Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 41

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 1, 2026 4 Mins Read
2 Comments

ފުރަތަމަ ހާފުގައި މޮޅުކުޅުން ފެނުނީ ނަޕޯލީގެ ފަރާތުންނެވެ. ނުރައްކާތެެރި ދެތިން ހަމަލާ ގޯލާއި ދިމާއަށް ވަނީ ފޮނުވާލާފައެވެ. ހުށިޔާރު ކަމާއެކު، އެ ހުރިހާ ބޯޅައެއް އިޝަލް ދިފާއުކުރިއެވެ. ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަ ނުޖެހި، ދެކޮަލަށް ހިނގާލަ ހިނަގާލަ ސިލްވާ ހުއްޓެވެ. އޭނާގެ ގޭމް ޕްލޭން މަސައްކަތެއް ނުކުރެއެވެ. ނަޕޯލީ ކުޅުންތެރިން ތިބީ އެއަށް ވުރެ ބޮޑަށް ވިސްނައިގެންނެވެ. ފާއިތުވާ ކޮންމެ ސިކުންތަކާއެކު، އޭނާގެ އިތުރަށް ކުޅުންތެރިން ވެސް ޕްރެޝަރަށް ވެއްޓެމުން ދިޔައެވެ. ހާފު ނިމެން ދަނިކޮށް، އާސެނަލް ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެން ދިޔައެވެ.

ހާފު ނިމުމާއެކި ޗޭންޖިން ރޫމަށް ގޮއްސައި ވެސް ކުޅުންތެރިންގެ ފަރާތުން، ނުރުހުންތެރިކަން ފެންނަމުން ދިޔައެވެ. އެއްބައިވަންތަ ކަމުގެ ބަދަލުގައި، އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމު އަޅުވަންފެށިއެވެ. އާސެނަލްގެ ކެޕްޓަނާއި، ކުރިއަށް ކުޅޭ ކުޅުންތެެރިޔާއާ ދެމެދު ހޫނު ޒުވާބެއް ހިނގައި ދިޔައެވެ. ކޯޗު ސިލްވާއަށް އެމީހުން ހުއްޓުވުން ވީ އުނދަގޫ ކަމަކަށެވެ. “ހުއްޓާލާ ދެން.. ކަލޭމެން ކޮންކަމެއް ތިއީ ދެން..އެކަކު އަނެކަކާ ޒުވާބުކޮށްގެން ވާނެ ފައިދާއެއް އެބައޮތްތަ؟ ކޯޗުގެ އަޑު އެހުމެއް ނެތި ، ކަލޭމެން ބޭނުން ގޮތަކަށް ތި އުޅެނީ…ބުނަން މެޗުން ބަލިވުމަކީ އެންމެ ކުޅުންތެރިއެއް ޒިންމާ ނަގަން ޖެހޭނެ ކަމެއް ނޫން، ދަނޑުމަތީ އެގާރަ ކުޅުންތެރިން އެބަތިބި، އެއިން ކޮންމެ މީހަކަށް ވެެސް ، ކޮންމެސް ގޯހެއް ހެދިގެން މެޗުން ބަލިވާން ޖެހެނީ…ޒުވާބުކޮށް ރުޅި އައުމުގެ ބަދަލުގައި އެއްބައި ވާންވީ…ކޯޗުގެ ބަސް އަޑު އަހަންވީ..އެ ނޫން ގޮތަކަށް މިކަން ވާކަށް ނެތް. ބުނަން އަދިވެސް ވަގުތު އެބައޮތް… ރުޅި މަޑުކޮށްފައި އެންމެން އެއްބަސް ކިޔައިގެން ކުޅެންވީ..އަހަރުމެންނަކީ އާސެނަލް.. އަހަރުމެންނަށް މިކަންވާނެ!” ކޯޗައް ނުހުއްޓުވިގެން އުޅުނު ޒުވާބު ހުއްޓުވީ އެރިކްއެވެ. ހުރިހާ އެންމެ އަޑުގަދަ ކުރަމުން ދިޔައިރު އޭނާ ހުރީ ހިމޭނުން ވިސްނާށެވެ. މާ އަޑުގަދަ ވާން ހެދުމުން، އެ އެންމެނަށް ވުރެ ބާރަށް އޭނާ ހަޅޭއްލަވައިގަތެވެ. ވަގުތުން މުޅި ތަން ހިމޭންވިއެވެ. ހައިރާންވެފައި ހުރެ ކޯޗުވެެސް އެރިކްއަށް ބާލިއެވެ. ހިތްވަރި ގަދަ އަޑަކުން އެރިކް ޓީމާއި މުޚާތަބު ކުރިއެވެ. ވާހަކަ ނިންމާލަމުން އޭނާގެ އަތްތިލަ މެދަށް ދިއްކޮށްލިއެވެ. އެރިކް އަތް މަތީ އެންމެ ފުރަތަމަ އަތް ބޭއްވީ އިޝަލްއެވެ. އެރިކްއާ މެދު އޭނާ ހުރީ ވަރަށް ފަޚުރުވެރިވެފައެވެ. މުޅި ޓީމު ބޭނުންވެފައި ހުރި ދަނޑިވަޅެއްގައި، އޭނާ އެވަނީ ހެޔޮ ނަސޭހަތް ދީ އަނބުރާއި ޖޯޝާއި، ފޯރި ގެނެސްދީފައެވެ. ފަހަރަކު ކުޅުންތެރިއެއް އެކަކު އަނެކަކުގެ އަތް މަތީ އަތްބާއްްވަމުން ދިޔައެވެ. އެންމެ ފަހުން އަތް ބޭއްވީ ކޯޗެވެ.

