Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 73

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 17, 2026 4 Mins Read
3 Comments

“ހުއްޓާލާ. އިންޝާ ﷲ އަހަރެން ކޮއްކޮއަށް އިންސާފު ހޯދަ ދޭނަން” އަލާންގެ ކޮނޑުގައި ބޯ އަޅައިލަމުން އެޒިކިއެލް ބުނެލިއެވެ. އެއަޑުގައިވީ އަޒުމެވެ. ޔަގީން ކަމެވެ.

(73 ވަނަ ބައި)

އަލާން ހަމައަކަށް އެޅުމުން އެޒިކިއެލް ކޮޓަރިން ބޭރަށް ނިކުތެވެ. އޭރުވެސް އެތަނުގައި ޔައުލާން އިނެވެ. އޭނާ ގާތަށް ޖެހިލަމުން އެޒިކިއެލް އިށީނެވެ. “ޔައު… އެއީ އަހަރެންގެ ކޮއްކޮ. މި ކޭސް އަހަރެންނަކަށް ނުބެލޭނެ. ޔައު މި ކޭސް ބަލައިދެއްޗޭ. އަހަރެންގެ ކޮއްކޮއަށް އިންސާފު ހޯދަ ދެއްޗޭ…” އެޒިކިއެލްގެ އަޑު ކުރެހުނެވެ.

ނޭފަތް ދަމައިލަމުން އެޒިކިއެލްގެ އަތުގައި ޔައުލާން ހިފާލިއެވެ. “ޔަގީންތާ.. އަހަރެން އެލާއަށް އިންސާފު ހޯދަ ދޭނަން” ޔަގީން ކަމާއި އެކު ޔައުލާން ބުނެލިއެވެ.

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ޕޮލިސް ސްޓޭޝަން ވަނީ އެކީހެން ހަމަ ހިމޭންވެފައެވެ. އެންމެންހެން ތިބީ އެލާރާގެ އެ ވޭދަނައާއި ބެހޭ ގޮތުން ބޭއްވުނު ބައްދަލުވުމަށް ގޮހެވެ. އެލާރާއަކީ ހުރިހާ ފުލުހުންވެސް އިހުތިރާމު ކުރާ ފުލުހެކެވެ. އޭނާއަށް އިންސާފު ހޯދަދިނުމަށް ހުރިހާ ފުލުހުން ތިބީ އަތު ކުރި އޮޅާލައިގެންނެވެ.

“އެލާރާގެ ހަށިގަނޑުގައި ރޭޕް ކޮށްފައި ހުރި ކަމުގެ ނިޝާންތައް އެބަ ހުރި. ނަމަވެސް އެލާރާގެ ހަށިގަނޑުން ސީމެން ފެނިފައެއް ނުވޭ. މިކަމުން އެކަނިވެސް މި ދޭހަ ވަނީ އެކަން ކޮށްފައި ހުރި މީހަކު ކަންކޮށްފައި ވަނީ ވަރަށް ރަނގަޅަށް ރާވައިގެންކަން. ދެން-” ވާހަކަ ދައްކަ ދައްކާ ހުރީ ޔައުލާންގެ ވާހަކަ ހުއްޓުނީ ދޮރު ހުޅުވާލި އަޑަށެވެ.

ދޮރު ހުޅުވާލާފައި ވަނީ އަކިޔަލްއެވެ. ފުލުސް ޔުނީފޯމުގައި ހުރި އިރު އޭނާގެ އަތުގައި ކާސްޓު އަޅާފައި ވިއެވެ. ބިނދިފައިވީ އެ އަތުގައި އަޅަމުން ދިޔަ ތަދަށް ވުރެ އަކިޔަލްގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އެތަދަށްވުރެ ރުޅި ހުރީ ގަދަވެފަކަން މުޖައްރިބެވެ. އެ ރުޅިވެރިކަމުގެ ހަގީގަތް އެތަނުން އެނގެނީ އޭނާއަށް އެކަންޏެވެ.

“އަކިޔަލް ކިހިނެތްވީ ލަސްވީ؟” ޔައުލާން ސުވާލު ކުރިއެވެ.

“ނުފެނޭތަ އަހަރެންގެ އަތް ބިނދިފައި އޮށްވައެއް؟” ރުޅި އައިސް ހުރެ އަކިޔަލް ގޮސް އިށީނެވެ. އިތުރަށް އެއްޗެއް ނުބުނެ ޔައުލާން އިށީނެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.

