Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 71

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
July 14, 2026 3 Mins Read
4 Comments

ލޯމަތިން އަތް ނަގަމުން އެލާރާ އިސް އުފުލާލާ ބަލައިލިއެވެ. ކުރިމަތީގައި ހުރި ޒުވާނާގެ މޫނަށް ބަލައިލީ އިރު އެމޫނުމަތީގައިވީ ސުވާލު މާކެކެވެ. “ތީ ކާކު…؟” އެލާރާ ކޮށްލި ސުވާލުން ޔައުލާންއަށް ހީވީ މީހަކު އޭނާގެ ކަންކަށިމަތީގައި ޖެހި ހެންނެވެ.

(71 ވަނަ ބައި)

“ތީ.. ތީ.. ތީ ހަމަ އެލާ… ތަ…؟” ޔައުލާންގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށީ ބަސް ބުނާހާ އަވަހަށެވެ. އެއީ ހަމަ އެލާރާ ހެއްޔެވެ؟ އެހެން ވާނެ ނަމަ ކޮން ފަދަ ހެއްޔެވެ؟ މިއީ ހުވަފެނެއް ހެއްޔެވެ؟

“ހްމްމް… މީ އެލާރާ… ދެން ތީ ކާކު…؟” އެލާރާގެ މޫނުމަތީގައިވީ ސުވާލު މާކެކެވެ. ދެލޯ ކުޑަކޮށްލައިގެން ހުރި އިރު އިރުގެ އަލިން އެލޮލަށް އުނދަގޫ ވަމުން ދާކަން ދޭހަވެޔެވެ. އިރުގެ ރަން އަލި އެދެލޮލަށް އެޅިފައި ވުމުން، އެ މުށި ކުލައިގެ ދެލޮލުގެ އަސްލު ރީތިކަން ފެންނަމުން ދިޔައީ ފުރިހަމަކަމާއި އެކުއެވެ. ދިގު އެސްފިޔަތަކުން ހިޔާވެފައިވީ ދެލޮލުން ފެންނަނީ ވޭނެވެ. އޭނާ ލައިގެން ހުރީ އަޅި ކުލައިގެ ދޫ، ބޮޑު ޓީޝާޓެކެވެ. އެ ޓީޝާޓު އެލާރާގެ ކަކުލާއި ހަމައަށް އަރައެވެ. ޓީޝާޓުގެ އަސްލު ކުލަ ނޭނގޭ ވަރަށް އޭގައި ލޭގެ އަސަރު ވިޔެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ކޮނޑާއި ހަމައަށް ކޮށާލާފައެވެ. އެއީ ގަދަކަމުން ކޮށްފައިވާ ކަމެއްކަން ދޭހަ ވަނީ އެކި އެކި އިސްތަށިކޮޅުތައް އެކި ވަރުވަރަށް ހުރުމުންނެވެ. އެ ދޮން ކޯތާފަތުގައި ލަކުނުތައް ހުރި އިރު ނިއްކުރިމަތިވެސް ފަޅައިގެން ގޮސް ލޭ އައިސް ހުއްޓެވެ. އެތަން ވަނީ ކަނޑުވެފައެވެ. އެނޫނަސް ނިއްކުރިމަތީގައި ދެތަން ހަލާކުވެ، ފަސޭހަ ވެފައި ހުއްޓެވެ. ހިމަ ކަމުން ނޭނގޭ ކައްޓެއް ނެތެވެ. ހިކި އަނަރޫފަ ވެފައިވީ ވަރުން އޭނާ ހީވަނީ މަރު މައްޔިތެއް ހެންނެވެ. ހަށިގަނޑުގެ އެތަން މިތަނުގައި ހަލާކުވެފައިވީ ނިޝާންތައް ހުއްޓެވެ. ބައެއް ލަކުނު ތާޒާ ކޮށެވެ. އަނެއް ލަކުނުތައް ފާރަށްވެފައެވެ. ނުވަތަ އެކީގައި ފަސޭހަ ވެފައެވެ.

