Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 80

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 13, 2026 3 Mins Read
3 Comments

އަޑުން އަޑު ނަގާ ރޮމުން ދިޔަ ޒާލާ ކުރިމަތީގައި ޒަވުލް ކުޑަކަކޫ ޖެހިއެވެ. އެހިތުގައި ރިއްސައިގަތީ އިންތިހާއަށެވެ. އެހެން ވިޔަސް ކުރާނީ ކީއްހެއްޔެވެ؟ މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. ދެދަރިން ރޮމުން ދިޔަ މަންޒަރު ފެނި ނައުރީންވެސް ހުރީ ހިތް ހުއްޓޭ ވަރުވެފައެވެ. އެހެން ވިޔަސް އެ އާއިލާއަށް ނޭނގުނީ ޒާވިލްގެ މަރުގެ ސިއްރެވެ. އެކަން އެނގުމުންވެސް އެމީހުން ހަމަ އެހެން ރޯނެ ބާއެވެ؟

(80 ވަނަ ބައި)

ކާގެ ތެރޭގައި ފެހި އާފަލެއް ކާން އިން ލަޝްކާ އިނީ ޓިކްޓޮކް ބަލަންށެވެ. އެއްވެސް ޙިޔާލެއް ފިކުރެއް ނެތި ‘ސްކްރޯލް’ ކުރަން އިން ލަޝްކާ ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ނުނަގަން އިނދެފައިވެސް ފޯނު ނަގަން އޭނާގެ ހިތް ބުނީ ކީއްވެގެެން ކަމެއް ނޭނގެޔެވެ. ކޮންމެއަކަސް ލަޝްކާ ނިންމީ ފޯނު ނަގާށެވެ.

ނަމާދުކޮށް އަވަދިވެގެން ގެއަށް ވައިން ދާއިޔަލް ވަނީ އަނގައިން ރާގެއް ލައްވަމުންނެވެ. ކާގޭގެ ދޮރު ހުޅުވުވާފައި ހުރުމުގެ އިތުރުން ފަންކާ އެނބުރޭ އަޑު އިވޭތީވެ، ލަޝްކާ ވީ އެތަނުގައިކަން ދާއިޔަލްއަށް، އެނގި ޔަގީންވިޔެވެ. އޭނާއާއި ލޯބި ކޮށްލުމުގެ ނިޔަތުގައި ކާގެއަށް ވައިން އިރު، ގަބުވެފައި ހުރި ލަޝްކާ ފެނި ދާއިޔަލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ލަޝްކާއާއި ދިމާލަށް ދިޔަ ދާއިޔަލްއަށް ދެވުމުގެ ކުރިން ލަޝްކާގެ އަތުގައި އޮތް ފޯނު ވެއްޓުނެވެ.

“ލަޝް…؟ ކިހިނެތްވީ..؟” ލަޝްކާގެ އަތުގައި ފިރުމާލަމުން ދާއިޔަލް އެހިއެވެ. ލަޝްކާ ދިޔައީ ފުންކޮށް ނޭވާ ލަމުންނެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ސިހުމެވެ.

“ދަ.. ދާއި.. ފުލުހުން އެގުޅީ.. ބައްޕަ… ބައްޕަ އިންޑިއާއަށް ދިޔަ ބޯޓުގައި ރޯވެގެން މޫދަށް ވެއްޓުނީއޯ.. އަދިވެސް އެއްވެސް މީހަކު ފެނިފައެއް ނުވެޔޯ…” އެހާ ހިސާބަށް ބުނެފައި ލަޝްކާ ތުންފިއްތާލިއެވެ. އެދެލޮލުގައި ކަރުނަތައް ބޮނޑިވެގެން ދިޔައީ ދާއިޔަލް ބަލަން އިންދައެވެ.

“ހަގީގަތުގަ… ބައްޕަ ކަން ކުރިގޮތުން މިއަދު އަސްލުވެސް ލަޝް ވާންވީ އުފާ ކަންނޭނގެ.. އެކަމަކު.. ލަޝް… މިއަދު ހިތްހަމަ ޖެހިއްޖެ.. ހިތަށް އަރަނީ… ދެން… ދެން.. ބައްޕަގެ އެއްވެސް އުނދަގުލެއް ނުޖެހޭނޭ… އެކަމަކު… މީ ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅު… އަހަރެން އެހެން ހީކޮށްގެން ނުވާނެ ދޯ…؟” މޫނުމަތީގައި އަތް އަޅާ ފޮރުވާލަމުން ލަޝްކާ ރޯން ފެށިއެވެ.

