Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 17 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
May 10, 2016 13 Mins Read
22 Comments

މާޒިދުއަށް ދޭނެ ޖަވާބެއް ޖަންނަތުއަކަށް ނޭގުނެވެ. ލޯބި ނުވެޔޭ ރައްޓެހި ނުވަމޭ ބުނާކަށްވެސް ޖަންނަތުއަކަށް ނުކެރުނެވެ. ހުދު ޖަންނަތުގެ ހިތައް ވެސް ވަނީ އަބްޔާންއަށް އޮތް ޖަޒުބާތަކީ ލޯބިކަން ނޭގިފަ އެވެ. ޖަންނަތު ބަހެއް ނުބުނެ އިންނަން ފެށުމުން މާޒިދުވެސް އިތުރު ސުވާލެއް ނުކޮން މަސައްކަތައް އެނބުރުނެވެ.

މުޒައްފަރު ގެއަށް ވަން އިރު ފަރުޒާނާ މުޒުނާ ގޮވައިގެން ބޭރަށް ދާން ނިކުންނަނީ އެވެ. މުޒައްފަރު ހުއްޓުނީ ފަރުޒާނާ ގާތު އިންނަން އުޅޭ ވާހަކަ ބުނެލާށެވެ. ފަރުޒާނާ ކިތަންމެ ނުރުހިފައި ހުއްޓަސް އެވާހަކަ ބުނެލުން މުހިންމު ކަމުގައި މުޒައްފަރުއަށް ހީވި އެވެ.

“މަންމާ، އަހަރެން މި އުޅެނީ ސާރާއާ އިންނަން.” މުޒައްފަރު ބުނި ވަގުތު ފަރުޒާނާ ހުއްޓުނެވެ. ނަމަވެސް ބަހެއް ނުބުނެ އެވެ. “މަންމަ ސާރާއާއި މިހާރު ނުރުހުނަސް މަށަށް އިނގޭ ސާރާގެ ރަގަޅުކަން މަންމައަށް އިނގުނީމަ މިކަމާ މަންމަ ގަބޫލު ވާނެކަން.”

“މަށެއް ތިކަމަކާ ދުވަހަކުވެސް ގަބޫލެއް ނުވާނަން… ކަލެއަށް އަދިވެސް މަ ނޭގެނީތަ؟ މަށަށް ތި ކަންތައްތައް ކޮންމެހެން އަންގާނެ ކަމެއްނެތް. ކަލެޔާ ކަލޭގެ ބައްޕަޔާ ދެމީހުން ހިތުން ތި ކުރެވެނީ މާރަގަޅު ކަމެއް. އަދި ތިކުރެވޭ ކަންތަކުން ބޮނޑި ލިބިގެން އަންނާނެ.”

“މަންމާ، އަހަރެން ހަމަ މަންމަ ގާތު ބުނެލީ މިވާހަކަ.” މުޒައްފަރު އެހެން ބުނެ ކޮޓަރިއާއި ދިމާއަށް ހިގައި ގަތެވެ.

“މަށަށް ހެޔޮ ވާ ހުރިހާ ކަމެއް މަގޭގާތު ނުބުންޏަކަސް. ތި ސާރާއާ އިނުމަށްފަހު މަށެއް ކަލެއަކާ ވާހަކައެއް ނުދައްކާނަން. މިބުނީ.” ފަރުޒާނާ ނިކަން ބާރުލާފައި ހަރުކޮން އެހެން ބުނެލި އެވެ. އަދި މުޒުނާ ގޮވައިގެން ނިކުމެގެން ހިގައްޖެ އެވެ.

 

ގޭތެރޭ ޒައީމާ އިނީ ޓީވީ އިން އަންނަ ހިންދީ ޑްރާމާއެއް ބަލާށެވެ. އެއީ ކޮންމެ ރެއަކުވެސް ޒައީމާ ބަލާ ޑްރާމާ އެކެވެ. އެވަގުތު ޖަންނަތު ބަދިގޭގައި ކާން ހަދަން އުޅެ އެވެ. ޓިއުޝަނަށް އެގެއަށް އަންނަ ކުދިން ދިއުމުން ސާރާވެސް ކޮޓަރިއަށް ވަދެފައި އަދި ނުނިކުމެ އެވެ.

އަބްޔާން އެގެއަށް އައީ ބޮޑު ކޮތަޅެއް ހިފައިގެނެވެ. އައިސް ޒައީމާ ކައިރީ އިށީނެވެ.

“އައްދޭ އަބީ… ކޮން އިރަކު އައީ؟” އަބްޔާން ގާތު ޒައީމާ އަހާލި އެވެ. “ތީ އަހަރުމެނަށް ގެނައި ހަދިޔާ ދޯ.” ސަމާސާ ރާގަކަށް ޒައީމާ ބުނެލި އެވެ.

“މިއަދު މެންދުރު ރަށަށް އާދެވުނީ. އާން މީގަ ހުންނާނެ އެންމެނަށް ގެނައި ހަދިޔާ.” އަބްޔާން އެހެން ބުނެފައި އެ ކޮތަޅު ތެރެއިން ކޮތަޅެއް ނެގި އެވެ. އަދި އޭގެން ފޮތިގަނޑެއް ނަގާ ޒައީމާއަތައް ދިނެވެ. “މީ ޒައީމާއްތައަށް.” ދެން ސެންޓު ފުޅިއެއް ނަގާ ޒައީމާއަތައް ލައިދިނެވެ.

“ވަރަށް ރީތި މި ފޮތިގަނޑު… އަވަހަށް މި ފަހާލަންވީ… ސާރާ ރަންކިޔާ ދުވަހު ލާން.” ޒައީމާ ނިކަން ހިނއައިސްފައި ބުނެލި އެވެ. އަދި ސެންޓު ފުޅިން ވަސް ބަލައިލި އެވެ. “ހާދަ މީރުވަސް ދުވާ ސެންޓޭކޭ.. އަބީއަށް އިނގޭ ދޯ މީހުނަށް ކަމުދާނެ ކަހަލަ ހަދިޔާ ގެންނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ޒައީމާ އަދިވެސް އިނީ ވަރަށް އުފާ ވެފަ އެވެ.

“ކޮބާ ސާރާ؟” އަބްޔާން އަހާލި އެވެ. އަބްޔާން ހިތުގައި ވަނީ ޖަންނަތުގެ ނަމެވެ. ނަމަވެސް ޖަންނަތު ކޮބައިތޯ އަހާލާކަށް ނުކެރުނެވެ.

“އަހަރެން މިހިރީ.” އެވަގުތު ކޮޓަރިން ނިކުތް ސާރާ ބުނެލި އެވެ. އަބްޔާން ސާރާއަށް ދެން އޮތް ކޮތަޅު ދިއްކޮށްލި އެވެ.

“ވާއު، އިޓްސް ބިއުޓިފުލް.” ސާރާ އޭގެން ނެގީ ދެ ދަބަހެވެ. އެއީ ސާރާއާއި ޒިޔާދާއަށް ކަމަށް އަބްޔާން ބުނެލި އެވެ. “ތެންކް ޔޫ ސޯ މަޗް.” ސާރާ ހުރީ ވަރަށް އުފާ ވެފަ އެވެ.

އަބްޔާން އެގޭގެ އެހެން ދިމަދިމާ ހޯދާލި އެވެ. ޖަންނަތުގެ ހިލަމެއް އެއްވެސް ދިމާލަކުން ވޭތޯ އަބްޔާން ބަލައިލި އެވެ. ސާރާއަށް އެކަން ވިސްނިގެން ހިނތުން ވެލި އެވެ.

“އަބީ، ހިންގާ ކާން… ޖަންނަ އެބައުޅޭ ބަދިގޭގަ ކާން ހަދަން.” ސާރާ އާދައިގެ ގޮތަކަށް އެހެން ބުނެލި އިރުވެސް ތުންފަތަށް ހިނިތުން ވުމެއް ވެރިވެފައި ވެއެވެ.

“އާން، ވަރަށް ބަނޑުހައި ވެފަ މީނީ.” އަބްޔާން އެހެން ބުނަމުން ތެދުވި އެވެ. އަދި ސާރާއާއި އެކު ކާގެއަށް ވަނެވެ. އޭރު ޖަންނަތު ކާމޭޒު މަތީ ތަށިތައް އަތުރާލަނީ އެވެ. އަބްޔާން ފެނުމުން ލަދުރަކި ހިނިތުން ވުމެއް އަބްޔާންއަށް ދިނެވެ.

