Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 15

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
July 3, 2016 7 Mins Read
42 Comments

 

އަނެއްދުވަހު އިރު އެރީވެސް މާޒިންއަށް ނުނިދި ބެލްކަނީގައި އޮއްވައެވެ. ފަތިސް ނަމާދުކޮށްލުމަށްފަހު ގައިވެސް ބެލްކަނީގައި އޭނާ އޮތީ ހިތްވަރެއް ލިބޭތޯއެވެ. ސުމާގެ ކުރިމައްޗަށް އަރާއިރު އޭނާގެ ހިތް ކޮންޓްރޯލް ނުވެދާނެތީއެވެ. ރޭގައިވެސް އައި ރުޅީގައި ސުމާއާއި ދިމާލަށް ވަޅި ދިއްކޮށްލެވުނެވެ. މާޒިން އެކަމާވެސް ވަރަށް ވިސްނިއެވެ. އެއީ އޭނާ ކޮށްގެންނުވާނެކަމެކެވެ. ކުރިމަތީ އޭނާ ކިތަންމެ ރުޅިއަންނަ މީހަކު ވިޔަސްހެވެވެ.

ސުމާ ހެނދުނާއި ތެދުވެލުމަށްފަހު ފަތިސް ނަމާދުކޮށްލާ ނިދާފައި އޮތް ޒިންއަށް ގޮވާލިއެވެ. ޒިން ހުންނާނީ ބަނޑުހައިވެފައި ކަމުން ސުމާ ޒިން ފާހަނައަށް ވައްދާފައި ދިޔައީ ކުޑަ އެއްޗެއް ރެޑީ ކޮށްލާށެވެ. މިޝްޔާ އެ ގެއަށް އައީ އެވަގުތުއެވެ. ސުމާ ދޮރު ހުޅުވުމަށްފަހު މިޝްޔާ ވެއްދިއެވެ. “މިޝީ.. މިއޮތީ ޓިފިން ޒިންގެ ދެން ދަބަސް އޮންނާނެ ރޫމްގަ ޒިންގެ ކުޑަ ޓޭބަލް ގަ ބައިންދާފަ އެން މީ އިނގޭ ފެންފުޅި….. ޒިން ކާނީ ހަމައެކަނި ޗީސްބޯލްސް އާއި ކުޑަ އާފަލުކޮޅެއް… ޗީސްބޯލް މިހިރީ… ދެން މީނީ އާފަލު ޖަސްޓް ހާފް ކޮށާލާނީ އިނގޭ. އެން ކުދި ކުދި ކޮށް ކޮށާލާނީ.. ޓިފިން ތެރޭ އިންނާނެ ކުޑަ އުލެއް….. އެން ޔާރ ހިއަރ އިޒް ދަ ޕެކެޓް… އަސްލު ނޭނގެ އާދެވޭނެ ކަމެއް ބަޓް އައި ވިލް ޓްރައި އިނގޭ މިޝީ އަމް ސޮރީ އުނދަގޫވާނެކަން އިނގޭ….” އެއް ނޭވައިން ސުމާ ވާހަކަދައްކަމުން ދިޔައިރު އޭނާގެ އަތް ވަރަށް ހަލުވިއެވެ. މިޝްޔާއަށް އެއްޗެހި ހުންނަތަން ދައްކަމުން ސުމާ ދިޔައެވެ. މިޝްޔާ ހޭންފެށިއެވެ. އަދި ފާހަނައިން ނިކުމެގެން އައި ޒިން އާއި ދިމާލަށް ދިޔައެވެ. “ޒިން މަންމި އެހުރީ ކުޑަކޮށް މޮޔަވެފަ. އާދޭ މިޝީއްތަ އާއި އެކު ކިރުތަށި ބޯލަން މަންމި ރެޑީކުރަން ބަހައްޓާފަ…” މިޝްޔާ ޒިންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “މިޝީ އާންސްވަރ އެއް ނުދެމެއްނު..” ސުމާ ބުނެލީ އޭނާގެ ހަރަކާތްތަށް މަޑުޖައްސާލާފައެވެ. “މިޝް އެއްޗެކޭ ބުނަންވާއިރަށް ތި ކިޔާ ނިންމާލީނު.. ހަހަހަ ދެންވެސް ދޭ ރެޑީވާން… އަވަސް…” ސުމާ ފޮނުވާލުމަށްފަހު މިޝްޔާ ޒިން ކައިރި އިނެވެ. ޒިން އިނީ ހިމޭންވެފައެވެ. ސުމާ ދުރަށް ދާނެތީއެވެ.

