Skip to content
އެސްފިޔަ

މަންޝާ (ބާރަވަނަ ބައި)

މާ ގިނަ އިރުތަކެއް ނުވެއެވެ. މީރާ ފާޚާނާއިން ނުކުތެވެ. އަނެއްކާވެސް ރިޔާޒް އެނާގެ އެސްފިޔަތައް ލައްޕާލީ ނިދާކަމަށް ހަދާށެވެ. މީރާ ރީތި ވެލިއެވެ. އަދި ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަ ދެއްކިއެވެ.

“މަންމާ… ކޮންތާކު؟… ރިޔާޒް ނިދާފަ އޮތީ… އޯކޭ އަހަރެން މިދަނީ ޓެކްސީއެއްގަ…”

އެފޯނު ކޯލު ކަނޑާލުމަށްފަހު މީރާ އަނެއްކާވެސް ފޯނުން އެހެން ނަންބަރަކަށް ގުޅާލިއެވެ. އަލަމާރި ތެރެއިން އަތް ދަބަސް ނަގައިގެން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަަހު ލޯގަނޑުން ފަރިބަލާލިއެވެ.

“ހަލޯ، ޓެކްސީއެއް ލިބިދާނެތޯ…. ސިންދިތާ ސޯސަންމަގު…” މީރާގެ ކަންފަތުން ފޯނު ދުރުކޮށްލަމުން އެ ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލީ ރިޔާޒަށް ހޭލެވިދާނެތީއެވެ.

މީރާ ކޮޓަރިން ނުކުތުމުން ރިޔާޒް ދެލޯ ހުޅުވާލިއެވެ. އަދި މީރާއަށް ގެއިން ބޭރަށް ނުކުމެވެންދެން އެނދުގައި މަޑުކޮށްލިއެވެ.

އެނދުމަތިން ތެދުވެގެން ކޮޓަރިން ބޭރަށް ނުކުތެވެ. ސިޓިންގް ރޫމުގައިވާ ބެލްކަނި ކައިރިއަށް ދަމުން އައިސް-އަލަމާރި މަތީގައި އޮތް ސިނގިރޭޓް ފޮއްޓާއި ލައިޓަރ ނެގިއެވެ. ބެލްކަންޏަށް ނުކުމެ ތުނބުގައި ސިނގިރޭޓް ޖަހާލުމަށްފަހު ލައިޓަރުން އެ ރޯކޮށްލިއެވެ. ސިނގިރޭޓުގެ ދުންތައް އެތެރެއަށް ދަމާލުމަށްފަހު ސިނގިރޭޓު ބުރި ތުނބުން ވަކިކޮށްލަމުން ނޭފަތް މެދުވެރިކޮށް އެ ދުންތައް ބޭރުކޮށްލިއެވެ. ދެވަނަ ފަހަރަށް ސިނގިރޭޓް ތުނބުގައި ޖަހަމުން ބެލްކަނިން ބޭރު ބަލާލިއެވެ. ފަސްވަނަ ބުރީގައި ހުރެފައި ބެލްކަނިން ތިރިއަށް ބޯ ދިއްކޮށް ބަލާލިއިރު ހުދުކުލައިގެ ޓެކްސީއަކަށް މީރާ އެރިތަން ފެނުނެވެ. ރޭގަނޑުގެ ވަގުތެއް ކަމުން މަގުމަތީގައި ދުއްވާ އެއްޗެހީގެ ލައިޓްތަކުން އެ މަންޒަރު ފުރިހަމަ ކޮށްދެއެވެ.

ސިނގިރޭޓުގެ ދުންތައް އެތެރެއަށް ދަމަމުން ރިޔާޒް ވިސްނަމުން ދިޔައީ ރޫހީ  ނިމިގެންދިޔަ އެ ހާދިޡާއާ މެދުގައެވެ. ޑޮކްޓަރުންގެ ޖަވާބު ހުރި ގޮތުން ރޫހީގެ އަމިއްލަ ބާރުގައި އެފަދަކަމެއް ކުރުމަކީ ނުކުޅެދޭކަމެކެވެ. އެއީ ރޫހީ މަރުވުމުގެ ކުރިން ވަނީ ހައި ޑޯޒްގެ އިންޖެކްޝަނެއް ދީފައެވެ. ބެލްކަނީގައި ބަހައްޓާފައި ހުރި އުނދޯއްޔެއް ކަހަލަ ގޮނޑީގައި އިށީނދެ ލެނގިލުމަށްފަހު މަޑުމަޑުން ހެއްލަން ފެށިއެވެ.

*** *** *** *** *** ***

ފާތުމައްތަ ގާތުގައި ރިޔާޒް ސުވާލުކުރުމުން ފާތުމާ ވަށައިގެން ދެފަރާތަށް ބަލާލަމުން އެ ވާހަކަ މިކަހަލަ ތަނެއްގައި ނުދެއްކޭނެ ކަމަށް ބުންޏެވެ. އެހެންކަމުން ފާތުމައްތައާ އެކީ ރިޔާޒް ހޮސްޕިޓަލުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

” ފަހަކަށް އާއްސެއި ރޫހީ މަދޮމަދުން ބޭރަށް ގޮސް ހަދާއް ފެށި…. ހީވެނީ މާ ބޮނޑަށް އެކަނިވީމެއި ހެން…. އެ ހިސާބުގަނޑޮ ކުދިންނާއި އެއްކޮށް ކޮޅޮނަށް އޭއްފެށީ… ދޭތެރެއަކުން އެ ކޮއްޔާއި އެކުދިޔެ ދިމާކޮށަސް ހަދަތާ… އެެެހެންގޮސް އެއްދުވަހަކި ހަވީރެއި އެ ކުދިންނާއި އެއްކޮށް ރޫހީ އަތިރިމައްތަށް ކޮޅޮނަށްް ގެއި… ދެން ވީ ގޮތަކީ…” (ފަހަކަށް އައިސް ރޫހީ މަދުމަދުން ބޭރަށް ނުކުންނަށް ފެށީ…. ހީވަނީ މާ ބޮޑަށް އެކަނިވެރިކަން އިހްސާސް ވާތީހެން… ހިސާބުގަނޑު ކުދިންނާއެކީ އޭނާ ކުޅެން ދާންފެށީ… ބައެއް ފަހަރު އޭނައާ އެކުދިން ދިމާކޮށް ޖެއްސުން ކުރޭ… އެހެންގޮސް އެއްދުވަހަކު ހަވީރު އެކުދިންނާ އެކީ ރޫހީ އަތިރި މައްޗަށް ކުޅެން ދިޔައީ…… ދެން ވީ ގޮތަކީ….)

