Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-35

flower_ Level 110 Stories
July 19, 2026 4 Mins Read
2 Comments

*”ކިހާ ރީތި. ދާނެ އިތުރު ތަނެއް ހުރީކީ ނޫން. ބައްޕާ ވިއްޔާ. ހިތުގަ ރަހުމެއް ހުންނާނެއްނު. ރައުފާ މިންނަ ކައިރީ ބުނޭ މިގޭގަ އުޅުނަސް އެހެން މީހުންގެ ކުރިމައްޗަށް ނުނުކުމެ އުޅޭށޭ.” ނަދީމް ބުންޏެވެ.*

“މަށައް ނޫޅެން އޭނާއާ އަނގައިން ބުނާކަށް. ރަނާ ގޮސް ބުނެ މިންނަ ކައިރީއެހެން.” ރައުފާ ރުޅި އައިސްފައި ބުންޏެވެ. އެކަކުވެސް އިތުރައް އެކަމަކާ އެއްޗެކޭ ނުބުންޏެވެ.

“އިއްޔެ ވަރަށް ބޮޑު އިންޕްރޫވްމެންޓް އެއް ފެނުނު. އެގޮތަށް ވީހާވެސް ޕޮޒިޓިވް ކޮއް ބަހައްޓާ. ޑރ. މިންހާ އަމިއްލަ އަށް ވެސް ޕޮޒިޓިވް ކޮށް ހުރެވޭތޯ ބަލާތި. ހެނދުނު ގަޑީގައި ވެސް ހަމަ ގާޑަން އަށް ނުކެލިއްޔާ ރަނގަޅުވާނީ.”ޑޮކްޓަރު މިންހާ ބަލައިލައިފައި ބުންޏެވެ. ރިޝްފާ އާއި ހަސަންގެ އިތުރުން ނާއިލް ވެސް އިނީ ކަނުލައި އަޑު އަހާށެވެ. “އޯކޭ. ޓޭކް ކެއަރ.”

“ދައްތާ އާއި ބޭބެ ތިބޭނީ ވަރުބަލި ވެފައެއްނު. އަހަރެން ހުންނާނަން. ދައްތަމެން ދޭ ގެއަށް.” ނާއިލް ހިނިތުން ވެލަމުން ބުންޏެވެ.

“ނާއިލް އަށް ހުރެވެންޏާ ބޭބެމެން ގޮސްލީއޭ. މިންހާ. ދަރިފުޅާ. ޑޮކްޓަރު ދެއްކި ވާހަކަ އަޑު އިވުނެއްނު. ރަނގަޅަށް ރެސްޓް ކުރައްޗޭ. މާ ބޮޑައް ނުވިސްނައްޗޭ.” ހަސަން ބުންޏެވެ.

“އޯކޭ ބައްޕާ.” މިންހާ ކުޑަކޮށް ހިނިތުންވެލަމުން ބުންޏެވެ.

މިންހާ އޮތީ ލޯމަރައިލައިގެންނެވެ. ނިދާފައެއް ނޫނެވެ. ނާއިލް އެތާ ހުރި އިރު ވެސް އޭނާ އެއްވެސް ވަރަކަށް އަޅައެއްނުލައެވެ.

“އޯކޭތަ؟ ހާދަ ފާޑަކަށް ތިއޮންނަނީ.” ނާއިލް އަށް އެކަން ފާހަގަވެގެން އެހިއެވެ.

“ވަރަށް ޓަޔަޑް.” މިންހާ ބުނެލީ ހަމައެކަނި އެހެންނެވެ.

“ކިހިނެއްވީ؟ ރޭގަ ރަނގަޅަށް ނުނިދެނީތަ؟”

“ނޫން. ހަމަ ޓަޔަޑް ވެފަހުންނަނީ.”

“އެހެން ވީއިރު ނިދާލަންވީއެއްނު.”

“ނިދަން އުޅުނަސް ނުނިދެ. އަހަރެން ބޭނުން ބޭރައް ނުކުމެލަން.”

ނާއިލްގެ އެހީގައި މިންހާ އެނދުން ފެއިބިއެވެ. ހަމަ އެއާއި އެކު އޭނާ ބޯއަބުރައިގަތެވެ.

“މިން ހަމަ އަސްލަށް ވެސް އޯކޭތަ؟” ނާއިލް ހާސްވެފައި އެހިއެވެ.

