Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 36 ވަނަ ބައި

wish
wish Level 3100 Login10 Stories100 Comments
August 31, 2026 6 Mins Read
5 Comments

މާން ޔޫލީގެ ދަތްދޮޅީގައި އިނގިލިތަކުން ހިފާލުމަށްފަހު، މަޑުމަޑުން އޭނާގެ މޫނު އުފުލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު، ޔޫލީގެ ހަށިގަނޑުން ހީބިހި ނަގާލިއެވެ.

“އައި ލައިކް އިޓް… ތެންކިއު” މާންގެ އެ ފުން ނަޒަރާއި، އަޑުގައިވި މަޑުމައިތިރިކަމުން ޔޫލީގެ މުޅި ހިތް މާންއަށް ހަދިޔާ ކުރެވުނެވެ.

މާންގެ އިނގިލިތަކުގެ ހޫނުކަން ޔޫލީގެ ހަށިގަނޑުގައި ޖަޒުބާތުގެ އޮއެވަރެއް އުފައްދައިފިއެވެ. އެ ފުން، ތޫނު ދެލޮލުގެ ތެރެއަށް ގެއްލިފައި އިނދެވުނުއިރު، ޔޫލީގެ ހިތުގެ ތެޅުން އަޑުއިވޭހާ އަވަސްވެފައިވިއެވެ.

މާން އެ ޓައީ އަނބުރާ ފޮށީގެ ތެރެއަށްލާ، އެ ފޮށި ސޯފާ މައްޗަށް ދޫކޮށްލިއެވެ. އަދި ޔޫލީގެ މޫނަށް ބަލަހައްޓައިގެން ހުރެ، ޔޫލީގެ މަޑުމަޑު އަތްތިލައިގައި ހިފާލިއެވެ. އިސާހިތަކު، މާން އެ އަތްތިލަ ގެންގޮސް އޭނާގެ ފުޅާ މޭމަތީގައި، ހިތާ ދިމާލުގައި ޖައްސާލިއެވެ.

“މާން…” ޔޫލީގެ އަޑުގައި މަޑު ތުރުތުރެއްވީ އިރު އެ އަޑު ނިކުތީ ނުހަނު މަޑުން ބުނެލި ސިއްރެއްފަދައިންނެވެ.

މާންގެ ހިތުގެ ގަދަފަދަ، އަވަސްވެފައިވާ ތެޅުން ޔޫލީގެ އިނގިލިތަކަށް އިހުސާސްވިއެވެ. އޭގެ ފަހަތުގައިވަނީ ކެތްތެރިކަމެއް ނެތް، އެހާމެ ފުން ޖަޒުބާތުތަކެކެވެ. މާންގެ ނަޒަރު ޔޫލީގެ ދެލޮލުން ކުޑަކޮށްވެސް އެއްކިބާއެއް ނުވެއެވެ. އެ ތޫނު، ޖަޒުބާތީ ދެލޮލުގައިވަނީ ބަހުން ބުނެދޭން ނުކުޅެދޭފަދަ އިހުސާސްތަކެކެވެ. ލޯބީގައި އިއުތިރާފު ވުމަށް އޭނާގެ ނަފުސު ފަސްޖެހުނު ކަމުގައިވިޔަސް، އެ ހިމޭންކަމުގެ ތެރޭގައި އޭނާގެ ހިތް ދިޔައީ ޔޫލީގެ ނަމުން ގޮވަމުންނެވެ.

ޔޫލީގެ ނޭވާ ތާށިވި ފަދައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބިއިރު، ދެމީހުންގެ މެދުގައިވި ހިމޭންކަން އިންތިހާއަށް ބަރުވެ، ގާތްކަމަކަށް ބަދަލުވެގެން ދިޔަފަދައެވެ.

 

މާން މަޑުމަޑުން ޔޫލީގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލަމުން، މޭމަތީގައި އެ އަތް އިތުރަށް ބާރުކޮށްލިއެވެ. އޭނާގެ އަނގަޔަކުން އެންމެ ބަހެއްވެސް ނުނިކުތެވެ. ނަމަވެސް އެ ފުން ނަޒަރާއި، މޭމަތީގެ ހޫނުކަމުން ޔޫލީގެ މުޅި ހަށިގަނޑުން ހީބިހި ނަގައި، އޭނާގެ ހިތް މާންގެ އަތްމައްޗަށް މުޅިން ދޫވެގެން ދިޔަ ފަދައެވެ.

