ރަހުމްކުރާށެވެ – 6
އަހަންނަށް ބޭނުންގޮތެއް ހެދުމަށްފަހު ފައިޒާން ކޮޓަރިން ނިކުމެގެން ދިޔައިރު ފަތިސް ނަމާދަށް ގޮވަނީއެވެ. އޭނަ ދަމުން ދިޔައީ އަހަރެންގެ އަތާ ފަޔާ މޮހައިދީފައެވެ. އަހަރެން ފިރުކެމުން ފާހަނައާއި ދިމާލަށް ދިޔައީމެވެ. އަހަރެންގެ ހަށިގަނޑުގަ ނުރިއްސާކަށް ތަނެއް ނެތެވެ. ފާހަނައަށް ވަދެވުމުން މާގަނޑު ދޮކޮށްލާފަ އޭގެ ދަށުގަ އަހަރެން އިނޭމެވެ. އަހަރެން އިނީ ގަބުކައިފައެވެ. އެއްވެސް ހަރަކާތެއް ނެތިފައެވެ. އެހެން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭންގެއެވެ.
އަހަރެން ސިއްސައިގެން ދިޔައީ ކޮޓަރީގަ ވަރަށް ބާރަށް މީހަކު ޖެހިއަޑަށެވެ. އަހަރެން ބިރުން ކޮޓަރި ދޮރާ ދިމާލަށް ބަލާލީމެވެ. ފައިޒާން ވަންނަނީކަމަށް ހީކޮށެވެ. މަންމަ ގޮވާ އަޑު އިވުމުން އަހަންނަށް ރޮވުނެވެ. ހަށިގަނޑަށް ބާރު އައި ކިހިނެއް ކަމެއް އަހަންނަކަށް ނޭންގެއެވެ. އަހަރެން ދުވެފަ ގޮސް ދޮރުހުޅުވީމެވެ. އަދި މަންމަގައިގަ ބާރަށް ބައްދައިގަތީމެވެ. ރޮމުން ރޮމުން އެރޭ ހިނގައިދިޔަ ހުރިހާ ކަމެއް އަހަރެން މަންމައަށް ކިޔައިދިނީމެވެ. މަންމަ އެއްވެސް އެއްޗެއް ނުބުނެ އަހަރެން ގައިގަ ހިފަހައްޓައިލައިގެން ހުއްޓެވެ.
ކުއްލިއަކަށް މީހަކު އަހަރެން އަތުގަ ހިފާ މަންމައާއި ދުރުކުރިއެވެ. އަދި އަހަރެންގެ މޫނުމަތި ވަރަށް ބާރަށް ޖެހިއެވެ.
“ހަޔާތްކުޑަ އަންހެނާ، ކަލޭ ލަދެއް ނުގަނޭތަ މަގޭ ފިރިމީހާއޭ ކިޔައިގެން ތިކަހަލަ ވާހަކަ ދައްކާކަށް؟ އަހަންނަށް އޭރުވެސް އިނގެޔޭ ކަލޭ އޭނަޔާ އަޅައިގެންފަ ކަން ހުރީ. ފައިޒާން އަހަންނަށް ހުރިހާ އެއްޗެއް ކިޔައިދީފައޭ އޮތީ. ކަލޭ އޭނަ ކައިރީ އިންނަން އެހި ވާހަކަޔާ، އަހަންނާ އިންނަން އުޅުމުން އަހަންނޭ ކިޔައިގެން އޭނަ ކައިރީ ދައްކާފަ ހުރިވާހަކަތައް. އޭނަ ބުނެގެން އަހަރެން ކަލެޔާ ދިމާލަށް އެއްޗެކޭ ނުބުނެ މިހުރިހާ ދުވަހުވެސް ހުރީ. އެކަމު ދެން މިހާރު ކަލޭގެ ކަންތައް މާމައްޗަށް ތިދިޔައީ”
ދޮންތަގެ އަނގައިން އެބަސްތައް ނިކުމެގެން އައިރުވެސް އަހަންނަށް އަހަރެންގެ ދިފާއުގަ އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެއަށް ވުރެ ބޮޑަށް އަހަރެން ހުރީ ޝޮކެއްގައެވެ. އަހަރެންގެ އަމިއްލަ ދޮންތަ އަހަރެންނަށް ވުރެ ބޮޑަށް ފައިޒާން އަށް އިތުބާރުކޮށް އޭނަގެ ބަހަށް ހެއްލުނީމައެވެ. އަހަރެން މަންމައާއި ދިމާލަށް ބަލާލީމެވެ. މަންމަ އެހީއަކަށް އެދި އެވެ. އެކަމު މަންމަގެ މޫނުމަތިންވެސް ފެނުނީ ނަފްރަތެވެ.