ސުމާ އަށް އަބަދުވެސް ލަކީ ކުލައެއްގެ ގޮތުގައި އިންނާނީ ފެހިކުލަ ކަމުގައި އޭނާ ދެކެއެވެ. ފެހި ކުލައަކީ މާޒިންގެ އެންމެ ރީތި ކުލައަށް ވުމުގެ ސަބަބުންނެވެ. ސުމާ އެ ޖިލްބާބަށް ބަލަން ހުރުމަށްފަހު އެ ޖިލްބާބް ލިއެވެ. އަދި އުނަގަނޑައި ހަމާލުން ކަޅު ހިމަ ބްލްޓެއް އަޅާލިއެވެ. އެއިން ސުމާގެ ހަށިގަނޑުގެ ރީތިކަން ހާމަވެގެން ދިޔައެވެ. އެހެން ހުރުމަށްފަހު ކަޅު ކުލައިގެ ޝޯލްއެއް ނަގައި އެ އަޅާލިއެވެ. އަދި ތުންފަތުގައި ލިޕް ގޮލޮސް ކޮޅެއް ހާކާލިއެވެ. ފަހު ފަހަރަށް މޫނު ބަލާލުމަށްފަހު ސުމާ އޭނާގެ ހޭންޑް ބޭގް ރެޑީކޮށްލާފައި ކޮޓަރިން ނިކުމެލިއެވެ. “ވާއު މަންމީ….” ފުރަތަމަވެސް ތައުރީފްކުރީ ޒިންއެވެ. ސުމާ ގޮސް ޒިން ގައިގާ ބައްދާލިއެވެ. މިޝްޔާވެސް ސުމާ ކައިރި ވަރަށް ރީއްޗޭ ބުނެލިއެވެ. “ބޭބީ އައި ވިލް ބީ ބެކް ސޫން.. މިޝީއްތަ އާއި އެކު ބަސްއަހައިގެން ހުންނަންޗޭ.. މާ ސަކަރާތް ގަދަ ނުކުރާތި އިނގޭ… މަންމި އާދެވޭތޯ ބަލާނަން އިނގޭ އެޓްލީސްޓް ޒިން ބަލައި” ސުމާ ބުނެލީ އަނެއްކާވެސް ޒިންގައިގާ ބައްދާލަމުންނެވެ. “މަންމީ ގުޑް ލަކް.. ބަސްއަހާތި” ސުމާ ގެ ކޮލުގައި ހިފާލަމުން ޒިން އެހެން ބުނެލިއެވެ. އެއާއި އެކު މިޝްޔާއާއި ސުމާ ހޭންފެށިއެވެ. ސުމާ ޒިންގެ ކޮލުގައި ހިފާލިއެވެ. އަދި ދަނީކަމަށް ބުނެ ފަހު ފަހަރަށް ޒިން ގައިގާ ބައްދާލުމަށްފަހު ނިކުތެވެ.

………

ސުމާ ޓެކްސީއެއްގައި އައިސް އޭޑީކޭގައި މަޑުކޮށްލިއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އެތެރެއަށް އެޅި ފިޔަވަޅާއި އެކު މަޑުކޮށްލެވުނެވެ. ހިތްބިރުގަންނަން ފެށިއެވެ. “ޕްރިންސަސް ދިރުއުޅުމުގައި ދިމާވާނެ އެތަށް ކަމެއް… ކޮންމެ ކަމަކާއި ވެސް ކުރިމަތި ލާންޖެހޭނީ ވަރަށް ކެރިގެން… ފުރަތަމަ ފިޔަވަޅު ހުއްޓިދާނެ… ތުރުތުރު އަޅާނެ…ފަހަތަށް ފިޔަވަޅެއް އެޅޭނެ އެކަމް އެއިން ކޮންމެ ފަހަރަކުވެސް ބައްޕަ ގެ ނަން ކިޔާލުމަށްފަހު ފަހަތަށް އެޅުނު ފިޔަވަޅު ކުރިއަށް އަޅާތި… ޔޫ އަރ މައި ސްޓްރޯންގ ގާލްއެއްނު… ޔޫ ކޭން ޑޫ އެނީތިންގ.” ސުމާގެ ކަންފަތް ބުޑުގައި އިވިގެން ދިޔައީ އޭނާގެ ބައްޕަގެ އަޑެވެ. ސުމާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ލޯ މަރާލުމަށްފަހު އެނާގެ ބައްޕަގެ ނަން ކިޔާލާ ފުރަތަމަ ފިޔަވަޅުއެޅިއެވެ. ހިތްހަމަޖެހުމާއި އެކު އަނެއް ފިޔަވަޅުވެސް އަޅާލިއެވެ. އެއަށްފަހު ރެޝިޕްޝަނާއި ހަމާލަށް ސުމާއަށް ދެވުނީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. ބިރު މުޅިންހެން ފިލައިގެން ދިޔައެވެ.

ސުމާ އެމީހުންނާއި ވާހަކަދައްކާލުމުން އެމީހުން އެދުނީ ސަރ އާއި ވާހަކަ ދައްކާށެވެ. ސުމާ ސަރ ގެ ކެބިންނާއި ހަމާލަށް ގޮސް ޓަކި ދިނެވެ. އެކޮޅުން ވަނުމަށް ހުއްދަ ލިބުމުން ސުމާ އެތެރެއަށް ވަދެލިއެވެ. “ސުމާ ސުމާ! ވެލްކަމް ވެލްކަމް.. ފުރަތަމަ އިންނާނެ ކުޑަ މީޓިންގް އެއް ހުރިހާ މުވައްޒިފުންނާއި އެކު ސޯ ބީ ރެޑީ… މިގަޑިއަށް އަންނާށޭ ބުނީވެސް އެހެންވެގެން…” ޖުނައިދު ސުމާ ފެނުމާއި އެކު އިށީނދެ އިން ގޮނޑިން ތެދުވެލިއެވެ. އަދި ސުމާއާއި ދިމާލަށް ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ. “އެން އާދޭ ކެބިން ދައްކާލާނަން ފަސޭހަވާނެއެއްނު…” ސުމާ ގާތު ފަހަތުން އައުމަށް އިޝާރާތް ކުރަމުން ޖުނައިދު ހިނގައިގަތެވެ. ވަކިން ހުރި ކެބިންއަކަށް ސުމާ ވެއްދުމަށްފަހު އެއީ ސުމާގެ ކެބިންކަމަށް ބުނެ ކުދި ކުދި އެއްޗެހިތަށް އޭނާއަށް ބުނެދެންފެށިއެވެ. ސުމާ ހިނިތުންވުމާއި އެކު ޖުނައިދު ދައްކާ ވާހަކައާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލައެވެ.

