Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވާތީ… (ހަތަރުވަނަ ބައި)

Rasha Level 1
August 6, 2026 2 Mins Read
0 Comments

ވަރުބަލިކަން ވެރިވެފައިވާ މޫނު ހައިރާންކަމުން ފުރާލީ ފޯނަށް ސިމު ލެއްވުމާއެކު ނޮޓިފިކޭޝަން އިން ފެނުނު މެސެޖުންނެވެ.

“ސޮރީ- ޒައީން”

އަހަންނަށް އަނެއްކާވެސް އެމެސެޖު ކިޔާލެވުނެވެ. ދޭނެ ޖަވާބެއް އަހަރެންގެ ހިތަކު ނެތެވެ. ޒައީންއާ ބެހޭގޮތުން އަހަންނަށް އެންގެނީ ކޮންއެއްޗެއްބާއޭ؟ މިއީ އޭނާގެ ރުހުމުގައިކުރެވޭ ކަމެއް ކަމާމެދުވެސް އަހަންނަށް ޝައްކެވެ. ބަލާލަން ހުތުރީއެއްނޫނޭ، ނުވިތާކަށް ޑޮކްޓަރެކެވެ. އޭނާއަށް ނުލިބޭނީ ވަކިކާކުހެއްޔެވެ؟ ދެން ބީރެއްޓެއްސަކާ ކައިވެންޏަށް އިޤްރާރުވުމުގެ ބޭނުމަކީ ވަކިކޮބާ ބާއޭ ހިތާހިތުން އަހާލެވުނުވެ.

މާލަސްތަކެއްނުވެ އެމެސެޖާއި ވިދިގެން އަނެއް މެސެޖުލިބުނެވެ.

“މިއީ މަހަމް އަށް ނޭނގި ކުރެވޭ ކަމެއްކަން އެއްގޮތަކަސްވެސް ނޭނގެ. އަދިވެސް އެއްފަހަރު ވަރަށް ސޮރީ”

ދެތިންފަހަރަކު އަހަރެން ހިތުގައިވި އެއްޗެއް ލިޔަން މަސައްކަތްކުރީމެވެ. ކޮންމެ ފަހަރަކު ފޮހެލަނީއެވެ. އަހަރެންގެ މައިންބަފައިން ކުރުވާ ކަންކަމަށް އެހެންމީހަކު ކުއްވެރިކުރާކަށް ބޭނުމެއްނުވެއެވެ. އެހެންއޮއްވާ ނިދުނީ ކޮން އިރަކުކަންވެސް ނޭނގެއެވެ.

………………………………………………………………………………………………………………………………………..

އާދުވަހަކަށް ދުނިޔެ މަރުހަބާކީ ބޯވާރެއާއެކީއެވެ. މިލާފައިވާ އުދަރެސްމަތީގައިވަނީ އަނދިރިކަމެވެ. އިރުކޮޅަކާހެން ވިދާލާނެއެވެ. އަދި މާލަސްތަކެއްނުވެ ބާރު ގުގުރިއަކުން ކައުނު ގުގުމާލާކަހަލައެވެ. އުފެދެމުން އައި ކެރިގަނޑު ތޫފަނަކަށް ބަދަލުވާކަމުގެ އަލާމާތްތައް ފާޅުވަނީއެވެ. މިހިތުގައިވެސް ވަނީ ހަމަ އެފަދަ ތޫފާނެއް އުފެދެން ފަށާފައެވެ. ހިތުގެ ރިހުމަށް ބީރު ކަންފަތެއްދީ، ހެނދުނު ތެދުވެ އެންމެ ފުރަތަމަކަމަކަށް ކޮޓަރި ހަމައަކަށް އެޅުވީމެވެ. ފޮށިން ހެނދުންތައް ނަގާ ތަރުތީބުކުރީމެވެ. ފަހަރެއްގައި އެތަންމިތަންވެފައިވާ ވިސްނުމާއި ހިޔާލު ތަރުތީބު ކުރެވިދާނެކަމުގެ އުއްމީދުގައެވެ.