“ފައިޒާން މިއަދު ހެނދުނު ބުނި ކަލޭގެ ކޮޓަރިން ފިރިހެނަކު ނިކުމެގެން ދާތަން ދުށީމޭ. ކަލޭ އަހަރުމެންގެ ރޭގަ ނިދާބޭސް ދިންވާހަކަޔާ އޭނަ ވާވައްދަން އުޅުނު ވާހަކަވެސް ބުނި. އޭނަ ކަލޭގެ ރައްކާތެރިކަމަށް ބަލަން އުޅޭއިރުވެސް ކަލޭ އޭނަޔާ ދެކޮޅަށް ތިހަދަނީ ހުސް ދޮގު. ލަދެއް ހަޔާތެއް ނެތްދޯ ހިލޭ ފިރިހެނުން މިގެއަށް ވައްދާއިރު. ކަލޭގެ ބައްޕަ ނަމާދުން ނައިސްގެން އަދި މިއުޅެނީ. ނިކުމޭ ކޮޓަރިން.”
ދޮންތައާއި މަންމަ ވެގެން ދަމަމުން އަހަރެން ކޮޓަރިން ނެރުނެވެ. އެމީހުންނަކަށް އަހަރެންގެ ދުޅަވެފަ ހުރި އަނގަމައްޗެއް ނުފެނެއެވެ. އަހަރެންގެ އިރައިގެން ގޮއްސަ ހުރި ހެދުމެއްވެސް ނުފެނެއެވެ. ލޯތްބާއި ފައިސާގެ ދަހިވެތިކަމުގަ ދެމީހުންވެސް ތިބީ ކަނުވެފައެވެ. ބައްޕަ ގެއަށް އައުމުން މަންމަ އާއި ދޮންތަ ހުރިހާ އެއްޗެއް ކިޔައިގަތެވެ. ފައިޒާންވެސް އެމީހުންނާއި އެއްބައިވެގެން އަހަންނާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. އަހަރެން އަނެއްކާވެސް ގަބުކައިފަ އިނީއެވެ. އަހަރެންގެ އަމިއްލަ ދިފާއުގަ ދައްކާނެ ވާހަކައެއް އަހަންނަކަށް ނޭންގުނެވެ. އަހަރެންގެ ރައްކާތެރި ކަމާއި އެކު ބަލަހައްޓަން ޖެހޭ މީހުން އަހަންނާ ދެކޮޅު ވީމަ އަހަރެން ކުރާނީ ކީއްހެއްޔެވެ.
ބައްޕަ އަހަންނާއި ދިމާލަށް ބެލުމެއް ނެތި އެތެރެއަށް ވަދެގެން ދިޔައެވެ. ކުޑައިރުކޮޅަކުން އަހަރެން ގެ ފޮށި ހިފައިގެން އައިސް އަހަރެންގެ ކުރިމައްޗަށް ޖެހިއެވެ. އަދި ނިކުންނަން އަމުރު ކުރިއެވެ. އަހަރެން ފަޅައިގެން ދިޔައީ އެވަގުތުއެވެ. ރޮއެ ހޭރެމުން ބައްޕަ ކައިރީ އާދޭސް ކުރީމެވެ. ހުރިހާ އެއްޗެއް ކިޔައިދިނީމެވެ. މަންމަ ގެ ދެފައި ބުޑަށް ވެއްޓި އަހަރެންގެ ވާހަކަ ގަބޫލް ކުރަން އާދެސް ކުރީމެވެ. އަހަރެންގެ ގައިގަ ހުރި ވަކިތަކާ ދުޅަވެފަ ހުރި މޫނު ދެއްކީމެވެ. އެކަމު އެއިން އެއްވެސް މީހަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.
“ކިހިނެތްވެފަ ތިހިރީ؟” އަހަރެން ސިހުނީ އާމިރު އަހަރެންގެ އަތުގަ ހިފީމައެވެ. “އެމީހުން އެތީބީއޭ. މިކަން އަވަހަށް ނިންމާލަން ހިނގާބަލަ” އާމިރު އަހަރެން އަތުގަ ހިފައިގެން އުނދޯލިގެއާ ހަމައަށް ދިޔައެވެ. އަހަރެން ގޮސް ފައިޒާން ކުރިމަތީގަ އިށީންދެލީމެވެ. ފައިޒާން އިސްދަށަށް ޖަހައިގެން އިނެވެ. އެއްވެސް މީހަކު އަނގައިންނެއް ނުބުނެއެވެ. އަހަރެންގެ ނަޒަރު އަހަރެންގެ ދޮންތައަށް ހުއްޓުނެވެ. އޭނަވެސް އިނީ އިސްދަށަށް ޖަހައިގެންނެވެ. ފުންނޭވާއެއް ލުމަށްފަހު ވާހަކަ ދައްކަން އަހަރެން އަނގަހުޅުވާލީމެވެ. ނަމަވެސް އަހަރެންގެ އަނގަ ބަންދުވީ ފައިޒާން ގިސްލާން ފެށުމުންނެވެ. ހައިރާންވެ ހުރެ އަހަރެން އާމިރުއާއި ދިމާލަށް ބަލައިލީމެވެ. އޭނަވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Vrh reethi mi part vx MA💗