މާން ކުޑަކޮށް ގުދުވެލަމުން، ޔޫލީގެ ނިތްކުރީގައި އޭނާގެ ނިތްކުރި ޖައްސާލިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކުވެގެން ދިޔަ އެ ޖާޒުބީ ވަގުތުކޮޅުގައި، ބަހަކުން ބުނެދިނުމަކާ ނުލައިވެސް، އެމީހުންގެ ހިތުގައިވާ ގަދަފަދަ ލޯބި މުޅި ކޮޓަރި ތެރޭގައި ފެތުރިގެން ދިޔައެވެ.

މާންގެ ހޫނު ނޭވާ ޔޫލީގެ މޫނަށް ފޯރަމުން ދިޔައިރު، ދެމީހުންގެ މެދުގައިވި އިހުސާސްތައް އޭގެ އިންތިހާއަށް ފޯރައިފިއެވެ. މާންގެ ފުން، ތޫނު ނަޒަރު މަޑުމަޑުން ޔޫލީގެ ތުންފަތަށް އަމާޒުވެގެން ދިޔައެވެ. އެ ދެލޮލުން ފެންނަން ހުރީ ކެތްތެރިކަން ކޮޅުންލާފައިވާ ފަދަ ގަދަފަދަ ޖަޒުބާތު ތަކެކެވެ.

ޔޫލީގެ ހިތުގެ ތެޅުން އިހުނަށްވުރެވެސް އަވަސްވެ، ދެލޯ މަރާލެވުނެވެ. އޭނާ މާންގެ މޭމަތީގައި އޮތް އަތުން ގަމީހުގައި މަޑުމަޑުން ހިފާލީ، އެ ގާތްކަމަށް މަރުހަބާ ކިޔަމުންނެވެ.

މާންގެ ބޮޑުވާއިނގިލިން ޔޫލީގެ ދަތްދޮޅީގައި މަޑުމަޑުން ފިރުމާލުމަށްފަހު، އޭނާގެ މޫނު އިތުރަށް ގާތްކޮށްލިއެވެ. އަދި ޔޫލީގެ މަޑުމަޑު ތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ.

ފުރަތަމަ އެ ބީހުންވީ ނުހަނު މަޑުމައިތިރި، ނަމަވެސް ބުނެދޭން ނޭނގޭހާ ފުން އަސަރުތަކެއް އެކުލެވިގެންވި ވަގުތުކޮޅަކަށެވެ. މާންގެ ނޭވާގެ ހޫނުކަމާއި އޭނާގެ ފިރިހެންވަންތަ ވަހާއި އެނާގެ އޯގާތެރި ބީހުން އެ ބޮސްދިނުމުގެ ތެރެއިން ޔޫލީގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. ޔޫލީގެ އަތްތިލަ މާންގެ މޭމަތިން އުފުލި، އޭނާގެ ދެއަތް މާންގެ ކޮނޑުމަތީގައި ވަށާލެވުނީ ބޭއިހްތިޔާރުގައެވެ.

ޔޫލީގެ އެ އިޖާބައާއިއެކު، މާންގެ ހިތްވަރު މުޅިން އެލިގެން ދިޔަ ފަދައެވެ. އޭނާ ޔޫލީގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައި، އޭނާގެ ހަށިގަނޑާ އިތުރަށް ގާތްކޮށްލަމުން އެ ބޮސްދިނުން އިތުރަށް ފުން ކޮށްލިއެވެ. ދެމީހުންގެ ދެމެދުގައިވި ހުރިހާ ބިރުވެރިކަމަކާއި، ހިތުގައި ވަޅުޖެހިފައިވި ޝައްކުތައް އެ ފޮނި ވަގުތުކޮޅުގެ ތެރޭގައި ކުޑަ ހިދުކޮޅަކަށް ނަމަވެސް ވިރިގެން ދިޔަ ފަދައެވެ. އެ ދެމެދުގައި ޝަކުވާއެއް ނުވެއެވެ. ޖަޒުބާތުގެ ފުން ކަނޑުގައި ދެމީހުންގެ ނަފުސު ގެބެމުން ދިޔައެވެ.

