Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 35

Itxlevender
Itxlevender Level 310 Stories100 Comments100 Login
July 30, 2026 11 Mins Read
18 Comments

ކައިލް ފުރައިގެން ދިޔައީ އެ ފަސްގަނޑަށް އެ ހިތް ދޫކޮށްފައެވެ. ކިތައްމެ ބޭނުންނުވިޔަސް މަޖުބޫރުވީއެވެ. ގަވައިދުން ކާ ބޭހެއް ފަދައިން ކައިލް ލިއާއަށް މެސެޖު ކުރެއެވެ. މަދު ފަހަރަކު ލިއާގެ ރިޕްލައި ނުލިބި ދެއެވެ. ކައިލްގެ މެސެޖުތަކުގައި ލިއާ ދެކޭ ހިތުން ކެތްނުވެގެން އެވާހަކަ ބުނެފައި ހުރެއެވެ. ވީޑިއޯ ކޯލް ކުރަން އާދޭސްކުރުމުން ލިއާ އެއްބަސްވީ އެންމެ ފަހަރަކުއެވެ. ސްކްރީންގެ ޒަރީއާއިން ލިއާ ފެންނަ މިންވަރުން ކައިލްއަކަށް ނުފުދެއެވެ. ހިތް އެދެނީ އަބަދު ލިއާ ގާތުގައި ވުމެވެ.

ޗުއްޓީގެ ދުވަސްތައް ނިންމާފައި އަވަހަށް އާދެވޭނޭ ހީކުރި ނަމަވެސް ކައިލް ހީކުރި ގޮތަކަށް ނުވިއެވެ. ބައްޕަ އަކީލް ހީވަނީ ކައިލް ރާއްޖެއަށް ނުގެންދަން މަސައްކަތްކުރާހެންނެވެ. އަކީލްއާއި މެދު ކައިލްގެ ހިތުގައި ކޮންމެވެސް ވަރަކަށް ޝައްކުތަކެއް އުފެދިފައިވެއެވެ. ވަޒީފާއިން އަކީލްއަށް ދީފައި އޮތް ޗުއްޓީ ހަމަވުމުންވެސް ދާން ނޫޅުމުން ކައިލް ސުވާލު އުފެދިފައިހުރީ މިއީ ދުވަހަކުވެސް އަކީލް އުޅުނު ގޮތެއް ނޫންވީމައެވެ. އެހެންނަމަވެސް އަކީލް ވަޒީފާ އަދާކުރަނީ އަމިއްލަ ހޮސްޕިޓަލުގައި ވިއްޔާއެވެ. އެހެންކަމުން ޗުއްޓީ ހަމަވިޔަސް އަކީލް ހާސްވާންޖެހޭ ސަބަބެއް ނެތްކަމުގައި ކައިލްގެ ހިތަށް ވިސްނައިދިނެވެ.

ދެމަސް ފަސް-

އެއަރޕޯޓުން ނިކުމެގެން އައި ފިރިހެންވަންތަ ޒުވާނާއަށް އެތަނުގައިވި ގިނަ އަންހެން ކުދިންގެ ނަޒަރު ހުއްޓުނެވެ. ލޯމަތީގައިވި ބްރޭންޑެޑް އަވިއައިނު ނަގާފައި އިސްތަށިގަނޑުމަތީގައި ބައިންދާލި ގޮތުން ބަލަންތިބި އަންހެންކުދިން އާގަމަވާގޮތްވިއެވެ. އެ ޒުވާނާގެ ސަމާލުކަމެއް އެތަނުގައިވި އަންހެންކުދިންނަކަށް ނެތެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އޭނާ ވާހަކަ ދައްކަން ފެށިއިރު ލަނގޮޑި ހަރަކާތްކޮށްލި ގޮތުން އެ އަންހެންކުދިން ތަލިން ކުޅު ހިކުނު ކަހަލައެވެ. ލައިގެން ހުރި ތުނި ފޮތީގެ ހުދު ގަމީހާއި ކަޅު ޖިންސުން އެ ޒުވާނާގެ ފިރިހެންވަންތަ ފުރިހަމަ ހަށިގަނޑު ހާމަވެއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ދެމަފިރިންގެ ތެރެއިން ފިރިހެންމީހާގެ ނުރުހުމުގެ ބަސްތައް އޭނާގެ އަންހެނުންނަށް ރައްދުކޮށްލި އަޑު އިވުނެވެ. އެ ދިމާލަށް އެއްބަޔަކު ބަލާލިގަޑީ ފެނުނީ އެ އަންހެންމީހާގެ ނަޒަރުވެސް އެ ރީތި ޒުވާނާއަށް ހުއްޓިފައިވަނިކޮށެވެ. ގިނަ ބަޔަކު އެ ޒުވާނާއަށް ބަލަން ތިބި ގޮތުން ހީވަނީ ހޮލީވުޑްގެ ތަރިއެއް ރާއްޖެއަށް ޒިޔާރަތްކުރުމުން ބަލަން ތިބިހެންނެވެ.

“ކެލް…” ފަހަތުން ދުވެލާފައި ކަހަލަ ގޮތަކަށް އައި އާލިކްގެ އަޑު އިވުނެވެ. ކަންފަތުން ފޯނު ތިރިކޮށްލާފައި ކައިލް އާލިކްއަށް ބަލާލިއެވެ. އޭރު ލަގެޖް ހިފައިގެން އާލިކް އާދެއެވެ. ފޯނު ޖީބަށް ލާފައި ކައިލް ގޮސް އޭނާގެ ލަގެޖް ނެގިއެވެ.

“މާ އަވަހަކަށް ތި ނިކުތީ ކީއްވެތަ…؟” ފަހަތުން އައި އަކީލްއަށް ބަލާލާފައި އާލިކް ސުވާލު ކުރީ ކައިލްއާއެވެ.

“ފޯނެއް ކުރަންވެގެން…” ކައިލް ރައްދު ދިނުމާއެކު އަވިއައިނު އަޅާލަމުން، އެތަނުގައި އިންތިޒާރުގައި މަޑުކޮށްގެން އޮތް ކާރު ކައިރިއަށް މިސްރާބުޖެހިއެވެ. އޭރު ޗުކުޗުކު ލައްވަމުން ދިޔަ ބައެއް އަންހެންކުދިން ސިއްރުން އާލިކްއާއި ކައިލްގެ ފޮޓޯ ނަގަމުންދިޔައެވެ. އެ ޒުވާނުންނަށް އެކަން ފާހަގަވިނަމަވެސް ސަމާލުކަމެއް ނުދިނެވެ.

ކާރުގައި އިންއިރު އެއަރޕޯޓް ފަސްދީ ދެވުނުފަހުން ކައިލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ސީޓުގެ ލެނގޭ ބަޔަށް ކަނދުރާގެ ބާރު ދޫކޮށްލަމުން ލޯ މަރާލެވުމާއެކު ސިފަވެގެން އައީ ލިއާގެ ސޫރައެވެ. ކައިލްގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފާޅުވިއެވެ. ލިއާ ދެކޭ ހިތުން އޭނާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. މި ދެމަސް ރާއްޖެއިން ބޭރުގައި ކައިލް ހޭދަކުރި ހާލު ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ. އެންމެފަހުން އިންތިޒާރަށް ނިމުމެއް އައީއެވެ. ކާރުގައި ދިޔައިރު ފެނިގެއްލެމުންދިޔަ ހިތްގައިމު ފެހިކަންގަދަ މަގުތަކަށް ކައިލްއަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާ ވަނީ ހިޔާލެއްގައެވެ.

