Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 37 ވަނަ ބައި

wish
wish Level 3100 Login10 Stories100 Comments
September 3, 2026 6 Mins Read
6 Comments

ޝިފްނާ މާހިންގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ، ދެލޯ މަރާލިއެވެ. އޭނާގެ ހިތުގައި މާހިންއަށްޓަކައިވާ ލޯބި އިންތިހާއަށް ބޮޑުވި ނަމަވެސް، ކުރެވުނު އެ ކުށުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތަކާއިމެދު ބިރުވެރިކަމެއް އޭނާގެ ހިތުގައި އަނދަމުން ދިޔައެވެ. މާހިންގެ ހިތުގައި ހަގީގަތުގައިވަނީ ޔޫލީ ހާސިލުކުރުމުގެ ނުބައި މަގުސަދުކަން ޝިފްނާއަށް އެނގޭނެނަމައެވެ.

*****

ވާރޭ  ބޯކޮށް ވެހެމުންދިޔައީ އިންތިހާއަށެވެ. ކުޑަ ދޮރުތަކުގައި ވާރޭގެ ތިކިތައް ޖެހެމުންދިޔަ އަޑާއި، ބޭރުން އިވޭ ފިނި ރޯޅީގެ އަޑުން މުޅި މާހައުލަށް ވެރިވެފައިވަނީ ތަފާތު ހިތްހަމަޖެހުމެކެވެ.

ސިޓިންރޫމުގެ މެދުގައިވާ ކުޑަ ކޮފީ ޓޭބަލް މަތީގައި ވަނީ ރީތިކޮށް އަތުރާލެވިފައިވާ ރާޒުވާ ބޯޑެކެވެ. ދެމީހުންގެ މެދުގައި މި ކުޅިވަރުގެ ހަނގުރާމައެއް ފެށުނީ މާން އައިސް ޔޫލީއަށް ކުރި ގޮންޖެހުމަކުންނެވެ. ޔޫލީ އެ ދުވަހު ކިޔަން އިން “ދަ މިސްޓޭކް” ވާހަކަ ފޮތުގެ ވާހަކަ ދައްކާ ޔޫލީއާއި ދިމާކުރަމުން އޭނާ ރާޒުވާ ގަނޑަކުން މޮޅުވެއްޖެނަމަ ޔޫލީ ޖެހޭނީ އެ ފޮތް މާންއަށް ދޭން ކަމަށް ބުންޏެވެ. އަދި ޔޫލީ މޮޅުވެއްޖެނަމަ، މާން ޖެހޭނީ ޔޫލީ ބުނާ ކޮންމެ ކަމެއް ކުރާ ހާދިމަކަށް 24 ގަޑި އިރަށް ވާން ކަމަށް ޔޫލީ ބުނެލީ އެ ގޮންޖެހުން ގަބޫލުކުރުމުގެ ގޮތުންނެވެ.

“ޔޫލީ… ތިހާ ގިނައިރު ވިސްނަންޏާ ކަމަކު ނުދާނެ؟ ފޮތުގައިވާ އެއްޗެއް އަހަރެންނަށް އެނގިދާނެތީ ބިރުންދޯ ތިއުޅެނީ؟” މާން ރާޒުވާ ބޯޑަށް ނަޒަރު ހުއްޓާލައިގެން އިނދެ، ސަމާސާ ރާގެއްގައި ބުނެލިއެވެ.

“މަޑުކޮށްބަލަ! މިއީ ކޮންމެ ކޮންމެ ކުޅިއެއް ކުޅޭކަހަލަ ގޭމެއް ނޫނޭ” ޔޫލީ ނިތްކުރިއަށް ރޫއަރުވާލައިގެން އިނދެ ބުންޏެވެ. “އެ ފޮތެއް މާންއަކަށް ނުލިބޭނެ”

ޔޫލީ އެނބުރިލާ، ޖޫސް ތަށި ނަގަން އުޅުނު ވަގުތު، މާން އަވަސްއަވަހަށް އަތް ދިއްކޮށްލުމަށްފަހު، ޔޫލީގެ މަންތިރި (ކުއީން) އިން މަގާމުން އެހެން ގޮޅިއަކަށް ޖައްސާލަން އުޅުނެވެ. ނަމަވެސް ޔޫލީ ކުއްލިއަކަށް އެނބުރި ބަލައިލުމާއެކު، މާން އަވަސް އަވަހަށް އަތް ދުރަށްލިއެވެ.