“ސަރ.. އެވްރީވަން އިޒް ރެޑީ..” ސުމާގެ ކެބިން އިން އެތެރެއަށް ބޯ ދިއްކޮށްލި ކުއްޖަކު އެހެން ބުނެލިއެވެ. ޖުނައިދު އަވަހަށް ދާންހިނގާށޭ ބުނެ ސުމާ ގޮވައިގެން ހިނގައިގަތެވެ. މީޓިންގް ރޫމްއާއި ހަމާލަށް އަރާލުމަށްފަހު ސުމާ ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ވަދެގެން ދިޔަ ޖުނައިދު ގެ ފަހަތުން އެތެރެއަށް ވަނެވެ. ފުރަތަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ މޭޒުގެ އެއްކައިރި އިށީނދެ އިން މާޒިންއަށެވެ. އޭނާގެ ފިޔަވަޅު ހުއްޓެމުން ގޮސް އެކީ ހުއްޓުނެވެ. އަނގައިން މަޑު އާހެއްނިކުތެވެ. ފަހަތުން އައި ކުއްޖާ ސުމާއަށް ގޮވާލުމާއި އެކު ސުމާ ސިހިފައި ހިނގައިގަތެއް ކަމަކު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިސްޖަހާލައިގެން އިން މާޒިންއަށެވެ. ސުމާގެ ދެލޯ ކަރުނުން ފުރުނީވެސް އޭނާއަށް ނޭނގިއެވެ. މީޓިންއަށް ހާޒިރުވި އެންމެންނާއި ސުމާ އިންޓްރޮޑިއުސް ކުރީ ޖުނައިދުއެވެ. ސުމާ ހިނިތުންވުމެއް ދިނެއްކަމަކު އޭނާ ހުރީ ހާސްވެފައެވެ. ތަޤުދީރުގެ މި ކުޅިގަނޑުގައި އަބަދު ސުމާއަށް ދެރަލިބޭތީއެވެ. ސުމާ ބެދޭތީއެވެ. ގޮތްހުސްވަނީ އަބަދުވެސް ސުމާއެވެ.

މީޓިންގް ނިމުމާއި އެކު މާޒިން ފިޔަވާ ދެން ތިބި މުވައްޒަފުން ސުމާއާއި ބައްދަލުކޮށް ހޮސްޕިޓަލަށް މަރުހަބާ ކިއެވެ. ސުމާ އެމީހުންނާއި ސަލާމްކޮށްލާ ހެދިއެެވެ. މާޒިން އެތަނުން ނިކުމެގެން ދިޔައެވެ. ސުމާވެސް ނިކުތީ އޭނާ އެކަނިވެލަން ބެނުންވާތީއެވެ. ލިބުނު ސިހުމުން އޭނާ އަދިވެސް ބޭރުނުވެއެވެ. ސުމާ ނިކުތް އިރު މާޒިން ދާތަން ފެނެއެވެ. ސުމާ އެދިމާ ބަލަން ހުރުމަށްފަހު ދާން ހިނގައިގަތެވެ. މާޒިންގެ ފަހަތުގައި ދާދި އެއްވަރެއްގައި ހުރެއެވެ.

“މާޒިން!!!!” ސުމާ ފަސް އެނބުރި ބަލާލީ ސިހިފައެވެ. މާޒިންއަށްވެސް ވީ އެވަރެވެ. ދެމީހުންގެވެސް ފަހަތުން ހިނގައިފައި އައި ޖުނައިދު ހަނާއަޅާލިއެވެ. މާޒިން އެ ހުރިތާ ހުއްޓިހުރީއެވެ. ޖުނައިދު އެދިމާލަށް ގޮސް ސުމާއާއި ހަމާލަށް އަރާލުމަށްފަހު މާޒިން އަށް ގޮވާލިއެވެ. މާޒިން ނުދާން ހުރެފައިވެސް ސުމާއާއި ދިމާލަށް ދިޔައެވެ. ސުމާއަށް ޖުނައިދު ކުރަން އުޅޭ ކަންތަށް އިނގުނެވެ. އޭނާގެ ހިތް ތެޅެންފެށިއެވެ. ސުމާ އިސްޖަހާލީ އެކަން ނުދައްކަންވެގެންނެވެ.

