Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-26

_MuXo_
_MuXo_ Level 110 Stories
August 22, 2026 5 Mins Read
5 Comments

“އަމް.. ސެޝް.. އިޒް މައި އައިޒް ލައިންޓު މީ..؟” ތާރާ އިނގިލި ދިއްކޮށްލިއެވެ. ސެހްރިޝް ވެސް ބަލާލި އެވ. އޭނާ ހުއްޓުން އެރިއެވެ. އެއީ ހަމަ އާކިފް އެވެ. އެކަމު މިހާ ދަންކޮށްފައި އާކިފް އެއް ނޫޅޭނެވެ. އަމުދުން އަންހެން ކުއްޖަކާ އެކީ އެކަހެރިކޮށެއް ނުހުންނާނެވެ. ސެހްރިޝް ހުރީ ބަލާށެވެ. އޭނާ ބަލަން ހުއްޓައި އެކުއްޖާ އާކިފްގެ މޫނުގައި ހިފައި އެތުންފަތަށް ބޮސްދިނެވެ. ތާރާ އަށް ވެސް އަނގަމަތީ އަތް އެޅުނެވެ. ތާރާ ވަގުތުން ފޮޓޯއެއް ނެގިއެވެ. ސެހްރިޝްގެ ހިތަށް ގޮތެއް ވެލިއެވެ. އޭނާ ވަގުތުން ދެލޯ މަރާލިއެވެ. މިއީ ހަމަ އަސްލުވެސް އާކިފް ހެއްޔެވެ؟ އާކިފް އަށް ވިޔަސް އޭނާ މިފަދަ ކަމެއް ކުރާނެ ހެއްޔެވެ؟ ސެހްރިޝްގެ ހިތް ހީވީ ފޮތިފޮށްޗަށް ކަފަމުން ދާހެންނެވެ. އާކިފް އޭނާ އަށް މިހެން ހަދަނީ ކީއްވެހެއްޔެވެ؟                   *ޕާރޓް-26*                                                                              ސެހްރިޝް ގެޔަށް އައީ ވަރަށް ދަންކޮށްފައެވެ. ފުރަތަމަ އޭނާ އުޅުނީ ގެޔަށް ނާންނާށެވެ. ނަމަވެސް އޭނާ ހިތާއި ދެކޮޅަށް ނަމަވެސް އައީއެވެ. ގޭތެރެ ވަނީ ހަމަހިމޭން ވެފައެވެ. އަޑެއް ބަޑެއް ނީވެއެވެ. ސެހްރިޝް ބަރުފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. އާކިފް ފެނުމާއި އެކު އޭނާގެ ލޯމައްޗަށް ސިފަވީ އެފެނުނު މަންޒަރެވެ. އާކިފް އޭނާ އަށް މިހެން ހަދާފާނެ ހެއްޔެވެ؟ އަނެއްކާ އެއީ ހަމަ އަސްލުވެސް އާކިފް ހެއްޔެވެ؟

“ހާދަ ދަންވެއްޖޭ.. އަނެއްކާ މަސަށްކަތް މާބުރަވީތަ..؟” އާކިފް ސޯފާއިން ތެދުވެގެން އައިސް ސެހްރިޝްގެ އަތުގައި ހިފާލިއެވެ. ސެހްރިޝް އާކިފް އާއި ދިމާއަށް ބަލާވެސް ނުލިއެވެ. އޭނާ އާކިފްގެ އަތް މަޑުމަޑުން ފޮޅުވާލިއެވެ. އާކިފް ދެރަވިއެވެ. އަނެއްކާ ސެހްރިޝް އެހުރީ އޭނާ ދެކެ ރުޅި އައިސް ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟

“ސެޝް.. ރުޅި އާސްތަ..؟” އާކިފް އަހާލިއެވެ. މިފަހަރު ސެހްރިޝް އޭނާ އަށް ބަލާލިއެވެ. އެކަމު އެދެލޮލަކު އެއްވެސް އަސަރެއް ނެތެވެ.