ދެމީހުންގެ ނޭވާ ކުރުވެ، މަޑުމަޑުން ދުރުވެލި ވަގުތުވެސް މާން ޔޫލީގެ މޫނާ ދުރަށް ނުދެއެވެ. މާން ޔޫލީގެ ކޯތާފަތުގައި މަޑުމަޑުން ނިތްކުރި ޖައްސާލައިގެން ހުރެ، އަވަސްވެފައިވާ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. ޔޫލީގެ މުޅި މޫނު ރަތްވެފައިވީއިރު، އޭނާ މާންގެ މޭމަތީގައި ބޯއަޅާލީ އެ ފިރިހެންވަންތަ އޯގާތެރިކަމުގެ ތެރެއިން ހިތްހަމަޖެހުން ހޯދަމުންނެވެ.

އެ ވަގުތު ސޯފާ މަތީގައި އޮތް މާންގެ ފޯނު ރިންގުވާން ފެށިއެވެ. އެ އަޑާއިއެކު ކޮޓަރި ތެރޭގައިވި މާހައުލު ބަދަލުވެ ދެމީހުންވެސް ހޭވެރިކަމަށް އައެވެ.

ޔޫލީ އަވަސްއަވަހަށް އިސްއުފުލާލަމުން މާންގެ މޭމަތިން ބޯނަގައި ކުޑަކޮށް ދުރުވެލިއެވެ. އޭނާގެ މޫނުމަތީގައިވި ލަދުވެތިކަމުގެ ރަތްކަން އިތުރަށް ގަދަވެފައި ވިއެވެ.

މާން ފުން ނޭވާއެއް އެތެރެއަށް ދަމާލުމަށްފަހު، މަޑުމަޑުން ދުރަށް ޖެހިލިއެވެ. އޭނާގެ ފުން ނަޒަރު އަދިވެސް ޔޫލީގެ މޫނަށް ހުއްޓިފައިވީ ނަމަވެސް، ސޯފާ މަތީގައި އޮތް ފޯނު ނަގައި ސްކްރީނަށް ބަލައިލިއެވެ. ގުޅަނީ އިމްތިޔާޒެވެ. މުހިންމު ކަމެއްގައި ނޫނީ މިވަގުތު އޭނާ ނުގުޅާނެކަން މާންއަށް ޔަގީންވިއެވެ.

“އޮފީހުން…” މާން ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން، ކޮޓަރީގައި ހުރި ބެލްކަނީގެ ބިއްލޫރި ދޮރު ހުޅުވާލުމަށް ފަހު ބޭރަށް ނުކުމެލިއެވެ. “ހެލޯ… އާނ، ބުނޭ…”

މާން ބެލްކަންޏަށް ނުކުމެ ފަސްދިނުމާއިއެކު، ޔޫލީއަށް އަމިއްލަ ނަފުސު ކޮންޓްރޯލެއް ނުކުރެވުނެވެ. މާންއާ ދެން ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ލަދުންގޮސް މުޅި މޫނު އަނދަމުންދިޔަ ފަދަ އިހުސާސެއް ކުރެވުމާއިއެކު، ޔޫލީ އަވަސް އަވަހަށް ދުވެފައި ގޮސް ފާހާނާއަށް ވަދެ ދޮރު ތަޅުލިއެވެ.

ފާހާނާގެ ދޮރުގައި ބޯ ޖައްސާލައިގެން ހުރެ، ޔޫލީ ފުން ނޭވާތަކެއް ލަމުން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުން އަދިވެސް މަޑެއް ނުވެއެވެ. އަތުގެ އިނގިލިތައް ބޭއިހުތިޔާރުގައި ތުންފަތުގައި ޖައްސާލެވުނު ހިނދު، މާންގެ އެ އޯގާތެރި، ފުން ބޮސްދިނުމުގެ ހޫނުކަން އަދިވެސް ތުންފަތުގައި ހުރި ފަދައެވެ. މުޅި ހަށިގަނޑުން ހީބިހި ނަގައި، އެތެރެހަށީގައި އުފެދިފައިވި ޖަޒުބާތީ ތޫފާން އޭގެ އިންތިހާއަށް ފޯރިއެވެ.