ގޭޓުން އެތެރެއަށް ވަތް ކާރު ހުއްޓުމާއެކު ކައިލް އަވަހަށް ދޮރު ހުޅުވާލާފައި ނިކުތެވެ. އޭރު ގޭގައި ގެންގުޅޭ ބޭރު މީހާ ރަމާލް، އެންމެންގެ ލަގެޖްތައް ގޭތެރެއަށް ވެއްދުމުގައި އުޅެއެވެ. ކައިލް ދުވެލާފައި ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދޮރު ތަޅުލާފައި، ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން ހަށިގަނޑާއި ގަމީސް ވަކިކޮށްލިވަގުތު އެ ބާރުގަދަ ހަށިގަނޑުގެ ބުރަކަށީގެ މަސްތައް ހަރަކާތްކޮށްލީ ހިތްގައިމު ގޮތަކަށެވެ. ވޯޑްރޯބް ތެރެއަށް ވަދެ ތުވާލި ހިފައިގެން ކައިލް ގޮސް ފާހާނައަށް ވަނެވެ.

ފެންވަރާލައިގެން، އުނުގައި ތުވާލި އޮޅާލައިގެން ނިކުތް އިރު އެ އިސްތަށިގަނޑުން ފެންތިކި ތަޅަމުންދިޔައެވެ. ކޮޓަރީގައިވި އޮރެންޖް އަލިން އެ މާބްލްއެއްފަދަ އޮމާން، ރީތި ފިރިހެންވަންތަ ހަށިގަނޑު ދަޅައަޅަމުންދިޔައެވެ. ކައިލް ގޮސް އެނދުގައި އޮތް ފޯނު ނެގިއެވެ. ކެތްތެރިކަމެއް ނެތްފަދައިން އޭނާ ލިއާގެ ނަންބަރަށް ޑައެލްކޮށްލިއެވެ.

ފޯނު ރިންގްވެ ކެނޑުނުއިރުވެސް ލިއާ ފޯނަކަށް ޖަވާބު ނުދިނެވެ. ކައިލް ދެން ވަނީ އިންސްޓަގްރާމަށެވެ. ލިއާ އޮންލައިންގައި އިންކަމަށް ދައްކަނީ މީގެ ތިންގަޑިއިރު ކުރިންނެވެ. ކައިލް ކޮންމެވެސް ވަރަކަށް ހައިރާންވީއެވެ. ގަޑިން އަދި ހަތެއް ޖެހީއެވެ. ލިއާ މިގަޑީ ކީއްކުރަނީބާއެވެ؟ އަނެއްކާވެސް އޭނާ ލިއާގެ ނަންބަރަށް ގުޅިއެވެ. ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް ލިއާ ފޯނަށް ޖަވާބެއް ނުދެއެވެ.

“މޭބީ ޝީއިޒް ބިޒީ…” ނުތަނަވަސްވެފައިވާ ހިތަށް ކައިލް ވިސްނައިދެން މަސައްކަތްކުރިއެވެ. އެހެނަސް ލިއާ ދެކޭ ހިތުން އެ ހިތް ތެޅިފޮޅެނީއެވެ. ފުން ނޭވާއެއް ލަމުން ކައިލް ވޯޑްރޯބްތެރެއަށް ވަދެ، ސޯޓެއް ލައިގެން ނިކުތެވެ.

ލިއާ ފެނޭތޯ ކައިލް އެ ގޭ ކައިރިއަށް ދާން ބޭނުންވިއެވެ. ނަމަވެސް އެހާ ހިތްއަވަސްވެގެން ނޫޅުމަށް ސިކުޑިން އެ ހިތަށް ވިސްނައިދިނެވެ. ކައިލްއަށް އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. އޭނާއަށް މި އާދެވުނީ ސްކޫލް ފެށުނުތާ ހަފްތާއެއް ފަހުންނެވެ. މިރޭ ލިއާ އާއި ބައްދަލުވާގޮތް ނުވެއްޖެނަމަ، މާދަން ސްކޫލުން ލިއާއާއި ދިމާވާނެކަމުގެ އުއްމީދު ކައިލްގެ ހިތުގައި ވިއެވެ. ލިއާގެ ހިޔާލުތަކުގައި ވަނިކޮށް ކައިލް ހަމަބިމަށް ގެނުވީ އަކީލް ގޮވުމުންނެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުނީއެވެ.

ދަންވާން ގާތްވިއިރުވެސް ކައިލްއަށް ލިއާގެ ހަބަރެއް ނުލިބުނެވެ. އިޝާން އާއި ކައިރާގެ މެސެޖުތައް ލިބިފައި ހުއްޓެވެ. ކައިލްގެ ހިތަށް ހަމަޖެހުމެއް ނުލިބިގެން އުޅުނީ ލިއާގެ ހަބަރެއް ނޭނގޭތީއެވެ. އެ ސޫރަ ދެކޭހިތުން ހިތްވަނީ ބޭގަރާރުވެފައެވެ. އެތައްފަހަރަކު އެ ގޭ ކައިރިއަށް ދާންވެސް ހިތަށް އެރިއެވެ. އެހެނަސް އޭނާ ކެތްތެރިވިއެވެ. އެނދުގައި ހޭކިހޭކި އޮއްވާ ކައިލްއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

ހެނދުނުގެ ވަގުތު ސައިކަލުގައި ބާރު ސްޕީޑެއްގައި ދިޔަ ކައިލްގެ މޫނުމަތީގެ ކުލަވަރުން ހާމަވަނީ ހިތްއަވަސްކަމެވެ. ވަކި ކަމަކަށް ހޮތް އެދި ގޮވަމުންދިޔައިރު ކެތްތެރިކަން ކޮޅުންލަމުން ދާކަހަލައެވެ. ސްކޫލް ކައިރި ޕާކްކުރަން ހާއްސަވެފައިވާ ޖާގައިގަ ސައިކަލު ޕާކްކޮށްލުމާއެކު ކައިލް އަވަސް ހިނގުމެއްގައޮ ގޮސް ސްކޫލްތެރެއަށް ވަނެވެ.

ދުވެލާފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައިރު ކައިލްއަށް ހުއްޓެމުން ދިޔަ އަންހެންކުދިންގެ ނަޒަރުތަކަށް އޭނާ ސަމާލުކަމެއް ނުދިނެވެ. އެހިތް ބޭގަރާރުވެފައިވީ އެންމެ ސޫރައެއް ދެކިލާހިތުންނެވެ. ބާރައިގެ ކްލާސް ދޮރުމައްޗަށް ކައިލް ހުއްޓުމާއެކު ކްލާހުގައި ތިބި ކުދިންގެ ނަޒަރުތައް ކައިލްއަށް ހުއްޓުނެވެ. ކްލާހުގައިވި އަންހެންކުދިންނަށް ހީވިގެން ދިޔައީ ކަޅުފޮއެ އަނދިރިގަނޑެއްގަ ތެރޭ ވަނިކޮށް އިރުގެ އަލިކަން އެޅިގެންދިޔަހެންނެވެ. ދުވަސްގަނޑަކަށް ފަހު ކައިލްގެ ފިރިހެންވަންތަ ސޫރަ ފެނި ހިތްތަކަށް ހަމަޖެހުން ގެނުވައިފިއެވެ. އަލީޝާއަށް ކައިލް ފެނި ރިހުން ނުލިބޭ ތަދެއް ހިތަށް އިހުސާސްވިއެވެ. ނަމަވެސް ކައިލްގެ ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ. ލަސް ހިނގުމެއްގައި ކްލާހަށް ވަތްއިރު ކައިލްގެ ތޫނު ނަޒަރ އަމާޒުވެފައި ހުރީ ކުޑަދޮރު ކައިރި ޑެސްކެއްގައި އިށީނދެ އިން އެހިތުގެ ހައްގުވެރިޔާއަށެވެ. ލިއާއަށެވެ.

