ކުއްލިއަކަށް މިކައިލްއަށް އައި ބަދަލުން މަހީރްގެ ހިނިތުން ވުން ފިލައި ދިޔައެވެ. އެ މޫނުގެ ކުލަވަރު އޮއްސެން ފަޅި ސުކުންތެއް ވެސް ނުނަގައެވެ. މަހީރް އައިކޮޅަށް އެނބުރި ދާން ހިނގައިގަތީ މިކައިލް ގޮވުމުން ވެސް ފަސް އެނބުރި ބަލާނުލައެވެ.
’މިޝީ‘ އެ ނަން ފެނިފައި މަހީރްގެ ސިކުނޑީގައި ކޮއްޓާލީ މީގެ ދުވަސް ކޮޅެއް ކުރިން ގޭގެ ބެލްކަނީގައި ހުއްޓާ މިކައިލްގެ ފޯނަށް އައި ކޯލެވެ. އެދުވަހުވެސް މިކައިލްގެ މޫނަށް އެރި ކުލަވަރު މަހީރް އަށް ރަނގަޅަށް ފެނުނެވެ. މިޝީ އަކީ ކާކު ހެއްޔެވެ؟
މަހީރް އެނބުރި ޔަލްވީމެން ގާތަށް އައިރު މީކައިލް ވެސް ފަހަތުން އައިސް މަޑު ކޮއްލިއެވެ. އެންމެން ކާރަށް އަރައި ހަމަ ޖެހިލުމުން މަހީރް އައިސް އާޔަތު އާއި ޔަލްވީ އާއެކު ކާރުގެ ފަހަތު ސީޓަށްއެރިއެވެ.
”މިންމި ސައިކަލުގަ އެއްނޫންތަ ދަނީ“ އާޔަތު ހައިރާން ކަމާއެކު އަހާލިއެވެ. އެހާވަރުން މީކައިލް އާއެކު ސައިކަލުގައި އައި މީހަކު މިހާރު ކާރަށް އެރުމުން އެންމެންވެސް ތިބީ ސުވާލު އުފެދިފައެވެ.
”ވަރަށް ވަރުބަލި ސައިކަލުގަ ނީދެވޭނެ“ މަހީރް އިންގޮތަށް އިނދެ ބުނެލިއެވެ. އެމޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. މުޅި ދަތުރު މަތީގައި ވެސް އެހެންޏާ އަނގަ ގަދަ މަހީރް މިއަދު އަނގައިންވެސް ބުނެ ނުލައެވެ. އެންމެނަށް ވެސް އެކަން ފާހަގަ ވިއެއް ކަމަކު އެވަގުތަށް އެވާހަކަ ނުދައްކަން ނިންމިއެވެ. މީކައިލް އަށް ދާން ޖެހުނީ ސައިކަލުގައި އެކަނިއެވެ.
…………………………
ރޭގަނޑުގެ ކެއުމަށްފަހު އެންމެން ބައްދަލު ކުރީ އުނދޯލިގެއިންނެވެ. މާދަމާ ރާވާފައިވާ ދަތުރުގެ އެންމެ ފަހު ތައްޔާރީތަކުގެ މަޝްވަރާ ކުރުމަށެވެ. ދަތުރުގެ ކަންކަން ރާވާ ބޭނުންވާ ތަކެތީގެ ލިސްޓު ތައްޔާރު ކުރުމާ ހަވާލުވީ އަޒާންއާއި މަހީރްއެވެ.
2 ގަޑިއިރުގެ ދިގު މަޝްވަރާއަކަށްފަހު ދަތުރުގެ އެއްޗެހި ހަމަކޮށް ގަތުމަށް އެކި މީހުނަށް ހަވާލު ކުރެވުނެވެ. މަހީރް އާއި އަޒާން އަކީ ޓީމް ލީޑަރުން ކަމަށް ވުމުން އެދެމީހުން ކާރުގައި މިސްރާބު ޖެހީ ކާއެއްޗެހީގެ ލިސްޓަށް އެއްޗެހި ހަމަކުރާށެވެ. އާޔަތުއާއި ޔަލްވީ ސައިކަލުގައި ދިޔައީ ދަތުރަށް ބޭނުންވާ އެހެނިހެން ތަކެތި ގަތުމަށެވެ. ލިއަމް އާއި މިކައިލް ހަވާލުވީ މަސް ހިފަން ބޭނުންވާ ބައެއް ސާމާނު ހަމަކުރުމަށެވެ.
”ޒާންބޭ……ޑޫ ޔޫ ލައިކް އާޔޫ“ މަހީރް ސުވާލު ކޮއްލީ ކާރު ދުއްވަމުން ދިޔަ އަޒާން އާއެވެ.
”ކިހިނެއްވީ ކުއްލިއަކަށް ތިހެން ތި އެހީ“ އަޒާން ހިނިތުން ނުވާން މަސައްކަތް ކުރަމުން މޫނަށް ސީރިއަސްވެލިއެވެ.
