Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 40

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 30, 2026 5 Mins Read
1 Comment

ދެ ޓީމު ކުޅުންތެރިން ވެސް ތިބީ މެޗަށް ތައްޔާރުވެގެންކަން އެމީހުންގެ މޫނު މަތިން ހެކިދެއެވެ. ޗެމްޕިއަންސް ލީގު ގަދަ ސޯޅައަށް ނަޕޯލީ އެ ދަތުރު ކުރީ ގިނަ އަހަރުތަކެއް ފަހުންނެވެ. ސީދާ ޔޫސީއެލް ތަށި ނެގުމަށް ނަޕޯލީން ވަނީ ގިނަ ޚަރަދުތަކެއް ކޮށްފައެވެ. މިދިޔަ ސީޒަނުގައި ސެރީއޭގެ ލީގު ނެގުމަށްފަހު މި ސީޒަނުގައި އެމީހުންގެ އަމާޒު ހުރީ ޔޫސީއެލަށެވެ.

 

އާސެނަލް ވެސް ހަަމަ އުއްމީދު ކުރަމުން ދިޔައީ ޗެމްޕިއަންސް ލީގުގެ ތަށްޓަށެވެ. ވޭތުވެ ދިޔަ އަހަރުގެ ރަނަރަޕުކަން ލިބުމާއެކު މިއަހަރުގެ އަމާޒު ހުރީ ސީދާ ތަށްޓަށެވެ. ޕްރިމީއާރ ލީގަށް ވުރެއްވެސް ބޮޑަށް ލޯއަޅަމުން ދިޔައީ ޗެމްޕިއަންސް ލީގުގެ ތަށްޓަށެވެ.

 

ހިތް ނުތަނަވަސް ވަމުން ދިޔަނަމަވެސް އިޝަލްގެ ސަމާލުކަން ހުރީ މެޗަށެވެ. ފުރަތަމަ ވިހި މިނެޓު ގޯލާއި މާ ނުރައްކާ ނުވިއެއް ކަމަކު އިޝަލްގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ވެސް ދަނޑު މަތިން ދުރަށް ނުދެއެވެ. މެޗުގެ ބާވީސް ވަނަ މިނެޓުގައި އާސެނަލްގެ ކުޅުންތެރިއަކަށް ފަހަތުން ގޯހެއް ހެދުނެވެ. އެކަމުގެ ފައިދާ ނަގާ ނަޕޯލީން ނުރައްކާތެރި ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލިއެވެ. ހުށިޔާރު ކަމާއެކު އިޝަލް އެ ބޯޅަ ސަލާމަތްކޮށް ބައި ކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާލިއެވެ. އެވަގުތު ވެގެން ދިޔައީ އާސެނަލް ކުޅުންތެރިންނަށް ވެސް އަދި ސަޕޯޓަރުންގެ ހިތްތައް ވެސް ގުޑައިގެން ދިޔަ ވަގުތަކަށެވެ. ނަޕޯލީ ކުޅުންތެރިންނާއީ ސަޕޯޓަރުންގެ މާޔޫސީ އަޑު ދަނޑުން އިވިގެން ދިޔައެވެ.

 

ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ފަހުން ވެސް މާ ނުރައްކާ ހަމަލާއެއް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ފޮނުވައި ނުލެވެއެވެ. އިޝަލް މަތަ ކުރި ބޯޅަ މޮޅުކަމަށް ކޮމެންޓޭޓަރުން އަދި އެނަލިސްޓުން ވެސް ފާހަގަ ކުރަމުން ދިޔައެވެ.

 

ދެ ޓީމުން ވެސް ދެވަނަ ހާފު ފެށީ އެއްވެސް ބަދަލަކާއި ނުލައެވެ. ފުރަތަމަ ހާފެކޭ އެއްފަދައިން ދެޓީމުން ވެސް މާމޮޅު ކުޅުމެއް ފެނިގެންނެއް ނުދެއެވެ. ބޯޅަ ކައިރިއަށް ނައި ނަމަވެސް އިޝަލްގެ ސަމާލުކަށް ބޯޅައަަށް ދެވޭތޯ ބެލިއެވެ.

