Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އެގާރަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
April 25, 2016 8 Mins Read
37 Comments

“އޯހް… ކޮބާތަ ބޭބީ؟… ޒައިކަށް އިނގޭތަ… ދައްތަ މިއައީ ކޮއްކޮ ބަލައޭ… އޯކޭތަ ކޮއްކޮ ގެންދިޔަސް!!!….”

ޒުހާމެންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން މަންޝާ މިހެން ބުނުމާއި އެކީ ތުއްތު ޒައިކް ކުޅެން ހުރިތަނުން ތެދުވެ މަންޝާ ފަހަތުން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އަޒީމް ހިނގައިގަތީ މަންޝާގެ ފަހަތުންނެވެ. މަންޝާގެ ފަހަތުން ދުވެފައި ދިޔަ ޒައިކް އުރާލާ އެސޮރު ގައިގާ އަޒީމް ބައްދާލަމުން ޒައިކްގެ ކަންފަތު ބުޑުގައި މަޑުމަޑުން ދަތް އަޅާލިއެވެ. މަންޝާ އެކޮޓަރިއަށް ވަދެ ބޭބީ އެނދު ކައިރިއަށް ދިޔައިރު އެ ތުއްތު ކުއްޖާ އޮތީ ތަންމިނަށް ލޯ ހުޅުވައިގެންނެވެ. މަންޝާގެ ފަހަތުން އައި އަޒީމް ކޮޓަރިއަށް ވަންނަމުން ނަވާފަށް ގޮވާލިއެވެ.

އެވަގުތު ކޮއްކޮ ނުގެންދާށޭ ކިޔާ ޒައިކް ބޮޑާހާކަން ފެށިއެވެ. “ކޮއްކޮ ނުގެންދާތި.. ތީ ޒައިކްގެ ކޮއްކޮއެއް… ބައްޕީ… މި ބޭބެ ޒައިކްގެ ކަންފަތް ކާލީ….” އެންމެން އެއްފަހަރާ ބާރަށް ހީގަތީ ޒައިކް މޫނަށް ޖައްސަމުން ދިޔަ ވައްތަރު ފެނުމުންނެވެ.

“ދައްތަ ނޫޅެޔޭ ކޮއްކޮ ގެންދާކަށް….” ތުއްތު ޒައިކަަށް ވިސްނައި ދެވޭތޯ ޒުހާ މަސައްކަތް ކުރިއެވެ. “ދައްތަ އެއައީ ބޭބީ އުރާލާށޭ… ބަލާބަލަ އެމަންޖެ އެއޮތީ މަންޝާ އަންނަކަން އެނގިގެން ހޭލާ….”

ރަޖާގަނޑާއި އެކީ އޮޅާލާފައިވާ އެ ތުއްތު ކުއްޖާ ނަގާ މަންޝާ އުރާލިއެވެ. އުރާލުމާއި އެކީ ހީވީ ކައްޓެއް ޖެހިހެންނެވެ. އެ ތުއްތު ކުއްޖާ ބާރުބާރަށް ރޯން ފެށިއެވެ. މަންޝާއާ ތުއްތު ކުދިން ވަރަށް އޮޅުވާނެއެވެ. އެކަމަކު މީ އަލަށް ދިމާވި ކަމެކެވެ. ހަމަ އެއްގޮތަކަށްވެސް މަންޝާ ގާތުގައި އެކުއްޖާ ނުރޮއި އޮންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން އަޒީމް އެ މަންޖެ އުރާލިއެވެ. އަޒީމްގެ އަތުގައި ޖެހުމުން އެ މަންޖެ ރުއިން ހުއްޓާލިއެވެ. އަޒީމްގެ މޫނަށް ބަލަން އޮވެ އެއް މިޔަކަނުން ހިނިތުން ވެލިއެވެ. މި މަންޒަރު ބަލަންހުރި ޒުހާ އަޒީމްގެ މޫނަށް ފުން ނަޒަރަކުން ބަލާލަމުން ބުންޏެވެ.

“އޯހް… އަޒީމް ހާދަ ފަރިތައޭ… ބަލަ އަޒީމް އުރާލިއިރަށް އެ މަންޖެ އެ ހުއްޓާލީ…”

“ހޫން… އަންހެން ކުއްޖެއްވީމަ ފިރިހެން ކުދިން އުރީމަ ދޯ ކަމުދާނީ…. ހެެހެހެ…” ލާނެއް ފާޑަކަށް ހިނިއައިސް ހުރެ ނަވާފް އެހެންބުނެލީ ނަވާފްގެ ގަމީހުގަައި އެލެމުންދިޔަ ޒައިކް އުރާލަމުންނެވެ.

“މި ކުއްޖާކޮޅަށް ކިޔާނެ ނަމެއް ހޯދާކަށް ނޫޅެންތަ؟… ކޮންއިރަކު ނަން ކިޔަނީ؟…” ޒުހާއާއި ޖެހިގެން އެނދުގައި މަގަތުގައި އިށީންނަމުން މަންޝާ އަހާލިއެވެ.

“ނޫނޭ… ހެސްކިޔާފަ ނަންބަލާ އެބަ… ވަރަށް ރީތި ދެތިން ނަމެއް އެބަ އުޅޭ… ޒާރާ… ޒަހާ… ޒަފްރީން…. ޒީވާ….” އެދެމަފިރިން ނަންފޮތުން ފާހަގަ ކޮށްފައިވާ ނަންތައް ނަވާފް ކިޔާލިއެވެ.

“ޒީވާ އެންޑް ޒަފްރީން ވަރަށް ސަޅި…. ޒާރާ އެންޑް ޒަހާ ވަރަށް އާންމު ނަމެއްދޯ….” މަންޝާ އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.

“ނަމުގެ މާނަ ސަޅި ވެއްޖިއްޔާ މަށަށް އޯކޭ… ދެން ކިޔާލަން ދުލަށް ފަސޭހަވާ ނަމެއް ރީތިވީ… ނޫންތަ؟..” އަޒީމްގެ ޚިޔާލްވެސް އޭގެތެރެއަށް އިތުރުކޮށްލިއެވެ.

“ޒަައިކްއާ ޒުހާގެ ނަމާ ގުޅުވާލަން އަހަރެން ބޭނުމީ… ފަހަތަށް ކޮންމެ ގޮތެއްވިޔަސް އަންނާނީ މަގޭ ނަންދޯ.. އެހެންވެ މަންމަ އާ ގުޅޭ ގޮތަށް ޒަވިޔަނިން ފެށީމަ އަހަރެންނަށް އޯކޭ….”

