ލޯބި-37
*”ކައޭ އަށް ވެސް ނުހުރެވުނީނު. މަ ކިތައްފަހަރު ކައޭ ކައިރީ ބުނީ އޭނަ އެކަނި ހުއްޓާއޭ ދާނީ. ކަލޭ އަޑުނޭހީނު. ދެން އެމީހުން ވެސް އުޅޭނީ ވިސްނައިގެން.” ޝާމް ކައިރީ ހުރި މީހަކު ބުންޏެވެ.*
“އޭތް! ކައޭ މާ ނުފުއްޕައްޗޭ! ކައޭ އަކަށް ނޭނގޭނެ މަ މިންހާ ދެކެ ވާލޯތްބެއް!” ޝާމް ހުރީ ރުޅިގަދަ ވެފައެވެ.
“ނޫނޭ. މަށަށް ފެނެއޭ ތިވާލޯތްބެއް. ގަދަކަމުން އެނިކަމެތި އަންހެން ކުއްޖާ ގެންނާކަށްނު ތިއުޅެނީ.” އެމީހާ ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަށެވެ. ޝާމް ގާތައް އިތުރައް ރުޅި އައެވެ.
“ކައޭ އަށް ކޯއްޗެއް އެނގެނީ؟ މަ މިންހާ ދެކެ ލޯބިވާތީ ގަދަކަމުން ވެސް ގެންނަން ޖެހެނީ. އެހެންނޫނީ އޭނަ އެހެން މީހަކުގެ ހައްގަކައް ވެދާނެ. އޭރުން އަހަރެން މޮޔަވާނެ.”
“ކައޭ މިހާރު ވެސް ވަކި ދެރަތަ؟” އެމީހާ މަޑުމަޑުން ބުންޏެވެ.
“ކައޭ ތިބުނަނީ މަ މީ މޮޔައެކޭތަ؟” ޝާމް އެމީހާ ލައިގެން ހުރީ ޓީޝާޓް ގައި ހިފަމުން ބުންޏެވެ.
“އެހެނެއް ނޫނޭ މަ ބުނީ. މާ ބުނީ ކައޭ ތިހިރީ މިހާރު ވެސް މިންހާގެ ލޯބީގަ މޮޔަވެފައޭ. ދެން ވިސްނާލާ މިންހާ ލިބުނީމަ ވާނެގޮތް.” އެމީހާ ބިރުން ހުރެ ބުންޏެވެ.
“އާނ. ތިބުނީ ރަނގަޅަށް. މަ މިހުރީ މިންހާގެ ލޯބީގަ މޮޔަވެފަ.” ޝާމް ހެމުން ހެމުން އެތަނުން ދިޔައެވެ.
“ކިރިޔާއެއްނު މާ މަރާނުލީ. ހަމަ ރަނގަޅަށް ވެސް މޮޔަވެފަ. އެ އަންހެން ކުއްޖާ އަށް ވެސް ހަދައިލާނެ ގޮތެއް ނޭނގެ.” ޝާމް ދިއުމުން އެމީހާ މަޑުމަޑުން ބުންޏެވެ.
ތިން ގަޑިއިރެއްހާއިރު ފަހުން އައިޒާ ނުކުތެވެ. އޭނާގެ މޫނު ވަނީ މިލާ މޯޅި ވެފަ އެވެ. އެންމެން އައިޒާ ކުރިމައްޗަށް ހުއްޓި ވީކީއްތޯ އަހަން ފެށިއެވެ.
“އިންޓަރނަލް ބްލީޓިން ހުއްޓުވިއްޖެ. އެކަމަކު…ބޭބީ ސަލާމަތައް ނުކުރެވުނު. ސޮރީ. ކުރިއަށް އޮތް ސައުވީސް ގަޑިއިރު މައިހާ އޮބްޒަވޭށަންގަ ބޭއްވޭނެ.” އައިޒާ ފުންނޭވާއެއް ދޫކޮއްލަމުން ބުންޏެވެ.
