނާއަށް އައިކަން ނުފެންނަތާ މިހާރު 2 މަސް ވީއެވެ. އޭނާ ކޮލެޖަށް އަނބުރާ އަންނަން ނިންމިއިރުވެސް އައިކަނާއި ދިމާވެއްޖެނަމަ ހަދާނެ ގޮތަކާ މެދަކު ނުވިސްނައެވެ. ނޫނެކެވެ. ނުވިސްނުނީއެވެ.

އެކަން އޭނާގެ ސިކުނޑިއަށް އަންނަ ކޮންމެ ފަހަރަކު އެ ހިޔާލު ދުރަށް ޖައްސާލީއެވެ. އެއްވެސް ހިނދެއްގައި އައިކަން ދެކެން ބޭޏުން ނުވާތީކީ ނޫނެވެ. ނޫނެކެވެ. އޭނާގެ ޒަހަމްވެފައިވާ ހިތް އެ ހިޔާލުން އެކަނި ވެސް އިތުރަށް ލޭކޮށިގެން ދާތީއެވެ. އޭނާ އައިކަނާއި ކުރިމަތިލާނީ ވެސް ކިހިނެއް ހެއްޔެވެ؟ އޭނާގެ ދިރިއުޅުން ވަނީ ބަރުބާދުވެފައެވެ. ހަފުސް ވެފައެވެ. އޭނާއަށް ނުވެސް އެނގޭ ސަބަބަކާ ހުރެއެވެ. އޭނާގެ އެ ބޮޑު މައްސަލަގަނޑު ތެރެއަށް އައިކަން ވައްދާކަށް ބޭނުމެއް ނޫނެވެ. އަދި އޭނާގެ ޅަ ހިތަށް އައިކަނާއި ކުރިމަތިލާން ކެތް ނުވާނެތީއެވެ. އޭނާގެ ހިތުގައި އައިކަނާއި މެދު ވީ އިހުސާސްތައް ޖެހޭނީ ސިއްރު ކުރާށެވެ. އޭގެ ސަބަބުން އެ ހިތަށް ކިތަންމެ ގިނަ ހަންޖަރެއް ހެރުނަސް ވެހެވެ. އެ ޖަޒުބާތު ތަކާއި ކުރިމަތިލާނެ ހިތްވަރެއް ޒިވްޔާގެ ގަޔަކު ނެތެވެ. އެއަށްވުރެ އޭނާގެ ހާލު މާ ދެރައެވެ.

 

އައިކަންގެ ހާލަކީތޯއެވެ؟ ވަރަށް ވެސް ހަމަޖެހިލައިގެން ލިފްޓުން ފޭބި އައިކަންގެ ލޮލުގައި ޒިވްޔާ އަޅައިގަތެވެ. އޭނާއަށް ހީވީ އޭނާގެ ފައިގައި ބޮޑު ބަރެއް އެޅުނު ހެނެވެ. މީހާ ހުއްޓުން އެރިއެވެ. އޭނާއަށް ޒިވްޔާ ނުފެންނަތާ 2 މަސް ވީއެވެ. އެހެނަސް އޭނާ އިތުރަށް ހުއްޓެން މަޖުބޫރުވީ ޒިވްޔާއަށް އައިސްފައިވާ ބަދަލު ފެނިފައެވެ. އޭނާގެ މޫނުމަތިން އެއްކޮށް ވަނީ މިލާފައެވެ. އެ ދެލޮލުގައި އެއްވެސް އިހުސާސެއް ނެތް ފަދައެވެ. އެއްވެސް ދިރުމެއް ނެތް ފަދައެވެ. އެ ލޯބި މޫނުން ފެންނަނީ މޮޅިވެރި ކަމެވެ. ހަމައެކަނި އެއީކީ ވެސް ނޫނެވެ. ޒިވްޔާގެ ހެދުން އެޅުމުގެ ވައްޓަފާޅި ވެސް ވަނީ އެއްކޮށް ބަދަލުވެފައެވެ. ކުރިން ޓޮޕް ލާފައި ހުންނަ ޒިވްޔާ ހުރީ ގަޔަށް ދޫ އަތްކުރި ދިގު ކަކުލާ ހަމައަށް އަރާ ހެދުމެއްލާފައެވެ. ވަރަށް ވެސް ތަފާތެވެ.

އެހެންނަމަވެސް އެހާ ބައިވަރު ދުވަސް ފަހުން ޒިވްޔާ ފެނުމުން އައިކަންގެ ހިތަށް ފިނިވެގެން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ. މި ފާއިތު ވެގެން ދިޔަ ދުވަސް ތަކުގައި ޒިވްޔާގެ ހަބަރެއް ނުވެގެން އައިކަން ޝަޔާލަށް ވެސް އެތައް އުނދަގުލެއް ކުރިއެވެ. އޭނާ މިހާރު ޒިވްޔާގެ ޑައިރީ އެއްކޮށް ކިޔުނު އަދަދު ވެސް ނޭނގެއެވެ. ޒިވްޔާ ނުފެނި ދިޔަ ކޮންމެ ދުވަހަކީ އޭނާގެ ހިތުގައި ހުސްކަމެއް އިހުސާސް ވަމުން ދިޔަ ދުވަހެކެވެ. އެ ހުސްކަން ދިޔައީ ބޮޑު ވަމުންނެވެ. އޭނާގެ ސިކުނޑީގައި އެތައް ހިޔާލުތައް ވެސް އުފެދުނެވެ. އަނެއްކާ ޒިވްޔާއަށް ކަމެއްވީ ބާވައެވެ؟ އެންމެ ނުބައި ހިޔާލުތައް ވެހެވެ. ނަމަވެސް އެފަދަ ކަމެއް ވެއްޖެއްޔާ ޝަޔާލް އޭނާ ގާތު ނުބުނެ ނުހުންނާނެކަން ހަނދާންކޮށްފައި އޭނާ ކެތްކުރިއެވެ.