މިއީ ހުވަފެނެއް ބާވައެވެ؟ މާންގެ ހިތުގެ ތެޅުމާއި، އޭނާގެ އަތުގެ ރައްކާތެރިކަމުގެ ތެރޭގައި ޔޫލީއަށް އިހުސާސްވީ މުޅިން އާ ދުނިޔެއަކަށް ވަދެވުނު ފަދަ އިހުސާސެކެވެ. މާން ލޯބިވާކަމަށް ނުބުނި ކަމުގައިވިޔަސް، އެ އަމަލުތަކުން އޭނާގެ ހިތުގައިވި ސިއްރުތައް މުޅިން ބަންޑުންކޮށްލައިފިއެވެ. ޔޫލީ ލޯމަރާލުމަށްފަހު އަމިއްލަ މޭގައި އަތްޖައްސާލިއެވެ. އުފަލުން ގޮސް އޭނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ދެމީހުންގެ މެދުގައިވި ފާރުތައް ނެތި ގޮސް، މާންގެ ހިތުގެ މަލިކާއަކީ އޭނާކަން އެނގުނު ފަދަ އިހުސާސެއްވެ، ޔޫލީގެ މުޅި ނަފުސަށް ވެރިވީ ބަޔާންކުރަން ނޭނގޭފަދަ ފޮނި، އަދި އެހާމެ ފުރިހަމަ ހަމަޖެހުމެކެވެ.

ނަމަވެސް އެ ފޮނި އިހުސާސްތަކުގެ ތެރެއަށް، ކުއްލިއަކަށް ސޫރަވެގެން ދިޔައީ ޒޯޔާގެ މޫނެވެ. އިސާހިތަކު ޔޫލީގެ ހިތުގައިވި އުފާވެރިކަމަށް ކަޅު ހިޔަންޏެއް އެޅުނެވެ. މާންގެ ހަޔާތުގައި ޒޯޔާގެ ނަން ގުޅިފައިވާ ގުޅުމާއި، އެ ދެމެދުގައިވާ ކަންތައްތަކުގެ މަތިން ހަނދާންވުމާއިއެކު، ޔޫލީގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. މިއީ ހަމައެކަނި ވަގުތީ ޖަޒުބާތެއް ބާވައެވެ؟ މާންގެ ހިތުގައި ޒޯޔާއަށްޓަކައި އަދިވެސް މަގާމެއް ވަނީ ބާވައެވެ؟

ޒޯޔާގެ ހިޔަނި އެމީހުންގެ މި ގުޅުމުގެ ތެރެއަށް ވަދެ، އެ އުފާވެރިކަން ފޭރިގެންފާނެކަމުގެ ބިރު ޔޫލީގެ ހިތުގައި ވަގުތުން އާލާވިއެވެ. އަދި ޒޯޔާއާއި ރިލްވާންގެ ނުބައި، ރޭވުންތެރި ކުޅިވަރުގެ މަތިން ހަނދާންވުމާއިއެކު، ޔޫލީގެ މުޅި ހަށިގަނޑު ފިނިވެ، ނޭވާ ތާށިވާ ގޮތްވިއެވެ. އެމީހުންގެ ކުޅިވަރުގެ ތެރެއިން މި އުފާވެރިކަން ފޭރިގެންފާނެކަމުގެ ބިރުވެރިކަން ޔޫލީގެ ހިތުގައި އިންތިހާއަށް ބޮޑުވިއެވެ. މާންއަށް ހަގީގަތް ނޭނގި، އެ ރޭވުމުގެ ނުރައްކަލުގެ ތެރޭގައި ދެމީހުން ތާށިވެދާނެކަމުގެ ބިރުން އޭނާގެ ހިތް ރޮއްވަމުން ދިޔައެވެ. އުފަލާއި ބިރުވެރިކަން އެކުވެ، އޭނާގެ ހިތް ތެޅެމުން ދިޔައިރު، މާންގެ އެ ބޮސްދިނުމުން ލިބުނު ހަމަޖެހުމުގެ ތެރެއަށް ޝައްކާއި ސުވާލުތައް އަލުން ވަންނަން ފެށިއެވެ. ޔޫލީ ފާހާނާގެ ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލީ، ކުރިމަތީގައިވަނީ އުނދަގޫ މަގެއްކަން އިހުސާސްކުރެވޭ ހާލުއެވެ.