“ޖަންނާ، އަބީއަށް ކާންދީ.. އަހަރެން އެބަ އަންނަން މުޒޭއަށް ގުޅާލާފަ. އޭނަވެސް ކާން އަންނާނަމޭ ބުނި ވިއްޔަ.” އެހެން ބުނަމުން ސާރާ އެތަނުން ނުކުންނަން ދިޔަ އެވެ.

“ސާރާ، އެހެން ވިއްޔާ އަހަރެން ވެސް ކާނީ މުޒޭ އައިމަ.” އަބްޔާން ސާރާ ދޮރުން ނުނިކުންނަނީސް ބުނެލި އެވެ. ސާރާ ބޯ ޖަހާލަމުން އެތަނުން ނުކުމެގެން ހިގައްޖެ އެވެ. އަބްޔާން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ހިނިތުން ވެލި އެވެ. އަދި އަބްޔާން ކައިރީ އިން ގޮނޑީގައި އިށީނެވެ.

“އަބީ… ވަރަށް ބޮޑަށް ތޭންކްސް އިނގޭ.” ޖަންނަތު އިނީ ވަރަށް ބޮޑަށް އުފާ ވެފަ އެވެ. ހިނިތުން ވެލައިގެން އިން އިރު އަބްޔާންއަށް ޖަންނަތުއާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ ބަސް ހުއްޓިފަ އެވެ. ކަންފަތް ކައިރިން ނެއްޓިފައިވާ އިސްތަށިކޮޅު ލޮލާ ދިމާލަށް ވެއްޓިފައި އޮތެވެ.

“ކޮން ކަމަކަށް ތެންކް ޔޫ؟” އަބްޔާންއަށް ބުނެވުނެވެ.

“ހުރިހާ ކަމަކަށް… އަބީ އަހަރުމެނަށް ހެލްޕް ނުވިނަމަ ކިހިނެއް…” އަބްޔާން ޖަންނަތުގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލި އެވެ. ޖަންނަތުއަށް ސިހުމެއް އައިސް އަބްޔާންއަށް ބަލައިލެވުނެވެ. އަބްޔާން ޖަންނަތުގެ ލޮލަށް ބަލަން އިނދެގެން ލޯކައިރީ އޮތް އިސްތަށިކޮޅު ގެންގޮސް ކަންފަތައް ލައްވާލި އެވެ. ޖަންނަތުއަށް އިނީ ހަދާނެ ގޮތެއް ނޭގިފަ އެވެ.

“ޖަންނާ، ތިގޮތަށް ތެންކިއު ބުންޏަކަސް އަދި ކަމަކު ނުދާނެ… އަހަރެން ގަބޫލެއް ނުކުރާނަން ހަމަ އެކަމި ތެންކިއު އަކުން.” އަބްޔާން އަދިވެސް އިނީ ޖަންނަތުގެ ލޮލަށް ބަލާށެވެ.

“ތިހެން ވިއްޔާ.. އަބީ … އަބީ ބުނެބަލަ… އަހަރެން … އަހަރެން ކޮށްދޭންބީ ކަމެއް….. ބުނެބަލަ.” ޖަންނަތުއަށް ވާހަކަ ދައްކަން އުނދަގޫވީ އަބްޔާން އެހާވަރަށް ބަލާތީ އެވެ.

“އަހަރެން ބުނާ ކަމެއް ކުރާނަންތަ؟”

“އާން… އަބީ ބުނެބަލަ… ކޮންމެ ކަމެއްވެސް ކޮށްދޭނަން.” ޖަންނަތު ވިސްނާލުމެއް ނެތި ބުނެލި އެވެ.

“ޖަންނާ،” އަބްޔާން ކުއްލިއަކަށް މޭޒުމަތީ އޮތް ޖަންނަތުގެ އަތުގައި ހިފާލި އެވެ. “ވިސްނާފަތަ ތިބުނީ؟”

“އޭން.. އާން…” ޖަންނަތުއަށް ބުނެވުނު އެއްޗާއި މެދު ވިސްނާލި އެވެ. ނަމަވެސް އެ ބުނެވުނު ބަހުގައި ހިފަހައްޓާލި އެވެ. “އާން.. ވިސްނާފަ މިބުނީ.”

އަބްޔާން ޖަންނަތުގެ އަތުގައި ހިފައިގެން ތެދުވުމުން ޖަންނަތުއަށް ވެސް ޖެހުނީ ތެދުވާށެވެ. އަބްޔާން ގޮސް މޭޒުގެ އެއްފަރާތުގައި ހުރި ޖަގުން ތައްޓަކަށް ފެންފޮދެއް އަޅައިގެން ބޯލި އެވެ. ޖަންނަތު ހުރީ ހިތް އަވަސް ވެފަ އެވެ. އަބްޔާން ކުރަން ބުނާނެ ކަމެއް ނޭގޭތީ އެވެ.

ފެން ބޮއެ ނިމިގެން މޭޒުމަތީ ތަށި ބެހެއްޓުމަށް ފަހު އަބްޔާން ޖަންނަތުއާއި ކައިރިއަށް އަންނަން ފެށި އެވެ. އަބްޔާންގެ މޫނުމަތިން ފެންނަން ހުރި ހިނިތުން ވުމުން ޖަންނަތުގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އަބްޔާންގެ ލޯ ހުރީ ސީދާ ޖަންނަތުގެ މޫނާއި ސީދާ ވެފަ އެވެ. އެލޮލުގެ ވިދުވަރު އާދަޔާ ހިލާފަށް ގަދަހެން ވެސް ޖަންނަތުއަށް ހީވި އެވެ. އަބްޔާން ކައިރިއަށް އައުމުން ޖަންނަތުއަށް ފަހަތައް ޖެހިލެވުނެވެ. ޖަންނަތު ފަހަތައް ޖެހޭ ވަރަކަށް އަބްޔާން ކައިރިވަމުން ގޮސް ޖަންނަތުގޮސް ފާރުގައި ޖެހުމުން އިތުރަށް ފަހަތަކަށް ނުދެވުނެވެ. ޖަންނަތުގެ ހިތް ބާރަށް ތެޅެމުންދާތީ ނޭވާ އަވަސް ވެފައި ވެއެވެ. އަބްޔާން ޖަންނަތުއާއި ވަރަށް ކައިރި ވެފައި މޫނާއި މޫނު ކައިރި ކޮށްލި އެވެ. ޖަންނަތުއަށް ލޯމަރާލެވުނީ ބޭ އިހުތިޔާރުގަ އެވެ. އަބްޔާން ޖަންނަތުގެ މޫނަށް ބަލަން ހުރެފައި ހިނިތުން ވެލި އެވެ. އަދި ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ކޮށްޕާލާފައި ހިމަ ހުދުރަން ފަށް ނަގާ އަބްޔާން އަތުން ޖަންނަތުގެ ކަރުގައި އަޅުވައި ދިނެވެ. ޖަންނަތު މަޑުމަޑުން ލޯހުޅުވާލި އެވެ.

“ޖަންނާ، މީ ޖަންނައަށް އަހަރެން ގެނައި ގިފްޓް. މި ޤަބޫލު ކުރެވޭނެތަ؟” އެހާ ގާތުގަ ހުރެގެން އަބްޔާން ވާހަކަ ދެއްކި އެވެ. ތީ އަބަދުވެސް އަހަރެންގެ ބެސްޓް ފްރެންޑް. ފޮރ އެވަރ.” އަބްޔާން ޖަންނަތުގެ ލޮލަށް ބަލަހައްޓައިގެން ހުރެފައި އަބްޔާން ބުނެލި އެވެ. އަދި ދުރަށް ޖެހިލި އެވެ.

ޖަންނަތު ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރި އެވެ. އަދި ފަށުގައި އަތްލާ ފަށުފުލަށް ބަލައިލި އެވެ. ހަމަ އެކަނި އެކުވެރިއެއް ހެއްޔެވެ. އެއަށް ވުރެން ކައިރިއެއް ނޫން ހެއްޔެވެ. އެކުވެރިކަމަށް ވުރެން މާ ގާތް ގުޅުމެއް ނެތް ހެއްޔެވެ. ބާއްވަން ބޭނުން ނުވަނީ ހެއްޔެވެ. ނޫނީ އަބީގެ ނަޒަރުގަ މީ ހަމަ އެކަނި އެކުވެރި ކަމަކީ ހެއްޔެވެ. އިތުރަށް ހިތުގައި އޮތް އެއްޗެއް ފާޅުކުރާކަށް ނުވޭ ހެއްޔެވެ. ޖަންނަތު އަބްޔާން ގާތު ބުނަން ބޭނުން ވިއެވެ. ނަމަވެސް ދުލުގެ ކުރިއާ ހަމައަށް ވެސް އެބަސްތަކެއް ނައެވެ.