 

މެޗު ނިމެން ދިހަ މިނެޓައް ވެފައި ވަނިކޮށް ނުރައްކާ ހިސާބަކުން ނަޕޯލީއަށް ހިލޭ ޖެހުމެއް ލިބުނެވެ. އާސެނަލްގެ ޑިފެންޑަރުންނާއި އިޝަލްވެސް އެ ބޯޅައަށްް ތައްޔާރުވަމުން ދިޔައެވެ. ޑިފެންޑަރުން އެތުރެންވީ ގޮތް އިޝަލް ކިޔައިދެމުން ދިޔައެވެ. ޕެނަލްޓީ އޭރިއާ ރޮނގަށް ވުރެ ކުޑަތަންކޮޅެއް ބޭރުން ލިބުނު ހިލޭ ޖެހުން ފޮނުވާލީ ނަޕޯލީގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. ގޯލާއި ދިމާއެށް ފޮނުވާލި ބާރު ބޯޅަ އިޝަލް ހިފަން މަސައްކަތް ކުރިއެވެ. ބޯޅަ އައިލެއް ބާރުކަމުން އެކަން ކާމިޔާބު ވާ ގޮތް ނުވެ، އިޝަލް އަތުން ދޫވެ ދަނޑު މައްޗަށް ބޯޅަ ވެއްޓުނެވެ. އެވަގުތު އެކަމަށް ވިސްނައިގެން ހުރި ނަޕޯލީގެ ކުރިއަށް ކުޅޭ ކުޅުންތެރިޔާ ފަސޭހަކަމާއެކު، ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާ ލީޑު ނެގިއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ނަޕޯލީގެ އަޑުގަދަވެގެން ދިޔައެވެ. ނަޕޯލީ ކުޅުންތެރިން ދަނޑުގައި އުފާފާޅުކުރަމުން ދިޔަ ވަގުތު، ލޮލުން ކަރުނަ ހިލިފައި އިޝަލް ދަނޑުމައްޗަށް ވެއްޓިފައި އޮތެވެ. ބޯޅަ ސާފުކުރުމުގެ ބަދަލުގައި ހިފަން ހަދައިގެން ހެދުނީ ގޯހެއްކަން ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެއެވެ.

 

ހިތްދަތިވި ނަމަވެސް އެރިކް ހިތްވަރު ކުރިއެވެ. ވެއްޓިފައި އޮތް އިޝަލް ކޮޅަށް ނަގައި ނަސޭހަތް ދިނެވެ. ހިތްވަރު ދޫ ނުކޮށް އަލުން ކުޅުމުގެ ތެރެއަށް ވަންނާށެވެ. އިޝަލްގެ ކޮނޑުގައި އަތްޖަހާލުމަށް ފަހު ކުޅުމާމެދު ވިސްނުމަށް އެރިކް އެދުނެވެ. އާސެނަލްގެ ކެޕްޓަން ވެސް އައިސް އިޝަލްއަށް ނަސޭހަތް ލައިދިނެވެ.

 

“އެލެކްއެއް ކަމަކު ވަރަށް ސަކަރާތްކަމެއް އެކުރީ…މަށަށް ވެސް އެ ބޯޅަ ސަލާމަތް ކުރެވުނީސް…” މިއާ އާއި އަހާން ފަހަތުގައި ތިބީ އާސެނަލް ގެ ދެ ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން މިރޭ އެ ދެ ކުޅުންތެރިން ތިބީ މެޗު ބަލަން ގޮހެވެ. އިޝަލްގެ ދިފާއުގައި މިއާ އެެއްޗެއް ބުނަން ބޭނުންވިއެވެ. އާސެނަލް ކޮޅަށް ލަނޑެއް ނުވަދެ އެއޮށްހާއިރު އޮތީވެސް އިޝަލްގެ މޮޅެތި ސޭވުތަކުގެ ސަބަބުންނެވެ. އެހެނަސް ބައިކޮޅަށް ވަން އެންމެ ލަނޑެއްގެ ސަބަބުން އިޝަލްއަށް ނުރުހުން އަމާޒުވީއެވެ.