“އަކިޔަލް އައުމުން ފަހުން ދެއްކި ވާހަކަ ތަކުރާރު ކޮށްލާނަން. އެލާރާގެ ހަށިގަނޑުގައި ރޭޕް ކޮށްފައި ހުރި ކަމުގެ ނިޝާންތައް އެބަ ހުރި. ނަމަވެސް އެލާރާގެ ހަށިގަނޑުން ސީމެން ފެނިފައެއް ނުވޭ. މިކަމުން އެކަނިވެސް މި ދޭހަ ވަނީ އެކަން ކޮށްފައި ހުރި މީހަކު ކަންކޮށްފައި ވަނީ ވަރަށް ރަނގަޅަށް ރާވައިގެންކަން.”

“ޔައުލާން ހާދަ ގަމާރޭ ދޯ؟ އޯހްހް. އާނ. މީހުން ބުނޭ ދޯ ލޮތްބަކީ ކަނު އެއްޗެކޭ” ޔައުލާންގެ ވާހަކަ ހުއްޓުވަމުން އަކިޔަލް އެހިއެވެ. އެމޫނުމަތީގައިވީ މަކަރުވެރި ކަމެވެ.

“މާނައަކީ؟” ޔައުލާން އެއްބުމަ ހިއްލާލިއެވެ.

“އަހަރެމެން އެންމެނަށްވެސް އެނގޭ ޔައުލާން އެލާރާދެކެ ލޯބިވާކަން. ރަނގަޅަށް ވާއިރު މިއީ އެލާރާ އަމިއްލައަށް ރާވަގައިގެން ކުރި ކަމެއް. ނިކަން ވިސްނަބަލަ. އެލާރާ ގެއްލުނީ 7 މަސް ކުރިން. ފެނުން އިރު އެހުރީ ބަނޑުބޮޑުވެފަ. ބަނޑަށް 6 މަސް. މިމަހު 7 މަސް ވިޔަސް ދޯދެން. ރަނގަޅަށް ވާއިރު އެ ޒަވުލްއަކާއި އެކު ތަތްތެޅިގެން އޭނާ ބަނޑުބޮޑުވީމަ، ބަދުނާމު ނުވާންވެގެން ޖައްސާ ޑުރާމާ ގަނޑެއް މިއީ” އަކިޔަލްގެ ރާގުގައިވީ މަލާމާތެވެ.

މަޑުމަޑުން ހުރެފައި ކުއްލިއަކަށް ޔައުލާން ތެދުވިއެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް އަކިޔަލްގެ ކަންކަށިމަތީގައި ޖެހިއެވެ. “ބަލާބަލަ ކަލޭގެ ހުރި ލަދު ހަޔާތް ކުޑަކަން” ރުޅި އައިސްފައިި ހުރި ވަރުން ޔައުލާންގެ ކަތުރުކަށިގަނޑުވެސް ދިޔައީ ތުރުތުރުލަމުންނެވެ.

“ކަލޭގެ ލޯބިވާ އެލާރާއޭ ކިޔައިގެން އެއްޗެކޭ ބުނީމަ ހަޖަމު ނުވީ ދޯ؟ އަހަރެމެން އެންމެނަށްވެސް އެނގޭ ޒަވުލްއާއި ހެދި އެމަންޖެ މޮޔަވެފަ ހުރި ވަރު. މިޒަމާނުގަ ކާކު ކައިވެނި ކޮށްފަ ނޫނީ އެއްދާން ނުކުރަން ހުންނާނީ؟ ނިކަން ވިސްނަބަލަ. ހީވޭތަ މީހަކު އެލާރާ އަސްލުވެސް ރަހީނު ކުރީނަމަ ފާރަޔަށް މީހަކު އެތާ ނުހުންނާނޭ؟ މީ އެލާރާ ޖައްސާ އެކްޓެކޭ. ލޯބީގެ އައިނު ނަގާފަ ހަގީގަތުގެ އައިނު އަޅާލަބަލަ ނިކަން” ކޮޅަށް ތެދުވެ އަކިޔަލް ބުނެލިއެވެ.

ދަތްކުނޑިވިކައިލަމުން ޔައުލާން އަކިޔަލްގެ ކަރުގައި ހިފާ ފާރުގައި ތަތްކޮށްލިއެވެ. ވަގުތުން ދުވެފައި ކަހަލަ ގޮތަކަަށް ރުޒައިކް އައިސް އެދެމެދަށް ވަނުމަށް މަސައްކަތް ފެށިއެވެ. “ޔައުލާން° ހުއްޓާލާ. ތިހުރީ ފުލުސް ޔުނީފޯމުގައޭ” އަކިޔަލްގެ ކަރުން ޔައުލާންގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ރުޒައިކް ބުންޏެވެ.

