“ދެން ބުނަން އޮތީ.. އެއަށް ވުރެ މާ އަޑު އަހަން އުނދަގޫ ވާހަކައެއް.. އެލާރާ… އެލާރާ…” އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ބުނަން އޮތް ދެ ޙަބަރަކީވެސް އަޑު އަހަން ފަސޭހަ ވާނޭ ޙަބަރެއް ނޫން ކަން މުޖައްރިބެވެ. “އެލާރާ…”
(72 ވަނަ ބައި)
“ދެ ޙަބަރެއް އެބަ އޮތް… އެއް ޙަބަރަކީ… އެލާރާ… ބަނޑުބޮޑު… މިހާރު ބަނޑަށް 6 މަސް… އަނެއް ޙަބަރަކީ… އެލާރާގެ ބޮލަށް ލިބިފައި ހުރި ގެއްލުން ތަކުގެ ސަބަބުން… އަޅުގަނޑުމެން ހެދި އެމް އާރ އައި އާއި ސީޓީ ސްކޭން ތަކުން ދައްކާ ގޮތުން… އެލާރާއަށް ވަނީ އަލްޒައިމާ ޖެހިފައި. ޔައުލާންއަކީ ކާކުކަން އެލާރާއަށް ނޭނގުނު ސަބަބަކީ އެއީ..”
ޑަކްޓަރު ދިން ޙަބަރުން އޭނާގެ މުޅި ދުނިޔެ އެފުން މިފުށަށް ޖެހުން ފަދަ އިހުސާސެއް އެޒިކިއެލްއަށް ކުރެވުނެވެ. އޭނާގެ ލޯބިވާ ކޮއްކޮގެ ދިރިއުޅުން ހަލާކު ވެގެން ދިޔައިރު އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ދެއަތް މުއްކަވާލެވުން އިރު ދަތްކުނޑިވިކައިލެވުނެވެ. އެމީހަކު އޭނާ ހޯދާނެވެ. ޔަގީނެވެ.
ޔައުލާންއަށްވެސް ވީ އެކަހަލަ އިހުސާސެކެވެ. ނަމަވެސް ދެން އެހިތުގައި އެލާރާއަށްޓަކައިވީ ލޯބިވީ ހައްތަހާ ފުނެވެ. ދެންވެސް އޭނާ ބޭނުންވީ އެލާރާއާއި އެކު އުޅޭށެވެ. އެލާރާއާއި އެންމެ ގާތުގައި ވާށެވެ. އެލާރާ ދޫކޮށްލާކަށް އެންމެ ފަހަރަކުވެސް އޭނާ ހިތަކަށް ނާރައެވެ.
“ކަލޭ ބުރާންތި ވެގެންތަ ގެއަށް ދިޔައީ؟ މަ ބުނެފަ ދޯ އޮންނާނީ މަ ގޭގަ ހުންނަ ގަޑި ގަޑީ ކަލޭ ހުންނަން ޖެހޭނީ އެލާރާ ކައިރީގައޭ” ކައިރީގައި ހުރި މޭޒު ނަގާ އަކިޔަލްއާއި ދިމާލަށް ހޫރާލި އިރު ބޮސް ދިޔައީ ތުރުތުރުލަމުންނެވެ.
މޭޒުގައި ނުޖެހެން ފަރާތަަކަށް އެނބުރުން ނަމަވެސް އަކިޔަލްގެ ވާ އަތުގައި މޭޒުގެ ކަނެއް ޖެހުނެވެ. އެވަގުތު އެރި ތަދުންނާއި ގޮވި އަޑުން އެ އަތް ބިނދުނީކަން އޭނާއަށް އެނގި ޔަގީން ވިޔެވެ.
“މަޢާފް ކުރޭ…” އަތުގައި އަޅަމުން ދިޔަ ވޭނަށް ކެއް ކުރަމުން އަކިޔަލް ކުޑަކަކޫ ޖެހިއެވެ.
“މަޢާފް ކުރާށޭ ބުނީމަ ދެން މަ ވީ މާފު ކުރަންތަ؟ ހާދަ ހެއްވައޭ. ދެން ކީކޭ އޯ ޑަކްޓަރު ބުނީ؟” އުނަގަނޑުގައި އަތް ވިއްދާލަމުން ބޮސް އެހިއެވެ.
“އެއްވެސް މީހެއްގެ ޑީއެންއޭ އެއް އޭނާގެ ހަށިގަނޑުން ނުލިބޭ ކަމަށް ވަނީ.. އެކަމަކު.. ބޮސް ވެސް ކަން ކުރީ ވަރަށް ސަކަރާތްކޮށް. އޭނަ ގަޔަށް އެރި އިރު ހިތަކަށް ނާރާތަ އޭނަ ބަނޑުބޮޑު ވެދާނެޔެކޭ؟” އަކިޔަލް ކޮށްލި ސުވާލުން ބޮސްގެ މޫނުމަތީގައިވީ ރުޅިވެރިކަން ފިލާ ހާސްކަން އެމޫނުގައި އުފެދުނެވެ. ގޮށް ޖެހިފައިވީ ދެބުމަ ދުރުވެލިއެވެ.
