Skip to content
އެސްފިޔަ

ހިތުގެ މަގުތައް-10

Listen to this story Audio · 4:25 Powered by Esfiya Voice
0:00 4:25

ޒައިންގެ ބައްޕަ ޤާސިމްގެ ކުއްލި މެސެޖުން ޒައިން އާއި ޝައިހާގެ ހިތްތަކަށް ވެރިވީ ނޭނގޭ ހާސްކަމެކެވެ. ރޭގަނޑުގެ ކެއުމަށް ހަމަޖެހިފައި އޮތް ވަގުތު ކައިރިވަމުންދިޔަ ވަރަކަށް، ޒައިންމެންގެ ބޮޑު ގޭގެ ސިޓިންގްރޫމް ތެރޭގައި ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މޭޒުމަތީގައި ތަފާތު ވައްތަރުގެ މީރު ކާތަކެތި އަތުރާލާފައި ހުއްޓެވެ.

ޝައިހާ އޭނާގެ މަންމަ އާއި ބައްޕާއާއެކު އެގެއަށް ވަތްއިރު، އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ނަމަވެސް ޒައިން ކުރިއަށް އައިސް ހިނިތުންވުމަކާއެކު އެމީހުންނަށް މަރުހަބާ ކިއުމުން ޝައިހާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ޤާސިމް ސޯފާއިން ތެދުވެ، ޝައިހާގެ ބައްޕަ އަޙްމަދާ ސަލާމްކޮށްލަމުން ވަރަށް ގާތްކޮށް ވާހަކަދައްކަން ފެށިއެވެ.

ކެއުމުގެ ވަގުތުގައި ދެ އާއިލާގެ މެދުގައި ދެެކެވުނީ ވަރަށް އުފާވެރި، ގާތް ވާހަކަތަކެކެވެ. ޤާސިމްގެ މޫނުމަތިން ކުރިން ފެނުނު ހަރުކަށިކަމެއް މިރެއަކު ނެތެވެ. ކެއުން ނިމި، ސައިބޯން ތިބި ވަގުތު ޤާސިމް އަޙްމަދަށް ބަލައިލަމުން ވާހަކަދައްކަން ފެށިއެވެ.

“އަޙްމަދު، އަޅުގަނޑު މިރޭ ތިޔަ ބޭފުޅުންނަށް މި ދައުވަތު ދިނީ ވަރަށް ބޮޑު ކަމަކު،” ޤާސިމްގެ އަޑުގައި ސީރިއަސްކަން ހުއްޓެވެ. “ޒައިން އާއި ޝައިހާ އެކަކު އަނެކަކުދެކެ ލޯބިވާކަން އަޅުގަނޑަށް އެނގޭ. އަދި ދެކުދިންވެސް ކިޔަވާ ނިމެންދެން މަޑުކުރަން އަޅުގަނޑު ކުރިން ބުނިން. އެކަމަކު އަޅުގަނޑު ވިސްނާލިއިރު، މި ޒަމާނުގައި ކުދިންގެ ގުޅުން ހަލާލު ގޮތުގައި ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް. އަޅުގަނޑު ބޭނުންވަނީ އަންނަ މަހުގެ ތެރޭގައި ދެކުދިންގެ ރަންކިޔުން ނުވަތަ ކައިވެނީގެ ކުރިން ކުރަންޖެހޭ ރަސްމީ ކަންތައްތައް ނިންމާލަން. ކައިވެނި ކުރިޔަސް ކިޔެވުން ކުރިއަށް ގެންދެވޭނެ.”

ޤާސިމްގެ އެ ބަސްތަކުން ޒައިން އާއި ޝައިހާއަށް ލިބުނީ ބޮޑު ސިހުމަކާއި އިންތިހާ އުފާވެރިކަމެކެވެ. ޝައިހާގެ ބައްޕަވެސް ހިނިތުންވެލަމުން ޤާސިމްގެ ޚިޔާލަށް ތާއީދުކުރިއެވެ. “ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް ޤާސިމް. އަޅުގަނޑުގެވެސް އެއްވެސް އިއުތިރާޒެއް ނެތް.” ދެ އާއިލާގެ މެދުގައި ކައިވެނީގެ ފުރަތަމަ ފިޔަވަޅު އެޅިގެންދިޔައީ ހީނުކުރާހާ ފަސޭހައިންނެވެ.