ފާތުމައްތަގެ ޖުމްލަ މެދުކެނޑުނީ ހޮސްޕިޓަލް ބޭރުމަގުން ރިޔާޒްމެން ތިބި ހިސާބަށް އަންނަަމުން ދިޔަ ރަހްޔާ އާއި ޒިމާމް ފެނުމުންނެވެ. ރަހްޔާ އަކީ ފާތުމައްތަގެ އެންމެ ހަގު އަންހެން ކުއްޖާއެވެ. އެތައް އަަހަަރުތަަކަކަށްފަަހު ރިޔާޒް ފެނުމާއި އެކީ ރަހްޔާ އައިސް އެމީހުން ގާތުގައި މަޑުކުރިއެވެ. ރިޔާޒްގާތު ހާލުއަހުވާލު އަހަމުން ރަހްޔާ ވާހަކަ ދައްކަން ފެއްޓިިއެވެ. އެމީހުންގާތު މަޑުނުކޮށް ޒިމާމް ހޮސްޕިޓަލް ތެރެއަށް ހިނގައިގަތް ތަން ފެނުމުން ޒިމާމް ދިޔަ ދިމާލަށް ފާތުމައްތަ ބަލަން ހުރީ ހައިރާންވެފައެވެ.

“ރަހްޔާ… ކޮންކަލަކި ޒިމާމް އައީ؟… ކިއެންކެރާއް އިޔަ ބެނޑުވަގެން ހޮސްޕިޓަލަށް ތެ އައީ؟… ދެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެއި… މީ ވިސްނުމަށް ނެއް ދާރަށް… ކުކުޅާށްްވަނި ބިސްދޮށިވެގެން ނިހިނގަ… މީދެން ރަހްޔާމެންނާ ބެހޭ ކަމަކަސް ނުންދީ…” (ރަހްޔާ… ކޮން އިރަކު ޒިމާމް އައީ؟… ކީއްކުރަން އޭނަ ގޮވައިގެން ހޮސްޕިޓަލަށް ތިއައީ… ދެން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނީ… މީ ވިސްނުމެއް ނެތް ދަރިއެއް… ކުކުޅަށް ވުރެ ބިސްދޮށިވެގެން ނޫޅޭ… މީ ދެން ރަހްޔާމެންނާ ބެހޭވެސް ކަމެއް ނޫން ދޯ…)

ފުސްމޫނު ހަދާލަމުން ފާތުމައްތަ ދެއްކި ވާހަކައަށް ސަމާލުކަން ދިނީ ރަހްޔާ އެކަންޏެއް ނޫނެވެ. ރިޔާޒްގެ ސަމާލުކަންވެސް އެހާފަސޭހައިން ދަމައިގަތެވެ. “ކެހެނަކަށް ވީ ފާތުމައްތާ؟…” (ކިހިނެއް ވީ ފާތުމައްތާ؟…) ވީނުވީ އޮޅުން ފިލުވާލަން ރިޔާޒް ސުވާލުކޮށްލިއެވެ.

“މަންމާ… ޒިމާމް އައީ އަދޮ ހެންނެއި ފެރީން… ހޮސްޕިޓަލަށް އޭއްކެނާއު ބެނާތާ ވަަރަށް ވޭލަވެގެ…. އެހެންވެ މިއައީ ބެނޑުވަގެން… ކެހެނަކަށްވީ… ދައްތާމެންނަށަސް އެނގެއި ދީ… އެހެންވެ ޒީމާމް ގިނައި..” (މަންމާ… ޒިމާމް އައީ މިއަދު ހެނދުނު ފެރީއިން… ހޮސްޕިޓަލަށް އަންނަން ކިޔާތާ ކިތަންމެ އިރެއް ވެއްޖެ… އެހެންވެ ގޮވައިގެން މި އައީ… ކިހިނެއްތަ ވީ… ދައްތަމެންނަށްވެސް އެނގޭދޯ… އެހެންވެ ޒިމާމް މިގެނައީ…) ޒިމާމް ހޮސްޕިޓަލަށް ގެނައި ސަބަބު ރަހްޔާ ކިޔައިދިނުމަށްފަހު އޭނާ ހިނގައިގަތީ ހޮސްޕިޓަލް ތެރެއަށް ވަނުމަށެވެ.

ޕިސްޕިސް ކަނޑަމުން ފާތުމައްތަ ވާހަކަ ދައްކަން ފެއްޓިއެވެ. “ޒިމާމަކީ ރޫހީ ރައްޓެހިވެގެން ވޭނޑެއި ކޮއްޔާ… ހުން ދެން އެވާހަކަ ބާވަ… ކިއަންކައު އެކޯ ބެނާށް ހިނގީ…ހޫނ.. މީ ދެން ވީ ގޮތަކީ….” (ޒިމާމް އެއީ ރޫހީ ރައްޓެހިވެގެން އުޅޭ ކުއްޖާ…. ހޫން.. ދެން އެވާހަކަ ބާއްވާ… ކީކޭތަ އޭރު ބުނަން އުޅުނީ .. ހޫން… މީ… ދެން ވީގޮތަކީ…)