“އަހަރެން ރަނގަޅޭ.” މިންހާ ބުންޏެވެ.

“މިން އެއް ނުވެއް ބުނާނެ ކަމެއް ވިއަސް. އަހަރެންނަށް ހީވަނީ މިން އޯކޭ އެއް ނޫންހެން.”

“އައިމް ފައިން. މާގިނައިރު އޮށޯވެގެން އޮތީމަ ކުޑަކޮއް ބޯއަނބުރާ ގޮތްވީ.”

“އަރ ޔޫ ޝުއަރ؟” ގަބޫލުނުކުރާ ކަހަލަ ރާގެއްގައި ނާއިލް އެހިއެވެ.

“މަންމާ. ހަމަ އަހަރެންނާ ވާހަކަ އެއް ނުދައްކާނަންތަ؟” ރައުފާ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮއްވައި މިންނަ އައިސް ރައުފާ ކުރިމައްޗަށް ހުއްޓިލަމުން އަހައިލި އެވެ.

ރައުފާ ރުޅިވެރި ނަޒަރަކުން މިންނަ އަށް ބަލައިލިއެވެ.

“މަންމާ. އަހަރެންނަށް ކުށެއް ކުރެވުނީ. އަހަރެންނަށް މަޢާފު ކޮއްދީ. މަންމާ ތިހެން ރުޅިއައިސް ހުރީމަ އަހަރެން ވަރަށް ދެރަވޭ.” މިންނަ ރައުފާ އާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުންޏެވެ.

“ކަލޭ ކައިރިއަކު ނުބުނަށްތަ މަގޭ ކުރިމައްޗަށް ނާރާށެކޭ. ދެން ކީއްކުރަންތަ މިތާ ތިހުންނަނީ. ކަލޭ އާއި ހެދި މަ މިހުންނަށްޖެހެނީ ލަދުން މަރުވާ ވަރު ވެފަ. ދާން އުޅޭ މިތަނުން.” ރައުފާ ކޮޅައްތެދުވި އެވެ. އެވަގުތު ނަދީމް އޮފީހައްދާން ތައްޔާރުވެގެން ނުކުތެވެ.

“މިންނަ މިތާ ކީއްތިކުރަނީ؟ ދޭ ކޮޓަރިއަށް.” ހަރުކަށި ރާގެއްގައި ނަދީމް ބުންޏެވެ.

“ބައްޕާ. އަޅުގަނޑު ދެކެ ތިގޮތައް ރުޅިނާދޭ. އަޅުގަނޑު ވަރަށް ދެރަވޭ. ބައްޕާ. އަޅުގަނޑަށް ކުށެއް ކުރެވުނީ. މަޢާފު ކޮއްދީ.” މިންނަ ރޮމުން ބުންޏެވެ.

“ދެރަވެއޭ ބުނާއިރު މި ބައްޕަ އާއި މަންމަގެ ހިތުގަ އަޅާ ވެން މިންނަ އަށް އެނގޭތަ؟ ތިހާ ނުބައި ކަމެއް ކުރިއިރު އެންމެ ފަހަރަކު ވެސް ދެން ވާނެ ގޮތަކާއި މެދު ވިސްނައިލިންތަ؟ ދެން މިންނަ އަހަރެންމެން ބުނާ ގޮތަކަށް ކަންތައް ކުރިއްޔާ އެންމެ ރަނގަޅުވާނީ. މީހުންގެ ކުރިމައްޗަށް ނުނުކުމެ ކޮޓަރީގަ އޮވޭ.” މިހެން ބުނެފައި ނަދީމް ނުކުމެގެން ދިޔައެވެ. ރައުފާ ވެސް މިންނަ ރޯން އެކަނި ބަހައްޓާފައި ގޭތެރެއަށް ވަނެވެ.

މިންހާ އާއި ނާއިލް ތިބީ ހޮސްޕިޓަލްގެ ބަގީޗާ ތެރޭ އިން ހިލަ ގޮނޑިއެއްގަ އިށީންދެލައިގެންނެވެ. އެހެން ތިއްބައި ކުރިމައްޗެއް އައިސް ހުއްޓުނީ އެއްކަލަ ފިރިހެން މީހާ އެވެ.