 

ދެވަނަ ހާފަށް، އާސެނަލް ކުޅުންތެރިން ނުކުތީ ، އާ ހިތްވަރަކާއި އެކުގައެވެ. ހުރިހާ ކުޅުންތެރިން ވެސް ފެންނަނީ ބަދަހިކޮށެވެ. މެޗު ފަށައިގެން ރަނގަޅު ކުޅުމެއް، އާސެނަލްގެ ފަރާތުން ފެންނަމުން ދިޔައެވެ. ބޯޅަ ލިބޭއިރަށް ޖަހަން އުޅުމުގެ ބަދަލުގައި، ހިފަހައްޓައިގެން ކުޅެން ފެށިއެވެ. އެ ގޮތައް ކުޅެމުން، ހަމަލާއެއް އުފައްދައި ރީތި ލަނޑެއް ކާމިޔާބުކޮށް، އެއްވަރު ކުރިއެވެ. ލަނޑުވަނުމުން އެމީހުންގެ ކުޅުން ބަދަލެއް ނުވިއެވެ. ހަމަ އެ ގޮތުގައި ކުޅެގެން ، މެޗުގެ ކޮންޓްރޯލް ހޯދިއެވެ. ނަޕޯލީ ކުޅުންތެރިއެއްގެ ފައިގައި ، ބޯޅަ ޖެެހުނަވެސް ނުދެއެވެ. ލިބުނު ކޯނަރަކުން ރީތި ލަނޑެއްޖަހައި، އާސެނަލްއަށް ކުރި ހޯދައިދިނީ އެރިކްއެވެ. ހުރިހާ ކުޅުންތެރިން އެއްފަހަރާ ގޮސް އެރިކް ގަޔަށް އަރައިގަތެވެ.

މެޗު ނިމިގެން ދިޔައީ 2-0ކުން އާސެނަލް މޮޅުވެގެންނެވެ. ނަޕޯލީގެ އަމިއްލަ ދަނޑުގައި އެމީހުން ބަލިކޮށް ގަދަ އަށަކަށް ދަތުރުކުރިއެވެ. އާސެނަލް ސަޕޯޓަރުންނާއި، ކުޅުންތެރިން އުފާފާޅުކުރުމުގައި ވަގުތު ހޭދަކުރިއެވެ. ކޯޗުކަމުން ވަކިވި ނަމަވެސް، އާސެނަލްގެ މެޗު ބަލަން އައިސް އަކްމަލް ހުއްޓެވެ. އެމީހުންގެ އުފާފާޅުގައި އޭނާ ވެސް ބައިވެރިވިއެވެ.