ޖެހިގެން އައި ދުވަހު، ޒައިން އާއި ޝައިހާ ކޮލެޖަށް ގޮސް އެންމެންނަށް މި ޚަބަރު ދިނެވެ. ކެންޓީނުގައި ތިބި އަފްލާޒް، ޔަޝްމީ، ޔައިޝް އަދި ލިޔުޝާ އުފަލުން ހަޅޭއްލަވައިގަތެވެ.

“ޔޭސް! ތހިސ ކޮންގްރެޓްސް މޭން! އަހަރެމެންގެ ގްރޫޕުން އެންމެ ފުރަތަމަ ކައިވެނި މި ކުރަނީ ޒައިންމެން ދޯ!” ޔައިޝް ޒައިންގެ ގައިގައި ބައްދާލަމުން ބުންޏެވެ. ޔައިޝްގެ މޫނުމަތިން މިހާރު ފެންނަނީ ކުރީގެ އުފާވެރި ހިނިތުންވުމެވެ. ލިޔުޝާ އޭނާގެ އަތުގައި ހިފާލައިގެން އިނީ ވަރަށް ފަޚުރުވެރިކަމާއެކުގައެވެ.

“އަހަރެމެން ހުރިހާ ކަމެއް ތައްޔާރުކުރާނީ،” ޔަޝްމީ ޝައިހާގެ އަތުގައި ހިފާލަމުން ބުންޏެވެ. “ވެޑިންގް ޕްލޭނިންގްގެ ހުރިހާ ކަމެއް ކުރާނީ އަހަރެމެން އަންހެން ކުދިން.”

އެންމެން އުފާ ކުރަމުން ދިޔައިރު، އަފްލާޒް އިނީ ކުޑަކޮށް ވިސްނުމަކަށް ގެއްލިފައެވެ. ޔަޝްމީއަށް އެކަން ފާހަގަކުރެވިގެން ކެންޓީނުން ނުކުމެގެން ހިނގާލާފައި ދިޔަ ވަގުތު އަހައިލިއެވެ. “އަފްލާޒް، ކިހިނެއްވީ؟ ޒައިންމެންގެ ކަންތައް އެހާ ފުރިހަމައަށް ހަމަޖެހުނީމާވެސް މާ ބޮޑަށް ވިސްނަނީ؟”

އަފްލާޒް ޔަޝްމީގެ މޫނަށް ބަލައިލިއެވެ. “ޔަޝް… އަހަރެން ޒައިންމެންނަށްޓަކައި ވަރަށް އުފާވޭ. އެކަމަކު އަހަރެންގެ ހިތަށް އަރަނީ އަހަރެމެންގެ ދިރިއުޅުމާ މެދު. ޔަޝްމީގެ ބޭބެ ބުނީ ކިޔަވާ ނިމިގެންނޭ ރަސްމީކޮށް ގުޅޭނީ. އަދި ކިޔަވާ ނިމެން ދެ އަހަރު އެބައޮތް. އަހަރެން ބިރުގަނޭ އެ ދެ އަހަރުގެ ތެރޭގައި އެހެން ހުރަހެއް އަތުވެދާނެތީ. ލޯތްބަކީ ކޮންމެ ފަދަ އިމްތިހާނެއްވެސް ކުރިމަތިކުރުވާ އެއްޗެއް.”

ޔަޝްމީ އަފްލާޒްގެ އަތަށް ބާރުކޮށްލިއެވެ. “އަފްލާޒް، ޔައިޝްމެންގެ ހާދިސާއިން އަހަރެމެންނަށް ދަސްވީ ކޮންމެ ފަދަ ކަމެއް ދިމާވިޔަސް އެކަކު އަނެކަކަށް އިތުބާރު ކުރަން. އަހަރެންގެ ހިތް އަބަދުވެސް އޮންނާނީ އަފްލާޒްއާއެކު. ވަގުތު އައުމުން ބޭބެވެސް އަހަރެމެންނަށް ހުއްދަދޭނެ.”