“އޭނަ ބަނޑުބޮޑީތަ؟” ހިން ދިރުވާލަމުން ބޮސް ސުވާލު ކުރިޔެވެ.
“އާނ. މިހާރު ބަނޑަށް 6 މަސް.” އަކިޔަލް އެހެން ބުނުމުން ބޮސްއަށް އަތް ފުނަ އަޅާލެވުނެވެ. ހަގީގަތުގައިވެސް އޭނާ ބަނޑުބޮޑު ވެދާނެކަމަކަށް އޭނާއަށް ވިސްނާލެވިފައެއް ނެތެވެ. ކޮންމެ އަކަސް އެކަން އެއޮތީ ވެފައެވެ. ދެން ބޭސްދީގެންވެސް ކުއްޖާ ވައްޓާ ނުލެވޭނެޔެވެ.
“އަޅެ އަހަރެން ކަމެއް ނޭނގޭނެ ދޯ؟ އަހަރެން އެލާރާ ކައިިރިއަށް އަބަދުވެސް ދިޔައީ މާސްކު އަޅައިގެން” ފުން ނޭވާއެއް ދޫކޮށްލަމުން ބޮސް އެހިއެވެ.
“ފެނުން ނަމަވެސް އޭނަ ހަނދާނެއް ނުހުންނާނެ”
“ތިބުނީ؟”
“އެލާރާއަށް ހުރީ އަލްޒައިމާ ޖެހިފަ. އެކަމަކު އެހެން ވިޔަސް އެ ކުއްޖާ އުފަން ވުމުން ޑީއެންއޭ ހަދައިގެން ވެސް ބޮސް ހޯދޭނެ” އަކިޔަލްގެ ޖަވާބު ލިބުމުން ބޮސްއަށް މޫނުގައި އަތް ހާކާލެވުނެވެ. ހަތަރުއުދަރެސް ފެނު ޖެހުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ދެން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟
“އެހެންވެތާ ފަހުން އައިސް އޭނަ މޮޔަ ބޮލަށް އަރާފަ އެހުންނަނީ. މަށާ ދިމާލަށް އެޒިކިއެލްއޭ ޒަވުލްއޭ ވެސް ކިޔޭ” ސިނގިރޭޓެއް ތުމުގައި ބައިންދާ، ރޯކޮށްލަމުން ބޮސް ބުންޏެވެ.
“ދެން ތި ކަމަށް ވެސް ޝައްކުވެފައި އޮތް ނަމަ އެހެންވެސް ބުނި ނަމަ؟” އަތުގައި ފިރުމާލަ ފިރުމާލަ ހުރެ އަކިޔަލް އެހިއެވެ.
“މަށަށް އެނގޭތަ އޭނަ އެހެރީ އަލްޒައިމާއެއް ނޫނީ ބަލްޒައިމާއެއް ޖެހިފަ ކަމެއް. މަށަށްތަ އެނގެނީ ސައިކޮލޮޖީގެ ކަންކަން؟” އަކިޔަލްއާއި ދިމާލަށް ކަޅި އަޅައިލަމުން ބޮސް ބުންޏެވެ.
އެލާރާ ގާތަށް ވަނުމަށް ހުއްދަ ލިބުމުން އެންމެ ފުރަތަމަ ވަނީ އެޒިކިއެލް، އަލާން، އަދި ޔާޝާއެވެ. އެ އާއިލާއަށް އެކަނި ވަގުތު ކޮޅެއް ދޭން ވެގެން ޔައުލާން މަޑު ކުރީ ބޭރުގައެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ފުރަތަމަވެސް އިވެން ފެށީ އެލާރާގެ ހަށިގަނޑަށް ގުޅާފައިވީ މެޝިންތަކުގެ ‘ބީޕް، ބީޕް’ އަޑެވެ. ޔާޝާގެ ހަމައެކަނި އަންހެން ދަރިފުޅު މިފެނުނީ 7 މަސް ފަހުންނެވެ. ބޮލުގައި ބެންޑޭޖު އަޅާފައި އޮތް އިރު، ދެލޯ ކައިރިވަނީ ވަޅު ވަދެފައެވެ. މޫނު މަތީގެ އެތަން މިތަނުގައިވެސް ކުދި ކުދި ލަކުނުތައް ވިޔެވެ. ތުންފަތް ހިކި އަނަރޫފަ ވެފައި ވީ އިރު ވާތު ކޯތާފަތް ވަނީ ދުޅަވެފައެވެ. ހަށިގަނޑުގެ އެތަންމިތަނުގައި ބޭސް އަޅާފައިވީ އިރު އެމަންޒަރު ފެނި ޔާޝާގެ މައިލަގޮނޑިއަކަށް ކެތެއް ނުވިއެވެ. އެލާރާ ގާތުގައި އިށީންދެ އޭނާ އަޑުން އަޑު ނަގާ ރޯން ފެށިއެވެ.