“ދޮންތި، ފްރީތަ؟” ކޮޓަރިއަށް ވަދެގެންއައި މާހިން އަނހާލިއެވެ. މާހިން އައިސް އިށީނީ އަހަރެން ދެންމެ މަޑު ފިޔާތޮށިކުލައިގެ ބެޑްޝީޓަކާއި ކިލްޓެއް އަޅާ ތައްޔާރުކުރި އެނދުމަތީގައެވެ.

“ކިހިނެއްވީ؟” ސުވާލުގެ ޖަވާބު އަހަރެންވެސްދިނީ ސުވާލަކުންނެވެ.

“މާހިންއަކަށްވެސް އަސްލު ނޭނގެ އެމީހުން ގެއަށް އައިރު އެކަމެއް. މަންމަ ބުނީ އެމީހުން އައިފަހުން، އޭރުވެސް ވަރަށް ބުނިން ދޮންތި އޯކޭ އެއްނުވާނޭ. މިޒަމާނު އެއީ ކޮށްއުޅޭ ކަމެއްވެސް ނޫނެއްނު؟” ކޮންމެއަކަސް އަހަރެންގެ 19 އަހަރުގެ ކޮއްކޮއަށްވެސް އަހަރެންގެ މައިބައފައިންނަށް ވުރެ ވިސްނެއެވެ.

“ބައްޕަ ބޮލަށް ހުރެފަ އަންނަ އައިޑިއަރސް. ކީއްކުރާނީ” އަހަރެން ބޯހޫރުވާލަމުން ބުނެލީމެވެ.

“ދެން ދޮންތި ކިހިނެތް ހަދާނީ. ބައްޕަ ވަރަށް ހިފާފަހުރީ މިކައިވެނިކުރުވަން” މާހިން ނިއްކުރިމަތީ ދެއަތްވިދައިގެން ހުރެ ބުނެލިއެވެ.

“އެއްބަސްނުވާނީ.. ދެން ކޮންގޮތެއް އޮންނާނީ” އަހަރެންގެ ނިންމުން ބަދަލެއްނުވާނެއެވެ.

“އެކަމަކު ބައްޕަ ބުންޏެއްނު. ބައްޕަކަމެއްގަ ހިފީޔާ ދުލެއް ނުކުރާނެ. އަނެއްކާ ދޮންތި ޑިސްއޯންވެސް ކޮށްލަފާނެ” ފާޑަކަށްހެވިފައިހުރެ މާހިން ބުނެލިއެވެ.

“ދެން ކޮންގޮތެއް އޮތީ. ދޮންތި ނޫޅެން އޭނައާ އިންނާކަށެއް” އަހަރެން ދެލޯ އަޅަމުން ބުނީމެވެ.

“ދެން އެފަކީރު އެހާވެސް ގޯހެއްނޫންދޯ.. ޑޮކްޓަރެކޯ” މާހިންއަށް ހީވަނީ މަޖާކަމެއް ފެނިގެން އުޅޭހެންނެވެ. ޒަމާންތަކަކަށްފަހުވެސް ބަދަލުނުވި އެއްކަމަކީ ކިތަންމެ ސީރިއަސްކަމެއް ނަމަވެސް އެކަމެއް ޖޯކަށް ހެދުމަށް އަހަރެމެންގެ ދެމެދު އެކަށިފައިވާ އާދައެވެ.

“އެކަމަކު ސީރިއަސްކޮށް ހިޔާލެއްދެންތަ… ކިހިނެތްވާނީ ދޮންތިގެ ބަދަލު ޒައީން ކައިވެންޏަށް ދެކޮޅު ހެދީޔާ. ބައްޕައަކަށް އޭރުންނެއް ދޮންތިދެކެއެއް ހަމަގައިމުވެސް ރުޅިއެއް ނާދެވޭނެ އެއްނު” މާހިންއަށް އަހަރެން ހީކުރި ވަރަށްވުރެ މާބޮޑަށްވެސް ވިސްނެއެވެ. އެހިޔާލު އަޑުއިވިފައި އަހަރެންގެ މިލައިފައިވި މޫނުމަތި އުޖާލާވިއެވެ. ލާނެއް ގޮތަކަށް ހިނިތުންވެގެން މާހިން ބަލަންއިނެވެ.

