ޔާނިއު ވަތްތާ މާގިނަ ވަގުތު ނުވަނީސް ގޭގެ ރަނގަބީލު އެޅި އަޑަށް ރައިޝާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ޒުވާން އަންހެން ކުއްޖެކެވެ.
……..
6 ވަނަބައި….
“ތީ ކާކު؟” ރައިޝާ އަހައިލިއެވެ. “އައިމް އަނާ ޔާނިއުގެ ވަރަށް ގާތް ފްރެންޑް އެއް ޔާނިއުގެ ވޮލެޓް އަހަރެންގެ ގޭގަ ބާއްވާފަ އައީމަ ހަވާލުކޮށްލަން މި އައީ” އަނާ މިހެން ބުނެލާފައި ޔާނިއުގެ ވޮލެޓް ދިނެވެ. އަދި ދާން އެނބުރުނެވެ. ރައިޝާ އަނާ އަށް ބަލައިލިއެވެ. ފަލަމަސްގަނޑާއި ހަމައަށް ދާވަރުގެ ގަޔަށް ބާރު ހެދުމެއްލައިގެން ހުރި ކުއްޖެކެވެ. ރައިޝާ ގޭގެ ދޮރު ޖަހާފައި ޔާނިއު އަށް ވޮލެޓް ދޭން ކޮޓަރިއަށް ވަނެވެ.
އެވަގުތު ޔާނިއު ފެންވަރާގެން ނިކުމެ ހަމައެވަނި ޓްރަކްސޫޓެއް ލައިގެން ހުރި ތަން ފެނުނެވެ. ޔާނިއު ގެ ހަށިގަނޑު އެހާމެ ފުރިހަމައެވެ. 6 ޕެކް އެބްސް އަކާއި ދޮން ހަށިގަނޑެކެވެ. އިސްތަށިގަނޑު ހިއްކަމުން އެބުރުނު ޔާނިއު އަށް ދޮރުކައިރީގައި ހުރި ރައިޝާ ފެނުނެވެ. ޔާނިއު ރައިޝާ ކާރިއަށް ޖެހެމުން ގޮސް ރައިޝާ ފާރާއި ޔާނިއުގެ ހަށިގަނޑާއި ދޭތެރޭ ބަންދުކޮށްލިއެވެ.
“ފެންނަ މަންޒަރި ކަމުދޭތަ؟” ޔާނިއު އަހައިލިއެވެ. “އަ… ޔާނިއުގެ ވޮލެޓް” ވޮލެޓް ދިނުމަށް ފަހު ރައިޝާ ކޮޓަރިން ނިކުތެވެ. ރައިޝާގެ މޫނުމައްޗަށް އާ ކުލަވަރު ފެނިފައި ޔާނިއުގެ ތުންފަތުގައި ހިނިތުން ވުމެއްފާޅުވިއެވެ.
އާ ދުވަހަކަށް އިރު މަރްހަބާ ކިއެވެ. ރައިޝާ އަވަހަށް ރެޑީ ވެލާގެން ޑިއުޓީ އަށް ދާން ނިކުތެވެ. އެވަގުތު ވީ ޔާނިއު އުޅުނީ ބަދިގޭގަ ކޮފީ ތައްޔާރުކޮށްށެވެ. “މޯނިން” ރައިޝާ ބުނެލިއެވެ. “ހްމްމްމް” ޔާނިއު ކޮފީތަށި ބޮމުން ޖަވާބުދާރީ ވިއެވެ. ރައިޝާ އަތްދަބަސް އަޅުވާގެން ބޫޓައް އަރައިގެން ގެއިން ނިކުތެވެ. ޔާނިއު ވެސް ޑިއުޓީ އަށް ދާން ނިކުތެވެ.