“މާޒިން.. މާޒިން ބުނީ ހަމަ ރަނގަޅަށް… މީހެއް ލާ ހެދުމެއް ސިފަޔަކަށް ބަލައިގެން އޭނަގެ މަސައްކަތެއް ނޭނގޭނެ.. ޝީ އިޒް ޓޫ ގުޑް މޭން… ބުނީމެއްނު މާޒިންގެ ހޮވުން ގޯހެއްނުވާނޭ…” މާޒިންގެ ކޮނޑުގައި ޖަހާލަމުން ޖުނައިދު އެހެން ބުނެލީ ހެވިފައެވެ. ފަހު ޖުމްލަ އިވުމާއި އެކު ސުމާއަށް މާޒިންއާއި ދިމާ ބަލައިލެވުނީ ކުއްލިއަކަށެވެ. އަނެއްކާ އެއީ “ދެޓް ގައި” ހެއްޔެވެ؟މާޒިން ހިނިތުންވުމެއް ދީގެން ހުރީ ޖުނައިދު ހުރުމުންނެވެ. އޭނާއަށް ވާ އުނދަގު ފޮރުވައިގެންނެވެ. ސުމާއަށް ނެގުނީ އެހެންމާނައެކެވެ. ސުމާ އަށް ދެރައެއް ދޭން ނުވަތަ ސުމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މީހެއްނޫންކަން ދައްކަން މާޒިން ކުރިކަމެއްކަމުގައެވެ. ދިރިއުޅުމުގެ ކޮންމެ ދިމާއެއްގައިވެސް ސުމާއަށް ކޮންމެވެސްމީހެއްގެ އެހީ ހޯދާނޭ ބުނުވަންށެވެ.  “ސުމާ ދިސް އިސް ދަ ވަން އައި ވޯސް ޓޯކިން އަބައުޓް.. އިނގިއްޖެ ދޯ އެހެން ބުނީމަ.. ދެން ތިހެން ނުތިބެ ޝޭކް ޔުއަރ ހޭންޑްސް ޔޫ ބޯތު….” ޖުނައިދު ބުނެލީ ދެމީހުންނާއި ދިމާ ބަލައިލަމުންނެވެ. މާޒިން ސުމާއާއި ދިމާ ބަލައިލިއެވެ. އޭރު ސުމާވެސް ހުރީ މާޒިންއާއި ދިމާ ބަލަންށެވެ. “ހައި.. އަމް މާޒިން…” މާޒިން ސަލާމަށް އަތްދިއްކޮށްލިއެވެ. އަމިއްލަ ނަން ބުނެ މާޒިން ތައާރަފް ވެލިގޮތުން ސުމާއަށް އޭނާ ދުރުވިވަރު ރަނގަޅަށްވެސް އިނގުނެވެ. ސުމާ ގެ ލޯ ކަރުނުން ފުރުނެއްކަމަކު އެވެސް ހިންދާލީ ހިނިތުންވެލަމުންނެވެ. “ހައި.. ސު..ސުމާ..” ސުމާވެސް ހިނިތުންވެލަމުން ސަލާމްކޮށްލީ އޭނާވެސް ވަކި ދެރަނުވާނެކަން ދައްކާށެވެ.

ދެމީހުންގެ ހަނދާނަށް އައީ ސުމާމެން ފުރަތަމަ ދިމާވި ގޮތެވެ. ފުރަތަމަ އެދެމީހުން ތައާރަފްވެލިގޮތެވެ.

…..

“ހޭ….؟” ސުމާ ފަސްއެނބުރި ބަލައިލީ ސިހިފައެވެ. ކުރިމަތީ ހުރީ އޭނާ ނުދަންނަ ކުއްޖެކަމުން އަނެއްކާވެސް އޭނާ ކުރިމަތި ބަލާލިއެވެ. “ހޭ!! ކިހިނެއްވީތަ؟ކީއްވެ ތިރޮނީ؟؟” އެ ކުއްޖާ އަހާލީ ރޮވިފައި ހުރި ސުމާގެ މޫނުމަތި ފެނިފައެވެ. ސުމާ ކަރުނަ އައިސްފައި ހުރި ލޯ ފޮހެލިއެވެ. އޭނާ އިށީނދެ އިނީ އެގޭގެ ޓެރެސްމަތީގައެވެ. އެތާ ހުރި ރެއިލިންގެ ދެހޮޅި ދޭތެރެއިން ދެފައި ލައިފައި އެ ދަގަނޑުތަކުގައި ދެއަތް އަޅުވާލައިގެންނެވެ. އެކުއްޖާ އައިސް ސުމާއެކޭ އެއްގޮތަށް އިށިނދެލީ ސުމާގެ ކައިރީގައެވެ. ސުމާ އަނެއްކާވެސް ކަރުނަތަށް ފޮހެލިއެވެ. އަދި އެ ކުއްޖާއާއި ދިމާލަށް ބަލައިލިއެވެ. “ޑޯލްސް ނުވާނެ ރޯކަށް….. ޖެހޭނީ ސްމައިލް ކުރަން” ތާޒާ ކަރުނައިން އަނެއްކާވެސް ރޮނގުދެމެމުން ދިޔަ ސުމާގެ މޫނުމަތިން ކަރުނަތަށް ފޮހެލަމުން އެ ފިރިހެންކުއްޖާ ބުނެލިއެވެ. “ޑޯލް؟؟” ސުމާ އަހާލީ އެކުއްޖާއާއި ދިމާ ބަލައިލަމުންނެވެ. “ހުމްމް ތީ ޑޯލްއެއްނު.. އޭސް ބިއުޓިފުލް އޭސް އަ ޑޯލް.. ބަލާ ޑޯލްގެ އައީސްވެސް ރެޑްވެފައި… ޑޯލްސް ރޮންޏާ ހަޑިވާނެ…” އެ ކުއްޖާ ބުނެލީ ސުމާގެ ލޯ ކައިރި އަތްހާކާލަމުންނެވެ. ސުމާ ރޮމުން ރޮމުން ވެސް ހޭންފެށިއެވެ.

