Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެނު ޕަރީ (12)

Nyna Level 1
May 12, 2016 3 Mins Read
18 Comments

މޫނު ނުފެނުނަސް އެރީތި ބައްޓަން ސޫރަ އަކީ ޒިޔާންގެ ހިތުގައި ބިންވަޅު ނެގިފައިވާ ސޫރައެއް ކަމުން ވަގުތުން އެއީ އޭނާގެ ހިތުގެ ރާނީކަން ދެނެގަތެވެ. މަޑުމަޑުން ޒިޔާންއަށް ޒައިޝާ އާއި ކައިރިއަށް ދެވެން ފެށީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެވަގުތު ޖެހިލި ވައިރޯޅި އާއި އެކު ޒައިޝާގެ ހެނދުމުގައި ފަހަތައް ދޫކޮއްފައިވާ ދޯޕައްޓާގެ ބައި ވަޔާއި އެކު ހެލިލިއެވެ. ޒިޔާންއަށް ބޭއިޙްތިޔާރުގައި އަތް ދިއްކޮލެވުނެވެ. މަޑުމަޑުން ޒައިޝާއަށް ނޭގޭނެހެން ދޯޕައްޓާގައި ހިފައި ވަސްގަނެލިއެވެ. ސިކުނޑިއަށް ތާޒާކަން ގެނެސްދޭ ފަދަ ލުއި ލުއި މީރުވަހެއް އޭގައި ވިއެވެ. ޒައިޝާ ކުޑަ ހަރަކާތެއް ކޮއްލުމުން ޒިޔާން އަށް ހަމަބިމަށް އާދެވުނެވެ. އަވަސް އަވަހަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކޮއްލުމަށްފަހު ޒައިޝާ އާއި އަރާ ހަމަ ކޮއްލިއެވެ. “ހާދަ ބޮޑު ފިކުރެއްގަ” ޒިޔާންގެ އަޑު އިވުމުން ޒައިޝާގެ ހިތް އޭގެ މަޤާމުން ބޭރުވިކަހަލައެވެ. ކޯތާފަތަށް ވެރިވި މަޑު ރަތް ކުލައިން އޭނާ ލަދުގަތްވަރު ހާމަވެގެން ދިޔައެވެ. ޒައިޝާގެ ހިތުގެ ތެޅުން އެގުނުހެން ހީވިކަހަލައެވެ. ނަމަވެސް ހިތްވަރު ކޮށްލުމަށްފަހު ޒައިޝާ ޒިޔާން އާއި ހަތަރު ކަޅި ހަމަކޮއްލިއެވެ. އެ ދެލޮލުން އެތައް ވާހަކައެއް ޒިޔާން އާއި ދައްކާލިއެވެ. ޒިޔާން އަށްވެސް ވި ހަމަ އެކަހަލަ ގޮތެކެވެ. ދެ ހިތުގައިމެ އެއް ވިންދެއް ޖަހަމުން ދާއިރުވެސް ދުލާއި ހަމައަށް ގެނައުމުގެ ބާރު ނެތް ކަހަލައެވެ.

ދުވަސްތައް ފާއިތުވަމުންދާއިރު ޒައިޝާ އާއި ޒިޔާންގެ ގުޅުމަށްވެސް ބޮޅުތަކެއް އިތުރުވަމުން ދެއެވެ. ލޯބިވެރިންގެ ހައިސިއްޔަތުން ވާހަކަ ނުދެއްކުނަސް ދެމީހުންނަކީ ގާތް ދެރަޙްމަތް ތެރީންނަށް ވަނީ ވެ ނިމިފައެވެ. އެކީގައި ގިނަ ގިނައިން ފެންނަމުން ދެއެވެ. މިކަމުން އެހެން ކުދީންގެ ހިތްތަކުގައި ޒައިޝާ އާއި މެދު ހަސަދަވެރިކަމުގެ ފާރު ބޯވަމުން ދެއެވެ.

