Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދީފާ އުފާ 5

az000 Level 110 Stories
April 29, 2016 4 Mins Read
3 Comments

މާޒް ބަލާކަށް ނުހުރެ މާޒްގެ އަތުގައި ހުރި ފެންތަށި އާރާގެ ބޮލަށް އަޅާލިއެވެ. އާރާ ރުޅިއައިސް ރަތްވެފައި މާޒްއަށް ބަލާލިއެވެ.

” ކިހިނެއް ތި ހެދީ މާޒް ގަނޑާ…” އާރާ ދަތްކުޑިވިކާލަމުން ބުންޏެވެ.

“އުޕްސް.. ފެންކުޅި ކަމަށް ހީކުރީ..” ނޭނގޭ ކަމަށް ހަދާލާފައި މާޒް ބުންޏެވެ. އާރާގެ ރުޅިގަނޑު ގަދަވީ ޔުއާން ހޭންފެށުމުންނެވެ.

” ދެން ކިހިނެއް އަހަރެން ކޮލެޖަށް ދާނީ.. މުޅި ހެދުން ހަރާބުވީ..” ގައިގައި ހުރި ފެންތައް ފޮޅަމުން އާރާ ވާހަކަދެއްކިއެވެ.

” އަހަރެންގެ ހެދުމެއް ދެންތަ ” މާޒް ލާނެތް ވައްތަރަކަށް ބުންޏެެެވެ.

އާރާ އިތުރު އެއްޗެއް ނުބުނެ ރުޅިވެރި ނަޒަރަކުން ޔުއާން އާއި މާޒްއަށް ބަލާލުމަށްފަހު ގެއިން ނިކުމެގެން ގޮސް ކާރަށް އެރިއެވެ. ޔުއާންއަށް ކުރެވުނު ކަންތަކު ދެރަވެ ކަންބޮޑވިއެވެ. އާރާ އެއީ މާބޮޑަށް ރުޅިގަދަ ވެއްޖެ ނަމަ ރޮވޭ ކުއްޖެކެވެ.

” ބްރޯ ޔޫ ލަވް ހަރ ރައިޓް” ޔުއާން ހުރިގޮތް ފެނުމުން ސޮފާއަށް ނީވޭ ވަރަށް މާޒް އަހާލިއެވެ.

” ޔެސް…” ޔުއާންގެ ޖަވާބު ލިބުމުން މާޒް ހިތަން ނުތަނަވަސް ކަން ވެރިވެގެން ދިޔައެވެ. ކީއްވެކަމެއް ބުނާކަށް ނޭނގުނެވެ. ނަމަވެސް ދެވަނަ ހިނދުކޮޅު ތެރޭގައި ޔުއާން ބުނި ޖުމްލައިން މާޒް ހިތަށް ހަމަޖެހުން ގެނެސްދިނެވެ.

” ޔެސް އައި ލަވް ހަރ.. އެއީ އަހަރެންގެ ބެސްޓް ފްރެނޑް”

އެހާ އަވަހަށް އަރާ މާޒްގެ ހިތާ ކުޅެމުން ދާތީ މާޒް ހުންނަނީ އެކަމާ ހައިރާންވެފައެވެ. މާޒްގެ އަމިއްލަ ހިތަށް ބާރު ފޯރުވަން އުނދަގު ވެއްޖެއެވެ. ހިތާ ދިމާލުން މޭގާ އަތްއަޅާލެވުނީ ހިތަށް އުނދަގުތަކެއް ވަމުން ދާތީއެވެ. މާޒްގެ އަތުގެ ތެެރޭގައި އާރާ ހައްޔަރުކޮށްލި ވަގުތު އެހިތަށް ބުނަން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ނުވާގޮތްތަކެކެވެ. މޭޒުމަތީގައި ހުސްތަށިި ބެހެއްޓުމަށްފަހު ނިކުންނަން ހިނގައިގަތްއިރު ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިވެފަައިވެއެވެ.

މާޒް ދިއުމުން ޔުއާން ދެރަވެފައި ބަލާލީ ސޮފާއަށެވެ. ދަރިފުޅުގެ މޫނު ފެނުމުން ވީގޮތް  ސޮފާއަށް ނަގައިގަނެވުނެވެ. އަނގައި ނުބުނި ކަމުގައިވިޔަސް މާޒްގެ ހިތުގައި އާރާއަށް ދެވިފައިވާ މަގާމު ސޮފާއަށް އެނގެއެވެ.