އެ ކުއްޖަވެސް ހޭންފެށިއެވެ. “ބަލާ ޑޯލްގެ ސްމައިލް ލޯބިކަން.. ދެން ބުނެބަ ކީއްވެ ރޮނީ ތިގެން..” އެ ކުއްޖާ ބުނެލިއެވެ. “ސުމްގެ ދޮންތި ދަނީ ޓްރިޕްއަކަށް އިންޑިޔާއަށް… ވީކްއެއް ފަހުން އަންނަނީ އަމް ގޮނަ މިސް ހާރ..” ސުމާ އަނެއްކާވެސް ރޯންފެށިއެވެ. “އެން ސުމް އެކަނި ވާނެ ނުވެސް ކުޅެވޭނެ…” ސުމާ ލޯ ކައިރި ޖަމާވި ކަރުނަތަށް ފޮހެލަމުން ބުނެލިއެވެ.  “އޯކޭ ވާނޭ… ޒިން ހުންނާނަން އޭރުން… އޯކޭ އެއްނު؟” ސުމާ ކައިރި މާޒިން ބުނެލިއެވެ. ސުމާ މާޒިންއާއި ދިމާ ބަލައިލިއެވެ. “ޕިންކް ޕްރޮމިސް؟” ސުމާ އޭނާގެ ކުޑަވައި އިނގިލި ދިއްކޮށްލިއެވެ. މާޒިން އެ އިނގިލިއައި ދިމާލަށް ބަލަން އިނުމަށްފަހު އޭނާގެ ކުޑަވައި އިނގިލި އެ އިނގިލީގައި އަޅުވާލިއެވެ. “ގްރީން ޕްރޮމިސް” މާޒިން އެއްލޯ މަރާލަމުން އެހެން ބުނެލިއެވެ. ސުމާ ހޭންފެށިއެވެ. “ސޯ އަމް މާޒިން…” މާޒިން ސަލާމަށް އަތް ދިއްކޮށްލިއެވެ. ސުމާ ހިނިތުންވެލަމުން “ސުމާ” އޭ ބުނެލާ ސަލާމްކޮށްލިއެވެ.

……

“ސޯ ޔޫ ބޯތް ކެރީ އޮން އަމް ގޮއިންގް..” ސުމާއާއި މާޒިން ސިއްސައިގެން ގޮސް އެދެމީހުންގެ އަތް ވަކިކޮށްލެވުނީ ޖުނައިދު އެހެން ބުނެލުމުންނެވެ. ޖުނައިދު މާޒިންގެ ކޮނޑުގައި ޖަހާލުމަށްފަހު ދާން ހިނގައިގަތެވެ. މާޒިން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. “މާޒިން!!!” ސުމާ ގޮވާލި އަޑަށް މާޒިން ހުއްޓުނެވެ. ނަމަވެސް ފަސްއެނބުރި ބަލައެއްނުލައެވެ. ވާން އުޅެނީ ކީއްކަން އޭނާއަށް އިނގެއެވެ. “ކީއްވެ އެހެން ބުނީ؟ އައި ޑޯންޓް ނީޑް އެނީވަންސް ހެލްޕް.. އައި ކޭން ލިވް އެން ޑޫ ތިންގްސް އެލޯން…. ބޭނުމެއްނުވޭ އެއްވެސް މީހަކަށް ޑިޕެންޑްވާކަށް.. އެކަމްވެސް ތެންކިޔު ފޯރ ދެޓް.. އެކަން ނުކޮށްދިނަސް ގޮތެއް ހުހެއްނުވޭ… އެނީވޭ ހީކުރަން ދެން ސުމްގެ ކަންތަކާއި ނުބެހި އަމިއްލަ ކަންކަމާއި ހެދި އުޅޭނެކަމަށް…” ސުމާ މާޒިންއާއި އެއްވަރުކޮށްލާ އެހެން ބުނެލީ ދުރު ބަލަހައްޓައިގެން ހުރެއެވެ.  މާޒިންވެސް ހުރީ އެފަދަ ގޮތަކަށެވެ. ސުމާ ބުނެލީ ކިތަންމެ މަޑުންކަމުގައި ވިޔަސް އަޑުގައިވަނީ ނުރުހުމެވެ. ސުމާ އެހެން ބުނެލުމަށްފަހު ދާން ހިނގައިގަތެވެ.
“އެކަން ކުރީ ވަކި ސަބަބެއް އޮވެގެނެއްނޫން… އެއީ އިންސާނިއްޔަތަށް ޓަކައި… އިންސާނަކަށްވެފައި ކުރިމަތީވެސް ހުރީ އިންސާނަކަށްވީމަ.. ކިތަންމެ ނުބައި މީހެއްކަމުގައި ވިޔަސް އޭނާއަށް ހެލްޕް ވާންޖެހޭނެ…. އަދި ބުނަން އައި ނޯ ދެޓް ޔޫ ހެވް ސްޓަޑިޑް ވެލް އެން ޔޫ އާރ ދަ ވަން ޖުނައިދު ސަރ ވޯންޓްސް އެހެންވެ އެހެން ހެދީ.. ނޮޓް ކޮޒް ވީ ހޭވް ސަމްތިންގް އިން ބިޓްވީން ނޫނީ އެއްވެސް މީހަކަށް ޑިޕެންޑްކޮށް ތިކަހަލަ ފީލް ކުރުވާކަށްނޫން..” ހިނގައިގަތް ސުމާގެ ފިޔަވަޅު ހުއްޓުނީ މާޒިން އެހެން ބުނެލުމުންނެވެ. ސުމާ އިސްޖަހާލިއެވެ. އޭނާ ހުރަސްކޮށް ބަލައިވެސް ނުލައި ދިޔަ މާޒިންއާއި ދިމާލަށް ފުން ނަޒަރެއް ދިނުމަށްފަހު އޭނާ ފަޒައިގެ ތެރެއަށް ހަށި ފުރާ ނޭވާއެއް ލާފައި ދޫކޮށްލިއެވެ. އަދި އޭނާވެސް ދާން ހިނގައިގަތެވެ.