މެޗުގެ މޮޅު ކުޅުންތެެރިޔާގެ މަގާމު ލިބުނީ އެރިކްއަށެވެ. އެރޭ ދެއްކި ތަފާތު މޮޅު ކުޅުމާއި ލީޑާރޝިޕްގެ ސަބަބުން، އާސެނަލް ކޯޗިން ޓީމްގެ ، ތަޢުރީފުގެ ބަސްތައް އެރިކްއަށް ލިބުނެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންގެ އިޙުތިރާމު، ކުރިއަށްވުރެއްވެސް ބޮޑަށް ލިބިގެން ދިޔައެވެ.

 

މިހާރުން ސުރެ މިންހާ ދިޔައީ ކައިވެންނަށް ތައްޔާރުވަމުންނެވެ. ކައިވެނި ހެދުން ފަހަންވީ ގޮތެއް ހޯދުމައް، ޕިންޓްރެސްޓް ހޯދަމުން ދިޔައެވެ. އޭނާއަށް ރީތިވެގެން ފެންނަ ހެދުން ޒާޔާއަށް ފޮނުވަމުން ދިޔައެވެ. ޒާޔާގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބެއެވެ. އޭނާ ފޮނުވާ ފޮޓޯތަކަށް ލައިކްއެއް ދިނުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ.

 

ޒާޔާގެ ހިތްހަމަ ޖައްސައިދުނުމަށް، ޒާޔާ ގޮވައިގެން ހިނގާލަން ދިއުން އަހާން ގިނަ ކުރިއެވެ. ކޮންމެ ދުވަހަކު ހަވީރުވެސް ޒާޔާ ގޮވައިގެން، ޕާކަށް ދެއެވެ. އައިސްކްރީމް ފަދަ ތަކެތި ، ގަންދީގެެން ޒާޔާގެ މޫނު މައްޗަށް ހިނިތުންވުން ގެންނަން މަސައްކަތް ކުރިއެވެ. އަހާންގެ މަގުސަދު ކާމިޔާބު ވަމުން ދިޔައެވެ. މަޑުމަޑުން ޒާޔާގެ ހިތަށް ފަރުވާ ލިބެމުން ދިޔައެވެ. ހިތައް ލުއެއް ލިބެންފެށިއެވެ.

 

ހަފުތާ ބަންދަށް މިންހާ ލަންޑަނަށް އައެވެ. ޒާޔާގެ މިޒާޖާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ހިތައް ލުއި ލިބިފައިވުމާއެކު، އޭނާއަށް ކުރެވުނު އިހުސާސް މިންހާއާ ހިއްސާކުރިއެވެ. “ޒީ.. އަހަންނަށް މަޢާފުކުރޭ…” އެކުވެރިޔާގެ އިޙުސާސްތައް، ދެނެ ނުގަތެވުމުން މިންހާއަށް، އަމިއްލަ ނަފުސު ކުއްވެރިކުރެވުނެވެ. “އަހަރެން ހީކުރީ ޒީ ލައިކް ވަނީ އަހާންދެކެ ކަމަށް. އެހެންވެ އަސްލު ނުވިސްނުނީ” އަހާންގެ ނަންގަނެވުމާއެކު ރަކިކޮށް ޒާޔާއަށް ހީނލެވުނެވެ. މިންހާ އެބުނީ މުޅިއަކުން ދޮގު ވާހަކައެއް ވެސް ނޫނެވެ. ރިޔަންއަށް ވުރެ ކުރިން އޭނާގެ ހިތުގައި ވިއީ އަހާންގެ ނަމެވެ. އެކުވެރިކަން ގެއްލިގެންދާނެ ކަމުގެ ބިރަށް އެކަން ސިއްރުކޮށްގެން އުޅެނިކޮށް، ރިޔަންއާ ދިމާވީއެވެ. ފަހަކަށް އައިސް ގިނަ ވަގުތު، އަހާންއާ އެއްކޮށް ހޭދަކުރަން ފެށުމުން އެ އިޙުސާސްތައް އެނބުރި އަތުވެއްޖެއެވެ.