” ދަރިފުޅަށް ތިހެންވީ ދަރިފުޅުގެ ކުށުން.. ކީއްކުރަން އާރާ  ރުޅިއަރުވާލީ.. މިހާރު ނޭނގެ ރޯން ނޫންކަމެއްެވެސް އިންނާނީ… ދެންވެސް ތައްޔާރުވެގެން ދޭ އާރާ ބަލާ..” ދަމަމުން ދިޔަ ރޮށި ތަވާ މަތީގައި ބާއްވާލަމުން ސޮފާ ބުންޏެވެ.

މަޑުމައިތިރިކަންމަތީ ހެދުނުގެ ނާޝްތާއަށް އިންސާފުކުރަމުން ދިޔަ އަނަސްގެ ނަޒަރު ހުއްޓިފައިވަނީ ފޯނުގެ ސްކްރީނަށެވެ. ހަބަރުތަކުގެ ސުރުހީތައް ކިޔަމުންދިޔައިރު އިރުއިރުކޮޅާ ލޯ ކުޑަކޮށްލަނީ ފެންނަލެއް ފުސްކަމުންނެވެ.

” ބައްޕަ އަށް ތިވަރުން ކިޔޭތަ” ރެހާން ޕާނުގައި ބަޓާރ ޖައްސަން އިނދެ ބުނެލިއެވެ. މިއަޑަށް ރަޔާން އާއި މިޝަލްވެސް ބަލާލިއެވެ.

” އައިނު ހައްދަންވީ ކަންނޭނގެ..” ރެހާންއަށް ބަލާލަމުން އަނަސް ބުންޏެެވެ.

” ދަރިފުޅުމެން އެންމެންވެސް މިއަދު މެންދުރުގެ ކެއުމަށް ގެއަށް އަންނަންވާނެ.. ބައްޕަ އާއި މަންމަގެ ވަރަށް ގާތް ރަހުމަތްތެރިއެެއްގެ ދަރިއެއް ގެއަށް އަންނާނެ..” ރިހަ ބޯތަށި މޭޒުމަތީގައި ބަހައްޓާލުމަށްފަހު ނާއިލާ ގޮނޑިގައި އިށީނދެލިއެވެ.

” ރަޔާން ދަރިފުޅު ހަޔާވެސް ގެންނައްޗެ.. މަންމަ ބޭނުން މިކަހަލަ ހާއްސަ ކަންތައްތަކުގަ ހަޔާވެސް ބައިވެރިކުރަން” ނާއިލާ ބުނި ޖުމްލައިން ރަޔާންއަށް ބުނަންނޭނގޭ އުފަލެއް ލިބުނެވެ. ވާންއުޅޭ އަންހެނުންނާ މަންމައާއި ދެމެދުގަ އޮންނަ ގާތް ގުޅުމަކީ ފިރިހެނަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.

ގޭ ގެ ބެލް އަޅާލިއަޑަށް ބެންޖީ ގޮސް ދޮރުހުޅުވާލިއެވެ. އެތެރެއަށްވަން ޔުއާން ފެނުމުން އެންމެންގެ ލޯމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. އާރާ ކޮބާތޯ އަހާލުމާއެކު ލިބިފައިވާ ހައިރާންކަން އިތުރުވެގެން ދިޔައެވެ.

” ޔުއާން ސަމާސަކުރަނީތަ.. އާރާ މިގެއިން ވަރަށް ހެނދުނު ހިނގައްޖެ ޔުއާން ކައިރިއަށޭ ކިޔާފަ.. ” ނާއިލާ އިންތަނުން ތެދުވަމުން ބުންޏެވެ.

” އާރާ އައި ގެއަށް އެކަމަކު އަޅުގަނޑު ދެކެ ރުޅިއައިސްގެން ދިޔައީ.. އަޅުގަނޑު ހީކުރީ މިގެއަށް ކަމަށް އަންނާނީ.. މަޑުކުރައްޗެ އަޅުގަނޑު ކޮލެޖަށް ގުޅާލާނަން.. ” ޔުއާން ފޯނު ނަގާފައި ފަލަކްގެ ނަމްބަރަށް ގުޅާލިއެވެ. ފަލަކް ބުނިގޮތުގައި ފަލަކް ހުރީ ކޮލެޖްގަ ކަމަށާއި އާރާ އަދި ކޮލެޖަކަށް ނާދެއެވެ. ޔުއާން އެނޫންވެސް ނަމްބަރުތަކަށް ގުޅިއެވެ.  ނަމަވެސް އާރާގެ ހަބަރެއް އެއްގޮތަކަށްވެސް ނުވިއެވެ.

