ގާތުގާ… 39
” އައްދޭ… މީނަ ހާދަ ގަދަ ވެއްޖޭދޯ މިހާރު… ” އަހަރެން ލަތްކެއް ޖަހައި ޒާނާގެ އުނަގަނޑުގައި ހިފައި ގާތް ކޮށްލަމުން ބުނީމެވެ. ޒާނާގެ މޫނު މަތީގައިވީ ހިނިތުންވުން ފަނޑުވެ އެހެން ކުލަވަރެއް ވެރިވީ އެހިނދުއެވެ. އެ ބޮޑު ދެލޮލުން މަސްތު ކަމުގެ އޮއެވަރެއް ދުވެލިތަން ފެނި އަހަރެންގެ ހިތްވެސް އެކަމަށް ބޭނުންވެ ގޮވައިލިއެވެ. މަޑުމަޑުން އަހަރެން ޒާނާއާއި މޫނު ގާތް ކޮށްލީމެވެ. ހުށިޔާރު ކަމާއި އެކު ޒާނާގެ ހާލަތު ދެނެގަނެ އަހަރެން ކެތްތެރިވެ ހުރީ ޒާނާގެ ފުށުން ފެހި ސިގްނަލެއް ލިބެންދެނެވެ.
*******
އަހަރެންގެ ނަޒަރު ޒާނާގެ ތުންފަތަށް އަމާޒު ވިއެވެ. ހިތުގައި ހިނގައިގަތް ދަހިވެތިކަމުގެ އޮއެވަރާއި އެކުވެސް އަހަރެން މަޑު ކޮށްލީމެވެ. ޒާނާގެ ދެލޮލުންވެސް އަހަރެންގެ ހިތުގެ އެދުން ދެނެގަތް ހެން ހީވިއެވެ. މަޑުމަޑުން ޒާނާގެ ނަޒަރު އަހަރެންގެ ތުންފަތަށް ހުއްޓުނެވެ. ތިރީ ތުންފަތުގައި ދައިގަންނަމުން ޒާނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންނަށްވެސް ވީ އެވަރެވެ. ޒާނާގެ މޫނާއި މޫނު ގާތް ކޮށްލަމުން ޒާނާގެ އުނަގަނޑުގައި ހިފައި މައްޗަށް އުފުލައިލަމުން އަހަރެންގެ ގަޔާއި ލައި ތަތް ކޮށްލީމެވެ. ހުއްދަ ހޯދުމަށް އަހަރެންގެ ދެލޯ ބޭޤަރާރު ކަމާއިއެކު ޒާނާގެ މޫނަށް ބަލަމުން ދިޔައީމެވެ. ފެހި ސިގުނަލަކަށް އެދި ހިތް އާދޭސް ކުރިއެވެ. އަވަސްވެފައިވީ ނޭވާއާއިއެކު މޭގައި ތެޅެމުން ދިއަ ހިތާއިއެކު އަހަރެންނަށް ހިންދިރުވައި ލެވުނެވެ. އާޝިގަކަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް އަހަރެން ކެތް ކުރީމެވެ.
ކުޑަކޮށް ބޯ އަރި ކޮށްލުމާއިއެކު ޒާނާގެ ދެއަތް އަހަރެން ކޮނޑުގައި ދެފަރާތުން އަޅުވައި ލިއެވެ. އަހަރެންގެ ދެލޮލަށް ފުން ނަޒަރެއް ދެމުން އިންޗިއެއްހައި ތަން ކައިރީގައިވީ އަހަރެންގެ މޫނާއި މޫނު އިތުރަށް ގާތް ކޮށްލުންވީ އަހަރެންގެ ކެތްތެރިކަން އިމްތިޙާނު ކުރުވި ކަމަކަށެވެ. ދެހިތުގެ ތެޅުންވެސް އިންތިހާއަށް އަވަސް ވެފައިވީ ދަނޑިވަޅެކެވެ. ނަމަވެސް އަހަރެންގެ އިންތިޒާރަށް ނިމުމެއް އައީ އެހިނދުއެވެ. ހިތް އެދިއެދި ހުރި ރާހަތު ހާސިލްވީ އެހިނދުއެވެ. ހިތުގައި މަޑުމަޑު ފިނިފިނި ވައިރޯޅިއެއް ދުވެލިހެން ހީވީ އެހިނދުއެވެ.