ނަވާފްގެ ވާހަކަ ނިމުމުން މަންޝާ އަނެއްކާވެސް ކައިރިވެލީ އެ ތުއްތު ކުއްޖާ އުރާލާށެވެ. މިފަހަރުވެސް ވީ ހަމަ އެހެންނެވެ. މަންޝާ ގާތްވުމާއި އެކީ އެމަންޖެ ބާރުބާރަށް ރޯން ފެއްޓިއެވެ. އެކަމާ މަންޝާ ވަރަށް ދެރަވިއެވެ.

ޒުހާ އެނދުމަތިން ތެދުވަމުން ސައިބޯން ދިޔުމަށް އެދުނެވެ. “ނޫން.. އެހެންދުވަހަކުން ސައިބޯން އަންނާނަން…. މިއަދު ވަރަށް އަވަހަށް ދާން ޖެހޭ… އަނެއްކޮޅުން ޒުހާގެ ޕްރިންސަސް މިއަދު މަށާ ވަރަށް ރުޅި…. ކީއްކުރާނީ؟…. ދެން ދަނީއޭ…. އެހެން ދުވަހަކުން ސައިބޯން އަންނާނަން…. ބާއި…” ޒުހާ މެން އެގެއިން ނުކުންނަމުން ތުއްތު ޒައިކްގެ ކޮލަށް ބޮސްދިނުމަށްފަހު ބައްދާލިއެވެ. ޒައިކްގެ އަތުން އޭނާގެ ކޯ ފުހެލަމުން ‘ބާއި’ އޭ ބުނެ އަތްހަނާ އަޅާލިއެވެ. ޒައިކް ޖައްސާ ވައްތަރުތަކުން އެންމެންގެ ގާތަށް ހިނިއައެވެ.

*** *** *** *** *** ***

އެނދުގައި އޮށޯވެގެން އޮތް ރިޔާޒަށް ނިދޭ ގޮތެއް ނުވިއެވެ. އޭނާގެ ކޮއްކޮއަށް ދިމާވި ކަންތައްގަަނޑު އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީއެވެ. މީރާ ކުރުނުކޮށް އެތައް އާދޭހެއް ކުރުމުން ރިޔާޒް ގެއަށް އައެއްކަމަކު އޭނާގެ ސިކުނޑިވަނީ މުޅިން އެހެން ހިސާބެއްގައެވެ. އިރުއިރުކޮޅުން ފޯނުގެ ޑިސްޕްލޭ ދިއްލާލުމަށްފަހު ބަލާލެވެއެވެ. ޟިރާރުގެ ފޯނު ކޯލެއް އައިސްދާނެތީއެވެ. އާމިނަގެ ހާލާމެދުވެސް ރިޔާޒް ވަނީ ވަރަށް ފިކުރުބޮޑުވެފައެވެ. ފޯނަށް ބަލާލުމަށްފަހު ބާލިސް ދަށަށް ފޯނު ކޮށްޕާލަމުން ރިޔާޒްގެ މަގަތުގައި ނިދާފައި އޮތް މީރާއަށް ބަލާލިއެވެ.

މިރާއަކީ ހާދަ ރަނގަޅު ބައިވެރިޔެކޭ އޭނާގެ ހިތަށް އެރިއެވެ. މެލޭޝިޔާގައި ކިޔަވަން ހުރި މީރާއަށް ރޫހީގެ މަރުގެ ޚަބަރު ލިބުމާއި އެކީ އޭނާ މާލެ އެއައީ ރިޔާޒަށް އޭނާގެ އޯގާތެރިކަން ބޭނުންވާނެކަން އެނގޭތީއެވެ. މީރާގެ ފަން އިސްތަަށިކޮޅުގައި ފިރުމާލުމަށްފަހު އޭނާގެ ނިތްކުރިއަށް ރިޔާޒް ބޮސްދިނެވެ. އަދި އެނދުގައި ހަމަޖެހިލުމަށްފަހު އުއްޑުން އޮށޯވެލިއެވެ. ކޮޓަަރީގެ މެދާ ދިމާލުން ސީލިންގްގައި ހުރެ އެނބުރެމުން ދިޔަ ފަންކާއަށް ބަލަން އޮވެވުނެވެ. އެހެން އޮތް އިރު ރިޔާޒްގެ ސިކުނޑިއަށް އަރާ ފައިބަމުން ދިޔައީ ކުރީގެ ހަނދާންތަކެކެވެ.

*** *** *** *** *** ***

މާލެގައި ވަޒީފާ އަދާކުރަމުން ދިޔަ ރިޔާޒަކީ ވަރަށް އެކަނިވެރިކޮށް ދިރިއުޅެމުން ދިޔަ މީހެކެވެ. ކައިވެންޏަށް ތިންއަހަރު ފުރުނު ތަނާ ރާއްޖޭން ބޭރަށް ކިޔަވަން ދިޔުމަށް ލިބުނު ފުރުޞަތުގައި މީރާ ދިޔައީ މެލޭޝިޔާއަށެވެ. އެމީހުންް ދިރިއުޅެމުން ދިޔަ އެއްކޮޓަރީގެ އެޕާޓްމަންޓްގައި ރިޔާޒް އުޅުނީ އެކަނިމާ އެކަންޏެވެ. ރިޔާޒްގެ މައިންބަފައިން އޭނާގެ ކޮއްކޮ ރޫހީއާއި އެކު އުޅެމުން ދިޔައީ ރަށުގައެވެ.

ރޫހީއަކީ ފެށުނީއްސުރެވެސް މިޒާޖުގައި އެހެން ކުދިންނާ ތަފާތު ގޮތްތަކެއް ހުންނަ ކުއްޖެކެވެ. ރަށުގައި އުޅޭ ގިނަ މީހުން ބުނާ ގޮތުގައި ރޫހީއަކީ ސިކުނޑި ހަމަނުޖެހޭ ކުއްޖެކެވެ. ކިޔެވުމުގައި އެވްރެޖް ކުއްޖެއްް ނަމަވެސް މީހުންގެ ތެރޭގައި ރޫހީއަކީ މާގިނަ ވާހަކަ ދައްކާ، ސަމާސާކޮށް އުޅުނު ކުއްޖެއް ނޫނެވެ. ސްކޫލުގައިވެސް ރޫހީގެ ގާތް އެކުވެރިއެއް ނުހުރެއެވެ. ކުލާހުގެ ގިނަކުދިން އޭނާއަށް ކުރީ މަލާމާތެވެ. ޗުއްޓީއަށް ރަށަށްދާ ކޮންމެ ފަހަރަކު ރިޔާޒް ގާތުގައި މިވާހަކަތައް ރޫހީ ކިޔާދީ ހެދިއެވެ. ގޭތެރޭއިންވެސް ރޫހީ އެންމެ ގާތްކޮށް އުޅުނީ ރިޔާޒާއެވެ.