 

މިންހާ ގޮވައިގެން ލަންޑަންގައި ދުއްވާލަން އެރިކް ދިޔައެވެ. އިނގެރޭސި ވިލާތުގެ، ޑްރައިވާރސް ލައިސަންސް ހޯދައިގެން އޭނާ ކާރު ގަތީ އަދި ކިރިޔާއެވެ. ކާރު ލިބުނު ފަހުން، މިންހާ ލަންޑަނަށް އެ އައީ އަލަށެވެ. ކައިވެންނަށް ފަހު، ދެމީހުން ދިރިއުޅެން ގެއެއް ހޯދުމުގެ މަސައްކަތް، އެރިކް މިހާރު ވެސް ދަނީ ކުރަމުންނެވެ. މާ ބޮޑު ނޫނަސް ކުޑަ ގެއެއް ވެސް، ދެ މީހުންނަށް ފުދެއެވެ. އޭނާއަށް ރީތިވި ގެ ދައްކާލަން، މިންހާ ގޮވައިގެން އެރިކްއައެވެ.

އާދައިގެ ރީތި ގެއެކެވެ. ހުސްތަންގަނޑަކާއި، ޕޫލްއެއް ވެސް އޮވެއެވެ. ހަތަރު ކޮޓަރީ އާއި ތިން ފާޚާނާ ހުއްޓެވެ. މިންހާގެ މޫނު މަތިން ، އޭނާއަށް އެގެ ކަމުނުދާހެން ހީވިއެވެ. “މްމް ރިކް… އަހަރެން ރާއްޖޭގައި އުޅެން ބޭނުމޭ ބުނެފިއްޔާ ރުޅި އަންނާނަންތަ؟” ވަރަށް ވިސްނަން ހުރެފައި ،މިންހާ އަހާލިއެވެ. އެ ސުވާލަަށް ދޭނެ ޖަވާބެއް އެރިކްއަކަށް ނޭންގުނެވެ. މިންހާ ރާއްޖޭގައި އުޅެން ބޭނުންވިއަސް ، ކެރިއަރުގެ ގޮތުން ރާއްޖޭގައި ދިރިއުޅެވޭކަށް އޭނާއަކަށް ނެތެވެ. ދެމީހުންގެ ދެމެދަށް، ނުތަނަވަސް ހިމޭންކަމެއް ވެރިވިއެވެ. މިންހާ ގެއަށް ލާން ދިޔަ މަގުމަތީގައި، ދެ މީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. މިންހާ ގެއަށް ލައިފައި މަޑުވެސް ނުކޮށް އެރިކް ހިންގައްޖެއެވެ.

 

ދިރިއުޅުމާ މެދު ފުންކޮށް ވިސްނާލަން، މިންހާއަށް މަޖުބޫރިވިއެވެ. ކުޑައިރުއްސުރެއް ވެސް ، ބޭރު ޤައުމުތަކަށް ވުރެ އޭނާއަށް ކަމު ދަނީ ރާއްޖެއެވެ. ހަޤީޤަތަކީ އޭނާ ލަންޑަނަށް އައީ ޗުއްޓީއަށެވެ. މަންމަ އާއި ބައްޕާގެ ކުއްލި ވަކިވުމުގެ ސަބަބުން ، އިނގެރޭސި ވިލާތިގައި މަޑުކުރަން އޭނާއަށް މަޖުބޫރުވީއެވެ. ފަހަކަށް އައިސް ރާއްޖެ މަތިން މާ ބޮޑަށް ހަނދާންވާން ފެށިއެވެ.

 

އެރިކްގެ ހިތައް ވެެރިވެފައިވި ނުތަނަވަސްކަން ނުފިލައެވެ. އޭނާ މިންހާ ދެކެ ވަރަށް ލޯބިވެއެވެ. މިންހާއާ ކައިވެނިކޮށްގެން ދިރިއުޅުމެއް އުޅެން ބޭނުމެވެ. އެހެނަސް ފުޓުބޯޅަ ކުޅުން ދޫކޮށްލާކަށް ވެސް ބޭނުމެއް ނޫނެވެ. އާސެނަލްގައި ރަނގަޅު ކުޅުމެއް ދައްކާފައި، ރާއްޖޭ ލީގަށް ބަދަލުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާއަކީ ބާވީސް އަހަރު ނުވާ ޒުވާން ކުޅުންތެރިއެކެވެ. ޔޫރަޕުގައި މޮޅު ކުޅުމެއް ދެއްކޭނެ ފަދަ ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ ހީކުރީ މިންހާ ބޭނުންވެގެން ހުރީ ލަންޑަންގައި އޭނާއަކު ދިރިއުޅެން ކަމަށެވެ. ވިސްނި ވަރަކަށް، އެރިކް ބޮލުގައި ރިއްސަމުން ދިޔައެވެ.