ހިތް ފިނިވެފައި އިނދެ ލިއާ އިސްއުފުލާލިއިރު އަތުގެ އިނގިލިތައް ތުރުތުރު އަޅަމުންދިޔައެވެ. ކައިލް އާއި ހަތަރުކަޅި ހަމަވެގެން އައި ހިނދު ލިއާއަށް ވަގުތު ހުއްޓުނު ކަހަލައެވެ. ކައިލްގެ ތުންފަތަށް ވެރިވި ހިތްހަމަޖެހުމުގެ ހިނިތުންވުން ދެކިފައި ލިއާއަށްވެސް ފަނޑުކޮށް ހިނިތުންވެވުނެވެ. މިލާފައިވާ ކައިލްގެ ހިތަށް ބަހާރު މޫސުމް އައި ކަހަލައެވެ. އެދިއެދިހުރި ސޫރަ ފެނުމުން ހަށިގަނޑަށް އާރޯކަމާއި ތާޒާކަން ވެރިވިކަހަލަ އިހުސާސެއް ކައިލްއަށް ކުރެވުނެވެ. އެ ހިތް އެދުނީ މިވަގުތުވެސް ލިއާ ގެނެސް އެ ބާރުގަދަ ދެއަތުގެ ތެރޭ ހައްޔަރުކޮށްލާށެވެ. ލިއާ ނުފެނި މި ހޭދަވެގެން ދިޔަ ދުވަސްތައް އޭނާއަށް އިހުސާސްވީ ގަރުނެއްފަދައިންނެވެ.

ކައިލް ގޮސް އިށީނުމާއެކު ފުން ނޭވާއެއް ދޫކޮށްލަމުން ލިއާއަށް އިސްޖަހާލެވުނެވެ. އުނގުމަތީގައިވި އަތަށް ނަޒަރު ހުއްޓިފައިވާގޮތުން ފުން ހިޔާލުތަކެއްގެ ތެރޭ ޣަރަގުވެފައި އިންކަހަލައެވެ. ލިއާއަށް ބަލަން އިން ކައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެހެންޏާ ލިއާ އާއި އަބަދު ކޮންމެވެސް ސަކަރާތެއް ޖަހާ، ދައްކާނެ ވާހަކަ ހުސްނުވާ ކައިރާގެ ކިބައިން މިއަދު ފެނުނީ ހިމޭންކަމެވެ. އެހެނަސް ކައިލް އަށް ބަލާލެވުނު ހިނދު ކައިރާ އަވަހަށް މޫނުމަތީގައިވި ކުލަވަރުތައް ފަރުދާކޮށްލާ އުފާވެރި ހިނިތުންވުމެއް ވެރިކޮށްލިއެވެ. ގާތުގައި އިން އިޝާންވެސް ހަމަ އެފަދައެވެ. ކައިލްގެ ފަރާތުން ކައިލްގެ ޗުއްޓީ ހޭދަވެގެންދިޔަ ގޮތް އިޝާން އޮޅުންފިލުވިއެވެ.

ބްރޭކްގަޑި ޖެހުމުން ގަޑި ގުނާލަ ގުނާލާ އިން ކައިލް ތެދުވިއެވެ. ޓީޗަރު ނުކުމެގެން ދިއުމާއެކު އެހެން މީހަކަށް ފަރުވާލެއް ދިނުމެއް ނެތި ކައިލް ގޮސް ހުއްޓުނީ ލިއާގެ ޑެސްކް ކައިރިއެވެ. ލިއާ އިސްޖަހައިގެން އިނީ ޑެސްކްގެ ވަތްގަނޑުން އެއްޗެއް ހޯދާށެވެ.

“ހައި…!” ކައިލްގެ އަޑު އިވުމާއެކު ލިއާގެ ހަރަކާތްތައް ހުއްޓުނެވެ. ހިތް ތެޅިތެޅިވާ ހާލު ލިއާއަށް އިސްއުފުލާލެވުނެވެ. ކައިލް ބަމަހައްޓައިގެން ހުރިގޮތް ފެނިފައި ލިއާގެ މެޔަށް ފިނިވެގެން އައެވެ. އޭނާއަށް ހީވަމުންދިޔައީ ހަމުގައި ކުދި ކުދި ކަށިތަކެއް ހެރެމެން ދާހެންނެވެ. ކައިލްގެ ދެލޮލުގައި ވަނީ ބަލާ މީހަކު ހިޕްނޮޓައިޒް ކޮށްލާފަދަ ބާރެކެވެ. ނަމަވެސް ލިއާއަށް ދުރަށް ބަލާލެވުނީ އެހެންވެގެންނެއް ނޫނެވެ.

“ޑިޑިންޓް ޔޫ މިސް މީ…؟” ކައިލް އެހީ ލިއާގެ ހަރަކާތްތަކަށް ބަލަންހުރެއެވެ. އޭނާއަށް ހީވަމުންދިޔައީ އެހާ ދުވަސްފަހުން އޭނާ ފެނުމުން ލިއާ ލަދުގަތީހެންނެވެ. ލިއާއަށް ބަލާލެވުނީ ދުރުގައިހުރި ކައިރާއަށެވެ. ކައިރާ ހުރީ ހިމޭންކަމާއެކު ލިއާއަށް ބަލާށެވެ. ކައިރާގެ ފަހަތުގައި އިޝާންވެސް ހުރިއިރު އެ މޫނުމަތީގައިވެސް ވަނީ ބުނެދޭން ނޭނގޭ ކުލަވަރެކެވެ.

“ނު…ނޫން…” ލިއާއަށް ބުނެވުނީ އުނދަގުލުންނެވެ. ދިގު އިންތިޒާރަކަށްފަހު އެ އަޑު ޖެހުމާއެކު ކައިލްގެ ހިތުގައި ފިނި އަތަކުން ބީހިލިފަދައެވެ.

“ކެން ވީ ގޯ އައުޓް…ޖަސްޓް އަސް…؟” ކައިލް އެހިއެވެ. އެވަގުތު އައި ނައި ގޮތެއް ނޭނގި ކައިރާ އެ ދެމެދަށް ވަދެއްޖެއެވެ. ކައިލްއަށް ހައިރާންކަން ލިބުނެވެ.

“ހިނގާބަލަ ހަތަރު މީހުން އެއްކޮށް ކޮންމެސް އެހެން ތާކަށް ބްރޭކަށް ދާން…ފައިނަލީ ވީ އަރ ރިޔުނައިޓެޑް އޭނު…!” ކައިރާ ވާހަކަ ދެއްކީ އޭނާގެ އާއްމު މަޖާ އުފާވެރި ރާގުގައެވެ. އެވަގުތު ލިއާ އަވަސްއަވަހަށް އެއްބަސްވި ގޮތުން ކައިލް ހައިރާންވީ މިއީ ލިއާގެ ފަރާތުން ކުރިން ފެނުނު ކަމަކަށް ނުވާތީއެވެ. ލިއާ އާއި އެކަހެރިކޮށް ބައްދަލުކުރަން ބޭނުންވެފައި ހުރި ނަމަވެސް ކައިލް އެ ހިޔާލު ފަސްކޮށްލީ މިވަގުތަށް މިވަރުވެސް ފުދޭތީއެވެ.

ހަތަރު މީހުންވެސް ދިޔައީ އެމީހުން އާއްމުކޮށް ދާ ރެސްޓޯރެންޓަށެވެ. ކައިލްއަށް ފާހަގަވީ އިޝާންއާއި ކައިރާގެ އަމަލުތައް ތަފާތުވެފައި ވާކަމެވެ. ކުރިން ކައިލްއާއި ލިއާ އާއި އަޅުވާ ނުސީދާ ބަސްތަކުން ދިމާކުރާއިރު މިއަދު އެކަހަލަ ކުލަވަރެއް ނެތެވެ. ކުރިއާ ހިލާފަށް ލިއާވެސް އެމީހުންގެ ވާހަކަތަކާ ގުޅުވާ ވާހަކަ ދައްކާތަން ފެނެއެވެ. އިޝާން އާއި ކައިރާވެސް އާދައިގެ މަތިން މަޖާ ވާހަކަތަކުގައި ތިއްބެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ކައިލްއަށް ފުރުސަތު ހޯދަދިނުމުގެ ބަދަލުގައި ލިއާ އާއި ޖެހިގެން އިށީނީ ކައިރާއެވެ.

“ވާއު…އަލޮޓް ހޭޒް ޗޭންޖްޑް…” ކައިލްއަށް ބުނެވުނީ މޭޒުމަތީ އަތް ބާއްވާލަމުންނެވެ. އިޝާން ކައިރާ އަދި ލިއާއާއި ދެމެދު އަވަސް ނަޒަރެއް ބަދަލުކޮށްލެވުނުތަން ކައިލްއަށް ފެނުނެވެ. އެހެނަސް އެކަމުން ނަގަންވީ މާނައެއް އޭނާއަކަށް ނޭނގުނެވެ.