ވަޒީފާ އަދާކުރަން ރިޔާޒް މާލެ ބަދަލުވީ ފަހުން ގޭތެރޭގައިވެސް ރޫހީ އުޅުނީ ވަރަށް މަޑުމަޑުންނެވެ. މަންމަ ގުޅާ ކޮންމެ ފަހަރަކު ރޫހީގެ ބަސްމަދުކަމާއި އެކަހެރިކޮށް އުޅުން ގިނަވަމުންދާ ވާހަކަ ރިޔާޒަށް ކިޔައިދެއެވެ. ނަމަވެސް އެފަދަ ބަދަލުތަކަކީ ފުރާވަރުގެ ކުއްޖަކަށް އައިސްދާނެ ބަދަލުތައްކަަން ކޮންމެ ފަހަރަކު މަންމައަށް ވިސްނައިދެނީ ރިޔާޒެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. އޮފީހުގައި މަސައްކަތެއްގައި ވަރަށް ބުރަކޮށް އުޅެނިކޮށް ރިޔާޒްގެ ފޯނަށް އާމިނަ ގުޅަމުން ދިޔައެވެ. ނަމަވެސް އޮފީހުގެ އެ ބިޒީ މާހައުލުތެރޭގައި ފޯނު ނުނަގާ ރިޔާޒް މަޑުކޮށްލީ ފަހުން ގުޅާށެވެ. ފޯނު ސައިލެންޓަަށް ލުމަށްފަހު ޖީބަށް ފޯނުލައިގެން އުޅުނުއިރު ރިޔާޒަށް އޭނާގެ މައިންބަފައިން ގުޅީ ކިތައްފަހަރު ކަމެއްވެސް ނޭނގުނެވެ. އޮފީސް ގަޑި ނިމުމުން ހަވީރު ގެއަށް އައިސް ފޯނަށް ބަލާލި އިރު ފަންސަވީސް ފަހަރު އެކި އެކި ނަންބަަރު ތަކުން ރިޔާޒަށް ގުޅާފައި އޮތެވެ.

އަވަހަށް މަންމަގެ ނަންބަރަށް ޑައަލް ކޮށްލީ ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިހްސާސްވުމުންނެވެ. އާމިނަގެ ފޯނު ރިންގްވޭވޭގޮސް ކެނޑުނު އިރުވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަަމުން ދެން ރިޔާޒް ގުޅީ އޭނާގެ ބައްޕަ، ޟިރާރުގެ ނަންބަަރަށެވެ. ދެބުރަކަށް ފޯނު ރިންގް ވުމާއި އެކީ ޟިރާރު ފޯނަށް ޖަވާބު ދިނެވެ.

“ބައްޕާ… ކެހެނަަކަށްވީ؟….”  (ބައްޕާ… ކިހިނެއްވީ؟..)

“ރޫހީ ބަލިވެގެން މި ހިނގަނީ… ރިޔާޒް އަވަހަށް މިކެޑަށް ބައި… ވަރަށް ސަކަރާށް… އެ ދިޔެ މައިތިރިޔަސް ނިވެއި…” (ރޫހީ ބަލިވެގެން މި އުޅެނީ…. މިކޮޅަށް ރިޔާޒް އަވަހަށް އާދޭ… ވަރަށް ސަކަރާތް… އެ މަންޖެ މައިތިރިވެސް ނުވޭ….)

ޟިރާރުގެ އަޑުގައި ހުރި ވޭނާއި ކެކުޅުން ނަގައިގަންނާކަށް ރިޔާޒް މާ ގިނައިރެއް ނުނެގިއެވެ. އިތުރު މައުލޫމާތު ސާފުކުރުމުން ބައްޕަ ބުނީ ރޫހީ މޮޔަވީ ކަމަށެވެ. ނަފްސާނީ ކަމެއްކަމަށް ޑޮކްޓަރުން ލަފާ ދެމުން ދިޔަ ކަމެވެ. ރޫހީއަކީ ކުރިންސުރެވެސް މަޑުމަޑުން ހުންނަ ކުއްޖެއްކަމުން އެއީ މި ބަލީގެ ފެށުން ކަމަށާއި، ފަރުވާއެއް ނުދީ ގިނަ ދުވަސްތަކެއް ވެފައިވުމުން މިހާރު އެބަލީގައި ރޫހީ އެވަނީ އަތް ނުފޯރާ ފަށަށް ގޮސްފައިކަމަށް ޑޮކްޓަރުން ބުންޏެވެ.

ރިޔާޒް އޮފީހަށް ގުޅައި ޗުއްޓީ ހަމަޖައްސައިގެން ރަށަށް ދާން ޓިކެޓް ހަމަޖެއްސިއެވެ. ރޫހީއަށް ވަމުން އެދާ ކަންތަކަކީ ނަފްސާނީ ބަލީގެ ކަމެއްތޯ ބަލަން ރިޔާޒް ބޭނުންވީ ވީ އެންމެ އަަވަހަކަށް ރޫހީ މާލެ ގެންނާށެވެ.

ރިޔާޒަށް ރަށަށް ދެވުނުއިރު ރޫހީ ވަނީ ހުޅުދޫ ހޮސްޕިޓަލުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ސ.ގަން އެއަރޕޯޓުން ފޭބުމާއި އެކީ ރިޔާޒް މިސްރާބުޖެހީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލަށެވެ. ޓެކްސީއެއްގައި ހޮސްޕިޓަލަށް ދިޔައެވެ. އެތެރެއަށް ވަންނަަމުން ފޯނުން ބައްޕައަށް ގުޅައިގެން ރޫހީ އެނދުމަތި ކުރެވިފައިވާ ކޮޓަރިއަށް ރިޔާޒް ދިޔައެވެ. އެނދުގައި އޮށޯވެގެން އޮތް ރޫހީ ފެނުމުން ރިޔާޒްގެ ހިތް ކުދިކުދި ވިއެވެ. އޭނާގެ ކޮއްކޮގެ މޫނުމަތިން އެއްވެސް އުޖާލާކަމެއް ފެންނާކަށް ނެތެވެ. ހީވަނީ އެތައް އަހަރުތަކެއް ވަންދެން ބަލިވެ އުޅެފައިވާހެންނެވެ.

