Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-42

Zidu
Zidu Level 110 Stories
July 29, 2026 4 Mins Read
0 Comments

*ނާއިލް އައިޒާ އަށް އޭނާ އާއި މިންހާ އާއި ދެމެދު ދެކެވުނު ވާހަކަތައް ކިޔައިދިނެވެ.*

“ނާއިލް އަށް އެއްވެސް ވަރަކަށް ރިއަލައިޒް ވިތަ އެގޮތަށް ކަންތަށް ކުރެވޭކަން؟” ވިސްނަން ހުރެފައި އައިޒާ އެހިއެވެ.

“ކޮންމެވެސް ވަރަށް. ހިތަށް އަރާ މިން އަށް ހަރޓް ވެދާނޭ. އެކަމަކު އަހަރެންނަށް ބުނެވޭ އެއްޗަކުން މިން އަށް މާ ބޮޑަށް ހަރޓް ވެދާނެތީ ވާހަކަ ނުދައްކާ ހުންނަނީ.”

“ދޮންބެދައްތަ ބުނާ ގޮތް ހަދާ ދެން. މިން އާއި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރޭ. ނާއިލް ވެސް ޗޭންޖްވޭ. ތިގޮތަކަށް ކަންކަމެއް ނުހިނގާނެ. ރިލޭޝަންޝިޕް އެއް ވޯކް ކުރަން ކޮމިއުނިކޭޝަން ވަރަށް މުހިންމު ވާނެ.”

“މިގަޑީ މިން އަށް ވާހަކަ ދައްކަންވީތަ؟”

“މިގަޑީ އަކު ނޫން. މާދަން ދެން ގުޅާ. މިން އަށް ވެސް ވަގުތު ކޮޅެއްދީ.”

“އޯކޭ. އެބަ އަންނަން ބޭރަށް ގޮސްލާފަ.” ނާއިލް ތެދުވެ ދާން ހިނގައިގަތެވެ.

“އިރުކޮޅަކުން ދޮންބެ އަންނާނެ.” އައިޒާ ހަނދާން ކޮށްދިނެވެ.

“ދޮންބެ ކައިރީ ބުނޭ އިރުކޮޅަކުން އަންނާނަމޭ.” ނާއިލް ނުކުމެގެން ދިޔައެވެ.

މިންހާ ކެފޭއަށް ވަންގޮތަށް ހޯދައިލީ މިންނަ އާއި ވިއާމް އަށެވެ. ތަންކޮޅެއް އެތެރޭގައި އިން މޭޒެއްގައި އެދެމީހުން ތިބިތަން ފެނިފައި މިންހާ އަވަހަށް އެމީހުން ކައިރިއަށް ދިޔައެވެ.

“ސޮރީ. ޓްރެފިކް ބޮޑުކަމުން ލަސްވީ.” މިންހާ އެމީހުންނާއި ކުރިމަތިވާ ގޮތަށް އިން ގޮޑީގައި އިށީންނަމުން ބުންޏެވެ.

“އިޓްސް އޯކޭ. އަހަރެމެންނަށް ވެސް ދެންމެ މިއާދެވުނީ.” މިންނަ ބުންޏެވެ.

“ކުރީ ދުވަހު ރަނގަޅަށް އިންޓްރޮޑިއުސް ވެސް ނުވެވުނު ދޯ. މިންހާ. މިންނަގެ ކަޒިން އެއް.”

“ކުރީ ދުވަހު ނަން ބުނެވުނު. އެކަމަކު ވެސް…ވިއާމް. މިންނަގެ ހަޒްބެންޑް.” ވިއާމް ބުންޏެވެ. މިންހާގެ ދެލޯ ބޮޑުވި އެވެ.