“ވަރަށް ރީތި މިފަށް. މީ ވަރަށް އަގުބޮޑު ފަށެއް ދޯ؟” ޖަންނަތުއަށް އެންމެ ފަހުން ބުނެވުނެވެ.

“ޖަންނައަށް ވުރެން އަގު ބޮޑެއް ނުވާނެ އެއްވެސް އެއްޗެއް.” އަބްޔާން ހިތައް އެރި އެވެ.

“ޕްރޮމިސްމީ ދެޓް ޔޫ ވިލް ބީ މައި ބެސްޓް ފްރެންޑް ފޮރ އެވަރ.” އަބްޔާން ބުނެލި އެވެ.

“ބެސްޓް ފްރެންޑް؟” ޖަންނަތު އަބްޔާންއަށް ބަލައިލަމުން ހިނިތުން ވެލި އެވެ. “އާން، ބެސްޓް ފްރެންޑްސް ދޯ… އާ ޔެސް.  އަބީ.. އަހަރެން އަބަދުވެސް އަބީގެ އެންމެ ގާތް އެކުވެރިއެއް ގޮތުގަ ހުންނާނަން. އައި ޕްރޮމިސް.

“އަހަރެން ހީކުރަން ޖަންނަ އަބަދުވެސް އުމުރަށް ތިފަށް އަޅައިގެން އުޅޭނެ ކަމަށް. ތިފަށް ޖަންނަ ކަރުގަ އޮތްހާ ހިނދަކު އަހަރެން ބަލާނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެކުވެރިއެއްގެ ގޮތުގައި އަބަދުވެސް ހުންނަ ކަމަށް.” އަބްޔާން އެހެން ބުނުމުން ޖަންނަތު ހިނިތުން ވެލި އެވެ.

އެވަގުތު ސާރާ އާއި މުޒައްފަރު އައިސް ކާގެއަށް ވަނެވެ. އަބްޔާން އަވަހަށް އައިސް ކާ މޭޒު ކައިރީ އިށީނެވެ.

“އަބީ، ކަލޭ އައިސް އަންގާވެސް ނުލާދޯ ތި އުޅެނީ.” މުޒައްފަރު އައިސް އަބްޔާން ކައިރީ އިށީންނަމުން ބުނެލި އެވެ.

“އޭ މުޒޭ، އަދި ދިމާ ނުވެގެން މި އުޅެނީ. މެންދުރު އައިސް އަވަހަށް ނިދިގަނޑެއް އެޅޭތޯ ބެލީ… ރޭ ހަތަރުދަމު ހޭލަޔޭ ހުރީ.”

“އިޓްސް އޯކޭ ބަޑީ… ނޫރު ބުންޏޭ.” މުޒައްފަރު ބުނެލި އެވެ. “އޭ، އަހަރުމެން މި ތިބެނީ އަބީ އަންނަން ދެނޭ.. އަހަރެން ބޭނުމީ އަވަހަށް ސާރާއާ މެރީ ކުރަން.” މުޒައްފަރު ބުނެލި އެވެ.

“ތި ހަބަރު ލިބިއްޖެ… މަންމަ ރުޅިން ހުއްޓާތަ؟ އަނެއްކާ އޯކޭ ވާނެތަ؟”

“ދެން… ވާނެ ކަމަށް ބަލާފަ. މަންމައަށް ބަލަން ހުރެގެން އަހަރެން ކިތަންމެ ދުވަހަކު ހުއްޓަސް ގަބޫލެއް ނުވާނެ… މަންމަގެ ގޮތް އިނގޭނު.”

“އާން… އެކަމު އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ނުކެރޭނެ އަހަރެންގެ މަންމަ ނުގަބޫލު ކަމެއް ކުރާކަށް. ހަމަ ތެދެއް މި ބުނީ.” އަބްޔާން މުޒައްފަރުއާއި ދިމާއަށް ބަލައިލަމުން ބުނެލި އެވެ.

“އަބީ މަންމައެއް ނޫނޭ އަހަރެން މަންމަ އަކީ… އަބީ މަންމައާ އަހަރެން މަންމައާ އުޑާ ބިމާހާ ތަފާތު ވާނެ.”

“އާން، ތިބުނީ ތެދެއް. އަހަރެން މަންމަ އަދި ދުވަހަކު ވެސް އަހަރުމެން އެދޭ ކަންތައް ތަކަށް ދެކޮޅެއް ނުހަދާ ތިގޮތަކަށް. މިފަހަރު އާލިޔާގެ އެ ކޯސް ވެސް މަންމަ އެހާ ގަބޫލު ކަމެއް ނޫނޯ… އެކަމަކު އެއްބަސްވީ ފަހުން އާލިޔާ ހަދާހިތުން ހުރީތީ.”

ވާހަކައިގައި ތިބެ ހަތަރު މީހުން ކައިނިންމާލި އެވެ. މުޒައްފަރުއާއި އަބްޔާން އައިސް ފެންޑާގެ ސޯފާގައި އިށީނެވެ. ޒައީމާ އޭރު އެތާކު ނެތެވެ.

ބަދިގޭ ކަންތަކުން ނިމިގެން ސާރާއާއި ޖަންނަތު ވެސް އައިސް އެތާ އިށީނެވެ. އިރުކޮޅަކުން ސާރާއާއި މުޒައްފަރު ނިކުތީ ގޯތިތެރޭ ހުރި ޖޯއްޔަށެވެ. ޖަންނަތުއާއި އަބްޔާން އެކަނި ވުމުން އަބްޔާން ގަޑި ބަލައިލި އެވެ. އޭރު ދިހަގަޑި ބައިވާން އުޅެނީ އެވެ. ސޯފާ ކައިރީ އަބްޔާން ބަހައްޓާފައި ހުރި ބޮޑު ކޮތަޅު އަބްޔާން ދަމާލި އެވެ. އަދި އެނަގާ ޖަންނަތު އަތައް ދިނެވެ.

“މިޔޯ؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ.

“ތީ ޖަންނައަށް…އާޔަތު ސެލެކްޓް ކުރީމަ އަބީ ގަތީ.”

“ކޯޗެއް؟” ޖަންނަތު ކޮތަޅަށް އަތް ކޮއްޕާލި އެވެ.

“ހެދުން.”

“ހެދުމޭ؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ. “ހާދަ ބައިވަރެއް؟…”

“އާން… އަހަރެން ވަރަށް ފޫހިވޭ ޖަންނަ ދުވާލު ގަޑީގަ ލައިގެން އުޅޭ ހެދުންތައް ދެކެ. ވަރަށް ހަޑި.” އަބްޔާން އެހެން ބުނުމުން ޖަންނަތު އަބްޔާންއަށް ބަލަން އިނެވެ.

“އަބީ… މަށަށް ފަސޭހަޔޭ ދެމޭފޮތީގެ ހެދުން.”

“އައި ނޯ ޖަންނާ …. އެކަމަކު ދެން މީގެ ފަހުން އެ ހެދުންތައް ނުލާތި. އޭގެން ހެދުމެއް ލައިގެން ހުއްޓާ ފެނިއްޖެއްޔާ ހަމަ އިރާލާނަން.” އަބްޔާން ސަމާސާ ރާގަކަށް ބުނެލި އެވެ. ޖަންނަތު އަބްޔާންއަށް ބަލައިލަމުން ފުންނޭވާއެއް ބޭރުކޮށްލި އެވެ.

“ދެން އަބީ ވެސް ދޯ.” ޖަންނަތު އެ ކޮތަޅުން ޓީ-ޝާރޓެއް ނަގާ ބަލައިލަމުން ބުނެލި އެވެ.

“ދެން އަހަރެން ވެސް ދަނީ…”  އަބްޔާން ސޯފާއިން ތެދުވަމުން ބުނެލި އެވެ. “މާދަމާ އޮފީހުން ދިމާވާނެނު.”

“އާން،” ޖަންނަތުވެސް ތެދުވަމުން ބުނެލި އެވެ. “ގުޑް ނައިޓް އިނގޭ.”

“ބާއި.” އަބްޔާން ހިނިތުން ވެލަމުން ބުނެލި އެވެ. އަދި ނިކުމެގެން ހިގައްޖެ އެވެ. ބޭރަށް ނިކުތް އިރު ޖޯލީގައި ތިބި ސާރާއާއި މުޒައްފަރުއަށް ވެސް ރޭގަނޑުގެ ސަލާމް ބުނެލާފައި ނިކުމެގެން ހިގައްޖެ އެވެ.