“ތިހެންވެއްޖެޔާ ކޯބިން ދާންވީއެެއްނު އެެލެކްގެ ބަދަލުގަ ކީޕަރަކަށް އަރަން..އަނޭ އަހަރެން ކޯޗައް މިވަގުތު ވެސް މެސެޖު ކުރަންތަ؟” މިއާއަށް ވުރެ ކުރިން ރައްދުދިނީ އަލައިކާއެވެ. ކޮއްކޮގެ އަމިއްލަ އެކުވެރިއެއްގެ ފަރާތުން ބަދު ބަސް އިވުމުން އަލައިކާ ގާތަށް ރުޅިއައެވެ. އަލައިކާއަށް ރައްދެއް ނުދީ ކޯބިން އިސްޖަހައިލިއެވެ. ލަދުގަތީ ކަންނޭންގެއެވެ. ދެންވެސް ކޯބިންއަށް ކުދި ކިއުން އަލައިކާ ހުއްޓައި ނުލިއެވެ. މިއާ އާއި ޒާޔާވެސް އަލައިކާއާ އެއްބައިވިއެވެ. އިޝަލްގެ އާއިލާ މެދުގައި ހުރެގެން ، އިޝަލްއާ އަމާޒުކޮށް ބަދު ބަސް ބުނެވުނު މޮޔަ ކޯބިން ހިތަށް އެރިއެވެ.

 

މެޗު ނިމިގެން ދިޔައީ އެކެއް ސުމެއްގެ ނަތީޖާއިން ނަޕޯލީ މެޗު ކާމިޔާބުކޮށްގެންނެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު އިޝަލްއަށް ރޮވުނެވެ. އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުން ކުރިމަތީ އޭނާއަށް ހެދުނު ބޮޑު ގޯހަކުން ބަލިވުމުންނެވެ.

 

މެޗައް ފަހު އިޝަލް އަދި އަކްމަލްއަށް ވެސް ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. ކުޅުން ދައްކަމުގައި ވިއަސް، އިޝަލްއަށް ޓީމުން ފުރުސަތު ލިބެނީ އަކްމަލްގެ ދަރިއަކަށް ވުމުން ކަމަށް ބައެއް މީހުން ތުހުމަތު ކުރަމުން ދިޔައެވެ. އިޝަލްއަށް ނިސްބަތްކޮށް ‘ނެޕޯ ބޭބީ’އޭ ކިޔައި ޕޯސްޓްތައް، މީސް މީޑިއާގައި ދައުރުވާން ފެށިއެވެ.

މުޅި ރޭ އިޝަލް ހޭދަކުރީ ސޯޝަލް މީޑިއާގައެވެ. އޭނާއަށް އަމާޒުވަމުން ދިޔައީ ހައްގު ފާޑުކިޔުންކަން އަމިއްލައަށް ގަބޫލު ކުރެވެން ފެށުނެވެ. ވަރަށް ވިސްނުމަށް ފަހު ، ކުޅުންތެރިންނާއި ސަޕޯޓަރުންގެ ކިބައިން މާފައް އެދި ބޮޑު ޕޯސްޓެއް ކުރިއެވެ.

 

އެ މެޗައް ފަހު، ދެން ލީގުގައި ކުޅުނު މެޗައް އަކްމަލް އިޝަލް ނާރުވައެވެ. އާސެނަލްގެ ބައެއް ސަޕޯޓަރުން އެކަމާ ނުރުހުނެވެ. އިޝަލްއަށް ހެދުނު އެންމެ ގޯހެއްގެ ސަބަބުން ބެންޗު ކުރުމުން އަކްމަލްއަށް ފާޑުކިޔެވެ. ކަންދިމާ ކުރި ގޮތުން ބޯންމައުތް އަތުން 3-0ގެ ނަތީޖާއިން އާސެނަލް ބަލިވީއެވެ. ސީޒަންގެ ފުރަތަމަ ބައްޔެވެ. ބޯންމައުތް އަތުން އެ ބަލިވީ އަހަރަކަށް ފަަހަގައެވެ. ބަލީގެ ސަބަބުން، އިނގެރޭސީ މީޑާގެ ޝިކާރައަކަށްވެ އަކްމަލް މަގާމުން އިސްތިއުފާ ދިނެވެ. ބޮޑު ބައްޔަކުން ބަލިވުންވީ، ޚުދު އަކްމަލް އަމިއްލައަށް ވެސް ގަބޫލު ކުރަން ދަތި ބައްޔަކަށެވެ.