ލިއާ ހިނިތުންވެގެން އިނދެ ކައިލް އާއި އެކި ސުވާލު ކުރިއެވެ. ކައިލްގެ ހައިރާންކަން އިތުރުވަމުން ދިޔައީ ލިއާގެ ކިބައިން ފެންނަމުންދާ ބަދަލުތަކުންނެވެ. ލިއާގެ އަމަލުތައް އޭނާއާއި މެދު ބަހައްޓަމުންދިޔައީ ގާތް ރެހުމަތްތެރިއަކާމެދު ބަހައްޓަނެ ފަދަ ގޮތަކަށެވެ. ހީވަނީ ލިއާ އަމިއްލައަށް އިމެއް ކަނޑައަޅައި އެ ހިސާބުގައި ކައިލް ބަހައްޓަން މަސައްކަތްކުރާހެންނެވެ. ނަމަވެސް ހީވާ ހީވުމެއް ކަމަށް ބަލާފައި ކައިލް އެވާހަކަ ނުދެއްކިއެވެ.

“ރޭގަ ގުޅިން…!” ބްރޭކް ނިމިގެން ރެސްޓޯރެންޓުން ނިކުންނަން ހިނގައިގަންނަމުން ކައިލް ލިއާއަށް ބުނެލިއެވެ. އޭރު އިޝާންއާއި ކައިރާ އަމިއްލަ ވާހަކަތަކެއްގައި ތިބެގެން ކުރިޔަށް ދިޔައެވެ. ލިއާ ފުން ނޭވާއެއް ދޫކޮށްލި ގޮތުން ހީވީ ކައިލްއަށް ދޭންޖެހޭ ޖަވާބަކަށް ނަފްސު ތައްޔާރުކޮށްލީހެންނެވެ.

“ރޭގައި ބައްޕަމެން މިކޮޅަށް އައި…ދެން ދައްތަ އާއި އެކު ކައްކާފަ ބަދިގެ މަސައްކަތުގައި އުޅުނީ…ބައްޕަމެން އައިމަ ބައްޕައަށް ކާންދީފަ ދެން އެންމެން އެއްކޮށް ބޭރަށް ދިޔައީ…ފޯނު ޗާޖް ޖަހާފައި ގޭގަ ބާއްވާފަ ދިޔައީ…ދެން ގެޔަށް އައި އިރު ހުރީ ވަރަށް ޓަޔަރޑްވެފަ ބޮލުގަވެސް ރިއްސާފަ…ދެން ފޯނެއްވެސް ނުބަލަން ހަމަ އެނދަށް އެރިގޮތަށް ނިދުނީ…” ލިއާ ވާހަކަ ދެއްކީ ވަރަށް ވިސްނަމުން ކަހަލަ ގޮތަކަށެވެ. ކައިލް އަޑުއަހަމުން ހިނގަ ހިނގާހުރެފައި މަޑުމަޑުން ބޯޖަހާލީ ހިމޭންގޮތަކަށެވެ.

“ކެން ވީ މީޓް ޓުނައިޓް…؟” ސްކޫލްގެ ގޯތިތެރެއަށް ވަދެވި ހުއްޓާ ކައިލް ސުވާލު ކުރިއެވެ. ތައްޔާރުވެ ހުއްޓާވެސް އެ ސުވާލު ކުރިމަތިވުމުން ލިއާއަށް ތުންފަތުގައި ދަތް އަޅާލެވުނީ ކަންބޮޑުވެފައިހުރި ކަހަލަ ގޮތަކަށެވެ. ދުލުން ބޭރުކުރާނެ ލަފްޒުތައް ސިކުނޑީގައި ރާވަން މަސައްކަތް ކުރަމުން، ވައިރޯޅިތަކުގެ ސަމާސާއިން ކޯތާފަތުގައި ބީހެމުންދިޔަ އިސްތަށިކޮޅު ކަންފަތް ކައިރި އަޅުވާލެވުނެވެ. ކައިލްގެ ހިތުގައި ލިއާގެ އެ ހަރަކާތް ބިންވަޅު ނެގުނެވެ. ހަމަޖެހެން މަސައްކަތްކުރަމުން ލިއާ ކައިލްއަށް ބަލާލިއެވެ. އެތެރެއިން ލައިގެން ހުރި ޔުނީފޯމްގެ ހުދު ގަމީހުގައި ހުރިއިރު، ޔުނީފޯމްގެ ބޭރުން ލާ ޖެކެޓް ވަނީ އަތުގައި އަޅުވާލާފައެވެ. ޔުނީފޯމްގެ މަތިންވެސް އެ ފިރިހެންވަންތަ ހަށިގަނޑުގެ ފުރިހަމަ ކަމާއި ބާރުގަދަކަން ހާމަވެއެވެ. އެ ފިރިހެންވަންތަކަން ފެނި ލިއާގެ ގައިން ވާގި ދޫވާން އުޅޭކަހަލައެވެ. އޭނާއަށް އަވަހަށް ނަޒަރު ހުއްޓާލެވުނީ ސްކޫލް ގޯތިތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ކުދިންނަށެވެ.

“ކައިލް…އަސްލު މި ދޭތެރެއިން ވަން އޮފް މައި ކަޒިން ސިއްރުން ކުއްޖަކާ ރައްޓެހިވެ، ސިއްޜުން މީޓް ކުރާކަން ދައްތައަށް އެނގި ކަންތައް ވަރަށް ގޯސްވެފައި އޮތީ…އިޓް ހެޕެންޑް އެ ވީކް އެގޯ…ގޭތެރޭގެ ކަންތައް އެހާ ރަނގަޅެއް ނޫން…ސޯ އައި ޑޯންޓް ތިންކް އިޓްސް އެ ގުޑް އައިޑިއާ…!” ލިއާ ޖެހިލުންވެ ހުރެ ވާހަކަ ދެއްކިއެވެ. ކައިލްއަށް ދެބުމަ ގާތްކޮށްލެވުނު އިރު ހިތަށް އުނދަގޫ ވެއްޖެއެވެ. ހިތް ބުނަމުންދިޔައީ ލިއާ ކަމެއް ސިއްރުކުރާކަމުގައެވެ. ނަމަވެސް އެ ސުވާލު ލިއާއާއި ކުރިމަތިކުރާކަށް ކައިލް ބޭނުމެއް ނުވިއެވެ.