ރައިޝާ ގޮސް ކެންގަރޫ ކިޑްސް ޕްރީސްކޫލް އަށް ވަނުމުން މީހުން ދުރަށް ޖެހެމުން ދިޔައެވެ. ޔޫލީން ފަހަތުން އައިސް ރައިޝާ އާއި ހަމައަށް މަޑުކޮއްލިއެވެ. “ކަމަނާފާނު ގޫޅާވެސްނުލާ ތިއުޅެނީ” ޔޫލީން ތުން ދަމާލާފައި ޝަކުވާ ކޮއްލިއެވެ. “ޕްސް ޕްސް ސާބަސް ކަބުލޮއަށް މަގޭ މިއުޅެނީ މިތާންގަ މަބުލޮއެއްނު ލަންކާއަށް ވެކޭޝަން އެއްނަގާފަ ތިއައީ” ރައިޝާ ވެސް ހިލާ ދޫނުކުރިއެވެ. “އެޔެއް ނޫނޭ… ދޮންބެ އަދިވެސް ވާހަކަ ނުދައްކާތަ؟” ޔޫލީން އަހައިލިއެވެ. “ހްމްމް. އައި ޑޯންޓް ބްލޭމް ހިމް ދޯ” ރައިޝާ ގޮނޑީގައި އިށީންދެލަމުން ބުނެލިއެވެ. “ރައި އައިމް ސޮރީ ދޮންބެ އެހެން ހަދާތީ … އައި އޮނެސްޓްލީ ޑިޑިންޓް ނޯ” ޔޫލީން ޔާނިއުގެ ބަދަލު މާފަށް އެދުނެވެ. ކްލާސް ބެލް ޖެހުމުން ރައިޝާ އާއި ޔޫލީން ދެމީހުން ދެމީހުންނަށް އަލްވަދާއު ބުނެ ދެކޮޅަށް ހިނގައިގަތެވެ.
…….
ޔާނިއު ގޮސް ކޮމްޕެނީ ތެރެއަށް ވަނުމުން އެތާންގައި މަސައްކަތް ކުރާ އިމްޕްލޮއީސް ޔާނިއު އަށް ގްރީޓް ކުެިއެވެ. ޔާނިއު އޭނާގެ ކެބިން އަށް ވަނުމާއެކު ހުއްޓުން އެރިއެވެ. “އަނާ !” ޔާނިއު އެތާ ސީ.އީ.އޯ ދޮނޑީގައި އިށީންދެލާގެން ހުރި އަނާ ފެނިފައި ރުޅި އައެވެ. “ހާއި ބޭބީ” އަނާ ތުއި ގޮތަކަށް ޔާނިއު އަށް ގޮވައިލިއެވެ. “ބޭބީ؟ އަނާ ލަދެއް ނުގަނޭތަ؟” ޔާނިއު އަނާ އާއި ދިމާލަށް ހަޅޭ ލަވާގަތެވެ. “ބައިދަވޭ ޔާނޫ އައި މެޓް ޔުއާރ ވައިފް ލާސްޓް ނައިޓް، ޝީއިޒް ސޯ މެހް ބޯރިންގަ” އަނާ ރައިޝާ އާ ނިސްބަތް ކޮށް ފާޑުކިޔާ މަލާމާތް ކުރިއެވެ. ” އަނާ! އެއީ މަގޭ އަންހެނުން އަނާ އަކަށް މަގޭ އަންހެނުން އަށް ފާޑު ކިޔާކަށް ހައްގެއް ނޯންނާނެ ނިކުމޭ މަގޭ ކެބިން އިން ޔުއާ އޭން އޯޑިނަރީ އެމްޕްލޮއީ މަގޭ އޮފީހަށް ވަންނަން ޖެހޭނީ ހުއްދަ ހޯދާގެން” ޔާނިއު މިހެން ބުނެފައި އަނާ އޭނާގެ އޮފީހުން ނެރުނެވެ.
އެވަގުތި ކަޔަން ޔާނިއުގެ އޮފިސް ދޮރުގައި ޓަކިޖަހައިލިއެވެ. “ކަމް އިން” ޔާނިއު އިސް ހިއްލާލަމުން ބުނެލިއެވެ. “އޭ ޔާން ކޮން ކަމަކާ ބޯ ގޮވާފަ؟” ކަޔަން އެއްސެވެ. “ކޮން ކަމަކާ މޫޑު ކަޓާނީ ކައި ބުނެބަލަ” ޔާނިއު އެ ރުޅިމަތީ ބުނެލިއެވެ. “ރައިޝާ ކައެ ގައިގަ އަތްލީ ތަ؟” ކަޔަން އަހައިލިއެވެ. ” ވަޓް؟ ނޯ އެ އަނާ ކަންތައް މާ މައްޗައް ދަނީ މިހާރު ރައިޝާ އާ ވެސް ދިމާ ކޮއްފި ނޭންގެ ރައިޝާ ކައިރީގައި ކީ ކީކޭ ކަމެއްވެސް އެންޑް ރޭގަ މަގޭ ކޮންޕެނީގެ ޑޭޓާ ވޯކް ހަދަން ހުއްޓާ ފާޑެއްގެ ގަޔަށް ބާރު ހެދުމެއްލާގެން އައިސް މަށަށް ދެއްކެން އުޅެއެއްނު… އަދި މަދޭ ގަޔަށް ބޮލަށް އަރަން އުޅުނެއްނު ޗީ” ޔާނިއު ކަޔަން އަށް ކިޔާދިނެވެ.