 

ޒިވްޔާ ފެނުމުން އައިކަންގެ މޫނުމައްޗަށް ލާނަތް ހިނިތުންވުމެއް ވެރިވިއެވެ. އައިކަން ހިނގާފައި ގޮސް ހުއްޓުނީ ޒިވްޔާގެ ކުރިމަތީގައެވެ. އޭރު ވެސް ޒިވްޔާ ހުއްޓުން އަރާފައި ހުރީއެވެ.

އައިކަން އައިސް އަރާ ހަމަ ކުރިކަން އެނގުމުން ޒިވްޔާ ސިހުނެވެ. އަދި އަވަސް އަވަހަށް ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ދެންވެސް އައިކަން އައިސް ޒިވްޔާގެ ކުރިމައްޗަށް އެރިއެވެ.

“ވެލް ވެލް ވެލް.. ލުކް ލުކް ހޫ ފައިނަލީ ޑިސައިޑެޑް ޓު ޖޮއިން ދި ލިވިން.”

 

ޒިވްޔާ އައިކަންގެ މޫނަށް ބަލާލި އިރު އޭނާގެ މޫނުމައްޗަށް އެއްވެސް ވަރެއްގެ ހިނިތުންވުމެއް ވެސް ވެރިއެއް ނުވިއެވެ. ‘އައި ރޯލް’އެއް ވެސް ނުކުރިއެވެ. ހަމަ ބަލަހައްޓައިގެން ހުރީއެވެ. އެހެން ކަމުން އައިކަން މަޑު ކުރިއެވެ. ޒިވްޔާގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ. ނަމަވެސް ޒިވްޔާ ދެންވެސް ހިނގައިގަތީއެވެ.

އައިކަންގެ ދެބުމަ ގޮށް ޖެހުނެވެ. އެހެންކަމުން އަނެއްކާވެސް ޒިވްޔާގެ ކުރިމައްޗަށް އެރިއެވެ. “ދެޓްސް އިޓް؟ ރައްދެއް ވެސް ނުދޭނަން މިއަދު؟ ނޯ، ޝަޓް އަޕް އައިކަން؟” އައިކަން އެއްބުމަ އަރުވާލިއެވެ.

ޒިވްޔާއަށް ހީވީ މީހަކު އޭނާގެ މޭފަޅައި އަތްކޮށްޕާފައި އޭނާގެ ހިތުގައި ހިފާ ފިއްތާލި ހެނެވެ. އާއެކެވެ. އެފަކީރުގެ ހިތް ރަނގަޅަށް ވެސް ކުދިކުދިވިއެވެ. އޭނާގެ ހިތުގައި އައިކަނާއި މެދު އެތަކެއް އިހުސާސެއްވިއެވެ. އާއެކެވެ. ލޯތްބެވެ. އެކަން ޒިވްޔާއަށް ކަށަވަރުވީ 2 މަސް ފަހުން އައިކަންގެ އެ ފިރިހެންވަންތަ އަޑު އިވުމުން އޭނާގެ ހިތް ރޯލި ގޮތުންނެވެ. އޭނާއަށް ވަނީ އައިކަން ދެކެ ލޯބިވެވިފައެވެ. ނަމަވެސް އެ ލޯތްބަކީ އެއްވެސް ކުރި މަގެއް އޮތް ލޯތްބެއް ނޫނެވެ.

 

===============================

26 ވަނަ އެޕިސޮޑަށް އިންތިޒާރު ކޮށްލައްވާ. އުންމީދު ކުރަން ކިޔުންތެރިންނަށް މި އެޕިސޮޑް ވެސް ކަމުދާނެ ކަމަށް.

ޝައިމްސް.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 610 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ހުރީމެ ތިހިތުން ޖާގަ ދޭތޯ 5

Next

ރަހުމްކުރާށެވެ – 8

Next
September 7, 2026

ރަހުމްކުރާށެވެ – 8

Previews
September 6, 2026

ހުރީމެ ތިހިތުން ޖާގަ ދޭތޯ 5

2 Comments!

  1. .. says:
    September 7, 2026 at 11:01 am

    Finally we get Aikan and Zivya ge scene eh. I have been waiting for this for so long. Pls Aikan help our poor Zivy😢 my heart hama breaks for her

  2. Eyesh says:
    September 7, 2026 at 1:13 pm

    Alheyy nooooooo…. Finally, aikan and zivy meet vi iru- ……… Dhen nooooooo… I’m crying 😭😭😭😭😭
    Don’t do this to them…. AIKANNNNN… HELP ZIVYYYYYY… 😭😭😭😭

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 24←


All Right Reserved!