ދީފާ އުފާ 6
ެ. އާރާގެ ބޮލަށްވާ ގޮތަށް ފެންފުޅި އަރިކޮށްގެން ހުރި މާޒްއަށްެވެސް ކަޅިޖަހާ ނުލާ ބެލެމުން ދިޔައީ އާރާގެ ދޮންދޮން މޫނަށެވެ. މޫނު ހުރަސްކޮށް ފެންތައް ތިރިއަށް ފައިބަމުން ދިޔައިރު ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. މި މަންޒަރުތައް ފެނި މާޒްވެސް ހުރީ ކަޅިޖަހާލަން ނޭނގިފައެވެ.
މާޒް އާއި އާރާ ސިއްސައިގެން ގޮސްފައި ބަލާލީ ޔުއާން އާރާއަށް ގޮވާލި އަޑަށެވެ. އެމީހުންނާއި ދިމާއަށް ޔުއާންއަށް އާދެވުނީ ދުވެފައެވެ. އާރާ ހުރި ގޮތް ފެނުމުން ޔުއާން މާޒް އާއި ދިމާއަށް ބަލާލީ ހިތްހަމަނުޖެހިފައެވެ. މާޒް އަޅާވެސް ނުލާ ދުރުބަލަހައްޓާއިގެން ހުރީއެވެ.
” ސޮރީ އާރާ.. ވަރަށް ބޮޑަށް ސޮރީ.. ދެން ދުވަހަކުވެސް އާރާ ރުޅިނާރުވާނަން” ޔުއާން ދެއަތުން ދެކަންފަތުގެ ފޫޅުގައި ހިފާލިއެވެ.
” ޔުއާން ޕްލީޒް… ކުޑަކުއްޖަކާ ނޫނޭ ތިވާހަކަ ދައްކަނީ” މާޒް އަށް ނުހުރެވިގެން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
” އާރާ އެއީ މިހާރު ބޮޑުވެފައި ހުރި އަންހެނެއް.. ރަނގަޅު ގޮތާއި ނުބައި ގޮތާ ވަކިވާ ވަރުގެ ކުއްޖެއް..” މާޒް ވާހަކަ ދައްކަމުން ގޮސް އާރާ އާއި ކުރިމަތި ލިއެވެ.
” ތިހާ ތުއިކަން ދައްކަން ތީ ކާކުތަ… ތިއުޅޭ ވައްތަރު ބަދަލް ނުކޮށްފިނަމަ ދެރަވާނީ ހަމަ އާރާއަށް… ތިވައްތަރަށް އުޅެންޏާ އާރާއާއި އިންނާނެ މީހަކުވެސް ނުވާނެ.. ތީ އެންމެ ދަށް ފެންވަރުގެ މީހެއް.. ތިގޮތަށް ކަންތައް ކުރުމުގެ ކުރިން އެންމެ ފަހަރަކު ވިސްނާލިންތަ އެހެން މީހުންނާ ދޭތެރޭގަ.. ” މާޒް އާރާ އާއި ދިމާއަށް އެއްޗެހި ގޮވަމުން ދިޔައެވެ. ޔުއާން އެއްޗެކޭ ބުނަން ކުރިއަށް ޖެހުމުން އާރާ ޔުއާންގެ އަތުގައި ހިފާ މަޑުކުރުވީ މާޒް ހުއްޓުވަން ބޭނުންނުވާތީއެވެ. މީގެ ކުރިން ދުވަހަކުވެސް އާރާއާއި ދިމާއަށް މީހަކު އެގޮތަށް މުހާތަބު ކޮށްފައެއް ނުވެއެވެ. މަންމައާއިި ބައްޕަގެ އިތުރުން ބޭބެމެންވެސް އާރާއާއި ދޭތެރޭ ކަންތައްކުރަމުން އައީ ރަސްދަރިކަލެއް ފަދައިންނެވެ. ދުވަހަކުވެސް އާރާ ކަމަކު އެދެފިނަމަ އެކަމެއް ނުކޮށްދީފައެއް ނެތެވެ. އާރާ އާއި ދިމާއެއް ބާރަށް އެއްޗެއްވެސް ބުނެފައެއް ނުވެއެވެ.
