Skip to content
އެސްފިޔަ

ބޭވަފާތެރި ނުވަމޭ ޔާރާއޭ

” އަހަރެންނަށް އިންތިޒާރު ކުރަންތަ؟ އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެންދެކެ ލޯބިވިންތަ؟ ބޭވަފާތެރިވީ އަހަންނެއް ނޫން. އަހަރެންގެ ތަގްދީރު… އަމިއްލަ ނަފްސަށް ވުރެ އަހަރެން އުނޫދެކެ ލޯބިވޭ. އަހަރެންގެ އުފަލަކީ އުނޫ. ޔޫ އަރ މައި ހެޕިނެސް. އައި ހޯޕް ދެޓް އާފްޓަރ 8 އިޔާސް ޔޫ ގޮޓް ޔުއަރ ލަވް. އަހަރެން އެންމެ އުފާވާނީ އޭރުން.” ފްލައިޓް ތެރޭގައި އިން އީނާޝް ހިތާހިތުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ފޯނުން ފެންނަމުން ދިޔަ އުނޫޝްއާއިއެވެ. އޭރު އޭނާގެ މޫނުގައި ރަސްކަންކުރަމުން ދިޔައީ ވޭނީ ކަރުނައެވެ.

******

އެއާޕޯޓް ތެރޭގައި ހޭލަމޭލަވަމުންދާ މީހުންގެ އަދަދު ގިނަވާން ފެށިއެވެ. އެއާޕޯޓްގެ މުއައްޒަފުންގެ އިތުރުން ފަސިންޖަރުންވެސް އެކޮޅުމިކޮޅުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މިހުރިހާ މީހުންގެ ތެރެއިންވެސް އެންމެ ލޮލުގައި އަޅައިގަންނަ ފަދަ ހަރަކާތް ކުރަމުން ދިޔަ އެކަކީ މިފްޒަލް ކަން ގައިމެވެ. އޭނާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. 8 އަހަރަށްފަހު އަމިއްލަ އުފަން ދަރި ފެންނަން އުޅޭއިރު އުފާނުވާނީވެސް ފަހެ ކާކު ހެއްޔެވެ؟

 

މިއަދަކީ 5 އަހަރުގެ ދިގު މުއްދަތަކަށްފަހު އޭނާގެ ދަރިފުޅު ކިޔަވައި ނިމިގެން ރާއްޖެ އަންނަ ދުވަހެވެ. ނަމަވެސް މިފްޒަލްއަށް އޭނާގެ ދަރިފުޅު އީނާޝް ނުފެންނަތާ 8 އަހަރުވެއްޖެއެވެ. މިފްޒަލްއަކީ ރާއްޖެ ތެރޭ ރަށެއްގައި ދިރިއުޅޭ ހަރުދަނާ މީހެކެވެ. ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން އީނާޝް 9، 10 އަދި 11 ކިޔެވީ މާލެއިންކަމުން އެދުވަސްވަރު އީނާޝްގެ އާއިލާއަކަށް އީނާޝް ފެނިފައެއްނުވެއެވެ. އަދި ލިބުނު ސްކޮލަރޝިޕްއެއްގައި ވަރަށް ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ދާންޖެހުމުން އާއިލާޔާއި ބައްދަލު ކުރާނެ ފުރުސަތެއް އިނާޝްއަކަށް ނުލިބުނެވެ.

” ޑެޑީ. ފްލައިޓެއް ޖައްސައިފި. ނޮންނު އަންނަނީ. ޔޭސް.” ފޯރިއާއިއެކު މިފްޒަލްގެ ކައިރީގައި ހުރި އޭނާގެ 10 އަހަރުގެ ދަރިފުޅު އާޔަން ބުންޏެވެ. އާޔަންވެސް ހުރީ ހަމަދެލޮލުން އޭނާގެ ދޮންތަގެ ސޫރާ ދެކިލުމަށްޓަކައި ކެތްމަދުވެފައެވެ. އޭނަޔަށް އީނާޝް ފެނުނީ އެންމެ ދެއަހަރުންކަމުން އީނާޝްގެ ހަނދާނެއް އޭނާގެ ނުހުރެއެވެ.