“މާން!” ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “މަކަރު ހަދަންތަ ތިއުޅެނީ؟ އަހަރެންގެ މަންތިރިޔާ ނުބެހޭތި”

“އޭ!… އަހަރެން މަކަރެއް ނުހަދަމޭ” މާން އަވަސްއަވަހަށް އަތް ފަހަތަށް ދަމައިގަންނަމުން، މައުސޫމު ގޮތެއް ދައްކާލިއެވެ. “އަހަރެން ހަމައެކަނި… ބަލާލީ، ޔޫލީގެ ކުއީން ހޮޓް ތޯ.”

“ދޮގު ނުހަދާ! މާން ބިރުގަތީ ދޯ ބަލިވެދާނެތީ؟” ޔޫލީ ހީނގަންނަމުން މާންގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ.

“ބިރުގަންނަން؟ އަހަރެން؟” މާން އަމިއްލަ މޭގައި އަތްޖައްސާލިއެވެ. “ޔޫލީއަށް އެނގޭތަ އަހަރެން މިއީ ޕްރޯ ކުޅުންތެރިއެއްކަން؟”

“އާނ، މަކަރުހަދަން ޕްރޯ ކުޅުންތެރިއެއް!” ޔޫލީ ސަމާސާއާއިއެކު ދޫނެރެލިއެވެ. “ޗީޓަރ… މާން އިސް އަ ޗީޓަރ” އަދި އެ ބަސް ވެސް އިތުރު ކޮށްލީ ހަމަ ސީދާ ފިލްމު ހިތްހަލާކުގައި ފަޒްލީ ޝާހިލްއަށް ބުނެލާ ރާގުގައެވެ. އެ އަމަލުގެ ސަބަބުން މާންގެ ފިރިހެންވަންތަ ހުނުން މުޅި މާހައުލަށް ފެތިރިގެންދިޔައެވެ.

އެއަށްފަހު ގޭމް ފެށުނީ އިތުރަށް ފޯރިއާއިއެކުގައެވެ. ޔޫލީ ވަރަށް ވިސްނުންތެރިކަމާއިއެކު ކުޅެމުންގޮސް، މާންއަށް ނޭނގި ހުއްޓާ އޭނާގެ ރިޔާ ބޭނުންކޮށްގެން މާންގެ ބޮނދު (ކިންގް) ބައްދާލިއެވެ.

“ޗެކްމޭޓް! ސައި.. ސައި” ޔޫލީ އުފަލުން ގޮނޑިން ތެދުވެ، ދެއަތް މައްޗަށް ނެގިއެވެ. “އައި ވޮން! މާން ބަލިވީ… ފޮތެއްވެސް ނުލިބޭނެ”

މާން ބޯޑަށް ބަލައިލުމަށްފަހު ލުއިކޮށް ހީނގަތެވެ. އަދި ގޮނޑީގައި ލެގިލިއެވެ.

“އޯކޭ .. އޯކޭ… އެއްބަސްވީ ގޮތަށް، އަހަރެން މިއީ ޔޫލީގެ ‘ހާދިމް’ 24 ހަވާރސް އަށް” މާން ހިނިތުންވެލަމުން ބުނެލިއެވެ.

މާން ކުއްލިއަކަށް ތެދުވެ، ޔޫލީއަށް ސެލިއުޓެއް ނަގައިފިއެވެ. ” އަހަރެންގެ ސާހިބާ! ދެން ބުނެބަލަ، ހޫނު ކޮފީއެއްތަ ހަދައިދޭންވީ؟”

މާންގެ އެ ސަމާސާ އަމަލުން، ޔޫލީ ހީހީ ހަލާކުވާވަރުވިއެވެ.