*****

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ކޮޓަރިއަށް ވެރިވެފައިވީ ހިތްގައިމު މަޑުމައިތިރިކަމެކެވެ. ޔޫލީއަށް ނިދިން ހޭލެވި ލޯ ހުޅުވާލެވުނު އިރު، މާން ހުރީ އޮފީހަށް ދާން ތައްޔާރުވާން ލޯގަނޑު ކުރިމަތީގައެވެ. އޭނާ ލައިގެން ހުރީ ހުދުކުލައިގެ ގަމީހެކެވެ. އަދި އަތުގައި އޮތީ ޔޫލީ ހަދިޔާކުރި ކަޅުކުލައިގެ ސިލްކް ޓައީއެވެ.

ޔޫލީ އެދުގައި އިށީނދެ، އެ މަންޒަރަށް ބަލަހައްޓައިގެން އިނީ ބޭއިހުތިޔާރުގައެވެ. މާންގެ ފިރިހެންވަންތަކަމާއި، އެނާގެ ހަރަކާތްތަކުން ޔޫލީގެ ހިތުގެ ތެޅުން އަވަސްކުރުވިއެވެ.

ލޯގަނޑުގެ ތެރެއިން މާންއަށް ޔޫލީ ބަލަން އިންތަން ފެނުނެވެ. އޭނާގެ ތޫނު ނަޒަރު ލޯގަނޑުން ސީދާ ޔޫލީގެ ދެލޮލަށް އަމާޒުވެގެން ދިޔައެވެ. މާން އަތުގައި އޮތް ޓައީގެ ކަން ދޫކޮށްލުމަށްފަހު، މަޑުމަޑުން އެނބުރި ޔޫލީއަށް ބަލައިލިއެވެ.

“ހެލްޕް؟..” މާންގެ އަޑުގައިވީ ނުހަނު މަޑުމައިތިރި ގާތްކަމެކެވެ.

ޔޫލީ ޖެހިލުންވެފައި ހުރެ، މަޑުމަޑުން ގޮސް މާންގެ ކުރިމައްޗަށް ހުއްޓުނެވެ. ދެމީހުންގެ މެދުގައިވި ދުރުމިން ކުޑަވެގެން ދިޔަ ވަގުތު، މާންގެ ހަށިގަނޑުން ދުވި ސެންޓުގެ ވަހާއި ފިރިހެންވަންތަ ވަހުން ޔޫލީގެ ނޭވާ ތާށިވި ފަދައެވެ. ޔޫލީ އަތް އުފުލާލައި ތުރުތުރުއަޅާ އިނގިލިތަކުން ޓައީގައި ހިފާލިއެވެ.

ޔޫލީ ޓައީގެ ގޮށް ރީތިކުރަން ފެށުމާއެކު، މާންގެ ދެއަތް މަޑުމަޑުން ގެންގޮސް ޔޫލީގެ އުނަގަނޑުގައި ވަށާލިއެވެ. އެ ހޫނު ބީހުމާއިއެކު ޔޫލީގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. މާން ޔޫލީގެ ހަށިގަނޑު އޭނާއާ ގާތަށް ދަމާލިއެވެ.

“މާން…” ޔޫލީ އިސްޖަހާލަމުން މަޑުމަޑުން ބުނެލިއެވެ. އޭނާގެ އިނގިލިތައް ޓައީގެ ގޮށުގައި ތާށިވާ ގޮތްވިއެވެ.

“ޝައި؟” މާންގެ އަޑު އައީ ޔޫލީގެ ކަންފަތާއި ވަރަށް ގާތުންނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޔޫލީގެ މައުސޫމު މޫނަށެވެ.