“އާކިފް.. އަހަރެން ބޭނުން ޑިވޯސް އެއް..” ހިތްވަރުކޮށްފައި ސެހްރިޝް ބުނެލިއެވެ. އާކިފްގެ ފައި ދަށުން ހީވީ  ބިންގަނޑު ދަމައިގަތް ހެންނެވެ. ލާން އުޅުނު ނޭވާ ވެސް އޭނާގެ ކަރުގައި ތާށިވިއެވެ. އަނެއްކާ މިއިވުނީ ރަގަނޅަށް ހެއްޔެވެ؟ ސެހްރިޝް ކުއްލިއަކަށް އޭނާ ކާރިން ވަރިއަށް އެދެންވީ ކީއްވެހެއްޔެވެ؟ އޭނާ މީގެން ދުވަހަކު ސެހްރިޝް ރުޅި އަންނާނެ ފަދަ ކަމެއް ކޮށްފައެއް ނުހުންނާނެވެ. ސެހްރިޝް އޭނާކުރެ ވަރިވާން އެހި ކޮންމެސް ސަބަބެއް އޮންނާނެއް ނޫންހެއްޔެވެ؟

“އެ-އެކީއްވެ..؟” އާކިފްގެ އަޑު އައީ ކެޑިކެޑިގެންނެވެ. ސެހްރިޝް ބަލާލީ ކުއްލިއަކަށެވެ. އޭނާގެ ދެލޮލުން މިފަހަރު ހިތާމައިގެ ކުލަވަރު ފެންނަން ހުއްޓެވެ.

“ކީއްވެހޭ..؟ ހަހްހަހް.. އަދި ވެސް އާކިފް އަހަންވީ އަހަރެންކާރީ ކީއްވެހޭ.. މޮޅު.. ވަރަށް މޮޅު.. އާކިފް ދުވަހަކު ވެސް ހިތައް އެރިންތަ، ކޮންމެކަމެއް ވެސް ކޮންމެވެސް ދުވަހަކުން ފަޅާއަރާނެކަން.. އެއިން..؟ ކީއްވެ އާކިފް..؟ ކީއްވެ..؟ އަހަރެން އާކިފް އަށް ކޮންކަމެއް ނޮކޮށްދެނީ.. އަހަރެން ދެކެ ލޯބިނުވަންޔާ ކީއްކުރަން މިކައިވެންޔަށް އެއްބަސްވީ.. އެހެން ލޯބިވެރިޔެއް ހުންނަންޔާ ސީދާ ސީދަލަށް ބުނިނަމަ..” ސެހްރިޝް އޭނާގެ ހިތުގައިވީ އުދާސްޔަކާއި ޝަކުވާތަށް އޮށްސާލިއެވެ. އޭރު އޭނާ އަށް ހަަމަ ރަގަނޅަށް ވެސް ރޮވިއްޖެެވެ. އާކިފް އިނީ ހުއްޓުން އަރާފައެވެ. ސެހްރިޝް ދައްކާވާހަކަ ގަބޫލު ނުކުރެވިފައެވެ.

“ސެހްރިޝް.. ކީކޭ ތިކިޔަނީ.. އަހަރެންގެ އެހެން ލޯބިވެރިއެއް ނުހުރެ.. އަހަރެން ލޯބިވަނީ ސެހްރިޝް ދެކެ.. އަހަރެން އެހެން ކުއްޖެއް ދެކެ އެއް ލޯތްބެއް ނުވޭ މިހާރަކު އެއް.. ސެހްރިޝް ކޮންކަހަލަ ވާހަކަތަކެއްތަ ތިދައްކަނީ..  ކާކު ކީކޭ ކީ ސެހްރިޝް ކާރީ..؟” އާކިފް ވާހަކަ ދެއްކީ ވަރަށް މަޑުމަިތިރިކޮށެވެ. ސެހްރިޝް ވަގުތުން އޭނާގެ ފޯން ހުޅުވާލިއެވެ.