“ފައިން…” ކައިލް ބުނެލީ މާޔޫސީ ރާގަކަށެވެ. ލިއާއަށްޓަކާ އެހިތް ތެޅިފޮޅެމުން ދާވަރު ލިއާއަށް އިހުސާސްވާނެ ނަމައޭ ކައިލްގެ ހިތަށް އެރިއެވެ. ލިއާއަށް ހިތް އެދެމުން ދަނީ އިންތިހާއަށެވެ. ލިއާ އާއި އެކު އެކަހެރި ވަގުތުކޮޅަކަށް ކައިލް ބޭނުންވެފައިވީ ހިތުގައިވި ގިލަންވެރިކަމަށް ފިނިކަމެއް ހޯދުމަށެވެ. ހިތް ފުރެންދެން އެ މޫނަށް ބަލަން ކައިލް ބޭނުންވެއެވެ. ދުރުގައި ހުރި އިރު އޭނާ ހަނދާންވީވަރު ލިއާ ގާތު ހާމަކުރަން ބޭނުންވަނީ ލިއާގެ ގާތުގައި ހުރެއެވެ. ނަމަވެސް އަދި އެކަން ވާގޮތް ނުވީއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިޝާން ކައިރާ އަދި ލިއާގެ އަމަލުތައް އާދައިގެ ގޮތަކަށް ހުއްޓަސް ކައިލްއަށް އިހުސާސްވަމުން ދިޔައީ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާހެންނެވެ. ނަމަވެސް އެ ކުރެވޭ އިހުސާސް ބަޔާންކޮށްދޭނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ހަމައެކަނި ކުރެވެނީ އިހުސާސެކެވެ. ކައިލް އާއި މެދު ލިއާގެ އަމަލުތައް ހުންނަނީ ގާތް ރަހުމަތްތެރިއަކާމެދު ކަންތައް ކުރާ ފަދައަކުންނެވެ. ކައިލްގެ ހިތުގައި ލިއާއާއި މެދު ވާ އިހުސާސްތަކަށް ލިއާ ބީރު ކަންފަތެއް ދޭން މަސައްކަތްކުރާކަން ކައިލްއަށް ވަނީ ފާހަގަވެފައެވެ. ލިއާގެ އަމަލުތަކުން ކައިލްއަށް އިހުސާސްވަނީ ރައްޓެހިންގެ ގޮތުގައި ތިބެން ކައިލްއަށް މަޖުބޫރު ކުރާހެންނެވެ. އެ ދެމެދުގައި ކައިލްއަށް ބަޔާންކުރަން ނޭނގޭ ދުރުމިނެއް ވާފަދަ އިހުސާސެއް ކައިލްއަށް ކުރެވެއެވެ. އެގޮތުގައި އެތައް ދުވަހެއް ފާއިތުވީއިރު ކައިލް އަށް ލިއާ އާއި އެކަހެރިކޮށް ދިމާވީ އިނގިލިން ގުނާލެވޭހާ މަދު ދުވަސްތަކެއްގައެވެ. އެއީވެސް ކައިލް އެތައްވަރަކަށް އާދޭސްކޮށްގެންނެވެ. އެފަދަ ފަހަރުތަކުގައިވެސް ސައިކަލު ދުއްވާލުންފަދަ ކަންތަކަށް ލިއާ އިންކާރު ކުރެއެވެ. އެތައް ބަހަނާއެއް ދައްކަމުން ދިޔައެވެ. ގިނަފަހަރު ލިއާ އާއި އެކަހެރިކޮށް ބައްދަލުވެވިފައި ހުރީވެސް ސްކޫލްގެ ލައިބްރަރީ ފަދަ ތަންތަނުންނެވެ. ކައިލްގެ ހިތުގައި ސުވާލުތައް ފުނިޖެހިފައިވަނީ ކައިރާ އާއި އިޝާންވެސް ކުރިއާ ހިލާފަށް ލިއާ އާއި އޭނާ ގުޅުވަން ބާރު އަޅާހެން ހީނުވާތީއެވެ. ހަތަރު މީހުން އެއްކޮށް ބައްދަލުވާއިރު، ކުރިން އެހުންނަފަދަ ދިމާކުރުމާއި އަޅުވާ ކިޔުންފަދަ ކަންތައް ވަނީ ހުއްޓިފައެވެ. ނަމަވެސް އެމީހުން މަޖާ މާހައުލެއް ގާއިމު ކުރަން މަސައްކަތްކުރެއެވެ. ނަމަވެސް ހުރިހާ ކަމެއް ރަނގަޅު ނޫންހެން ކައިލްއަށް ހީވާންފެށިތާ އެތައް ދުވަހެކެވެ. ކައިލްއަށް ކެތްކޮށްލެވުނީ ހަ މަސް ވަންދެންނެވެ.

“ގައިޒް…ވީ ނީޑް ޓު ޓޯކް…!” ކައިލް އާއި އިޝާން ތިބީ ކައިރާގެ ގޭގައެވެ. ކައިލް ވަކިން ހުރި ސޯފާގައި އިންއިރު ކައިރާ އާއި އިޝާން ތިބީ ތިން މީހުންގެ ޖާގަ ވާ ސޯފާގައެވެ. ކައިރާ އާއި އިޝާން އެކަކު އަނެކަކާ އަވަސް ބެލުމެއް ބަދަލުކޮށްލިތަން ކައިލްއަށް ފެނުނެވެ. އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އެހެނަސް އެކަންކަމާ ސަމާލުކަންނުދީ ވޭތޯ ބަލަމުން ވާހަކަ ދައްކަން ފެށިއެވެ.

“ސޯ…އައި ނޯ ލިއާ ބޭނުންވަނީ ފްރެންޑްސް ގޮތުގައި ތިބެންކަން…އެންޑް އައި ހެވް ގިވެން ހާރ ޓައިމް…ބަޓް ގައިޒް…އައި ކާންޓް ޓޭކް އިޓް އެނީމޯރ…” ކައިލް ވާހަކަ ދެއްކިއިރު އެ ފިރިހެންވަންތަ އަޑުގައިވަނީ ސީރިއަސްކަމެވެ. ކައިރާ އާއި އިޝާން އެއްވެސް އެއްޗެކޭ ނުބުންޏެވެ. އެ ދެމީހުންގެ ހިތުގައި އުފެދި ބޮޑުވަމުން އަންނަ ނުތަނަވަސްކަމުގެ ހިލަމެއް ނުވާ ހާލު ކައިލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އައި ތިންކް އިޓްސް ބީން ލޯންގް އިނަފް…އިޓްސް ބީން މޯރ ދޭން އަ ޔާރ…” ކައިލް ބުނެލީ ކެތްތެރިކަން ކޮޅުންލާފައި ވާފަދައިންނެވެ. އިޝާންއަށް އިސްޖަހާލެވުނެވެ. އެހެނަސް ކައިލްއަށް އެ ދެމީހުންނަށް ބަލާލެވުނީ ކުޑަ އުއްމީދަކާއެކުއެވެ. އެ ދެމީހުންގެ ފަރާތުން ކައިލް ދައްކަމުން ދާ ވާހަކައަށް އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރެވުނެވެ.

“އައި ހެވް ބީން ތިންކިންގް އެބައުޓް ޕްރޮޕޯސިން ހާރ ޕްރޮޕަރލީ…މިފަހަރު އާދައިގެ ގޮތަކަށް އަހާކަށް ނޫން ބޭނުމީ…އައި ވޯންޓް ވަރަށް ހާއްސަ ގޮތަކަށް ޕްރޮޕޯޒް ކުރަން…އަހަރެން ބޭނުން ލިއާ އަށް ޔަގީންކުރެވެން އަހަރެންގެ ހިތުގައިވާ އިހުސާސްތަކަކީ ހަގީގަތްކަން…އަހަރެން……”

“ކައިލް ސްޓޮޕް…! ޖަސްޓް ސްޓޮޕް…!” ކެތްނުވެގެން ކަހަލަ ގޮތަކަށް ކައިރާއަށް ދެއަތް ފޮޅާލަމުން ބުނެވުނީ ބާރަކަށެވެ. ކައިލްއަށް ލިބުނީ ޝޮކެކެވެ. އިޝާން އިނދެފައި ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއިރު އެ މޫނުގައިވި ހާސްކަން ފާހަގަވެ ކައިލްގެ ހިތަށް ނުބައި ގޮތެއް ވިއެވެ. މާހައުލަށް އައި ބަދަލުން ކަމެއް ގޯސްވެއްޖެކަން ކައިލްއަށް ޔަގީންވިއެވެ. އެހިތުގެ ތެޅުން އަވަސްވެއްޖެއެވެ.

ކައިރާއަށް ތުންފަތުގައި ދަތް އަޅާލެވުނީ ކަނޑައިގެންދާހާ ބާރަށެވެ. އޭނާ އަމިއްލަ ނަފްސަށް ހިތްވަރު ހޯދާ ފަދައަކުން ފުން ނޭވާއެއް ދޫކޮށްލާފައި ކައިލްއަށް ބަލާލިއެވެ. އެ ފިރިހެންވަންތަ މޫނުމަތީގައިވި އަސަރުތައް ފެނި ކައިރާއަށް އަނެއްކާވެސް އިސްޖަހާލެވުނެވެ. އެ އިންގޮތަށް އިނދެ އޭނާ ވާހަކަދެއްކިއެވެ. “އިޓްސް ޓޫ ލޭޓް…!”

