Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭގަރާރު ވެއްޖޭ-24

_MuXo_ Level 1
July 14, 2026 3 Mins Read
5 Comments

“ތިވާނީ ހީވިގޮތަކަށް.. އަނެއްކާ ބޭބީ މާނިދިއައީތަ..؟” ކައިސާން ތާރާގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ.

ތާރާ ވެސް ފަހުން އެވާހަކަ ނުދެއްކީ ކައިސާން ބުނި ފަދައިން އޭނާ އަށް ފެނުނުހެން ހީވާނީ ކަމަށް ގަބޫލު ކުރަމުންނެވެ.

*ޕާރޓް-24*

ސެހްރިޝް އަށް ހޭލެވުނީ މީހެއްގެ ހޫނު ނޭވާ އޭނާގެ ކަރުގައި ބީހެމުން ދާތީއެވެ. އެސްފިޔަތަށް ތަޅުވާލާފައި އޭނާ ދެލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ހަށިގަނޑުގައި ބައްދާލައިގެން ނިދާފާ އެއޮތީ އާކިފް އެވެ. ސެހްރިޝް އަށް ރޭގެ ހަނދާންތަށް މަޑުމަޑުން ހަދާނުގައި ފެވުނެވެ. ވަގުތުން އޭނާގެ މޫނު ރަތްވިއެވެ. އޭނާ އާކިފް އަށް ބަލާލިއެވެ. އޭރުވެސް އާކިފް ވެސް އޮތީ ނިދާފައެވެ. ސެހްރިޝް ފޯނުނަގައި ގަޑި ބަލާލިއެވެ. ގަޑިން 9 ޖެހީއެވެ. އޮފީހަށް ދާގަނޑި ޖެހި ފަހަނަ އަޅާ ގޮށްސިއެވެ.

ސެހްރިޝް އާކިފްގެ ގައިގައި ކޮއްޓާލިއެވެ. އޭނާ ހޫމް ލައްވާލިއެވެ.

“މިހާރު 9 ޖެހީ.. އޮފީހަކަށް ވެސް ނުދެވުނެއްނު..” ސެހްރިޝް ބުނެލިއެވެ. އާކިފް ކުޑަކޮށް ހީލިއެވެ.

“މާރަގަނޅެއްނު.. އަހަރެންނަށް ސެޝް އާ އެކީ ގިނަ ވަގުތު ހޭދަކުރުވޭނެ..” އެހެން ބުނެ އާކިފް ސެހްރިޝްގެ މޫނަށް ބަލާލިއެވެ. އާކިފް ބަލާލި ގޮތުން އޭނާ ލަދުގަތެވެ.

“ސެޝް ބްލަޝް ވީމަ ވަރަށް ކިއުޓް..” އާކިފް އެހެން ބުނުމުން ސެހްރިޝް އަށް ހެވިއްޖެއެވެ.

ދެމީހުން ވެސް ފެންވަރައި ހަދައިގެން ނުކުތީ ސައިބޯށެވެ. އޭރު މަސަތްކަތް ކުރާ މީހުން ސެހްރިޝް އަށް ބަލާފައި ހިނިތުންވެލަނީއެވެ. ހީވަނީ އެމީހުންނަށް އެއްޗެއް ފެނިގެން އުޅޭހެންނެވެ.

“ކީއްވެ އެހެނީ..؟” ސެހްރިޝް އާކިފް ކާރީ ސިއްރުސިއްރުން އަހާލިއެވެ.

އާކިފް ބަލާލިއެވެ. އޭނާ ސެހްރިޝްގެ ކަރަށް ބަލާލާފައި ހިނިތުންވެލިއެވެ. އޭނާ ކުރިކަމަކުން މިހާރު ސެހްރިޝްގެ ކަރުގައި ލަކުނެއް އެބަ ހުއްޓެވެ.

“ކަރުގަ އެބައިން..” އާކިފް ޖުމްލަ ފުރިހަމަ އެއް ނުކުރެއެެވެ. ސެހްރިޝް ދެލޯ ބޮޑު ކޮށްލިއެވެ. އޭނާ ވަގުތުން ދިޔައީ ކޮޓަރިއަށެވެ. އަނެއްކާ އެއްޗެހި ބަދަލު ކޮށްގެން އައިސް ދެމީހުން ސައިބުއެވެ.