ލަދުވެތިކަމުން ޖަންބުކުލަ އަރާފައިވީ ކޯތާފަތާއި، ނުކެރުމާއި ފަސްޖެހުމާއެކު ހުރެވެސް ހިތުގައި އޮތް ދަހިވެތިކަމާއި ކަރުހިއްކުން ފިލުވައިލުމަށް ޒާނާ ބޭނުން ވިއެވެ. މަޑުމަޑުން ޒާނާ އަހަރެންގެ ތުންފަތުގައި ބޮސްދިނެވެ. އެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެން ފެށިއެވެ. އަހަރެންނަށް ދެލޯ މަރައިލެވުނެވެ. މިއީ ހުވަފެނެއް ބާއެވެ؟ ނުވަތަ ހަމަ ހަޤީޤަތުގައިވެސް ހަޤީޤަތެއް ހެއްޔެވެ؟
އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި ހުއްޓައި ލުއި ހަރަކާތެއް ކޮށްލުމާއިއެކު އަހަރެންގެ ތުންފަތުގައި ޖައްސާފައިވީ ޒާނާގެ ތުންފަތް ނުހަނު އަވަހަށް ނައްޓައިލިއެވެ. ލަދުވެތިކަމާއި މަސްތުކަމުން ރަތް ވެފައިވީ މޫނުން އަހަރެންނަށް ޒާނާ ބަލައިލިއެވެ. ހަމަ އެހެންމެ އަހަރެންގެ މޫނަށް ބަލަން ހުރެ އާއެކޭ ބުނެލާ ފަދައިން ޒާނާ ބޯ ޖަހައިލިއެވެ. ސުވާލު އުފެދިފައި އަހަރެންނަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައެވެ. ހަމަ ހަޤީޤަތުގައިވެސް އެއަމަލު ކުރިއަށް ގެންދިއުމަށް ޒާނާގެ ފަރާތުން ހުއްދަ ލިބުނީ ހެއްޔެވެ؟ އެ ދިނީ އިޝާރާތެއް ހެއްޔެވެ؟
އިތުރު ވިސްނުން ތަކެއް ނުވިސްނައި ދެވަނަ ސިކުންތުގައި އަހަރެން ޒާނާ ގެނެސް އިތުރަށް ގަޔާލައި ފިއްތައިލަމުން ޒާނާގެ ތުންފަތުގައި ބޮސްދޭން ފެށީ ފެނަށް ކަޅި އަރާފައިވީ މީހަކު ފެން ލިބުމުން އެ ބުއިމަށް ތެޅި ފޮޅި ގަންނަ ފަދައިންނެވެ. އަހަރެންގެ އެ ބޮސްދިނުން ތަކުގައި ބައިވެރި ވަމުން ޒާނާ އަހަރެންގެ އިސްތަށިގަނޑުގެ ތެރެއަށް އެ މަޑު އިނގިލިތަށް މަހައިލައި އިސްތަށިތަކަށް ދަމައިލަމުން ކުޑަކޮށް ވާން ކޮށްލިއެވެ. ޒާނާގެ އެއަމަލު ވީ އަހަރެންގެ އިހުސާސް ތަކަށް ޕެޓްރޯލް އެޅުން ފަދަ ކަމަކަށެވެ. ހަލުވި ކަމާއިއެކު އަހަރެން ޒާނާ އުފުލައިލުމާއިއެކު ޒާނާގެ ދެފައި އަހަރެންގެ އުނަގަނޑުގައި އަޅުވައި ލަމުން ފުރަގަހުގައި ހުރި މޭޒާއި ދިމާއަށް