ސުމާގެ މަސައްކަތް ފެށިގެން ދިޔައެވެ. ފުރަތަމަ ދުވަހެއް ކަމަކު އޭނާއަށް ދަައްކަން އައި މީހުން މަދެއްނޫނެވެ. ސުމާ ހިނިތުންވުމަކާއި އެކު އެމީހުންގެ ހިދުމަތުގައި  މަސައްކަތް ކުރަމުންދިޔައިރު އޭނާ ދިޔައީ އެތަށް ކަމަކާވެސް ވިސްނަމުންނެވެ. ޒިން އުޅޭނެ ގޮތަކާއި މެދު ވިސްނަމުން އޭނާ ފޯނު ނަގައި މިޝްޔާއަށް ގުޅާލީ ބްރެކް ގަޑީގައި ކޭންޓީންއަށް ދަމުންނެވެ. “ހަލޯ މިޝީ ކޮބާ ޒިން؟؟؟ވަޓްޓް.. ހުން ވައްތަރުވީއޭ.. މިޝީ ޕްލީސް އޭނާ ސުކޫލަށް ނުފޮނުވަ ބާއްވާ.. އަމް ސޯ ވޮރިޑް… މިޝީ އޭނާ އޯކޭތަ؟؟ ޕްލީސް ދިޔާ އެއްޗެހި ދެންޗޭ.. ޑިއުޓީ ޗޭންގް ވާނެ ގަޑިއެއްވެސް އަދި ނޭނގެ…. ޖުނައިދު ސަރ ބުނީ ލަސްވާނޭ ކުޑަ ކަމަކާ ގުޅިގެން.. އެކަމް އަންގާލާނަމޭ… މިޝީ… ޔާ ބަޓް.. ޕްލީސް ޒިން…. އޯ ގޯޑް… އޭނާ އަތަށް ފޯނު ދީބަ…..” ސުމާ އެހެން ބުނެލުމަށްފަހު ކޭންޓިންތެރެއިން ކާއެއްޗަކަށް އޯޑަރ ކޮށްލުމަށްފަހު ޒިން އަތަށް ފޯނު ދެންދެން އިންތިޒާރުގައި ހުއްޓެވެ.

“މަންމީ…” ޒިން ގޮވާލިއަޑުއިވުނެވެ. އަޑުވެސް ވަނީ ކުރަކިވެފައެވެ. “ލައްބަ ބޭބީ….. ހައު އާރ ޔޫ؟؟” ސުމާ ދެރަވެލާފައި އަހާލިއެވެ. “ތެންކިޔު.. ކީޕް ދަ ޗޭންގް” ފޯނުގައި ހުރި ސުމާ ގަތް އެއްޗެއްސަށް ލާރި ދެއްކުމަށްފަހު ޝުކުރު އަދާކޮށްލިއެވެ. “މަންމީ ޒިން އޯކޭ އޭ… މަންމި ޑޯންޓް ވޮރީ..” ކުޑަ ކުޑަ ޒިން ބުނެލީ ވަރަށް ލޯބިންނެވެ. ސުމާ މޭޒެއްމަތީ ގެނައި ޓްރޭ ބައިންދާލުމަށްފަހު އިށީނދެލިއެވެ. “ބޭބީ ބަޓް އަޑެއް ބަލާބަ… ސޮރީ ބޭބީ އައި ޝުޑް ބީ ވިތް ޔޫ ރައިޓް ނައި” ސުމާ ނިތްކުރިމަތީ އަތް އަޅައިގެން ހުރެ ބުނެލިއެވެ. “މަންމި ދެން އަންނާނަމެއްނު އަވަހަށް.. ޒިން އަށް އޯކޭއޭ… މަންމި އަވަހަށް އާދޭ.. ޒިން ރެސްޓްކުރާނަން..” ޒިން ހީވީ ބޮޑުކުއްޖެއްހެންނެވެ. ސުމާ ކަންބޮޑުވެދާނެތީ ބަލިކަން ފޮރުވަން އުޅެނީހެންނެވެ. “ބަޓް ބޭބީ. އޯކޭ މަންމި ދެވޭތޯ ބަލާނަން… އެކަމް މިޝީއްތަ ދޭ އެއްޗެއް ބޮންޗޭ ބަސްއަހައިގެން މަންމި ދާންވާއިރަށް.. އިނގޭ..!” ސުމާ ހަމަ އެހެން އިނދެ ބުނެލިއެވެ. ދެތިން އިތުރު އެއްޗެއް ބުނުމަށްފަހު ސުމާ ފޯނު ކަނޑާލިއެވެ. ޒިން އަށް ކުޑަ ކުޑަ ކަމެއްވިޔަސް ސުމާއަށް ކެތްނުވާނެއެވެ. ކާ އެއްޗެހި އަޅައިގެން ގެނައި ޓްރޭ ދުރަށްޖައްސާލުމަށްފަހު ސުމާ މޫނުމަތީ އަތްއަޅާލިއެވެ. އޭނާ ކާހިތްވެސް ކެނޑި މުޅިން ފޫހިވެއްޖެއެވެ. އަވަހަށް ގެއަށް ދާންބޭނުންވިއެވެ.