އިރުކޮޅެއް ވަންދެން އެ ބުނި ބަސްތައް ނަގައިނުގަނެވިފައި ކައިލް އިނެވެ. އެ ބަސްތައް ދޭހަކުރަން ސިކުނޑި ދެކޮޅު ހަދަމުންދިޔައެވެ.

“ޓޫ ލޭޓް ފޯރ ވަޓް…؟” ކައިލްއަށް އެހުނީ ބާރަކަށެވެ. އެ ހިތުގެ ތެޅުން އަވަސްވެފައި ވިއެވެ.

ކައިރާ އާއި އިޝާން އެކަކު އަނެކަކަށް ބަލާލިއެވެ. ކައިރާ އިނދެފައި މަޑުމަޑުން މާޔޫސީގޮތަކަށް ބޯ ޖަހާލިއިރު އިޝާން އިސްޖަހާލައިފިއެވެ. ކައިލްއަށް ބަލާލުމުގެ ކުރިން އިޝާންއަށް ލޯމަރާލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެމީހުންގެ ހަރަކާތްތައް ހުރިގޮތުން ކައިލްގެ ހިތުގައިވި ނުތަނަވަސްކަން ބޮޑުވަމުން އައެވެ.

“މި ވާހަކަ ބުނާކަށް ފަސޭހައެއް ނޫން…” އިޝާން ބުނެލިއެވެ. ކައިލްއަށް އިޝާންއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެ ހިތުގެ ތެޅުމުގެ އަޑު ގަދަވެފައި ވެއެވެ.

“ކައިލް…” އިޝާން ގޮވާލިގޮތުން ވަގުތު މަޑުޖެހުނުކަހަލައެވެ. “ލިއާ ގޮޓް ބެކް ޓުގެދަރ ވިތް ހާރ އެކްސް…ރިހާން…” ޖުމްލަ ފުރިހަމަކޮށްލިއިރު އިޝާން އިނީ އިސްޖަހައިގެންނެވެ. އެ ބަސްތައް މާހައުލުގެ ތެރެއަށް ފެތުރިގެން ދިޔައެވެ. ކައިލްއަށް އެ ބަސްތައް އަޑުއިވުނެވެ. އެކަމަކު އޭނާއަށް އެކަން ނަގައިނުގަނެވުނެވެ. ކައިލްއަށް އެ އިންގޮތަށް އިނދެވުނީއެވެ. އެ މޫނުމަތީގައިވި ކުލަވަރުތަކެއް ބަދަލެއް ނުވިއެވެ. ހިނދުކޮޅަކަށް ސިކުނޑި އެއްކޮށް ހުސްވެގެން އައި ކަހަލައެވެ. ‘ލިއާ ގޮޓް ބެކް ޓުގެދަރ ވިތް ހާރ އެކްސް’ ސިކުނޑީގައި ގުގުމަމުން ދިޔައީ އެ ޖުމްލައެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. ލިއާ ކައިލް ގާތު ބުނިގޮތުން އޭނާއަށް ވަގުތު ބޭނުންވެއެވެ. ލިއާ އެދުނީ ދުވަސްކޮޅަކަށް ރަހުމަތްތެރިންގެ ގޮތުގައި ތިބުމަކަށް ނޫންހެއްޔެވެ؟ ކައިލް އެ ނިންމުމަށް އިހުތިރާމްކުރިއެވެ. ހިތުގައި ވޭން އެޅިކަމުގައި ވިޔަސް މެއެވެ. ލިއާ އަށް އެއްވެސް ކަމަކަށް މަޖުބޫރު ނުކޮށް ކެތްތެރިކަމާއެކު އިންތިޒާރުގައި ހުރިއެވެ. އެތަކެއް ދުވަހެއް އެ ބޭގަރާރުކަމުގައި ކައިލް ހޭދަކޮށްލީ ކޮންމެވެސް ދުވަހަކުން ލިއާ އޭނާ ގަބޫލު ކުރާނެ ކަމުގެ އުއްމީދުގައެވެ. ލިއާގެ ކޮންމެ ހިނިތުންވުމަކުން އެ އުއްމީދު އޭނައަށް ލިބުނެވެ. ކައިލްއަށް އިނދެވުނީ ހުއްޓުން އަރާފައެވެ.

އެކަމަކު…މި ހުރިހާ ދުވަހަކަށްފަހު ލިއާ އެ މަސައްކަތްކުރީ އޭނާ ވަކި އިމެއްގައި ބަހައްޓާށެވެ. އެކަހެރިކޮށް ބައްދަލުކުރުމަށާއި، ސައިކަލު ދުއްވާލަން ދިއުންފަދަ ކަންތަކުގައި ލިއާ އިންކާރުކުރަމުންދިޔައީ ކައިލް އެ އިމުގެ ތެރޭގައި ބަހައްޓާށެވެ. ލިއާ އެވަނީ އޭނާގެ ނިންމުން ނިންމާފައެވެ. ނަމަވެސް އެ ނިންމުމުގައި ކައިލް ޝާމިލެއް ނުވެއެވެ.

ކައިލްއަށް އަތްތިލަ މުއްކަވާލެވުނެވެ. މެޔަށް ބާރުވެގެން އައި ހިނދު ކައިލްއަށް އިހުސާސްވީ ހިތުގެ ނާރުތައް ބުރިބުރިވީހެންނެވެ. ކައިލް ފުން ނޭވާއެއް ދޫކޮށްލަން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާއަށް ހީވަމުންދިޔައީ ރަހުމެއް ނެތް އަތަކުން އެ ހިތުގައި ހިފާ ފިއްތާލިހެންނެވެ. އެ ސިކުނޑީގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. އެ ތިން މީހުންގެ ބަދަލުވެފައިވާ މިޒާޖުގެ ފަހަތުގައި ވާ ހަގީގަތަކީ މިއީހެއްޔެވެ؟ ކައިލް އިސްޖަހައިގެން އިން އިރު ބަލަހައްޓައިގެން އިނދެވުނީ ތިރިއަށެވެ. މާހައުލަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ނަމަވެސް ކައިލްގެ ސިކުނޑީގައި ގަދަފަދަ ތޫފާނެއް އުފެދިފައި ވާކަހަލައެވެ. އެ ތޫފާނުގައި ޖެހި އޭނާ މުސްތަގުބަލަށް ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑުކޮށްލައިފިއެވެ. އޭނާގެ މުސްތަގުބަލަށް ރާވާފައިވާ ކޮންމެ ހިޔާލެއްގައި ލިއާ ޝާމިލުވެފައިވެއެވެ. އެހެނަސް މިވީ ކިހިނެއްހެއްޔެވެ؟

ލިއާގެ އިންތިޒާރުގައި ކައިލް ހޭދަކުރި ކޮންމެ ހިނދެއް ހަނދާނުގެ މަންޒަރުތަކަށް ކުލަވަމުންދިޔައެވެ. އެނބުރި އައިފަހުން ލިއާ ކައިލް އެދޭ އެދުންތަކަށް ކުރިހާ އިންކާރުތަކާއި، ކައިލްއާއި ދުރަށް ދާން މަސައްކަތްކުރި ކުރުމާއި ކައިލް އާއި އެކަހެރިކޮށް ބައްދަލު ނުކުރަން އުޅުނު މަންޒަރުތައް ކައިލްއަށް ސިފަވިއެވެ. ލިއާ ދެއްކިހާ ބަހަނާތައް އޭނާގެ ސިކުނޑީގައި ރޯލްވެލިއެވެ. ކުއްލިއަކަށް ކައިލްއަށް އެ ހުރިހާ ކަމެއް ނަގައިގަނެވިއްޖެއެވެ. އޭގެ ފަހަތުގައި ވީ ސަބަބު ވިސްނުމާއެކު މޭގައި އުފެދިގެން އައީ ތޫނު ރިހުމެކެވެ. ހިތް ކުދިކުދިވެ، އޮހެމުން ދިޔަ ލޭތައް ކަރުނައިގެ ސިފައިގައި ކައިލްގެ ލޯ ފެންކަޅިކޮށްލައިފިއެވެ. ފުސްވެފައިވާ މަންޒަރުގެ ތެރެއިން ކައިލްއަށް އިޝާންއަށް ބަލާލެވުނެވެ.