ރޫހީގެ މަގަތުގައި އިށީނުމަށްފަހު ރޫހީގެ ބޮލުގައި ރިޔާޒް ފިރުމާލި އިރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ރޫހީގެ މިޒާޖުން ރިޔާޒަށް ތަފާތުކަމެއް ފެންނަން ނެތުމުން ވަރަށް ހައިރާން ވިއެވެ. އާންމުކޮށް ކުރިންވެސް ވާހަކަ ދައްކާ އުސޫލުން އޭނާ ވާހަކަ ދައްކަމުން ދިޔުމުން ބައްޕަމެން އޭނާ މޮޔަވީއޭ އެބުނި ސަބަބު އޮޅުން ފިލުވަން ބޭނުންވިއެވެ.

ރޫހީ އެނދުމަތި ކުރެވިފައިވާ ކޮޓަަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި އިށީނދެގެން އިން ފާތުމައްތަ ގާތުގައި ކަމުގެ ތަފްސީލެއް އަހާލާނަމޭ ހިތާ ރިޔާޒް އެ ކޮޓަރިން ބޭރަށް ނުކުތީ މަންމަމެން ގާތުގައި ބޭރަށް ގޮސްލާފައި އެބަ އަންނަމޭ ބުނަމުންނެވެ.

ރިިޔާޒް ކޮޓަރިން ބޭރަށް ނުކުތްއިރު ފާތުމައްތަ އެ ގޮނޑީގައި އިށީނދެގެން އިނީ މީހަކާ ފޯނުން ވާހަކަ ދައްކާށެވެ. ފާތުމައްތަ ގާތުގައި ހުރި ހުސް ގޮނޑީގައި ރިޔާޒް އިށީނދެގެން އިނީ އެ ފޯނުކޯލުން ފާތުމައްތަ އަވަދިވަންދެނެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންދާ ފާތުމައްތަގެ އޯގާތެރި ބަސްތަކުން ރިޔާޒަށް ހޭވެރިކަން ވިއެވެ. “ކަލޯ… ކެހެނަކަށް؟… ކޮބާ މީރާ؟…” (ދަރިފުޅާ… ކިހިނެއްތަ؟… ކޮބާތަ މީރާ؟..)

“މީރާ ހިށީ މެލޭޝިޔާއި…. މީ ޓެސްޓު ދުވަސްކެޑާ… ޓެސްޓު ނިމެނެމެއި މީރާ ބެނި އޭށުމައު…. ވަރަށް ސަލާމްބެނި…” (މީރާވީ  މެލޭޝިޔާގައި… މީ ޓެސްޓު ދުވަސްވަރު… ޓެސްޓު ނިމުނީމަ މީރާ ބުނީ އަންނާނަމޯ… ވަރަށް ސަލާމްވެސް ބުނި…)

މީރާގެ ސަލާމް ބުނުމަށް ފަހު ރިޔާޒް އޭނާ އަހަން ބޭނުންވެފަައި ހުރި ސުވާލުތައް ކުރަން ފެށިއެވެ.

“ފާތުމައްތާ…. ރޫހީއަށް އަސްލު ކެހެނަކަށްވީ؟… ހީވެނީ އޯކޭ ހެން.. އެކަމަކި ބައްޕާ ގުޅަފެއި ބެނީ ރޫހީ މުއަވީޔައު… އޭ ތެދަކީ؟…” (ފާތުމައްތާ…. ރޫހީއަށް އަސްލު ކިހިނެއްތަވީ؟… ހީވަނީ އޯކޭހެން… އެކަމަކު ގުޅާފަ ބައްޕަ ބުނީ ރޫހީ މޮޔަވީއްޔޯ… އެއީ ތެދެއްތަ؟…)

ކަމުގެ ހަގީގަތް އޮޅުން ފިލުވަން ބޭނުންވެފައި އިން ރިޔާޒް އިނީ ފާތުމައްތަ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ރިޔާޒް ކުރި ސުވާލުތަކާ ކުރިމަތިލާން ޖެހޭނެކަން އެނގިހުރެ ފާތުމަ ވާހަކަ ދައްކަން ފެއްޓިއެވެ.

*** *** *** *** *** ***

އަަޒީމްމެންނަށް ގެއަށް އާދެވުނު އިރު ހަވީރު ފަަހެއް ޖަހަނީއެވެ. ހެދިކާ ވިއްކާ ތަނަކުން ހެދިކާ ކޮޅެއް ގަނެގެން އެ ދެމަފިރިން ގެއަށް އައިސް ވަނީ ދެމީހުން އެކީގައި ސައިބޯލާށެވެ. ގެއަށް ވަދެވުމާއި އެކީ އަޒީމް ޓީވީ ބަލަން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. ފެން ކައްކަން ޖައްސާލުމަށްފަހު މަންޝާ ކޮޓަރިއަށް ވަދެ ހެދުން ބަދަލު ކޮށްލިއެވެ. އެއަށްފަހު ބަދިގެއަށް އައިސް ދެމީހުންނަށް ހޫނު ކޮފީ ތައްޓެއް ތައްޔާރު ކޮށްލިއެވެ.

ހަވީރުގެ ސައިބޯން ދެމީހުންވެސް ތިބީ ސޯފާގައެވެ. އަޒީމް ސައިބޮއި ނިމިގެން މަންޝާގެ އުނގުގައި ބޯ އަޅާލައިގެން އޮތީ ޓީވީން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗެއްް ބަލާށެވެ. އަޒީމްގެ ބޮލުގެ އިސްތަށިތަކާ ކުޅެލަ ކުޅެލަ މަންޝާ އިނުމަށްފަހު ގަޑިން ހައެއް ޖެހުމުން އަޒީމްއަށް ގޮވާލިއެވެ. އެ ވަގުތު އަޒީމް އޮތީ ގަދައަށް ނިދާފައެވެ. މަންޝާ ގޮަވަން ފެށުމުން އަޒީމް ތެދުވެގެން ފާޚާނާއަށް ވަދެ ޑިއުޓީއަށް ދާން ތައްޔާރުވާން ފެއްޓިއެވެ.