” އާރާއަށް އެނގޭތަ ތިގޮތަށް ކަންތައްކުރުމުގެ ސަބަބުން އާރާގެ އާއިލާ މީހުންނަށް ކޮށްފައިވާ އަަސަރެއް.. އާރާގެ މަންމަ ރޮއެ ރޮއެ ހަލާކު ވަނީ.. ބައްޕަ އާއި ބޭބެމެން އޮފީހަށް ނުގޮސް ގޭގަ އެތިބީ ހާސް ކަމެއްގަ.. ދެން ހުރީ ޔުއާން.. ޔުއާން އަކީ އާރާގެ އެންމެ އެކުވެރިޔާއޭ ބުނާ މީހާ.. ސަމާސާ ކުރާނީވެސް ރަހުމަތްތެރިން… އެނގޭތަ މިއަދު އާރާގެ ސަބަބުން އެފަކީރަށް ވީވަރު.. އެނގޭތަ އަހަރުމެން ހޯދި ހޯދުން .. އިހްސާސް ވޭތަ އެންމެނަށް ވީވަރު” އާރާ އަށް ކިޔާނެ އިތުރު ބަހެއް ނޭނގުނެވެ. އިސްޖަހާލެވުނީ ކުށްވެރިއަކީ އާރާ ކަން އިހްސާސް ކުރެވުނީމައެވެ.
” އުޕްސް.. ސޮރީ.. އަނެއްކާ ރޯން ނުފަށާތި.. އެހެންނޫނީ އަހަރުމެން ޖެހޭނީ އަނެއްކާ އާރާ ހޯދަން މުޅި މާލެ ކުޑަ ކުރަން” މާޒް މިހެން އެތާ މަޑު ނުކޮށް ކޮލެޖްތެރެއަށް ވަދެގެން ދިޔައެވެ. އާރާ ޔުއާން ކައިރީ އަވަހަށް ގެއަށް ގެންގޮސް ދިނުމަށް އެދުމުން ޔުއާން އާރާ ގޮވައިގެން ދިޔައީ ގެއަށެވެ.
އާރާ ގެއަށް ވަނުމާއެކީ ނާއިލާ ދުވެފައިގޮސް އާރާ ގައިގާ ބައްދައިގަތެެވެ. އަނަސްވެސް ލޯފޮހެލިތަން އާރާއަށް ފެނުނެވެ. ބޭބެމެންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. އެންމެނަށް ވެފަ ތިބި ގޮތް ފެނުމާއެކު އާރާ ހަންދާންވީ މާޒްގެ ބަސްތަކެވެ. ހަޤީގަތުގައިވެސް ކުށް ކުރެވުނީ އާރާ އަށެވެ. އާރާ އެންމެން ކައިރީގައި މަޢާފަށް އެދުނެވެ. އަދި ދުވަހަކުވެސް އެކަހަލަ ކަމެއް ތތަކުރާރު ނުކުރާނެ ކަމަށް ވައުދުވިއެވެ. އާރާ މާފަށް އެދުމުން އެންމެންނަށް ހައިރާން ކަމެއް ލިބުނީ މީގެ ކުރިން ދުވަހަކުވެސް އާރާ ކަމަކާ މާފަށް އެދިފައި ނުވާތީއެވެ.
ލައިބްރަރީގެ ގޮނޑިއެއްގައި މާޒް އިށީނދެގެން އިނީ ވިސްނުމަކަށް ގެއްލިފައެވެ. އާރާ އާއި މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން މާޒްގެ ހިތްބުނަމުން ދިޔައެވެ. އެގޮތަށް މުހާތަބުކުރަން މާޒް އެއީ ކާކުބާއޭ ހިތަށް އެރިއެވެ. އާރާއާ ދިމާއަށް އެއްޗެކޭ ބުނުމުގެ ހައްްެގެއް މާޒް އަކަށް ނެތެވެ. މޭޒުގައި ދެއަތް ވިއްދާލައިގެން އިންއިރު ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިނެވެ. މާފަށް އެދެންވީއޭ ހިތަށް އެރުމާއެކު މާޒް ފޯނުނެގީ ޔުއާން އަތުން ނަންބަރު ހޯދައިގެން އާރާއަށް މެސްޖް ކުރާށެވެ. މާޒް ފޯނު ހުޅުވާލުމާއެކު ފުރަތަމަވެސް ފެނުނީ ސޮފާގެ މެސެޖެކެވެ. ނާއިލާއާއި އަނަސްގެ ފަރާތުން މެންދުރު ކެއުމަށް ދައުވަތު ދީފަ އިން ވާހަކައެވެ. އެހެން ކަމުން މާޒް ނިންމީ އެގެއަށް ގޮސް އާރާ ކައިރިން މާފަށް އެދުމަށެވެ.