އެދުވަހުގެ ހަވީރު، އަފްލާޒް ގެއަށް ގޮސް ކޮޓަރީގައި އިންދާ އޭނާގެ ފޯނަށް ކޯލެއް އައެވެ. ބަލައިލިއިރު އެއީ ޔަޝްމީގެ ބޭބެ ސާޖިދުގެ ނަންބަރެވެ. އަފްލާޒްގެ ހިތް ބާރަށް ތަޅިގަތެވެ. ހެނދުނު ހިތަށް އެރި ބިރުވެރިކަން ހަގީގަތަކަށް ވަނީ ބާވެއެވެ؟

“ހެލޯ، ސާޖިދުބޭ؟” އަފްލާޒް ފޯނު ނަގާ އަހައިލިއެވެ.

“އަފްލާޒް، ވަރަށް އަވަހަށް އަހަރެން ބުނާ ކެފޭއަށް އައިސްދީބަލަ. ޔަޝްމީއަށް ނޭނގޭ ގޮތަށް. ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ،” ސާޖިދުގެ އަޑުގައި ހުރި ހާސްކަމުން އަފްލާޒްގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ.

ނުނިމޭ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Shaba

    My dearest readers, I’m genuinely sorry that this part is so short. 🥹 I’ve been extremely busy lately and couldn’t give this part the time I wanted to. I know it’s shorter than usual, and I truly hope you can understand. 🤍 Even though it’s a small part, I hope you still enjoy reading it and stay excited for what’s coming next. Thank you for every read, comment and all the love you continue to give my story. Your support means more to me than I can ever explain. 🫶🏻✨

    1. Black
      Shaba

      Ofc Ty…keep it up!
      When’s next? Ly

    2. Shaba
      Shaba

      Thank youu dear 🥰
      Next part soon IA stay tuned

  2. Shaleen

    Keep it up 👍
    V reethi ingey.
    Waiting…….
    Vahakaa kiyunas, Komme part akah comment nukurevey dho.
    Ekam ves thi kuraa hihvarah v saabas ingey.

    1. Shaba
      Shaleen

      Happy to know that you enjoyed 🥰
      Awww vrh ufaavehje shaleen sis ge comment eh fenunyma Yea it’s ok konme part akah comment nukuriyas kiyaalaakan ingunyma vrh ufaavey hama 💗
      Thank youuuuuuuu soooo muchhhh

  3. Aisherr

    Salhi Mi part ves vrh 😍
    Kithanme kuru viyas vhk kiyaalan libeythy Eheves shakuvaa eh neh hama ik vrh buxy vaane kan I am also very buxy so I understands 😊… Anehkaa keehve baa saajidh Egulhy so curious dhen vaane gothakaa medu 😭
    Ly ✨

    1. Shaba
      Aisherr

      Happy to know that you enjoyed 🥰
      Awwwn vrh ufaavehje mi comment kiyaalaafa 😘
      Umm keehve baa dhww let’s see 👀
      Lym 🫀💌

  4. Blackie

    Arnn..Meena evarey dhw Shaba 🫶🏻❤️….
    U ah vaane hama kuriyah dhw keep going!!!
    Don’t let give up💫⭐

    1. Shaba
      Blackie

      Vrh ufaavey thigothah support dheythy 🥰
      I will not give up IA 💗

  5. Alaika_22

    Alhey vrh rythi mi part vess MA!!! 😍😍
    Saajidh Keekey kiyan baa e ulheny
    Curiously waiting for the next part!!!!!
    When next???????
    Lysm and Tc my dhoony 🖤✨

    1. Shaba
      Alaika_22

      Happy to know that you enjoyed 🥰
      Umm idk keekey kameh let’s see dhw 👀
      Next part soon IA stay tuned
      Lym u also tc darlls 🫀💌

  6. Gurrly currly

    Maashaa Allah mi part vx varah varah reethi….
    I vx buxy kamun kiyaalaafa vx comment nukohlevenee…
    Ekm kiyan ingey vaguthu vaan vaairah…
    When next?.
    Keep shining gurrl…

    1. Shaba
      Gurrly currly

      Happy to know that you enjoyed 🥰
      Ohh it’s ok I understand I vx vrh buxy
      Kiyaakan ingunyma vrh ufaavehje 💗
      Sorry for the late reply 🥺😭
      Next part soon IA stay tuned

Comments are closed.