*** *** *** *** *** ***

ރޫހީގެ ކުޑަ އާއިލާ ދިރިއުޅެމުން އައީ ސ.ހުޅުދޫގެ ޑިމިޝްކަރާއޭ ކިޔުނު ހިސާބުގައި ހުންނަ އޭނާގެ ބައްޕަގެ ގޯތީގައެވެ. އެ ގެއާ ދިމާލުން އަތިރިމައްޗާ ވީ ފަރާތުގައި އޮންނަ ހުސްބިމުގައި ފުރާވަރުގެ ކުދިންތައް ކުޅެން ނުކުމެ އުޅެއެވެ. އެއް ފަރާތުން ވަލެއްހެންް ހެދިފައިވާ ބޯ ގަސްތަކެއް އޮވެއެވެ. ހަވީރުގެ ވަގުތުގައި ރަށުގައި އުޅޭ އަންހެންވެރިން ކުޑަކުދިން ގޮވައިގެން އެ ދިމާލު އަތިރި ކައިރިއަށް ނުކުމެ އުޅުނެވެ. ފާތުމަވެސް އަތިރި ކައިރީ އުޅުނީ އޭނާއަށް މާމަކިޔާ ހަތަރު އަހަރުގެ ކުއްޖެއް ގޮވައިގެންނެވެ. ފާތުމަގެ ހަގު ދަަރި ރަހްޔާ ވެސް އެހިސާބުގައި ކުދިންތަކަކާއި އެކީ ‘ހޮކީ’ ކުޅެން އުޅުނެވެ. އެއްބައި ރަށްރަށު މީހުން މި ކުޅިވަރަށް ‘ހިރިމިރި’ ނުވަތަ ‘ހިރިޔޯލަ ހިރި’ ވެސް ކިޔައި އުޅެއެވެ. އެއީ މި ރަށު މީހުން ވަރަށް ފޯރި ދައްކާފަ ކުޅޭ ކުޅިވަރެކެވެ.

ހުސްކޮށް އޮތް ބޮޑު ބިމުގައި ވަށް ބުރެއް ކުރަހައެވެ. ކުޅެން އަންނަ ކުދިންތައް ދެ ޓީމަކަށް ބަހާލައެވެެ. އެއް ޓީމްގެ ކުދިން ތިބެނީ އެ ބުރު ހިމާޔަތް ކޮށްގެންނެވެ. އިދިކޮޅުގެ ޓީމުން ބައިވެރިޔަކު އެ ބުރަށް އެރިޔަ ނުދީ ބަލާށެވެ. އަނެއް ޓީމް ކުދިން ފިލަން ދުވެއެވެ. އަދި ވަކި ހިސާބަކަށް ގޮސް މިކުޅިވަރުގެ ނަމުން، ‘ހޮކީ’ އޭ ކިޔާ ގޮވާލީމަ ބުރު ބަލަހައްޓަން ތިބި ޓީމުގެ ކުދިން އެމީހުން އަތުލާން ދުއްވައިގަނެއެވެ. ފިލަން ދުވާ ޓީމްގެ ކުދިންް އިދިކޮޅު ޓީމްގެ އަތުގައި ނުޖެހި އައިސް އެ ބުރަށް އަަރަންޖެހެއެވެ. އިދިކޮޅު ޓީމްގެ އަތު ނުޖެހި އެއްކުއްޖަކު ބުރަށް އެރުމުންވެސް އެ ޓީމް މޮޅުވީއެވެ.

އިރުއޮއްސެން ކައިރި ވުމުން ފާތުމަ ގެއަށް ދިޔުމަށް ހިނގައިގަތީ އޭނާގެ މާމަ ދަރި އުރާލައިގެންނެވެ. އަތިރިމަގުން އައިސް ރަހްޔާމެން ކުޅެން ތިބި ދިމާލުން ގެއާ ދިމާލަށް ހިނގައިގަން ވަގުތު ހޮކީ ކުޅެން ހުރި ރަހްޔާއަށް ފާތުމަ ގޮވީ އިރުއޮއްސެންވާ އިރަށް ގެއަށް ގެންދާށެވެ. ގެއަށް ނުދާން ރަހްޔާ ބޮޑާ ހާކަން ފެށިއެވެ. ނަމަވެސް ފާތުމަ ދެލޯ އަޅާ ބޮޑުކޮށްލަމުން ބުނެލިއެވެ.

“ހަމަ މިކޯ ހިނގަ ގެއު އޭއް… ޤުރުއާން ފިލާވަޅޮ ދަސްނިކޮށް ކޮން ކުޅިވަރަަށް ކޮޅޮނަކަށް… މިކޯ އެއޮއް އިރިފުހެނީ… ދެން ގެއް ބައި” (ހަމަ މިހާރު ގެއަށް ދާން ހިނގާ… ޤުރުއާން ފިލާވަޅު ދަސްނުކޮށް ކޮން ކުޅިވަރެއް ކުޅޭކަށް… މިހާރު އެއޮއް އިރު އޮއްސެނީ… ދެން ގެއަށް ހިނގާ )

ރަހްޔާ އޭނާގެ ރަހްމަތްތެރިން ގާތުގައި ދަނީއޭ ބުނެ މަންމަގެ ފަހަތުން ހިނގައިގަތެވެ. އެކުދިންތަކުގެ ތެރޭގައި ރޫހީ ކުޅެން ހުރިތަން ފާތުމައަށް ފެނުނެވެ. ރަހްޔާ ގެއަށް އައުމަށްފަހުވެސް ރައްޓެހިންނާއެކީ ކުޅެންދާން ބޭނުންވެގެން ކުސްކުސް ތަޅުވަމުން ދިޔައެވެ. ރަހްޔާގެ ދެބޭންގެ ދެދަރިއެއް ކަމަށްވާ ރޫހީއަށް އެތާ ހުރެވިފަ ރަހްޔާއަށް ނުހުރެވޭތީ އެކަމާ ޝަކުވާ ކުރަމުން ދިޔައެވެ.