“ދެން އެހެންވީރު މީ ކޯއްޗެއް..؟” ސެހްރިޝް އާކިފް އަށް އެފޮޓޯ ދައްކާލަމުން އެހިއެވެ. އާކިފް ވެސް ހުއްޓުން އެރިއެވެ. ސެހްރިޝް ފެށީ ހޭށެވެ.

“އޭރުވެސް އެނގޭ.. ދެން ބުނާނެ އެއްޗެއް ނެތެއްނު..” ސެހްރިޝް ބުނެލިއެވެ. އާކިފް އަނެއްކާވެސް ސެހްރިޝްގެ މޫނަށް ނަޒަރު ހިންގާލިއެވެ.

“ސެޝް ގަބޫލު ކުރިޔަސް ނުކުރިޔަސް.. ތީ އަހަރެންނެއް ނޫން.. އަހަރެން މިރެއަކު ބޭރަކަށް ނުދަން.. މަންމަ އަދި ބައްޕަ ކާރީ ވެސް އަހާބަލަ.. މަންމަގެ ދުވަސްވީ އެކުވެރިން ކޮޅެއް އާސްގެން އެމީހުންނާ އެކީ އަހަރެން މިރޭ އެއްކޮށް އުޅުނީ.. ސެހްރިޝް.. ތީ އަހަރެންނެއް ނޫން.. އަނެއްކާ އަހަރެންނާ އެއްވައްތަރު މީހެއް ސެޝް އަށް ފެނުނީތަ..؟” އާކިފް ސެހްރިޝްގެ އަތުގައި ހިފާލިއެެވެ. ސެހްރިޝް މިފަހަރަކު ދުލެއް ނުކުރެއެވެ. އޭނާ އިނީ އާކިފް އަށް ބަލާށެެވެ. ކުރިން ދުވަހު އޭނާ އަށް އެމީހަކު ފެނުނީ ސިގެރޭޓް އެއް ބޯން ހުއްޓައެވެ. އާކިފް ދުވަހަކުވެސް ސިގެރޭޓް ނުބޯ ކަމަށް އޭނާ ވަނީ ބުނެފައެވެ.

“އާކިފްގެ ޓުއިން އެއް ހުރޭތަ..؟” އިރުކޮޅަކު ބަލަން ހުރެފައި ސެހްރިޝް އަހާލިއެވެ. އާކިފް ކޮޑުއަރުވާލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ. އޭނާގެ ޓުއިން އެއް ހުންނަ ކަމެއް އޭނާ އަކަށް ނޭނގެއެވެ.

“ދެން މާދަމާ މަންމަ ކާރީ އަހާލާނީ.. ދެން ހިނގާ ނިދަން.. މިހާރު އެއޮށްގެން 3 ޖަހަނީ..” އާކިފް ސެހްރިޝްގެ ކަރުނަތަށް ނިކަން ލޯތްބާއި އެކު ފުހެލާފައި ބުނެލިއެވެ. ސެހްރިޝް ވެސް ބޯޖަހާލާފައި ދިޔައީ ފާހަނާ އަށެވެ. ސެހްރިޝް ފާހަނައަށް ވަނުމުން އާކިފް ގޮސް އެނދުގައި އޮށޯވެލިއެވެ. އަނެއްކާ އޭނާގެ ޓުއިން އެއް ހުންނަނީ ހެއްޔެވެ؟ އޭނާ އާއި އެހާ ވައްތަރު މީހެއް ހުންނަކަމަކަށް އޭނާއަށް ހަމަ ގަބޫލު ނުކުރެވެނީއެވެ.