ދާއިޔަލް ލަޝްކާގެ ހަށިގަނޑުގައި ވަރަށް ލޯބިން ބައްދާލިއެވެ. “ލަޝް… އަމިއްލަ ނަފުސު ކުށްވެރި ނުކުރޭ… މިކަމުގައި ލަޝް ގޯހެއް ނޫން. ލަޝް ތިހެން ހިތަށް އެރިލެއްވެސް ހަގީގަތުގައި ލަސް. އެއީ ބައްޕައެއް ނޫން. އެއީ ޖަނަވާރެއް. ލަޝްއަށް އެ އިމްރާންގެ ފަރާތުން އަނިޔާނޫން ކޯއްޗެއް ލިބުނީ؟” ދާއިޔަލްގެ މޭގެތެރޭގައި ލަޝްކާ ބޮނޑިވެލިއެވެ. ހަގީގަތުގައި ލަޝްކާ ދެރަވެސް ވިޔެވެ.. ނަމަވެސް.. ދެން ދެރަވެގެން ކުރާނީ ކީއްހެއްޔެވެ؟

ޑައިލަސިސް ހަދާ ކޮޓަރި ތެރޭގައި އޮތް އަޒީން މިއަދު އެއޮތީ އެކަނިވެރިވެފައެވެ. އެއްވެސް ދިމާލަކުން ޒާލާ ނުފެންނާތީވެ، އެހިތުގައި ވަނީ އެކަނިވެރިކަމެވެ. ބަލާލި ކޮންމެ ދިމާލަކުން އޭނާއަށް ހީވަނީ ޒާލާ ފެންނަހެންނެވެ. އެހެން ވިޔަސް ޔަގީނުންވެސް މިއަދު ޒާލާ އެތަނަކު ނެތެވެ.

ކުޑަ އިރުކޮޅެއް ފަހުން އަޒީންގެ ހާލު ބަލާލުމަށް ނަރުހަކު އައެވެ. “މިއަދު ޒާލާ ނަރުސް ކޮބާތޯ؟” ލަދު ކަނޑުވާލަމުން އަޒީން ސުވާލު ކޮށްލިއެވެ. މުސްކުޅިން ބުނެޔެއްނުން ހެއްޔެވެ؟ ލަދަކާއި ހުރެ ތަދެއް ނުފިލާނެޔެވެ.

“ޒާލާގެ ބައްޕަ ނިޔާވެގެން. ޗުއްޓީގަ މި ވަގުތު ހުރީ” އިސްޖަހާލަމުން ނަރުސް ކުއްޖާ ބުނެލި ޖުމުލައިގެ ސަބަބުން އަޒީންގެ ހިތުގައި ރިއްސައިގަތެވެ. އިންތިހާއަށެވެ. އެންމެ ދެރަވީ އެހާލުގައި ވެސް ޒާލާއަށް ހިތްވަރު ދިނުމައް އަޒީންއަށް ނުދެވޭނެތީއެވެ. ކުރާނީ ކީއްހެއްޔެވެ؟ އެ ނަރުސް ކުއްޖާ ދާން ވެގެން އެނބުރުމުން އަޒީން އަނެއްކާވެސް ގޮވާލިއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ޒާލާގެ ކޯތާފަތުގައި ހިކިފައި ހުރި ކަރުނަތައް ހުއްޓެވެ. އޭރުވެސް އެދެލޯ ދިޔައީ ކަރުނުން ފުރި ބާރުވަމުންނެވެ. އެދެލޮލުގައިވީ އެކަނިވެރިކަމެވެ. ބައްޕަގެ ލޮތްބައް އޭނާ ފެންބޮވައިގަނެފައިވާ ވަރެވެ. އެލޮތްބައް އެ ހިތް އެދޭވަރެވެ. ނަމަވެސް މިއަދު ބައްޕަ އެވަނީ އެނބުރި އައުމެއް ނެތް އާލަމަށް ގޮސްފައެވެ. ދެން ދުވަހަކުވެސް ބައްޕައެއް ނުފެންނާނެވެ.