“ރަހްޔާ…. މާ ހާސަރޮ ނިދަމައި އެބޭ ވުޟޫކޮށްގެން ނަމާދުކޮށް ޤުރުއާން ކިޔަވާ… އެހެންނޫންފެހޭ މައަތުން ބޯންޑަށް ބޯއްް ތެ ހިނގަނީ…” (ރަހްޔާ… މާހާސަރު ނުދަމާ މިހާރު ދޭ ވުޟުކޮށްގެން ނަމާދުކޮށް، ޤުރުއާން ކިޔަވަން… އެހެންނޫނީ މަގޭ އަތުން ބޮނޑިއެއް ބޯން ތިއުޅެނީ…)

ރޭގަނޑު ކުދިވެރިންނަށް ކާންދިނުމުގައި އަވަދިނެތި ފާތުމަ އުޅުނެވެ. ގޭމައި ދޮރާށިން އެތެރެއަށް ވަދެގެން އައި އާމިނައާއި ޟިރާރުގެ އަޑަށް ފާތުމަ ބަދިގެ ތެރެއިން ބޭރަށް ނުކުތެވެ. އަރުވާ ޖަހާފައިވާ ހައުސް ކޯޓުގަނޑު ތިރިކުރުމަށްފަހު ބޮލުގައި އަޅާފައިވާ ބުރުގާގެ ބައެއް ހެދުމުގެ ކަރުވަޅުތެރެއިން ނެރެ ރީތި ކުރަމުން ބޭރަށް ނުކުމެ، އަޑަށް ބާރުލަމުން ފާތުމަ ވާހަކަ ދެއްކިއެވެ. “ކެހެނަކަށްވީ ރަށި އެއްމެން އެއްވޭ ވަރައް ތެ އޯލަނީ؟… ތާން ރޯ ވިއްޔާ؟..”  (ކިހިނެއްވީ ރަށުމީހުން އެއްވާ ވަރަށް ތި ގޮވަނީ… ތަނެއްގަ ރޯވީތަ؟…)

ފާތުމަގެ ކުރި ހުރަސްކޮށް ފެންޑާތެރެއަށް ބޯ ދިއްކުރަމުން އާމިނަ އަހާލީ ރޫހީ ކޮބާތޯއެވެ.

ފާތުމަ ހައިރާންކަމާއި އެކީ ދެބުމަ ގޮށްޖަހާލަމުން ބުންޏެވެ. “ރޫހީ މިގެއަކަށް ނިއެއި… ހަވީރެއި މިދިމާާށް އަތިރި މައްތެ މިއޮއް ހުސްބިމެ ކޮޅޮނަށް ވޭންޑެނެ.. އޭގެ ފަހުން އަވަ ނިދަކުން… ކެހެނަކަށްވީ؟.. އާމިނައްތާ ކަމަށް ގޯސްވިއްޔާ…” (ރޫހީ މިގެއަކަށް ނާދޭ… ހަވީރު މި ދިމާ އަތިރި މަތީ ހުސްބިމުގައި ކުޅެން އުޅުނު… އޭގެ ފަހުން އަހަރެންް ނުދެކެން… ކިހިނެއްވީ.. އާމިނައްތާ ކަމެއް ގޯސްވީތަ؟..)

ފާތުމައަށް އެމީހުންގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ގޮތް ފެނިފައި ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ.

“ހަވީރެއި ކުދިބާކީންނާއި އެއްކޮށް ކޮޅޮނަށް ގޭ ލެކަށް އަދި ގެއް ނިއޭއް… އެހެންކޯކޯ އިރިފުހޭ ގަޑިއަށް ގެއު އޭހެއް… މަ ގެއް އައީ މިސްކިތަށް ގޮސް އިޝާ ނަމާދަ ކޮށްގެން… އެހިސާބުން އެނގެނެއި އަދި ރޫހީ ގެއް ނިއޭކަން… އެހެންވެ މިގޭ ހިށިތޯ މިބެލީ… ކުރިމައްތެ ހިށި ގޭ ޝިއުރާ އެކަހަށް ގޭތޯއަސް ބެލިން… އެގޭ ކުދިން ބެނީ ކޮޅޮނަށް ހިށެފެއި ވަކި ހިސާބަކުން ރޫހީ ގެއު އެބަގެއި ކަމަށާއު ހީކެޑެއި… އެހެންވެ އެވެރިން ފަހުން ކޮޅިކޯ ރޫހީ ނިހިންނަށިއައު ބެނީއަސް…” (ހަވީރު ކުދިބަޔަކާއި އެކީ ކުޅެން ދިޔަ ގޮތަށް އަދި ގެއަށް ނާދޭ… އެހެންޏާ އިރުއޮއްސޭއިރަށް ގެއަށް އަންނާނެ… އަހަރެން މިސްކިތަށް ގޮސް އިޝާ ނަމާދަށް ފަހު ގެއަށް އައީ.. އެހިސާބުން އެނގުނީ އަދި ރޫހީ ގެއަށް ނާންނަކަން… އެހެންވެ މިގޭގަތޯ މިބެލީ… ކުރިމަތީ ހުރި ގޭ ޝިއުރާ ކައިރިއަށް ދިޔަތޯވެސް ބެލިން… އެގޭ ކުދިން ބުނި ކުޅެން ހުއްޓާ ވަކި ހިސާބަކުން ރޫހީ ގެއަށް ދިޔައީ ކަމަށޯ ހީކުރީ… އެހެންވެ އެމީހުން ފަހުން ކުޅުނު އިރު ރޫހީ ނުހުންނާނެޔޯ ވެސް ބުނި…)

އާމިނަ ހާސްވެފައި ހުރިވަރު އޭނާ ވާހަކަ ދައްކަމުން ދިޔައިރު ދޭހަވާނެއެވެ. ރޯ މަހެއްހެން މީހާ ތެޅިލަ ތެޅިލަ ހުރި އިރު އޭނާގެ އަޑުވެސް ދިޔައީ ރޫ ރޫ އަޅަމުންނެވެ.

އެހިސާބުން ޟިރާރު ރަށު އޮފީހަށް އެކަން އަންގައިގެން ރަށު ތެރޭގައި ގިނަ ބަޔަކު ނުކުމެ ރޫހީ ހޯދުމުގެ މަސައްކަތް ފެށިއެވެ. އާމިނައާއި އެކީ ފާތުމަވެސް އެކަމުގައި ބައިވެރި ވިއެވެ. ރޫހީ އެންމެ ފަހުން ފެނުނު ހިސާބު ކަމަށް ވާ ކުދިވެރިން ކުޅެން ތިބި ހުސް ބިމަށް އެންމެން ޖަމާވިއެވެ. އިރުއޮއްސުމަށްފަހު އެހިސާބު އޮންނަނީ ވަރަށް އަނދިރިކޮންނެވެ. އެއްވެސް އަލިކަމެއް ނޯވެއެވެ. ދެ ގްރޫޕަކަށް ބެހިގެން ރޫހީ ހޯދުމުގެ މަސައްކަތް ފެއްޓީ ފޯނުން ފްލޭޝް ލައިޓް ދިއްލައިގެންނާ ޓޯޗު ބައްތި ހިފައިގެންނެވެ. ރޫހީމެން ކުޅެން ތިބި ހިސާބުން އެއްބަޔަކު ވަލުތެރެއަށް ވަދެ ހޯދަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ އަތިރިމަގުން އެ ރަށު އުސްފަސްގަނޑޭ ކިޔުނު ހިސާބަށެވެ. އެ ހިސާބަކީ ހަމަ ބިމަށްވުރެއް ފަސްގަނޑު އުސްކޮށް އޮންނަ ތަނެކެވެ.

