މުޅި ހިތް ބޭގަރާރު ވެއްޖޭ-25
“އައި އޭމް ބެކް ޑޯލް..” ލަޔާންގެ ދެލޯ ބޮޑުވިއެވެ. އޭނާ އާއި ދިމާއަށް “ޑޯލް” އޭ ކިޔާފަ ގޮވާނީ އެއްމެ މީހެކެވެ. ލަޔާންގެ ހިތް ތެޅިގަތެވެ. ދެލޯ ބޮޑުވިއެވެ.
*ޕާރޓް-25*
ގޭތެރެއަށް ވަދެގެން އައި ސެހްރިޝް ފެނި އާކިފް ސޯފާއިން ތެދުވިއެވެ. އަދި އޭނާގެ ދެއަތް ހުޅުވާލިއެވެ. އައިސް އެދެއަތުގެ ތެރެއަށް ވަނުމަށް ބުނުމުގެ ގޮތުންނެވެ. ސެހްރިޝްގެ ތުންފަތް މަތީ ފެވުނީ އުފާވެރި ހިނިތުންވުމެކެވެ. ސެހްރިޝް ދުވެފައި އައިސް އާކިފް ގައިގައި އޮޅުލައިގަތެވެ. އާކިފް އޭނާގެ ބާރުގަދަ ދެއަތް ސެހްރިޝްގެ ގައިގައި ވަށާލިއެވެ. އޭނާ ސެހްރިޝްގެ ބޮލުގައި މަޑުމަޑުން ބޮސްދިނެވެ.
“ކޮންތާކަށް ގޮސް ތިއައީ..؟ މިހާރު އިރޯއްސުނީ..” އާކިފް ޝަކުވާ ކޮށްލިއެވެ. ސެހްރިޝް ދުރުވެލިއެވެ.
“ތާރާ އާ އެކީ އެގެޔަށް ގޮސްލާފަ.. މިއަދުމީ އެގޭ ކުއްޖެއްގެ ބާރތްޑޭ..” ސެހްރިޝް ބުނެލިއެވެ. އާކިފް އޭނާގެ އަތުގައި ހިފައިގެން ހިގައިގަތެވެ. ކޮޓަރިއާއި ދިމާއަށެވެ.
ކޮޓަރިއަށް ވަދެ އާކިފް ސެހްރިޝްގެ ހޭންޑް ބޭގް އަތުލިއެވެ. ސެހްރިޝް ލޯގަނޑު ކުރިމަތީ ހުއްޓި އޭނާގެ ކަންފަތުލާ އެއްޗެހި ނެގިއެވެ. އާކިފް އައިސް ސެހްރިޝްގެ ކާރީ ޑްރެސިން ޓޭބަލް ކާރީ އާތްވިއްދާލިއެވެ. އޭނާ އިނީ ސެހްރިޝްގެ ކޮންމެ ހަރަކާތެއް ބަލާށެވެ.
“އާކިފް ދުވަހަކު ވެސް ސިގެރޭޓް ބުއިންތަ..؟” އާކިފް ބުމަ އަރުވާލިއެވެ. އެއީ ކޮންކަހަލަ ސުވާލެއްހޭ އޭނާގެ ހިތަށް އެރިއެވެ.
“ނުބޮން..” އާކިފްގެ ޖަވާބު ކުރެވެ. ސެހްރިޝް ބަލާލިއެވެ. އަނެއްކާ އާކިފް އެހަދަނީ ތެދު ހެއްޔެވެ؟ އެކަމު އޭނާ މިއަދު އާކިފް ދެކުނީމެވެ. އާކިފް އިނީ ސިގެރޭޓް އެއް ބޯށެވެ. އަނެއްކާ އާކިފް ދޮގު ހަދަނީ ހެއްޔެވެ؟ ސެހްރިޝް މާވަރަކަށެއް އަޅައެއް ނުލައެވެ.
“ބޭބީ ޔޫ ތިންކް ޔޫ ކޭން ހައިޑް..” ތާރާ ވާހަކަ ދެއްކީ އޭނާ ކައިރީގަ އިން ކައިސާން އާއެވެ. އެދެމީހުން ތިބީ އަތިރިމަތީ އެވެ. އޭރު އިރޯއްސި އަނދިރި ވެއްޖެއެވެ. މަދުމަދުން މީހުން ފެނިލައެވެ.
“ސާބަސް ތާރާ އަށް..” ކައިސާން ހީލިއެވެ. ކައިސާން ހިނިތުން ވެލުމުން ތާރާ ކައިސާން އާއި ދިމާއަށް ބަލަން ހުރީއެވެ. ތާރާ އަށް ކައިސާންގެ ހިނިތުންވުން ވަރަށް ރީއްޗެވެ.