“އެކަމަކު ކިހިނެތް؟” އަހަރެންނަށް ސުވާލުކޮށްލެވުނެވެ.

“އީޒީ. ނުލާހިކު ފަސޭހަކަމެއް. ޒައީންއަށް ކިޔާދެންވީނު ވެގެންއުޅޭގޮތް. ދެން އޭނަ ކައިރީ ބުނާނީ ކައިވެންޏަށް އިންކާރުކުރަން” މާހިން އޭނާގެ ހިޔާލު ކިޔާދިނެވެ.

“އެބައިން ދޮންތިއަތު ނަންބަރުވެސް މެސެޖްއެއް ކުރަންތަ؟” އަހަރެން މަޝްވަރާއަށް އެދި އެހީމެވެ.

“ދިމާކޮށްލަންވީނު މާފަސޭހަވާނެ ކަންނޭނގެ” މާހިން ކޮޅަށްތެދުވެ ބުނެލިއެވެ. “މިދަނީ ދެން. މާހިންވެސް ގޮސްދާނަން އެކީގަ ދޮންތި އޮކްވަރޑް ވަންޏާމު”

“ތެންކިޔޫ! އައި މިސްޑް ޔޫ!” އަހަރެން މާހިން ދާންފެށުމުން ބުނެލީމެވެ. ކޮންކޮއާ އަހަރެންގެ ދެމެދު ހުންނަނީ އުމުރުން 4 އަހަރުގެ ތަފާތެކެވެ. ކުޑައިރުން ފަށައިގެންވެސް އަހަރެން ގިނަ ކަންކަން ހިއްސާކުރަނީ މާހިންއާއެވެ. ނަމަވެސް ފާއިތުވިދިޔަ 5 އަހަރު ތެރޭގައި މިދެމުދު އޮތް ގުޅުންވެސް ހީނަރުވެގެން ދިޔައީއެވެ. އެކަމުގައި ކުއްވެރިކުރާނީ ތަޤުދީރުކަމެއް ނުވަތަ އަމިއްލަ ނަފްސުކަމެއް ނޭނގެއެވެ. އެކަމަކު އެހުރިހާކަމަކަށްފަހުވެސް ކޮއްކޮ އަދިވެސް އަހަރެންނަށް އެހީވެދޭތީ ހިތާހިތުން ޝުކުރު ކޮށްލެވުނެވެ. ބޭއިޙްތިޔާރުގައިވެސް ހިނިތުންވެލެވުނީ މިކަމުންވެސް އަލިމަގެއް ފެންނަންފެށިކަމަށް ގަބޫލުކުރެވެން ފެށުމުންނެވެ.

ކޮޓަރީގެ ވަށައިގެން ދެތިންފަހަރު ހިނގާލުމަށްފަހު، އާހިއްވަރެއްލައި އެންމެފަހުން ރޭގައި މެސެޖުކުރި ނަންބަރަށް ޖަވާބުދިނީމެވެ.

“މަހަމް ހިއަރ. ބޭނުން ވާހަކައެއް ދައްކާލަން. ދިމާކޮށްލެވިދާނެތަ؟”

މާލަސްތަކެއްނުވެ ޗެޓްލޮގުން ތިންތިކި ފެންނަންފެށިއެވެ.

“ލައްބަ. ކޮންއިރަކު؟” ޒައީން ޖަވާބުގައި ސުވާލުކުރިއެވެ.

“މާދަން ހަވީރު ކިހިނެއް؟” އަހަރެން އަހާލީމެވެ.

“އޯކޭ. ސީޔޫ ދެން.” ޒައީންގެ މެސެޖު ކިޔާލާ އަހަރެން ފުން ނޭވައެއްލީމެވެ.

Share Article

Follow Me Written By

Rasha

Level 1

Other Articles

Previous

އެންމެ ފަހު ސިޓީ ــ3

Previews
August 6, 2026

އެންމެ ފަހު ސިޓީ ــ3



All Right Reserved!