ސައިބުއުމަށް ފަހު ސެހްރިޝް އުޅުނީ އާކިފް އަތު ނުޖެހޭށެވެ. އޭނާ ދިޔައީ އޭނާގެ ބައްޕަމެން ގެޔަށެވެ. އެގެޔަށް ގޮސް މަންމަމެންނާއި ވާހަކަ ދައްކާލާފައި އޭނާ ދިޔައީ ތާރާ އާއި އެކީ ފިހާރެއަށެވެ.

“ސޯ…؟” ސައިކަލު ދުއްވަމުން ތާރާ އަހާލިއެވެ.

“ކިހިނެއްވީ..؟” ތޮށްޖެހިފައިވާ އެމަގަށް ބަލާލަމުން ސެހްރިޝް އަހާލިއެވެ.

“ހައު އާރޔޫ..؟” ތާރާ ޖެއްސުމުގެ ރާގަކަށް އަހާލިއެވެ. ސެހްރިޝް ލަދުގަތެވެ. ތާރާގެ ކޮޑުގައި ޖަހާލާފައި ދުއްވޭތޯ ބުނެލިއެވެ.

ތާރާ އާއި ސެހްރިޝް ދެމީހުން ވެގެން ރަޝަން އަށް ގަމީހަކާއި ބޫޓެއް ގަނެގެން ނުކުމެ ދިޔައީ ކެފޭ އަކަށެވެ. ދެމީހުން ވެސް އޮލަ ވާހަކަތަކުގައި ތިބެ ސައިކަލު ޕާކް ކޮއްފައި ފައިބަނިކޮށް ލޮލުގައި އަޅައިގަތީ އާކިފް އެވެ. ތާރާ ސެހްރިޝް އަށް އާކިފް ދައްކާލިއެވެ.

“އެއީ އާކިފް އެއް ނޫންތަ..؟” ތާރާ ޔަގީންކޮށްލަން ވެގެން އަހާލިއެވެ. ސެހްރިޝް ވެސް އިނީ ބަލާށެވެ. އާކިފް އިނީ ފޯނެއްގައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ސީރިއަސް ކަމެވެ. އިރުކޮޅަކު އެހެން ހުރެފައި އާކިފް ފޯނުބާއްވާފައި ސިގެރޭޓެއް ރޯކޮށްލިއެވެ.

“ރޭގަވެސް ދެކުނިން އާކިފް.. އެކަމު ކައިސާން ބުނީ އެއީ އަހަރެންނަށް ހީވިގޮތޯ.. އެކަމު މިފަހަރަކު ނުބުނެވޭނު އެއީ ހީވިގޮތޭ..” ތާރާ ދެއްކިވާހަކަ ސެހްރިޝްގެ ކަންފަތަކަށް ނުފޯރިއެވެ. އޭނާ އަށް އެނގޭގޮތުގައި އާކިފް އެއް ސިގެރޭޓެއް ނުބޮއެވެ.

ދެމީހުން ވެސް ބަލަން ތިއްބައި ކާރެއް އައުމުން އެއަށް އަރައިގެން އޭނާ ގޮށްސިއެވެ.

“ވިއާރޑް..” ސެހްރިޝް ބުނެލިއެވެ. ދެމީހުން ވެސް ގޮސް ކެފޭއަށް ވަދެ ކޮފީއަކަށް އޯރޑަރ ކޮށްލިއެވެ.

އިޒްދާން އިނީ ގެޔެއް ކުރިމަތީ ހުއްޓިލާގެންނެވެ. އަވި ގަދައެވެ. ނަމަވެސް އޭނާ އަށް އޭގެން އުނދަގޫ ވާހެނެއް ހިޔެއް ނުވެއެވެ. އޭނާ އިނީ ކޯޓެއްލައިގެންނެވެ. އަނެއްކަ ފަހަރަށް ފޯނަށް ބަލާލީ މީ އަނެއްކާ ރަގަނޅު އެޑްރެސް ކަމަަށް ޔަގީން ކޮށްލުމަށެވެ. އާދައިގެ ގޮތަކަށް އަޅައިފައިވާ އެގޭގެ ވަށާ ފާރެއް ނެތެވެ. ހުރީ ފެންސު ޖަހާފައެވެ. އެތެރޭގައި ވަނީ ފެހިކަން ގަދަ ވިނަ ހައްދާފައެވެ. ދަގަނޑު އެގޭޓް ހުޅުވާލާފައި އިޒްދާން ވަނެވެ. ލަސް ފިޔަވަޅު ތަކެއްގައި އޭނާ ގޮސް ދޮރުގައި ޓަކި ދިނެވެ. ދެތިން ފަހަރަކު ޓަކިދީފިއެވެ.