ހޫނު ގަދަ ދުވަހެއްގެ މެންދުރެވެ. މިއަދަކީ އޮފް ދުވަހެއް ކަމުން ޒައިޝާ އިނީ ފޫހިވެފައެވެ. ގޭގެ ބަގީޗާ ތެރޭގައި ހުރި އުދޯލީގައި އޮށޯވެގެން އޮތީ ފިނި ކޮއްލުމަށެވެ. ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގާލުމުން އެކަނިވެސް ހިތަށް ފިނިކަން ގެނެސްދެއެވެ. ކުލަ ކުލައިގެ މާމެލާ މެލިން މުޅިތަން ވަނި ބަރާވެފައެވެ. ފެހިކަންގަދަ ވިނަ ގަނޑާއި ގަހުގެ ފަތްތައް ހީވަނީ ހެވިލާފައި ތިބިހެންނެވެ. ޒައިޝާގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް އަބަދުވެސް ހުރެއެވެ. އޭނާގެ ހިޔާލީ ވާފަތް ވަނީ ޒިޔާން އާއި ގުޅިފައެވެ. ޒިޔާން އާއި އެކު ހޭދަކޮއްލެވޭ ކޮންމެ ވަގުތަކީ ޒައިޝާ ހިތުގައި ރައްކާކުރަމުންދާ އަގުހުރި ވަގުތުތަކެކެވެ. ޒައިޝާގެ ހިޔާލީ ވާފަތް ބުރިވީ ކައިރީގައި އޮތް ފޯނު ރިންގްވާން ފެށިއަޑައެވެ. ފޯނު ބަލާލުމަށްފަހު ތުންފަތުގައި ވި ހިނިތުންވުން ދެގުނަ އަށް އިތުރުވެގެން ދިޔައެވެ. “ޒިޔާން” ޒައިޝާއަށް ކިޔާ ލެވުނެވެ. “ހައި ޒައި! ފޫހިވެގެން މި ގުޅާލީ” ޒަޔާން ފޯނު ނެގުމާއި އެކު ބުނެލިއެވެ. “ޒައިވެސް ފޫހިވެފަ މިހިރީ. ޒިޔާ ކޮންތާކު؟”ޒައިޝާ ބުނެލިއެވެ. “ޒައި ހިތުގަ ނޫންތަ؟” ޒިޔާން ނުސީދާކޮށް ތީރެއް އުކާލިއެވެ. ތިރު ގޮސް ޖެހުނީ ކޮންތާކުކަން ޒިޔާންއަށް ނޭގުނަސް ދިމާވީ ސީދާ ނިޝާނަށްކަން ގައިމެވެ. ޒިޔާން ޒައިޝާ ކައިރީގައި ވީނަމަ ހިތުގެ ހާލު އެގުނީސްކަން ކަށަވަރެވެ. އެ ލޯބި ލޯބި ކުޑަ މޫނަށް ވެރިވެގެން ދިޔަ ކުލައިން އެކަނިވެސް އެކަން ބަޔާން ކޮށްދިނެވެ.