*****

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޔޫލީ ކޮޓަރިން ނުކުމެގެން ތިރިއަށް ފޭބި އިރު، މުޅި ގޭތެރޭގައިވަނީ މީރު ކާއެއްޗެއްގެ ވަސް ހިފާލާފައެވެ. ނޭފަތުގައި ޖެހުނު މީރު ވަހާއިއެކު ޔޫލީއަށް ހައިކަން އިހުސާސްކުރެވި، އަވަސްއަވަހަށް ކާގެއާއި ދިމާއަށް ހިނގައިގަނެވުނެވެ.

ކާގެއަށް ވަދެވުމާއިއެކު ޔޫލީއަށް ލިބުނީ ހައިރާންކަމެކެވެ. މޭޒުމަތީގައިވަނީ ނުހަނު ރީތިކޮށް އަތުރާލެވިފައިވާ ހެނދުނުގެ ސަޔެވެ. ބިސްގަނޑާއި، ފްރެޝް ޓޯސްޓުގެ އިތުރުން ދެ ތަށި އޮރެންޖު ޖޫސް މޭޒުމަތީގައި ތައްޔާރަށް ހުއްޓެވެ. މާން ހުރީ އޭޕްރަންއެއް އަޅައިގެން، ވަރަށް ސީރިއަސް މޫނެއް ހަދައިގެން ކައުންޓަރު ކައިރީގައެވެ.

“މާން؟” ޔޫލީ ހައިރާންވެފައި އަހާލިއެވެ. “މިއީ ކޮންކަމެއް؟ މާން މިއަދު އޮފީހަކަށް ނުދަންތަ؟”

މާން ކުއްލިއަކަށް ސީދާވެލުމަށްފަހު، ވަރަށް ރަސްމީކޮށް ޔޫލީއަށް ސެލިއުޓެއް ނެގިއެވެ.

“ސާހިބާ، އަހަރެން މިއަދު އޮފީހުގެ ވާޖިބަށްވުރެ އިސްކަންދޭން ޖެހިފައި ވަނީ އަހަރެންގެ ސާހިބާއަށް ހިދުމަތްކުރުމަށް” މާން ވަރަށް ސީރިއަސް އަޑަކުން ބުނެލިއެވެ. “އަހަރެންނަކީ ވީ ވައުދެއް މަތީގައި ދެމިހުންނަ މީހެއް. ރޭގެ ރާޒުވާ ގަނޑުން ބަލިވުމުން، މިއަދުގެ މުޅި ދުވަސް ހުސްކުރެވިފައިވަނީ ޔޫލީގެ ހާދިމެއްގެ ގޮތުގައި.”

ޔޫލީއަށް މާންގެ އެ ސަމާސާ ހަރަކާތްތައް ފެނިފައި ހީނގަނެވުނެވެ.

“މާން، އެއީ މަޖަލަށް ބުނި އެއްޗެކޭ! އޮފީސް ޗުއްޓީ ނަގައިގެން މިއިން ކަމެއް ކުރާނެ ކަމެއް ނެތް! ޔަގީނޭ އޮފީސް ދެން ވެއްޓޭނީ ބޮލަށް” ޔޫލީ ހީނލަމުން ގޮނޑި ކައިރިއަށް ޖެހިލިއެވެ.

ނަމަވެސް، ޔޫލީ އިށީނުމުގެ ކުރިން މާން އަވަސްއަވަހަށް އައިސް، ވަރަށް އޯގާތެރިކަމާއިއެކު ގޮނޑި ފަހަތަށް ދަމާލައި، ޔޫލީއަށް އިށީންނާނެ ޖާގަ ހަދައިދިނެވެ.

“އަހަރެންގެ ސާހިބާއަށް ހިދުމަތްކުރުމަކީ ސަމާސާއެއް ނޫން” މާން ޔޫލީއާއި ކުޑަކޮށް ގާތަށް ގުދުވެލަމުން، އެއްކަނުން ހީނލާފައި މަޑުމަޑުން ބުނެލިއެވެ. “އަދި މިއަދު ޔޫލީ ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމަކީ އަހަރެންގެ ޒިންމާއެއް.”