“ކޮންއިރަކުން ކައިވެނި ކުރަނީ؟” އާދައިގެ ގޮތަކަށް އެމީހާ އަހައިލިއެވެ. ނާއިލް އާއި މިންހާ އެކަކު އަނެކަކާއި ދިމާލައް ބަލައިލި އެވެ.

“ކުރާނަން. ތީކާކު؟ ކީއްވެ އަހަރެމެންގެ އަމިއްލަ ވާހަކަތައް ތިއަހަނީ؟” ނާއިލް ހިތްހަމަނުޖެހިފައި އެހިއެވެ.

“ވަރަށް ރީތި ކުއްޖެއް. ރީތި ކުދިންނަށް ގިނަ މީހުން ހިތްކިޔާނެ. ކިރިޔާ ވެސް ދޫކޮއްލައިފިއްޔާ އެހެން މީހަކު ޖަހައިގަނެގެން ގެންގޮސްފާނެ. ރުހުމުގަ ވިޔަސް ނުރުހުމުގަ ވިޔަސް.” ނާއިލް ކުރި ސުވާލައް ޖަވާބު ދިނުމެއް ނެތި މިންހާ އާއި ދިމާލައް ބަލަހައްޓައިގެން ހުރެ އެމީހާ ބުންޏެވެ.

އެ މީހާގެ ބެލުމިގައި އުނދަގޫވާފަދަ ގޮތެއް ވިއެވެ. އޭނާ ވާހަކަ ދެއްކިއިރު އިންޒާރެއް ދިން ފަދަ އެވެ. މިންހާ ބިރުގަތެވެ. އޭނާ ނާއިލްގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިލި އެވެ.

އެދެމީހުންނަށް ހިނިތުންވުމެއް ހަދިޔާ ކޮއްލުމައް ފަހު އެމީހާ އެތަނުން ދިޔައެވެ. މިންހާ އެންމެ ހިނދުކޮޅަކަށް ވެސް އެތާގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ.

އިއްޔެ އެކޭއި އެއްފަދައިން މިއަދުވެސް ފިނިފެންމާ ބޮނޑިއެއް ސައިޑްކަބޮޑް މަތީގައި އޮތެވެ. މިންހާ އަށް ވުރެ ކުރިން ނާއިލް ގޮސް އޭގައި އޮތް ކަރުދާސްކޮޅު ނަގައި ކިޔައިލި އެވެ.

“އަހަރެން ވަރަށް އަވަހައް މިންހާ ބަލައި އަންނާނަން. ޝާމް.” އޭގައި ވެއެވެ. ނާއިލް އަށް ދަތްކުޑިވިކައިލެވުނެވެ.

“ކީކޭ އޮތީ؟ ދައްކަބަ އަހަރެން ވެސް ބަލައިލަން.” ކަރުދާސްތަކޮޅު ނަގަން އަތް ދިއްކޮށްލަމުން މިންހާ ބުންޏެވެ. ނަމަވެސް ނާއިލް އޭނާގެ އަތައް ނުދޭން ދުރުކޮއްލި އެވެ.

“އެއްވެސް އެއްޗެއް ނޫން.”

“ނާއީ. އަހަރެން ވެސް ބޭނުމޭ އެނގެން.”

“މާބޮޑު އެއްޗެއް ނޫން. އަޅައިނުލާ.”

“އަހަރެންނަށް މީހަކު ތިގޮތައް އެއްޗެހި ފޮނުވީމަ އަހަރެން ވެސް އެނގެން ބޭނުމޭ ތީގާ އޮތް އެއްޗެއް.” މިންހާ ގޮތްދޫނުކުރަން ބުންޏެވެ. ނާއިލް މިންހާ އަތައް އެކަރުދާސްކޮޅު ދިނެވެ.

“މިވެދާނެތަ އެމީހާއަށް؟” މިންހާ ވިސްނަމުން ބުންޏެވެ. “އެމީހާ ވެސް ވަރަށް ފާޑެއްގެ ވާހަކަ އެއް ދެއްކީ.”

ނާއިލް އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ނަރުސް ކުއްޖަކު ވަނެވެ. މިންހާގެ ޓެސްޓް ހެދުމަށް ލޭނަގާށެވެ.

“މިގަޑީ ޓެސްޓް ތައް ހަދާފައި ރަނގަޅިއްޔާ ގެއަށް ދޫކޮއްލާނަން.” ލޭނަގައި ނިންމައިފައި ނިކުންނަންދަމުން ނަރުސް ކުއްޖާ ބުންޏެވެ.