ދުވަސް ފާއިތު ވަމުން ގޮސް މެންދުރުއަތަށް އެޅީއެވެ. ޔާނިއު އަށް ޔުސްރާ ގުޅިއެވެ. “ދަރިފުޅާ މިއަދު ރައިޝާ ގޮވާގެން ގެއަށް އަންނަށްޗެ” ޔުސްރާ ބުނެލިއެވެ. “އޯކޭ މަންމާ ރައިޝާ އާ
——-
ސްކޫލް ޑިއުޓީ ނިންމާފައި ގެއަށް ދާން ނިކުތް ރައިޝާ އާއި ޔޫލީން ހުއްޓުން އެރީ ދޮރުމަތީގައި ޕާކު ކޮށްފައި ހުތި ކާރު ލެގިލައިގެން އިން ޔާނިއު އަށްށެވެ. “ދޮންބޭ” ޔޫލީން ޔާނިއު އަށް ގޮވައިލިއެވެ. ރައިޝާ ޔޫލީން ފަހަތުން އައެވެ. “މަންމަ ބުނި ރައުޝާ ގޮވައިގެން އަންނަން” ޔާނިއު ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.
ޔޫލީން އާއި ރައިޝާ ޔާނިއު ގެ ކާރުގެ ފަހަތު ސީޓަށް އަރާފައި އޮލަ ވާހަކައިގައި ގެއްލުނެވެ. ޔާނިއު ކާރުގެ ލޯކޮޅުން ރައިޝާ އަށް ބަލައިލިއެވެ. ރައިޝާ ހިނިތުން ވެލާފައި ޔޫލީން އާއި ވާހަކަ ދައްކާ މަންޒަރު ފެނި ޔާނިއު ގެ ތުންފަތުގައި ހިނިތުން ވުމެއް ވަޒަންވެރި ވިއެވެ.
ކާރު ގޮސް މަޑުކުރީ ޔާނިއު އާއި ޔޫލީންގެ މަންމަ ޔުސްރާ ގެ ގޭގައެވެ. ކާރުން ފައިބައިގެން ގޮސް ވަތް ރައިޝާ ސިހުނީ ޔުސްރާ ރައިޝާ ގައިގައި ބައްދާލުމުން އެވެ. “ރައި ކައިވެންޏަށް ފަހު އަލަށް ދޯ މި ދިމާވީ…. މަންމަ ވަރަށް އުފާ ވެއްޖެ” އަލަށް މަންމައެއްގެ ލޯބި ލިބުމުން ރައިޝާ ފެންކަޅިވިއެވެ. “މަންމާ” ރައިޝާ މޫނު ޔުސްރާގެ ކޮންޑުގައި ފޮރުވާލަމުން ބުނެލިއެވެ. “ދަރިފުޅާ ކީއްވެ ތި ރޮނީ؟ ޔާން ރައި އަށް ހަނގާ ކުރަން ދޯ ގޭގަ އުޅޭއިރު” ޔުސްރާ ޔާނިއު އާއި ދިމާލަށް ބުނެލިއެވެ. “ނޫން މަންމާ ޔާނިއު އަޅުގަނޑަށް ވަރަށް ރަނގަޅު” ރައިޝާ ކަރުނަ ތަށް ފޮހަމުން ބުނެލިއެވެ. ޔާނިއު އިސް ޖަހައިލިއެވެ. އެއީ ރައިޝާ ޔާނިއު ގެ ސަލާމަތަށް ދޮގު ބުނުމުން އެވެ.
އެވަގު ދަބަހެއް އަޅުވައިގެން ގެއަށް ޒުވާނަކު ވަނެވެ. ގޭތެރޭގައި ތިބި އެންމެންގެ ނަޒަރު ގޮސް ހުއްޓުނީ ގޭގެ މައި ދޮތަށް ށެވެ. “އާންޓް އައިމް ބެކް” ޔުސްރާ އަށް ނިސް ބަތް ކޮށް އެ ޒުވާނާ ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Ana?