ރީހާން އަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. މޫނުމަތީބއަތް އަޅަމުން ގޮނޑިއަށް ވެއްޓިގަނެވުނެވެ. އޭނާގެ ދަރި އުފަން ވެސް ނުވެ މިދުނިޔެ އާއި ވަކިވީ އެވެ. އޭނާ އައް އެދަރި ދެކިލުމިގެ ފުރުސަތެއް ވެސް ނުލިބިއެވެ.
ހަސަން ވެސް އިނީ ހުއްޓުން އަރާފައެވެ. ރިޝްފާ ރޯންފެށިއެވެ. އެވަގުތުވީ ގޭގައި ދެން ތިބި މީހުންނަށް ވެސް އެތަނައް އާދެވުނު ވަގުތަށެވެ. ރައުފާ އަވަހަށް ރިޝްފާ ކައިރިއަށް ދިޔައެވެ.
އިރުކޮޅަކުން މައިހާ އާއި.ސީ.ޔޫ. އަށް ގެންދަން ނެރުނެވެ. އެއް އަތައް ވަނީ އައިވީ ގުޅައިފަ އެވެ. މައިހާ އަށް އޮތީ ނިމިފައެވެ.
މާޔާ ވެސް ފަހަތުން ނިކުތެވެ. ނަމަވެސް ރިޝްފާ ފެނުމާއި އެކު ގޮސް ރިޝްފާ ގައިގައި ބައްދައިލިއެވެ. އެއާއި އެކު މާޔާ އަށް ވެސް ރޮވުނެވެ.
މައިހާ ނެރުނީ އިރު ވެސް މިންހާ ހުރީ ހުއްޓުން އަރާފައެވެ. ނުރޮއެވެ. ލޮލުން ކަރުނަ އެއް ވެސް ނާދެއެވެ. މަރުވެފައިވާ މައްޔިތާއަށް ފަދައެވެ. އިރުކޮޅަކުން އައިޒާ އައެވެ. އޭނާ މަޑުމަޑުން މިންހާގެ ކޮނޑުގައި ހިފައިލި އެވެ.
“މިންހާ. ހިތްވަރުކުރޭ. މިގަޑީ މިންހާގެ މަންމަމެން ވެސް ބޭނުންވާނީ މިންހާ ހިތްވަރުކުތަން. މައިހާ ވެސް މިވަގުތު ވަރަށް ބޭނުންވާނެ މިންހާ.” އައިޒާ އޯގާތެރި ކަމާއިއެކު ބުންޏެވެ.
މިންހާ އަކަށް އެއް ވެސް ބަދަލެއް ނާދެއެވެ. އައިޒާ ވެސް އިތުރު އެއްޗެކޭ ނުބުނެ މިންހާގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލަ ހުރީ އެވެ. އެހެން ހުރެފައި މިންހާ ހިނގައިގަތެވެ. ނުކުންނާށެވެ. ރަނާ އާއި ހަނާ އޭނާ އަށް ގޮވައިލި އެވެ. ނަމަވެސް އެއަޑު މިންހާގެ ކަންފަތާއި ހަމައަށް ނުފޯރާފަދައެވެ. އަޅައި ވެސް ނުލައި ހޮސްޕިޓަލުން ނުކުންނަން ދިޔައެވެ. ދުރުގައި ހުރިހައި މަންޒަރެއް ބަލަން ހުރި ނާއިލް ގޮސް މިންހާގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“މިން. ކޮންތާކަށް؟” ނާއިލް މިންހާގެ އަތުގައި ހިފައިގެން ހުރެ ވާހަކަ ދެއްކި އެވެ. މިންހާ އޭނާ އާއި ދިމާލައް ބަލައި ވެސް ނުލިއެވެ. ނާއިލްގެ އަތް ފޮނުވައިލައިފައި މިންހާ އަނެއްކާ ވެސް ހިނގައިގަތެވެ. ނާއިލް އޭނާގެ ފަހަތުން ދިޔައެވެ.