އާދުވަހަކަށް އިރު އަރައިފި އެވެ. މިހާރު ޖަންނަތުއަށް ކުރިން ތެދުވެގެން މާ ގިނަ ކަމެއް ކުރާކަށް ނުޖެހެ އެވެ. ޖަންނައަށް ޖެހޭހާވެސް ކަމަކީ މަގުމަތި ކުނި ކެހުމެވެ. ކުނި ކަހާފައި އަންނަ އިރު ސާރާއާއި ޒައީމާއާއި ދެމީހުން ވެގެން ބަދިގޭ ހުރިހާ ކަމެއް ހުންނަނީ ނިންމާލާފަ އެވެ. އެހެން ކަމުން ޖަންނަތުއަށް ހެދުނުގެ ނާޝްތާ ކޮށްލައިގެން ވެސް ދެވޭހާ ވަގުތު އޮވެ އެވެ. ސާރާއާއި ޖަންނަތު އޮލަ ވާހަކައިގައި ކާމޭޒު ދޮށުގައި ތިއްބެވެ.

“ދެ ހަފްތާ ފަހުން ރަން ކިޔާފަ ހަމަ އެ ހަފްތާގެ ހުކުރު ވިލޭރޭ ކައިވެނި ކުރާ ވާހަކަ ޒައިދާން ބުނެފި.” ޒައީމާ ބަދިގެއަށް ވަދެފައި ސާރާއާއި ދިމާއަށް ބުނެލި އެވެ.

“އާން، ރޭގަ ޒައިދާންބޭ ބުނީ އެ ހުރިހާ ކަމެއް ޒައިދާންބެ ހަމަޖައްސައި ދޭނަމޯ. ކައިވެނީގެ ހަފްލާއެއް ވެސް ބާއްވަން ޒައިދާންބެ ބޭނުންވަނީ.”

“ހަމަ ތެދެއްތަ؟ އެކަމަކު ހާދަ ވަގުތު ކުޑަޔޭ.” ޒައީމާ ހިތްހަމަ ނުޖެހިފައި ބުނެލި އެވެ.

“މަންމާ، އަހަރެން ވެސް ބުނީމޭ ޒައިދާންބޭ ގާތު… ޒައިދާންބޭ ބުނީ އެއްވެސް ކަމަކާ ނުވިސްނާށޯ… ވެޑިން ޑްރެސް ރެޑީ ކުރާށޯ.” ސާރާ ބުންޏެވެ.

“ތިހެންވިއްޔާ މިއަދު ޝިޔާމާ ގޮވައިގެން މާލެދާންވީ ފޮތިގަނެ ހަދަން. އެހެން ނޫނީ މިކަމެއް ނުވާނެ.” ޒައީމާ އަވަސް އަރުވާލާފައި ބަދިގެއިން ނުކުމެގެން ހިގައްޖެ އެވެ.

“ރޭގަ ޒައިދާން އައީ ކޮން އިރަކު؟” ޖަންނަތު އަހާލި އެވެ.

“އަބީ ދިޔަ ފަހުން ޒައިދާންބެ އައީ… ޖަންނަ އޭރު ކޮޓަރިއަށް ވަދެއްޖެ… ޒައިދާންބެ އަބަދުވެސް ފިހާރަ ލައްޕާފަ ވަދެލާފަ ދާނީ….”

“އޯހް އެހެންދޯ.” ޖަންނަތު ވިސްނާލަމުން ބުނެލި އެވެ.

އަބްޔާން ގެސްޓް ހައުސްއަށް ވަދެ ކެބިންއަށް އައި އިރު މާޒިދު މޭޒުކައިރީ އިނެވެ. އަބްޔާން މާޒިދުއަށް ހިނިތުން ވެލަމުން ވަން އިރު ޖަންނަތުގެ މޭޒުމަތީ އޮތް ރީނދޫ ކުލައިގެ ފިނިފެންމާ އަބްޔާންއަށް ފެނުނެވެ. އަބްޔާން ފިނިފެން މަލަށް ބަލައިލާފައި މާޒިދުއަށް ބަލައިލާފައި ގޮސް އަމިއްލަ މޭޒުކައިރީ އިށީނެވެ. އިރުކޮޅަކުން ޖަންނަތު އައިސް ވަނެވެ. އަބްޔާން އިނީ ޖަންނަތު އައިސް ހަދާ ގޮތެއް ބަލާށެވެ.

ޖަންނަތު އައިސް ރީނދޫ ކުލައިގެ ފިނިފެންމާ ނަގާ ވަސް ބަލައިލި އެވެ. އަދި މާދިޒުއަށް ހިނިތުން ވެލާފައި މާ ނަގާ މޭޒުމަތީ އިން ފުޅިއަށް ޖަހާލި އެވެ. އޭރު އެފުޅީގައި ހިކިފައި ހުރި މާވެސް ހުއްޓެވެ. އަބްޔާން ހައިރާން ވެފައި ލޯކުޑަކޮށްލަމުން ޖަންނަތުގެ ހަރަކާތްތަކަށް ބަލަން އިނެވެ.

ޖަންނަ މަލަށް ލޯބި ޖެހުނީ ކޮން އިރަކުބާއޭ އަބްޔާން ހިތައް އެރި އެވެ. ތަންކޮޅެއް ކުޑައިރު ޖަންނަތުގެ އުފަން ދުވަހަކު އަހްޔާންއާއި އަބްޔާންއާއި ދެބެން ވެގެން މާލެގޮސް ބޮޑު މާބޮނޑިއެއް ހަދައިގެން އައިސް ދިނުމުން ޖަންނަތު ރުޅި އައެވެ. އެދުވަހު ބުނި ޖުމްލަ އަދިވެސް އަބްޔާން ހިތުގައި ހަރުލާފައި އެބަ އޮތެވެ.

“އަހަރެން ވަރަށް ފޫހިވޭ ގިފްޓަށް މާދޭތީ… މި މޯޅިވެގެން ހިގައިދާނެ… ފަހުން ފެންނާކަށް ނޯންނާނެ. އެކަކުވެސް ގިފްޓަށް މަށަށް މަލެއް ނުދޭތި. އަހަރެން ހަމަ ފައިން އަރާ ޗަސްކޮށްލާނަން.” އެއީ ޖަންނަތު އޭރު ބުނެފައިވާ އެއްޗެކެވެ.

“އަނެއްކާ ޖަންނަގެ ހިތުގައި މާޒިދުއަށް ޖާގައެއް އޮތީބާ؟ އަނެއްކާ އާޒަތު ބުނި ގޮތައް ކަންތައް ވަނީބާ؟ މަށަށް ޖަންނަ ގެއްލެނީބާ؟ ނޫނޭ.. ޖަންނަ އަހަރެންދެކެ ލޯބިވާކަން ޔަގީން. މަށަށް ހަމަ ޔަގީން. ދެން މާޒިދު ދޭ މާ ޖަންނައަށް މި ކަމުދަނީޔޯ؟…. ހޫމް… މި އަންހެން ކުދިން ދެނެގަންނާކަށް ހަމަ އެއްގޮތަކަށް ވެސް ނޭގޭނެ. ތެދެއް މިބުނީ ހަމަ އަރަތެއް ކަހަލަ ބައެއްމީ.” އަބްޔާން ހިޔާލަކަށް ގެއްލިފައި އިންދާ ޒައިދާން އައިސް ވަނުމުން ޖަންނަތުއާއި މާޒިދު ތެދުވި އެވެ. ޖަންނަތުއާއި ދިމާއަށް ބަލަން އިން އަބްޔާންއަށް ހިލަމެއްވީ ޖަންނަތު ތެދުވުމުންނެވެ. އަބްޔާން ވެސް މަޑުމަޑުން ތެދުވި އެވެ.

“އަބީ، އައިސްބަލަ.” ޒައިދާން ކޮޓަރިއަށް ވަންނަމުން އަބްޔާން ގާތު ބުނެލި އެވެ.

“އަބީ، މި ވީކް ވަރަށް ބިޒީ ވާނެ އިނގޭ… ގިނަ ވަގުތު އޮފީހުގަ އުޅެދީފިއްޔާ ވަރަށް ރަގަޅު.”