“ނޫން… ޑަން” ޔޫލީ ޓައީގެ ގޮށް ރީތިކޮށްލުމަށްފަހު، މާންގެ ގަމީހުގެ މަތީގައި ދެއަތް ބޭއްވިއެވެ. “ވަރަށް… ވަރަށް ގުޅޭ”

މާން ޔޫލީގެ އުނަގަނޑުގައިވި އަތް އިތުރަށް ބާރުކޮށްލަމުން، އޭނާގެ މޫނާ އިތުރަށް ގާތްވެލިއެވެ.  މާން މަޑުމަޑުން ގުދުވެލައި، ޔޫލީގެ އޮމާން ކޯތާފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އެއީ ނުހަނު އޯގާތެރި ބޮސްދިނުމެކެވެ. މާންގެ ތުންފަތުގެ ހޫނުކަން ކޯތާފަތަށް ފޯރައިގެން ދިޔަ ހިނދު، ޔޫލީގެ ދެލޯ ބޭއިހުތިޔާރުގައި މެރި، މޭމަތީގައި އޮތް އަތުން މާންގެ ގަމީހުގައި ބާރަށް ހިފާލެވުނެވެ.

“ދަނީ…” މާން ޔޫލީގެ ކޯތާފަތުން ތުންފަތް ދުރުކޮށްލުމަށްފަހު، އޭނާގެ ދެލޮލަށް ނަޒަރު ސީދާ ކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. އޭނާގެ އަޑުގައިވީ ނުހަނު އޯގާތެރި، ފިރިހެންވަންތަ އަސަރެކެވެ.

“ޑޮރައިވް ސޭފް” ޔޫލީ އިސްއުފުލާލައި، މާންގެ މޫނަށް ބަލައިލަމުން ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

މާން ޔޫލީގެ އުނަގަނޑުން އަތް ދޫކޮށްލުމަށްފަހު، ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނާއި ކާރުގެ ތަޅުދަނޑި ނަގައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސް، އޭނާ ފަސްއެނބުރި އަނެއްކާވެސް ޔޫލީއަށް ބަލައިލިއެވެ. އެ ތޫނު ދެލޮލުގައިވި ހާއްސަ ނަޒަރާއިއެކު ކުޑަކޮށް ބޯޖަހާލުމަށްފަހު، މާން ކޮޓަރިން ނުކުމެގެން ދިޔައެވެ.

މާން ދިއުމުންވެސް، ޔޫލީއަށް ހުރެވުނީ ޖެހި ބުދެއްހެންނެވެ. އޭނާގެ އަތްތިލަ މަޑުމަޑުން އަމިއްލަ ކޯތާފަތުގައި ޖައްސާލެވުނެވެ. މާންގެ އެ ކުޑަކުޑަ އަމަލުން އޭނާގެ މުޅި ދުވަސް އުޖާލާވެ، ހިތަށް ބަޔާންކުރަން ނޭނގޭފަދަ ފޮނި އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ.

*****

ޝިފްނާއާއި މާހިން ތިބީ މާހިންގެ ކޮޓަރީގައެވެ. އެނދުމަތީގައި ދެމީހުން ތިބިއިރު، މާހިންގެ ފުޅާ މޭމަތީގައި ޝިފްނާގެ މޫނުވަނީ ނިވާކޮށްލެވިފައެވެ. އެއްވެސް ފޭރާމެއްނެތި ދެމީހުންގެ ހަށިގަނޑު ޖެހި ފިތިފައިވީއިރު، އެ ދެމެދުގައިވި ލަދުވެތިކަމުގެ ފަރުދާ ވީދިގެން ހިނގައްޖެކަން މުޅި ކޮޓަރީގެ ހިމޭންކަމުން ހެކިދެއެވެ. ދެމީހުންގެ ހެދުންތައް ތަރުތީބެއްނެތި އެނދުގެ ތިރިއަށް އުކާލެވިފައިވިއެވެ.

“ޝިފް… ޔޫ ވަރ އަ ވަރޖިން؟”

ހައިރާންކަމާއި ސިހުން އެކުލެވޭ ރާގެއްގައި މާހިންއަށް ބުނެވުނުއިރު، އޭނާގެ ހިތް އިންތިހާއަށް ކުށްވެރިކަމުގެ އިހުސާސްތަކުން އަނދަމުން ދިޔައެވެ. މައުސޫމު އަންހެންކުއްޖެއްގެ މުޅި ހަޔާތާއި އިއްފަތްތެރިކަމާއި އޭނާ އެ ކުޅެނީ ކޮންފަދަ ނުރައްކާތެރި، ރަހުމެއް ނެތް ކުޅިވަރަކުން ހެއްޔެވެ؟ އަމިއްލަ އެދުމާއި އެކު އޭނާގެ ލޯބި ހާސިލުކުރުމުގެ މަގުސަދުގައި އޭނާގެ ވިސްނުން މިވަނީ އިމުން ނައްޓައި، އިންސާނިއްޔަތުކަމުގެ ހައްދުތައް ފަހަނައަޅާގޮސްފައި ނޫންހެއްޔެވެ؟