އޭނާގެ ލޯބިވާ އެލާރާ އޭނާއަށް މިފެނުނީ 7 މަސް ފަހުންނެވެ. އެހެން ވިޔަސް ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ޔައުލާންއަކަށް ނޭނގުނެވެ. ނޫނެކެވެ. އުފާވިޔެވެ. ދެރަވެސް ވިޔެވެ. އުފާވީ އޭނާ ފެނުމުންނެވެ. ދެރަވީ އޭނާއަށް ވެފައި ހުރި އަނިޔާތައް ފެނުމުންނެވެ.

ކުރިމަތީގައި ހުރި ގޮތް ނޭނގޭ ޒުވާނާއާއި ދިމާލަށް ބަލަން ހުއްޓާ އެލާރާގެ ދެލޮލަށް މަންޒަރު ފުސްވާން ފެށިއެވެ. މިހާރު އޭނާ ނުކައި ހުންނަތާ 2 ދުވަސް ވެއްޖެއެވެ. ކޮޅަށް މާ ގިނަ އިރު ހުރުމުން އެނބުރުުން އަރާ ގޮތް ވިޔެވެ. ވެއްޓެން ދިޔުމާއި އެކު ޔައުލާން އަވަސް ކަމާއި އެކު އެލާރާގެ އޭނާގެ އަތުތެރެޔަށް ލިޔެވެ.

ޑިއުޓީއަށް ދާން ތައްޔާރުވާން ލޯގަނޑު ކުރިމަތީގައި ހުރި އެޒިކިއެލް ހުރީ މިކްޔާއަށް ވީޑިއޯ ކޯލެއް ކޮށްގެންނެވެ. ދެލޯބިވެރިންގެ ދެމެދުގައި ދެކެވެމުން ދިޔައީ އެދެމީހުންގެ ކައިވެނީގެ ވާހަކައެވެ. “މިހާރު ހަމަ އެންމެ އިންތިޒާރު ކުރެވެނީ އެދުވަހަށް. އޭރަށް ނުޖެހޭނޭނުން ދޯ ކޮންމެ ދުވަހަކު މިހެން ގުޅާކަށް. މިކީ ހުންނާނީ އަބަދުވެސް އަހަރެން ކައިރީގަ. އަހަރެންގެ އަތު ތެރޭގައި” އުއްމީދުން ފުރިގެންވީ ރާގެއްގައި އެޒިކިއެލް ވާހަކަ ދެއްކިއެވެ.

“ހެހެ އަސްލުވެސް ދޯ. އޭރަށް ހަމަ ކަޅި ޖަހާ ނުލާ ބަލަން އަބަދުވެސް އިނދެވޭނީ” ތިރީ ތުންފަތުގައި ދަތް އަޅައިލަމުން މިކްޔާ ބުންޏެވެ.

“ހެހެ އެހެންތަ؟ އަނެއްކާ ކޮންތާކަށްތަ ބަލަން ތިއުޅެނީ؟” ހެމުން ހެމުން ކަހަލަ ގޮތަކަށް އެޒިކިއެލް އެހިއެވެ.

“ދެން އެއްކަލަ އެއްލު. ވަރަށް ފޫހިވޭ” މިކްޔާ ތުންކޮޅު އޫކޮށްލިއެވެ. އެވަގުތު ޔައުލާން އޭނާއަށް ގުޅިއެވެ. “އެއްކަލަ ޔައުއްޓެ ގުޅާ އެބަ” އެޒިކިއެލް ސެންޓު ޖަހާލަމުން ބުނެލިއެވެ.

“ހޫންންން. އެހެންވެ މިކީއަށް މަލާމަތް ނުކޮށް އަވަހަށް އެ ފޯނު ނަގާ. ބާއީ ލަވް ޔޫ” މިކްޔާ އަވަސް އަވަހަށް ބުނެލިއެވެ. “ހަހަ އައި ލަވް ޔޫ މޯރ”

އެފޯނު ނިންމާފައި އެޒިކިއެލް ޔައުލާންގެ ފޯނު ނެގިއެވެ. “ކީކޭ ބްރޯ؟” އެޒިކިއެލް ވާހަކަ ދެއްކީ އާދައިގެ ރާގަކަށެވެ.

“އެއްލޫ… އެލާ… އެލާ މަރެއް ނުވޭ…” ތުރުތުރުލަމުން ދިޔަ އަޑުން ޔައުލާންއަށް ބުނެވުނެވެ.