ޔޫލީގެ މޫނުމައްޗަށް ލުއި ރަތްކަމެއް ވެރިވެގެންދިޔައެވެ. މާންގެ އެ ސަމާސާ ރޯލުގެ ފަހަތުގައިވާ އޯގާތެރިކަމާއި އަޅާލުން އިހުސާސްކުރެވި، ޔޫލީގެ ހިތަށް ބަޔާންކުރަން ނޭނގޭފަދަ އުފާވެރިކަމެއް ލިބުނެވެ.

“އެންމެ ރަނގަޅު، ތިވަރުގެ ހާދިމެއް ލިބުނީމާ ދެން އަހަރެންވެސް ދޫކުރާކަށް ނެތިން” ޔޫލީ ސަމާސާ ރާގެއްގައި ބުނެލިއެވެ. “އެންމެ ފުރަތަމަ ކަމަކަށް، އަހަރެންނާއިއެކު އިށީނދެގެން ސައިބޯން އަމުރުކުރަން!”

މާން ހިނިތުންވެލަމުން އޭޕްރަން ނައްޓާލުމަށްފަހު، ޔޫލީގެ ކުރިމަތީގައި އިށީނެވެ.

ދުވަސް ފެށިގެންދިޔައީ ދެމީހުންގެ މެދުގައިވި ސަމާސާ ބަސްތަކާއި، އުފާވެރި ހިނިތުންވުންތަކުންނެވެ.

*****

ރޭގަނޑުގެ ވަގުތެވެ. މާލޭގެ އަމާންކަން ގެއްލިފައިވާ މަގުތަކުގެ ތެރެއިން ދުއްވަމުންދިޔަ ކަޅުކުލައިގެ އަގުބޮޑު ކާރުގެ އެތެރޭގައިވަނީ ފިނި، އަދި އެހާމެ ނުރައްކާތެރި ހިމޭންކަމެކެވެ. ކާރުގެ ފަހަތު ސީޓުގައި އިނީ ޒޯޔާއާއި ރިލްވާނެވެ. ބޭރުން ދިއްލެމުންދިޔަ މަގުބައްތިތަކުގެ އަލި ކާރުގެ އެތެރެއަށް އެޅޭ ކޮންމެ ފަހަރަކު، ޒޯޔާގެ މޫނުމަތިން ފެންނަމުންދިޔަ ރުޅިވެރިކަމާއި ކެތްތެރިކަން ކޮޅުންލާފައިވާ އަސަރުތައް ސާފުކޮށް ހާމަވެއެވެ.

“އަހަރެންނަކަށް ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ، ރިލްވާން!” ޒޯޔާގެ އަޑު ނިކުތީ ނުހަނު ތޫނުކޮށް، އެހާމެ ބާރަށެވެ. “މާންގެ އެ ކޯލްޑް އެޓިޓިއުޑް… އަދި އެ ޔޫލީއަށްޓަކައި އޭނާގެ ހިތުގައި އުފެދެމުންދާ ގާތްކަން! އެންމެ ސިކުންތަކަށްވެސް މާން އަހަރެންނަށް ބަލައިވެސް ނުލާ! އަހަރެން ބޭނުމީ މާން… އޭނާ ވާންޖެހޭނީ ހަމައެކަނި އަހަރެންގެ މީހަކަށް، ކީއްވެތަ ކަލެއަށް އެކަން ނުވެގެން ތި އެޅެނީ؟”

ރިލްވާން އޭނާގެ އަތުގައި އޮތް ފޯނު ޖީބަށް ކޮށްޕާލަމުން، މަކަރުވެރި ހިނިތުންވުމަކާއިއެކު ޒޯޔާއަށް ބަލައިލިއެވެ.