ނަމަވެސް، ޝިފްނާއާއިއެކު ހޭދަވީ ކޮންމެ ސިކުންތެއް އޭނާގެ ހިތުގައި ފުންކޮށް ބިންވަޅުނެގިފައި ވިއެވެ. އެއީ ކޮން ކަހަލަ އިހުސާސެއް ހެއްޔެވެ؟ ޝިފްނާއާއިއެކު ހޭދަކުރި އެ ގައިގޯޅި ވަގުތުތަކުގައި އޭނާގެ ހިތުގެ ތެޅުން އަވަސްވެ، އެ ވަގުތުކޮޅު ނިމުމަކަށް ނުގޮސް ދެމިގެންދިއުމަށް ހިތް އެދެވުނީ ކީއްވެގެން ހެއްޔެވެ؟ އެ އުފެދުނު ސުވާލުތަކުގެ އެއްވެސް ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. ނުވަތަ އަމިއްލަ ނަފުސަށް އެ ޖަވާބު ދޭން އޭނާ ބޭނުންނުވީއެވެ. އޭނާގެ ސިކުނޑީގައި ވަނީ އެންމެ މަގުސަދެކެވެ. އެއީ ޝިފްނާ ބޭނުންކޮށްގެން ހޯދާ މައުލޫމާތުތަކުގެ އަލީގައި، ޔޫލީ އޭނާގެ ހައްގަކަށް ހެދުމެވެ.

މާހިންގެ އެ ސުވާލުން، ޝިފްނާ ލަދުންގޮސް އިތުރަށް މާހިންގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ. “ޔޫ އަރ މައި ފަސްޓް ބޯއީފްރެންޑް…”

ޝިފްނާ ލަދުވެތިކަމާއިއެކު މަޑުމަޑުން ދިން އެ ޖަވާބުން، މާހިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ވަޓް؟”

މާހިންއަށް ތަންކޮޅެއް ބާރަށް ބުނެލެވުނީ، އޭނާގެ ހިތަށް ވެރިވި ބަރުދަނާއި، އުނދަގޫ އިހުސާސްތަކެއްގެ ސަބަބުންނެވެ.

“ޑޯންޓް ފީލް ބޭޑް، ޕްލީޒް… އައި އެމް ވެރީ ހެޕީ” މާހިންގެ މޫނުމަތިން ފެނުނު ބަދަލާއިއެކު، ޝިފްނާ އަވަސްއަވަހަށް މާހިންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

މާހިން އޭނާއާއިއެކު އެފަދަ ގުޅުމެއް ހިންގުނީތީ އަމިއްލަ ނަފުސު ކުށްވެރިކުރާކަށް ޝިފްނާ އެއްގޮތަކަށްވެސް ނޭދެއެވެ. އެއަށްވުރެ ބޮޑަށް އޭނާ މާހިން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ހިތުގައި މާހިންއަށް ދެވިފައިވާ ހާއްސަ ޖާގައަކީ ދެން ދުވަހަކުވެސް އެހެން އިންސާނަކަށް ދެވޭނެ ޖާގައެއް ނޫނެވެ.

އެހެންނަމަވެސް، ކައިވެނީގެ މުގައްދަސް ގުޅުމުން ބޭރުން، އެހާ ކުރު ދުވަސްކޮޅެއްގެ ތެރޭގައި މާހިންއަށް އެފަދަ ފުރުސަތެއް ދެވުމުން، ޝިފްނާގެ ހިތުގެ ކަނެއްގައި ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވިއެވެ. ތެދުވެރި ލޯބީގެ ނަމުގައި، އޭނާގެ އޭނާގެ އިއްފަތްތެރިކަން އެވަނީ މާހިންއަށް ހަދިޔާ ކުރެވިފައެވެ. އެ ހަދިޔާއަށް ގަދަރު މާހިން ކުރާނެބާއޭ، ނުވަތަ މިއީ ކުރެވުނު ކުށެއްބާއޭ ޝިފްނާގެ ހިތުގައިވިއެވެ.