މިސްރާބު ޖެހީމެވެ. އަހަރެންގެ ” މަސައްކަތް” ކުރިއަށް ގެންދަމުން އަހަރެން ޒާނާ މޭޒުމަތީގައި ބެއިންދީމެވެ. އަދިވެސް އިތުރަށް އެރަހައިގެ ތެރެއަށް ގެނބިގެން ދާން ބޭނުންވި ވަރުން ޒާނާގެ ފައިގާ ދެފަރާތުން ހިފައި އަހަރެންނާއި ގާތަށް ދަމައިލީ އަހަރެންގެ މަސައްކަތަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. ޒާނާގެ ފައިގެ ފަލަމަސްގަނޑުގައި ހިފައި ބާރުކޮށްލެވުމުން މަޑު އާހްއެއްގެ އަޑު ޒާނާގެ އަނގައިން ބޭރުވެގެން ދިއައެވެ. އިސާހިތަކު ނޭނގި ހުއްޓައި ތުންފަތުން ފެށުނު ބޮސްދިނުންތައް ކަނދުރާއާއި ހަމައަށް ވާސިލް ވާން ފެށިއެވެ. ދެހަށިގަނޑުގައި އުފެދެމުން ދިޔަ އުދާސްކަން އިތުރުވިއެވެ.
ނަމަވެސް ނުހަނު އަވަހަށް އަހަރެން ނަފްސުގެ ލަގަން ހޯދީމެވެ. އަހަރެން މޫނު ދުރުކޮށްލައި ޒާނާގެ މޫނަށް ބަލައިލީމެވެ. އަހަރެންގެ ހިތަށް އެ ކުޑަ ވަކިވުމުންވެސް ވެރިވީ ހުސްކަމެވެ. އިތުރަށް ޒާނާއަށް ބޭނުންވެ އަހަރެންގެ ސަމާސާތަކުން ރަތް ވެފައިވީ ތުންފަތުގައި ބޮސްދޭން ބޭނުން ވިއެވެ. ހޭވިފައިވީ ޒާނާގެ އިސްތަށިގަނޑާއި ހާމަވެފައިވީ ފައިން ބޮޑު ބައެއް ފެނުމުން އަހަރެންގެ ހިއްސުތައް އިތުރަށް ހޭލަން ފެށުން ނޫން ކަމެއް ނުވިއެވެ. ނަމަވެސް އަހަރެންނަށް އެނގޭ ހަޤީޤަތަކީ ދެން އަހަރެން ޒާނާއާއި އިތުރަށް ގާތް ވެއްޖެ ނަމަ ދާން ނުވާ ހިސާބަށް އަހަރެންނަށް މިރޭ ދެވޭނެ ކަމެވެ. އަދި އަމުދުން ހަނދުވަރުގެ އެ ރިހި އަލީގައި ޒާނާ އެ މޭޒުމަތީގައި، ފެންނަން އިން މަސްތީ އަދި ޖާދުވީ ގޮތުން އަހަރެންގެ ހިއްސުތަކުގައި ހުޅު ހިފަން ފެށިއެވެ. ހިތް އޮބި ނޯވެގެން ތެޅި ފޮޅެން ފެށިއެވެ. ޒާނާގެ ދެލޮލުން ވިދަމުން ދިއަ މަސްތުކަމުގެ ކުލަތަކުންނާއި އެދެލޮލުން ދެމުން ދިއަ ދަޢުވަތު ތަކަށް އަހަރެންގެ ހިތް ދޫވާން އުޅުނެވެ. ނަމަވެސް އަހަރެން ވަރަށް ހިތްވަރު ކޮށްފައި ފުރަގަހަށް އެނބުރުނީމެވެ. އިތުރަށް ގޯހެއް ހަދަން ބޭނުން ނުވީއެވެ.