“ހަޒްބެންޑް އޭ؟”

“މިންނަ މާލެ އައިސް އުޅެނިކޮށް އަހަރެންނާއި މަގުމަތިން ދިމާވި. ވަރަށް ގިނަދުވަހު އެގޮތަށް ދިމާވަނީ ފެށި. އެހެން އުޅެމުން އެކުވެރިވެ. ފަހުން މިންނަ ކިޔައިދިނީ މިންނަ އަށް ދިމާވި ކަންތަށް. އަހަރެން ވަރަށް ހަމްދަރުދީ ވެވުނު. އަހަރެންގެ ވެސް ހުންނަނީ ބަލި މަންމަ އެއް އެކަނި. މަންމަ އަށް ކިޔައިދިނުމުން މަންމަ ބޭނުންވީ އަހަރެން މިންނަ އަށް އެހީވާނެ. މަންމާ ވެސް ވަރަށް ލޯބިވޭ މިންނަ ދެކެ. މިންނަ އަށް ކުށެއް ކުރެވުނު ކަމުގައި ވިޔަސް މިދަރިފުޅަށް ބައްޕަ އެއް ވެސް ބޭނުންވާނެއެއްނު. ހުރިހާ ގޮތަކަށް ވިސްނާފައި އަހަރެން މިންނަ އާއި ކައިވެނި ކުރީ. ދުވަސް ކޮޅެއް ވީފަހުން މަންމަ ވެސް މިދުނިޔެ ދޫކޮށްފި. މިހާރު އުޅެނީ އަހަރެމެން ދެމީހުން އެކަނި.” ވިއާމް ކިޔައިދިނެވެ.

“ކިހާ ދުވަހެއް ވެއްޖެ މެރީ ކުރި ފަހުން؟ ބޭބީ ރަނގަޅުތަ؟” ހިނދުކޮޅެއްގެ ހިމޭން ކަމަށް ފަހު މިންހާ އަހައިލި އެވެ.

“ތިން މަސް. ބޭބީ ވެސް ވަރަށް ހެލްތީ.” މިންނަ ބުންޏެވެ.

“އެހެން ވީރު ރަނގަޅު.” މިންހާ ބުނެލިއެވެ.

“މަންމަ ރަނގަޅުތަ؟ އެންމެން ކިހިނެއް؟ ތިއްތަ ކިހިނެއް؟ މިހާރު ތިއްތަގެ ވެސް އިނދޭދޯ ބަޑުކޮޅެއް؟” މިންނަ އަހައިލި އެވެ. ވަގުތުން މިންހާގެ ހިނިތުންވުން ފިލިއެވެ.

“މިންނަ ދިޔަ ފަހުން ވަރަށް ގިނަ ކަންތަށް ވީ.” މިންހާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“ތީ ހަމަ އަހަރެން އައި ފަހުން ވީހާ ކަންތަށްތަ؟ ތިއްތަ އޯކޭތަ މިހާރު؟ ދޮންތަ ވެސް ވަރަށް ދެރަވާނެދޯ.” މިންނަ ބުންޏެވެ.

“ތިއްތަ މިހާރު އޯކޭ. ރަނާ ވެސް ދެން އޯކޭ ވާނެ ކަމަށް މިބަލަނީ. މިންނަ ކުރީ ދުވަހު ފެނުނީމަ ތުއްތަ ކައިރީ ބުނިން. ތުއްތަ ހުރީ މިންނަ އާއި ވާހަކަ ދައްކާލާ ހިތުން.” މިންހާ ބުންޏެވެ. “ތުއްތަ އެދުވަހު ރުޅި އައިސްގެން އުޅުނަސް މިންނަ ދިޔައީމަ ވަރަށް ދެރަވެފަ ހުރީ. އެންމެން ވެސް. އެއްފަހަރު ނަމަވެސް ތުއްތަ އާއި ވާހަކަ ދައްކާލާ.”

“އެއީ ތެދެއް މިންނާ. މަންމަ އާއި ވާހަކަ ދައްކާލާ.” ވިއާމް ބުންޏެވެ.

“އޯކޭ. އަހަރެން ވާހަކަ ދައްކާނަން.” މިންނަ އެންމެ ފަހުން ބުންޏެވެ. މިންހާ އޭނާގެ ފޯނުން ރައުފާ އަށް ގުޅައިފައި މިންނަ އަށް ފޯނު ދިނެވެ.

“މަންމާ…” ރައުފާ ފޮނުވުމާއި އެކު މިންނަ އަށް ބުނެލެވުނެވެ.