“ގުޑް މޯރނިން މައި ލަވްލީ ހަބީ..” ކޮޓަރީގެ ފަރުދާތަށް ކަހާލުމާއި އެކު މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ޖައިލަމް އުނދަގުލުން ދެލޯ ހުޅުވާލިއެވެ. އޭރު އޭނާ ކުރިމަތީ ކޮޅަށް ޒާޔާ އިނެވެ. ޒާޔާ އިނީ ރީތިވެެގެންނެވެެ. ޖައިލަމް ވާޅަށް ދެމިލާފައި އަނެއްކާ ވެސް ދެލޯމަރާލިއެވެ.

“އޭޔްޔް.. ހޭލާ ދެން.. އޮފީހަށް ދާގަޑިޖެހެނީއެއްނު..” އަނެއްކާ ވެސް ޖައިލަމްގެ ގައިގައި ކޮށްޓާލަމުން ޒާޔާ ގޮވާލިއެވެ.

“ޒާޔާ އަހަރެން މިއުޅެނީ ޗުއްޓީނަގާގެން..” ޖައިލަމް ބުނެލިއެވެ. ޒާޔާ ހައިރާންވިއެވެ. ޖައިލަމް އޭނާ ކާރިޔަކު އެވާހަކައެއް ނުބުނެއެވެ.

“އެއީ..؟” އެނދުގައި އިށީންދެލަމުން ޒާޔާ އަހާލިއެވެ.

“އެއީ.. އަހަރެން ބޭނުންވަނީ ޒާޔާއާ އެކީ ގިނަވަގުތު ހޭދަކުރަން..” ޖައިލަމް ތެދުވެ ޒާޔާ އާއި ކައިރިވެލާފައި މަޑުމަޑުން ބުނެލިއެވެ.

“ޖައިލަމް.. އަހަރެން ބޭނުން މޫދަށް ދާން..” އިރުކޮޅަކު އެހެން ހުރެލާފަ  ޒާޔާ ބުނެލިއެވެ. ޖައިލަމް ހިނިތުންވެލިއެވެ. ޖައިލަމްގެ ހިތްގައިމު ހިނިތުންވުން ފެނިފައިި ޒާޔާ އިނީ ހުއްޓުން އަރާފައެވެ.

“އޯކޭ..” ޖައިލަމް އެއްބަސް ވިއެވެ. ޒާޔާ އުފަލުން އަތްޖަހާލިއެވެ.

އޮފީހަށް ގޮސް ސެހްރިޝް އަންނާނެ އިރެއްގެެ އިންތިޒާރުގައި އިނދެއިނދެ ސެހްރިޝް އެއް ނައެވެ. އަނެއްކާ ސެހްރިޝް އާއި އާކިފްގެ ދެމެދުގައި ދެކެވުނީ ކޮންވާހަކަތަކެއްހެއްޔެވެ؟ އެކަމު އެވާހަކަ އޭނާ އެއް ނާހަނެއެވެ. ސެހްރިޝް ބުނަން ދެކަށް އޭނާ މަޑުން ހުންނާނީ އެވެ. ބްރޭކްގަނޑި ކަމުން ތާރާ ދިޔައީ ގެޔަށެވެ. އޭނާ ސައިބުއިގެން އަނެއްކާ ވެސް ނިކުންނަން އުޅެނިކޮށް ކައިސާންގެ ފޯންކޯލެއް އައެވެ. ސައިކަލު ކާރީ މަޑުކޮށްލާފައި ތާރާ ފޯން ނެގިއެވެ.

“މިއަދު ހަވީރު ފްރީތަ..؟” ކައިސާން ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ތާރާ އާއެކޭ ބުނުމުން ކައިސާން ފޯން ބޭއްވިއެވެ.

“ފޮނި މީހެކޭ..” ހިތާ ހިތާ އެހެން ކިޔާލުމަށް ފަހު ތާރާ ސައިކަލު ދުއްވާލިއެވެ.