“ކޭން އައި މީޓް ހަރ؟” އައި.ސީ.ޔޫ. އިން ނުކުން ނަރުހެއް ކައިރީގައި ރީހާން އެހިއެވެ.
“އޮންލީ ފޯ އަ ފިއު މިނެޓްސް. ދަ ޕޭޝަންޓް ނީޑްސް ރެސްޓް.” ނަރުސް ބުންޏެވެ.
ރީހާން މަޑުމަޑުން ދޮރު ހުޅުވައިލައިފައި ވަނެވެ. އޭރު ވެސް މައިހާ ހެއެއް ނެތެވެ. ރީހާން ގޮސް މައިހާ ކައިރި އަށް ހުއްޓިލިއެވެ. އޭނާގެ ރަތްވެފައިވާ ދެލޮލުން މައިހާ އަށް ބަލައިލުމާއި އެކު އެދެލޮލުން ކަރުނަ ހިލުނެވެ. މައިހާ ހޭއެރުމުން އެމީހުންގެ މަރުވި ދަރިއާއި މެދު ސުވާލު ކުރާނެކަން ހަނދާންވުމުން ރީހާން އަށް މާ ބޮޑަށް އަސަރުކުރި އެވެ. އޭނާ ދޭނީ ވެސް ފަހެ ކޮން ޖަވާބެއް ހެއްޔެވެ. މައިހާ ރޯނެ ވަރު ހިތަށް އަރުވައިލައިފައި ވެސް އޭނާގެ ހިތް ކުދިކުދިވާވަރު ވިއެވެ.
މިންހާ ގޮސް މަޑުކޮއްލީ ހޮސްޕިޓަލް ބަގީޗާ ތެރޭގައެވެ. އެއާއި އެކު ހިފެހެއްޓުމެއް ނެތި މިންހާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ނާއިލް މަޑު ހިނގުމުގައި ގޮސް މިންހާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. އެއާއި އެކު މިންހާގެ ބަޑި ފަޅައިގެންދިޔައެވެ. ނާއިލް ބަހެއް ނުބުނެ މިންހާ އޭނާގެ ގަޔާއި ކައިރިކޮއްލި އެވެ.
“އަހަރެންގެ ސަބަބުން ވީގޮތެއް.” އެތައް އިރަކު ރުއިމަށް ފަހު މިންހާ ބުނެލި އެވެ.
“ތިހެން ނުބުނޭ.” މިންހާގެ މޫނުގައި ހިފައިލަމުން ނާއިލް ބުންޏެވެ. މިންހާ އެއަތް ދުރު ކޮއްލި އެވެ.
“އަހަރެން ތިއްތަ ގޮވައިގެން ދިޔައީމަ. އަހަރެން ފަހަތުން އުޅޭ ބަޔަކާހެދި މިހެން މިވީ.”
“މިން . ތިހެން ނުބުނެބަލަ. މިން ގެ ސަބަބަކުންނެއް ނޫނޭ އެހެންވީއެއް. މިން ގެ ކުށެއް ނޫނޭ އެމީހުން މިންގެ ފަހަތުން އައުމަކީ ވެސް.”
“އެކަމަކު އަހަރެންނަށް އަހަރެންގެ ދައްތަގެ ބޭބީ ސަލާމަތް ކުރެވެން ޖެހޭނެއްނު. އަހަރެންނަށް އެކަން ވެސް ނުވިއޭ.” މިންހާ އަނެއްކާ ވެސް ރޯންފެށި އެވެ.
“މިން އަށް މަސައްކަތޭ ކުރެވޭނީ. ކާމިޔާބު ދެއްވާނީ މާތް ﷲ. މިއީ މާތް ﷲ މިންވަރު ކުރެއްވި ގޮތް. މިން އަށް ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ.”