” އާން މިދަނީ.. މަޑުކޮށްލާ..” އެތެރޭން އިވުނީ އަންހެން ކުއްޖެއްގެ އަޑެވެ. އިޒްދާންގެ ހިތް ތެޅިލިއެވެ. އޭނާ އިސްޖަހާލިއެވެ. ފިޔަވަޅުތަށް ކައިރިވަމުން އައިސް ދޮރު ހުޅުވާފިއެވެ. އިޒްދާންގެ ކަޅި ހަމަވީ ބީރައްޓެހި ލޮލަކާއެވެ. އޭނާ އެކުއްޖާގެ މޫނަށް ބަލާލިއެވެ. އެއީ ލަޔާން އެއް ނޫނެވެ.

“ކީއްކުރަން..؟” އެކުއްޖާ އަހާލިއެވެ. އިޒްދާން ސިހުނެވެ.

“ލަޔާން އެބަ އުޅޭތަ..؟” އިޒްދާން އަހާލިއެވެ.

“ނޫން..” އެކުއްޖާ ގޭތެރެ އަށް ބަލާލަމުން ބުނެލިއެވެ. އިޒްދާން އޭނާ އަތުގައި އޮތް މާބޮނޑި އެކުއްޖާ އަތަށް ދިއްކޮށްލިއެވެ.

“މީ ލަޔާން އަށް..” އިޒްދާން އެހެން ބުނުމުން އެކުއްޖާ އޭގައި ހިފިއެވެ. ހިނިތުންވެލާފައި އިޒްދާން ދިޔައެވެ. އެހެންމަ މިއީ އަސްލުވެސް ލަޔާން އުޅޭތަން ތާއެވެ. އަދި އޭނާ ލަޔާން އާއި ބައްދަލު ކުރާނެއެވެ.

ފޮތަކާއި ގަލަމެއް ހިފައިގެން ލިޔަން އިން ޒާޔާ އަށް ޖައިލަމް އިނީ ގެއްލިފައެވެ. ޒާޔާގެ ހާލަތު މިހާރު ފުދޭވަރަކަަށް ރަގަނޅެވެ. ޒާޔާގެ މަންމަމެން އެދިގެން އޭނާ ޒާޔާ ގޮވައިގެން ފަންޑިތަ ވެރިއެއް ކައިރިއަށް ގޮސް އެބަލި ރަގަނޅު ކުރެވޭތޯ މަސަށްކަތް ކުރިއެވެ. ދުވަހަކަށް ވުރެއް ދުވަހެއް ޒާޔާ ދަނީ ރަގަނޅު ވަމުންނެވެ. އެކަމާއި ޖައިލަމް ހުންނަނީ އުފާވެފައެެވެ. ޒާޔާގެ ކުރީގެ ހަޔާތަށް އޭނާ އަށް އަނބުރާ ދެވޭތީއެވެ.

“ޖައިލަމް.. އަހަރެން ބަނޑުހައި..” ބަނޑުގައި އަތް ޖައްސާލަމުން ޒާޔާ ތުން ބިންދާލިއެވެ. ޖައިލަން ހިނިތުން ވެލިއެވެ.

“އަދި ތިއުޅެނީ އެއްމެ ޕޭޖެއް ނުލިޔެވިގެން.. އެއް ޕޭޖު ލިޔުނީމަ ދެވޭނީ..” ޒާޔާ ތުން އަނބުރާލާފައި އަނެއްކާ ވެސް ލިޔަން ފެށިއެވެ.

“ދޮންތާ..” ގޭތެރެއަށް ވަދެގެން އައި ލަޔާން ފެނި ލިވީ ދުވެފައި އައެވެ. އޭނާ ގުރީ ހިނިއައިސް ހުރިހާ ދަތްތަކެއް ސޭލް އަޅުވާލާގެންނެވެ.