އާމިނައާއި ފާތުމަ ތިބީ އަތިރިމަގުން އުސްފަސްގަނޑަށް ދިޔަ ބައިގަނޑު ތެރޭގައެވެ. ހަނދުވަރު ރީތި ރެއެއް ކަމުން އެ ސަރަހައްދު ވަރަށް ރީތިކޮށް ފެނެއެވެ. އަތިރިމަތީގައި އުޅޭ ބޮޑެތި ކަކުނިތައް ފެންނަނީ ވަރަށް ބިރުވެރިކޮށެވެ. އުސްފަސްގަނޑު މައްޗަށް އަރާ އަނެއް ފަރާތުން ތިރިއަށް ބަލާލިއިރު އެފަރާތުގެ މޫދާ ތަންކޮޅެއް ދުރުގައި މީހަކު ހުރިކަން އެނގެއެވެ. ދޮންވެލިގަނޑުމަތީ އުޑުފައިން އިށީނދެގެން އިން ރޫހީ ފެނުމުން ފަޔަށް ލެވުނުހާ ބާރެއް ލާފައި ރޫހީއާ ދިމާލަށް އާމިނަ ދުއްވައިގަތެވެ.

ހަނދުވަރުގެ އަލިން އެހިސާބުން އަތިރިމަތީގައި ހުރި ކަކުނި ހޮރުތައް ފާހަގަވަމުން ދިޔައެވެ. ކަކުނީގެ ތޮށަލިގަނޑުން އަޅަމުން ދިޔަ ދަޅައިން ހޮރުތެރެ ކޮންމެވެސް ވަރަކަށް ހުންނަނީ ދިއްލިފައެވެ. ރޫހީ އިނީ އެތަނުން ކަކުނި ހޮރަކަށް ދަނޑިއެއް ކޮށްޕާލަ ކޮށްޕާލައެވެ. މިއޮއްފަދަ އަނދިރީގައި މީހުން އުޅޭ ހިސާބާ ދުރުގައި ރޫހީ މިހެން އިންތަން ފެނުމުން އާމިނަ ފަސްޖެހޭ ގޮތް ވިއެވެ.

ރޫހީއާ ހަމަޔަށް ދިޔުމަށްފަހު އާމިނަ ގޮވާލުމުން ރޫހީ ބަލާލިއެވެ. ނަމަވެސް އޭނާ ފަސްއެނބުރި މީހަކާ ވާހަކަ ދައްކަން ފެއްޓިއެވެ. ރޫހީގެ ފަހަތުގައި މީހަކު ހުރިތަނެއް ފެންނަން ނެތުމުން އާމިނަ އިތުރަށް ބިރުގަތެވެ. އެރޭ ރޫހީ ގެއަށް ނުދާން ވަރަށް ގަދަ ހެދިއެވެ. ނަމަވެސް ވަރަށް ގިނަ ވާހަކަތައް ދެއްކުމުން ގެއަށް ދާން އެއްބަސް ވިއެވެ. މިގޮތަށް ކަންތައް ވުމުން އާމިނަ ގޭގައި ގިނަވަގުތު މަޑުކުރަން ފެއްޓިއެވެ. ކޮންމެ ދުވަހަކު އިރުއޮއްސޭ ދަޅައަށް ބޭރަށް ދާން ރޫހީ ގަދަހަދަމުން ދިޔައެވެ.

ދެން އަނެއްކާވެސް ޖެހިގެންއައި ހަފްތާގެ އެއްރޭ ރޫހީ ގެއްލިގެން ހޯދަން ފެށީއެވެ. އެރޭ ރޫހީ ފެނުނީ އުސްފަސްގަނޑު ބިއްދޮށުގައިވާ ގޮނޑުދޮށުންނެވެ. ނަމަވެސް މިފަހަރު ފެނުނު އިރު ރޫހީގެ ހެޔެއް ނެތެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާ ވަނީ ވަރަށް ގަދައަށް ހުންއައިސްފައެވެ. ގައިގެ އެތަން މިތަންވަނީ މަށައިގެން ގޮސްފައެވެ. ހޭ އެރިއިރު އޭނަ ދައްކަނީ މުޅިން ހަމަނުޖެހޭ ވާހަކައެވެ. މޮޔައެއްހެން ހަޅޭއްލަވާ އަޑުގަދަކޮށް ވާހަކަ ދައްކަމުން ދިޔައީ ވަރަށް ބަރު އަޑަކުންނެވެ.

*** *** *** *** *** ***

ފާތުމައާ ރިޔާޒްގެ ސަމާލުކަން ދިޔައީ ހޮސްޕިޓަލު ތެރެއިން ބޭރަށް ދުވެފައި ނުކުތް ރަހްޔާގެ އަޑަށެވެ. “މަންމާ.. ރޫހީ… ރޫހީ ސަކަރާށްވެގެން ހިނގަނީ…” (މަންމާ… ރޫހީ… ރޫހީ ސަކަރާތްވެގެން އެބައޫޅޭ…)

ރިިޔާޒް ހޮސްޕިޓަލް ތެރެއަށް ވަނުމަށް ދުއްވައިގަތެވެ. ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަރިއާ ހަމަޔަށް ދިޔައިރު ކޮޓަރި ބޭރުގައި ރިޔާޒްގެ މަންމަައާއި ބައްޕައާއި އެކު ޒިމާމްވެސް ހުއްޓެވެ. ޒިމާމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރިޔާޒަށް ފެނުނެވެ. ނަމަވެސް އެކަަމަށް ފަރުވާލެއް ނުބަހައްޓާ ރިޔާޒް ބެލީ ރޫހީ ގާތަށް ދެވޭތޯއެވެ. އެ ކޮޓަރި ތަޅުގައި ހިފުމާއި އެކީ ޟިރާރު އެދުނީ އިހަށް މަޑުކޮށްލުމަށެވެ. އޭރު އަޑުގެ ނެތްތަނަށް ރޫހީ ހަޅޭއްލަވަމުން ދިޔަ އަޑު އެ ކޮރިޑޯ ތެރޭގައި ހިއްޕާލާފައި ހުއްޓެވެ. ޑޮކްޓަރުން ބޭރަށް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެންމެން ތިބީ ރޫހީއާއި ބައްދަލުކުރަން އިންތިހާއަށް ބޭނުންވެފައެވެ.