”ދެން ހަމަ ހީވީ……ދަ ވޭ ޔޫ ލުކް އެޓް ހާ……ދަ ވޭ ޔޫ ކެއާ ފޯ ހާ“
”ތި ދެން ހީވާ ގޮތް….. ތިއެއް ނޫނޭ މައިކް އާ ދެމީހުން ކިހިނެއް ވީތަ….އިއްޔެ އެހާ މަޖާކޮށް އުޅެފަ ކުއްލިއަކަށް ކިހިނެއްވީ…..މިންމި ވަރަށް މޫޑީ ވެފަ ހުންނަތަން މިފެންނަނީ“ އަޒާން ވާހަކައިގެ މިސްރާބު ބަދަލު ކޮއްލިއެވެ.
މީކައިލްގެ ވާހަކަ ދެއްކުމުން މަހީރް އާދަޔާ ޙިލާފަށް ހިމޭން ވިއެވެ. އެދެމެދުގައި ހިނގި ކަންތައް އިތުރު މީހަކަށް އަންގާކަށް މަހީރް ބޭނުމެއް ނުވެއެވެ.
……………………………
ފަތިސް ނަމާދަށް ފަހު އެންމެން އެއްވެ ދަތުރަށް ބޭނުންވާ ތަކެތި އެއްކޮށް މަސް އުފުލާ ބޮޑު ޕިކަޕަށް އެރުވިއެވެ. އެއަށް ފަހު ޕިކަޕަށް އަރައި ދުއްވާލީ ޖެޓީ އާ ދިމާއަށެވެ.
ދަތުރު ދާން ހަމަޖެހިފައިވަނީ ރަށާ ކައިރީގައި އޮންނަ އުސްފިނޮޅަށެވެ. ލޯންޗަށް އަރާ އެންމެން ހަމަވުމުން ދަތުރުފެށިއެވެ. ދަތުރުމަތީގައި ލަވަ ކިޔުމާއި ސަކަރާތް ޖަހައި މަޖާ ނަގަމުން ދިޔައެވެ. އަޒާން ހުރީ ތުއްތު އިޒްޔަން ގޮވައިގެން ލޯންޗު ކޮޅަށް ގޮހެވެ. ކައިރިން ފެންނަ ކުދި ފަޅު ރަށްތަކުގެ ގޮނޑުދޮށުގައި މަޑުކޮއްލައިގެން ތިބޭ މާކަނާ ތަކާއި މޫދުން ފެންނަ މަސްތަކަށް އިޝާރާތްކޮށް އަތްތިލަބަޑި ޖަހާލައެވެ.
20 މިނެޓްގެ ދަތުރަކަށް ފަހު މަންޒިލަށް އާދެވުނެވެ. ހުރިހާ ފިރިހެނުން ލޯންޗުން އެއްޗެހިތައް ބާލައި ގެނައި ޓެންޓުތައް ޖެހުމުގައި އުޅުނުއިރު އަންހެނުންތައް އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ގެއިން ރޮށި ފިހެގެން ގެނައި އިރު މަސްހުނި މޮޑުނީ އެތާގައި ތިބެއެވެ. ހުރިހާ ކުދިންވެގެން މަގޫ ފަތް ބިނދެގެން އައިސް އެންމެނަށް އިށީންދެވޭ ވަރަށް ގަހެއްގެ ހިޔަލުގައި ފަތްތައް އެތުރިއެވެ.
މަސައްކަތް މެދުކަނޑާލާފައި އެންމެން ސަޔަށް އިންސާފު ކުރިއެވެ. ސައިބުއިމުގެ ތެރެއިން ދެކެވުނީ މަސް ހިފަން ދާ ޖަހަންދާ ވާހަކައެވެ. އެކި ގޮތްގޮތަށް މަސް ބޭނުމަށް ލިއަމް އާއި މީކައިލް ހުރީ ވަރަށް ތައްޔާރު ވެފައެވެ. ބުޅި އާއި ކަންވާރު އަދި މަސް ހިފަން ބޭނުން ކުރާ ދަލުގެ އިތުރުން ދަގަނޑު ޖަހައިގެން މަސް ހިފާނޭ ތަކެތި ވެސް ގެނެސްފައި ހުއްޓެވެ.
”ފުރަތަމަ ހިނގާ ސައިބޮއެގެން މޫދުގަ ދާ ޖަހާފަ އަންނަން….. އިރުގަނޑެއް ކޮއްފަ ދާއިރު ހުންނާނެ މަސް ޖެހިފަ“ ސައިބޯން އިނދެފައި ޔާސިރު ބުނެލިއެވެ.
”އެކަމް ތިއްތިބޭ ފުރަތަމަ ހިނގާ ވޮލީ ކުޅޭން……ކުޅެ ނިންމާފަ މަސްހިފަން ދާން……ޕްލީޒްޒްޒް“ މަހީރް ބޮޑާ ހޭކިއެވެ.
”އެއްކަލަ ކުއްޖާ…..ޕިސްޕިސް…. ވާހަކައިގެ އެއްބައޭ މިއަޑު އަހަނީ…..މަސްހިފަން ދާ ޖަހާފަ އައިސް ކުޅެވޭނޭ“ އަދީލް ހެމުން މަހީރްގެ ބޮލުގައި ފިރުމާލިއެވެ. މަހީރްގެ ހުންނަ ޅަގޮތްގަނޑު އަދިވެސް ނުކެނޑެއެވެ. ކެނޑޭނީވެސް ކިހިނަކުން ހެޔެވެ. އާއިލާގެ އެންމެންވެސް މަހީރް ދެކެ ނުހަނު ލޯބިވެއެވެ. ގެންގުޅެނީވެސް އެހާ ޅަކޮއްގެނެވެ.