” އާން ދަރިފުޅާ. ނޮއްނު އެއައީ. އަޅެ ނިކަން މިހުރިހާ މީހުން ތެރޭން ނޮންނު ހޯދަބަލަ.” ލޯބިލޯބިން އާޔަންގެ އިސްތަށިގަންޑުގައި ފިރުމާލަމުން މިފްޒަލް ބުންޏެވެ. އަދި އީނާޝް ފެނޭތޯ ފަރާތް ފަރާތަށް އެނބުރެން ފެށިއެވެ.

 

އޭރު މިފްޒަލްމެންގެ ފަހަތުން ދުޅަވެފައިވާ ދެލޯ ފުހެމުން ފުހެމުން އީނާޝް އަންނަނީއެވެ.

 

“ޕޮއް”

މިފްޒަލްއާއި އާޔަން ސިއްސައިގެން ދިޔައީ އާޔަންގެ ކޮނޑުގައި އަތް ޖައްސައި ސިއްސުވާލި އީނާޝް ފެނިފައެވެ. މިއީ ދުނިޔޭގެ ބޮޑު އަރަތެއްފަދަ ކުއްޖެކެވެ. ދެންމެ ފްލައިޓް ތެރޭގައި ރޮއި ރޮއި ލޯކައިރި ދުޅަވާވަރުވެފައި ހުރި އީނާޝް މިހާރު އެހުރީ ހިނިތުން ވެލައިގެންނެވެ. އޭނާގެ ހިތާމަތަށް ދުނިޔެއާއި ފޮރުވާ ކަހަލައެވެ. ހަމަޔަގީނުންވެސް އެކްޓްކުރަން އީނާޝް ވަރަށް މޮޅުވާނެއެވެ.

އެވަގުތު ނުދަންނަ މީހެއް ފެނުމުން ލަދުންގޮސް އާޔަން ވަނީ މިފްޒަލްގެ ފުރަގަހަށްށެވެ.

” އީނޫ ތިޔޮއް ކުރިކަމެއްދޯ. އެންމެން ސިއްސުވާލީނުތި؟” އާޔަންއާއި ދިމާލަށް ބަލަން ހުރެ މިހެން ބުނުމަށްފަހު އީނާޝްއާއި ދިމާލަށް ބަލައިލި ހިނދު މިފްޒަލްގެ އަނގަ ހުޅުވިގެން ދިޔައެވެ.

” ދަރިފުޅާޅާޅާ………… ތީހަމަ އީނޫތަ؟ ޔަގީނޭ ރަޝިޔާޔަށް ދިޔަފަހުން ހަމަޔަށް އެންމެ ދުވަހަކުވެސް ނުކާކަން. ބައްޕަގެ ލޯބިލޯބި އީނޫ ތިހިރީ ހިކިގެންގޮސް ކަށި ތަތްލާފައެއްނު. ” އަނގަމަތީ އަތްއަޅަމުން މިފްޒަލް މިހެން ބުނިއިރު އީނާޝް ހުރީ ލަޑުންގޮސް ހަލާކުވާވަރު ވެފައެވެ. އެހެނަސް ބައްޕައެބުނީ ތެދެކެވެ. ރަޝިޔާޔަށް ދިޔަފަހުން އޭނަޔަކަށް ހަމަޔަކަށް ނުކެވެއެވެ. ރަޝިޔާގައި އެކަނިވާ ކޮންމެ ވަގުތަކު އޭނާގެ މާޒީގެ ހަނދާންތައް އެހިތަށް އުނދަގޫކުރާތީވެ ކާ ހިތެއް ނުވެއެވެ.

 

” ތީ ބައްޕަޔަށް ހީވާގޮތް. އަޅެ ބަލާބަލަ އަހަރެން މިހާރު ދިގުވެސް ވެއްޖެ. ކުރިން ބައްޕަގެ ކޮނޑާ ހަމަޔަކައްނު އަރަނީ. މިހާރު ބައްޕަގެ ކަންފަތާ ހަމައަށް އަރާ.”