މިއަދު އާކިފް އެއްވެސް ސެހްރިޝް އެއް ވެސް އޮފީހަކަށް ނުދެއެވެ. އެދެމީހުން ތިބީ ގޭގައެވެ. ސެހްރިޝް އަދި ވެސް އާކިފް އަކާއި ވާހަކައެއް ނުދައްކައެވެ. އެކަމާއި އާކިފް ހުންނަނީ ވަރަށް ދެރަވެފައެވެ. ސައިބުއިގެން ސެހްރިޝް އިނީ ވާހަކަފޮތެއް ހިފައިގެން ސޯފާގައެވެ. އާކިފް ވެސް އިނީ އޭނާ ކާރީގައެވެ. ރަޝްފާ ސިޑިން ފައިބައިގެން އަންނަތަން ފެނުމުން އާކިފް ގޮވާލިއެވެ.

“މަންމާ.. އަހަރެންގެ ޓުއިން އެއް ހުރޭތަ..؟” އާކިފް އަހާިއެވެ. ރަޝްފާ އިސްޖަހާލިއެވެ. ސެހްރިޝް ވެސް އިނީ ބަލާށެވެ.

“ދަރިފުޅާ.. މަންމަ ދަރިފުޅުމެންނަށް ބަނޑުބޮނޑުވެގެން އުޅުނީރު.. މަންމަގެ ބަނޑުގައި ޓުއިން އެއް އޮށްކަމަށް ޑަކްޓާރ ބުއިން.. އެކަމު.. ވިހެއިފަހުން އަނެއްކުއްޖާ މަރުވީ..” ރަޝްފާ ކިޔާދިނެވެ. އާކިފް ދެރަވިއެވެ. މަންމަ ދެރަވާނެ ވަރު އޭނާ އަށް އެނގެއެވެ. ސެހްރިޝް ވެސް ދެރަވިއެވެ. އަމިއްލަ ދަރިއެއް ދުނިޔެ ދޫކޮށް ދިޔުމުން މައަކަށް ވަރަށް އަސަރު ކުރާނެއެވެ.

“އެކަމު މަންމާ.. ސެހްރިޝް އާ ތާރާ އަށް އުޅެނީ އަހަރެންނާ ވަރަށް ވައްތަރު މީހަކު ފެންނާތީ..” އާކިިފް ކިޔާދިނެވެ. ރަޝްފާ އެއީ ތެދެއްހޭ އެހިއެވެ. ސެހްރިޝް އޭނާ އަށް ފެނުނު މަންޒަރު ކިޔާދިނެވެ. ރަޝްފާ ބުނީ ރޭގައި އާކިފް ބޭރަށް ނުދާކަމާއިި ސެހްރިޝް ގަބޫލުނުކުރަންޔާ ސީސީޓީވީ ފުޓެޖް ދައްކަން ވެސް އޭނާ ބުންޏެވެ.

“އަދި ވެސް ތިހުރ އަަހަރެން ދެކެ ރުޅި އާސްތަ..؟” ރަޝްފާ ދިޔުމުން އާކިފް ސެހްރިޝް ކާރީ އަހާލިއެވެ.

“ސޮރީ އެގޮތަށް އާކިފް ހެދުނީމަ.. އަސްލު ވެސް ވަރަށް ބޮޑަށް ސޮރީ..” ސެހްރިޝް އިސްޖަހާލިއެވެ. ކަންވީގޮތް ރަގަނޅަށް ނުބަލައި އޭނާ އާކިފް އާއި ދިމާއަށް އެއްޗެހި ކީމަ އޭނާ ދެރަވިއެވެ.

“އިޓްސް އޯކޭ..” އާކިފް ސެހްރިޝް އޭނާގެ ގަޔާ ކާރިކޮށްލިއެވެ.

“ބޭނުންތަ ބޭރަށް ގޮސްލަން ހަވީރު..؟” އާކިފް އަހާލިއެވެ. ސެހްރިޝް އެއްބަސް ވިއެވެ.