“ހަމަޖެހިބަލަ ޒޯޔާ… މާން އަމިއްލައަށް އައިސް ތި އަތުގެ ތެރެއަށް ވަންނާނެ ގޮތް އަހަރެން ހަދައިދީފާނަން” ރިލްވާންގެ އަޑުގައިވީ އިންތިހާގެ ނުރައްކާތެރި ހަމަޖެހުމެކެވެ. “މިފަހަރު ވާނީ އަހަރެންގެ ޕްލޭންއާއި އެއްގޮތަށް ކަންތައްތައް ކުރަން… އެންމެ ފުރަތަމަ ޖެހޭނީ އެ ދެމީހުންގެ މެދުގައިވާ ގުޅުން ފަނި އަރުވާލަން.. މާންގެ ހިތުގައި ޔޫލީއަށް އޮތް އިތުބާރު ކަނޑުވާލަން”

“ކިހިނެއް؟ ކުރިންވެސް ތީތި ދޯ ޖެއްސީ؟ ވޯކް ނުކުރިއެއްނުންތަ؟” ޒޯޔާ ކެތްތެރިކަމެއް ނެތް ގޮތަކަށް އަހާލިއެވެ. “މާން ހުރީ ޔޫލީއަށްޓަކައި އޭނާގެ މުޅި ނަފުސު ގުރުބާންކުރަން ތައްޔާރަށް ހެން އަހަންނަށް ހީވަނީ”

“މާންއަކީ އިންތިހާއަށް ބޮޑަށް ހަސަދަވެރިވާ، އަދި ޕޮސެސިވް މީހެއް.. އޭގެ އިތުރަށް މިފަހަރު ވާނީ ހަމަ ގަބޫލު ކުރެވޭ ޕްރޫފް ވެސް ޕްލާންޓް ކުރަން” ރިލްވާންގެ ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުމެކެވެ. “ޔޫލީއަކީ މާންއަށް ތެދުވެރި މީހެއް ނޫންކަން ދައްކުވައިދޭ ކަހަލަ ދޮގު ހެކިތަކެއް އަހަރެމެން އުފައްދާނީ. ޔޫލީގެ މައުސޫމުކަމާއިމެދު މާންގެ ހިތުގައި ސުވާލު އުފެދޭނެ ފަދަ މަޅިއެއް ޖައްސާނީ. އެއާއިއެކު މާންގެ ކެތްތެރިކަން ކޮޅުންލައި، ޔޫލީ ދޫކޮށްލާނެ. އޭގެ އިތުރުން ޔޫލީއަށްވެސް މާންގެ ބޭވަފާތެރި ކަމުގެ ހެކިތައް ދެއްކުން މުހިންމު ވާނެ.. އޭރަށް އޭނާ ވެސް މާންއާއި ގާތުގައި ވުމަށް ބޭނުމެއް ނުވާނެ… އަދި އެ ހުސްކަމުގެ ތެރެއިން ހޯދަން ބޭނުންވާ ފުރުސަތު ޒޯޔާއަށް ލިބޭނެ”

ޒޯޔާގެ މޫނުމައްޗަށް މަކަރުވެރި، އަދި އެހާމެ ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ. މާން އޭނާގެ ހައްގަކަށް ހެދުމަށްޓަކައި ކޮންމެ ފަދަ ނުބައި ކަމެއް ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ.

ކާރުގެ އަދިރިކަމުގެ ތެރޭގައި އެ ދެމީހުން ރޭވި ނުބައި ރޭވުމާއިއެކު، މާންއާއި ޔޫލީގެ އުފެދެންފަށާފައިވާ ފޮނި، އުފާވެރި ދުނިޔެއަށް ނުރައްކާތެރި ތޫފާނެއްގެ ހިޔަނި އެޅެމަށް ތައްޔާރުވަމުން ދިޔައެވެ. ޒޯޔާގެ އަމިއްލަ އެދުންވެރިކަމާއި ރިލްވާންގެ މަކަރުވެރިކަން އެކުވެގެން އުފައްދާ މަޅީގައި، އެ މައުސޫމު ގުޅުން ޖެހޭނެ ދުވަސް މާ ދުރެއް ނޫނެވެ.

