Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބައިވެރިޔާ-5

Zidu
Zidu Level 110 Stories
July 31, 2026 5 Mins Read
1 Comment

ނޯޓް: ބައިވެރިޔާ-4 ވަނަ ބަޔާއި ހަމައަށް davil__09__ އިން ކިޔާލެވޭނެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިއަދަކީ މައިޝާގެ މަންމަ އެނބުރި ރާއްޖެ އަންނަ ދުވަހެވެ. ދަބު ކުލައިގެ އަތް ދިގު ހެދުމަކާއި ކަޅު ޖީންސެއް ގައި މައިޝާ ވަރަށް ލޯތްބެވެ. އޭނާގެ މަޑު ފިޔާތޮށި ތުންފަތް މަތީގައި ވަނީ ލޯބި ލޯބި ހިނތުންވުމެކެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކަޅު ކުލައިގެ ފަހަރަކުން އައްސާލެވިފައެވެ.

މާގިނަ އިރުތަކެއް ނުވެ މައިޝާގެ މަންމަ އައެވެ. އެމީހުން އަވަހަށް ދިޔައީ ގެއަށެވެ. އެމީހުންނަށް ލިފްޓުން ފޭބުނީ ޒަޔާންގެ މަންމަ އައިޝާގެ ކުރިމައްޗަށެވެ.

“މަރިޔަމް. މިހާރު ކިހިނެއް؟” އައިޝާ އައިސް މަރިޔަމް އާއި ސަލާމް ކޮއްލަމުން އަހައިލި އެވެ.

“ކުރިއަށް ވުރެ ރަނގަޅު. އައިޝާ ހާލު ކިހިނެއް؟”

“ހަމަ ގަދަފަދަ. މިގަޑީ ނެތް މަޑު ކުރެވޭކަށް. ފަހުން އަންނާނަން އިނގޭ.” މިހެން ބުނެފައި އައިޝާ ދިޔައެވެ.

*5 ވަނަ ބައި*

ސުކޫލުގެ ބޮޑު ޗުއްޓީ ފެށުނީ އެވެ. ރަށުގައި ތިބި މީހުން މާލެ ދެއެވެ. މާލޭގައި ތިބި މީހުން ރަށްރަށަށް ދެއެވެ. އެއްބަޔަކު ރާއްޖެއިން ބޭރަށް ވެސް ދިޔައެވެ.

މައިޝާ އާއި މަރިޔަމް ދިޔައީ އެމީހުންގެ ރަށަށެވެ. ރަށުގައި ތިބި އެމީހުންގެ ތިމާގެ މީހުންނާއި ބައްދަލުކޮއްލާށެވެ.

ހަވީރުގެ ވަގުތެވެ. މައިޝާ އުޅުނީ ގޭގައި އޮންނަން ޖެހުމުން ފޫހިވެގެންނެވެ. އޭނާ އާއި އެކު ބޭރަށް ގޮސްލާނެ މީހަކު ނުވި އެވެ. އެންމެ ފަހުން އޭނާ ބޭރަށް ދިޔައީ އެކަންޏެވެ.

އަތިރި މައްޗައް ފޭބި އިރު އެކި އުމުރު ފުރައިގެ މީހުން ހަވީރުގެ ހިތްފަސޭހަ ވަގުތު ކޮޅުގެ ފޮނިކަން ލިބިގަންނަން އައިސް ތިއްބެވެ.

މައިޝާ ގޮސް އިށީންދެލީ މީހުން މަދު ހިސާބެއްގައި ހުރި ބެންޗެއްގައެވެ. ރީތި ހިނިތުންވުމަކާއި އެކު އޭނާ ހުރީ މޫދައް ބަލަހައްޓައިގެންނެވެ. ޖެހޭ މަޑު ވައިރޯޅިތަކުން ހިތަށް ފިނިކަން ހޯދައިދެމުންނެވެ.