“ލައްބަ، މި ވީކް ނިމުނީމަ އެބަ ފެކްޓރީއަށް ދާން ޖެހޭ. ބައްޕަ އެ ގެންގުޅުއްވާ އެކައުންޓަންޓްގެ މައްސަލައެއް އުޅޭހެން އަޅުގަނޑަށް ހީވަނީ.”

“އާން، އަބީ، އަހަރެން މިހާރު ނަސީރުބޭ ގާތު ތިވާހަކަ ދަންނަވާތާ ކިތަންމެ ދުވަހެއް.” ޒައިދާން ބުނެލި އެވެ.

ދެން މަސައްކަތާއި ބެހޭ ވާހަކަ ޒައިދާން އަބްޔާން ގާތު ދެއްކި އެވެ. އެދުވަހު އެންމެން ވެސް އުޅުނީ ވަރަށް އަވަދި ނެތިއެވެ. އަދި ރިނޮވޭޝަންއަށް ގެސްޓް ހައުސް ބަންދުކުރާ ވާހަކަވެސް ޒައިދާން ވަނީ ދައްކާފަ އެވެ. އެހެން ކަމުން އެހާތަނަށް ހުރިހާ މަސައްކަތެއް ނިންމަން ޖެހެ އެވެ.

 

އެރޭ ވެސް މަސައްކަތް ގިނަ ކަމުން ޒައިދާން ޔަޒަން ގެނެސް ޒައީމާ ގާތު ބެހެއްޓި އެވެ. ޖަންނަތުވެސް އޮފީހުގައި ރޭގަނޑު ދިހައެއް ޖަހަންދެން އުޅުނެވެ. އަބްޔާންއަށް ގެޔައް ދެވުނީ އެކެއް ޖަހާ ބޮޑުވި ފަހުންނެވެ.

ޖެހިގެން އައި ދުވަހު އަބްޔާން މާލެ ދިޔައީ ޒައިދާން ފޮނުވައިގެނެވެ. އެއީވެސް އޮފީހުގައި ވަރަށް މަސައްކަތް އޮތް ދުވަހެކެވެ. އެދުވަހު ވެސް ޖަންނަތުއަށް ގެއަށް ދެވުނީ ވަރަށް ލަހުންނެވެ. މުޅި ހަފްތާ ދިޔައީ އެކަހަލަ ގޮތަކަށެވެ.

ޒައިދާން ކުރިންވެސް ހަމަ ޖައްސާފައި އޮތްގޮތަށް ހުރިހާ ކަމެއް ހަފްތާ ނިމުން އިރަށް ނިމިއްޖެ އެވެ. އެހެން ކަމުން އެ ގެސްޓް ހައުސް، މަރާމާތައް ބަންދުކުރުމަށް ޒައިދާން ނިންމި އެވެ. ތިން ހަފްތާގެ ޗުއްޓީއެއް ލިބުމުން ހުރިހާ މުއައްޒަފުން ވެސް ތިބީ ވަރަށް އުފާވެފަ އެވެ.

އަނެއްކޮޅުން ސާރާގެ ކައިވެންޏަށް ހެދުން ފެހުމުގެ ކަންތަކުގައި ޒައީމާއާއި ސާރާ އުޅެ އެވެ. ޒައީމާގެ އެދުމުގެ މަތިން ޖަންނަތު މެންގޭ ކޮޓަރިތައް ވެސް ފޮޅާ ސާފުކުރީ ސާރާގެ ބައްޕަގެ އާއިލާ ކައިވެންޏަށް އެރަށަށް އަންނަ ވާހަކަ ބުނެފައި އޮތުމުންނެވެ. އޮފީހަށް ދާން ނުޖެހޭތީ މުޅި ދުވަސްތައް ޒައީމާމެނަށް އެހީވުމުގައި ޖަންނަތު އުޅެ އެވެ.

ޒައިދާން ގެސްޓް ހައުސް މަރާމާތް ކުރުމުގެ ކަންތައް ކުރިއަށް ގެންދަމުން ސާރާގެ ކައިވެނީގެ ކަންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ކޭޓަރިން ކުރުމަށް ޒައިދާން ބަޔަކާ ހަވާލުކުރި އެވެ. އެހެން ކަމުން ޒައީމާ މެން ތިބީ ވަރަށް ހިތްހަމަ ޖެހިފަ އެވެ.

ދެތިން ދުވަސް ފަހުން އެގެއަށް މެހެމާނުން އައެވެ. ސާރާގެ ބައްޕަގެ އާއިލާ އާއި އެކު ވަރަށް ގިނަ މީހުން އައެވެ. ގިނައީ އެއްވަރެއްގެ ކުޑަކުދިންނެވެ. އެންމެން ނިދުމަށް ހަމަޖެއްސީ ޖަންނަތުމެންގެ ގެ އެވެ.

ޒީނަތުވެސް އެގެއަށް އައިސް ކަންތައް ތަކުގައި އުޅެ އެވެ. ނޫރުއާއި މޫސަ ވެސް މުޒައްފަރުއަށް އެކި ކަންތައް ތަކުގައި އެހީވާން އައިސްގޮސް އުޅެ އެވެ. އަބްޔާން ބައްޕަގެ ފެކްޓަރީ މަސައްކަތްތައް ނިންމުމަށް އަބްޔާން ވެސް އަވަދި ނެތި އުޅެ އެވެ. ތިން ދުވަހު ރަށުން ބޭރުގައި އަބްޔާން އުޅެން ޖެހުނެވެ.

 

ޖަންނަތު މޫސަ ފިހާރައިން ނިކުތީ ވަރަށް ބައިވަރު ތަކެތި ހިފައިގެނެވެ. މެންދުރަށް ކައްކަން ޖެހޭ ސާމާނު ގަނެގެނެވެ. ކުއްލިއަކަށް ސައިކަލުގައި އައި މީހަކު ޖަންނަތު އަތުގައި އޮތް ބަރު ކޮތަޅުގައި ހިފި އެވެ. ޖަންނަތު ސިހިފައި ބަލައިލި އިރު އަބްޔާން ކޮތަޅު ސައިކަލު ވަށިގަނޑަށް ލަނީ އެވެ.

“ތި ކޮތަޅުވެސް ދީބަލަ.” އަބްޔާން ޖަންނަތު އަތުގައި އޮތް އަނެއް ކޮތަޅުވެސް އަތުލި އެވެ. “ހާދަ ބައިވަރު އެއްޗިއްސެއް ގަނެގެން ތި ދަނީ؟ މީ ކޮންކަމެއް؟”

“ތިވަރަށް ގޭގަ މިހާރު މީހުން އެބައޮތޭ.” ޖަންނަތު ބުނެލި އެވެ.

“ދެން އަރަންވީނު ސައިކަލަށް… އޭރުންނެއްނު ދެވޭނީ.” އަބްޔާން އަޅައިގެން އިން އަވިއައިނު ދަށުން ޖަންނަތުއަށް ބަލައިލަމުން ބުނެލި އެވެ. ޖަންނަތު ސައިކަލު ފަހަތައް އެރުމުން އަބްޔާން ދުއްވާލި އެވެ. ދާންވީ މަގުނޫން އެހެން މަގެއް އަބްޔާން އެޅުމުން ޖަންނަތު ތެޅިގަތެވެ.

“އަބީ، ކޮންތާކަށް ތިދަނީ؟” އަބްޔާން ހިނިތުން ވެލި އެވެ. “އަބީ، ޕްލީސް… ކޮންތާކަށް ތި ދަނީ؟”

އަބްޔާން އަނގައިން ނުބުނެ ގޮސް ވަލުމަގުން އެޅި އެވެ. ޖަންނަތު ގާތަށް ރުޅިއަންނަގޮތް ވިއެވެ.

“އަބީ، ސަކަރާތް ނުޖަހާ… އަހަރެން ގެއަށް ގެންދޭ… ސާރާ މިހާރު ހުންނާނެ ލަސްވެފަ. އަސްލުވެސް މިބުނީ.” ޖަންނަތު ތަންކޮޅެއް އަޑަށް ބާރު ލާފައި ބުނުމުން އަބްޔާން ސައިކަލު ހުއްޓި އެވެ. އޭރު އެމަގުގެ ދެކޮޅުން ވެސް މީހަކު ފެންނާކަށް ނެތެވެ. ޖަންނަތު ސައިކަލުން ފޭބި އެވެ.

“ދެން ކިހާ ދުވަހެއް ވެއްޖެ ޖަންނަ އަހަންނަށް ވަގުތެއް ނުދޭތާ… އަހަރެން ބުނާތާކަށް ގޮއްސަ މިއަދު ޖަންނައަށް ގެއަށް ދެވޭނީ.” އަބްޔާން ބުނެލި އެވެ.