“އެންމެން ވެސް ތިބީ ވަރަށް ހެޕީ ވެފަ. މަންމަ. ބައްޕަ. ތިއްތަ. ރީހާން. މާޔާ. އެންމެން ވެސް. އެ އެންމެން ހާދަ އުންމީދެއް ކުރާނެއޭ އަހަރެންނާއި ދޭތެރޭ. ތިއްތަ ކިހާ އުންމީދެއް ކުރާނެ ބޭބީ ސަލާމަތްކޮއްދޭނެކަމަށް. އެކަމަކު…އަހަރެންނަކަށް އެކަމެއް ނުވި.”
“މިން ކުރި މަސައްކަތަށް އެންމެން ވެސް ވަރަށް ޕްރައުޑް ވާނެ.”
“ތިއްތަ ހޭއަރައިފަ އަހާނެ ބޭބީ ކޮބައިތޯ. އަހަރެން ބުނާނީ ކީކޭ.” މިންހާ އެރޭ ފުރަތަމަ ފަހަރަށް ނާއިލް އާއި ދިމާލަށް ބަލައިލި އެވެ.
“މައިހާ އަށް ވެސް އަންޑަސްޓޭންޑް ވާނެ މިން މަސައްކަތް ކުރިކަން.”
“އަހަރެންގެ ސަބަބުން އެންމެންނަށް ހަރޓް ވަނީ.” އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރެފައި މިންހާ ވަރަށް މަޑުމަޑުން ބުންޏެވެ. ނާއިލް މިންހާ އޭނާގެ މެއާއިލައި ބޮނޑިކޮށްލިއެވެ. މިންހާ އަށް ބޮޑަށް ރޮވުނެވެ.
އިރުކޮޅަކުން މިންހާ ދުރައްޖެހިލި އެވެ. އަދި ކަރުނަތައް ފޮހެލި އެވެ.
“ޑޯންޓް ބްލޭމް ޔޯ ސެލްފް އޯކޭ. ޔޫ ނީޑް ޓު ބީ ސްޓްރޯންގް.” ނާއިލް މިންހާގެ އަތުގައި ހިފައިލަމުން ބުންޏެވެ.
މިންހާ އަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިއަށް އައިޒާ އައެވެ.
“ޔޫ އޯކޭ ނައު؟” އައިޒާ އަހައިލިއެވެ. މިންހާ މަޑުމަޑުން ބޯޖަހައިލިއެވެ.
“ހަދަން ޖެހޭ ބައެއް ޓެސްޓް ތަށް އެބަހުރި. މައިހާ ވެސް އިރުކޮޅަކުން ހޭ އަރާނެ ކަމަށް ބެލެވެނީ. އާދެވެންޏާ އައިސްލާ.” އައިޒާ މިހެން ބުނެފައި ދިޔަ އެވެ.
“އައި ނީޑް ޓު ގޯ.” މިންހާ ބުންޏެވެ. އަދި ނާއިލްގެ ޖަވާބަކަށް މަޑުކުރުމެއްނެތި ދިޔައެވެ.
ނާއިލް ވެސް މިންހާ ފަހަތުން ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކަޅުކުލައިގެ އެއްޗެއް ލައިގެން ހުރި މީހަކު އަނދިރި ގަނޑުތެރެއިން މަޑުމަޑުން ނުކުތެވެ. މޫނުމަތި ވެސް ވަނީ ނިވައިކޮއްފަ އެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ކުރިމަތިން ހިނގައިފާއިދާ މިންހާ އަށެވެ.
“ކިހިނެއްވީ؟” ކުއްލިއަކަށް ނާއިލް އައިސް އޭނާގެ އަތުގައި ހިފުމުން މިންހާ ހައިރާންވެފައި އަހައިލި އެވެ.