 

ޤައުމުން ބޭރު މީހަކާ، ކައިވެނި ކުރަން އުޅެވުމަކީ ގޯހެއްހެން މިންހާއަށް ހީވަން ފެށިއެވެ. ފަހަރުގައި ދިރިއުޅުމެއް ފަަަށަން ލޯބި އެކަނި ނުފުދެއެވެ. ވިސްނާނުލައި ބޮޑު ގޯހެއް ހެދިއްޖެ ކަމުގެ އިހުސާސް ކުރެވުންފެށުނެވެ. މަންމަ ނެތް ކަމުގެ އިހުސާސް އެވަގުތު ވަރަށް ބޮޑަށް ވެސް މިންހާއަށް ކުރެވުނެވެ.

 

ފޯނު ކޯލެއް އައުމުން އަލްޔަސް ޕޫލް ކައިރިއަށް ނުކުތެވެ. ފޯނުގައި ހުއްޓާ، ކުއްޖަކު ގިސްލާ އަޑުއިވުނެވެ. ފަހުން ގުޅާނަން ކަމުގައި ބުނެ ފޯނު ކަނޑާލާފައި ، އަލްޔަސް ދިޔައީ ގިސްލާ އަޑު އަންނަ ދިމާއަށެވެ. ވިނަގަނޑުމަތީގައި އިށީންދެގެން ރޯން އިނީ މިންހާއެވެ. އަލްޔަސް ވަރަށް ބޮޑަށް ހާސްވެފައި ހުރެ މިންހާއަށް ގޮވާލިއެވެ. އަދި އަލައިކާއަށް ގެންނަންވީ ތޯ އެހިއެވެ. މިންހާ ދެފަރާތަށް ބޯ ހުރުވާފައި ނޫނެކޭ ބުންޏެވެ. މިންހާ، ރޯން އެކަނި ދޫކޮށްފައި ދާކަށް އަލްޔަސްއަކަަށް ނުކެރުނެވެ. މިންހާގެ ނުގަބޫލުގައި އެހެން މީހަކަށް ގޮވާކަށް ވެސް ނުކެރުނެވެ. އަލްޔަސް ގޮސް، މިންހާ ގާތު ވިނަގަނޑު މަތީ އިށީނެވެ. މިންހާ އަމިއްލައަށް އެއްޗެއް ބުނަންދެކަށް މަޑުކޮށްގެން ހުއްޓެވެ.

” އައި ތިންކް އައި ވޯންޓު ކޯލް އޮފް ދަ ވެޑިން” ފަސް ވަރަކަށް މިނެޓަށް ފަހު، މިންހާ ބުނެލިއެވެ. އޭރު ވެސް އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އިންތިޒާރު މަ ކުރީމޭ-2

Next

ލޯބިން ބުނާތީ 37

Next
August 1, 2026

ލޯބިން ބުނާތީ 37

Previews
August 1, 2026

އިންތިޒާރު މަ ކުރީމޭ-2

2 Comments!

  1. Anonymous says:
    August 1, 2026 at 9:02 pm

    When next?
    When next.?
    Alheyyy haadha reethi hisaabakunney thi nimmaaleee…
    Plzzzz dhn oii part avahah gendhehcheyyy…
    Waiting

  2. Eyesh says:
    August 2, 2026 at 12:12 am

    Alheyyyyyyyyyy….
    Varah curious hisaabakun thi ninmaalyyyy…
    When next?? Can’t wait for the next paarrrtttttt…
    Thankolheh avahah next part genesdhehchey…
    Plxxxxx

Comments are closed.

Next Episodeމަންޒިލް 5←


All Right Reserved!