” ސޮރީ…. ވަރަށް ބޮޑަށް ސޮރީ…..ދެން އިތުރަށް ކުރިއަށް ގެންގޮއްސިއްޔާ އަހަރެންނަށް އަހަރެންގެ ނަފްސު ކޮންޓްރޯލް ނުކުރެވިދާނެ… އެނގޭ ޒާނާވެސް އެބަ ބޭނުން ވޭ ކަން… އަހަރެންވެސް ބޭނުން… އެކަމަކުވެސް…..” އަހަރެން ފުން ނޭވާތަކެއް ލަމުން ބުނީމެވެ. ފުންވެ އަވަސްވެފައިވީ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހަރެން ހޭވިފައިވީ އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އޮމާން ކޮށްލީމެވެ. މޫނުގައި ދެއަތް އުނގުޅައިލަމުން އަހަރެން އުނަގަނޑުގައި އަތް ވިދެލީމެވެ. އަހަރެންގެ ހިތް އެދި ގޮވާ ގޮވުމަށް ބީރު ކަންފަތެއް ދެވެތޯ މަސައްކަތް ކުރީމެވެ. އަހަރެންގެ ދެއަތަށް އަހަރެންނަށް ނަޒަރު ހުއްޓައިލެވުނީ އަދިވެސް ޒާނާގެ ހަށިގަނޑުގައި އަތް ޖެހުނު ހިސާބުގައި ހުރި ކަރަންޓުގެ އޮއެވަރުގެ ސަބަބުންނެވެ. މަޑު ފުށްކޮޅެއްގެ ތެރެއަށް އިނގިލިތައް މެހިގެންދާ ފަދައިން ޒާނާގެ ހަށިގަނޑުގެ ތެރެއަށް އަހަރެންގެ އިނގިލިތަށް ބާރުކޮށްލެވުނު ގޮތެވެ. އެ މަޑުކަމާއި ހެޔޮވަރު ވަރަކަށް ފަލަކޮށް ހުރި ހަށިގަނޑު، އަހަރެންގެ ހިއްސުތަކަށް އިތުރަށް ވާން ކުރުވި ސަބަބަކަށް ވިއެވެ. ދުރުގައި ހުއްޓަސް އަދިވެސް ޒާނާގެ ގައިގާ އަތްލެވިފައި ހުރި ފަދަ އިހުސާސްތަކެއް ކުރެވެމުން ދިއައެވެ.
މަޑުމަޑު ދެއަތް އަހަރެންގެ ފުރަގަހުން އައިސް އަހަރެންގެ ހަށިގަނޑުގައި ވަށުވައިލިއެވެ. އެހިނދު ޒާނާގެ ހަށިގަނޑު އައިސް އަހަރެންގެ ހަށިގަނޑުގައި ފުރަގަހުން ޖެހުނުކަން އިހުސާސް ވިއެވެ. އަހަރެންގެ ބުރަކަށީގައި ޒާނާގެ މޫނު ޖައްސައިލަމުން ޒާނާ އަހަރެންގެ ގައިގާ ފުރަގަހުން ބައްދައިލިއެވެ. އަހަރެންނަށް ދެލޯ މަރައިލެވުނީ ވީ އަރާމެއްގެ ބޮޑުކަމުންނެވެ.
” އިޓްސް އޯކޭ ނާވީ….. އަހަރެންވެސް ބޭނުން ވެގެން… ތެދަށް ބުނަންޏާ އަހަރެންވެސް ތި އިހުސާސްތައް މަތިން މިސްވީ އެހައި ގާތް ވެވުނީމަ…..” ޒާނާ ބުނެލިއެވެ. އަހަރެން ޒާނާގެ އެއްއަތުގައި ހިފައި ގެނެސް އަހަރެންގެ ކުރިމަތީގައި ބެހެއްޓީމެވެ. އަދި އެ ފުން ދެލޮލުގެ ތެރެއަށް ބަލައިލީމެވެ. އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރަމުން އަހަރެން ޒާނާގެ ހޭވިފައިވީ އިސްތަށިގަނޑު ފަހަތަށް އޮމާން ކޮށްލައި ރީތިކޮށްލަ ދިނީމެވެ. އަދި ހެދުމުގެ ކޮނޑުން މާބޮޑަށް ތިރިއަށް ވެއްޓިފައިވީ ބައި މައްޗަށް ޖައްސައިލަ ދެމުން ހެދުން ވެސް ރީތިކޮށްލަ ދިނީމެވެ. ތުންފަތުން ބޭރުގައި ހޭކިފައިވީ ރަތް ލިފްސްޓިކްތައް އަހަރެންގެ ކޯޓުގެ އަތުކުރިން ރީތިކޮށްލަ ދިނީމެވެ. މިހުރިހާ “އާފްޓާރ ކެއާރ” އެއް ނިމޭންދެންވެސް ޒާނާ އަހަރެންގެ މޫނުން ނަޒަރު ވަކިކޮށް ނުލައި ބަލަހައްޓައިގެން ހުއްޓެވެ.