 

މެޗު ކުޅެން ނަޕޯލީއަށް ދިއުމުގެ ކުރިން ، އިޝަލް ސިކުނޑި ހަމަޖައްސަ ދިނުމުގެ ބޭނުމުގައި ގޭމް ނައިޓެއް މިންހާ ބޭއްވިއެވެެ. މިންހާ އާދޭސްކުރި ވަރުން އެއްބަސް ވިނަމަވެސް ، މަޖާ ކުރުމުގެ މޫޑެއް އިޝަލްގެ ނެތެވެ. އިޝަލްގެ މޫނު މައްޗަށް ހިނިތުންވުން ގެނެވޭތޯ އަހާން އާއި ޒާޔާ ވެސް މަސައްކަތް ކުރަމުން ދިޔައެވެ.

 

ގޭގެ ބެލް ޖެހުމާއެކު ދޮރު ހުޅުވަން މިންހާ، އިޝަލް ގާތުން އެދުނެވެ. ފޫހި ގޮތަކަށް އިޝަލް ދޮރުހުޅުވަން ދިޔައެވެ. ހީވަނީ ގައިގައި ކުރާނެ ކަމެއް ނެތިފައި ހުރި މީހެއްހެންނެވެ. ދޮރު ހުޅުވިއިރު ދޮރު މަތީގައި ތިބީ އެރިކް އާއި މިއާއެވެ. ހިތި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ދެބެއިން ވަންނަން އިޝަލް ތަން ދެއްކިއެވެ. މިއާއަށް ވުރެ ކުރިން ގޭތެރެއަށް ވަދެގެން އެރިކް ދިޔައެވެ.

 

އިޝަލްގެ މޫނު މަތިން ފެންނަމުން ދިޔަ މާޔޫސީ ކަމުން މިއާ ހިތަށް ތަދުވިއެވެ. އިޝަލްގެ ހާލު ރަނގަޅި ނޫންކަން އެރިކްގެ ފަރާތުން މިއާއަށް ވަނީ އެނގިފައެވެ. މުޅި އާސެނަލް ޓީމު ވެސް އެކަމާ ތިބީ ކަންބޮޑުވެފައެވެ.

ވަރަށް ލަދުން ހުރެ މިއާ އަތުގައި އިން ތަށި އިޝަލްއަށް ދިއްކޮށްލިއެވެ. އެއީ ކޯޗެއްހޭ އަހާ ފަދަ ގޮތަކަށް އިޝަލް ނިއްއަރުވާލިއެވެ. “ޗޮކްލެޓް ކްރޮސާންޓް” އިޝަލްއަށް މީރުކަން އެނގޭތީވެ މިއާ އެއައީ އަމިއްލައަށް ކްރޮސާންޓް ހަދައިގެންނެވެ. ޝުކުރު އަދާ ކުރުމަށްފަހު އިޝަލް މިއާ އަތުން ތަށި ނެގިއެވެ. މަތި ހުޅުވާލުމާއެކު މުޅި ތަނުގައި ކްރޮސާންޓްގެ މީރު ވަސް ހިފައިގަތެވެ. “ޝުކުރިއްޔާ” ނޭފަތް އެތެރެއަށް ދަމާލަމުން އިޝަލް ޝުކުރު އަދާކުރިއެވެ. އޭރު އެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިއެވެ.

 

އެއް ކްރޮސެންޓް ފަސް ބަޔަށް ފަޅި ކޮށްފައި ދެން ތިބި ކުދިންނަށް އިޝަލް ދިނެވެ. ދެން އޮތް ދިހަ ވަރަކަށް ކްރޮސެންޓް ކެއި އިޝަލްއެވެ. ގޭމު ކުޅުމުގެ ތެރެއަށް ވަދެވުނު ވަރުން ކައި ހުސްވިއިރުވެސް އިޝަލްއަަށް ނޭންގުނެވެ. ގިނައިރު ވަމުން ދިޔަ ވަރަކަށް އިޝަލް ވެސް ފޯރި ޖެހެމުން ދިޔައެވެ. ހިނދު ކޮޅަކަށް ނަމަވެސް ފުޓުބޯޅަ މަތިން ހަނދާންނެތޭ ގޮތްވިއެވެ.