“ބައްޕާ ކެހެނަކަށްވީ؟…. ދެނަކަށް އޮތީ ނިލާހެކި ރަނގަޅާށް.. ދެން އެހެންހިށެފެއި ހަމަ ކުއްލިއަކަށް…”  (ބައްޕާ… ކިހިނެއްތަވީ… ދެންމެ ނުލާހިކު ރަނގަޅަށް އޮތީ… ދެން އެހެން ހުރެފަ ހަމަ ކުއްލިއަކަށް…) ޟިރާރު ގާތުގައި އިށީންނަމުން ރިޔާޒް ވާހަކަ ދެއްކީ އޭނާގެ ބައްޕައާއެވެ.

“ނިއެނގެއި.. ޒިމާމް މިތާން ގިނާމެއި އެކަމާއި ރިޑިއަރަގެން ވޭނޑެނެއި… ދެން ނިއެނގެ ވީނިވީއަށް… ބައްޕާށް ފެނެނެއި ޒިމާމް ކަރި ރޫހީ ހިފަގެން ހިށިވޭލެއި….”  (ނޭނގެ…. ޒިމާމް މިތަނަށް ގެނައިމަ އެކަމާ ރުޅިއައިސްގެން އުޅުނީ…. ދެން ނޭނގެ ވީ ނުވީއެއް…. ޒިިމާމް ކަރުގައި ރޫހީ ހިފައިގެން ހުއްޓާ ބައްޕައަށް ފެނުނީ…)

ޟިރާރަށް އެކަަންތައް ފެނުނުގޮތް ކިޔައިދިނެވެ. އޭރު ކޮރިޑޯ ތެރެއިން ފާތުމައްތަ ބާރުބާރަށް ރަހްޔާއާ އެކީގައި އެމީހުން ތިބި ދިމާލަށް އަންނަތަން ފެނުނެވެ. ޟީރާރުއާ އާމިނަ ގާތަށް ފާތުމަ ޖެހިލީ ކަން ހިނގާދިޔަ ގޮތް އޮޅުން ފިލުވުމަށެވެ. އެވަގުތު ރިޔާޒް ގޮނޑިން ތެދުވިއެވެ. ތަންކޮޅެއް ދުރުގައިހުރި ގޮނޑި ބަރީގައި އިށީނދެގެން އިން ޒިމާމް ގާތަށް ރިޔާޒް ދިޔައެވެ. ޒިމާމްއާ ޖެހިގެން ހުރި ހުސްގޮނޑިއަށް ފޫ ތިރިކޮށްލަމުން ރިޔާޒް ވާހަކަ ދެއްކީ ހަމަޖެހިލަން މަސައްކަތް ކުރަމުންނެވެ.

“ޒިމާމް… މަމީ ރިޔާޒް… ރޫހީގެ ބޭބޭ…. ތެދަކީ.. ތެދެކުދިން ވޭނޑެނީ ރައްޓެހިވެގެނާ.. ކިއެންވީ ރޫހީ އެހެއި ރިޑިއަރާށް ޖެހެނެއި” (ޒިމާމް… އަހަރެން މީ ރިޔާޒް.. ރޫހީގެ ބޭބެ… ތެދެއް ތި ދެކުދިން އުޅެނީ ރައްޓެހިވެގެންތަ؟… ކީއްވެ ރޫހީ އެހާ ރުޅިއަންނަން ޖެހުނީ…)

ރިޔާޒް ސުވާލުކުރަން ފެށުމުން ޒިމާމް ފުންނޭވާއެއް ދޫކޮށްލިއެވެ.

“ހާން.. އަފިރިން މި ވޭނޑެނީ ރައްޓެހިވެގެން… ނިއެނގެއި ރޫހީއަށް ވީ ގޮތަށް.. ފާޑަކަށް ވޭނޑޭތާން ހަފްތާށް ވެގެ… އަދަސް މަ އާމެއި ބެނީ މިތަނުން އޭބޭއްކެނާއު… ކިއެން ކެރާއްތައު އައީ… ކޮންމެސް މީހަކާ މަ މަރަފޭށިއައު… ދެން މަކަށް ނިއެނގެއި… ދެން ރޫހީއެއި ސުވާލަ ކެޑެއި އަވަ… ކެހެނަކަށް ވެގެން، ކަންކާ އެނީތައު… ދެން ރޫހީ ފަރާތުން ޖަވާބަށް ނިލިބެނެމެއި އަވަބެނިން ވަރަށް ލޯބިވެއި ޔައު… އެހިސާބުން މަ ކަރި ހިފީ… އޭ ރޫހީއައް ނުން.. ކަޅީގެ ކުލާސް ހިށީ ފާޑަކައް…” (އާން އަހަރެމެންް އުޅެނީ ރައްޓެހިވެގެން… ނޭނގެ ރޫހީއަށް ވީ ގޮތެއް.. ފާޑަކަށް އުޅޭތާ ހަފްތާއެއްވެއްޖެ.. މިއަދުވެސް އަހަރެން އައިމަަ ބުނީ މިތަނުން ދާށޯ.. ކީއްކުރަންހޯ އައީ… ކޮންމެވެސް މީހަކު އަަހަރެން މަރާލާނެޔޯ… ދެން މަށަކަށްް ނޭނގެ… ދެން ރޫހީއާ އަހަރެން ސުވާލު ކުރަން ފެށީ… ކިހިނެއް ވަނީތޯއާ،.. ކާކު އަންނާނެ ވާހަކަތޯ… ދެން ރޫހީ ފަރާތުން ޖަވާބެއް ނުލިބުނީމަ.. އަހަރެން ބުނިން އަހަރެން ވަރަށް ލޯބިވެޔޭ… އެހިސާބުން އަހަރެންގެ ކަރުގަ ހިފީ… އެއީ ރޫހީއެއް ނޫން… ކަޅީގެ ކުލަވެސް ހުރީ ފާޑަކަށް….)