*****

އުފާވެރިކަމުގައި ހަފުތާއެއް ހޭދަވެގެން ގޮސްފިއެވެ. ޔޫލީގެ ހިތުގައި މާންއަށްޓަކައި އުފެދެމުންދިޔަ ލޯބި، ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ފުންވަމުންނެވެ. އެ ހިތުގައި މާންގެ ނަން ފަވާ ނެގިއްޖެއެވެ. މާންގެ ބީހުންތަކަށް އެ ހަށިގަނޑު މަރުހަބާ ކިޔަނީ ބޭއިހުތިޔާރުގައެވެ. އެ ދެމެދުގައި ފުން ޖިސްމާނީ ގުޅުންތަކެއް ނުހިނގި ނަމަވެސް މާން އަބަދުވެސް ޔޫލީއާއި ގާތުގައިވާން މަސައްކަތް ކުރެއެވެ. ނަމަވެސް މާން އަދިވެސް ނިދަނީ ސޯފާގައެވެ. ޔޫލީއަކަށް އެކަމާ އެއްޗެއް ބުނާކަށް ވެސް ނުކެރެއެވެ. އެއްދުވަހަކު ވަރަށް ދުރުދުރުން ގައިގާ ނުރިއްސާތޯ އަހާލުމުން ހިނިތުންވެލަމުން މާން ޖަވާބުގައި ބުނެލީ “ގައިގައި ރިހުމެއް ހުރި ނަމަވެސް ޔޫލީއާއި އެއް އެނދެއްގައި މުޅި ރޭ ހޭދަކުރާހާ ހިތްވަރެއް އަހަރެން ގަޔަކު ނެތް ހެން ހީވަނީ”. އެ ޖަވާބުގައިވި ނުސީދާ މާނައިގެ ސަބަބުން، ޔޫލީ ލަދު ގަނެ، އިތުރަށް އެ މައުލޫއަށް ވާހަކަދައްކާކަށް ނުކެރުނެވެ.

ހިޔާލުތަކަށް ގެއްލިފައި އިން ޔޫލީއަށް ހަމަ ހޭ ވެރިކަން ވީ ގޭގެ ބެލް ރިންގް ވާ އަޑަށެވެ. ދޮރު ހުޅުވާލިއިރި ހުރީ ޑެލިވަރީ ކުރާ ކުއްޖެކެވެ. އޭނާގެ އަތުގައި އޮތީ ނުހަނު ފުރިހަމައަށް ބަންދުކުރެވިފައިވާ ކަޅުކުލައިގެ އަގުބޮޑު ގިފްޓް ބޮކްސް އެކެވެ.

“ޔޫލީއަށް…” ޑެލިވަރީ ކުރާ ކުއްޖާ އެ ބޮކްސް ދިއްކޮށްލުމަށްފަހު، ސޮއި ހޯދައިގެން ހިނގައްޖެއެވެ.

ޔޫލީ ހައިރާންކަމާއިއެކު އެ ބޮކްސް ހިފައިގެން އެތެރެއަށް ވަދެ، ސައިޑް ޓޭބަލް މަތީގައި ބެހެއްޓިއެވެ. ފޮށީގެ މަތީގައި އެއްވެސް މީހެއްގެ ނަމެއް ނެތެވެ. ހަމައެކަނި އޮތީ ޔޫލީގެ ނަން ލިޔެފައިވާ ކުޑަކުޑަ ކާޑެކެވެ. ޔޫލީ ޖެހިލުންވެފައި ހުރެ، މަޑުމަޑުން ފޮށީގެ މަތި ނަގައި ބަލައިލިއެވެ.

އެތެރޭގައި އޮތީ ރީތިކޮށް ބަންދުކުރެވިފައިވާ ފައިލެކެވެ. ޔޫލީ ތުރުތުރުއަޅާ އަތަކުން އެ ފައިލް ހުޅުވާލި ހިނދު، އޭނާގެ މުޅި ނަފުސު ސިހިގެން ދިޔައެވެ.