“އަބީ، އަބީ ބުނާތާކަށް އަހަންނަކަށް ނުދެވޭނެ.” ޖަންނަތު ބުނެލި އެވެ.

“ކީއްވެ؟ މަށަށް އިތުބާރު ނުކުރަނީތަ؟”

“ނޫނޭ، އަހަރެން އަބީއަށް ވަރަށް އިތުބާރު ކުރަން.”

“ދެން ކީއްވެތަ؟ އެހާ ގިނައިރެއް ނުވާނެޔޭ.”

“އަބީ މިއަދަކު ނޫން. ޕްލީސް… ސާރާ ހުންނާނީ ނުކެއްކިފަ އަހަރެން ނުގޮސްގެން. އަބީއަށް ވަގުތު ދޭން އަހަރެންވެސް ބޭނުމޭ. އެކަމަކު މިއަދަކު ނޫން. ގޭގަ ސާރާގެ ބައްޕަގެ ފެމިލީ އައިސް އުޅެނީ… ވަރަށްވެސް މީހުން ގިނަ.”

“ތިހެން ވިއްޔާ އަހަރެން ބުނާ ތާކަށް ދާނީ ކޮން އިރަކުން؟” އަބްޔާން އަވިއައިނު ނަގާ ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ބުމަ އަރުވާލި އެވެ.

“ސާރާގެ ވެޑިން ނިމިގެން.” ކުޑަކޮން ވިސްނާލާފއި ޖަންނަތު ބުނެލި އެވެ.

“އޯކޭ… ޕްރޮމިސް؟” އަބްޔާން ކުޑަމާ އިނގިލި ދިއްކޮށްލި އެވެ.

“ޕްރޮމިސް.” ޖަންނަތު ވެސް ޖަންނަތުގެ ކުޑަމާއިގިލި އަބްޔާންގެ ކުޑަމާ އިނގިލީގައި އަޅުވާލި އެވެ. އަދި ސައިކަލު ފަހަތައް އެރި އެވެ.

ޖަންނަތުއާއި އަބްޔާން ގޭދޮށަށް ދިޔައިރު ސާރާ ހުރީ ދޮރުކައިރިއަށް ނުކުމެ އެވެ. ޖަންނަތު ލަސް ވެގެންނެވެ.

“ޖަންނާ… ހާދަ ލަހުންނޭ ތިއައީ.” ސާރާ ޝަކުވާ ކުރިއެވެ.

“އެއީ އަބީގެ ކަންތައް.” ޖަންނަތު އަބްޔާންއަށް ލޯ އަޅާލަމުން ބުނެލި އެވެ. ސާރާ ގާތަށް ހިނިއައީ އަބްޔާން މޫނަށް ހަދާލި ގޮތުންނެވެ.

 

ސާރާ ރަން ކިޔަން އޮތް ރޭ ހިސާބު ގަނޑު މީހުން އެގެއަށް އައީ ޒައީމާ ބުނެގެން ހެދިކާ ހަދާދޭށެވެ. އަންހެން ވެރިން އެއްތާކު ތިބެގެން މަސައްކަތް ކުރަމުން ދިޔައިރު އެކި ވާހަކަ ދައްކަމުން ދިޔަ އެވެ.

“މިހާރު އުޅޭ ކުދިން ރައްޓެހި ވެގެން އުޅުނަސް ނޭގޭނެ… ބުނާނީ ރަހުމަތް ތެރިކަމޭ… އެކަމަކު ދެން ފެންނާނީ ކައިވެނި ކުރާތަން.” ސިޔާމާ އިނދެފައި ބުނެލި އެވެ.

“އާން، ތިބުނީ ތެދެއް… މީދީ ވެސް ތީގެ މިސާލެއް.” ފިރުޝާ ޖަންނަތުއަށް ބަލައިލަމުން މަލާމާތުގެ ރާގަކަށް ބުނެލި އެވެ. ޖަންނަތު ހާސްވެފައި އެންމެނަށް ބަލައިލި އެވެ.

“އުންހޫ… ޖަންނަގެ ވާހަކަ ނުދައްކާ.. އަބީއާ ޖަންނައާ އެއީ މާ ކުރިންވެސް އެކުވެރިން. މަށަކަށް ހިޔެއްނުވޭ އެދެމީހުން ދޭތެރޭ ތިކަހަލަ ކަމެއް އޮންނާނެ ހެނެއް. ދޯ ޖަންނާ.” ލާމިޔާ ބުނެލި އެވެ. ޖަންނަންތު މަޑު ހިނިތުން ވުމެއް ދެމުން އިސްޖަހާލި އެވެ. އެ ފެށި މަޢުލޫއިން ޖަންނަތު އިނީ ލަދުގަންނަގޮތް ވެފަ އެވެ.

“ކޮންތާކު…. އެދެމީހުން ރައްޓެހި ނުވިޔަސް އެންމެނަށް ވެސް އިނގޭ އެދެމީހުން ދޭތެރޭ ރަހުމަތް ތެރިކަމަށް ވުރެން ވަރުގަދަ ގުޅުމެއް އޮންނަކަން. ކާކަށް ނޭގޭނީ؟ މިހާރަކަށް އައިސް އަދި ޖަންނައާ އެކު އަބީ މާގިނައިން އުޅޭ. އަބީއަށް ބޮޑު ބަދަލެއް ވެސް އައިސްފި. މި ހުރިހާ ކަމެއް އެންމެނަށް އިނގިހުރެ އެވާހަކަ ނުދައްކަން ހަމަ ތިބެނީ.” ފިރުޝާގެ ރާގު ހުރިގޮތުން ފިރުޝަ އިނީ ހިތްހަމަ ނުޖެހިފައިކަން އިނގުނެވެ.

“ހޫން ހޫން، ދެން ތި ދައްކަނީ ކޮން ވާހަކައެއްތަ؟” ޒައީމާ އެތަނަށް އައިސް އަވަހަށް މަޢުލޫ ބަދަލުކޮށްލި އެވެ. “އެކަކަށްވެސް އިނގޭތަ މިއުޅޭ ނޫރު ރައްޓެހިވެގެން އުޅޭ ކުއްޖާ؟”

އެންމެން ހައިރާން ވެފައި ޒައީމާއަށް ބަލައިލި އެވެ. ޖަންނަތުއަށް ވެސް ބަލައިލެ ވުނެވެ. ނޫރު ކުއްޖަކާ ރައްޓެހިވެގެން އުޅޭ ކަމެއް އެކަކަށް ވެސް އަދި އިނގިފައެއް ނެތެވެ.

“ކާކާތަ ނޫރު ރައްޓެހި ވެގެން އުޅެނީ؟” ފިރުޝާ އަހާލި އެވެ.

“މަށަކަށް ވެސް ނޭގެޔޭ…. އެހެންވެނު މި އަހަނީ ތިކުދިން ގާތު.” ޒައީމާ ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލި އެވެ. ޒައީމާ އެ މަޢޫލޫ ނެގީ ގަސްތުގައި ޖަންނަތު ސަލާމަތް ކޮށްދޭންކަން އިނގުމުންނެވެ.

“އަހަރުމެނަކަށް ވެސް ނޭގޭ.” ލާމިޔާ ބުނެލިއެވެ.

“މަށަށް ހީވަނީ ދެކުނު އަވަށު ކުއްޖަކާހެން… ރޭގަނޑު އެދިމާލުން އަންނަތަން ފެނޭ.” ހައިފާ ބުނެލި އެވެ.

އެންމެން އަނެއްކާވެސް އެހެން މީހުންގެ ވާހަކަ ދައްކަން ފެށި އެވެ. ހަވީރު ވެގެން އައިއިރު ޒިޔާދާ އައިސް ގެއަށް ވަންތަން ފެނުނެވެ. ޒައީމާ އައިސް ޒިއާދާ ގައިގައި ބައްދާލި އެވެ. ވާފިރު ވެސް އެވަގުތު އެތާ ހުރުމުން ވާފިރު ވެސް އައިސް ޒިޔާދާ ކައިރީ ހުއްތިލަމުން ޒިޔާދާ ބޮލުގައި ފިރުމާލި އެވެ. ވާފިރުއަށް ޒިޔާދާ އެފެނުނީ އެތައް ދުވަހެއް ފަހުންނެވެ.