ނަރުސް ކުއްޖާ ނުކުރުމާއި އެކު އައިޒާ އައެވެ. އޭނަ އަތުގައި ރަތް ފިނިފެންމާ ބޮނޑިއެއް އޮތެވެ. އައިޒާ ސުވާލުން ފުރިގެން ވީ ނަޒަރަކުން މިންހާ އަށް ބަލަހައްޓައިގެން ހުރެ އައިސް ކައިރި އަށް ހުއްޓިލިއެވެ.

“ކޮންމެވެސް ޝާމް އެއް ފޮނުވި އެއްޗެކޯ. މަސައްކަތު ދައްތަ އެއް ގެނެސްދިނީ. ނޯޑް އެއް ވެސް އެބަ އޮތް. އަހަރެން ނުވެއް ބަލަން.” އައިޒާ ބުންޏެވެ. ނާއިލް ވަގުތުން އައިޒާ އަތުން މާބޮނޑި ޖަހައިގަތެވެ.

“މިންހާ ތީ ހަމައެކަނި އަހަރެންގެ މީހެއް. ޝާމް.” މިހެން ލިޔެފައި ވެއެވެ. ނާއިލްގެ ހިތައް ވެރިވީ ރުޅިވެރި ކަމެވެ.

“ކީކޭ އޮތީ؟” މައުސޫމު ގޮތަކައް މިންހާ އަހައިލި އެވެ.

“މިން އަށް ނޭނގުނިއްޔާ ރަނގަޅުވާނީ.” ނާއިލް ދުރުބަލައިލަމުން ބުންޏެވެ.

“ޕްލީޒް.” މިންހާ ބުނެލިއެވެ. އައިޒާ އިނީ ވާނުވާ ނޭނގިފައެވެ.

މިންހާ ކިޔާވަރުން ނާއިލް މިންހާ އަށް ނޯޑް ގައި އޮތް އެއްޗެއް ދެއްކި އެވެ. މިންހާގެ ދެލޯ ބޮޑުވިއެވެ.

“ކާކުބާ؟” މިންހާއަށް ބުނެވުނެވެ.

“މިން އެކަމާ ނުވިސްނާ. އަހަރެން އެމީހަކު ހޯދާނަން.” ނާއިލް ބުންޏެވެ.

އެދުވަހު މެންދުރުގެ ވަގުތެއްގައި މިންހާ ގެއަށް ދޫކޮށްލެވުނެވެ. މިންހާ އަށް ގެއަށް ވަދެވުމާއެކު އެކު ރައުފާ ދުވެފައި އައިސް މިންހާ ގައިގައި ބައްދައިލިފައި ރޯންފެށި އެވެ.

“މިންނަގެ ސަބަބުން މިންހާ އަށް މިހާލުޖެހުނީ. ތުއްތަ މިހުރީ ވަރަށް ލަދުގަނެފަ.” ރައުފާ ބުނަމުން ދިޔައެވެ.

“ތުއްތާ. ނުރޮއި. އެއީ މިންނަ އަމިއްލައަށް އަރައިގަން ކުށެއް.” މިންހާ އަށް ވެސް ރޮވުނެވެ.

“ރައުފާ. ދެން ތިވާހަކަ ނުދައްކާ. ދެން އެވާހަކަ ދެއްކިޔަސް ހަގީގަތް ބަދަލެއް ނުކުރެވޭނެ. ދެން ނުރޮއި.” ރިޝްފާ އައިސް ރައުފާގެ ކޮނޑުގައި ހިފައިލަމުން ބުންޏެވެ. އިރުކޮޅަކުން ރައުފާ ވެސް ހަމައަކައް އެޅުނެވެ.

“މިންހާ ދެން ދޭ އޮށޯވެލަން. ތުއްތަ ދާނަން އިރުކޮޅަކުން.” ރައުފާ ބުންޏެވެ.

މިންހާ ކޮޓަރިއަށް ވަންނަން ދިޔައިރު މިންނަ ހުރީ އޭނާގެ ކޮޓަރި ދޮރު ކުޑަކޮއް ހުޅުވައިގެން ބަލާށެވެ. މިންހާ އަށް އެމަންޒަރު ފެނުނެވެ. ނަމަވެސް އޭނާ އަޅައިނުލައި ވަދެގެން ދިޔައީއެވެ. މިންނަގެ ހިތައް ވަރަށް ބޮޑައްތަދުވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. މިންހާގެ ހާލަތު ހަމައަކައް އެޅި ހޮސްޕިޓަލަށް އަލުން ނިކުންނަން ފެށި ފުރަތަމަ ދުވަހެވެ.