“ޔޯރ ސްމައިލް އިޒް ސޯ ބިއުޓިފުލް..” ތާރާ ބުނެލިއެވެ. ކައިސާން ކުޑަކޮށް ރަކިވިއެވެ. ނަމަވެސް ކަރުކެހިލައިފައި އޭނާ ބެލީ އެކަން ފޮރުވޭތޯ އެވެ.
“ރަޝަން އަށް ސިކްސްވީ ދޯ..؟” ކައިސާން މައުލޫ ބަދަލު ކޮށްލިއެވެ. ތާރާ ބޯޖަހާލިއެވެ. ދެމީހުން އިރުކޮޅަކު އެތާގައި ވާހަކަ ދައްކަން ހުރެފައި ދިޔައީ ގެޔަށެވެ.
ނިދަން އޮތް ލަޔާން އަކަށް ނުވެއް ނިދުނެވެ. އޭނާގެ ހިޔާލުތަށް ގުޅިފައިވަނީ އެހެން ކަމަކާއެވެ. އަނެއްކާ އޭނާ އެނބުރި އައީ ހެއްޔެވެ؟ މިފަހަރު ސަލާމަތުން އެނބުރި ދިޔަކަ ނުދޭނަމެވެ. ލަޔާން އަމިއްލައަކަށް ޕްލޭން އެއް ހަދާލިއެވެ. އަނެއްކާ ވެސް ފެންވަރައިލައިގެން އައިސް އޭނާ ބެލީ ނިދޭތޯއެވެ.
ހާމަކޮށް އޮތް އުޑާއި ދިމާއަށް ބަަލަން އޮތް އިޒްދާންގެ ހިޔާލުތައް ގުޅިފައިވަނީ ލަޔާން އާއެވެ. ލަޔާން އެއުޅެނީ އޭނާ އާއި ފިލައިގެން ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ އަދި ހުންނާށެވެ. އަދި އޭނާ ލަޔާން އާއި ދިމާ ކުރާނަމެވެ. މިދަތުރުގެ ބޭނުމަކީ ވެސް އެއީ އެވެ.
ލަޔާން އާއި އިޒްދާންގެ މިގުޅުން ކުރިޔަށް ދާނެ ހެއްޔެވެ؟ އެދެމީހުން ދިމާވެއްޖެއްޔާ ވާނީ ކިހިނަކުން ހެއްޔެވެ؟ ކަންތައް ދާނީ ގޯހުން ގޯހުން ހެއްޔެވެ؟ ނޭނގެއެވެ.
ހެނދުނު ސައިބުއިގެން ތައްޔާރު ވެގެން އާކިފް އިނީ ސެހްރިޝް ނިމޭނެ އިރެއްގެ އިންތިޒާރެއްގަ އެވެ. ސޯފާގައި އިށީންދެލައިގެން އިން އާކިފްގެ ހުރިހާވެސް ސަމާލުކަމެއް ހުރީ ސެހްރިޝް އަށެވެ. ފުނާއަޅައި ކަންފަތުލާ އެއްޗެއްހި ލައިގެން ލޮލުގެ މޭކްއަޕް ކުރަންއިން ސެހްރިޝް ދިޔައީ އަގައިން ރާގެއް ލައްވަމުންނެވެ.
“ހޫމްމް.. ހިތް އޮޔޯލާފި، ހިތުގަ އާލާވި، އެއްމެ ތޫފާނަކުން.. ލޯ މަރާލީމަ މޫނަކުން ރީތި ފެނުނު ޖަޒުބާތަކުން.. ހައްލެއް ހޯދަ ދީބަލާށޭ.. މިތުރާ އާއެކޭ ބުނާށޭ.. މުޅި ހިތް ބޭގަރާރު ވެއްޖޭ.. ޔާރާ ބޭގަރާރު ވާށޭ.. ދޭށޭ ގުރުސަތެއް އަހަންނަށް.. މިހިތަށް ހައްގު ލޯބި ދޭދޭ..” ސެހްރިޝް ކިޔާލިއެވެ. އާކިފް އިނީ ހުއްޓުން އަރާފައެވެ. ސެހްރިޝްގެ އަޑު ހާދަ ރީއްޗެވެ. ވަރަށް ފުރިހަމަ އެވެ. ސެހްރިޝްގެ ލަވާގައި އާކިފް އޮޔާލާގޮށްސި އެވެ.
“އާކިފް.. ހިގާ ދާން..” ނިމިގެން ސެހްރިޝް ގޮވާލިއެވެ. އާއެކޭ ބުނެ އާކިފް ތެދުވިއެވެ. ދެމީހުން ވެސް އެއްކޮށް އޮފީހަށް ދިޔައެވެ. ސެހްރިޝް އޮފީހަށް ލާފައި އާކިފް އައީ އެެވެ.