ޓީވީއަށް ބަލަން އިން މަންޝާއަށް ފާޑުފާޑުގެ އަޑު އިވޭހެން ހީވެއެވެ. ބައެއްފަހަރު ފުރާޅުމަތިން އިވޭ އަޑުތައްހެންވެސް ހީވެއެވެ. އަނެއް ބައި ފަހަރު ސޯފާ ދަށުންހެންވެސް ހީވެއެވެ. އިރުއިރުކޮޅާ ޓީވީގެ އަޑު ‘މިއުޓް’ ކޮށްލަނީ އެ އިވޭ އަޑުތައް އަންނަ ދިމާލެއް ޔަގީން ކުރާށެވެ. އެ އިވޭ އަޑުތަކަކީ ވަހުމެއް ކަމަށް ނިންމާ އަނެއްކާވެސް ޓީވީއަށް ބަލަން އިންދާ މިފަހަރު އެ އަޑު އަންނަން ފެށީ ޓީވީންނެވެ. މަންޝާގެ ސަމާލުކަން ޓީވީއަށް ދެމުން މަޑުމަޑުން ސޯފާއިން ތެދުވިއެވެ. އަދި ޓީވީއާ ދިމާލަށް ހިނގައިގަތެވެ. ޓީވީ ކައިރިއަށް ދިއުމަށްފަހުގައި ޓީވީގައި މަޑުމަޑުން ކަންފަތް ޖަހާލެވުނެވެ. “މަންޝާ…… މަންޝާ…”

ވައި އަޑުން އިވެމުން ދިޔަ އަޑަށް ސަމާލުކަން ދެމުން ދިޔަ މަންޝާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިހިފައި ފަހަތަށް ބަލާލިއިރު މަންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

“އަޒީމް… ކިރިޔާ މަ ބިރުން ހާޓް އެޓޭކެއް ނުޖެހުނީ…” ބިރުގެންފައި ހުރިވަރުން މަންޝާއަށް އެހެން ބުނެވުނީ ވަރަށް ބާރަށެވެ.

“ކިހިނެއްވީ ޓީވީގަ ކަންފަތް ޖަހައިގެން ތީނީ… އަޑު ނީވެނީތަ؟….” އަޒީމް މަލާމާތުގެ ރާގަކަން އެހެންބުނެލީ މަންޝާއާ ދިމާކޮށްލާށެވެ.

“ހޫން… މަންއަށް ހީވީ މަންގެ ނަމުން ގޮވާހެން އެހެންވެ….” ސިކުނޑިމަތީ ސުވާލު މާރކެއް ޖަހައިގެން ހުރެ މަންޝާ ޓީވީ ކައިރިއަށް ދިޔަ ސަބަބު ހާމަކުރިއެވެ. އަޒީމް ގާތަށް އައި ހިނި ކޮންޓްރޯލް ނުކުރެވިގެން ބާރުބާރަށް ހޭންފެށިއެވެ. ސޯފާގައި އިށީންދެ މީހާ ހަމައަކަށް އެޅޭތޯ ގުދުވެ ބަނޑުގައި ފިރުމަމުން ދިޔައެވެ. އަޒީމްގެ މި ހަރަކާތުން މަންޝާ ހުރީ ހިތްހަމަނުޖެހިފައެވެ. ތުންގަނޑު ދިއްކޮށްގެން ދެލޯ އަޅާލަމުން މަންޝާ އައިސް އަޒީމްގެ މަގަތުގައި އިށީނެވެ.

“ވަޓްސް ސޯ ފަނީ…” މަންޝާ އިނީ ރުޅިއައިސްފަކަން އެނގުމުން އަޒީމް އޭނާގެ ހިނިގަނޑު ކޮންޓްރޯލް ކުރިއެވެ.

“އަސްލު… އަހަރެން ކޮޓަރިތެރޭ އޮވެ މަންޝާއަށް ވަރަށް ގޮވިން… ބޮކްސާ ނުފެނިގެން.. އެކަމަކު މަންޝާ ދޯ… ފަހުންވެސްް ގޮވިން ޖެލްފުޅި ނުފެނިގެން…. ސާބަސް އިނގޭ…” އަޒީމް މަންޝާއަށް ވަރަށް ގޮވިވާހަކަ ބުނުމުން މަންޝާއަށް ވެސް ހެވޭގޮތް ވިއެވެ. މަންޝާއަށް އެވަގުތު ކަންތައް ކުރެވުނު ގޮތުން މަންޝާ އިނީ ވަރަށް ހައިރާންވެފައެވެ. އެކަމަކު މަންޝާއަށް އެ އަޑު އައީ ޓީވީންކަން ޔަގީނެވެ. ވަށްކަޅިން ޓީވީއާ ދިމާލަށް މަންޝާ ބަލާލިއެވެ.

އަޒީމް ތައްޔާރުވެގެން ޑިއުޓީއަށް ދާން ގެއިން ނުކުންނަމުން މަންޝާގެ ގައިގާ ބައްދާލިއެވެ. އަޒީމްގެ ހަށިގަނޑުން ދޫކޮށްލާކަށް މަންޝާ ބޭނުމެއް ނޫނެވެ. މަންޝާގެ ހިތުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ. އަޒީމް ގާތުގައި ބިރުގަންނަ ވާހަކަ ބުނެފިއްޔާ ދިމާކުރާނެކަން އެނގެއެވެ. އެހެންވެ އެވާހަކަ ނުބުނުން އެއީ ބުއްދިވެރިގޮތް ކަމަށް މަންޝާ ނިންމިއެވެ. އަޒީމްގެ ކޮލަށް ބޮސްދެމުން ސަލާމްކޮށްލިއެވެ. އެޕާޓްމަންޓުން އަޒީމް ނުކުތުމުން ބޭރު ފެންނަގޮތަށް ހުރި ކުޑަދޮރު ހުޅުވާލައިގެން އަޒީމް ސައިކަލު ދުއްވާލި މަންޒަރަށް ބަލަން މަންޝާ ހުއްޓެވެ.