 

އަކްމަލް އާއި އިޝްމާ ދުރުގައި ކުދިންގެ ހަރަކާތްތައް ބަލަން ތިއްބެވެ. އާސެނަލް ކޯޗުކަމުން ދުރުވި ނަމަވެސް ، އަކްމަލް ހުރީ ހިތް ހަމަޖެހިފައެވެ. ޗެމްޕިއަންސް ލީގުގެ ތަށި ނުނެގުނު ކަމުގައި ވިއަސް، އާސެނަލްއާއެކު ރަނގަޅު ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. ކޯޗުކަމާއި އޭނާ ދުރުވި އެންމެ ބޮޑު ސަބަބަކީ، އިޝަލްއަށް އާސެނަލުގައި ކުރިއަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ހަފުތާއަކަށް ފަހު އިޝަލްގެ މޫނު މަތިން ހިނިތުންވުން ފެނުމުން، އިޝްމާ އާއި އަކްމަލްއަށް ވެސް އުފާވެރިކަން ލިބުނެވެ.

 

އެރިކް އާއި މިއާ ދިއުމުން ، މިންހާ އުޅުނީ ސިޓިން ރޫމް ތެރެ ސާފުކޮށެވެ. ޒާޔާ އާއި އަހާން ދިޔައީ ތަށިތައް ދޮންނަން ބަދިގެއަށެވެ. މިންހާ ކުނިކެހުމުން ، ކުނިތައް ނަގައިދިނީ އިޝަލްއެވެ. މަސައްކަތްކޮށް ނިންމާފައި ވަރުބަލި ވެގެން މިންހާ ސޯފާގައި އިށީނެވެ. މިންހާއާ ޖެހިގެން އިޝަލް ވެސް އިށީނެވެ. އިޝަލް އުޅޭ ގޮތުން މިންހާއަށް އުނދަގޫވިއެވެ. ހީވަނީ ވަރަށް ދުރު މީހެއް ގާތު ކަމަކު ބުނަން ނުކެރިގެން އުޅޭހެންނެވެ. “އެލެކް…ހުރިހާ ކަމެއް ރަނގަޅުތަ؟ ކީއްވެ ފާޑަކަށް ތިއުޅެނީ؟” އެންމެ ފަހުން ނުހުރެވިގެން މިންހާ ސުވާލު ކުރިއެވެ. “ތެންކްޔޫ…މަށަށް އެނގޭ ކީއްވެގެން ކަން މިންނު މިރޭ ގޭމް ނައިޓް ބޭއްވީ…” އިޝަލް ހިތިގެ އެންމެ ފުންމިނުން މިންހާއަށް ޝުކުރުު އަދާކުރިއެވެ. “ކަޒް…ޔޫ އާރ ސްޓިލް މައި ބެސްޓް ފްރެންޑް….މަށަށް އެނގޭ މީވީ ދުވަސްތަކުގަ އަހަރުންގެ ގުޅުން ކުރިއަށް ވުރެ ތަފާތު ވެއްޖެކަން…ކުރީގަ ގޮތައް ނޫޅެނުވަސް ތިއީ އަދިވެސް އަހަރެންގެ ބެސްޓް ފްރެންޑް…” ފުދޭ ވަރަކަށް ގިނައިރު ވާހަކަ ދެ ކުދިން ވާބަކަ ދައްކަން ތިއްބެވެ. އިޝަލް އޭނާގެ އުދާސްތައް، މިންހާއާ ހިއްސާ ކުރިއެވެ. މިންހާގެ ހިތްވަރުދިނުމުގެ ބަސްތަކުން އިޝަލްއަށް ލުއެއް ލިބިގެން ދިޔައެވެ.

 

ހަމަހިމޭން ކަމާއެކު ޒާޔާ ތަށި ދޮންނަމުން ދިޔައެވެ. އަހާން އެއްޗެއް ބުންޏަސް ހަމަ އެކަނި ހޫން އަޅުވާލަނީއެވެ.