ހޮސްޕިޓަލައް ވަދެގެން ދިޔައިރު ދުރުގައި ބަލަން ހުރި ފިރިހެނެއް މިންހާގެ ލޮލުގައި އަޅައިގަތެވެ. ކުޑަކޮއް މަޑުކޮއްލާ ބަލައިލި އެވެ. އެއީ މިންހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް އިރު ހޮސްޕިޓަލް ބަގީޗާ ތެރެއިން ފެނުނު މީހާ އެވެ. އެމީހާ ހުރީ ސީދާ މިންހާ އާއި ދިމާލައް ބަލާށެވެ. މިންހާއަށް އެމީހާ ފެނުމުން ވެސް ދާކަށް ނޫޅެއެވެ. މިންހާ އަވަސް އަވަހައް ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ.

ބަލިމީހުން ބަލާ ކޮޓަރިއަށް ވަދެވުމާއެކު އެކު މިންހާ އަށް މޭޒުމަތީގައި އޮތް ރަތްކުލައިގެ ފިނިފެންމާ ބޮނޑި ފެނުނެވެ. އެހެން ފަހަރު ތަކެކޭ ވެސް އެއްގޮތައް މިފަހަރުވެސް ނޯޑް އެއް އޮތެވެ. މިންހާ އިނީ ކުރިއަށް ފިޔަވަޅެއް ވެސް އަލަށް ހަނދާންނެތިފަ އެވެ.

އައިޒާ އަށް އާދެވުނު އިރު ވެސް މިންހާ ހުރީ އެހެންނެވެ. އައިޒާގެ ލޮލުގައި ވެސް ވަގުތުން އެ މާބޮނޑި އަޅައިގަތެވެ.

“މިންހާ އެނބުރި އައީމަ ނަރސް އެއް ބޭއްވި އެއްޗެއް ކަންނޭނގެ.” އައިޒާ އެތެރެއަށް ވަންނަމުން ބުންޏެވެ. މިންހާ ވެސް ފަހަތުން މަޑުމަޑުން ވަދެ ނޯޑް ނެގިއެވެ.

އޭގައި އޮތް އެއްޗެއް ކިޔައިފައި މިންހާގެ ދެލޯ ބޮޑުވެ ހިތަށް ބިރުވެރިކަން ވަނެވެ. މިންހާ އަށް އައި ބަދަލު ފެނި އައިޒާ ވެސް ކައިރިވެލައި އޭގައި އޮތް އެއްޗެއް ކިޔައިލި އެވެ.

“ދެން މާގިނަ ދުވަހެއް ނެތް. އަހަރެންގެ އިންތިޒާރައް ނިމުމެއް އަންނާނެ. މިންހާ އުމުރަށް އަހަރެންގެ މީހަކައް ވާނެ. މިންހާގެ ވާން އުޅޭ ފިރިމީހާ ޝާމް.” އޭގައި ވެއެވެ.

“ޝާމް؟ އެއީ ކާކު؟ ކުރިން ވެސް މިންހާ އަށް ކޮންމެވެސް ޝާމް އެއް މާބޮނޑިއެއް ފޮނުވި. ހާދަ ވިއަރޑް ނޯޓް އެކޭ.” އައިޒާ ވެސް ހުރީ ހައިރާން ވެފަ އެވެ.

-ނުނިމޭ-

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

ހިތުގެ ވިންދު ފަނަރަ (ނިމުނީ)

Next

ހިޔަނިހެން 4

Next
July 19, 2026

ހިޔަނިހެން 4

Previews
July 19, 2026

ހިތުގެ ވިންދު ފަނަރަ (ނިމުނީ)

2 Comments!

  1. Aami says:
    July 19, 2026 at 5:48 am

    mipaatkiyaafa varahdheravi

  2. Amu says:
    July 19, 2026 at 11:32 am

    mi part vx vrh furihama
    next part kon irakun??
    vrh miss vey ingey zidu😍😍😘

Comments are closed.



All Right Reserved!