ޓެރެސް އަށް އަރަން ހުރި ދޮރު ހުޅުވުނު އަޑަށް ދެމީހުންނަށް ވެސް ސަމާލުކަން ދެވުނެވެ. އޭރު އާވި އަރައަރައި ހުރި ޕިއްޒާލީ ތަށި ހިފައިގެން ވެއިޓަރ އައިސް މޭޒާއި އަރައި ހަމަވަނީއެވެ. މޭޒުމަތީގައި ޕިއްޒާއާއި ކޯކުފުޅި އަދި އަހަރެން އޯޑާރ ކުރި ކޮފީ ތަށި ގެނެސް ބަހައްޓަމުން ވަރަށް އަދަބުވެރި ކަމާއިއެކު ނިކުމެގެން ދިއައެވެ.
” ކާންވީނުން…..” އަހަރެން ޒާނާގެ މޫނަށް ބަލައިލަމުން ބުނީމެވެ. މަޑުމަޑުން ބޯ ޖަހައިލަމުން ޒާނާ އައިސް މޭޒު ކައިރީގައި އިށީނެވެ. އަހަރެންވެސް ޒާނާގެ ކުރިމަތީގައި އިށީންނަމުން ޒާނާއަށް ކޯކު ތައްޓެއް އަޅައިދެމުން ކޮފީތަށިން ރަހަ ބަލައިލީމެވެ.
ޕިއްޒާ ލައިފައިވީ ބޮޑުތަށި ކައިރިކޮށްލަމުން ޒާނާ ވަރަށް ބޮޑަށް ހިނިތުންވެފައި އިނދެ ޕިއްޒާއަށް ބަލައިލިއެވެ. އެ މޫނުމަތިން ފެނުނު ހިނިތުންވުމުން އަހަރެންގެ ހިތަށް މާޒީގެ ފޮނި ހަނދައިން ތަކެއްވެސް އާކުރުވިއެވެ.
ފުރަތަމަ ޕިއްޒާ ފޮތި ނަގައި ޒާނާ ރަހަބަލައިލިއެވެ. މޫނަށް ވެރިވި ފުޅާ ހިނިތުން ވުމުންނާއި މޫނަށް ހަދާލި ގޮތުން މީރުވިކަން އެނގުމުން އަހަރެންނަށް ހީލެވުނެވެ. މީރު ޕިއްޒާއެއް ލިބުނިއްޔާ ޒާނާ އަދިވެސް ވަރަށް އުފާވޭތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ޕިއްޒާ ފޮތި ކައި ހުސްކޮށްލުމަށް ފަހު ޒާނާ އަހަރެންގެ މޫނަށް ބަލައިލިއެވެ.
” ކިހިނެތްވީ ނުކައި ތިއިނީ….” ސުވާލު އުފެދިފައި ޒާޏާ އަހައިލިއެވެ.