އީނާޝް މިހެން ބުނުމާއިއެކު މިފްޒަލްއަށް ހެވިއްޖެއެވެ. އަދިވެސް އޭނާގެ ދަރިފުޅު އެހާ މައްސޫމް ބާއޭ ހިތަށް އެރިއެވެ.

” ހުމްމްމްމް. އީނާޝް ވަރަށް ދިގު. އެކަމް ހަމައެހާ ހިކި. ހިނގާ އަވަހަށް ރަށަށް ދާން.  އީނޫގެ މަންމަ މިހާރު ހުންނާނީ އީނޫ ލައްފަން އަތިރީގަ ކަންނޭނގެ. މިހާރުވެސް މާ ލަސްވެއްޖި.” އީނާޝް އަޅައިގެން ހުރި ޝޯލްގެ މަތިން އީނާޝްގެ ބޮލުގައި ފިރުމާލަމުން މިފްޒަލް ބުންޏެވެ.

އަމިއްލަ ވަޒަނަށް ދިއުމަށްޓަކައި ކެތްމަދުވެފައިހުރި އީނާޝް ބޭނުންވީ މާލޭގައި އެންމެ ހިނދު ކޮޅަކުވެސް މަޑުނުކޮށް ވަގުތުން ރަށަށް ދާންށެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އީނާޝް އޭނާގެ އާއިލާޔާއި އެކުވެރިނާއި ބައްދަލު ނުކުރާތާ 8 އަހަރު ވެއްޖެއެވެ. އަދި ވަކިން ހާއްސަކޮށް އުނޫޝްއާއި ބައްދަލު ނުކުރެވެނީސް އޭނަޔަކަށް ހަމަ ނޭވައެއްވެސް ނުލެވޭނެއެވެ.

އުނޫޝްއަކީ އޭނާގެ ދިރިހުރުމުގެ އެއް މަގްސަދެވެ. ހިތުގެ ވިންދެވެ. ލެވޭ ކޮންމެ ނޭވައެއްގެ ހައްގުވެރިޔާއެވެ. އަމިއްލަ ނޭވަޔާއި ވިންދާއި ފުރާނަޔާ ނުލާ އީނާޝްއަށް ދިރިއުޅެވޭނީ ކިހިނެއް ހެއްޔެވެ؟ މިފާއިތުވެދިޔަ 8 އަހަރު ތެރޭގައި އުނޫޝްއާއި ނުލާ އޭނާ ދިރިއުޅުނު ހިތްދަތިކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ.  ނަމަވެސް   މިހާރު ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާއަށްވެސް އިންތިޒާރު ކުރެވެނީ ވަކި މިންވަރަކަށް ނޫން ހެއްޔެވެ؟

ލޯންޗް އޭގެ މަންޒިލާއި ހަމައަށް ދަތުރުކޮށްފިއެވެ. ލޯންޗް ތެރޭގައި އިން އީނާޝްއަށް ފެނުނު މަންޒަރުން އަނގަ ހުޅުވިގެން ދިޔައެވެ. އޭނާޔަށް މަރްހަބާ ކިޔުމަށްޓަކައި މުޅި ރަށުގެ ރައްޔިތުން އެވަނީ އެއްވެފައެވެ. މުޅި ބަނދަރު އެވަނީ ފަނޑު ފަނޑު ބޮކި ތަކުން އަލި ކޮށްފައެވެ. ރޭގަނޑުގެ ވަގުތެއްކަމުން އެކަކު އަންކަކު ވަކި ކުރަން ވަރަށް އުންދަގުލެވެ. ލޯންޗާއި ވީފަޅިއަށް ލައިޓް ތަކުން ދިއްލެމުން ދިޔައީ ބޯޑެއްގައި ލިޔެވިފައިވާ ޑޮކްޓަރ އީނާޝްއެވެ. ޑޮކްޓަރ އީނާޝްއޭ ލިޔެފައިވާތީ އީނާޝްގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. އަދި އެނާދެކެ ރަށުގެ ރައްޔިތުން ލޯބިވާވަރު އިހްސާސް ކޮއްލެވުމުން އެދެލޮލުން ކަރުން ހިލުނެވެ.