ބައްޕަގެ އެ ޙިޔާލު ތަކުން ޒާލާއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަންބަރަކުންނެވެ. އޭނާ ފޯނުގައި އިންނާނީ ‘ސުޕޭމް’ ފޯނުތައް އެނގޭހެން ހަދާފައެވެ. އެމީހެއްގެ ވައިބާރ ފެންނަ ތަންކޮޅު ލޯޑު ވަންދެން ޒާލާ އިންތިޒާރު ކޮށްލިއެވެ. އެތަނަށް އެރި އަޒީންގެ ނަން ފެނި ޒާލާ ކޮޅަށް ޖެހުނެވެ. “އަ… އަޒީން…؟” ލަސް ލަހުން ޒާލާއަށް ބުނެވުނެވެ. އަދި ކޯތާފަތުގައި ތާޒާ ކަންމަތީގައި ހުރި ކަރުނަތައް ފުހެލިއެވެ. ކަރުކެހިލަމުން އޭނާ ފޯނު ނެގިއެވެ. “ހަލޯ؟”

“ހޭ… އަމް… އަހަރެން އަޑު އެހިން… ޒާލާގެ ބައްޕަ ނިޔާވި ވާހަކަ…” އަޒީން މަޑުމަޑުން ބުނެލިއެވެ. “ޒާލާ ކިހިނެތްތަ؟…”

“އަ.. އަ.. އަޒީން… އަހަރެން ކިހިނެތްތަ ވާނީ؟ އަހަރެން ރަނގަޅެއް ނޫނޭ.. ކިހިނެތް އަހަރެން ރަނގަޅުވާނީ…؟ އަހަރެން މިއަދު މުޅިން އެކަނިވެރި ވެއްޖެ. ހިތުގައި ޝަކުވާ އުފެދިއްޖެ.. މިއަދު އަހަރެން މީ ބޮޑު އެކަނިވެރިއެއް އަޒީން… އަހަރެންގެ މިހާރު ނެތް އެކަކުވެސް…” އަޒީން އޭނާގެ ހާލު އަހައިލުމުން ޒާލާގެ ބަޑި ފަޅައިގެން ދިޔައެވެ.

“ހުއްޓާލާ.. ހުއްޓާލާ… ތިހެން ނުބުނޭ ޒާލާ… ޒާލާ އެކަންޏެއް ނޫނެއްނުން…؟ އަ.. އަހަރެން މިހުރީނުން…” އަޒީންގެ ޖަވާބު އިވިފައި ރޮއެ ރޮއެއިން ޒާލާގެ ރުއިން ހުއްޓުނެވެ.

(ނުނިމޭ)

އައްޑިހަނަބައިގެ ތެރެއިން:

އަޒީންގެ މޫނަށް ބަލަން އިރު ކޮޅަކު ރުޒައިކްއަށް ހުރެވުނެވެ. ހިންދިރުވާލެވުނެވެ. ކަންތައްތައް ވެގެން މިދިޔައީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ބޭނުންވެސް ގޮތަކަށް ނޫނެވެ. އެކަމަކު… އެކުވެރިޔާއަށްޓަކައި ހިތުގައި ނަފުރަތު އުފެއްދުން އެއީ އޭނާ ކުރާނެ ކަމެއް ނޫން ކަން މުޖައްރިބެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ޒާރާ ސީޒަން 2 (9)

Next

ލޯބި-47

Next
September 13, 2026

ލޯބި-47

Previews
September 13, 2026

ޒާރާ ސީޒަން 2 (9)

3 Comments!

  1. Your fav bab Your fav bab says:
    September 13, 2026 at 7:41 pm

    OMG!!!!
    Gurll Ur so back! Btw how’s you dear? I missed ur stories so bad, my days weren’t even bright😭
    Anyways this episode was like gurl u slayed💅 lash yesss.. Clock it! She doesn’t actually have to cry, instead she should’ve been throwing a party! But ehen hadhaakah nuvaane dhw?🤦
    Oh no! I do not want to see azeen and ruzaik becoming enemies!!
    When next?
    Btw what do you think would be better to choose? Science or business?
    Lysssm💗

    1. shihaamaa ali shihaamaa ali says:
      September 14, 2026 at 8:57 am

      Hehe yess alhamdhulihllah i’m back..alhamdhulihllah i’m doing okey..how are you?
      Hehe i miss uploading too🫶🏻
      Haha lash party baavvanyyaa invite kuraane dhoo😭🤣
      AZEEN AND RUZAIK ENEMIES??? 🤭🤭🤭 lets seee hahaha
      In sha allah next episode soon in sha allah..
      Well.. stream choose kura iru ekujjakah hama emme faseyha ehchakah balan vaani.. in my pov business and science are both equally hard.. aslu gothakah bunanyyaa your future depends on this decision.. first decide what u want to study in the future or whom u want to be.. i chose science.. i hope whatever u choose is best for you🩶 good luck ur fav babe🩶🫶🏻 ilyt🫶🏻

  2. Anonymous says:
    September 14, 2026 at 11:43 am

    I have a fee Nursing? Tha kiyavany

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 75←


All Right Reserved!