އެހެން އިންދައި އޭނާގެ ފޯނު ވައިބްރޭޓް ވެލިއެވެ. މައިޝާ ބަލައިލި އިރު ޒަޔާންގެ މެސެޖެކެވެ. މައިޝާގެ މޫނުމަތީގެ ހިނިތުންވުން ފުޅވިއެވެ. އަވަސް އަވަހަށް އޭނާ މެސެޖު ހުޅުވައިލައި ޖަވާބު ވެސް ދިނެވެ.

ޒަޔާން އާއި ‘ޗެޓް’ ކުރަން އިން އިރު މައިޝާ އަށް ގަޑިން ވީއިރު ވެސް ނޭނގެއެވެ. ދުރުން އިވެންފެށި ބަންގީގެ އަޑަށް މައިޝާ އަވަސް އަވަހަށް ތެދުވެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

މައިޝާ ހިނގަމުން ދިޔަ މަގުން މީހަކުގެ ހިލަމެއް ނުވެއެވެ. ހިތަށް ބިރުވެރިކަން ވަދެފައި ވުމުން އޭނާ ހިނގަމުން ދިޔައީ ވަރަށް ބާރަށެވެ.

ކުއްލިއަކަށް މައިޝާގެ ކުރިމައްޗައް އެރީ އިސްކޮޅުން ދިގު ފިރިހެނެކެވެ. އޭނާގެ އިސްތަށިގަނޑު ވެސް ވަނީ ބުރަކަށްޓްއި ހަމައަށް ދިގުކޮށްފައެވެ. އޭނާގެ ލޯ އާދަޔާ ޚިލާފަށް ރަތެވެ. މައިޝާ އުޅުނީ އަޅައިނުލާ ދާށެވެ. ނަމަވެސް އެމީހާ އަނެއްކާ ވެސް މައިޝާގެ ކުރި މައްޗައް އެރި އެވެ.

“ތީ މައިޝާ ދޯ؟ އާނ. ތީ މައިޝާ.” މައިޝާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލަމުން އެމީހާ ބުންޏެވެ. އެމީހާގެ ބެލުމުން މައިޝާ ހުރީ އުނދަގޫ ވެފަ އެވެ.

“ހީކުރި ވަރަށް ވުރެ ވެސް މާރީތި. މަގޭ ނަމަކީ ވިޝާމް. ވިޝާލްގޭ ބޭބެ. ހަނދާންވޭ ދޯ ވިޝާލް؟”

“އަހަރެންނަކަށް ނޭނގޭ ތިކިޔާ އެއްޗެއް. އަހަރެންގެ ނަމަކީ މައިޝާ އެއް ވެސް ނޫން. އަހަރެން ނުދަންނަން އެއްވެސް ވިޝާލް އެއް.” މައިޝާ ބިރުގަތެވެ. ވިޝާމް އޭނާ އަށް ކޮންމެފަދަ ކަމެއް ވެސް ކޮއްފާނެއެވެ.

މައިޝާ އަނެއްކާވެސް ދާން ހިނގައިގަތެވެ. މިފަހަރު ވެސް ވިޝާމް އޭނާގެ ކުރި މައްޗައް އަރައި ހުއްޓުވި އެވެ.

“މަންޖެ ހާދަ އަވަހަކަށް. ކޮންތާކަށް ނުދެވިގެން؟ އަހަރެން ކައިރީ ވެސް ބުނެލައިބަލަ.”

މައިޝާގެ ނަސީބު ރަނގަޅީއެވެ. ދުރުން އަންނާތީ ފެނުނީ އޭނާގެ ‘ކަޒިން’ އައްޒާމް އެވެ. އައްޒާމް އަށް ވެސް މައިޝާ ފެނުނެވެ.

“ކައޭގެ މައްސަލައަކީ ކޮބާ؟ ތާކުން އަންހެން ކުއްޖަކު ފެންނައިރަށް ބެހެން ޖެހޭތަ.” އައްޒާމް އައިސް މައިޝާ ކައިރި އަށް ހުއްޓިލިއެވެ.

“އޭތް! ކައޭ ތީ އަދި ކާކު؟ މިއަންހެން ކުއްޖާ ކައޭގެ ކާކާ ވައްތަރީ؟” ވިޝާމް ރުޅިއައިސްފައި ބުންޏެވެ.