އަދި ހުރިހާ މީހުންގެ އެންމެ ކުރީގައި ހުރި އޭނާގެ ލޮބިވާ މަންމަ ފެނުމުން އީނާޝްއަކަށް ކެތެއް ނުކުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ލޯންޗުން ފައިބާ މަންމަ ގައިގައި އޮޅުލައިގަތެވެ. އޭރު ދެމައިންގެ ލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ.

” މަންމާ”

އީނާޝްގެ ދުލުން ބޭރުވީ ހަމައެކަނި މިބަހެވެ. އޭރު އެއްވެތިބި މީހުންގެ ލޮލުންވެސް ކަރުނަ އޮހޮރެމުން ދިޔައެވެ. އީނާޝް ދިޔަފަހުން އަމީނާ އުޅުނު ހާލު އެންމެ ރަނގަޅަށް އިނގޭނީ އެމީހުންނަށްށެވެ. އީނާޝް ފަދަ ކިޔަމަންތެރި ކުއްޖެއް ވަކި ވުމުން އަސަރު ނުކުރާނީވެސް ކޮން މަޔަކަށް ނުވަތަ ބަފަޔަކަށް ހެއްޔެވެ؟

” މީ ޔާން ގެ މަންމައެއް. ނޮންނުގެ މަންމަ ވީ ރަޝިޔާގަ”

ރޮވިފައި ތިބި އެންމެންނަސް ހެވުނީ އިނާޝް ދުރަށްލަމުން އާޔަން ބުނެލި ޖުމްލަޔަކުންނެވެ.

” އައްދޭ. ޔާންއަށް ވުރެ ކުރިން މަންމަ ކީ ނޮންނުޔޭ. ” ސަމާސާ ރާގަކަށް އިނާޝް ބުންޏެވެ.

” ހުމްމްމްމް. މިހާރުގެ އެއްބަނޑު ކުދިންނަކަށް ތޮޅޭކަށް ވަކި އަހަރެއްވެސް ނޯވެޔޭ. ޔާންއާ އީނޫޔާ ދެމެދުވެސް 12 އަހަރުގެ ތަފާތު ހުރޭ. އެކަމަކުވެސް ތޮޅޭއިރު ހީވާނީ އެއްމާބަނޑު ދެކުދިންހެން. ދެކުދިން ތޮޅޭނީ ގެޔަށް ގޮސް. މިތާ ހޮޅު އަށީގަ ހުރިހާ ރައްޔިތުންނަށް ކެއުމެއް އޮންނާނެ. އެހެންމަ އަވަހަށް ކާން އުޅޭ. މާލޭންވެސް އެކައްޗެއްވެސް ނުކަމެއްނު.” ހޮޅުއައްޓާއި ދިމާލަށް އިނގިލި ދިއްކުރަމުން މިފްޒަލް ބުންޏެވެ. އޭރު އެއްވެފައި ތިބި މީހުން ހޮޅުއައްޓާއި ދިމާލަށް މިސްރާބު ޖަހަމުން ދިޔައެވެ.

މުޅި ހޮޅުއަށިވަނީ ތަފާތު ބާވަތްތަކުގެ ކާނާއިން ފުރިފައެވެ. ގިނައީ ދިވެހި ކާނާއެވެ. އެތައް އަހަރުތަކަކަށްފަހު ދިވެހި ކާނާއެއް ކާން ލިބުމުން އީނާޝް ހުރީ ވަރަށް އުފާވެފާއެވެ. އަދި އޭނަޔަށް އެންމެ މީރު ކާނާކަމުގައިވާ ޑެވިލްފިޝް ހުރުމުން ވަކިން އުފާވިއެވެ.