ވާފިރުގެ ހަގު އަނބި ވަފާ އެއް ގޮތަކަށްވެސް ޒައީމާމެން ގެއަށް އައިހެއް ނޫޅެ އެވެ. ވާފިރު ބުނާ ގޮތުން ވަފާ އަބަދު ހޮޑު ލަވާތީ އޮށޯވެ އޮންނަން ބޭނުން ވަނީ އެވެ. ވަފާގެ ކުދިން އައިސް ޒައީމާ މެންގޭގައި އުޅެ އެވެ. އެކުދިންނަށް އެކި ފަހަރު އެކި މީހުން ކާން ދެއެވެ. އަބަދުވެސް ހުރިހާ ކުދިން އެއްކޮށްގެން ކޮންމެވެސް މީހަކު އިނދެ އެވެ. މިވަގުތު އެކަމުގައި އިނީ ސާރާ އެވެ. އެކުދިންނާ އެކު އެންމެ މަޖާވެފައި ކުޅެން އިނީ ޔަޒަން އެވެ. ޔަޒަންއަށް އާ އެކުވެރިން ތަކެއް ލިބިގެން އުޅެނީ ވަރަށް އުފަލުންނެވެ.

 

ރަން ކިއުމުގެ ހަފުލާ ފެށިގެން ހިގައްޖެ އެވެ. މޭޒު ކައިރީ ސާރާއާއި މުޒައްފަރުގެ އިތުރުން އަލިމަނިކުއާއި ވާފިރު އަދި މޫސަ އާއި އަބްޔާން އިށީދެގެން ތިއްބެވެ. ޒައިދާން ވެސް އެވަގުތު އައެވެ. އެންމެން ވެސް ތިބީ ކެތް މަދުވެފަ އެވެ. ޖަންނަތުއާއި ޒީނަތު ވެސް އައިސް ތަންކޮޅެއް ބިއްދޮށުގައި މަޑުކޮށްލި އެވެ.

ރަން ކިއުމުގެ ހަފްލާ ނިމިގެން ދިޔައީ ވަރަށް އަވަހަށެވެ. ސާރާ ނިކަން ހިނިތުން ވެލައިގެން އައިސް ޖަންނަތު ގައިގައި އޮޅުލައި ގަތެވެ. ލިބުނު އުފަލަކުންނެވެ.

“ސާރާ… އަދި ކައިވެނިރޭ ހާދަ ވަރެއް ހުންނާނެޔޭ ދޯ.” ޖަންނަތު ބުނެލި އެވެ. ސާރާއަށް ޓަކައި ޖަންނަތު ވެސް ހުރީ ވަރަށް އުފާ ވެފަ އެވެ.

ސާރާގެ ކައިވެނީގައި ގޭމީހުން ކުރަން ޖެހޭ ކަމަކީ ކައިވެނިކުރަން ހަމަޖެހިފައިވާ ސްކޫލްގެ ގޯތިތެރެ ތައްޔާރު ކުރުމެވެ. އެގޮތުން ޒައިދާން ވަނީ ބޭރުން ބޮކިފަތި ގެނެސްފަ އެވެ. އަދި ޓެންޓް ތަކެއް ވެސް ޒައިދާން ވަނީ ކުއްޔައް ގެނެސްފަ އެވެ.

އެދުވަސް ވެސް އައިސް ޖެހިއްޖެ އެވެ. މުޒައްފަރުގެ ހުރިހާ ރައްޓެހިންނާއި ޒައިދާންގެ ވެސް ބައެއް ގާތް މީހުނާ އިސްކޫލުގެ ގޯތި ތެރެ ތައްޔާރު ކުރަން ދިޔައީ އެދުވަހު މެންދުރުވާން އުޅެނިކޮންނެވެ. ޖަންނަތު ޒައީމާއާއި އެކު އެތަނަށް ދިޔައީ އެންމެނަށް ކެއުން ހިފައިގެން މެންދުރު އެވެ. އޭރު ކުނިކަހަން އައިސް އުޅޭ ބައެއް އަންހެން ކުދިން އެތާ އުޅެ އެވެ. ޒައިދާން އެތަނަށް ގެނައި ސައުންޑު ސިސްޓަމް ޓެސްޓު ކުރަމުން ދިޔައީ ނޫރު އެވެ. އިރުކޮޅަކާ ޗެކް ޗެކް ކިޔާ އަޑު އިވެ އެވެ.

ޖަންނަތު އައިސް އެތާހުރި މޭޒުމަތީ ކެއުން އަތުރަމުން ދިޔަ އެވެ. އޭރު ޓެންޓުތައް ރާވަމުން ދިޔަތާ ހުރި އަބްޔާންގެ ލޮލުގައި ޖަންނަތު އަޅައި ގަތެވެ. ދުރުގައި ހުންނަ ހިތެއް ނުވި އެވެ. އައިސް ކައިރީ މަޑުކޮށްލި އެވެ.

“ޖަންނާ،” އަބްޔާން އައިސް ކައިރއަށް ހުއްޓިލަމުން ގޮވާލި އެވެ. ޖަންނަތު ބަލައިލި އެވެ. “ހަދާން އެބަހުރިތަ؟ މަށަށް ޕްރޮމިސް ކޮށްފަނު ތިހިރީ.”

“އާން އަބީ، ހަދާން އެބަހުރި. އަދި ވެޑިން ނުނިމޭނު.” ޖަންނަތު ރަކި ހިނިތުން ވެލުމެއް ދެމުން ބުނެލި އެވެ. އަބްޔާން ވެސް ހިނިތުން ވެލި އެވެ.

“އަބީ، އަބީ…” އެވަގުތު މައިކުން ގޮވަން ފެށި އެވެ. “އަބީ ބޭނުން ވެއްޖެ.” އެއީ ނޫރުގެ އަޑެވެ. އަބްޔާން އަވަހަށް ދުއްވައިގަތީ ސައުންޑް ސިސްޓަމް ވައްދާފައިވާ ކްލާސް ރޫމަށެވެ.

“ކިހިނެއްވީ؟” އަބްޔާން ވަދެފައި އަހާލި އެވެ.

“މީދަފެންނަ މިއުޒިކް ޖަހާ އެއްޗާ ކުޅެ ބަލަ. އަހަރުން އުޅެ އުޅެ ކަމެއް ނުވި.” ނޫރު ބުންޏެވެ. އޭރު އެތާ މުޒައްފަރު އާއި މޫސަ ވެސް ހުއްޓެވެ. އަބްޔާން އެބުނާ އެއްޗަކާއި ކުޅެލި ތަނުން އޭގެން މިއުޒިކް ޖެހެން ފެށި އެވެ.

“އަބީ، ކަލޭ އަތުގަ ހަމަ ޖާދޫއެއް ވަނީ… އެހެރީނު. ހަމަ އަތްލާ އިރަށް ރަގަޅު ވެއްޖެނު.” ނޫރު ބުނެލި އެވެ. އަދި ނޫރު ގެންގުޅޭ ހާރޑް އެއާއި ގުޅާލި އެވެ. އަދި ރަގަޅު ލަވައެއް ހޯދަން ފެށި އެވެ.

މޫސައާއި މުޒައްފަރުއާއި އެކު އަބްޔާން ވެސް މަޑުކޮށްލައިގެން ހުރީ އަމިއްލަ ވާހަކައެއްގަ އެވެ.

“އާން، މީ ރަގަޅު ލަވައެއް.” ނޫރު ބުނި އަޑު އިވުނެވެ. އަދި މައިކު އަތަށް ހެޔޮވަރު ކޮށްލަމުން ކުޑަ އިއްބެގެ ލަވައެއް ޖަހާލި އެވެ.

“ވާލޯބިންނޭ ދީވާނާ ވަނީ

ގާތުގާ ވާށޭ ބޭނުންވަނީ

ޔާރާ ތިޔަ ލޯތްބަށް އެދިއެދި ވީމޭ

ދީފިން މަގޭހިތް އެކީ ތިހިތުގެ ލޯތްބަކީ

ވާލޯބިންނޭ ދީވާނާ ވަނީ”

އެ ލަވަ އިވެމުން ދާން ފެށި އެވެ. އެވަގުތު ނޫރު ވާހަކަ ދައްކަން ފެށި އެވެ. “އާދެ މި ލަވަ އަކީ އަބީގެ ފަރާތުން ޖަންނައަށް ހާއްސަ ކޮށްލާ ލަވައެއް.” ނޫރު އެހެން ބުނުމާއި އެކު އަބްޔާން މައިކު އަތުލި އެވެ. އަދި ލަވަވެސް ނިވާލި އެވެ.