” އަނަސް އަހަރެންގެ އާރާ.. އޭނައަކީ އެކަނި ތަންތަނަށް ގޮސް އުޅޭ ކުއްޖެއް ނޫން.. ނޭނގެ އަހަރެންގެ އާރާ ދިޔަތަނެއްވެސް.. އަނެއްކާ އެއީ ރުޅިގަދަވިއްޔާ ރޯކުއްޖެއް..” ނާއިލާ ހާސްވެގެން ތެޅެން ފެށިއެވެ. އަނަސްގެ މޫނުމަތިން އިންތިހާއަށް ކަންބޮޑުވުން ފެނުނަސް އަނަސް ބެލީ ނާއިލާ ހަމައަކަށް އެޅުވެތޯއެވެ.

” މަންމަ ހާސް ނުވެބަލަ.. އާރާ އެއީ މިހާރު ބޮޑުކުއްޖެއް.. އަހަރުމެންގެ އާރާ އަކީ ވިސްނޭ ކުއްޖެއް.. އިރާދަކުރެއްވިއްޔާ އާރާ އަށް އެއްވެސް ގޮތެއް ނުވާނެ..” ރެހާން ނާއިލާ ކައިރިއަށް ޖެހިލަމުން ބުންޏެވެ.

މަންޒަރު ބަލަން ހުރި ޔުއާން އިންތިހާއަށް ކަންބޮޑުވިއެވެ. އާރާ ކޮބައިބާވައޭ ހިތަށް އެރިއެވެ. ކޮންމެ ގޮތެއްވިޔަސް މިގޮތަށް ކަންތައް ދިމާވީ ޔުއާންގެ ސަބަބުންނެވެ. ގެއިން ނިކުމެގެން ގޮސް ޔުއާން ކާރަށް އެރިއެވެ. ފަހަތުގައި ޝީޓްގައި އިން މާޒް އިސްއުފުލާލާފައި ބަލާލީ ޔުއާން އެކަނި އިނީމައެވެ.

” ޑޫޑް އަހަރުންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ.. އާރާ ގެއަކަށް ނާދޭ.. އޭނަ ވީތަނެއް އެއްވެސް މީހަކަށް ނޭނގޭ.. ކޮލެޖްގަވެސް ނެތް..” ޔުއާން މިހެން ބުނުމުން މާޒްވެސް ކަންބޮޑުވާގޮތްވިއެވެ. އާރާއަށް ގޮތެއްވެއްޖެނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ މާޒްއެވެ.

މާޒްއާއި ޔުއާން މާލޭގެ ހުރިހާ މަގިތަކެއްގައި ދުއްވިއެވެ. އާރާ ދާނެހެން ހީވާ ހުރިހާ ތަނަކަށް ދިޔައެވެ. އެންމެ ފަހުން މާޒް ދިން ހިޔާލަކަށް ޔުއާން ކާރުގެ މިސްރާބު ކޮލެޖާދިމާއަށް ބަދަލުކޮށްލިއެވެ. ކޮލެޖަށް ވަދެވުމާއެކު ދެމީހުންވެސް ބާރަށް ހިނގާފައި ދިޔައީ ކްލާހާ ދިމާއަށެވެ. ދެމީހުންނަށްވެސް ކްލާހަށް ވަންއިރު ޓިޗަރު ކިޔައިވައިދެނީއެވެ.

” މާޒް.. ޔުއާން.. މާބޮޑަށްވެސް ގަޑިޖެހިގެން ތިއައީ.. ގެޓް އައުޓް އޮފް މައި ކްލާސް” ތީޗަރު މިހެން ބުނުމުން ޔުއާން އާއި މާޒް ކްލާހުން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ދިއުމުގެ ކުރިން މާޒް އެނބުރި ބަލާލިއެވެ. އަދި ފަލަކް އަށް ގޮވާލާފައި އާރާ ދުށިންތޯ ސުވާލުކުރިއެވެ. އެއާއެކު އެންމެންގެ ލޯތައް ފަލަކްއަށް އަމާޒުވިއެވެ. ފަލަކް އަވަސްއަވަހަށް ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

މާޒް ނިކުތް އިރު ޔުއާން ދުރުގައި ކަރުއެލުވާލައިގެން ހުއްޓެވެ. އާރާގެ ފޯނަށް މިހާރު ގުޅުނު އަދަދެއްވެސް ނޭނގެއެވެ. ގިނަފަހަރަށް ފޯން އިންނަނީ ބިޒީވެފައެވެ. މާޒް ނިކުމެގެން އައިސް ހުއްޓުނީ ޔުއާން ކައިރިއަށެވެ.