“ދަރިފުޅާ…މަގޭ ދަރިފުޅާ…ކޮންތާކު ތިއުޅެނީ؟…ކޮން ހާލެއްގައި ތިއުޅެނީ؟…މަންމަ ހާދަ ދެރައެއް ވެއޭ…ދަރިފުޅާ ދެން މަންމަ ކައިރި އަށް އަންނަން އުޅޭ…ކިހާ ދުވަހަކު މަންމަ އާއި ދުރުގައި އުޅޭނީ؟” ރައުފާ ރޯން ފެށިއެވެ.

“މަންމާ އަހަރެން ރަނގަޅު. ހެޔޮ ހާލުގަ މިހުރީ. މަންމާ…އަހަރެންނަށް މަޢާފު ކުރޭ…” މިންނަ އަށް ވެސް ރޮވުނެވެ. ވިއާމް އިނީ މިންނަގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލަ އެވެ.

“ދަރިފުޅާ…މަންމަ މަޢާފު ކޮއްފީމޭ. ދަރިފުޅު ކިހާ ދުވަހަކު މަންމަ އާއި ދުރުގަ އުޅޭނީ…ދެން އާދޭ މަންމަ ކައިރި އަށް. އެންމެން ކައިރިއަށް.”

“އަހަރެން ވެސް ދާން ބޭނުން…އެކަމަކު ބައްޕަ ގަބޫލެއް ނުވާނެ.”

“ނޫން…ބައްޕަ ވެސް ބޭނުންވަނީ ދަރިފުޅު އެނބުރި އަންނަން. މިއޮށް އައީ ބައްޕަ. ދަރިފުޅު ބައްޕަ އާއި ވާހަކަ ދައްކާލާ.”

“ދަރިފުޅާ. މިންނާ. ކޮންތާކު ބައްޕަމެންނާ ދުރުގަ ތިއުޅެނީ؟ ބައްޕަ އަށް ކާފަ ދަރިފުޅު ވެސް ދައްކާ ނުލަންތަ ތިހުންނަނީ؟”

“އޯކޭ. ދޮންތި ދާއިރު އަޅުގަނޑު ވެސް ދާނަން.” މިންނަ އެއްބަސްވި އެވެ. އިރުކޮޅަކު ވާހަކަ ދައްކާ ލުމަށްފަހު ފޯނު ކަނޑާލި އެވެ.

“އެހެން ވީމާ މިންހާ ދާ އިރު ދާން ތައްޔާރު ވާންވީއޭ ދޯ.” ވިއާމް ބުންޏެވެ.

“އާނ. އަހަރެން އަންނަ ހަފްތާގައި ދާނަން. އެންމެން ވަރަށް ހެޕީ ވާނެ.” މިންހާ ބުންޏެވެ.

“އެންމެން ވެސް ހެޕީ ވާނެ. ދޮންތި އަދި ނުބުނަމެއްނު ދޮންތިގެ ވާހަކަ އެއް. މެރީ ކުރީތަ؟” އުފާވެފައި މިންނަ އެހިއެވެ.

“އަދި އެކަމަކާ ނޫޅެން.” މިންހާ ގަދަކަމުން ހިނިތުން ވެލަމުން ބުންޏެވެ.

“އެއީ؟ އަހަރެން ހީކުރީ މިހާރު ތިދެމީހުން ވެސް މެރީ ކުރާނެ ކަމަށް.” މިންނަ ހައިރާން ވެފައި ބުންޏެވެ.

“ހުރީ ކަންތައްގަނޑުގެ މެދުން އެކަމާ ވިސްނާލަން ވަގުތު ނުވެގެން މިއުޅެނީ. އަނެއްކޮޅުން މިންނަ އެއް ވެސް ނެތެއްނު.” މިންހާ ބުންޏެވެ.

“އެހެން ދޯ.” މިންނަ ހީލަމުން ބުންޏެވެ.

ލޯންޗު ބަނދަރާއި ކައިރި ކޮއްލި އިރު ގޭގެ އެންމެން އެތާ ތިއްބެވެ. މިންނަ ފެނިފައި އެންމެން ވެސް ހައިރާންވި އެވެ. ރައުފާ އާއި ނަދީމް ފިޔަވާ އެވެ.