ވޭނުން ފުރިފައިވީ ޔައުލާންގެ ދެލޮލަށް ބަލައިލީ އިރު އަކިޔަލްގެ ލޮލުގައިވީ ކޮންކަހަލަ އަސަރެއްކަމެއް ބުނަންވެސް ނޭނގެޔެވެ. އެލާރާގެ ގަޔަށް އޭނާވެސް އެރިއެވެ. އެލާރާގެ ބަނޑުގައި އެއޮތީ އޭނާގެ ދަރިއަކަށް ވުންވެސް އެއީ އެކަށީގެން ވާ ކަމެކެވެ. އެހެން ކަމަށް ވިއްޔާ ޔައުލާން އޭނާ މަރާލަން ވެސް ފަހެއް ނުޖެހޭނެ ކަންނޭނގެޔެވެ. އަކިޔަލް އެއްމިޔަކަނުން ހީލިއެވެ. ނޭވާ ކުރުވަމުން ދިޔަ ނަމަވެސް އަޑު ނެރެވުން އެންމެ ބާރަކަށް ނެރެމުން ހޭން ފެށިއެވެ.

އެދެލޮލުން އެލާރާއަށްޓަކައި އެއްވެސް ރަހުމެއް ޔައުލާންއަކަށް ހޯދާ ހޯދާ ވެސް ނުފެނުނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިއްކާއި އެކު ޔައުލާން އަކިޔަލްގެ ކަރުން ދޫކޮށްލިއެވެ. އަދި އެތަނުން ނިކުމެގެން ދިޔައެވެ.

ޔައުލާން އެނބުރި ދިޔައީ ހަސްފަތާލަށެވެ. ބޯ ގޮވާ ކުރާނެ ކަމެއް ނޭނގުމުން އޭނާ އަބަދުވެސް ދަނީ އެލާރާ ގާތަށެވެ. މިއަދު އެލާރާއަށް ޔައުލާން އެއީ ކާކުކަން އެނގޭނެ ކަމެއްވެސް ނޭނގެޔެވެ. އެހެންވިޔަސް ޔައުލާން ބޭނުންވަނީ ހަމަ އެލާރާއެވެ. ހަމަ އެކަނި އެލާރާއެވެ.

އެލާރާ އޮތް ކޮޓަރިއަށް ވައިން އިރު އޭނާ އިނީ އިށީންދެގެންނެވެ. އެލާރާއަށް ކާންދީ ނިންމާފައި އޭރު ޔާޝާ ތަށިތަށް ތަރުތީބު ކުރަނީއެވެ. “އެލާ ރަނގަޅަށް ކޭތަ؟” ހިނިތުންވެލަމުް ޔާޝާ ކުރެން ޔައުލާން އެހިއެވެ.

“އާނ. ބަތް ތަށި ހުސްކޮށްލައިފި. ޔައުލާން މަޑުކޮށްލަ ދީފާނަންތަ؟ އަހަރެން އެބަ އަންނަން ގެއަށް ގޮސްލާފަ. އެއްލުއާއި އަލާންއަށްވެސް ކާން ހަދާފަ މިއައީ. އެމީހުންވެސް ތިބީ ކާން. އެލާ އެކަނި ނުބާއްވަން ވެގެން” ޔާޝާ ބުނެލިއެވެ. ޔައުލާން ބޯ ޖަހައިލިއެވެ.

ޔާޝާ ނިކުތުމުން ޔައުލާން ގޮސް އެލާރާ ގާތުގައި އިށީނެވެ. “އެލާ…؟” ޔައުލާންގެ އަޑު ކުރެހުނެވެ.

އެލާރާ ޔައުލާންއާއި ދިމާލަށް ބަލައިލިއެވެ. “ކިވް…؟” ހިނިތުންވެލަމުން އެލާރާ ގޮވާލިއެވެ. ‘ކިވް’ އެއީ އެލާރާގެ ފުރަތަމަ ލޯބިވެރިޔާއެވެ. ޔާކިވްއާއި އެލާރާ ރައްޓެހިވީ އެލާރާގެ އުމުރުން 15 އަހަރުގައެވެ. އެބަލީގައި ކުރީގެ ދިރިއުޅުން އެލާރާ އުޅިދާނެ ކަމުގެ ވާހަކަ ޑަކްޓަރު ވަނީ ބުނެފައެވެ. އެކަން ހަނދާން ކޮށްލަމުން ޔައުލާން ހިނިތުންވެލިއެވެ.

“ލައްބާ ލޯލާ” ޔާކިވް އެލާރާއަށް ލޯބިން ކިޔާ އުޅުނީ ‘ލޯލާ’ އެވެ.