“އައްޒާމް. ހިނގާ ދާން.” މައިޝާ އައްޒާމް އަތުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.

“ކައޭ ބިޓުތަ؟ ސޮރީ މޭން. މަށަށް ނޭނގުނީ. އެކަމަކު ސަޅި މަންޖެ އެއް އިނގޭ. ކައޭ ފޫހި ވެއްޖެއްޔާ އަންގައިލައްޗޭ.” މައިޝާ ހިފައިލައިގެން ހުރި އައްޒާމްގެ އަތަށް ބަލައިލަމުން ވިޝާމް ބުންޏެވެ.

“އޭތް! ކައޭ ކިޔޭ އެއްޗެއް އެނގޭތަ؟ ދެވަނަ ފަހަރަށް މިއަންހެން ކުއްޖާ އާއި ދިމާލަށް ބަލައިލިޔަސް ކައޭގެ ދެލޯ ކޮނެލާނަން. ރައްކާވެ މިތަނުން!” އައްޒާމް ގާތަށް ވެސް ރުޅި އައެވެ.

“އައްޒާމް. ކިހިނެއްތަ ތިވަނީ؟ ހިނގާ ދާން.” މައިޝާ އަޔާންގެ އަތުގައި ހިފައި ދަމަމުން ހިނގައިގަތެވެ. ވިޝާމް ހުރީ ރުޅި އައިސްފައި ބަލާށެވެ.

“އައްޒާމް އަށް އެނގޭތަ އެމީހާ؟” މައިޝާ ޝައުގުވެރިވެފައި އަހައިލި އެވެ.

“ކާކަށް ނޭނގޭނީ. މިރަށުގަ ހުރި އެންމެ ބޮޑު ޑްރަގް ޑީލަރ. އޭނާގެ ކޮއްކޮ އެއް ވެސް އުޅޭނެ މާލޭގަ. ސުކޫލު ކުއްޖެއް އެކަމަކު ވެސް ވަރަށް ހިންގާލާފަ އުޅޭނީ. ވަރަށް ފަހުން އަޑުއެހިން ސްކޫލް ތެރޭގަ ބަޔަކާ އެކީ ތިއްބަ އޭނަގެ ބިޓަށް ފެނިގެން އެކުއްޖާ އާއި ދިމާ ކޮއްލިއޭ ކީއަޑު ވެސް. ވިސްނާލަ އެކުއްޖާ ގަންނާނެ ބިރު.” އައްޒާމް ކިޔައިދިނެވެ. ނޭނގި ނަމަވެސް އޭނާ އަށް އެބުނެވުނީ މައިޝާގެ ވާހަކަ އެވެ. “އެކުއްޖާ ސަލާމަތް ވެގެން ދިޔައީމަ އެންޑް އޭނަ ބަސްޓް ވެސް ވީމަ އުޅޭ އަދި ވެސް އެކުއްޖާ ހޯދަން. މަށަށް ޔަގީން ބިރުން ވެސް އެކުއްޖާ އަށް މީހަކު ކައިރީ ބުނަން ނުކެރޭނެކަން. އެކަމަކު ވެސް އެމީހުންގެ ގޮތް އެއީ. ކީއްކުރާނީ؟”

“އައްޒާމް. ވާހަކަ އެއް ބުނަންތަ. އެކަމަކު ފުރަތަމަ ޕްރޮމިސް ކުރޭ އެކަކު ކައިރީގައި ވެސް ނުބުނާނެ ކަމަށް.” މައިޝާ ބުންޏެވެ. އޭރު އެކުދިންނަށް ތިބެވުނީ ގެއާއި ހަމައަށް ވެސް އާދެވިފަ އެވެ.

“އައްޒާމް. އޭތް. ބްރޯ. އެއްކަލަ ޝަޔާން މެސެޖު ކޮއްފި. ބުނީ ވިޝާމް އަށް އެއްކަލަ މަންޖެ ފެނިއްޖެ އޯ.” ދުވެފައި ނުކުން އިޝާން ބުންޏެވެ. އިޝާން އަކީ ވެސް މައިޝާ އާއި އައްޒާމްގެ ‘ކަޒިން’ އެކެވެ.