ކައިރި މޭޒެއްގައި އިން މާޒިންއަށް ހުރިހާ އެއްޗެއް އިވުނެވެ. ކަންބޮޑުވެވުނީ ޒިންއާއި ދޭތެރޭގައެވެ. ނޭނގުނުކަމުގައި ވިޔަސް މާޒިންގެ ހިތުގައި ޒިންއާއި ދޭތެރޭ ވަނީ ލޯބިއުފެދިފައެވެ. ވަރަށް ގާތްވެވިފައެވެ. “ޕިސް……” ސުމާ ތެދުވެލުމަށްފަހު ދާން ހިނގައިގަތެވެ. “ސުމާ!!!” ސުމާ ހުއްޓުނީ މާޒިން ގޮވާލިއަޑަށެވެ. މާޒިން އިށީނދެ އިންތަނުން ތެދުވެގެން ސުމާއާއި ދިމާލަށް އައެވެ. މޭޒުގައި ކާންތިބި ދެތިން ކުއްޖަކު އެދިމާ ބަލައިލުމަށްފަހު އަނެއްކާވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ. ސުމާ ހުރި ފިޔަވަޅުމަތީ ހުއްޓާ މާޒިން ސުމާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ސުމާ އެދެމީހުންގެ ގުޅިފައިވާ އަތަށް ބަލައިލިއެވެ. އަބަދުމެ އަބަދަށް އެ ގުޅިފައިވާނެނަމައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ދޭނަން ހިތާ ޖާނާ (13)

Next

ކަޅި (އެއްވަނަ ބައި)

Next
July 4, 2016

ކަޅި (އެއްވަނަ ބައި)

Previews
July 3, 2016

ދޭނަން ހިތާ ޖާނާ (13)

42 Comments!

  1. Ryn says:
    July 3, 2016 at 7:59 pm

    yo! here is the next part hope like vaane kamah.. btw guess what? i was telling my lil bro about the idea of making a page i just told randomly to just know his opinion n i feel like i am not to so pro to make one but he said to do so n he will make one.. n even my friends did that n added me too as admin :/ -_- kind a big surprise for me but still -_- n told me to give u ppl the name of it. so u can search in fb “RYN’S stories” -_- n yeah u will get infors of this story n upcoming stories there n kind a we can contact…. do like it… so weird to promote my page.. :/ anyway thankx for reading.. 🙂 tc

    1. Naxy says:
      July 4, 2016 at 11:25 am

      Thanks. Story hama v habeys

    2. Ryn says:
      July 4, 2016 at 5:07 pm

      thnkyw 😉

  2. lai says:
    July 3, 2016 at 8:48 pm

    Wowwww .. this prt is amaxing .. n i luvvvvvv last prt… bt still i hate maaxin kithanme handsome viyas ?haha .. ryynn .. ur fb page ge link dhevidhaanetha??n when is nxt prt ???waitingg .. miss u .. tgcccc

    1. Ryn says:
      July 3, 2016 at 9:12 pm

      hahahah thnkyw bajiyathu…. hahaha ehn nubunaashey ryn dheravaaney 😛 😛 hahah yeah sure here it is https://www.facebook.com/WriterRyn/ 😉 hope will get a chance to talk to u.. miss u badlyyyyy n next part tomorrow night.. miss u more tc 😉

    2. Appy says:
      July 4, 2016 at 8:44 am

      Kobaatha lai ge story 12 vana bai genesfa fahun nugeney kyve huttaaly ????

  3. Ushaa says:
    July 3, 2016 at 8:53 pm

    Vvvvvvvvvvvvvvvvvvvvvv reethii miprtvx… I cnnt c yur page dw cox i nvr use fb.. So sad.. Bt i wanna say congrats 2 thox who use fb… Gud wrk Ryn.. C yah tomorrw nyt…

    1. Ryn says:
      July 3, 2016 at 9:02 pm

      aww its ok glad to have u as a reader too.. .<3 n error eh again occur vehje dhw esfiya ah 🙁 anyway thnkyw darl 😉 c u tc

  4. mary says:
    July 4, 2016 at 1:10 am

    keehvetha comment nukureveny?

  5. mary says:
    July 4, 2016 at 1:11 am

    mifaharu kurevijje..hehe story vvv salhi ingea.. u r the best ingey hama ryn..

    1. Ryn says:
      July 4, 2016 at 4:59 pm

      knms error eh occur v.. hehe thankyw 😉

  6. Lyn says:
    July 4, 2016 at 1:19 am

    Oh godd… Commnt kuran ulhe ulhe varubalii vejjeyey?????????hg gandaaaaaaaa…mii prt vx vrh vrh lwwbi… Uhn mi prt vrh salhi??nxt prt kiyaahithun gossa myny hama..??dhn ekm maaxin hrdha haa ey dhw foni vgn miulheny????lyn r jehijjiyyaa lonu khllrfa dhookhllrny???? ekmvx truth ingunyma vrh very rythi vrne…..haha mihaaru ehn bunevijje kanneynge 3 varakh faharu…assu rythii kamun neynge bunrne ehchhvxx….ehnve vaa goii dhw my???? Lyn hykury 15th vana prt in stwrii nimeyny kamah….Bt nimuny nujahaa inyma hykury run hndhrn nethuny kamah???ekm mi prt ga vx kiyaa nimun iru nunimey inyma…dhn alhe beynunvany ehkh kiyrlan….nimen beynunvany…Bt beynumehvx nuvx vey?????dhn ryn ah ingeyne ebuni ehchh… Eyy dhn inthixaaruga hurymey bunyma lwbi fyl vanyaa Lyn vx inthixaarugaa hurin..haha lol????????btw nishko??? mathin bodu bodu kudakh miss very??tvvvvvvvvvgc nd all da bst… Stwrii ah lyk eh + ummmmmmwah eh????????

    1. Lyn says:
      July 4, 2016 at 1:23 am

      ryn** dhn ryn jahaairah chnge vany ey run ah??
      truth ingunyma vrh vrh* nt very..??
      miss vey** kn very ehtha..huh wat evr??

    2. RaaJJe Therey Manje says:
      July 4, 2016 at 2:02 pm

      mee haadhahaa fonives manje ekey Dhw…….thioh kollaefa oih comentah vaa dhow!!!