ސައިބޮއެ ނިންމާލާފައި އަދީލް އާއި ޔާސިރު އަދި މިއުވާން އާއެކު ލިއަމް އާއި އަޒާން ދިޔައީ މޫދުގައި ދާގަނޑު ޖަހާށެވެ. ޔުވާން އާއި މެހެކް އަތުގުޅުވާލައިގެން ދިޔައީ ހޭޅިފަށުން ހިނގާލާށެވެ. ތަން ކޮޅެއް ދުރުގައި ހުރި މަގޫ ގަސްގަނޑެއްގެ ހިޔަލުގައި މަހީރް އިށީދެލައިގެން އިނީ ސްޕޮޓިފައި އިން ލަވައެއް ޖަހާލައިގެނެވެ. މަހީރް އެ އިނީ ބައްޕަމެން މޫދުން އައިސް ކުޅެން ފަށާނެ އިރެއްގެ އިންތިޒާރުގައެވެ.
”ހެއި…..ކިހިނެއް ވެފަ؟…….ކޭން ވީ ޓޯކް؟“ މީކައިލް އައިސް މަހީރްގެ ގާތު އިށީނުމުން ކަންފަތުން އެއާޕޮޑްސް ނަގައި ކޭސްއަށްލަމުން މީކައިލް އަށް ސަމާލުކަން ދިނެވެ.
”އަމް ސޮރީ ފޯ ވަޓް އައި ޑިޑް…… އައި ޖަސްޓް ގޮޓް މޭޑް އެގަޑީގަ… ސަމްޓައިމްސް އައިކާންޓް ކޮންޓްރޯލް މައި އެންގާ….. ގަސްތަކު ނޫން ބޭބީގާރލްއާ ރޫޑް ކޮށް ވާހަކަ ދެއްކުނީ……ޕްލީޒް ފޮގިވް މީ؟“ މީކައިލް މަހީރްގެ އުނގުމަތީގައި އޮތް އަތުގައި ހިފައި ފިއްތާލިއެވެ.
މީކައިލްގެ އެ ކުޑަކުޑަ ހަރަކާތުން ވެސް މަހީރްގެ ހިތް މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. ”އިޓްސް އޯކޭ….ޕްރޮމިސް މީ ދެން މީގެ ފަހުން އެހެން ނުހަދާނެ ކަމަށް“ މަހީރް އަތްތިލަ ކުރިއަށް ދަމާލަމުން މީކައިލްގެ ދެލޮލަށް ބަލާލިއެވެ. އެ ހިތްގައިމު މޫނުފެނިފައި ހިތްހަމަ ނުޖެހިފައި ހުރެވޭނީ ކިހިނެއް ހެއްޔެވެ. މީކައިލްގެ އެފުން ދެލޮލުން މަހީރްއަށް ފެނުނީ އަޅާލުމާއި ޔަޤީން ކަމެވެ. މަހީރްގެ ދިއްކޮއްލާފައިވާ އަތްތިލައިގައި މީކައިލް ހިފާލީ މަހީރްއަށް ޔަޤީންކަން ދެމުންނެވެ.
މަހީރް ހިނިތުން ވެލަމުން މީކައިލްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ”ކައި؟ ވާހަކައެއް އަހާލަންތަ؟“
މީކައިލް ހޫމް ލައްވާލިއެވެ.
”މިޝީ އަކީ ކާކު؟…… ކީއްވެ އެކޯލް އައިމަ ކައި އަށް އެހާ ބޮޑު ބަދަލެއް އައީ؟ ކުރީ ދުވަހު މާލޭގެ ގޭގައި ހުރެފައި ވެސް ދުށިން އެ މިޝީ ގުޅީމަ ކައި އަށް ވީގޮތް….ހޫ އިޒް ދެޓް؟“
”އެއީ މުހިންމު ކޯލްއެއް ނޫން…..އިޓްސް ޖަސްޓް އައި ޑޯންޓް ގިވް މައި ފޯން އެއްވެސް މީހަކަށް…..އެހެންވެ ކުއްލިއަކަށް ބޭބީ ގާރލް އެހެން ހެދީމަ ވީގޮތެއް……ސޮރީ އޭ ދޫނީ“ މީކައިލްގެ ބަސް މަހީރް ޤަބޫލު ކުރިއެވެ. އަދި މާފުވެސް ކުރިއެވެ.
……………………….
ޔަލްވީ އުޅުނީ މަންމަ މެނާއެކު މެންދުރަށް ކެއްކުމުގެ ކުރިން ދަރު އުނދުން ތައްޔާރު ކުރުމުގައި އެހީވާށެވެ. އާޔަތު އުޅުނީ ޖަހާފައި ހުރި ޓެންޓުތަކުގައި ކުނާ އަޅައެވެ. މާމަ އާއި ކާފަ އަރާމް ކޮއްލުމަށް އެއް ޓެންޓުގައި ތިއްބެވެ. އަނެއް ޓެންޓުގައި އިޒްޔަން ނިދާފައި އޮތެވެ. އިޒްޔަން ގާތުގައި ޔާވިން، މައުރާ، ރާޔާ އަދި ޖޫން އާއި ޖަނާ ތިބީ ތާސް ކުޅޭށެވެ.