އާރާ ފެންވަރައިގެން ނިކުމެ ބެލްކަނީ ތުވާލި އަޅުވާލަން ނިކުތް އިރު ފެނުނު މަންޒަރުން ހުރިހާ ދަތެއް ފެންނަވަރަށް ހީލެވުނެވެ. ހިތާ ދިމާލުން މޭގާ އަތް އަޅާލެވުނީ އާދަޔާ ހިލާފަށް ހިތް ތެޅެމުން ދާތީއެވެ. ގޭގެ ގޭޓުން ވަދެގެން އެއައި ކާރުން ފައިބެގެން މާޒް މިސްރާބު ޖެހީ ގެއަށް ވަންނާށެވެ. މިމަންޒަރު ފެނުމުން އާރާ އަވަސް އަވަހަށް ލޯގަނޑުކައިރިއަށް ހުއްޓި އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު ކޮޓަރިން ނިކުމެގެން ތިރިއަށް ފޭބިއެވެ. އޭރު އަނަސް މާޒް ގައިގާ ބައްދާލަނީއެވެ. އާރާ ހުރީ ވާނުވާ ނޭނގިފައެވެ. ބައްޕަ މާޒް ދެކެ އެހާ ލޯބިން އެއުޅެނީ ކީއްވެބާއެވެ. ބައްޕައާއި މާޒްއާ އޮތީ ކޮންގުޅުމެއްބާއެވެ. މިސުވާލުތަކުގެ ޖަވާބު ހޯދަން އާރާ ޖެހިލީ މިޝަލް ކައިރިއަށެވެ. މިޝަލް ކައިރިން އެނގުނު ގޮތުގައި މާޒްއަކީ މަންމައާއި ބައްޕަގެ ގާތް ރައްޓެއްސެއްގެ ދަރިއެކެވެ. އެކަން އެނގުމުންވެސް އާރާ އިންތިހާ އަށް އުފާވިއެވެ.
” މާޒްއަށް ނޭނގުނަސް އަހަރުމެންނަކީ މާޒްގެ މަންމަގެ ވަރަށް ގާތް ބައެއް.. ” މާޒް އިށީންނަން ތަން ދައްކަމުން ނައިލާ ބުނެލިއެވެ. ސޯފާއާއި ދިމާއަށް ދަމުން މާޒްއަށް ބަލާލެވުނީ އާރާއާއި ދިމާއަށެވެ. މާޒް ބަލާލަމުން އާރާ ހީލިއެވެ. ނަމަވެސް މާޒް އަޅާވެސް ނުލާ އެހެންފަރާތަކަށް އެނބުރުނެވެ. މާޒްގެ މިހަރަކާތުން އާރާ ފެރަވުމާއެކު ލަދުވެސްގަތެވެ. މާޒް އަދިވެސް ރުޅިއައިސްފައި ކަން އނގުމުން އާރާ އެތާނގައި ހުންނަންވެސް ބޭނުން ނުވިއެވެ. ނަމަވެސް އެތަން ދޫކޮށްފައި ދާން ނުކެރުނީ އެއީ ހަޑިކަމަކަށް ވާނެތީއެވެ.
އަނަސް މާޒްއަށް ފަހަރަކު މީހަކު ތައާރަފް ކޮށްދެމުން ދިޔައިރު މާޒް ކޮންމެ މީހަކަށް ބަލާލާފައި ހީލައެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހެޔޮކަމެވެ.
“ދެން މިހުރީ ބޭބެގެ އެންމެ ކުޑަ މަންޖެ.. އާރާ..” އާރާ ތައާރަފް ކޮށްދެމުން މާޒް ބުންޏެވެ. މާޒް އާރާ އާއި ދިމާއަށް ބަލާލިއެވެ. މިފަހަރު އާރާ ކޮށްލިކަމަކުން މާޒް ކައިރިއަށް ހިނިއައެއް ކަމަކު ހިންދާލައިގެން އިނީއެވެ.
މާޒްއާއި ދިމާއަށް ތުން އަނބުރާލުމަށްފަހު އާރާ އަނެއްފަރާތަށް އެނބުރުނެވެ. ހުރިގޮތުން ހީވަނީ ކުރެވުނު ކަންތަކާ މެދު ވަރަށް ފަހުރުވެރިވެފަ ހުރިހެންނެވެ.