“ކަލޯ އިނގޭތަ.. މި ތާރާ އަށް އުޅެނީ މަގުތަކުން ހަމަ ކަލޭ ފެންނަ ވަރުން..” އާކިފް އައިސް އޭނާގެ މޭޒުގައި އިށީންދެލުމުން ކައިސާން އައިސް ބުނެލިއެވެ. އާކިފް ބުމަ އަރުވާލީ އަދި ކުރިޔަށް ގެންދާށޭ ބުނާ ފަދަ ގޮތަކަށެވެ.
“އޭނަ އިއްޔެވެސް ކިޔާފި ކަލޭ ސިގެރޭޓް އެއް ބޯން އިންތަން ދެކުނީމޯ.. ސެހްރިޝް އަށް ވެސް ފެނުނޯ..” ކައިސާން ފެށީ ހޭށެވެ. އޭނާ އަށް ވީމަޖާކަމަކަށެވެ. އާކިފް ވިސްނާލިއެވެ. ސެހްރިޝް ވެސް އޭނާ ކާރީ އޭނާ ސިގެރޭޓް ބުއިހޭ އެހީ އެހެންވެ ކަންނޭނގެ އެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟
އޮފީސް ވެސް ވަރަށް އާދައިގެ ގޮތަކަށް ގޮސް ނިމިއްޖެއެވެ. އަނެއްކަ ރޭގަނޑު ތާރާ އާއި ދެމީހުން އޮފީހަށް ދާން ޖެހޭތީ ސެހްރިޝް ހުރީ ދެރަވެފައެވެ. އޭނާ ވެސް ބޭނުމީ އާކިފް އާއި އެކީ ގިނަ ވަގުތު ހޭދަކުރާށެވެ. އަނެއްކާ އާކިފް އޭނާ އާއި ދޭތެރޭ ނުބައިގޮތަކަށް ހިތަށް އަރާފާނެތީއެވެ. އެކަމު އެހެނެއް ނުވާނެއެވެ. އާކިފް އަކީ ހެޔޮ ހިތެއްގެ ވެރިއެކެވެ.
ރޭގަނޑު ސެހްރިޝް އާއި ތާރާ މަސައްކަތް ނިއްމާލާފައި ނިކުތީރު އެކެއް ޖަހާފިއެވެ. ދެމީހުން ވެސް ސެހްރިޝްގެ ކާރަަށް އަރާއިގެން ގޮސް ހުއްޓިލީ ބީޗް ކާރިއަށެވެ. ނަމަވެސް ކާރުގައި ދެމީހުން ވެސް މަޑުކުރީއެވެ. ތާރާ ދިޔައީ ކޮންމެ ވެސް ވާހާކައެއް ދައްކަމުންނެވެ. ސެހްރިޝް ވެސް އިނީ އަޑުއަހާށެވެ.
“އަމް.. ސެޝް.. އިޒް މައި އައިޒް ލައިން ޓުމީ..” ތާރާ އިނގިލި ދިއްކޮށްލިއެވެ. ސެހްރިޝް ވެސް ބަލާލިއެވެ. އޭނާ ހުއްޓުން އެރިއެވެ. އެއީ ހަމަ އާކިފް އެވެ. އެކަމު މިހާ ދަންކޮށްފައި އާކިފް އެއް ބޭރުގައެއް ނޫޅޭނެއެވެ. އަމުދުން އަންހެން ކުއްޖަކާ އެކީ އެކަހެރިކޮށެއް ނުހުންނާނެވެ. ސެހްރިޝް އަށް ހުރެވުނީ ބަލާށެވެ. އޭނާ ބަލަން ހުއްޓައި އެއަންހެން ކުއްޖާ އާކިފްގެ މޫނުގައި ހިފައި އޭނާގެ ތުންފަތަށް ބޮސް ދިނެވެ. ތާރާ އަށް ވެސް އަނގަމަތީ އަތް އެޅުނެވެ. ތާރާ ވަގުތުން ފޮޓޯއެއް ނެގިއެވެ. ސެހްރިޝްގެ ހިތަށް ގޮތެއް ވެލިއެވެ. އޭނާ ވަގުތުން ދެލޯ މަރާލިއެވެ. މިއީ ހަމަ އަސްލު ވެސް އާކިފް ހެއްޔެވެ؟ އާކިފް އަށް ވިއަސް އާކިފް މިފަދަ ކަމެއް ކުރާނެ ހެއްޔެވެ؟ ސެހްރިޝްގެ ހިތް ހީވީ ފޮތިފޮތްޗަށް ކަފަމުން ދާހެންނެވެ. އާކިފް އޭނާ އަށް މިހެން މިހެންހަދަނީ ކީއްވެ ހެއްޔެވެ؟
*ނުނިމޭ*