”ދަރިފުޅޫ….. ދޭބަލަ މިތާ ރުއްގަނޑުން ހިކި ފަންކޮޅެއް އެއްކޮއްލައިގެން ގެނެސްދޭން…..އަދި ޖެހޭނެ ކައްކަން ވާއިރަށް ހިކި ދަރު ކަނޑަން ދާން ވެސް……އާޔޫ ގޮވައިގެން ދާނީ…..އެކަނި ނުދާތި“ ޖޫލިޔާ ގޮވާލީ ޔަލްވީއަށެވެ.
އޭރު އާޔަތު އުޅުނީ މަންމައާއެކު ގެނައި ތެލިތައް ދޮވުމަށް މޫދު ކައިރިއަށް ގޮހެވެ. ތެލިތައް ދޮވެފައި އަންނާނެވާހަކަ ބުނުމުން ޔަލްވީ ދިޔައީ ރުއްގަނޑާ ދިމާއަށެވެ. އެވަގުތަކީ ލިއަމް މޫދުން އަރައިގެން އައި ވަގުތެވެ.
”ހިނގާ އަހަރެން ގޮސްދާނަން ފަން ހޯދަން ޔަލްވީ އާއެކު“ ލިއަމް ހަޤީޤަތުގައި ހުރީ ޔަލްވީއާ އެކަހެރިކޮށް ބައްދަލު ކޮއްލާ ހިތުންނެވެ.
ލިއަމް އާއި ޔަލްވީ ރުއްގަނޑު ތެރެއަށް ވަދެގެން ދިޔައެވެ. ”ކަތިވަޅިއެއް ނުލާ ދޯ މިއާދެވުނީ……ފަންކޮޅު އެއްކޮއްފައި ދާނީ ބަލާ“ ލިއަމް ގެ ބަހަށް ޔަލްވީ ބޯ ޖަހާލިއެވެ.
ފަން އެއްކުރުމުގައި ޔަލްވީއާއި ލިއަމް އުޅުނެވެ. ދޭތެރެއަކުން ޔަލްވީއަށް ޖެއްސުމެއް ކޮއްނުލާ ލިއަމްއަށް ނުހުރެވެއެވެ. ޔަލްވީގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ރުކާލާ ފިއްތާލީ ޔަލްވީއަށް ސަލާމަތް ވެގެން ދެވޭނެ އެންމެ ހަނި ޖާގައެއް ވެސް ނުބަހައްޓައެވެ. ޔަލްވީވެސް ގަދަ ހަދާކަށް ނޫޅުނެވެ. ފަހަކަށް އައިސް ލިއަމްގެ މި ސިފަ އަކީ ޔަލްވީއަށް އެކަނި ނޫނީ ނުފެންނަ ސިފައެކެވެ. އަބަދުވެސް ސީރިއަސް ވެގެން ހުންނަ ލިއަމް އަކީ މިހާ ޖެއްސުން ބޮޑު މީހެއް ކަމަށް ޔަލްވީ ހީވެސް ނުކުރެއެވެ. މަސައްކަތުގައި އުޅޭ އިރުއާއި އެހެންމީހުން ކުރިމަތީ ހަރުކަށިކަން ގެންގުޅޭ ލިއަމް ޔަލްވީ ކުރިމަތީގައި ހީވަނީ މުޅިން އެހެން މީހެއް ހެނެވެ.
”އެހްމްމްމް….. މީ ދޯ މިކުރާ ކަމަކީ…..ފަން ހޯދަން އައިކަން ނަންވާނީ…..އެކަމް މިދެމީހުން ރޮމޭންސް ކުރުމުގަ މިއުޅެނީ“ އާޔަތު ކަރުކެހިލުމުން ސިހިފައި ޔަލްވީ އާއި ލިއަމް ދުރަށް ޖެހިލިއެވެ.
”ފަން ހޯދާށޭ އައީ…..އެހުރީނު ފަން އެއްކޮށްފަ“ ލިއަމް ނުވާކަމަށް ހަދަމުން އަޒާންއަށް އިންޒާރެއް ދޭފަދައިން ބަލާލިއެވެ. އަޒާން އަށް އެކަންވީ މަޖަލެވެ. އެކުވެރިޔާ އެހާ ފޮރުވައިގެން އުޅޭ ކަންތައްވެސް މިއޮތީ ފަޅާއަރާފައެވެ. ލިއަމް އަކީ އަންހެން ކުދީނަށް ’އެލާޖިކް‘ ވާ މީހެކެވެ. އަންހެން ކުއްޖަކު ގާތްވެލިއަސް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ނަމަވެސް މިއަދު މިފެނުނު މަންޒަރުން އަޒާން އަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ. އެންމެ ގާތް އެކުވެރިޔާ އަށް ވެސް ގަޔާވާ އަންހެން ކުއްޖަކު ލިބުނީއެވެ.