“ކަމެއްނުވޭ. ހިނގާ.” ނާއިލް ހަމަޖެހޭގޮތް ދައްކައިލަމުން ބުންޏެވެ. މިންހާ ވެސް އަޅައިނުލައި ނާއިލް އާއި އެކު ގޮސް ހޮސްޕިޓަލަށް ވަނެވެ.
“ހޭލާ އޮތީ. ހުރިހާ ކަމެއް ވެސް ރަނގަޅު. އޯކޭ މީޓް ކޮއްލިއަސް.” އައިޒާ ބުންޏެވެ.
ރީހާން އަވަސް އަވަހަށް ގޮސް މައިހާ ކައިރީ ހުއްޓިލި އެވެ. ފަހަތުން ދެން ތިބި މީހުން ވެސް ވަނެވެ. މާޔާ އާއި މިންހާ ތިބީ ތަންކޮޅެއް ދުރުގައެވެ.
“މައި. ހައު އަރ ޔޫ ފީލިންގ؟” ރީހާން މައިހާގެ އަތުގައި ހިފައިލަމުން ވާހަކަ ދެއްކި އެވެ. މައިހާ އެއް ވެސް އެއްޗެކޭ ނުބުނެ ސީލިންގަށް ބަލަހައްޓައިގެން އޮތީއެވެ.
“ދަރިފުޅާ. ކިހިނެއް މިހާރު.” ރިޝްފާ ވެސް ލޯބިން މައިހާގެ ބޮލުގައި ފިރުމައިލި އެވެ.
ދެން ވެސް މައިހާ އަޅައިނުލާ އޮތީ އެވެ. ރިޝްފާ ހާސްވެފައި ބަލައިލެވުނީ މިންހާ އަށެވެ. ހުރިހާ ކަމެއް ރަނގަޅޭ ބުނާ ފަދަ ފޮތަކަށް މިންހާ ބޯޖަހައިލި އެވެ.
“ކޮބާ އަހަރެންގެ ބޭބީ؟” އެތައް އިރެއް ފަހުން މައިހާ ވާހަކަ ދެއްކި އެވެ. ނަމަވެސް އެއްވެސް މީހަކާއި ދިމާލައް ބަލައެއް ނުލައެވެ.
އެތާ ތިބި އެންމެންގެ ލޮލުން ކަރުނަ ހިލުނެވެ. ޖަވާބެއް ދޭނެ މީހަކު ވެސް ނުވި އެވެ.
“ރީހާން. ކޮބާ އަހަރެންގެ ބޭބީ؟” މައިހާ މަޑުމަޑުން ރީހާން އަށް ބަލައިލި އެވެ.
ރީހާންގެ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނަމަވެސް އަޑެއް ނުނިކުތެވެ. އޭނާ މައިހާގެ އަތައް ކުޑަކޮށް ފިތާލިއެވެ.
“މަންމާ. ކޮބާ އަހަރެންގެ ބޭބީ؟” މައިހާ ދެން ބަލައިލީ ރިޝްފާ އަށެވެ.
މަޑުމަޑުން މައިހާ ކޮޓަރިތެރެއަށް ނަޒަރު ހިންގައިލި އެވެ. ފެންކަޅިވެފައިވާ އެންމެންގެ ލޯތަށް ފެނިފައި މައިހާގެ ހިތް އަވަސްވި އެވެ. ގުޅައިފައި ހުރި މެޝިން އިން އިވެމުން ދިޔަ ‘ބީޕް ބީޕް’ އަޑު ބާރުވިއެވެ. މިންހާ ވަގުތުން ކައިރި ވެލިއެވެ.
-ނުނިމޭ-
3 Comments!
Comments are closed.


😥😍😍
😘
When is the next part?? I really like this story I started this story today and here I am now commenting on part 37 the last part for now
I really hope minhaa, maihaaa, reehaan, naail and the family members are ok and Minna also
Why is mayaan doing that when ranaa knows the truth she will be really mad not only ranaa naail, minhaa, maihaa, reehaan and everyone will be mad
Appreciate ur hard work tc bye