އަޒީމް ދިޔުމުން މަންޝާ އެނބުރިލީ ސިޓިންގް ރޫމް ޓިވީ ކައިރީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލާށެވެ. އެ ދަނޑިވަޅުގައި އެގޭ ކުރިމައްޗަށް ވާގޮތަށް ދުވާރުމަތީ ހުރި ޒުވާނާއަށް މަންޝާގެ ކަޅި އަމާޒުވެގެން ދިޔައެވެ. ފާރުގައި ލެގިލައިގެން ހުރި އެ ޒުވާނާ އަކީ ހޮސްޕިޓަލުން ފެނުނު ޒުވާނާކަން މަންޝާއަށް އެނގުނެވެ. އޭރު އެ ޒުވާނާވެސް ހުރީ ކަރުމައްޗަށް ނަގައިގެން މަންޝާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ރީތިކަމަށް މަންޝާގެ ހިތްވަނީ ކުރިންވެސް ލެނބިފައެވެ. މަންޝާ މަސައްކަތްކުރީ އޭނާގެ ބަސްނާހާ ހިތަށް ވިސްނައި ދެވޭތޯއެވެ. އަޒީމް ނޫން އެހެން މީހަކާ ދިމާލަށް އެފަދަ ނަޒަރަކުން ބެލުމަކީ ފާފައެކެވެ. އެހެންކަމުން މަންޝާ އެތެރެއަށް ހިނގައިގަންނަމުން އެ ކުޑަދޮރު ގާތްކޮށްލިއެވެ.

ތެޅި ފޮޅެމުން ދިޔަ ހިތަށް ލުޔެއް ލިބޭތޯ މޭމަތީ އަތްއަޅާލަމުން ފުންނޭވާތަކެއް ދޫކޮށްލިއެވެ. ދެން ކޮޓަރިއަަށް ވަދެ އަޒީމް ގައިން ބޭލި ގަމީހާއި ޖީންސްް ނަގާ އެ ހެދުންތައް ހެސަ ފަރާތަށްް ޖަހާލިއެވެ. އެވަަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ އަޒީމްގެ ޖިންސު ފަހަަތުޖީބުގައި ފަތްޖަހާލަފައިވާ ގަނޑުކޮޅެކެވެ. އެ ގަނޑުކޮޅު ނަގާ ނިއުޅުވާލިއެވެ. އޭގައި ލިޔެފައިވާ ލިޔުންތަކަށް ބަލަންހުރި މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަވަސް އަވަހަށް އެ ގަނޑު ފަަތްޖަހާލިއެވެ. އަދި އަޒީމްގެ ހެދުންތައް ކޮނޑުގައި އަޅުވާލުމަށްފަހު ކޮޓަރީގެ ދޮރު ބިއްދޮށުގައި ހެދުން އަޅުވަން ހުރި ސްޓޭންޑްގައި އަޅުވާލިއެވެ.

މަންޝާގެ އަތްދަބަސް ތެރެއަށް އެ ގަނޑުކޮޅު ލުމަށްފަަހު އެނދުގައި އޮށޯވެލީ ހަމަޖެހިލާށެވެ. ނަމަވެސް މަަންޝާގެ ހިތަށާއި ސިކުނޑިއަށް އެތައް އުނދަގޫތަކެއް ކުރަމުން ދިޔައެވެ. ހާސްވެފައި ހުރިވަރުން ބޯއަނބުރާ ހެންވެސް ހީވިއެވެ. އެހެންކަމުން ފެންފޮދެއް ބޯން ބަދިގެއާ ހަމައަށް ދާން ތެދުވަން އެނދުމަތިންް ބޯ ހިއްލާލި ވަގުތު މޭ ނުބައި ކޮށް ބާރުބާރަށް އޯކާށް ދެމިގަތެވެ. ބަދިގެއަށް ދިޔުމުގެ ބަދަލުގައި އަނގަމަތި ނިވާކޮށްގެން ހުރެ މަންޝާ ދުއްވައިގަތީ ފާޚާނާއާ ދިމާލަށެވެ.

*** *** *** *** *** ***

މާލެ ފޮނުވަން ހަދިޔާތައް ހެދުމުގައި އެންމެން ހޭބޯނާރާ މަސައްކަތް ކުރަމުން ދިޔައެވެ. މަދީހާމެންގެ ގޯތިތެރޭގައި މޭޒުތައް ފަތުރައިގެން އެކިކަހަލަ ސާމާނުތައް ހެދުމުގައި އެންމެން އަވަދިނެތި އުޅުނެވެ. ކައިރީ ގެތަކުގެ އަންހެންވެރިން އެގޭތެރެ ފުރާލައިގެން އުޅުނީ އެކިކަހަލަ ހަދިޔާތައް ތައްޔާރު ކުރުމުގައެވެ. އެއް ފަރާތެއްގައި ދެ ދިމާލެއްގައި އަަލިފާންޖަހާ ދަރު އުނދުން ތައްޔާރު ކުރަމުން ދިޔައިރު މޭޒުތަކުގެ ވަށައިގެން އަނެއްބަޔަކު އުޅުނީ ތެލުލަންޖެހޭ ސާމާނުތައް ތައްޔާރު ކުރުމުގައެވެ. ރޭގަނޑުގެ ވަގުތެއް ކަމުން ގޯތިތެރެ އަލިކުރަން މާކަރީ ލައިޓެއް އަނބުގަހުގައި ހަރުކޮށްފައި ހުރުމުން މަސައްކަތް ކޮށްއުޅެވޭ ވަރަށް ގޯތިތެރެވަނީ އަލިކޮށްލާފައެވެ.

ފިޔާކޮށަން މަދީހާ އިނީ ޖޯލީގައެވެ. އަށިމަތީގައި އޮތް ފޯނު ރިންގް ވާން ފެށުމުން އުނގުމަތީ ހުރި ތަށީ ތެރެއަށް ވަޅިއާއި ފިޔާ ލުމަށްފަހު އެ ތަށި ޖެހިގެން ހުރި ޖޯލީގައި އިން ފާއިޒާ އަތަށް ދިނެވެ. އަދި ޖޯލިން ތެދުވެގެންގޮސް މަދީހާ ފޯނުނަގާ ކަންފަތުގައ ޖަހާލިއެވެ.

“ކީއްކުރަނީ؟…. އަހަރެން އަޑު އެހިން މާ ވަރެއް ދައްކާފަ ބައިވަރު ހަދިިޔާ ހަދާ ރެޔެކޭ…” މުނީރާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި މަދީހާގެ ނުފެންނާކަށް ދަތެއް ނެތެވެ.

“އާން… މާލެ ފޮނުވަން ހަދިޔާ ހަދަނީ… ތިގެއަށާ މަންޝާމެން ގެއަށް…” މަދީހާ ބުނި ޖުމްލައިން މުނީރާ ވަރަށް އުފާވިއެވެ. އަދި އެހާމެ ހައިރާންވެސް ވިއެވެ.