“ނޫރު ކިހާ ބޮޑު ކަމެއް.” ނޫރުގެ ބޮލުގައި ޖަހާލަމުން އަބްޔާން ބުނެލި އެވެ. ނޫރު ހިނިއައިސް ފައި ބަލަހައްޓައިގެން އިނެވެ. އަބްޔާން ހިތްހަމަ ނުޖެހިގެން އެ ކުލާސް ރޫމުން ނިކުތެވެ. އަބްޔާން ފަހަތުން މުޒައްފަރުވެސް ނުކުތެވެ. އޭރު ބޭރުގައި ތިބި އެންމެން ތިބީ އަބްޔާން މެނާ ދިމާލަށް ބަލަހައްޓައިގެނެވެ. ޖަންނަތު ވެސް ހުރީ އެމީހުނާއި ދިމާލަށް ބަލާށެވެ. ޖަންނަތު ހުރީ ލަދުން ހަލާކުވާވަރު ވެފަ އެވެ. އަބްޔާންއަށް ވެސް އެންމެން ބަލަން ތިބި ތަން ފެނުމުން ލަދުން ބޮލުގައި އަތް ހާކާލާފައި އަނެއްކާވެސް ކުލާސް ރޫމަށް ވަނެވެ.

ބޭރުގައި ތިބި އަންހެން ވެރިން ޖަންނަތުއާއި ދިމާކުރަން ފެށި އެވެ. ޖަންނަތު ލަދުން އެތަނުން ދުރަށް ދިޔަ އެވެ.

“ނޫރު، ކަލޭ އިނގޭ… ވަރަށް ސަކަރާތް.” އަބްޔާން އެތެރެއަށް ވަދެފައި ބުނެލި އެވެ.

“މަ އަސްލު ކިހާ ރަގަޅު. ކަލެއަށް ނުވެގެން އުޅޭ ކަމެއް ވިއްޔަ މި ކޮށްދިނީ.” ނޫރު ބުނެލި އެވެ.

“ޖަންނަ އެހެރީ ލަދުންނޭ… އޭނަ ފެނިފަ އަހަންނަށް ނުކުންނަށް ނުކެރިގެން މިވަނީ.”

“އޭން، ޖަންނަ އެބަހުރިތަ؟” ނޫރު އަށް ޖަންނަތު އެތާ ހުރިކަން ކުރިން ނޭގެ އެވެ. ނޫރު އަވަހަށް މައިކު އޮން ކޮށްލި އެވެ. “ޖަންނާ، ސޮރީ އިނގޭ… އެއީ މަޖާކޮށްލީ.” ނޫރު ބުނެލި އެވެ. އަބްޔާން އަނެއްކާވެސް ނޫރުގެ ބޮލުގައި ޖެހި އެވެ.

“ނޫރު، މޮޔަވީތަ… ކީކޭތަ ޖަންނަ ހިތައް އަރާނީ. އަހަރެން ބުނެގެންނޭ ހުރިހާ ކަމެއް ތި ކުރަނީ.” އަބްޔާން ގާތަށް ރުޅި އައެވެ.

“އޯހް ސޮރީ އަބީ… ހައްތަހާވެސް އަބީއަށް ހެލްޕް ކޮށްދޭން ކަމަށް.”

“މަށަށް ހެޔޮ ހެލްޕް ނުކޮށްދިނަސް.” އަބްޔާން އައިސް އެތާތެރޭ ގޮނޑިއެއްގައި އިށީންނަމުން ބުނެލި އެވެ. އަބްޔާން އިނީ ރުޅިއައިސްފަ އެވެ.

ޖަންނަތު އެދުވަހު ދެން އެތަނަކަށް ނުދެ އެވެ. ހަވީރު ސައި ހިފައިގެން ވެސް ދާން ޖެހުނީ ޒިޔާދާއަށެވެ. ޖަންނަތު ލަދުގަތީ މާބޮޑަށެވެ.

އެރޭ ރީތިވެގެން އަބްޔާން އައިސް ގޮނދިއެއްގައި އިށީދެގެން އިނެވެ. ފައިގެ ފަލަމަސް ގަނޑުގައި ދެ އުޅަބޮށި ވިއްދާލައިގެން ބޮލުގައި ހިފަހައްޓާލައިގެން އިސް ޖަހައިގެން އަބްޔާން އިނެވެ. އަބްޔާން އަދިވެސް އިނީ މިއަދު ނޫރު ކުރި ކަމަކުން ހިތްހަމަ ނުޖެހިފަ އެވެ. ޖަންނަތު ހިތައް އަރާނީ ކީކޭބާ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ފެނު ޕަރީ (11)

Next

އަހަރެންގެ ވާހަކަ (ފަނަރަވަނަ ބައި)

Next
May 11, 2016

އަހަރެންގެ ވާހަކަ (ފަނަރަވަނަ ބައި)

Previews
May 10, 2016

ފެނު ޕަރީ (11)

22 Comments!

  1. RY says:
    May 10, 2016 at 9:26 pm

    Next part kn dhuvahakun? Avas kohlahcheyy
    Yeyy im first
    Story vrh nice

  2. ixu says:
    May 11, 2016 at 12:35 am

    Nice story

  3. kokky says:
    May 11, 2016 at 12:52 am

    Mi v salhi vahakaeii
    Alhey e dhemyhun gulheykah nuveytha adhi vx..??

  4. sim says:
    May 11, 2016 at 7:50 am

    Aasi, nxt part avahah up koh dhybala.plx plx

  5. Rish says:
    May 11, 2016 at 10:40 am

    Dhn alhe avahah dhemyhun gulheyne nama dhw

  6. Kyaan says:
    May 11, 2016 at 12:00 pm

    V foohi aslu….ehves haahsa kameh nuvey… BoDu HaaSaRu Gandeh….. Foohi vvvvvv foohi mibai….

  7. Zaanaa says:
    May 11, 2016 at 12:11 pm

    Avahah up kohdeeba next psrt

  8. R says:
    May 11, 2016 at 12:12 pm

    Nice.. Next part avahah up kohdhyba

  9. Me says:
    May 11, 2016 at 12:18 pm

    Kyhve tha me kuraa comment nujahadheny 🙁

  10. Mary says:
    May 11, 2016 at 3:04 pm

    Please koabaa vaahak

  11. ken? says:
    May 11, 2016 at 6:58 pm

    18th vana part is awesome…finally abre proposed to janna….n datsin a romantic way….wooooooww??
    but m having a feeling dat janna n abee will not get married…i dunno but somehow dat crazzy thana will come bak in their lives to get her love…v curious to knw wat ll hppn next…☺

  12. ken? says:
    May 11, 2016 at 6:59 pm

    abee*

  13. Phy says:
    May 11, 2016 at 8:08 pm

    Asluves v salhi mivaahaka…18 vana part kiyaifin..vvv reethi…bt heevanee aby ah janna nulibeynehen..story ge namun hama heevanee ehen..hehehe…eyrun v dheravaane hehe

    1. ? says:
      May 13, 2016 at 1:01 am

      Frm where u read 18th vana part???

  14. Phy says:
    May 11, 2016 at 8:10 pm

    I think janna ah merry kuran jeheynee ehen meehakaa hen

  15. xenn says:
    May 11, 2016 at 8:13 pm

    18th vana part knthaakun tha ky?….kon site ehga iny 18th vana part…knmes kuhjaku bunedhybaa

    1. ken? says:
      May 11, 2016 at 8:22 pm

      cen i dnt knw how to tell u cux wen i reply to u its not gng…n even i try like a comment to reply to u but i guess de admin is not publishing my comment….they did like dis b4 also…wen.i comment on haadhahaa vey kuraahiy samaasaa…? dnt knw y they r doing like dat

  16. ken? says:
    May 11, 2016 at 8:26 pm

    xenn i dnt knw how to reply to u cux wen i reply to ur comment they r not publishing it

  17. ken? says:
    May 11, 2016 at 8:28 pm

    this admin ppl did like this b4 also wen i comment on haadhahaa vey kuraahiy samaasaa…i mean c’mon wats wrng with y comments telling abt any other sites…???

  18. Zaanaa says:
    May 12, 2016 at 8:31 am

    Alhe 20 up kohdeeba pls pls keyaahethun keh maduvefaaaa

    1. Zaanaa says:
      May 12, 2016 at 8:34 am

      Oh sorry 19 vana part

  19. mal says:
    May 13, 2016 at 4:37 pm

    dhivehivaahaka site ga innaane 18 vana part???

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 18 ވަނަ ބައި←


All Right Reserved!