“ވަޓް…؟” ކައިލްގެ އަޑު ނިކުތީ އާހަކާއެކުއެވެ. އިޝާންއަށް ކައިލްއަށް ބަލާލުން ނުކުޅަދާނެވެފައި އިންއިރު ކައިރާގެ ލޯ ކަރުނުން ފުރިއްޖެއެވެ. ކައިލްގެ އަޑު ޖެހިފައި އަޑު އިވޭ މީހެއްގެ ހިތްތައް ފުނޑުފުނޑުކޮށްލާހާ އަސަރު އެ އަޑުގައި ވެއެވެ. މިފަދަ ބަލިކަށި ގޮތަކަށް މީގެ ކުރިން ދުވަހަކުވެސް ކައިރާއަށް ކައިލް ފެނިފައެއް ނުވެއެވެ. އޭނާ ހިތްވަރުކޮށްފައި ވާހަކަދައްކަން ފެށިއެވެ.

“ވީ ޑިޑިންޓް ނޯ ހައު ޓު ޓެލް ޔޫ…ކައިލް…ޔޫ ނޯ އައި ޑޯންޓް ވޯންޓް ޔޫ ޓު ގެޓް ހާރޓް…ބަޓް ޝީ މޭޑް ހާރ ޑިޒިޝަން…” ކައިރާގެ ލޮލުން ފޭބި ކަރުނަތައް ކޯތާފަތްމަތީ ފިރުކިލިއެވެ.

ކައިލްއަށް އެސްފިޔަ ޖަހާލުމެއް ނެތި ކައިރާއަށް ބަލަހައްޓައިގެން އިނދެވުނެވެ.

“އިޓްސް ޓައިމް ޓު އެކްސެޕްޓް އިޓް…!” ކައިރާ ބުނެލީ މަޑުމައިތިރިކޮށެވެ. ކައިލް އިންގޮތްފެނިފައި ކައިރާގެ ހިތަށް ކެތްނުވާވަރަށް އަސަރުކުރަމުންދިޔައެވެ.

ކައިލްއަށް ކައިރާ ފަހުން ދެއްކި ވާހަކަތައް އަޑުއިވެމުންދިޔައީ ދުރުން އިވޭ އަޑެއް ފަދައިންނެވެ. މަންޒަރުތައް ފެންނަމުންދިޔައީ ފުސްކޮށެވެ. އެހެން މީހަކަށް ނީވުނުކަމުގައިވިޔަސް ކައިލްއަށް އެހިތް ފުނޑުފުނޑުވެގެން ފޭބި އަޑު އިވުނުކަހަލައެވެ. އެހެން މީހަކަށް ފަހުމް ނުވާނެހާ ހިމޭންކަމެއްތެރޭ، އެ ހަށިގަނޑުގެ ބައިތައް ފުނޑުފުނޑު ވަމުން އަންނަކަމުގެ އިހުސާސް ކައިލްއަށް ކުރެވުނެވެ.

ކަރުނުން ލޯ ފުރިފައިވީކަމުގައި ވީނަމަވެސް އެންމެ ކަރުނަތިއްކެއްވެސް ތިރިއަށް ފައިބައިގެން ނައެވެ. ކައިލް އެކަމަށް ފުރުސަތެއް ނުދިނެވެ. ހުސްކަމެއްގެ ތެރެއަށް ގެއްލިފައި އިންފަދައިން އިންއިރު ދަތްކުނޑިވިކިފައި އިންކަން ހާމަވަނީ ކޯކަށިގަނޑުންނެވެ. އަތްތިލަ މުއްކަވާ ބާރުކޮށްލައިގެން އިންއިރު ހިތުތެރޭ އުފެދިފައިވި ތޫފާން ބޭރުވިޔަ ނުދިނުމަށް ގަދައަޅާ މަސައްކަތްކުރަމުންދިޔައެވެ. ލިއާގެ އެ ނިންމުމުގެ ސަބަބުން އޭނާއަށް އިހުސާސްވި ގަދަފަދަ ރިހުމުގެ އަސަރުތައް އެހެން މީހަކަށް ހާމަވާކަށް ކައިލް ބޭނުމެއް ނުވިއެވެ. މިހުރިހާ ދުވަހު އޭނާ ކުރި އުއްމީދުތައް އަނދިރިވެ، ބަނަކަން ވެރިވެއްޖެއެވެ. އެ ލޮލުގައިވި ހިތާމަވެރި އިހުސާސްތައް ބަދަލުވެގެން އައި ހިނދުން އެ ތޫނު ލޮލުގެ ތެރެއިން ފެނުނީ ނިމުނެއް ނުވާ ކަޅު އަނދިރިކަމެކެވެ. މޫނުގައިވި ކުލަވަރު ބަދަލުވެ، އެ ފިރިހެންވަންތަ މޫނުމަތިން ނުރައްކާތެރި ކުލަވަރެއް ފާޅުވީ ބަލާ މީހެއްގެ ހިތް ބިރުން ފުރޭނެފަދަ ގޮތަކަށެވެ. އެ އިންތިހާ ފިރިހެންވަންތަ ސޫރައާއިއެކު އެ ނުރައްކާތެރި ކުލަވަރު އެކުވުމުން ފެންނަނީ ނުރައްކާތެރި ދަރަޖައަކަށް ފުރިހަމަ ސޫރައެއްގައެވެ. އެ މޫނުމަތީގައިވި ރުޅިވެރިކަން ރައްދުވަނީ ކައިރާ އާއި އިޝާންއަކަށް ނޫނެވެ. އެހެނެއްކަމަކު އެއީ ކައިލްގެ ހިތުގައިވި އިހުސާސްތައް ފޮރުވަން އޭނާ އެހެންމީހުންގެ ލޮލުގައި އަޅުވާލި އަނދުނެކެވެ. އެ ހިތް ކުދިކުދިވެގެން އައިވަރު ސިއްރުކުރަން ހަތިޔާރަކަށް ކައިލްއަށް ފެނުނީ ރުޅިވެރިކަމެވެ. އެހެނަސް އެ ހިތް ރޮމުންދާވަރު ކައިރާއަށް ފެނެއެވެ. އެ ނުރައްކާތެރި ރުޅިވެރިކަމުގެ ފަހަތުގައި ކައިލް ފޮރުވަން މަސައްކަތް ކުރި އިހުސާސްތައް ކައިރާ އަށް ނަގައިގަނެވެއެވެ. އެ އިހުސާސްތަކުގައި ގެނބި، އެ ނަފްސު ފުނޑުފުނޑުވުމުގެ ކުރިން ކައިލް އެ އިހުސާސްތައް ފޮރުވާލީއެވެ.

އިޝާން ކައިލްއަށް ބަލަން އިންއިރު އެ މޫނުމަތީގައިވީ ކަންބޮޑުވުމެވެ. އޭނާ ބޭނުންވަނީ ކައިލް އެ އިހުސާސްތައް ބޭރުކުރާށެވެ. ކައިލް ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނާ މިހުރީ އަޑުއަހާށެވެ. ވެވެން އޮތް ގޮތަކުން އެ އެކުވެރިޔާއަށް މަދަދުވެރިވާން އިޝާންހުރީ ތައްޔާރަށެވެ. “ކައިލް…” އިޝާންއަށް ގޮވާލެވުނެވެ.

ކައިލްގެ ޖަވާބެއް ނުލިބުނެވެ. އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިން އިރު އޭނާ ނަގައިގަންނަން މަސައްކަތްކުރަމުން ދިޔައީ މަދު ވަގުތުކޮޅެއްތެރޭ އޭނާ މުސްތަގުބަލަށް ކުރި އުއްމީދުތައް ފުނޑުފުނޑުވެގެން އައި ގޮތެވެ.