ފޯނުން ވާހަކަ ދައްކަމުން ޒައިޝާގޮސް ގޭގެ ސިޓިން ރޫމަށް ވަނެވެ. އެވަގުތު ފަހަތުން ބަޔެއްގެ ފިޔަވަޅުގެ އަޑު އިވެގެން އެބުރި ބަލާލިއެވެ. އޭނާގެ ބައްޕަ އާއި އިތުރު ތިން މީހަކު ގެއަށް އައިސް ވަންނަނީއެވެ. “އެބަ ގުޅަން އިގޭ” އެހެން ބުނުމަށްފަހު އަވަސް އަވަހަށް ފޯނު ޖީބަށް ލިއެވެ. އަދި ބައްޕަގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. އައްސަދު ހިންދިރުވާލީ ބޮޑު ވާހަކައެއް ބުނަން އުޅޭ ފަދަ ގޮތަކަށެވެ. ޒައިޝާގެ ހިތް ތެޅިލީ ލިބެން އުޅޭ ހަބަރެއް ނޭގޭތީއެވެ. ބައްޕަ ގެ ފަހަތުގައި ހުރީ ޒައިޝާގެ މަންމަގެ އުމުރުގެ އަންހެނެކެވެ. ދެން ހުރީ ދާދި ޒައިޝާ އާއި އެއް އުމުރެއްގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެއެވެ. އަންހެން ކުއްޖާ ލައިގެން ހުރީ ހަރުވާޅު ހެދުމެކެވެ. ފިރިހެން ކުއްޖާ ގެ އިސްތަށިގަނޑުވަނީ ދިގުކޮއްލެވިފައެވެ. ސޯޓަކާއި ކަޅުކުލައިގެ ޓީޝާޓް ހަށިގަނޑުގައި ތަތްލަވާފައިވަނީ ހަށިގަނޑުގެ ބައްޓަން އެގޭނެ ގޮތަށެވެ. “ދަރިފުޅާ ޒައިޝާ! މިއީ … މިއީ މަރީނާ. ދެންމިއީ މާޝާ އާއި މާހީން” އައްސަދު ޖެހިލުންވެ ހުރެ ބުނެލިއެވެ. އޭނާގެ ނިއްކުރިމަތިން ދާ ތިކިތައް ވިދާ ބަބުޅަމުން ދިޔައެވެ. މަރީނާ ޒައިޝާ އާއި ދިމާލަށް ނުރައްޓެހި ބެލުމަކުން ބަލާލިއެވެ. އަދިވެސް ޒައިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ހައިރާންކަމެވެ. ފަހަތުން އައި ޑްރައިވަރު މީހާ ގެނެސް ގޭތެރެއަށް ވެއްދި ފޮށިތައްފެނި ޒައިޝާގެ ހައިރާންކަން ދެގުނައަށް އިތުރުވެގެންދިޔައެވެ. “މަރީނާ އަކީ މިހާރު ބައްޕަގެ އަނބިމީހާ. ދަރިފުޅުގެވެސް މަންމަ” އައްސަދު އިސްދަށަށް ޖަހައިގެން ހުރެ ބުނެލިއެވެ. ޒައިޝާއަށް ހީވީ ކަންފަތްމަތީ ބާރު އެތިފަހަރެއް ބައްޕަ ޖަހާލީހެންނެވެ. މޫނުމަތިން ކޮކާ ބުރާލިހެން ހީވިއެވެ. އޭނާ އަށް އިވުނީ ރަގަޅަށް ތޯ ބަލާލުމަށް އަދިވެސް އެއްފަހަރު ބައްޕައަށް ބަލާލިއެވެ. އައްސަދު ބޯ ހަލުވާލުމުން ޒައިޝާ ދުއްވައިގަތެވެ. ޒައިޝާ އަށް ބަލަން ހުރި އައްސަދު އިސްދަށަށް ޖަހާލިއެވެ.

މަޝާ ހުރުމަށް ހަމަޖެއްސީ ޒައިޝާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއެވެ. މާހީންއަށް މާޝާގެ ކޮޓަރީ އަނެފަރާތުގައި ހުރި ކޮޓަރި ހަމަޖެހުނެވެ. މާޝާ އޭނާގެ ކޮޓަރިއަށް ވަދެ ވަށައިގެން ބަލާލިއެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. އޭނާ އަބަދުވެސް އުޅުމަށް ބޭނުންވާ ފަދަ ހުވަފަނީ ތަނެކެވެ. ފައިދަށުގައި އޮތް މަޑު ފެހި ކުލައިގެ ދޫލަ ގަބައިގެން ދާހާ މަޑެވެ. ބޮޑު އަލަމާރި އަކާއި އެކަނި ނިދާލުމަށް ބޮޑު ބޮޑު އެދެކެވެ. އޭސީ ހުރުމުން އެނާ ވަކިން އުފާވިއެވެ. އަބަދުވެސް ބޭނުން ވެގެން އުޅުނުފަދަ ދިރިއުޅެއް ލިބުނީ ހީވެސްނުކޮށް ހުއްޓައެވެ. މަޑުމަޑުންގޮސް ފާޚަނާ ދޮރު ހުޅުވާލުމުން އޭނާގެ ހިތްހަމަޖެހުން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އަބަދުވެސް އޭނާ ފިލްމް ތަކުން ދެކޭ ފާޑުގެ ބާތް ޓަބެއް އޭނާ ފެންވަރަންވެސް ހާއްސަކޮށް ހުރުމުން ނަށާލެވުނެވެ. މާޝާ އަކީ އިސްކޮޅުން އެހާ ދިގު ނޫން ހަމުގެ ކުލަ ކަޅު ކުއްޖެކެވެ. ބޮލުގެ އިސްތަށިގަނޑު ކޮޑާ ހަމައަށް ކޮށާލާފައިވާއިރު އޮންނަނީ ރާޅުބާނި އިސްތަށިގަޑެކެވެ. މާގިނަ ހެދުމަށްނެތަސް އަތުގައި ހުރި ހެދުންތައް އަލާމާރީގައި ތަރުތީބު ކުރަން މާޝާ ފެށިއެވެ.