”ކަމޯން ޔައްލު…..ޗިލް…އެވަރު ކަމެއް ނޫނޭ“ ޔަލްވީ ބިރެއް ފެނުނުހެން ތެޅިގަތް ގޮތުން އާޔަތު ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ގްރަމްޕީ ބޮސް އޭ ކިޔާފައި ލިއަމް ދިމާއަށް ނުކިޔާ އެއްޗެއް ނެތެވެ. ގަޔާވާ ކަމަށް އެއްބަހެއްވެސް ނުވެއެވެ. އެކަމަކު އާޔަތުއަށް މިއަދު މިފެނުނީ އެހެން މަންޒަރެކެވެ.
”ދެން ވަރަށް ފޫހިވޭ……ތި ދެމީހުންނަށް ވެސް އަންނާނެ އަދި މިދުވަސް….. ބަލާތި އެދުވަހަކުން ވަރަށް ޖެއްސުން ކޮއްލާނަން“ ޔަލްވީ ތުންކޮޅު އޫ ކޮއްލިއެވެ.
4 މީހުން ވެގެން ފަން އެއްކޮށްފައި ބުޑުތައް ކެނޑީ އަޒާން ގެނައި ކަތިވަޅިންނެވެ. އެއަށްފަހު ލިއަމް އާއި އަޒާން ހިކި ދަރު ކަނޑައިގެން އައިސް ފަންތައް ކައިރީ ބެހެއްޓިއެވެ.
”ވާއު…..ލުކް އާޔޫ އެހުރީ ބޮޑު ކިނބި މާ ގަހެއް…..އައި ލަވް ލަވް ދެޓް ފްލާވާ ސޯ މަޗް“ ޔަލްވީ ދައްކާލީ ރުއްތަކުގެ މެދުގައި ހުރި ބޮޑު ކިނބި ގަހެވެ. ހުދު ކުލައާއި ފިޔާތޮށި ކުލައިގެ މާތަކުން ބަރާވެފައި އޮތް އެ ގަސް ފެނި ޔަލްވީ އުފަލުން ފުމެން ފެށިއެވެ.
”އޯ ޔެސް…..ހަނދާން ވޭތަ ރަށު އެތާ މޫދު ކައިރީ ހުންނަ މީގެ ބޮޑު ގަސް ދޮށަށް މާމަ އާއެކު ކާށި ހޯދަން ގޮސް ބައިވަރު މާ ހޯދަމެއްނު ކުޑައިރު“ އާޔަތު ވެސް ގަހަށް ބަލާލިއެވެ. ފުދޭ ވަރަކަށް ބިޔަ ބޮޑު ގަހެކެވެ. ރަށުގައި ހުންނަ ގަހަށް ވުރެ ވެސް ބިޔައެވެ. ގަސްދޮށުގައި ބޮޑު ހިރިގަލެއް އޮތުމުން ގަސްދޮށަށް ދެވޭނެ ގޮތެއް ނެތެވެ.
އަޒާން ގޮވުމުން އެންމެން އެދިމާއަށް ދިޔައިރު ބައިވަރު މުޑި ކާށި ތަކެއް ކައިރީ އަޒާން ހުއްޓެވެ. ވަގުތުން އާޔަތު އާއި ޔަލްވީ ކުޅު ދިޔާވިއެވެ. މުޑިކާއްޓަކީ އަބަދުވެސް ކާފަ އެކުދިނަށް ގެނެސްދޭ އެއްޗެކެވެ. ޙާއްސަކޮށް މުޑި ކާށި ހޯދުމަށްވެސް ކާފައާއެކު ކުޑައިރު އެކުދިން ގޮސް އުޅެއެވެ.
ލިއަމް ކަތިވަޅިން ކާށި ބިނުމުން އެންމެން ވެގެން އެ ކެއީ ހިކި ފަންގަނޑެއް މަތީ ތިބެއެވެ.
……………………..
”އަނހާ އެއައީ އެއްނު އެކުދިން…… ބައްޕަމެން އެއުޅެނީ ތިކުދިން ނައިސްގެން ލަސް ވެގެން……މިހާރު މިންމި ޓީމް ވެސް ބަހައިފި ކުޅެން“ ޒީނާ އެހެން ބުނެލީ އާޔަތު އާއި ޔަލްވީ ރުއްގަނޑުން ނުކުމެގެން އައުމުންނެވެ. އޭރު އަޒާން އާއި ލިއަމް އެމީހުން ހޯދި ހިކި ފަންތަކާއި ދަރުބޮޑި ހިފައިގެން އަންނަނީއެވެ.
”ހިނގާ ކުޅެން ދާން…..މިހާރު ޓީމް ވެސް ބަހައިފިން“ މަހީރް އައިސް އާޔަތު އާއި ޔަލްވީ އަތުގައި ހިފައިގެން ވޮލީ ކޯޓު އަޅާފައި އޮތް ދިމާއަށް ދިޔައެވެ. ދެޓީމަކަށް ބަހާލައިގެން ކުޅުން ފެށިގެން ދިޔައެވެ. ކުޅުމުގައި ބައްޕަމެން ބައިވެރިވި އިރު މަންމަމެން މެންދުރަށް ކެއްކުމުގެ ތައްޔާރީތައް ވާންޖެހޭތީ ކުޅުމުގައި ބައިވެރި ނުވެއެވެ. ފޯރިގަދަކޮށް ކުޅެމުން ދިޔައީ ދާދި އެއްވަރެއްގައެވެ. މެޗް ނިމުނު އިރު އަންހެން ކުދިންގެ ޓީމް ބަލިވީއެވެ. އަޒާން ހިނިތުން ވެލައިގެން ހުރިގޮތުން އާޔަތުއަށް ބެހިނުލާ ނުހުރެވުނެވެ.