ކައިރާ ތެދުވެގެން އައިސް ކައިލްގެ ކުރިމަތީ ކަކޫ ޖަހައިގެން އިށީނެވެ. އަދި މުއްކަވާލެވިފައިވާ ކައިލްގެ ދެއަތުގައި ހިފާލީ ކައިލް އޭނާ ފޮޅުވާލިޔަސް ހެޔޮކަމަށެވެ. އެ މޫނުމަތިން ފެންނަމުންދާ ނުރައްކާތެރި ކުލަވަރަށް ސަމާލުކަން ދިނުމަށްވުރެ ޒަހަމްވެފައިވާ އެހިތަށް ތަސައްލީއެއް ދޭން ކައިރާ މާ ބޭނުންވިއެވެ. “އައެމް ސޮރީ…” ކައިރާ ކައިލްގެ މޫނަށް ބަލާލިއެވެ.

ކައިލް ކައިރާގެ މޫނަށް ބަލާލިއެވެ. އެ ނޫކުލައިގެ ލޮލުގައި އަދިވެސް ވަނީ ތެތްކަމެވެ. ނަމަވެސް އެ މޫނުމަތީގައިވި ކުލަވަރުތައް ތަރުޖަމާކުރަން ކައިރާ ނުކުޅެދުނެވެ. ކައިލް މަޑުމަޑުން ބޯ ޖަހާލިއެވެ.

“އޯކޭ…” ކައިލް ބުނެލީ ހަމައެކަނި އެހެންނެވެ. އެންމެ ދެ އަކުރުގެ ކުޑަކުޑަ ލަފްޒެކެވެ. އެހެނަސް ކައިރާއާއި އިޝާންއަށް އެނގެއެވެ. ކައިލްގެ ހާލަތު ރަނގަޅެއް ނޫނެވެ. ކައިލްގެ ހާލަތާމެދު ކައިރާ އާއި އިޝާން ގޮތްހުސްވެފައިވަނީ ކައިލް އެވަގުތު ރޮއެ ހަޅޭއްލަވާ ހެދިނަމަވެސް ގޮތް ހުސްނުވާނެހާ ބޮޑަށެވެ. އެ ހިމޭންކަން އެމީހުންގެ ހިތްތަކަށް މާ ބޮޑަށް ދަތިކުރަމުންދިޔައެވެ. ސަބަބަކީ ހާމަވެގެން ދިޔަ ހަގީގަތުން ކައިލްގެ ހިތް ހަލާކުވެގެން އައިވަރު ކައިލް ހާމަނުކުރާތީއެވެ. އެ ހުރިހާ އިހުސާސްތަކެއްގައި ކައިލް ތަޅުއަޅުވާފައި ވާކަހަލައެވެ. ކައިލް ކުއްލިއަކަށް ތެދުވެގެން ނިކުމެގެން ދިޔައިރުވެސް ދެމީހުންނަށް ތިބެވުނީ ހާސްކަމާއެކު އެ މަންޒަރު ބަލާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ހިތުގެ މަގުތައް-3

Next

އެންމެ ފަހު މެސެޖު – 2

Next
July 30, 2026

އެންމެ ފަހު މެސެޖު – 2

Previews
July 30, 2026

ހިތުގެ މަގުތައް-3

18 Comments!

  1. Naai says:
    July 31, 2026 at 12:01 am

    Vrh reethi mi prt vessss…but my heart cant take this😭💔…anyways, keep up the incredible work🫶🫶!!…when nextt??!

    1. Itxlevender Itxlevender says:
      July 31, 2026 at 4:01 pm

      Awww 😭💔 thank you so muchhh 💗 I’m sorry for breaking your heart already, but Kyle’s pain is only getting started 😭💔 Thank you for always supporting my story and encouraging me 💗 The next part will be uploaded soon, so stay tuned 💗

  2. hihhhh says:
    July 31, 2026 at 12:07 am

    Alhey that’s not fair🥺😭when is the next episode? Can’t wait to know the reason why she went back

    1. Itxlevender Itxlevender says:
      July 31, 2026 at 5:43 pm

      Awww alhey 😭🥺 I know, it’s really not fair to Kyle 💔😭 But don’t worry, the reason why Leah went back to Rihan will be revealed soon 👀 The next episode is coming soon, so stay tuned 💗

  3. 10.11 says:
    July 31, 2026 at 5:38 am

    😭😭😭😭😭😭😭😭😭

    1. Itxlevender Itxlevender says:
      July 31, 2026 at 5:44 pm

      🥹💔

  4. 🌼 says:
    July 31, 2026 at 7:15 am

    Nooooooooooo Kyle ah ehn nuhadhaa Leah noo reehaan is bad Leah plsss
    But I think it’s akeel ge kameh hn
    When next?

    1. Itxlevender Itxlevender says:
      July 31, 2026 at 5:46 pm

      Leah really broke Kyle’s heart this time 💔 And hmm 👀 you might be onto something about Akeel…but I’m not saying anything yet 🤫 The reason behind Leah’s decision will be revealed soon! Next episode coming soon, so stay tuned 💗

  5. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 says:
    July 31, 2026 at 11:19 am

    Alheyyyy mi vhk kiyaa hithun many days inthizaar ga hurefa milibuny kiyan….and vrh reethi mi baivx mashallah ♥️🫣….keep it up 💪🏻💯

    1. Itxlevender Itxlevender says:
      July 31, 2026 at 5:48 pm

      Awww alheyyy 🥹🫶 I’m so happy you came back and finally got to read the new episode 💗 Thank you so much for waiting and for always supporting my story 💗 Your comment really made me happy. More drama is coming soon 👀💗

  6. Sheex says:
    July 31, 2026 at 1:44 pm

    Alhey why did u do that leven
    Liaa is supposed be with kail
    I have a lil feeling that rihaakurigandu did blackmail liaa
    Hmm suspicious
    TBH kail is not my type but I feel sad when he cried
    Can’t wait for the next part
    Tc

    1. Itxlevender Itxlevender says:
      July 31, 2026 at 5:50 pm

      I know, Leah and Kyle were supposed to be together 😅 But hmm 👀 your suspicion about Rihan blackmailing Leah is interesting 🤭 And even though Kyle isn’t your type, the fact that you still felt sad when he cried means his pain really reached you 🥹💔 Thank you so much for reading and sharing your thoughts 💗 Take care too…and the next part is coming soon 👀💗

  7. Faathun says:
    July 31, 2026 at 4:09 pm

    Can’t wait for next. When’s nexttttt??????
    My dear kailll. Ehnn nahadhaa ekujjaa fakeerah. 💔💔

    1. Itxlevender Itxlevender says:
      July 31, 2026 at 5:52 pm

      Poor Kyle really doesn’t deserve this pain 🥹 But there’s still a lot that hasn’t been revealed yet 👀 Thank you so much for reading and caring about him 💗 The next part is coming soon so stay tuned 💗

  8. ahuzam says:
    July 31, 2026 at 4:30 pm

    Rihan fonuvabala magey gaathah ragalhu bodi eh dheynan
    Lia plz kail is the one for u
    Rihan yageen biru dhekki kan liayah dhw?

    1. Itxlevender Itxlevender says:
      July 31, 2026 at 6:54 pm

      Rihan better be careful 🤭 And your theory is suspiciously interesting 👀 Let’s see what really happened…Poor Kyle deserves answers 💔

  9. Its just me says:
    July 31, 2026 at 5:14 pm

    Alhe dhn nooo thi rihan gandah vejje gotheh hadhan lia ge life inn dhaavaruge 🙄🙄 don’t do that to kyle alhe rovijje hama 😭😭😭 kyle geney i ah dhn 😒😒 btw mi part vx v reethi ingey 🫶 curiously waiting for the next part. ♥️

    1. Itxlevender Itxlevender says:
      July 31, 2026 at 7:00 pm

      Alheyyy 😭 everyone is ready to teach Rihan a lesson now 🤭 Poor Kyle is really breaking everyone’s hearts 💔🥺 I’m glad you want Kyle for yourself too 😂 Thank you so muchhh…I’m happy you enjoyed this part…The next part is coming soon 👀💗

Comments are closed.

Next Episodeލޯބިން ބުނާތީ 36←


All Right Reserved!