ޒިމާމް ވާހަކަ ދައްކަަމުން އޭނާގެ ކަރުގައި ފިރުމާލިއެވެ. ޒިމާމަކީ ދޮން ކުއްޖެއް ކަމުން އޭނާގެ ކަރުގައި ރޫހީ ގެ ވަކިތަކުން ކުރެހިފައިވާ ރަތް ނިޝާންތައް ވަރަށް ސާފުކޮށް ފެންނަަން ހުއްޓެވެ.

ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަރީގެ ބޭރުގައި މަޑުކޮށްގެން ތިބި މީހުންނަށް އިންތިޒާރުގެ ވަގުތަށް ނުމުމެއް އަންނަން އުޅޭކަން އެނގުނީ ކޮޓަރި ތެރެއިން އިވެމުން ދިޔަ ރޫހީގެ ހަޅޭކުގެ އަޑު މެދުކެނޑުމުންނެވެ. މާގިނަ އިރުތަކެއް ނުވެ ޑޮކްޓަރުންގެ ޓީމާއެކު ނަރުސް ކުދިންތައްވެސް ބޭރަށް ނުކުތެވެ. ޒިމާމް ދެއްކި ވާހަކައަށް ރިޔާޒަށް ވިސްނަން އިނދެވުނެވެ. ނަމަވެސް ރޫހީގެ ކަޅިގެ ކުލަ ބަދަލުވުން އެއީ ޒިމާމް މާ ބޮޑަށް ހާސްވެ ބިރުގަތީމަ ހީވި ހީވުމެއް ކަމަށް ރިޔާޒް ނިންމިއެވެ.

*** *** *** *** *** ***

ރިޔާޒަށް އެ ޚިޔާލުތަކުން ބޭރު ވެވުނީ އޭނާ ބޯން އިން ސިނގިރޭޓް ބުރި ހުލިވެގެން އައިސް އަތުގެ އިނގިލިތަކަށް ހޫނުވުމުންނެވެ. ބެލްކަނީގައި ހުރި އަޅިކެނޑީގެ ތެރެއަށް ފިލްޓަރު ބުރި ނިއްވާލުމަށްފަހު އުނދޯލިން ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އެވަގުތު ކޮޓަރީގައި އޮތް ރިޔާޒްގެ ފޯނު ރިންގް ވާ އަޑުފައްގަނޑު އެ އެޕާރޓްމަންޓް ތެރޭގައި ގުގުމާލިއެވެ. އަވަހަށް ކޮޓަރިއަށް ވަދެ ފޯނުނަގާ ބަލާލިއެވެ. އެގުޅަނީ މީރާއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލިތަނާ ހީވީ ލޯމަތީ އައިސް މީހަކު ކަނު ބަނދެލިހެންނެވެ.

ފޯނަށް ވާހަކަ ދައްކަމުން ރިޔާޒް މަސައްކަތްކުރީ ދެލޯ ހުޅުވާ ބޮޑުކޮށްލެވޭތޯއެވެ. މުޅި އެޕާރޓްމަންޓް ތެރޭ އެއްވެސް އަލިކަމެއް ނެތެވެ. މީރާގެ ފޯނު ސްޕީކަރަށް ލައިގެން ކޮޓަރި ތެރެއަށް އަލިކުރަމުން ރިޔާޒް ބޭރަށް ނުކުމެ ބެލްކަނިން ބޭރު ބަލާލިއެވެ.

“ރިޔާ… ގޭގައި ކަރަންޓް އެބަހުރިތަ؟… އަހަރެން މީނީ މަންމަމެން ގޭގަ… މި ހިސާބުން މިއުޅެނީ ކަރަންޓު ގޮސްގެން…” މީރާ ވާހަކަ ދެއްކީ ވަރަށް ހާސްވެފައި ހުރެއެވެ.

“އާން…. ދެންމެ ކަރަންޓް އެ ދިޔައީ… މިހިސާބުގަވެސް ނެތް ކަރަންޓެއް… މީ ދެން ކޮން ގަޑިއެއް ކަރަންޓު ދާން…” މީރާއަށް ޖަވާބު ދެމުން ރިޔާޒް ފޯނުގެ ޑިސްޕްލޭގައިވާ ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން 6:45 ވީއެވެ.

ވަށައިގެން އެއްވެސް ގެއަކުން އަލިކަމެއް ފެންނާކަށް ނެތެވެ. މަގުމަތީގައި ދިއްލާފައި ހުރި ހޮޅިބުރިތަކުންވެސް ވަނީ ކަރަންޓުގޮސްފައެވެ. ނަމަވެސް މާލޭ މަގުމައްޗަކީ ވަރަށްގިނަ އަދަދެއްގެ ދުއްވާ އުޅަނދުފަހަރު ދުއްވާ ތަނަކަށް ވާތީ އެ އެއްޗެތީގެ ލައިޓްތައް ފެންނަމުން ދިޔައެވެ.

*** *** *** *** *** ***

ފާޚާނާ މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި މަންޝާ ދިޔައީ މޫނު ގައި އަތުން ފެން ހާކަމުންނެވެ. ލޯގަނޑަށް ބަލަންހުރީ ދެންމެ މޭ ނުބައިކޮށްފާ ހޮޑުލެވުމުން އެވީ ގޮތުން ހިތުގައި ސުވާލުތަކެއް ފެންމަތިވެފައެވެ. ފާޚާނާ ތެރޭގައި ހުއްޓާ ކުއްލިއަކަށް މުޅިތަން އަނދިރިވެގެން ދިޔައެވެ. މަންޝާއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. އެވަގުތު ފާޚާނާ ތެރޭގައި މަންޝާގެ ފަހަތުގައި އެ މަޚްލޫގު ހުއްޓެވެ. މަންޝާގެ ކޮންމެ ހަރަކާތަކަށް އޭނަ ފާރަލަމުން ދެއެވެ.