“ދެންމެ ވިޝާމް މައިޝާ އާއި ވެސް ދިމާކޮށްލައިފި. މަށަށް ކިރިއާ ދެވުނީ އެތަނަށް.” އައްޒާމް ބުންޏެވެ.

“ހުވާތަ؟ އެކަމަކު ޝަޔާން ނުބުނެ އެވާހަކަ އެއް.” އިޝާން ބުންޏެވެ. އިޝާން އާއި އައްޒާމް ޝައްކުގެ ނަޒަރަކުން މައިޝާ އާއި ދިމާލަށް ބަލައިލި އެވެ.

“އެކަކު ކައިރީ ވެސް ނުބުނާތި.” މައިޝާ ބުންޏެވެ. އައްޒާމް އާއި އިޝާން އެއްބަސްވިއެވެ. މައިޝާ އެ ދެކުދިންނަށް ހުރިހައި ވާހަކައެއް ކިޔައިދިނެވެ.

“ޝަޔާން އަކީ ކާކު؟” ޝައުގުވެރިވެފައި މައިޝާ އަހައިލިއެވެ.

“އެއީ އަހަރެމެންގެ ފްރެންޑް އެއް. އޭނަ ވަރަށް ޕާޓު ވާނެ ވިޝާމްމެންނާ. އޭނަ އަހަރެމެންނަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ.” އިޝާން ކިޔައިދިނެވެ.

“މައިޝާ ވަރަށް ބަލައިގެން އުޅެން ވާނީ. އެކަނި ބޭރަށް ނުދާތި.” އައްޒާމް ބުންޏެވެ.

އެއްރެއެވެ. އޭރު ގަޑިން ދިހައެއްޖަހައި ބޮޑުވީއެވެ. މައިޝާ އޮތީ އޭނާގެ ކޮޓަރީގައި ފޯނާއި ކުޅޭށެވެ. އެހެން އޮއްވައި ފޯނު ރިންގުވާން ފެށި އެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ދެ ހިޔާލެއް ގައި ހުރެފައި މައިޝާ ފޯނަށް ޖަވާބުދިނެވެ.

“އަހަރެން މަތިން ހަނދާންވޭތަ؟” އެކޮޅުން ވާހަކަ ދެއްކީ ފިރިހެނެކެވެ. މައިޝާ އަށް އެއަޑު ވަކިކުރަން އެނގުނެވެ.

“ކޮންކަމެއް ބޭނުންވަނީ؟ ވިޝާލް އަހަރެންނާއި ގުޅަންވީ އެއްވެސް ސަބަބެއް ނޯންނާނެ.” މައިޝާ ނުރުހިފައި ބުންޏެވެ.

“އަހަރެން ބޭނުންވާ ކަންތަށް މައިޝާ އަށް ވަރަށް ރަނގަޅަށް އެނގޭނެ. ޒަޔާން އާއި ހެދި އެންމެނަށް އެނގުނީ. އެއީ މައިޝާގެ މައްސަލައެއްތަ ނޫނީ ޒަޔާންގެ މައްސަލައެއްތަ؟” ވިޝާލް ލާނެތް ގޮތަކައް ބުންޏެވެ.

“އަހަރެން ޒަޔާން ކައިރި އަކު އެއްވެސް ވާހަކަ އެއް ނުބުނަން.”

“އެހެންވީމާ ޒަޔާން އަމިއްލަ އަށް ހޯދީ ދޯ. ދެން ޖެހޭނީ ޒަޔާން އަށް އޭނަގެ ފިލާވަޅު ދަސްކޮއްދޭން.”

“ޒަޔާން އެއްވެސް-” ވިޝާލް ފޯނު ކަޑައިލިއެވެ. މައިޝާ ހާސްވި އެވެ. ވިޝާލް ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެއެވެ.