    3. Ryn says:
      July 4, 2016 at 4:59 pm

      ahahaha yes knms error eh ery.. hehe thnkyww 😉 hahaha haan keep waiting.. nishko eyy lol… <3 haan i miss u more.. tc n thnkyw once again..

  7. ainth says:
    July 4, 2016 at 6:50 am

    Thanks komedhuvahaku up koladhey thyve.

    1. Ryn says:
      July 4, 2016 at 5:00 pm

      my pleasure 🙂

  8. Same says:
    July 4, 2016 at 7:04 am

    Wow. Lovly story…

    1. Ryn says:
      July 4, 2016 at 5:00 pm

      thnkyw 😉

  9. Anonymous says:
    July 4, 2016 at 8:08 am

    ryn ak kiyaa ahsu name bunebia

    1. Ryn says:
      July 4, 2016 at 5:03 pm

      oh my goodness.. private kh ahaalinama i wil answer.. actually writing story is a secret hobby of me.. few ppl knows it n i dont wanna let anyone know mithaanga name liyegn cx… vrh vrh gina myhun vx n kudhin vx kiyaa ryn dhahna… but dont know that i am RYN kn… thats why :3 :/ 😉 sorry for that

  10. Appy says:
    July 4, 2016 at 8:22 am

    Reyga story kyn sure m trying to comment ekam nuvi …..btw mi part vx hama awesome ey bunelaany. ….v v rythi …alhe fb use nukuraathy so sad ….ryn ge page vx nufennaane ??

    1. Ryn says:
      July 4, 2016 at 5:03 pm

      haha seriously.. yeah knms problem eh occur v n hama ekani logged ppl ah comment kurevuny.. aww thnkyww.. n thats not a problem 😉 tc

  11. mal says:
    July 4, 2016 at 9:05 am

    fb use nukuraa kudhin kihinei hadhan v stories kiyan

  12. mal says:
    July 4, 2016 at 9:05 am

    fb use nukuraa kudhin kihinei hadhan v stories kiyan

    1. Ryn says:
      July 4, 2016 at 5:07 pm

      there is nothing special in it.. it just give the link of my story n right now i am posting inthixaauga hurin ge 1 vana part in.. n e page ga hama ekani huhnaany like upcoming stories ge info up vaa parts ge info n link . fb ga huhnaany esfiya ge links rynge stories ge… thats all.. esfiya ga vx i upload a post every time i start a new story dhw.. so its like same same.. 😉 just ppl can text me thats all…

  13. # says:
    July 4, 2016 at 11:50 am

    Admin comment kuran varah udhagoo ekama konmes haleh genes dhyn
    bha.. Ryn story is nice as usual but very sad that I don’t use fb… good luck

  14. # says:
    July 4, 2016 at 11:52 am

    story is nice as usual.. but very sad that I don’t use fb…. good luck Ryn

  15. # says:
    July 4, 2016 at 11:55 am

    admin comment kuran varah udhagu ekama konmes haleh genes dhybha”’

  16. # says:
    July 4, 2016 at 11:56 am

    admin comment kuran varah udhgo ekama konmes hahle genes dhybha

    1. Admin says:
      July 5, 2016 at 1:07 am

      Can u Viber me a screenshot to 7997991.

  17. Xoya says:
    July 4, 2016 at 12:05 pm

    Wow ryn v v v nice mi prt vx

    1. Ryn says:
      July 4, 2016 at 5:08 pm

      thnkyww 😉

  18. Xoya says:
    July 4, 2016 at 12:08 pm

    Xoya aky vx v ginain vaahaka kiaa kujjeh bt adhi mi ee xo ah kiyunu enme reethi vaahaka adhi mihaathanah…

    1. Ryn says:
      July 4, 2016 at 5:09 pm

      aww thnkyw so much.. n xoya xoya ur name makes me remember someone so badly.. n u said XO ah.. n she also kiyany xo… god.. anyway thnkyww soo much..

  19. aff says:
    July 4, 2016 at 1:59 pm

    Rynoo kbrtha story ge villain rishy.. alhe twisteh genesbala .. eyrun obi vaane☺☺

    1. Ryn says:
      July 4, 2016 at 5:10 pm

      he wil be back soon :3

  20. Saajidh says:
    July 4, 2016 at 2:27 pm

    Woww… v v v reethi… Maazin aa hedhi Sumaa ah mihaaru Maazin aa dheytherey mi visneny onna enme nubai gothah dho… thedheh Ryn… Rishi mathin han’dhaan nethuneetha?? Eyna Sumaa aa dhimaa kollaigen ulhey baibai v kiyaa hiyyvey… dhen kobaitha e nulafaa Rashfaa?? Eynaves molhu plan eh hadhaafa neynge hedhi nuhedhieh… Vaahaka nimumuge kurin e 2 meehunge baives gennahchey… eyrun furihama vaany…

    1. Ryn says:
      July 4, 2016 at 5:11 pm

      hahaha thnkyw so muchh… haan dhw. n e rishy will be back ingey.. i remember him.. n eyna ahnaane last part ga actually. -_- heheh e myhunge parts r coming soon keep waiting 😉 😉

  21. Thaany says:
    July 4, 2016 at 2:41 pm

    V nice

    1. Ryn says:
      July 4, 2016 at 5:12 pm

      thnkyw 😉

  22. Firoo says:
    July 4, 2016 at 5:09 pm

    nice. ekamu sifakurun salhi kohdheeba. you should read mi site ga in layaal ge dheynan hithaa jaana. eyna varah salhi kon sifakuraane. its the best on this site. but mi story ves ok dhen. goodluck

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން 16←


All Right Reserved!