ނަމަވެސް މިކާނާތަކަށްވުރެ އޭނާ ބޭނުންވަނީ އުނޫޝް ދެކިލުމަށްށެވެ. 8 އަހަރަށްފަހު އުނޫޝް ހުންނާނެ ގޮތެއްވެސް އޭނާޔަކަށް ނޭނގެއެވެ. މިއަދު މިޖާފަތަށް އުނޫޝް އައި ހެއްޔެވެ؟ އުނޫޝްވެސް ހުންނާނީ އޭނާގެ މޫނު ދެކިލުމަށްޓަކައި ހިތް އަވަސް ވެފައި ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Aish

    Nice. but v mistake Gina mikanthahrangalhu kohlaathi dhn liyaa part eh ga.

  2. Aish

    Me first . . yeeeeeeeyyy

  3. Ushaa

    Plx. mistakethah buneladheebala. Nd I know it will happen since its my 1st story. Thanx

  4. nashth

    Nice gavaaidhuh up kuraanekamah uhmmeed kurah.

  5. Ushaa

    Aslu Lyf ge gothun vvv busy dhuvasvareh. ehn v ma weekaku 2 story nooni 1 story viyas up kureveytho try kuraanan.

  6. afu

    heii ushaa .. wow .. story hama habeys .. gawaaidhun uo kurahcheyy ?

  7. afu

    up*

  8. Ushaa

    Ya. I will try my best.. Thnkx Afu

  9. princess

    Hey ushaa..nyc ingey starting.. Nimeyn dhn up kh dhehchey…..gd luck

  10. Ushaa

    ya Princess. Inshaa allah mivaahaka nimendhen up kuraanan. bt dailykoh up kuran faharegga undhagoovedhaane…

  11. meesha

    varah reethi… actully its not “samaasee” its “samaasaa”… ummeedu kuran gavadun up vaane kamah… 🙂

  12. meesha

    n…. 10 years kudin nukiyaane “manmmi” kiyaanee “mamma”

    1. Neee
      meesha

      10 yrs akas hama mammi kiyaafaanu..

    2. Anonymous
      meesha

      Im 19 n i still cal my mom ‘mammi’ its not a big deal isnt it??

  13. Ushaa

    Ok. I will correct them. Thnxx for ur kind help Meesha.

  14. Aku

    Imlaa kuhthah rangalhu kohleema story hama perfect vaane.. Warah reethi.. ??

  15. Khushey'aa

    mistake mistake. but ushaa shalhi ingea story. hehe

  16. Anonymous

    ==Konmes Kuhjeh==
    Mistake:-Eenaash ge badhaluga iny Eenaach jahaafa eba in…eyy fahathun 2nd paragraph ga iny ehn……
    Mi vaahaka varah reethi…waiting 4 the nxt prt

  17. Anonymous

    ==Konmes Kuhjeh==
    N one more thing……
    Mistake:-Mi vaahakaiga ulheny Mifzal eh dho…ekm eba in Mifzal jahan jehey thaaku Mafzal jahaafa…..
    Unmeedhu kuran mistakes thah rangalhu kuraane kamah…vaahaka varah reethi??

    1. Ushaa
      Anonymous

      Ya Insha allah. I will try my best to reduce mistakes…

  18. Anonymous

    ==Konmes Kuhjeh==
    Mafzal jahaafa iny eyy fahathun 3rd paragraph ga

  19. Ushaa

    I will correct them.. Thnxx

  20. dhgyfd

    “laffan” eii dhivehi bahehtha?mihaa thanah neiy engifaeh.dhivehi bahuge hama thakaa eh gothah vaahaka liumah varah bodah edhen

    1. Ushaa
      dhgyfd

      Laffan dhiyumakee kommes ehn rashakah gosfa annairu balaa dhiyumah kiyaa nameh. next part up kuraairu mistake thah madhu kureveytho balaanan Isha alllah.. Thnxxx

    2. Azlif
      dhgyfd

      *Laffan* eh noon dhivehi bahuga onnaanee.. *Lappan* dhiyun ranganlhu gothakee 🙂

  21. Ushaa

    Ok Azlif. Ethankolhu rangalhu kollaanan

Comments are closed.