“ނާހަމަ ތެދެއް… އެންމެ ފަހުން ކެތްނުވެގެން އެ މަންޖެއަށް ގުޅީދޯ… ވަރަށް އުފާ ވެއްޖެ….” މުނީރާގެ ހިތުގެ ޝުޢޫރު ހާމަކުރިއެވެ.

“އާން… މަަންޝާ ބުނި މިފަހަރު ބޮޑު ޢީދަށް ރަށަށް އަންނަ ވާހަކަ… އަމާ ހުރީ ވަރަށް އުފަލުން… އަމާ އަަބަދުވެސް މަންޝާގެ ވާހަކަ ދަައްކާނެ… އަދި ބުނި އަހަރެންގެ ހުރި ގޮތްދޫނުކުރުމޯ މަންޝާ ގައިގަވެސް އެ ހުންނަނީ.. އެމަންޖެވެސް ވަރަށް ގުޅަން ބޭނުންވެފައޭ ހުންނާނީ… އެންމެ ފަހުން އަހަރެން ގުޅީ… މުނީރާ ދެން ބޭއްވީ… މިހާރު މި އުޅެނީ އެއްޗެތި ތެލުލަން ފަށަން… ވަރަށް މަސައްކަތް އެބަހުރި…. ވަރަށް ސަލާމް…” މަދީހާ ފޯނު ބޭއްވުމަށްފަހު ފާޒިރާ ގާތަށް ޖެހިލިއެވެ. އޭރު އެންމެންވެސް އެކަކު އަނެކަކާ ހީ ސަމާސާކޮށް ވާހަކަ ދައްކަމުން ދިޔައެވެ.

*** *** *** *** *** ***

ނުނިދިގެން އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އޮތް ރިޔާޒްގެ ހަށިގަނޑު ހިމޭންވެލިއެވެ. މަގަތުގައި ނިދާފައި އޮތް މީރާ މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ރިޔާޒް އޮތީ ނިދާ ކަމަށް ހަދައިގެންނެވެ. ރިޔާޒާ ގާތްވެލަމުން އޭނާގެ ބޮލުގެ އިސްތަށިތަކުގައި މީރާ ފިރުމާލިއެވެ. އަދި ރިޔާޒްގެ ނިއްކުރިއަށް ބޮސްދިނުމަށްފަހު ފާޚާނާއަށް ވަނީ ރީތިވާށެވެ. މީރާ ފާޚާނާއަށް ވަނުމުން އަނެއްކާ ރިޔާޒް ދެލޯ ހުޅުވަައިގެން އޮތީ ކަމަކާ ވިސްނާށެވެ. އެކި ޚިޔާލުތައް ސިކުނޑީގައި ފުނިޖެހިފައި ހުރުމުން ރިޔާޒް އެވަނީ ނިދިން މަޚްރޫމު ވެފައެވެ.

މާ ގިނަ އިރުތަކެއް ނުވެއެވެ. މީރާ ފާޚާނާއިން ނުކުތެވެ. އަނެއްކާވެސް ރިޔާޒް އެނާގެ އެސްފިޔަތައް ލައްޕާލީ ނިދާކަމަށް ހަދާށެވެ. މީރާ ރީތި ވެލިއެވެ. އަދި ފޯނުން ނަންބަރަކަށް ގުޅާލުމަށްފަހު ވާހަކަ ދެއްކިއެވެ.

“މަންމާ… ކޮންތާކު؟… ރިޔާޒް ނިދާފަ އޮތީ… އޯކޭ އަހަރެން މިދަނީ ޓެކްސީއެއްގަ…”

އެފޯނު ކޯލު ކަނޑާލުމަށްފަހު މީރާ އަނެއްކާވެސް ފޯނުން އެހެން ނަންބަރަކަށް ގުޅާލިއެވެ. އަލަމާރި ތެރެއިން އަތް ދަބަސް ނަގައިގެން އައިސް ޑްރެސިންގް ޓޭބަލް ކުރިމަތީ ހުއްޓުމަށްފަަހު ލޯގަނޑުން ފަރިބަލާލިއެވެ.

“ހަލޯ، ޓެކްސީއެއް ލިބިދާނެތޯ…. ސިންދިތާ ސޯސަންމަގު…” މީރާގެ ކަންފަތުން ފޯނު ދުރުކޮށްލަމުން އެ ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕާލީ ރިޔާޒަށް ހޭލެވިދާނެތީއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ފުންއަސަރު 30

Next

ހާދަހާވޭ ކުރާހިތް ސަމާސާ 34 ވަނަ ބައި

Next
April 25, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 34 ވަނަ ބައި

Previews
April 25, 2016

ފުންއަސަރު 30

37 Comments!

  1. princess says:
    April 25, 2016 at 3:19 pm

    Wow yey me frst….shaaz vrh molhu ingey…alhe avaskh kiyaalan libeyne tha

    1. Shax Lyn says:
      April 26, 2016 at 12:57 pm

      Thanks princess… Avahah geneasheveytho balaanan..

  2. aish says:
    April 25, 2016 at 3:32 pm

    Hadi

    1. Shax Lyn says:
      April 26, 2016 at 12:58 pm

      Sorry… I know emmenge taste eggotheh nuvaanekan

  3. shinee says:
    April 25, 2016 at 3:53 pm

    nuvey eives kamei…but so many suspense in this episode…?

    1. Shax Lyn says:
      April 26, 2016 at 12:59 pm

      Thanks for reading shinee

  4. mary says:
    April 25, 2016 at 4:36 pm

    Mi vaahaka hama varah habeys…. Baeh readers Ge comments kiyaafa jahssaalaa goiy gandu feney…. Hehehe… But shaz don’t worry ur story is amazing….

    1. Shax Lyn says:
      April 26, 2016 at 1:00 pm

      Thanks mary

  5. Siha says:
    April 25, 2016 at 5:04 pm

    Mi vaahaka hama v salhi. Shaz thy ahrng fvrt..♡♡♡

    1. Shax Lyn says:
      April 26, 2016 at 1:00 pm

      Thanks….

  6. mansha says:
    April 25, 2016 at 5:09 pm

    assluves v v v v v hadi.. hus haasaru othy.. v foohi mi vaahka kiyan.. than than dhoo kuramun mi kee ves..

    1. ?? says:
      April 25, 2016 at 7:24 pm

      Ohh really?.. Nxt time ga ehnveeru ehthah kolhuvx nukiyaathi ingey.. Eyrah nujeheyne dhw hadiey foohsey kiyaakah..