ހަވީރުގެ ވަގުތެވެ. ސެހްރިޝް އާއި އާކިފް ބޭރަށް ދިޔައެވެ. މިއަދު ދެމީހުން ވެސް ބޭނުންވީ ފައިމަގުގައި ހިގާށެވެ. ކުޑަކަމެއް ކޮށްލަން އާކިފް އޮފީހަށް ވަދެލާނަމޭ ބުނެފައި ސެހްރިޝް ބާންދާފައި އޭނާ ދިޔައެވެ. ގާތްގަޑަކަށް 15 މިނެޓްފަހުން ސެހްރިޝް އުޅުނީ އާކިފް އަށް ގުޅާށެވެ. އޭނާ ބަނޑުހައިވާހަކަ ބުނެލާށެވެ. އެކަމު ފޯން ހުޅުވާލި ތަނާހެން ފެނުނީ އާކިފް އެވެ. ސެހްރިޝ ދުވެލާފައި ގޮސް އާކިފްގެ އަތުގައި ހިފައިގަތެވެ.

“ހާދަ ލަހޭ.. އަހަރެން ވަރަށް ބަނޑުހައި ހިގާބަ ތާކަށް ގޮސްލަން..” ސެހްރިޝް އާކިފްގެ މޫނަށް ބަލައިވެސް ނުލާ ބުނެލިއެވެ. އާކިފް އޭނާގެ އަތް ދުރުކުރުވުމުން ސެހްރިޝް އަށް ބަލާލެވުނެވެ. އެދެލޮލުން ފެނުނީ ބީރައްޓެހިކަމެވެ.

“އަމް.. އައިތިންކް ނުބައި މީހެއް ކާރިޔަށް ހެން ތި އާދެވުނީ..” އެމީހަކު ބުނެލިއެވެ. އެކަމު އެއީ ހަމަ އާކިފް އެވެ. އެއްވެސް ތަފާތެއް ނެތެވެ. ހަމަ އާކިފް ލައިގެން ހުރި ކަހަލަ އެއްޗެއްސެވެ.

“ސެހްރިޝް..؟” ފަހަތުން ގޮވާލުމުން ސެހްރިޝް އަށް ބަލާލެވުނެވެ. އެއީ އާކިފް އެވެ. މިއީ ވެސް އާކިފް އެވެ. އާކިފް އަށް ބަލާލެވުނީ ސެހްރިޝް ކާރީ ހުރި މީހާ އަށެވެ. އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހީވަނީ ލޯގަނޑަކަށް ބަލަން ހުރެވުނު ހެންނެވެ. ސެހްރިޝް އޭނާގެ ދެފަރާތުގައި ހުރި ދެމީހުންނަށް ފަހަރަކު މީހެއްގެ މޫނަަށް ބެލެނީއެވެ.

*ނުނިމޭ*

Share Article

_MuXo_
Follow Me Written By

_MuXo_

Level 110 Stories

Other Articles

Previous

ލޯބިން ބުނާތީ 44

Next

އެންމެ ފަހު ސިޓީ ـ 6

Next
August 22, 2026

އެންމެ ފަހު ސިޓީ ـ 6

Previews
August 22, 2026

ލޯބިން ބުނާތީ 44

5 Comments!

  1. _MuXo_ _MuXo_ says:
    August 22, 2026 at 4:33 pm

    Guys I want to ask you guys something!! 🤭
    Soooo.. What if I wrote a bl story.. Will you guys read?? 😝😭

    1. Anonymous says:
      August 22, 2026 at 6:46 pm

      Girl-……
      😭😭😭😭😭😭

    2. Anonymous says:
      August 22, 2026 at 7:50 pm

      What does it mean

  2. _MuXo_ _MuXo_ says:
    August 22, 2026 at 6:54 pm

    Is that a yes???

  3. Anonymous says:
    August 22, 2026 at 7:52 pm

    Boys love story right?

Comments are closed.



All Right Reserved!