”ޗީޓާސް ހަމަ…..ވަރަށް ފޭކް ދެން“ އާޔަތު ގޮތް ދައްކަމުން ދެއަތް އުރާލިއެވެ.
”ދެން ބަލި ވީމަ ތިބުނީ ދޯ ޗީޓް ކުރީއޭ……..ހެހެހެހެހެ….ޔޫ އާ ފަނީ“ އަޒާން ހިނިގަނޑެއް ޖަހާލިއެވެ.
ކުޅުން މެދު ކަނޑާލާފައި ބައްޕަމެން ދިޔައީ ދާގަނޑުގައި މަހެއް ޖެހިފައި އިންތޯ ބަލާށެވެ. ލިއަމް އައީ ދަގަނޑުތައް ހިފައިގެނެވެ.
”ބައްޕާ ކޭން ވީ ގޯ ޓޫ……ޕްލީޒް ވަރަށް މަސް ހިފަންދާ ހިތްވޭ“ ޔަލްވީ ބައްޕައަށް ގޮވާފައި ބުންޏެވެ. ޔާސިރު ބަލާލީ އަދީލް އާއި މިއުވާން އަށެވެ. އެދެމީހުން ބޯ ޖަހާލުމުން ހުއްދަ ދިނެވެ.
”އެކަމް ބައްޕަމެނާއެކު އާދެވޭނީ ބޮޑު ކުދިނަށް އެކަނި އެނގޭ….. ކުޑަކުދިން ނުވާނެ އެހިސާބަށް ދާކަށް“ ޔާސިރު އެހެން ބުނެލީ ޔާވިން އާއި ރާޔާ ފައިކުރި އޮޅަން ފެށުމުންނެވެ.
”ދެން ނޯ….ނޮޓް ފެއާ“ ޔާވިން ބޮޑާ ހާކާލިއެވެ. ކަރު އެލުވާލަމުން އެދެކުދިން އެތަނުން ދިޔައެވެ.
މަސް ހިފުމަށް ތައްޔާރު ވެލައިގެން ބައްޕަމެނާއެކު އާޔަތު އާއި މަހީރް އަދި ޔަލްވީ ވެސް މޫދަށް އެރުނެވެ. ފުރަތަމަ ދަލުގައި ޖެހިފައި ހުރި މަސްތައް ނަގައި ގެނައި ބާލިދީއަށް އެޅިއެވެ. އެއަށްފަހު އެކި މީހުން އެކި ކޮޅުތަކަށް ދިޔައީ ދަގަނޑު ޖަހައިގެން މަސް ހިފާށެވެ. މަސްހިފުމަށްވުރެ ބޮޑަށް ތިން އަންހެން ކުދިން އުޅުނީ ސަކަރާތް ޖެހުމުގައެވެ. އެކަކު އަނެކަކު ކޮއްޕާ މޫދަށް ވައްޓާލާ ގަޔަށް ލޮނު ޖަހާ ހަދައެވެ.
މަސް ހިފައިގެން އެއްގަމަށް އެރިއިރު ފުދޭވަރަކަށް ގިނައިން މަސް ހުއްޓެވެ. ގެނައި ވަޅުފެން ހަމުން ގަޔަށް ފެންއަޅައިގެން މަސްކަނޑާ ސާފުކޮށް މަސް ފިހަން އަލިފާން ގޮނޑެއް ރޯކުރިއެވެ. އަޒާން މަސް ކަނޑަން އިންއިރު އާޔަތު ކައިރީ މަސްތަކުގައި މިރުސް ލާން އިނެވެ.
”އައުޗް…“ އާޔަތު އަތުގެ ނުފުށުން ލޯ އުނގުޅަން ފެށިއެވެ.
”ކިހިނެއްވީ ……ޑާލިން އާޔޫ އޯލްރައިޓް؟“ އަޒާން ވަގުތުން އާޔަތުގެ ލޯ ބަލަން އަވަސްވެގަތެވެ.
”ލޮލަށް މިރުސްކޮޅެއް ދިޔައީ……ހަނދާން ނެތި ލޮލުގަ އަތް ހާކާލެވުނީ“ އާޔަތު އުޅުނީ ލޮލުން ދިލަ ނަގާތީއެވެ. އަޒާން ފެންފޮދެއް ހިފައިގެން އައިސް އާޔަތުގެ ލޯ ދޮވެލަ ދިނެވެ. އަދި ލޮލަށް ފުމެލިއެވެ.
”މިހާރު އޯކޭހެން ހީވޭތަ؟“ އަޒާން ލައިގެން ހުރި ޓީޝާޓުން އާޔަތުގެ ލޯ ފޮހެލަދިނެވެ.
