އެވަގުތު ކޮޓަރިން ނިކުމެ ނިކުމެ ހުރި ރައިޝާ އަށް ހުއްޓުން އެރީ ޔާނިއު “ރައިޝާ!!!!” އޭ ކިޔާފައި ހަޅޭއް ލަވައި ގަތިމުން އެވެ. ރައިޝާ ސިހިފައި ޔާނިއު އާއި ދިމާލަށް ބަލައިލި އިރު ޔާނިއު ހުރިގޮތުން ރައިޝާ ހިތް ބިރު ގަންނަން ފެށިއެވެ.
5 ވަނަބައި……
“ދެލޯ ކަނަތަ؟ ނޫނީ ރައިޝާ އަށް ނުވިސްނެނީތަ؟ މީ ކިހާ މުހިންމު ޑޮކިއުމެންޓްއެއް ކަން ރައިޝާ އަށް ނުވިސްނެނީތަ؟ މަގޭ ސްޓަޑީ ސާފުކޮށްފަ ނިކުމޭ” މިހެން ބުނެފައި ޔާނިއު ބެލްކަންޏަށް ނިކުތެވެ. އަދި ސިގިތޭޓެއް ރޯކޮށްގެން މާލޭގެ ހަލަބޮލި މަގުތަކަށް ނަޒަރު ހިންގާލިއެވެ.
ރައިޝާ ޔާނިއުގެ ސްޓަޑީ ސާފުކޮށްލުމަށްފަހު ނިކުތެވެ. “ޔާނިއު އައިމް ސޮރީ … ވިސްނާނުލާ ކޮފީތަށި ބެހެއްޓުނީ” ރައިޝާ ޔާނިއު އާއި ކައިރިވެލަމުން ބުނެލިއެވެ. ޔާނިއު ރައިޝާގެ ކޮލުގައި ހިފާފައި ރައިޝާ އާއި ހަތަރު ކަޅި ހަމަ ކޮށްލިއެވެ. “މިއަދަށްފަފު ކަލޭ މަގޭ ސްޓަޑީ އަށް ވަދެގެން ނުވާނެ އަދި މަގޭ އާކައިރިވެސް ވެގެން ނުވާނެ ދުރަށް ޖެހީ” މިހެން ބުނެ ޔާނިއު ރައިޝާ ފަހަތަށް ކޮއްޕާލިއެވެ. ރައިޝާ ގޮސް ތޮޅުން މައްޗަށް ބާރަށް ވެއްޓުނެވެ. ކަރުނަވީ ލޮލަކުން ރައިޝާ ޔާނިއު އަށް ބަލައިލިއެވެ. “ކީއްވެ؟” ރައިޝާ އަށް ބުނެވުނެވެ. ޔާނިއު ރައިޝާ އާއި ހަމައަށް ތިރިވެލިއެވެ. “އެއީ މަގޭ ކަލޭ އާ އިނީ ލޯތްބަކުންނެއް ނޫން … މަގޭ ކަލޭ ދެކެ ނަފްރަތުކުރަން، މަގޭ ކުރިމަތިން ނެއްޓެން އުޅޭ” ޔާނިއު މިހެން ބުނެފައި ތެދުވެގެން ގޮސް އޭނާގެ ސްޓަޑީ އަށް ވަނެވެ.