އެދިޔައީ ކަރަންޓްކަން އެނގުމުން އަވަސްއަވަސް ކޮށްލައިގެން މަންޝާ ފާޚާނާއިން ނުކުތެވެ. ބެލްކަނިން ކޮޓަރި ތެރެއަށް ކޮންމެވެސް ވަރެއްގެ ފަނޑު އަލިކަމެއް ހުރުމުން މަންޝާއަށް ކޮޓަރިތެރޭ އުޅެން އެނގުނެވެ. ތުވާލިން މޫނު ހިއްކާލައިގެން ބެލްކަންޏަަށް ނުކުމެލިއެވެ. މަގުމަތިން ދުއްވާފައިދާ ސައިކަލުތަކަށް ބަލަން އެހެން މަންޝާއަށް ހުރެވުނެވެ. ނަމަވެސް އެވަގުތު ހޫނުވެ ދާހިއްލަން ފެށިއެވެ. އެހެންކަމުން ނިއުޅުވާލާފައިވާ އިސްތަށިގަނޑު ވޫލް ކޮޅެއްގެ އެހީގައި އައްސާލައިގެން އަތްދަބަހާ ފޯނު ހިފައިގެން މަންޝާ ބޭރަށް ނުކުތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. Fathmath Huna

    Konbahakuntha miothe vaanuvaeh neynge

    1. hehehe
      Fathmath Huna

      Dialogues eheree addu bahun… Kairi ga translations eynee… Dhen evarunves vaanuvaatho

    2. Shax Lyn
      Fathmath Huna

      Mi vaahakaiga baeh meehunnaky from addu.. E meehunge dialogues addu bahun huttas translation genesdhyfa innaane.. Thank u for reading

  2. ken?

    shit shit shit…story v nukiyan ulhenikoh e kiyunee…dn nuves nidheyne. ..feeling scared? shax keethikuree…heevanee room thereyga meehaku ulheyhen..ohhh nooooooooo ????

    1. Shax Lyn
      ken?

      Ooh ken…. Adhi biruveriehves nuvey dhw….. Alhey feeling sympathy

  3. ken?

    blaaba eives kujjei nukiyaa adhi…this is my 1st time reading thisstry at night time..even though ifirs uploases in nyt normally i read this in day time…but tonyt i jux thout to dare for itttt
    btw story hama awesomeness ? ? ❤ ? ? ? ? ? ? ? ? ?

    1. ken?
      ken?

      birun gos comment ves ekurevuny baivaru mistakes thakaa ekuga..??

    2. Marsha
      ken?

      Haha ken.. ehaa biru gaiy tha?? Marsha nuganey ehaa bireh.. aslu story biruveri varah dho anyways ken ge comment kiyaafa ken birun ulhwy varun v hini aeema reply kolly ingey

    3. Shax Lyn
      ken?

      Thank u Marsha n ken…..
      ????

    4. Anonymous
      ken?

      overeacting.. evves biruveri eh noon.. adhi biruveri ehcheh kiyaifiyya kihaa vareh vaane

  4. princess

    Nyc

    1. Shax Lyn
      princess

      Thanks princess..

  5. aathi

    Hehe ken..so funny…shax mi stru vrh best..its interesting..keep it up

    1. Shax Lyn
      aathi

      Thanks aathi..

  6. Marsha

    Salhi.. n vv biruveri… vvv rythi vaahaka dhaa goiy.. hithah araa miah vure dhigu koh kiyaalan libey namaey.. kiyamun dhaa iru feel vany konme scene ehga ves ehfaraathehga hure balaalevey hennn.. u r a grt writer shaz.. waiting for next part.. keiytherikameh nethi…

  7. Shax Lyn

    Thanks Marsha
    ???

  8. Madhy

    Story thah v ginain kiyan. Ekm mi story ga sifa kurumuge bai ehn story thakah vure v v v furihama.. Hyvany story therey ulhevey hen.. And v interesting kuriyah dhaa goiyh.. Good luck. ?

  9. fan of fun asaru

    ehcheh nei thaakah reethi.. shaaz ge story ah vure ushali story maa reethi

  10. Appy

    Story v rythi. ……..translate nukoh hunna nama ekahcheh vx neyngunys hehe v majaa addu bahun hunnaathy

  11. idiot

    of cause ken over reacting .. mamy vrh foohi vaa myheh biruveri vaahaka kiyan ..ekam cmmnt thah kiyaaha ken ah thiwareh veemah ma mi prt kiyaafin .. ehen meehun ge sympathy hoadhan hen hywany ken ulheny..asluvex..mee mashah ken ge cmnt kiyaafa feel vi goi…

  12. Addu kalo

    Shax mi vaaahakaaa nilaaahikaaass salhi mah dhen niyas kerehe rasha gosss usfasgandah eyshas ..???

  13. Nyna

    Very nice ? best of luck

  14. Ammadey

    How do u learn so much gud addu language? V interesting. ..bt not scared for me much ?…ekam v molhu vejje…keep it up???

  15. kokaa

    v interesting..vv salhi..
    waiting for the next part ???

  16. Mutha/ S.Hithadhoo

    Just WOW! a big like to the author (Y) 🙂

  17. shaxleen/ge/baladhuveriya

    waiting for the nxt part.. theege vrh vx ingi dhaanethaa dhw…. reehcheh vx nooneyy mathin bain jehign thi up kuranii.. waiting 4 the nxt part ey mibuny e bai rythi vehjjeya positive cmmnt eh dheyn kmh. and yes!! sensation bai ithuru kohlahchey ingey love.. like sxy baithah!1 ummaaahhhww??❤❤????

  18. dhyna

    Story vvv creative but addu bas beynun kuraathy unique but kiyan faseyhaeh noon addu bas aeema some time interest gehleny mee ga addu meehun vs ulhey addu bas vs beynun kuran jeheyne but not too much all the best

Comments are closed.