އޭގައި ވަނީ މާންއާއި ޒޯޔާގެ މާޒީގެ ވަރަށް ގާތް، އުފާވެރި ވަގުތުތަކެއް ދައްކުވައިދޭ އެތައް ފޮޓޯތަކެކެވެ. މާންއާއި ޒޯޔާއަކީ ކުރިން ލޯބިވެރިންގެ ގޮތުގައި އުޅުނު ދެމީހުންކަން ޔޫލީއަށް އެނގެއެވެ. ނަމަވެސް އެ ފޮޓޯތައް އެ ގޮތަށް ފެނުމުން އޭނާގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެ އަނދައިގަތެވެ. ފުރާވަރުން ފެށިގެން ފުރާ ފުރިހަމަ ދެ ޒުވާނުންނަށް ވަންދެން އެ މީހުންގެ އެކި ދުވަސް ވަރުގެ ފޮޓޯ އެ ފައިލުގައި ވިއެވެ. އޭގެ އިތުރުން އެ ފޮޓޯތަކުގެ ތެރޭގައި އޮތް ސިޓީއާއި، ލިޔުންތަކުން ދައްކުވައިދެނީ، މާންއާއި ޒޯޔާގެ އެ ގުޅުން އަދިވެސް ނިމުމަކަށް އައިސްފައި ނުވާ ކަމެވެ. މާން ޔޫލީއާ ކައިވެނިކުރީ ހަމައެކަނި މަޖުބޫރީއެއްގެ ތެރެއިންކަމާއި، މާންގެ ހިތުގެ ހަގީގީ މިލްކުވެރިއަކީ އަދިވެސް ޒޯޔާކަން ދޭހަވާފަދަ ނުބައި، ރޭވުންތެރި އިބާރާތްތަކެއް އޭގައި ވިއެވެ. އޭނާގެ ނަޒަރު ހުއްޓުނު ގަނޑެއްގެ ސަބަބުން އޭނާގެ ހަރަކާތް ހުއްޓުނެވެ.  ފަންސޫރަކުން ކުރަހާލައިވާ ޒޯޔާގެ ފޮޓޯއެކެވެ. ޒޯޔާ ވަނީ މާންގެ ކުންފުންޏަށް 7 އަހަރު ވުމުން، މި ފަހުން ބޭއްވި ހަފްލާގައި ބޭނުންކޮށްފައިވާ ހެދުމުގައެވެ. އެ ކުރެހުމުގެ މަތިން ޅެން ބައިތެއް ލިއެލައިފާ ވީއިރު އަރި މަތީ ކަނުގައި މާން ގެ އިނީޝިއަލްސް ބޭނުން ކޮށްފައިވިއެވެ.

ތިޔައީ މަގޭ މިހިތް އެދޭ މިތުރާ އިނގޭ މިކައުނުން،

ތިޔަ އާޝިގާގެ ލޯތްބަށް އެދެނީ އިނގޭ މިޖާނުން،

ތިޔަ ނަން ވެޔޭ މިހިތުގާ ވިދުވާލި ނަލަވި  އަކުރުން،

ތިޔަ ސޫރަ ވީ މިހިތުގާ ކުރަހާފަ ރީތި ކުލައިން،

ތިޔަ ލޮލުގެ ތޫނު ނަޒަރުން މިހިތޭ ޒަހަމް ވަނީ ދެން

ތިޔަ ލޯބިވެތި އަދާތައް ކުރަނީ އެ ސިކުނޑި ބޮއްސުން

—މނ

 

ޔޫލީގެ އަތުން އެ ފައިލް ދޫވެ ތިރިއަށް ވެއްޓުނެވެ. އޭނާގެ މޭގައި އަތް ޖައްސާލެވުނީ ނޭވާ ތާށިވާ ގޮތްވުމުންނެވެ. މާންގެ ފަރާތުން ލިބެމުން އައި އޯގާތެރިކަމާއި، އެ ދެމެދުގައި އުފެދުނު ފޮނި އިހުސާސްތަކުން ލިބުނު ހަމަޖެހުން އިސާހިތަކު ކުދިކުދިވެގެން ދިޔަ ފަދައެވެ. މާންއާއި ޒޯޔާގެ ގުޅުމާއި ޒޯޔާގެ ބިރުވެރިކަން މުޅި ނަފުސަށް ވެރިވެ، ޔޫލީގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.