ޒަޔާން އަނދިރި ގޯޅިގަޑަކުން ހިނގައިފައި ދިޔައިރު ހިޔާލެއް ފިކުރެއް ނެތެވެ. އައިނައި ތަނެއް ނޭނގި ހަވާރަކަށް މީހުން އޭނަ ވަށައިލި އެވެ.

“ތީ ކޮންބައެއް؟ ކޮންކަމެއް ބޭނުންވަނީ؟” ޒަޔާންގެ މޫނު މަތިން އެއްވެސް ވަރަކަށް ބިރުގަނެފައިވާކަމިގެ އަސަރެއް ނުފެނެއެވެ.

“އަހަރެންމީ ވިޝާލް ފޮނުވި ބައެއް.” އޭގެން އެކަކު ބުންޏެވެ. އަނދިރި ކަމުން އެމީހުންގެ ސިފަ ވަކިކުރާކަށް ނޭނގެއެވެ.

“މަ ވިޝާލް އަކަށް އެއްވެސް ކަމެއް ނުކުރަން. ކަލޭމެން މިތަނުންދޭ.” ޒަޔާން ބުންޏެވެ.

އެމީހުން އިތުރު އެއްޗެކޭ ނުބުންޏެވެ. ކުއްލިއަކަށް އެންމެން އެއްފަހަރާ ޒަޔާން ގައިގައި ތަޅައިގަތެވެ. އަމިއްލަ ނަފްސު ދިފާއު ކުރާކަށް ޒަޔާން އަށް އެއްވެސް މަސައްކަތެއް ވެސް ނުކުރެވުނެވެ.

“އޭތް! އޭތް! މީ ކޮންކަމެއް؟ މިހާރު މި ޕޮލިހުންނަށް ގުޅަނީ!” ދުރުން އިވުނީ ފިރިހެނެއްގެ އަޑެވެ. އެންމެން ދުވެ ފިލައިފި އެވެ.

“ކޮއްކޮ ރަނގަޅުތަ؟ ހިނގާ ބޭބެ އާއި އެކު ހޮސްޕިޓަލް.” އެމީހާ އައިސް ޒަޔާން ކައިރި އަށް ތިރިވެލި އެވެ.

“ނޫން. އަހަރެން ރަނގަޅު.” ޒަޔާން ދެކޮޅުހެދިއެވެ.

“އެއީ އެވަރު ކަމެއް ނޫން. ބޮލުންނާ އަތުންނާ ހާދަ ލެއެކޭ މިއޮށް އަންނަނީ. ހޮސްޕިޓަލް ދާންވާނެ. ކޮއްކޮ އަށް އެނގޭތަ އެއީ ކޮންބައެއްކަން؟”

“ނޭނގެ.” ޒަޔާން އެމީހާ ކައިރީ ބުނާކަށް ބޭނުމެއް ނުވި އެވެ.

ހޮސްޕިޓަލް ދިޔަ މަގުމަތީގައި ޒަޔާން އޭނާގެ މަންމަ އަށް ގުޅި އެވެ. އައިޝާ އަށް ހޮސްޕިޓަލަށް ދެވުނު އިރު ޒަޔާންގެ ޒަހަމްތަކުގައި ބޭސްކަން އަޅަނީ އެވެ.

އައްޒާމް އާއި އިޝާން ތިބީ މައިޝާ ކައިރީގައި އޭނާގެ ކޮޓަރީގައެވެ. ތިން ކުދިން ހީސަމާސާ ކުރަމުން ދަނިކޮއް އިޝާންގެ ފޯނު ރިންގުވާން ފެށިއެވެ.

“ޝަޔާން ގުޅީ. އެކޮޅުން ޙަބަރެއް ލިބިގެންނޯ. މައިޝާ ސަލާމަތް ކުރި ފިރިހެން ސޮރު ފެނިގެން އެސޮރުގެ ދުވަސް ދުއްވާލައިފި.” އިޝާން ކިޔައިދިނެވެ.