    2. ?? says:
      April 25, 2016 at 7:29 pm

      Its My Opinion.. Aslu buhdhiveri githakyvx eiy.. Dnt read if u dnt like dat….

    3. mansha says:
      April 25, 2016 at 8:50 pm

      magey comment ah konmehen reply dheykah nujehey.. mi vaahaka varah varah varah hadi.. addoo bas himenyma hithah arany v molhey.. kaley bunegenh noon ma mivaahaka kiyny.. varah hadi mi vaahaka.. hoduves lavaa fenunyma

    4. ?? says:
      April 25, 2016 at 9:06 pm

      Ahdhe haadha vareh… Hajam nuvee dhww. Adhi nuveykanneynge meehaa falhaign dhaavarah rulhi annaakah… Ehn noonas aharn ekanyyeh noon dhw cmnt thakah rply kuranyky…. Nd by the way, thimannage cmnt ah rply dhygn nuvaane a bunelaafa innama aharnnehvx rplyeh nukuraane dhw.. Nxt time eh ga inform kohlahchey ingey…

    5. Shax Lyn says:
      April 26, 2016 at 1:03 pm

      Shaz gabool kuran ekimeehunnah Eki kahala vaaahaka kamudhaanee… Maybe my style of writing or presentation mansha like nuvaane kamahves… But really happy tried to read it… N gave ur view…. Thank u

  7. ?? says:
    April 25, 2016 at 7:39 pm

    Shaxge stories thah v v ryhthi… Nd mi story adhi vakin ryhthi… I luv this story❤❤❤… Nxt part avahah up kohdhehcheyy….

    1. Shax Lyn says:
      April 26, 2016 at 1:04 pm

      Thank u

  8. Anonymous says:
    April 25, 2016 at 8:51 pm

    agree with mansha.. varah hadi vahaka ey mi. reethyge kanfulhe ves ney

    1. hehehe says:
      April 25, 2016 at 9:50 pm

      Hadi dhehtho dhen huri baithah nukiyaane kamah heekuran… Komme hen majuboorehnoon mi vaahaka kiyaakah…. Dhivehi bahuge hamatgakah balaanama varah kuh madhu.. I love this story

    2. Shax Lyn says:
      April 26, 2016 at 1:05 pm

      Thanks anonymous…. I’ll try to make it more interesting….

  9. Nabee Naji jee says:
    April 25, 2016 at 9:16 pm

    vvvvvvvv nice .. realy like it alot….keep it up….

  10. nuzha says:
    April 25, 2016 at 10:36 pm

    this story is wondrful. And Attantion everyone.
    Im in a trouble in this month and my laptop and computer has somekind of a virus so i can’t upload it. And i really want to upload my story but i can’t upload it with virus. And wish everyone will wait for my story

    1. Shax Lyn says:
      April 26, 2016 at 1:06 pm

      Sure will wait…. Thanks

  11. Shehey says:
    April 25, 2016 at 10:36 pm

    Mi Vaahaka vvv reethi

    1. Shax Lyn says:
      April 26, 2016 at 1:14 pm

      Thanks

  12. Zully says:
    April 25, 2016 at 11:29 pm

    Oops that’s creepy… Sounds comming from TV…. Mansha ah dhurudhurun kulhivaru dhakkanee dhw…. Interesting…????

  13. Ricky says:
    April 26, 2016 at 2:37 am

    Hey shax!! V reethi story.. Kiyamun dhiya iru heevee film thankolheh balan indhevunuhen.. Vthafaathu.. Once again thanx for the change!! Mithaa mihunnany huss loabyge ehvahtharu ge vaa ehgotheh vaa stories.. Dhn ulhey liyun therin thibeny birun thoahche liyaa ehvahthareh vaahakaeh liye liye!! Climate change kohleethee thanx.. V kiyaahithun mikiyanee.. Plz biruveri kohlabe dhen.. I cant wait!! Im a huge fan!! ❤️

  14. 1029384756 says:
    April 26, 2016 at 6:38 am

    Ehnyaa shaazly reply kuraane comments ah..mi faharu negative comments ginavyma kanneynge nukurany

    1. Shax Lyn says:
      April 26, 2016 at 1:10 pm

      Comments kuran vaguthu nuvefa… Adhi kiriyaa mi balaaalee comments thah… Negative comments aumakeee shaz dhekey gothuga shaz kuriaran libey furusatheh… Dhen fas ingili evvareh nuvaane dhw…. Emmen ah mi vaahaka eythi nuvey dhaane…

  15. my view says:
    April 26, 2016 at 8:07 am

    what’s goin on here
    komme gotheh viyas eki meehunnah reethi vaaany eki vaahaka but still mi kahahla fight nukurun edhen eyrun vaahaka mathin ehehn kudhin foohi vaane dhow

    1. Shax Lyn says:
      April 26, 2016 at 1:12 pm

      Ya dhekudhin dhekudhin comments thakuga hoonukoh bahus nukurun Edhen… Ekimeehunnah kamudhaanee ekikahala vaahaka… Thanks

  16. nukko says:
    April 26, 2016 at 10:03 am

    Hei shax…… Nukko kiyan ingey hurihaa part ehvs.. Ekm cmnt eh koh nuleveny.. ? Sry fr tht.. Mi vaahaka up veytho v v balan… Ekm reygandaku nukiyan ? birun hehehe
    Stry hama v v salhi.. Nd adddu bas nd all huryma v interesting aslu…? Mansha ah jinni avalyba anekka,? ?? e bby roan feshi eynu.. Omg… Dhn vaanegoii balaahithun keii madhuvefa…. Avahah up kohdhechey.. ????

  17. Zully says:
    April 26, 2016 at 10:09 am

    Am a very good friend of shaax…. Her kids are admitted at hospital… Varah busykoh ulhemunves vaahaka upload koh dheytheee shukuru kuran…

  18. ken? says:
    April 26, 2016 at 12:40 pm

    shax hama best…story fenuneema hodulavaa kudhin ves hodulamun vaahaka kiyaafa comment kurameinnu dhw..ehen veema ok vaane…binaakuruvani faadu kiumakee writer ah libeyne kuri erumei…dhw shax??
    ❤❤❤❤❤

    1. Shax Lyn says:
      April 26, 2016 at 1:13 pm

      Yes ken…. Thankew

  19. Az says:
    October 17, 2016 at 8:56 am

    Varah salhi mi vahaakha ?

Comments are closed.

Next Episodeމަންޝާ (ބާރަވަނަ ބައި)←


All Right Reserved!