”އައްޗީ މަސްތަކާއެކު ދޯ މޫނުގަ އަތް ތި ލީ“ އާޔަތު އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އަޒާން ހާސްކަމުގެ ތެރެއިން ހިނިތުންވެލީ އާޔަތުގެ ލޮލަށް ކުޑަވެސް ލުޔެއް ލިބުނުކަން ޔަޤީން ވީމައެވެ. އެހެންޏާ ފަސޭހަ ނުވާނަމަ އެރާގު ލާފައި އެބުނެލާ ގޮތަކަށް ނުބުނާނެއެވެ.
”ޔޫ އަންގްރޭޑްފުލް ލިޓްލް ގާރލް“ އަޒާން އެހެން ބުނެލީ އާޔަތުވެ ކޯތާފަތުގައި ފިރުމާލަމުންނެވެ.
”އަމް ނޮޓް ލިޓްލް އޯކެއި“ އާޔަތު ލޯ އަޅާލިއެވެ.
”ޔެސް ޔޫ އާ…..ޝޯޓް އެންޑް ކިއުޓް“ އަޒާން ދެން ބުނެލި ބަހުން އާޔަތުއަށް ރައްދު ދޭކަށް ނޭގުނެވެ. ބަސް ހުއްޓިއްޖެއެވެ. ދެކޯތާފަތް ރަތް ވެގެން ދިޔައީ އަޒާން ބަލަން ހުއްޓާއެވެ. އިތުރަށް ބޭޒާރު ވެދާނެތީ އާޔަތު ދުވެފައި އެތަނުން ދިޔައެވެ.
……………………….
މަސްފިހެ ނިމުނު އިރު މެންދުރުގެ ކެއުންވެސް ހުރީ ތައްޔާރު ވެފައެވެ. ބޮޑު އެއްތެލީގައި ދަތުރު ނޫޑްލްސް ކައްކާފައި ހުރިއިރު އަނެއް ތެލީގައި ހުރީ މަސްބަތެވެ. ފިހުނު މަސްތަކާއި ކުކުޅު އަދި ސޮސެޖްތައް ވެސް ގެނެސް ބޮޑު ތައްޓެއްގައި އަތުރާލިއެވެ. އެންމެން ތަށިތައްޓަށް އަޅައިގެން ކާންފެށިއެވެ.
”މަންމީ އިޔޫ ބޭނުން އޭގެ ފަތެއް“ އާޔަތު އުޅުނީ ބޮޑު ފަތަކަށް އަޅައިގެން ކާށެވެ. އިޒްޔަން ވެސް އެގޮތަށް ކާން ބޭނުންވިއެވެ.ދަތުރުގެ މަޖާ ލިބޭނީ ފަތުގައި ކެއުމުން ކަމަށް އާޔަތު ބުންޏެވެ. އާޔަތުގެ ފަތްތަށި ފެނިފައި ކުޑަ ގުރޫޕް ފަތަށް އަޅައިގެން ކާން ބޭނުން ވެެއްޖެއެވެ. އެންމެފަހުން އާޔަތު ޖެހުނީ ހުރިހާ ކުޑަކުދިނަށް ފަތް ބިނދެގެން އަންނާށެވެ.
ކައި ނިންމާލާފައި އެންމެން މޫދަށް އެރުނެވެ. މާމަ އާއި ކާފަވެސް މޫދަށް އެރުނެވެ. މޫދުގައި ކުޅޭ އެކި ކުޅިވަރުތައް ކުޅުނެވެ. އެތައް އިރަކު އެންމެން މަޖާ ކުރަން ތިބެފައި މޫދުން އެރީ އިރުއޮއްސެން ގާތް ވުމުންނެވެ. އިޒްޔަން ބޮޑާ ހާކަމުން ދިޔައީ މޫދުން ނާރަން ވެގެނެވެ. އަޒާން އެތައް އެއްޗެއް ކިޔައިގެން ހައްލާލައިގެން އިޒްޔަން މޫދުން އެރުވިއެވެ.
ގަޔަށް ފެން އަޅައިގެން އެންމެން އުޅުނީ ގެނައި އެއްޗެހި ޕެކް ކުރުމުގައެވެ. ”ކޮއްކޮ ދެރަ ވެފަ ތަ ތިހުރީ؟….ހިނގާ ދައްތަ އާއެކު ހިނގާލަން ދާން ދޯ“ މެހެކް އައިސް އިޒްޔަން ގާތަށް ތިރިވެލީ އިޒްޔަން މޫދަށް ބަލަން ހުރުމުންނެވެ.
”އިޔޫ ބޭނުން މޫދަށް ދާން……ދައްތީ މޫދަށް“ އިޒްޔަން މެހެކްގެ އަތުގައި ހިފައި މޫދާ ދިމާއަށް ދިޔައެވެ.
………………………….
އެއްޗެހިތައް ޕެކްކޮށް ނިމިގެން ލޯންޗަށް އެރުވިއެވެ. ”ކޮބާ އިޒޫ“ އަޒާން އިޒްޔަން ހޯދީ ލޯންޗުގެ އެންމެ ކުރިއަށް އަރާށެވެ. އިޒްޔަން ވަރަށް ގަޔާވާ ކަމަކަށް ވާތީއެވެ.