“ޒާޔާ ޕްލީޒް.. މަށަށް ތިހެން ނުހަދަބަ..އެންމެން ތެރޭގަ ސަމާސާކޮށްފައި ، ކީއްވެ އަހަރުމެން އެކަނި ވުމުން ތިހެން ކަންތައް ކުރަނީ؟” ޒާޔާގެ ހިމޭންކަމުން އަހާންއަށް އުނދަގޫވިއެވެ. ޒާޔާ އަތުގައި ހިފައި އޭނާއާ ވީ ދިމާއަށް އަނބުރާލިއެވެ. އަހާންގެ މޫނު މަތީގައިވި ހިތްހަމަ ނުޖެހުން، ވަގުތުން ބަދަލުވެގެން ދިޔައީ، ޒާޔާ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަ ފެނުމުންނެވެ. ރުޅި މަޑުކޮށް، މަޑުމައިތިރި އަޑަކުން ޒާޔާއަށް ގޮވާލިއެވެ. “އަހާން…އަހަރެން ވަރުބަލިވެއްޖެ..އެންމެން ތެރޭގަ އުފާވެރި މޫނެއް ދައްކައިގެން ހުއްޓަސް މި ހިތައް ވަރަށް ތަދުވޭ…އަހާން ކުރިމަތީގަ، މަސްނޫއީ ހިނިތުންވުން ދައްކާނެހާ ހިތްވަރެއް އަހަރެން ގަޔަކު ނެތް…ރިއަން އަހަރެންގެ ހިތްހަލާކު ކޮށްފަ އެ ދިޔައީ…” ޒާޔާއަށް ރޮވުނެވެ. މުޅި އާއިލާ ކުރިމަތީ ހަމަޖެހޭކަން ދައްކައިގެން ހުރި ނަމަވެސް އޭނާގެ އުފާވެރިކަން ވަނީ މާ ދުރަށް ގޮސްފައެވެ. ޒާޔާގެ ހިތްހަމަ ޖައްސައިދޭން ބުނާނޭ ބަހެއް އަހާނަކަށް ނޭންގުނެވެ. ޒާޔާ ރޯތަން ބެލުމަކީ، އޭނާގެ ހިތައް ކުޅަދާވާކަމެއް ނޫނެވެ. އަހާން އޭނާ ދެއަތުގެ ހިމާޔަތް ޒާޔާއަށް ދިނެވެ. ޒާޔާ ބޭނުންވަރަކަށް ރޯން ދޫކޮށްލިއެވެ. އެހިތައް ލުޔެއް ލިބޭނީ އުދަސްތައް ބޭރުކޮށްލެވުމުންނެވެ.

 

އާސެނަލްގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވީ، އަކްމަލްގެ ދަށުން އެސިސްޓެންޓް ކޯޗެއް ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ސްޕެއިންގެ އަންދްރޭސް ސިލްވާއެވެ. ސިލްވާއަކީ ވެސް ކުރީގައި ނަން މަޝްހޫރު ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން ތިރީސް އަހަރުގައި ކުޅުމާއި ދުރަށް ދާން ޖެހުނީއެވެ.

ޓީމާއި ހަވާލުވުމަށްފަހު ސިލްވާ، އޭނާގެ އިތުބާރު އިޝަލްއަަށް އޮތްކަން ހާމަ ކުރިއެވެ. އޭނާ ޓީމު ގެންގުޅެން ގަސްތުކޮށްފައި އޮތީ އަކްމަލް ގެންގުޅުނު ގޮތާއީ ދާދި އެއްގޮތަށެވެ. ނަޕޯލީ މެޗުގެ ކުރިން ، ލަންޑަންގައި އޮތް ފަހު ޕްރެކްޓިހުގައި އޭނާ ވަނީ ގޯލު ޖަހަން އެކި ކަހަލަ ޕްލޭންތައް ހަދާފައެވެ. އެ މެޗުގައި ގޯލެއް ޖަހަން އާސެނަލްއަށް މަޖުބޫރެވެ.

 

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވޭން – 2

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 76

Next
July 30, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 76

Previews
July 30, 2026

ވޭން – 2

One Comment

  1. Anonymous says:
    July 30, 2026 at 7:55 pm

    What a surprise…. Wasn’t expecting another part of this story…
    Anyways… It’s sooo nice…
    Curiously waiting for the next part… When’s next??
    And is there a way we can get story updates?? Like yk…..

Comments are closed.



All Right Reserved!