”  މިހުރިހާ ކަމެއްވެސް ވީ އހަރެންގެ ސަބަބުން.. އަހަރެން އެގޮތަށް އޭނަ އިންޒަލްޓް ނުކުރިނަމަ… މިއަދު އޭނަ ހުންނާނީ އަހަރުމެންގެ ކުރިމަތީގައި” ކުރެހިފައިވާ އަޑަކުން މާޒް ބުންޏެވެ.

” ނޫނޭ.. މީގަ އޮތީ އަހަރުމެން ދެމީހުންގެވެސް ފޯލްޓް..  ހިތަށް އަރާ އާރާ ކޮބައިބާވައޭ.. އަނެއްކާ ރަނގަޅުބާވައޭ..” ފާރުކައިރީގައި ބަހައްޓާފައި ހުރި ގޮނޑި ބަރީގައި އިށީނދެލިއެވެ. އަދި ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއެވެ. މާޒް ޔުއާން ކައިރީ ބުނުމަށް ފަހު ބޭރަށް ނިކުތީ ފެންފުޅިއެއް ގަންނާށެވެ.

ނާއިލާ ކަންބޮޑުވެގެން ތެޅިފޮޅެނީއެވެ. އެއްފަރާތުގައި އަނަސް ނާއިލާގެ އަތުގައި ހިފައިގެން އިންއިރު އަނެއް ފަރާތުގައި މިޝަލް އިނެވެ. ރެހާން ފޯނު ހިފައިގެން ދެކޮޅު ދެކޮޅަށް ހިނަގަމުންދިޔައީ އާރާއަށް ގުޅޭތޯ މަސައްކަތްކުރަމުންނެވެ. ރަޔާންވެސް ސޯފާގައި އިނެވެ.

” މަންމަ ކޮންކަމަކާތަ ތިރޮނީ.. އަހަރެންގެ ހިތެއް ނުބުނޭ އާރާއަށް ކަމެއް ވާނެއެކޭ.. ” ރަޔާން ބުނެލިއެވެ.

” ބަލަ އަހަރެން ބަނޑުއަޅާ ނުވިހިއަސް އެންމެ ކުޑަދުވަހުން ފަށައިގެން އާރާ ބަލަމުން އައީ އަހަރެން.. އެންމެ ފުރަތަމަ އާރާ ފެނުނު ދުވަހު އަހަރެންގެ ހިތުގައި އެކުޑަކުޑަ މަހްލޫގަށްޓަކައި ލޯބި އަށަގަތް.. އަހަރެންގެ އަތަށް އާރާ އެރީ އަހަރެން އަންހެން ކުއްޖަކަށް ނުލާހިކު ބޭނުންވެފަ ހުއްޓަ.. އަހަރެންގެ އާރާއަށް ކަމެއް ވެއްޖިއްޔާ އަހަރެން ބޭނުމެއް ނޫން މިދުނިޔޭގަވެސް ހުންނާކަށް..” ނާއިލާ އުޅޭގޮތް ފެނިފައި ކައިރީގައި އިން މިޝަލްވެސް އިނީ ރޮވެންކައިރިވެފައވެ.  އަނަސްވެސް އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ނާއިލާ ދޫކޮށްލާފައި ދެވޭކަށެއްވެސް ނެތެވެ.

ކެންޓީނުން ފެންފުޅިއެއް ގަނެގެން މާޒް ދިޔައީ ކްލާސް ރޫމާ ދިމާއަށެވެ. އެވަގުތު ހުއްޓެން ޖެހުނީ ކޮލެޖް ކުނިކަހާ ދެމީހުން ދައްކަމުން ދިޔަ ވާހަކަ އަޑުއިވިފައެވެ.

” މުއްސަދިންގެ ދަރިން އުޅޭނީ އެހެން.. ކޮލެޖަށް އަންނާނީ ކިޔަވާކަށް ނޫން..” އެތަނުން އެކަކު ބުނާ އަޑު އިވުނެވެ.

” އާނ އަހަރެން އޭނަ ކައިރީ އެތައް ފަހަރަކު ބުނެފިން އެތަނުން ތެދުވެގެން ކްލާހަށް ދާށޭ.. ބުނީމަވެސް ހަމައެތާ އެބަނއިން” އަނެކަކު ބުންޏެވެ. އެއީ އާރާއަށް ވެދާނޭ ހިތަށް އެރުމާއެކު މާޒް އެދެމީހުންނާ ކައިރިވެލާ ވާހަކ ދައްކަން ފެށިއެވެ.