” ޒާނާ ކައިބަލަ ބޭނުން ވަރަކަށް…… މިއީ ޒާނާގެ ރެއެއް…. އަހަރެން އައީ ހިތް ފުރާށޭ……” ލާނެއް ރާގަކަށް އެއްލޯ މަރައިލަމުން އަހަރެން ބުނީމެވެ. އަހަރެންގެ އެ ހަރަކާތުން ޒާނާ ރަކި ވެގެން އިސް ޖަހައިލިއެވެ. ނަމަވެސް އިސާހިތަކު ދެވަނަ ފޮތި ޕިއްޒާ ޒާނާ ނަގައިފިއެވެ. އެފޮތިން އެތިކޮޅެއް ރަހަބަލައިލަމުން ޒާނާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އެހިތުގައި ހިނގަނީ ލާނެތް ހިޔާލު ތަކެއްކަން އަހަރެންގެ ހަވަނަ ހިއްސު ބުނެދިނެވެ. ކުޑަކޮށް ވިސްނައިލުމަށް ފަހު ޒާނާ އަހަރެންނާއި ދިމާއަށް ޕިއްޒާ ފޮތި ދިއްކޮށްލިއެވެ. ވާންވީ ކިހިނެތް ކަން އަހަރެންނަށް އެނގުނެވެ. ޝައުގުވެރިކަމާއި މާނައިން ފުރިގެންވީ ބެލުމަކުން ޒާނާ އަހަރެންނަށް ބަލަން އިނެވެ. އެ އިޝާރާތް ކުރަނީ ކޮން ކަމަކަށް ކަން ވެސް އަހަރެންނަށް އެނގުނެވެ. ކުޑަކޮށް ތެދުވެލަމުން އަހަރެން އެތިކޮޅެއް ޒާނާގެ އަތުން ކައިލީމެވެ. ލުއި އެހެނަސް ލަދުރަކި ހިނިތުންވުމެއް ޒާނާގެ ތުންފަތުގައި ދުވެލިއެވެ.
އެ ޕިއްޒާ ފޮތި ހުސްވަންދެން ޒާނާ އަހަރެންނަށް ޒާނާގެ އަތުން ކާން ދިނެވެ. ދެމެދުގައި ދުވަމުން އޮހޮރެމުން ދިއަ މާޒީގެ ހަނދާންތަކުން ދެމިޙުންގެ ހިތަށް ވެސް އެވަގުތުކޮޅުގައި ލިބެމުން ދިއައީ ބަޔާން ކުރަން ވެސް ނޭނގޭފަދަ ހިތްހަމަޖެހުމަކާއި ފޮނިކަމެކެވެ. ހިތުގައި ޖަހަމުން ދިއަ ވިންދު ފަހަރަކަށް ވުރެން ފަހަރެއް އަވަސް ވެފައި އިނދެ އަހަރެން އެ ހިދުމަތް ޤަބޫލު ކުރީ ހިތުން ރުހުމުން ކެތްތެރިކަމެއް ނެތިއެވެ.
ތިންވަނަ ފޮތި ޕިއްޒާ ކެއުމަށްޓަކައި ޒާނާ އަނގައާއި ކައިރިކޮށްލިއެވެ. ނަމަވެސް ޖެހެމުން ދިއަ ލުއި ވައިރޯޅިތަކުގެ ސަމާސާއިން ޒާނާގެ އިސްތަށިގަނޑު މޫނަސް ފޭބިއަ ނުދީ އެއްއަތުން ހިފަހައްޓަމުން އަނެއް އަތުން ޕިއްޒާ ފޮތި ކެވޭތޯ މަސައްކަތް ކުރަމުން ދިއަ މަންޒަރުގެ މައުސޫމުން އަހަރެންނަށް ހީލެވުނެވެ. މަންޒަރު ކިތަންމެ ހިތްގައިމު ވެފައި އަޅައިގަންނަ ގޮތެއް ހުއްޓަސް އެކަމުގެ ސަބަބުން ޒާނާއަށް އުނދަގު ވަމުން ދާތީ އަހަރެންގެ ހިތަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. ގޮނޑި ދަމައިލަމުން ތެދުވެގެން އައިސް އަހަރެން ޒާނާގެ ފުރަގަހުގައި ހުއްޓިލީމެވެ..
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