އައްސަދު  ކޮޓަރީގައި ދެކޮޅަށް ހިގާލަ ހިގާލަ ހުއްޓެވެ. އޭނާގެ މޫނަށް ބަލާލި ކޮންމެ މީހަކަށްމެ ބޮޑު ފިކުރެއް ކުރާކަން އެގޭނެއެވެ. އޭނާވިސްނަމުން ދަނީ ހުރި އެންމެ ދަރިފުޅަށް ނައަންގާ އެފަދަ ބޮޑު ފިޔަވަޅެއް ނެގުނީތީއެވެ. ކުރެވުނީ އެންމެ ރަގަޅު ކަމެއް ބާވައެވެ. ނަމަވެސް އޭނާ އެފަދަ ފިޔަވަޅެއް ނެގީ ހަމަ އެ ދަރިފުޅުގެ މުސްތަޤުބަލަށް ވިސްނާފައެވެ. އަބަދު އެކަނިވެފަ ހުންނާތީ އާއި ފިކުރު ކުރާހެން ހީވާތީއެވެ. އޭނާގެ މަންމަގެ ހަދާނުގައި ނިމިގެން ދާން ނޭދޭތީއެވެ. މަރީނާ ކަންބޮޑުވެފައި އައްސަދު  އާއި ދިމާއަށް ބަލަމުން ދިޔައެވެ. ބުނެލާ ބަހަކުން އެހިތުގައި އުފެދިފައިވާ ރިހުމެއް ނުކެޑޭނެކަން އޭނާއަށް އެގޭކަހަލައެވެ. “މަރީނާ ! މަށަށް މިއެޅުނީ ރަގަޅު ފިޔަވަޅެއްތައް؟” އައްސަދު ބޮލުގައި އައްކާތާލަމުން މަރީނާ އަށް ބަލާލިއެވެ. މަރީނާގެ މޫނުގެ ކުލަ އޮހިގެން ދިޔައެވެ.

ޒައިޝާ ކޮޓަރިއަށް ވަންގޮތަށް މަންމަގެ ތަސްވީރު ނަގައިގެން ރޯން އޮތެވެ. ރޮއި ރޮއި އެ ހުދު ހުދު ދެ ލޯ ވަނީ ރަތްވެ ދުޅަވެފައެވެ.ނޭފަތް ކުރިވެސްވަނީ ރަތްވެފައެވެ. ބަލާލި ކޮންމެ މީހަކަށްމެ އެ ހިތް ކުދި ކުދި ވެފައިވާ މިންވަރު އެ މޫނަށް ބަލާލުމުންވެސް އެގިގެން ދާނެއެވެ. “ބައްޕާ! ކީއްވެ؟ ކީއްވެ ޒައި އަށް އަންގާނުލީ؟ ކީއްވެ މަންމަ މަތިން ހަދާން ނައްތާލީ” ޒައިޝާ ހިތުގައިވާ ސުވާލުތައް އަމިއްލަ އަށް ޖަވާބު ލިބޭތޯ ކަރުނައާއި އެކު ބޭރުކުރަމުން ދިޔައެވެ. އެ ކުޑަ ކުޑަ ހިތުގައި ވޭން އަޅަމުން ދަނީ ކެތްކުރަން ދަތި މިންވަރަކަށެވެ. ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ޒައިޝާ ބޯހިއްލާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nyna

Level 1

Other Articles

Previous

މަންޝާ (ސޯޅަވަނަ ބައި)

Next

ޝަވްރާން

Next
May 12, 2016

ޝަވްރާން

Previews
May 12, 2016

މަންޝާ (ސޯޅަވަނަ ބައި)

18 Comments!

  1. Shaai says:
    May 12, 2016 at 11:01 am

    V rythi mibaives. Anehkka xaishaa ah rangalhu stepmom ehba eaey….?