މާޒް އިން ސޯފާގެ އެއްފަރާތުގައި އަނަސް އިންއިރު އަނެއްފަރާތުގައި އިނީ ރެހާންއެވެ. އަނެއް ގޮނޑީގައި ނާއިލާ އާއި މިޝަލް ތިބިއިރު މިޝަލްއިން ފަރާތުގެ ސޯފާގެ އަތް ގަނޑުގައި އާރާ އިނެވެ. ރާޔާން ވީ ހަޔާ ބަލާ ގޮހެވެ. އެހެންދުވަސްތަކެކޭވެސް އެއްފަދައިން ރާކިން ކޮލެޖް ނިންމާފާއި އަދިވެސް ގެއަކަށް ނާދެއެވެ.
” ބޭބެ ވަރަށް ދެރަވި ބައްރަގެ މަރުގެ ހަބަރު ލިބިމުން.. ބައްރައަކީ ވަރަށް ރަނގަޅު މީހެއް.. އަހަރުމެންގެ ތެރޭގައި އޭރު އުޅުނު އެންމެ ރަނގަޅު އެންމެ ހިތްތިރި މީހަކީ ބައްރަ.. އަމިއްލަ މީހައާ މެދު ވިސްނުމުގެ ކުރިން ފުރަތަމަ ވިސްނާނީ އެހެން މީހުންނާ ދޭތެރޭގަ.. ކުއްލިއަކަށް ބައްރަ އަހރުމެންނަށް ގެއްލުނީ.. ދިޔައިރު ނުވެސް ބުނޭ ކޮންތާކަށް ކަމެއް ދިޔައީކީ.. ނަވާރަ އަހަރު ފަހުން އަހަރުމެންނަށް ކުރިން ދުވަހު ހަބަރެއްވީ.. އެއްވެސް ހިތާމަވެރި ހަބަރެއް..” އަނަސް ވާހަކަ ދެއްކިއިރު މާޒް އިނީ ކަނުލާ އަޑުއަހާށެވެ. ބައްރައާއި ބެހޭގޮތުން ކުޑަކުޑަ މައުލޫމާތު ކޮޅަކީވެސް މާޒްއަށް މުހިންމު މައުލޫމާތެކެވެ.
” އަޅުގަނޑު ހަންދާން ހުންނަން ފެށީއްސުރެ އުޅެމުން އައީ އިނޑިއާގަ.. މަންމަ އުޅެމުން އައީ ވަރަށް ހިތްދަތި ދިރިއުޅުމެއް..” މާޒް އާއި ބައްރަ އުޅެން ޖެހުނު ގޮތުގެ ވާހަކަ ވަރަށް ތަފްސީލުކޮށް މާޒް ކިޔައިދިނެވެ. އަޑުއަހަން ތިބި އެންމެން ތިބީ އިންތިހާއަށް ދެރަވެފައެވެ. މާޒް ކިޔައިދެމުން ދިޔައިރު އެންމެ ހިނދުކޮޅަކަށްވެސް އާރާގެ ނަޒަރު މާޒްގެ މޫނުން ވަކިކޮށެއްނުލައެވެ. އެމޫނުން އެތައް ހިތާމައެއް އާރާއަށް ފެންނަމުން ދިޔައެވެ. މާޒް ކިޔައިދިން ވާހަކަ ތަކުން އެހާ ޅަ އުމުރުގައި މާޒްވަނީ އެތައްކަމެއް ތަޖުރިބާ ކޮށްފައިކަން އެނގިގެން ދިޔައެވެ.
” އަހަރެން ބޭބެމެންނާ ކޮށްލަން ވަރަށް ބޮޑު ސުވާލެއް އެބައޮތް” އަނަސްގެ މޫނަށް ބަލާލަމުން މާޒް ބުންޏެވެ. މާޒް ގެ ފަރާތުން އަންނަން އުޅެނީ ކޮޏް ސުވާލެއް ކަން އަނަސް އެނގޭ ކަހަލައެވެ. އެހެން ކަމުން އަނަސް އިނީ މާކުރިންވެސް އެކަމަށް ތައްޔާރުވެގެންނެވެ. މާޒް އޭނަގެ ބައްޕައަކީ ކާކުތޯ ސުވާލުކުރުމާއެކު ނާއިލާ އާއި އަނަސް އެކަކު އަނެކަކަށް ބަލާލިއެވެ.
” އަހަރެން ބުނެދީފާނަން.. އެކަމަކު ރަނގަޅި ދެން އެކަމާ ބެހޭގޮތުން އިތުރު ސުވާލެއް ނުކުރިއްޔާ” އަނަސްގެ ޖަވާބުން މާޒްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ.