“ކިވް ކޮންތާކު އުޅެފަތަ ތިއައީ؟ ދެންމެ މަންމަ ކައިރީވެސް ވަރަށް ކީން ކިވް ކޮބާހޭ. ބުނީ ޑިއުޓީގަ ކަންނޭނގެޔޭ. ކިވް ކީއްވެ ސުކޫލު ނުނިމެނީސް ޑިއުޓީއަށް ދާން ފެށީ؟” އެލާރާ އެހިއެވެ. އެއަޑުގައިވީ މައުސޫމް ކަމެވެ.

“ލޯލާ ދައްކާ ވާހަކަ. ބަލަ މިއީ ބޮޑު ބަންދެއް ނުން. އެހެންވެ ދެން ކުދި ކުދި މަސައްކަތް ކޮށްލަނީ” ޔައުލާން ވާހަކަ ދެއްކިއެވެ. އެއަޑުގައިވީ އެލާރާއަށްޓަކައި ހަމްދަރުދީއެވެ.

“ދެން ކީއްވެ ޕޮލިސް ޔުނީފޯމުގަ؟ ހާދަ އަސްލު ވައްތަރުވެސް ޖަހައޭ ތި ޔުނީފޯމު” ޔައުލާން ލައިގެން އިން ޔުނީފޯމުގައި އެލާރާ އަތް ހާކާލިއެވެ. 7 މަސް ފަހުން އޭނާގެ ބީހުން އިހުސާސް ވުމުން ޔައުލާންގެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. ދެލޯ މަރާލެވުން އިރު އެ މަޑު ކަފަކޮޅެއް ފަދަ އަތް ތިލައިން އަބަދުވެސް އެ އަތުގައި ފިރުމާލަ ފިރުމާލަ ހުންނާނެ ނަމައޭ ހިތާ ހިތުން ބުނެވުނެވެ.

“އާނ. މިއައީ ކޮސްޓިއުމް ޕާޓީ އަކުންނޭ. ލޯލާ އަބަދުވެސް ބުނަމެއްނުން ފުލުހަކަށޭ ވާން ބޭނުމީ؟ އެހެންވެ ކިވް ހިތަށް އެރީ އަހަރެން ވާނީ ފުލުހަކަށޭ” އެލާރާގެ އަތުގައި ފިރުމާލަމުން ޔައުލާން ބުނެލިއެވެ.

އެތަނަށް އައި އެޒިކިއެލްއަށް އެދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އަޑު އިވުނެވެ. އެހާ ތެދުވެރި ލޮތްބެއް އޭނާއަށް އަދި މިފެނުނީ އަލަށެވެ. ޔައުލާން އެލާރާދެކެ ލޯބިވާ ވަރު ހިތަށް އަރާ އެޒިކިއެލްގެ ހިތަށްހަމަ ޖެހުން ލިބުނެވެ. ހަގީގަތުގައިވެސް އެކަހަލަ ލޯބިވާ މީހުން ދުނިޔޭގައި އުޅޭތާއެވެ. އެމީހުން އުޅެނީ ހަމައެކަނި ވާހަކަ ތަކުގައި ނޫންތާއެވެ.

(ނުނިމޭ)

ހަތްދިހަހަތަރުވަނަބައިގެ ތެރެއިން:

“އެވެދާނެތަ ޒަވޫގެ ދަރިއަކަށް؟ ދޮގު ނުހަދާ ތެދަށް ބުނާތި” ނޭފަތް ދަމާލަމުން ވިޝާޔާ އެހިއެވެ. ދެން ޒަވުލް ކޮށްލި ކަމަކުން ވިޝާޔާގެ ދެލޮލުގައި ކަރުނަތައް އުފެދުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ލޯބި-33

Next

ދުނިޔޭގެ ކުރު ހަޔާތް

Next
July 17, 2026

ދުނިޔޭގެ ކުރު ހަޔާތް

Previews
July 17, 2026

ލޯބި-33

3 Comments!

  1. MaZy says:
    July 17, 2026 at 4:13 pm

    Jsjwkdn I’m curious I’m curious
    Who’s child is actually elaa carrying 😭😭😭

    1. shihaamaa ali shihaamaa ali says:
      July 17, 2026 at 4:26 pm

      AAAHHHH 😭😭😭😭 idk idk idk idk idk hahahahahahaha… you’ll know who’s baby it was once she gives birth! stay tuuneeddd keke

  2. Your fav bab Your fav bab says:
    July 17, 2026 at 7:54 pm

    Eyy yoo yoo!! Shierooo!! My curiosity level left earthhh😭!!!
    Mi part vx hama excellent!
    Waiting for next!!
    Love youu💗💗

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 65←


All Right Reserved!