ހަމަ އެވަގުތު މައިޝާގެ ފޯނަށް މެސެޖެއް އައެވެ. ވަގުތުން މައިޝާ އެ މެސެޖު ހުޅުވައިލިއެވެ. އޭގައި ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ފިރިހެނެކެވެ. މައިޝާގެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ.

“މައިޝާ. ކިހިނެއްވީ؟ ކީއްވެ ކުއްލިއަކަށް މޫޑް ބަދަލުވީ؟” މައިޝާ އަށް އައި ބަދަލު ފާހަގަ ކުރެވި އައްޒާމް އަހައިލި އެވެ.

މައިޝާ މަޑުމަޑުން އޭނާގެ ފޯނު އައްޒާމް އަތަށް ދިނެވެ.

“ކިހިނެއް މައިޝާ އަށް މި ފޮޓޯ ލިބެންވީ؟ މައިޝާ ދަންނަ ސޮރެއްތަ؟” އިޝާން ވެސް އެފޮޓޯ އައް ބަލައިލި އެވެ.

“އެއީ ޒަޔާން. އަހަރެންގެ ވަރަށް ކޮލޯޒް ފްރެންޑް އެއް.” މައިޝާ ބުންޏެވެ. އަދި ވިޝާލް އޭނާ އަށް އެރޭ ގުޅިވާހަކަ ވެސް ބުންޏެވެ.

“ކީއްވެތަ ވަގުތުން ނުބުނީ؟” އިޝާން ހުރީ ހިތްހަމަނުޖެހިފައެވެ.

“އަހަރެން ބިރުގަތީ.” މައިޝާ ބުންޏެވެ.

“މަންމަ އޭރު ވެސް ބުނީމެއްނު ތިކަންތައްގަނޑު ތެރެއަށް ނުވަންނާށޭ.” އައިޝާ ކަންބޮޑުވެފައި ހުރެ ބުންޏެވެ. އޭރު އެމީހުން ތިބީ ގޭގައެވެ.

“އަހަރެން އެކަންތައްގަނޑު ތެރެއަށް ވަނީކީ ނޫން. ހަމަ އެކަނި މައިޝާ ސަލާމަތް ކުރީ. އެކަހަލަ ބޮޑު ކަމެއް ސްކޫލް ގައި ހިންގާއިރު ފޮރުވައިގެން ހުރުމަކީ ވެސް ރަނގަޅުކަމެއް ނޫން.” ޒަޔާން ބުންޏެވެ.

“މަންމަ އަށް އެނގޭއޭ އެކަން. އެކަމަކު އެކަން ނިމުނުތާ ކޮންދުވަހެއް. އަނެއްކާ ކިހިނެއްވީ؟”

“ނޭނގެ. އެމީހުންނެއް އެއްވެސް އެއްޗެކޭ ނުވެއް ބުނެ.”

“ދޮންތަ އޭރު ވެސް ބުނީމެއްނު އެކަނި ބޭރަށް ނުދާށޭ އެކަހަލަ މީހުންގެ ކިބައިން ސަލާމަތެއް ނުވެވޭނޭ. މަންމަ ވެސް ޒާން އެކަނި ތަންތަނަށް ފޮނުވަނީ އޭ.” އެވަގުތު ވަދެގެން އައި ޒަޔާންގެ ދައްތަ ޒުހާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Zidu
Follow Me Written By

Zidu

Level 110 Stories

Other Articles

Previous

ނޭދެން ވަކިވާކަށް – މާންގެ ފޮތުން ގަނޑެއް

Next

ލޯބިން ބުނާތީ 36

Next
July 31, 2026

ލޯބިން ބުނާތީ 36

Previews
July 31, 2026

ނޭދެން ވަކިވާކަށް – މާންގެ ފޮތުން ގަނޑެއް

One Comment

  1. GURLY_CURLY says:
    August 1, 2026 at 12:49 am

    I really feel bad 4 them I wish they get away
    from that stupid bad thing that happened in the school and I wish
    zayaan and mishaa will be safe
    by the way mi part vrh reethi
    when is next curiously waiting 4 the next part

Comments are closed.

Next Episodeބައިވެރިޔާ-5←


All Right Reserved!