“ކޮންމެ ވެސް މީހަކު އައިސް ދޮންތި އަށް ހޯދި..” ލިވީ ބުނެލިއެވެ. ލަޔާން ބުމަ އަރުވާލިއެވެ.

“ކާކު..؟” އޭނާ ބަދިގެޔަށް ވަނެވެ. ލިވީ ވެސް އޭނާ ފަހަތުން ވަނެވެ.

“ނޭނގެ ހުރީ މާސްކެއް އަޅާފަ.. އެކަމު ވަރަށް ހޮޓު.. އަދި އެނގޭތަ.. އެއޮތީނު ބޮކޭ އެއް އެއީ އޭނަ ދޮންތި އަށޭ ކިޔާފަ ދިން އެއްޗެއް.. ސޯ ރުމޭންޓިކް..” ލިވީ އެބޮކޯ ހިފައިގެން އައިސް ލަޔާން އަށް ދިނެވެ. އެއީ ހުސްް ރަތް ކުލައިގެ މާތަކެވެ. އޭގައި ގާތްގަޑަކަށް ފަސް މާއޮތެވެ. ކަޅުކުލައިގެ ކަރުދާހުން ވަނީ މާތަށް ވަށާލެވިފައެވެ. ލަޔާންގެ ލޮލުގައި އަޅާގަތީ އޭގައި އައްސާލާފައި އިން ގަނޑުކޮޅެވެ. އޭނާ ވަގުތުން އެގަނޑުކޮޅު ކިޔާލިއެވެ.

“އައި އޭމް ބެކް ޑޯލް..” ލަޔާންގެ ދެލޯ ބޮޑުވިއެވެ. އޭނާ އާއި ދިމާއަށް “ޑޯލް” އޭ ކިޔާފަ ގޮވާނީ އެއްމެ މީހެކެވެ. ލަޔާންގެ ހިތް ތެޅިގަތެވެ. ދެލޯ ބޮޑުވިއެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

_MuXo_

Level 1

Other Articles

Previous

ރަހުމްކުރާށެވެ – 5

Next

ނޭނގި ވެވުނީ ލޮތްބޭ – 03 ބައި

Next
July 14, 2026

ނޭނގި ވެވުނީ ލޮތްބޭ – 03 ބައި

Previews
July 14, 2026

ރަހުމްކުރާށެވެ – 5

5 Comments!

  1. Shaba_17 says:
    July 14, 2026 at 8:58 am

    Mi part ves vrh Reethi MA 💗
    Me first yayy yayy 😅🎉🎊
    Alhamdhulillah zaya rangalhu vey dhw eba
    Umm Anehkaa eii Aakif baa I’m so curious 😳
    Curiously waiting for the next part When’s next?
    Lysm and Tc 💗

    1. _MuXo_ says:
      July 14, 2026 at 3:14 pm

      Awwn thank you Shaba_17 🥰
      Yes you first.. ✨
      Vhk kuriyah dhaavarakah egeyne dhw dhen.. 👀
      Next part dhen in 2 vhk liyelaafa 😉
      Love you more bbg you also take care honey💗💙

  2. Alaika_22 says:
    July 14, 2026 at 1:27 pm

    Mi part vess vrh rythi MA!! 😍
    Aakif and seherish is soo cute 🤭💕
    Yeaa Alhamdhulillah zaaya is getting better now 😊
    Curiously waiting for next part…… when’s nxt???????
    Lysm and tc 💗💌

    1. _MuXo_ says:
      July 14, 2026 at 3:16 pm

      Happy to know that you enjoyed this part aswell 💙
      Ikr✨
      Yess she is getting better 🤗
      Next part dhen in 2 vhk liyelaafa 👍
      Love you more princess you also take care 💙😉

  3. Black says:
    July 14, 2026 at 8:45 pm

    Glad to get the opportunity to read you’re fabulous tales After a long time… MA🖤 Marvellous this part!! 🌺 🌺 Keep it up!!
    You can do it!!!
    Never give up until you’re satisfied🖤
    Lysm💔😥 & Tc better💗💋

Comments are closed.

Next Episodeމުޅި ހިތް ބޭގަރާރު ވެއްޖޭ-24←


All Right Reserved!