“އޯހ މައި ގޯޑް. މިއީތަ ދޮންތި ބުނި ސަޕްރައިޒް އަކީ.” ހަނާ ދުވެފައި އައިސް މިންނަ ގައިގައި ބައްދައިލަމުން ބުންޏެވެ.

“އާނ. މިއީ ސަޕްރައިޒް އަކީ. ހެޕީތަ؟” މިންހާ އަހައިލި އެވެ.

“ވަރަށް ހެޕީ.” ހަނާ ހުރީ ވަރަށް އުފަލުންނެވެ.

“ދެން މިތާ ތިބެނީތަ. ވަރުބަލި ވެފައޭ މިހުރީ.” މިންހާ ޝަކުވާ ކޮއްލި އެވެ. އެންމެން އެކުގައި ގެއަށް ދިޔައެވެ.

ޖެހިގެން އައި ދުވަހު މިންހާ ވަޒިފާއަށް ނުކުންނަންފެށިއެވެ. މިންހާ ފެނިގެން އައިޒާ މިންހާ ކައިރިއަށް އައެވެ.

“ވެލްކަމް ބެކް ޑރ. މިންހާ. ކިހިނެއްތަ ދަތުރު؟” އައިޒާ އަހައިލިއެވެ.

“ވަރަށް ރަނގަޅު.” މިންހާގެ ޖަވާބު ކުރެވެ. އޭނާ މޭޒުމަތީ އޮތް ފައިލެއް ނަގައި ބަލަން ފެށިއެވެ.

“މިންހާ. އަހަރެންނަށް އެނގެއޭ ހުރިހާ ކަމެއްވެސް. ޔޫ ޑޯންޓް ހޭވްޓު ޕްރިޓެންޑް.” އިރުކޮޅަކު މިންހާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އައިޒާ ވާހަކަ ދެއްކި އެވެ.

ކުއްލިއަކަށް މިންހާ ފައިލު ލައްޕައިލައި ވަރަށް ބާރަށް މޭޒުމައްޗަށް ޖެހިއެވެ.

“ދެން މަ ކިހިނެއްތަ ހަދަންވީ. ވަރަށް ދުވަހު ކެތްކޮއްފީމޭ ނާއީ އަމިއްލައަށް ވިސްނޭތޯ. އައިމް ޖަސްޓް ޓަޔަޑް.” މިންހާ ބުންޏެވެ.

“އަހަރެން ބުނާނީ ދެމީހުން ހަމަޖެހިގެން ވާހަކަ ދައްކާލާށޭ.” އައިޒާ ވިސްނަން ހުރެފައި ބުންޏެވެ.

“އަހަރެމެންގެ ދަރިފުޅަށް ރަނގަޅަށް ބަލއިދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ހަގީގަތުގައި ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގެ.” ނަދީމް ވާހަކަ ދެއްކީ ވިއާމް އަށެވެ.

“ޝުކުރުއަދާ ކުރަންވީ ކޮންކަމަކާ؟ މިންނަ އަށް ރަނގަޅަށް ބެލުމަކީ މިހާރު އަހަރެންގެ ޒިންމާއެއް.” ވިއާމް ބުންޏެވެ.

އެއްރެއެވެ. އެކަކަށް ވެސް ނޭނގި ވަރަށް ލަސްވެފައި ހުއްޓައި މިންހާ ގެއިން ނުކުތެވެ. އޭނާގެ މިސްރާބު ހުރީ އަތިރިމައްޗާއި ދިމާލަށެވެ. މިއީ އޭނާގެ އާދައެކެވެ. ކަމަކާއި ކަންބޮޑުވެ ދެރަވެއްޖެ ނަމަ އޭނާ ދާނީ އަތިރިމައްޗަށެވެ.

މިރޭ ވަރަށް ވައި ވެސް ހަދައެވެ. އުޑުމަތިން ވިއްސާރަ ގޮތް ދައްކައެވެ. ދެންމެ ވާރޭ ވެހެން ފަށައިފާނެ ފަދައެވެ. ނަމަވެސް މިންހާގެ ފަރުވާލެއް ނެތެވެ.