………………
ރޭގަނޑުގެ އަނދިރިކަން އަލިވެ އާދުވަހަކަށް އިރު މަރްހަބާ ކިއެވެ. ރައިޝާ އަވަހަށް ތެދުވެ ޔާނިއުގެ ގަމީހާއި ފަޓުލޫނު އިސްތިރިކޮށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައި އަމިއްލައަށް ތައްޔާރުވެގެން ޔާނިއުގެ އިންތިޒާރުގައި ސިޓިން ރޫމް ގައި މަޑުކޮށްލިއެވެ. މާގިނަ އިރެއްނުވޭ ޔާނިއު ތައްޔާރުވެގެން ނިކުތެވެ. ޔާނިއު ލާގެން ހުރީ ރައިޝާ އިސްތިރި ކުރި ގަމީހާއި ފަޓުލޫނެއް ނޫނެވެ. “ސާނުބޮންތަ؟” ރައިޝާ އަހައިލިއެވެ. “މިއަދަށްފަހު މަގޭ ލާއެއްޗެއްގަ އަތް ޖަހައިގެން ނުވާނެ، އަދި އަމިއްލަ އަށް ކާ ވަރަށް ކައްކާ މަގޭ ނުކާނަން ކަލޭ ކައްކާ ވިހައެއް” ޔާނިއު މިހެން ބުނެ ރައިޝާ އިސްތިރި ކުރި ގަމިސް އާއި ފަޓްލޫނު ޑަސްޕިނަށް ލިއެވެ. އަދި ގެއިން ނިކުމެގެން ދާން ހިނގައިގަތެވެ. ރައިޝާ ޔާނިއު ގެ ފަހަތުން ނިކުތެވެ.
“އަހަރެން ޑިއުޓީ އަށް ލާދީފާނަންތަ؟” ރައިޝާ އިސްޖަހައިލައިގެން ހުރެ އަހައިލިއެވެ. “ނޯ! މަގޭ ކާރު މުޑުދާރުވާނެ” މިހެން ބުނެ ޔާނިއު ކާރު ދުއްވާލިއެވެ. ރައިޝާ ހިނގާފައި ޑިއުޓީ އަށް ދިޔައެވެ.
…………….
ދުވަސްތަށް ހަލުވި ކަމާއެކު ފާއިތުވަމުން ދިޔައެވެ. ޔާނިއު އާއި ރައިޝާ ގެ ދެމެދުގައި މަހެއް ވީއިރުވެސް ވަނީ ބީރައްޓެހިކަމެވެ. ފަހަކަށް އައިސް ޔާނިއު ގެއަށް އަންނަނީ ލަހުންނެވެ. ގިނަ ރޭރޭ ރައިޝާ ނުނިދާ ޔާނިއުގެ އިންތިޒާރުގައި މަޑުކުރެއެވެ. މިއަދަކީވެސް އެފަދަ ގުވަހެކެވެ. ޔާނިއު ވަރުބަލި ކަމާއެކު ގެއަށް އައިސް ވަނެވެ. “ޔާނިއު؟ ހާދަ ލަހުން؟” ރައިޝާ އަށް ޔާނިއުގެ ގަމީހުގައި ހުރި ތުންފަތް މާކު ފެނުނެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އެތަނަށް ބަލަން ހުއްޓެވެ. “ރައިޝާ! ބެހޭ ކަންތަކާ ބެހިބަލަ” މިހެން ބުނެ ޔާނިއު ކޮޓަރިއަށް ވަނެވެ.
ޔާނިއު ވަތްތާ މާގިނަ ވަގުތު ނުވަނީސް ގޭގެ ރަނގަބީލު އެޅި އަޑަށް ރައިޝާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ޒުވާން އަންހެން ކުއްޖެކެވެ.
-ނުނިމޭ-
long time no see, I’m so sorry for the 2 years delay I’ll make it up
hope you will like this part too
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


owh hiiii so happy to see you after so many days hehe…anyway,mi part vex vrh reethhi maasha allah..lysm and when next? also next part thankolheh dhigu kohlachey
wow its really gud
u no i have a feeling that he likes her but never admit
and who is that girl? yaanu he really needs to think and no her life
like y she even married him? y she don’t have many friends?
anyway mi vaahaka vrh reethi
curiously waiting 4 the next part
lysm TC
wow its really gud
u no i have a feeling that he likes her but never admit
and who is that girl? yaanu he really needs to think and no her life
like y she even married him? y she don’t have many friends?
anyway mi vaahaka vrh reethi
curiously waiting 4 the next part
lysm TC
OOps olhigen dafaharu comment kuravifa aeini
sryy