“ދަރިފުޅާ… މަންމަ މެނަށް މަޢާފް ކުރޭ. ދަރިފުޅު ތިހާ ބޮޑު ވޭނެއް ތަހައްމަލު ކުރި އިރު މަންމަމެން ތިބީ މާ ދުރުގަ. ދަރިފުޅަށް އެހީއެއް ނުދެވުނު…” ތުންފިއްތާލަމުން ޔާޝާ ވާހަކަ ދެއްކިއެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ އެލާރާގެ ބަނޑަށެވެ. ހިކިވެފައި ހުރި ވަރުން ކަންނޭނގެއެވެ. 6 މަސް ވީ އިރު ވެސް އެލާރާ އިނީ ކުޑަ ކުޑަ ބަނޑެކެވެ. އެކަން ނޭނގޭ މީހަކު އޭނާ ބަނޑުބޮޑު ކަމަށް ގަބޫލު ވެސް ނުކުރާނެޔެވެ. މަޑުމަޑުން އެލާރާގެ ބަނޑުގައި ފިރުމާލި އިރު، އެކުއްޖާއަށްވެސް ލިބިފައި ހުންނާނެ ވޭން ހިތަަށް އަރާ ޔާޝާގެ ހިތް ފުނޑުފުނޑު ވިއެވެ.
ފަހަތުގައި ހުރި އަލާންވެސް ހުރީ ގަބުވެފައެވެ. އެއީ އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅެވެ. އެލާރާ ފުރަތަމަ އުރާލި ވަގުތުގައި އޭނާ ހިތާ ހިތުން ބުނި ހަނދާން ވިޔެވެ. “މިއީ އަހަރެންގެ އަންހެން ދަރިފުޅެވެ. މި ދަރިފުޅު އަހަރެންގެ ފުރާނަ ފަދައިން ރައްކާތެރި ކުރާނަމެވެ” ނަމަވެސް ކަން މިވީ އެހެނެއް ނޫނެވެ. އެއްވެސް ކުށަކާއި ނުލާ އެލާރާގެ މުޅި ދިރިއުޅުން އެ ހަލާކު ވީއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.
ޔާޝާ ކުރިމަތީގައި ނުރޯން ހިތްވަރު ކުރި އަލާންއަކަށް ކެތެއް ނުވިޔެވެ. ތުންފިއްތާލަމުން ބިންމަތީގައި ކުޑަ ކަކޫ ޖެހިއެވެ. “މ.. މ.. މަގޭ ދަރިފުޅު…” ރޮމުން ރޮމުން އަލާންއަށް ބުނެވުނެވެ. ނުރޯން ކެއްކޮށްލައިގެން ހުރި އެޒިކިއެލްވެސް ތުން ފިއްތާލަމުން އަލާން ގާތުގައި އިށީނެވެ.
“ހުއްޓާލާ. އިންޝާ ﷲ އަހަރެން ކޮއްކޮއަށް އިންސާފު ހޯދަ ދޭނަން” އަލާންގެ ކޮނޑުގައި ބޯ އަޅައިލަމުން އެޒިކިއެލް ބުނެލިއެވެ. އެއަޑުގައިވީ އަޒުމެވެ. ޔަގީން ކަމެވެ.
(ނުނިމޭ)
ހަތްދިހަތިންވަނަބައިގެ ތެރެއިން:
މަޑުމަޑުން ހުރެފައި ކުއްލިއަކަށް ޔައުލާން ތެދުވިއެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް އަކިޔަލްގެ ކަންކަށިމަތީގައި ޖެހިއެވެ. “ބަލާބަލަ ކަލޭގެ ހުރި ލަދު ހަޔާތް ކުޑަކަން” ރުޅި އައިސްފައިި ހުރި ވަރުން ޔައުލާންގެ ކަތުރުކަށިގަނޑުވެސް ދިޔައީ ތުރުތުރުލަމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Alheyyyyy dhn😭
Anyway this ep was rllyyy gud too
Masha’Allah 🩵💞
😭🫶🏻☹️
jazaakillah khair MaZy 🩶🫶🏻
When nexttt
maybe today i will submit.. maybe tonight or tmrw stay tuned🩶🫶🏻
Whaaatt😱 she’s preg?? Alheyy e fakeeru ge life hama living hell eh?!😭
Istg!! thi boss akee alhe kaaku tha? Any spoilers ’bout bro?👀
Btw what did yau found out about akiyal soru? Yea thats the spirit! enme thanfukeh vx dhookoh nulaathi yau!! E golaa 6 footu adeega valhulaafa dhookuranee!!!!
Anyways waiting for next!!
Ly💗💗
yaaapppp Ella is pregnant ☹️ asluvess dhww.. her life hama ekeeka halaak kollyy vihya e BOSS gandu.. heeheee BOSS aky kaaku kan engeyne Ella viheiima.. thats the spoiler kekek
yaasshhhh they gonna fighhhhttt nextt baiga😭😭😭 in sha allah next veryyy sooonn..
likewise.. jazaakillah khair your fav bab🩶🫶🏻