“އަހަރެންގެ މުޅި ހަޔާތުގައިވެސް، އަހަރެންގެ ހިތް އެދެވުނު މީހަކީ ތިއީ. އަހަރެންގެ އިއްފަތްތެރިކަން މާހިންއަށް ހަދިޔާކުރެވުނީތީ އަހަރެން ދެރައެއް ނުވަން. އަހަރެން އެދެނީ ހަމައެކަނި މާހިން ދުވަހަކުވެސް އަހަރެން ދޫކޮށް ނުލުން”

ޝިފްނާގެ އެ ސާފު، ތެދުވެރި ބަސްތަކުން މާހިންގެ ހިތަށް ލިބުނު އަނިޔާ އިތުރަށް ބޮޑުވެގެން ދިޔައެވެ. އެ މައުސޫމް ދެލޮލުން ފެންނަން ހުރި އިތުބާރާއި ލޯބި، މާހިންގެ ކުށްވެރި ނަފުސަށް ކެތްކުރެވޭވަރަށްވުރެ ބަރުވިއެވެ. އޭނާ ޝިފްނާގެ ގައިގައި ބާރަށް ބައްދާލިއެވެ. ނަމަވެސް އެ ބައްދާލުމުގެ ފަހަތުގައިވަނީ ލޯބީގެ އިހުސާސަށްވުރެ ބޮޑަށް، އޭނާ ކުރަމުންދާ ނުބައި އަމަލުގެ ސަބަބުން އުފެދުނު ބިރުވެރިކަމާއި ކުށްވެރިކަމުގެ އިހުސާސެވެ.

“ޝިފޫ…” މާހިންއަށް ބުނެވުނީ އެންމެ ލަފުޒެކެވެ. އޭނާގެ ކަރުތެރެ ބެދި، އިތުރު ބަހެއް ދުލަށް ގެންނާނެ ހިއްވަރެއް ނުލިބުނެވެ.

ޝިފްނާ މާހިންގެ މޭމަތީގައި ބޯއަޅާލައިގެން އޮވެ، ދެލޯ މަރާލިއެވެ. އޭނާގެ ހިތުގައި މާހިންއަށްޓަކައިވާ ލޯބި އިންތިހާއަށް ބޮޑުވި ނަމަވެސް، ކުރެވުނު އެ ކުށުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ވާނެ ގޮތަކާއިމެދު ބިރުވެރިކަމެއް އޭނާގެ ހިތުގައި އަދަމުން ދިޔައެވެ. މާހިންގެ ހިތުގައި ހަގީގަތުގައިވަނީ ޔޫލީ ހާސިލުކުރުމުގެ ނުބައި މަގުސަދުކަން ޝިފްނާއަށް އެނގޭނެނަމައެވެ.

***ނުނިމޭ***

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories100 Comments

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ހުރީމެ ތިހިތުން ޖާގަ ދޭތޯ 3

Next

ގާތުގާ… 51

Next
August 31, 2026

ގާތުގާ… 51

Previews
August 31, 2026

ހުރީމެ ތިހިތުން ޖާގަ ދޭތޯ 3

5 Comments!

  1. Toy. D says:
    August 31, 2026 at 7:25 pm

    ❤️

    1. wish wish says:
      August 31, 2026 at 8:37 pm

      Thank You for the red heart Toy. D 🥰

  2. Koklila modi says:
    August 31, 2026 at 9:17 pm

    Omg i why i was blushing. So romantic heevi ethaa emeenah balan hurevunuhen v molhu. Alhey shifoo keehthikuri😢 maahinge hageegah ingey dhuvahu e fskeeru moyavaane

    1. wish wish says:
      August 31, 2026 at 9:51 pm

      Aaaaaan ekey dho koklila modi… kyhtha shif e kureeeee … awlheyyyy… nuvisneny hama dho … loabi veveny… e kudhin romantic ves vaan vaane ehnu dho … thank you koklila modi .. mihaaru thee hama True fan ekey dho ☺️

  3. ELL says:
    September 1, 2026 at 9:40 am

    i am at with those romance

Comments are closed.



All Right Reserved!