” އެއީވެސް ބައްރަ ފަދައިން އަހަރުމެންގެ ވަރަށް ރަހުމަތްތެރިއެއް.. އެކަމަކު މިހާރު އޭނަ ދުނިޔޭގައެއް ނެތް.. އަލިފާނުގެ ހާދިސާއެއްގައި އޭނަ ވަނީ މިދުނިޔެ ދޫކޮށްފައި” މާޒްގެ ހިތުގައި ރޮވެފައިވާ އުއްމީދުގެ ހުޅުކޮޅު ކުޑައިރުކޮޅެއްގެ ތެރޭގައި ނިވިގެން ދިއުމުން މުޅިން މާޔޫސްވިއެވެ. އިސްޖަހާލެވުނީ މާޒްގެ ސުވާލުތަކުގެ ޖަވާބު ނުލިބޭނެކަން އެނގުމުންނެވެ. އެވަގުތު އަނަސް މާޒްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
” މާޒް ހިތްވަރު ދެރަ ނުކޮށް ދިރިއުޅުމައިގެން ކުރިއަށް ދޭ.. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށް.. މާތްﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ” އަނަސް މާޒްއަށް ހިތްވަރު ދެމުން ދިޔައެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ހަޔާ ގޮވައިގެން ދޮރުން ވަދެގެން އައި ރަޔާން އެވެ. އެވަގުތު އިމީ އައިސް ކެއުން ތައްޔާރުވެފައިވާ ވާހަކަ ބުނުމުން އެންމެން ކާމޭޒު ދޮށައް ޖަމާވީ މެންދުރުގެ ކެއުމަށް އިންސާފުކޮށްލުމަށެވެ.
އެނދުގައި އެއް އަތްމައްޗައް އޮށޯވެގެން އޮތް އާރާގެ ނަޒަރު ހުއްޓިފައި ހުރީ އެނދުމަތީގައި ބާއްވާލެވިފައިވާ ރޮމޭންޓިކް ނޮވެލްއަށެވެ. ވާހަކަ ކިޔަމުންދިޔައިރު އާރާގެ ތުންފަތްމަތީގައި ވަނީ ލުއި ހިނތުންވުމެކެވެ. އެވާހަކައިގެ ވާގޮތަށް އާރާވެސް ބޭނުންވަނީ އާރާ ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. ކުއްލިއަކަށް އާރާގެ ހިތަށް މާޒްގެ ނަން އައުމާއެކު އާރާއަށް ފުންމައިގެން ތެދުވެވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ. މާޒް ފެނުނީމަ މިވަނީ ކީއްހެއްޔެވެ. އޭނަގެ ނަން އަބަދު ހިތުގަ އޮންނަނީ ކީއްވެހެއްޔެވެ. ބުނަން ނޭނގޭ ގޮތްތަކެއް މިވަނީ ކީއްހެއްޔެވެ. މިފުކުރުގައިން އާރާ ސިއްސައިގެން ދިޔައީ މުޅިތަނުން ކަރަންޓު ކެނޑުމުންނެވެ. އެވަގުތު ކޮޓަރީގެ ކުޑަދޮރު ހުޅުވުނު އަޑަށް އާރާ އެދިމާއަށް ބަލާލިއެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނިފައި ހުރުމުން ކޮންމެވެސް ވަރަކަށް އާރާއަށް ފެންނަމުން ދިޔައެވެ. މީހެއްގެ ހިޔަނިވިހެން ހީވުމާއެކު އާރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެމީހަކު އަންނަމުން ދިޔައީ އާރާއާއި ދިމާއަށެވެ. އާރާ ހަޅޭއްލަވައިގަންނަން އަނގަހުޅުވާލުމާއެކު އެމީހަކު އައިސް އާރާގެ އަނގަމަތީގައި އަތް އެޅިއެވެ.
12 Comments!
Comments are closed.


Varah salhi… keep it up…
BTW ma 1st dhw… yay…
haadha goahey, aaraa ah ehn nahadhaa.
Evaany maaz maafah edhen ai kamahshey lol
Hama hyvy quboolu hai balaa levun hen??? sofa v zoya ashad nd ayaan….v reethi nd next part ah inthizaaru kuran mifeshi mi vaguthun feshign
V salhi igeyy..v rethivaanehn heyvanyy mi story..next part avahah up kohdehcheyy plx
reethi kamaa eve…
Nice
mivaahaka aky ithura up nukuraa ehchaky thrr..v foohivay gina dhuvas vandhn up nukuraathy
beautiful next up koniraku tha avas kiya hithun huravanikivas nun
next part avas vara kiya hithun mihuri
haada lahun ey aneh baaa ananyyyyy
Pls avas koba next part kiyahithun huravanikinun