މިއީ ހަގީގަތެއް ބާވައެވެ؟ ނުވަތަ މީ ޒޯޔާއާއި ރިލްވާންގެ ނުބައި މަޅިއެއް ބާވައެވެ؟

ޔޫލީގެ ސިކުނޑީގައި ބޮޑު ހަނގުރާމައެއް އުފެދުނެވެ. މި ވާހަކަ މާންއާއި ހިއްސާކޮށްގެން، ވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ މިކަން ސިއްރުކޮށްގެން، އެދެމެދުގައި އާރޯވެ ތާޒާވަމުންދާ އިތުބާރުގެ ގުޅުމަށް ބުރުލެއް އަރުވަންވީ ހެއްޔެވެ؟ ކޮންމެ ގޮތެއް ހެދިޔަސް، ކުރިމަތީގައިވަނީ ނުރައްކާތެރި ތޫފާނެއްކަން އިހުސާސްކުރެވި، ޔޫލީ އަށް ކަކޫމައްޗަށް ތިރިވެވި ދެލޮލުން ކަރުނައިގެ ކޯރެއް ކޯތަފަތްމައްޗަށް ދެމިގަތެވެ.  އޭނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ތުރުތުރުއަޅާ އިނގިލިތަކުން ފޯނު ނަގައި ބަލައިލިއިރު، އެއީ ނޭނގޭ ނަންބަރަކުން އައިސްފައިވާ މެސެޖެކެވެ.

“މިއީ އަދި މަދު މިންވަރެއް… މިކަހަލަ ކިތަންމެ އެއްޗެއް އެބަހުރި… ޒޯޔާއާއި މާން ވަތްކެއް ނުވާނެ. ތި ފެނުނީ އޭގެ ހެކި. ލޯބީގެ ވަހުމުގައި ނޫޅެ، ހަގީގަތާ ކުރިމަތިލާ ޔޫލީ!”

އެ މެސެޖު ކިޔާލުމާއެކު ޔޫލީގެ ހިތަށް ލިބުނު އަނިޔާ އިތުރަށް ބޮޑުވެ، ނަފުސު ބިރުވެރިކަމުން ވަށާލިއެވެ. އޭނާ އަވަސްއަވަހަށް އެ ފައިލާއި ފޮޓޯތައް ގިފްޓް ބޮކްސްގެ ތެރެއަށްލާ، ސޯފާގެ ދަށުގައި ފޮރުވާލީ މާންއަށް ފެނިދާނެތީއެވެ.

 

***ނުނިމޭ***

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories100 Comments

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ތަޤްދީރު-23

Next

ހިތް އެދޭތީ

Next
September 3, 2026

ހިތް އެދޭތީ

Previews
September 3, 2026

ތަޤްދީރު-23

6 Comments!

  1. Koklila modi says:
    September 3, 2026 at 7:55 pm

    Noon. Alhey mi zoyaa gandu i wanna kill her

    1. wish wish says:
      September 3, 2026 at 9:27 pm

      Aslu ves dho haadhahaa goahey zoya dho .. dhen kyhkuraany dho … ekamaku zoya maraa nulahchey adhi kuriah kan kan eba huhteyyyy … 🫣

  2. Mar Sha Mar Sha says:
    September 3, 2026 at 9:10 pm

    alhe noon, ehen nuhadhaa, Yooli talk to Maan, vaahaka dhakkaba, sucaalu kohba, plz dont stay silent and believe everything those psychos are trying to prove!! vaahaka varah reethi, can’t wait for next!!

    1. wish wish says:
      September 3, 2026 at 9:28 pm

      Thank You for the comment Mar Sha 🥰 yooly heeveytha alhe vaahaka dhahkaanehen? Dhen vaa gotheh ingeynee next episode in thaa dhoo… anehkaa ves vaai badhaluvee dho 😔

  3. Reader says:
    September 4, 2026 at 12:04 am

    Alheyyy haadha reehcheyy… maashaa allah.. hama speechless 😐
    Can I ask u something?? How older u?? Plss don’t mind ingeyy.. it’s okay answer nukuriyas comfortable nuvanyaa.. hama curious vegen ahaalevunee 😭😭

    1. wish wish says:
      September 4, 2026 at 12:34 am

      Hii Reader , thank you for the amazing comment … I am going to be 33 soon … hama owkei ingey WISH kurinves share kohlymey age 🥰🥰

Comments are closed.



All Right Reserved!