 

ކޮލެޖްގެ ބޮޑުހޯލުގެ ބިއްދޮށުގައިވާ ބެންޗެއްގައި އާރާ އިށީނދެލައިގެން އިނެވެ. ފޯނަށް ބަލަހައްޓައިގެން އިންއިރު މޫނުމަތިން ފެންނަނީ ނުރުހުމުގެ އަސަރެވެ. ޔުއާން އެހާވަރަށް ގުޅާއިރުވެސް ފޯނުނުނަގަން އިނީ ހަމަ ގަސްދުގައެވެ. އިރުކޮޅަކުން ރެހާން ގުޅާތަން ފެނުމުން ފޯނުނަގަން ބޭނުން ނުވީ އާރާ ރޮއެފައި ހުރިކަން ރެހާން އަށް އަންގަން ބޭނުން ނުވާތާިއެވެ. ގެއަށް ދާ ގަޑިޖެހެން ކައިރިވެއްޖެކަން އެނގުމާއެކު އާރާ އިންތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. އެވަގުތު ސިއްސައިގެން ދިޔައީ ކުރިމައްޗައް އައިސް ހުއްޓުުނު މާޒް ފެނިފައެވެ. އާރާ އިތުރު ބަހެއް ނުބުނެ ދާން އުޅުމުން މާޒް އާރާގެ އަތުގެ ހިކަނދި މަސްގަނޑުގައި ހިފިއެވެ. އެވަގުތު އާރާ ރުޅިއައިސްފައި ބަލާލިއެވެ. ނަމަވެސް އެވަގުތު މާޒްގެ މޫނުމަތިން ފެނުނު ރުޅިވެރިކަމުން އާރާގެ ރުޅިގަނޑު ފިނިވެގެން ދިޔައެވެ. މާޒް އާރާގެ އަތުގައި ހިފައި ދަމަމުން ގޮސް ކާރު ކައިރީގައި ބެހެއްޓިއެވެ.

” އާރާ ހީކުރަނީ ކީކޭތަ.. އެންމެން އާރާދެކެ ލޯބިވާތީ އާރާއަށް ބޭނުން ގޮތަކަށް އުޅެވޭނޭތަ.. އެވަރަށް ގުޅާއިރުވެސް ފޮނިކަމުން ފޯނުވެސް ނެގީއެއްނޫން” މާޒް ރުޅިއައިސްފައި ހަޅޭއްލަވަމުން ދިޔައިރު އާރާ ކަޅިޖަހާވެސް ނުލާ ބަލަމުން ދިޔައީ މާޒްގެ މޫނަށެވެ.

” ފެންކޮޅެއް ގައިގަ ޖެހުނީމަ ހަމަ އެވަރުވާން ޖެހޭތަ.. ތީ މަތިން އައިސް ހުރި މީހެއް ކަމަށް ދޯ ހީކުރާނީ… ވެއިޓް” މާޒް މިހެން ބުނެ ގަނެގެން ގެނައި ފެންފުޅި މަތި ނެގުމަށް ފަހު އާރާގެ ބޮލަށް އަޅާލިއެވެ. ފިނިވިއެއްކަމަކު އާރާ އަށް މާޒްގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. އާރާގެ ބޮލަށްވާ ގޮތަށް ފެންފުޅި އަރިކޮށްގެން ހުރި މާޒްއަށްެވެސް ކަޅިޖަހާ ނުލާ ބެލެމުން ދިޔައީ އާރާގެ ދޮންދޮން މޫނަށެވެ. މޫނު ހުރަސްކޮށް ފެންތައް ތިރިއަށް ފައިބަމުން ދިޔައިރު ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. މި މަންޒަރުތައް ފެނި މާޒްވެސް ހުރީ ކަޅިޖަހާލަން ނޭނގިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 18..

Next

ހާދަހާވޭ ކުރާހިތް ސަމާސާ 36 ވަނަ ބައި

Next
April 30, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 36 ވަނަ ބައި

Previews
April 29, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 18..

3 Comments!

  1. Mal Mal says:
    April 29, 2016 at 6:38 pm

    varah reethi mi part ves ❤… avahah next part up koh dhehchey..

  2. Nikki says:
    April 30, 2016 at 12:09 am

    Pis pis pis… Foni vx myhekey dhw maax aee… Btw story v rythi…. Dhn thankolheh avahah next part up kohdhyba…

  3. Milen says:
    May 22, 2016 at 8:39 pm

    Vaahaka nuliyaa meehun nuliyaane kithanme faharaku notice fonuviyas emeehun hama thankolhei liyelaafa huthaalaanee an i think u are one of the ryt az000

Comments are closed.

Next Episodeދީފާ އުފާ 6←


All Right Reserved!