”ނޭނގެ ވެދާން މާމަމެން ކައިރީގަ“ މަހީރް ބުނެލިއެވެ. އަޒާން ދިޔައީ މާމަމެން ގާތަށް ގަސް ކައިރިއަށެވެ. މާމަމެން ވެސް ބުނީ އިޒްޔަން ނުދެކޭ ކަމުގައެވެ. އެންމެން އެތާގައި ތިބިއިރު އިޒްޔަން ފެންނާކަށް ނެތެވެ. މެހެކް ހުރީ ޔުވާން އާއެކު ލޯންޗުގައެވެ. ލޯންޗުވެސް ބެލިއްޖެއެވެ. އިޒްޔަން އެއް ނުފެނުނެވެ.
އެހިސާބުން އެންމެން ހާސްވާން ފެށިއެވެ. އެކި މީހުން އެކި ދިމާއަށް ދިޔައީ އިޒްޔަން ފެނޭތޯއެވެ. އިރުއޮއްސެން ކައިރިވެފައި އޮތުމުން އުޑުމައްޗަށް ކުޑަކޮށް އަނދިރި ކޮއްލާފައި އޮތެވެ. އެންމެފަހުން ބައެއް މީހުން ވަނީ ވަލަށެވެ. މާބޮޑު ރަށެއް ނޫނެވެ. ވިއްސަކަށް ފިޔަވަޅު އަޅާލާއިރަށް ރަށުގެ އަނެއް ކޮޅަށް ދެވެއެވެ. އެންމެން ވެގެން ހުއްޓާނުލާ އިޒްޔަން ހޯދަމުން ދިޔައެވެ.
ފުރަތަމަ އެންމެންވެސް ހީކުރީ މަޖާކުރަން އިޒްޔަން ތަނަކަށް ވަދެ ފިލީކަމަށެވެ. ނަމަވެސް ހޯދާތާ ގަޑިއެއްގެ އިރުވީއެވެ. އިޒްޔަން އެއް ނުފެނުނެވެ. އަނދިރި ވީވަރަކަށް ފޯނުތަކުގެ ފްލޭޝް ލައިޓު ޖައްސައިގެން އަދިވެސް ހޯދަނީއެވެ. މުޅި ވަލުތެރެ ބެލިއްޖެއެވެ. ބައެއް މީހުން ގޮނޑުދޮށްވެސް ބެލިއެވެ. ފަރީދާއަށް ރޮވެން ފެށިއެވެ. ހިތް ނެގިނެގިފައި ޖެހެނީއެވެ. އިޒްޔަން އަށް ވީގޮތެއް ނޭގޭތީއެވެ.
ރޭގަނޑުގެ 8 ޖަހާބޮޑުވެއްޖެއެވެ. އަލިކަމެއް ނެތް ފަޅުރަށެެއްގައި އެންމެން ތިބީ ހަދާނެގޮތް ހުސްވެފައެވެ. އެންމެފަހުން ފުލުހުންނަށް ވެސް އެންގިއްޖެއެވެ. ފުލުހުންގެ ޓީމެއް އަންނަންދެން މަޑުނުކޮށް އިޒްޔަން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ދިޔައެވެ.
މަހީރްގެ ފެންކަޅިވެފައިވާ ދެލޯ ފެނި މީކައިލް ވެސް ދެރަވިއެވެ. އެކަނިމާއެކަނި ގޮނޑު ދޮށުގައި ހުއްޓިލައިގެން ހުރިގޮތުން މީކައިލް މަހީރް ގާތަށް ދިޔައެވެ. އޭރު ދިޔަވަރު ބޮޑުވާ އަތަށް އަޅަނީއެވެ. ރަާޅުބޮޑުވެ ގޮނޑުދޮށަށް ރާޅު ބިންދާލަނީ ނުހަނު ބާރަށެވެ. މަހީރް ފައިގައި ހަރު އެއްޗެއް ޖެހުމުން އަނގައިން މަޑު ހަޅޭކެއް އައީ ސިއްސައިގެން ދިއުމުންނެވެ. އޭރު މީކައިލް މަހީރްއާ އަރާ ހަމަވަނީއެވެ. މަހީރް ގުދުވެލާފައި ބަލާލީ ފައިގައި ޖެހުނީ ކޯޗެއްތޯއެވެ.
މަހީރްއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮއްލާފައި ކަރުބުޑުން ހަޅޭއްލަވައިގަތެވެ. ލޮނުގަނޑު ތެރޭގައި އެއޮތީ މަހީރްގެ ލޯބިވާ ކޮއްކޮއެވެ. މީކައިލް އަވަހާ އިޒްޔަން ނަގާ އަތްދަނޑި މައްޗަށް ލައިގެން އެއްގަމަށް ހިނގައިގަތީ މަހީރްވެސް ގޮވައިގެނެވެ. މަހީރްއަށް ލިބުނު ސިހުމުގައި ހަރަކާތްވެސް ކޮއްލަން ނޭގިފައި ހުރީއެވެ.
މީކައިލް ގާތަށް އެންމެން އައި އިރު ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. މީކައިލްގެ އަތްދަނޑި މަތީގައި އެއޮތީ ތުއްތު ތުއްތު އިޒްޔަންގެ ފުރާނަ ނެތް މަސްގަނޑެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


NOOOOO… IZU IS DEAD???!!! ughh I hate mehek sm. I think she’s doing everything that’s happening lately.
i feeli like its mehek sometimes cuz she once did something to yal too……….so sad izyan is dead