މިންހާ އަށް އަތިރިމައްޗަށް ފެއިބުނުއިރު ރާޅު ޖަހާ ފަށުގައި ފިރިހެނެއް ހުއްޓެވެ. އޭނާ ހުރީ ދެޖީބަށް އަތް ޖަހާލައިގެން މޫދާއި ދިމާލަށް ބަލާށެވެ. މިންހާގެ ތުންފަތް މަތީގައި ކުޑަ ހިނިތުންވުމެއް ކުޅެލިއެވެ.

ފަހަތުން މީހެއްގެ ހިލަމެއް ވެގެން ނާއިލް ފަސްއެނބުރި ބަލައިލިއެވެ. އޭރު ރީތި ހިނިތުންވުމަކާއި އެކު މިންހާ އޭނާ ކައިރި އަށް އާދައެވެ.

“މިގަޑީ މިތާގަ ކީއްކުރަނީ؟” މިންހާ އައިސް އޭނާ ކުރިމައްޗަށް ހުއްޓިލުމުން ނާއިލް އަހައިލި އެވެ.

“ހަމަ ނުކުމެލީ.” މިންހާގެ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ނުފެނެއެވެ.

ނާއިލް ކުޑަކޮށް ހައިރާންވިއެވެ. އޭނާ ހީކުރީ މިންހާ އޭނާ އާއި އަނގައިން ވެސް ނުބުނާނެކަމަށެވެ.

“ވާރޭ ވެހެން އެއުޅެނީ. ދޭ ގެއަށް.” ނާއިލްގެ އަޑުގައިވީ ދުރުކަމެވެ.

“ހާދަ އަވަހަކަށް އަހަރެން ފޮނުވާލަން ތިއުޅެނީ.”

“ބަލިވެދާނެ-”

“އަހަރެންނަށް އޯވާ ރިއެކްޓް ކުރެވުނީ.” ނާއިލް ބުނަން އުޅުނު އެއްޗެއް ނުނިމެނީސް މިންހާ ބުންޏެވެ.

“އިޓްސް އޯކޭ…” އިރުކޮޅެއް ވަންދެން އެއްޗެކޭ ނުބުނެ ހުރެފައި ނާއިލް ބުނެލިއެވެ.

“ނާއީ…އެދުވަހު އަހަރެން…”

“އިޓްސް އޯކޭ. މިން ރިއެކްޓް ކުރި ގޮތް ގޯހެއް ނޫން. އައި ވޯޒް ރޯންގް އޯލް ދިސް ޓައިމް. މިން އަށް ހަރޓް ވެދާނެތީ ބިރުން…އެކަމަކު މިން އަށް މާބޮޑަށް ހަރޓް ކުރެވުނީ.” މިންހާގެ ދެއަތުގައި ހިފައިލަމުން ނާއިލް ބުންޏެވެ.

“އިޓްސް އޯކޭ.” މިންހާ ރީތި ހިނިތުން ވުމަކާއި އެކު ބުންޏެވެ.

“ރުޅި އައިސްފަތަ އަދި ވެސް؟” ނާއިލް ހާސްވެފައި ހުރި ރާގަކަށް އަހައިލިއެވެ.

“ރުޅިއެއް ނާންނާމޭ.” މިންހާ ބުންޏެވެ. ނާއިލްގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވި އެވެ.

މިންހާ ގެއަށް ވަން އިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭރު ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. މިންހާގެ އިސްތަށިގަނޑު ވަނީ ކުޑަކޮށް ތެމިފައެވެ. މަޑުމަޑުން ހިގައިފައި މިންހާ ކޮޓަރިއަށް ވަންނަން ދިޔައެވެ.

-ނުނިމޭـ

Share Article

Zidu
Follow Me Written By

Zidu

Level 110 Stories

Other Articles

Previous

އެންމެ ފަހު މެސެޖު 1

Next

ދޫކޮށްފަ މި ހިތް ދިޔުމުން ރޮވޭނެ!

Next
July 29, 2026

ދޫކޮށްފަ މި ހިތް ދިޔުމުން ރޮވޭނެ!

Previews
July 28, 2026

އެންމެ ފަހު މެސެޖު 1



All Right Reserved!