    1. Nyna says:
      May 12, 2016 at 12:32 pm

      thanks Shaai 😀 balamaa dhw. heheheh

  2. Appy says:
    May 12, 2016 at 11:15 am

    Gud

    1. Nyna says:
      May 12, 2016 at 12:33 pm

      thanks Appy. 😀

  3. IRIS says:
    May 12, 2016 at 11:28 am

    ހުރިހާ ވާހަކައަށްވެސް ސްޓެޕްމޮމް އެއް އައިސްގެން ވާހަކަ ހަޑިކުރާނެ މާ ރޫޑް ވެގެން.. ނޮޓް އޯލް ސްޓެޕް މޯމްސް އަރ ބޭޑް.. މިވާހަކައިގަ ޕްލީސް ގޯސް މަންމަ އެއް ނުގެންނައްޗޭ.. ޕްލީސް..

    1. Nyna says:
      May 12, 2016 at 12:33 pm

      Iris balamaa dhw vaagotheh. 😉

  4. Sha says:
    May 12, 2016 at 12:24 pm

    Haadha kurey..?

    1. Nyna says:
      May 12, 2016 at 12:35 pm

      😮 Sha aslu kurutha? varah try kuran dhigu kureveytho. aslu Jobah dhamun vaahaka liyamun dhaathee ehn vanee. ekam try kuraanan ingey miah vurenves dhigu kureveytho.

  5. zoaya says:
    May 12, 2016 at 12:27 pm

    i think dhn step mom ge boy zaisha dheke lov vaani…

    1. Nyna says:
      May 12, 2016 at 12:36 pm

      heheheh Zoaya. lets c dhw vaaehchehves. 🙂

    2. ...Π says:
      May 12, 2016 at 4:52 pm

      Yaa, I also think lyk dat.. bt nynaa, plxx dnt do dat ingey.. eyrah ziyaan ge heart break vaane… dhn alhe knmx ekaku vejje ehnun bunan loabivaa vaahaka.. Storyge mi partvx ehn part thah gothah v v v rythi.. Upload soon, waiting 4 nxt part….

  6. resshhhh says:
    May 13, 2016 at 4:30 pm

    avahah uload kohlahcheyyyyy ingey

  7. laimaan says:
    May 15, 2016 at 12:57 pm

    Anehka vs mi story huhtunytha. Mi story v reehchey dhen kon dhuhukunbaa up vaany. V v kiyaahihvey eba pls avahah up kohladhybala

  8. aish says:
    May 15, 2016 at 1:10 pm

    Mi stry hutaalee tha. Ane part up kuraanee 3 aharu fahun tha

  9. Zaanaa says:
    May 15, 2016 at 1:12 pm

    Alhe kobaatha next part haadalahay keyaahethun kehvaneh yeh noon avahah up kohdeeba pls

  10. ELIYAA says:
    May 16, 2016 at 3:28 am

    HAADHA KUREY …ANYWAYS ITS NICE

  11. Nyna says:
    May 18, 2016 at 9:32 am

    Alhugaduge manmma niyaa vumaai gulhigen vaahaka upload nuve las vanee. Thursday ga manmma niyaavi. Hope u guys will understand. Hamayakah elhumun kohdheynan in sha allah.

  12. aish says:
    May 18, 2016 at 12:20 pm

    Marhooma suvarugey ge dheyvaashi. Aaaailaa ah keytheri kan dhevaashi.
    Nyna take ur time. Be strong.
    .

Comments are closed.

Next Episodeފެނު ޕަރީ (13)←


All Right Reserved!