“އޭނ؟؟ ކީކޭ؟؟” ވަގުތުން އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.

“ޔެސް. އެލާ މަރެއް ނުވޭ. އެލާ މިއޮތީ ހޮސްޕިޓަލްގަ. އާދެބަލަ. އޭރަށް ކިޔައިދޭނަން” ދެންވެސް އެޒިކިއެލް ކުރާނީ ސުވާލެއްކަން އޭނާއަށް އެނގި ޔަގީން ވިޔެވެ. އެހެން ކަމުން އެޒިކިއެލްއަށް އިތުރަށް އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ ޔައުލާން ފޯނު ބޭއްވިއެވެ.

އެޒިކިއެލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެއީ ތެދަކަށް ވެއްޖެ ނަމަ ކޮން ފަދަ ހެއްޔެވެ؟ ފޯނު ޖީބަށް ލަމުން އޭނާ ބާރަކަށް ދުއްވައިގަތެވެ. “ދަރިފުޅާ..؟” ސިޓިންގ ރޫމުގައި އިން އަލާން ގޮވަ ގޮވަ އޮށްވާ އޭނާ ގެއިން ނިކުމެގެން ދިޔައެވެ. އެވަގުތު އޭނާ ސައިކަލު މަތިންވެސް ހަނދާނެއް ނެތެވެ. ދުވަމުން ދުވަމުން އޭނާއަށް ހަސްފަތާލާއި ހަމައަށް ވާސިލު ވެވުން އިރު އޭނާ ހުރީ ދާ ހިތްލާ ފޯ ވެފައެވެ. އިންތިޒާރު ވެތީގައި އިން ޔައުލާން ފެނި އޭނާ ގޮސް ޔައުލާން ކުރިމަތީގައި ކުޑަ ކަކޫ ޖެހިއެވެ.

“ކޮ.. ކޮބާ އަހަރެންގެ ކޮއްކޮ..؟” ތުރުތުރުލަމުން ދިޔަ އަޑުން އެޒިކިއެލް އެހިއެވެ.

“މިހާރު 2 ގަޑި އިރު ވެެއްޖެ އެލާ ގެނަ ފަހުން. އަހަރެންވެސް މިހުރީ ޝޮކެއްގަ… އެހެންވެ ކުރީބައިގައި ނުގުޅުނީ.. ވީގޮތަކީ…” އެލާރާ އޭނާއަށް ފެނުން ގޮތް ވަރަށް ތަފުސީލުކޮށް ޔައުލާން ކިޔައިދިނެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޑަކްޓަރު ކޮޓަރިން ނިކުތެވެ. ޑަކްޓަރު ނިކުތުމުން ދުވެފައި ކަހަލަ ގޮތަކަށް ޔައުލާންއާއި އެޒިކިއެލް ޑަކްޓަރު ކުރިމަތީގައި ހުއްޓުނެވެ. ޑަކްޓަރުގެ މޫނުމަތީގައިވީ އަސަރުތަކުން ލިބެން އެއުޅެނީ ރަނގަޅު ޙަބަރެއް ނޫންކަންވެސް ދެމީހުނަށްވެސް އެނގި ޔަގީން ވިޔެވެ.

“އެތެރެއަށް ދުރުވެލާ… އެކަހެރިކޮށް ކަންނޭނގެ މިވާހަކަ ދެއްކުން އެންމެ ބުއްދިވެރީ…” އިސްޖަހާލަމުން ޑަކްޓަރު އައިހަމް ބުނެލިއެވެ. ހިންދިރުވާލަމުން ޔައުލާން އަދި އެޒިކިއެލްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

ޑަކްޓަރ ކޮޓަރިއަށް ވަދެ އެޒިކިއެލްއާއި ޔައުލާން އިށީނެވެ. ދެއަތް ދެއަތާއި މޮޑެލަ މޮޑެލަ އިނދެވުން އިރު ދެމީހުންވެސް ތިބީ ބިރުންނެވެ. ލިބެން މިއުޅެނީ ކޮން ކަހަލަ ޙަބަރެއް ކަމެއްވެސް އެނގެނީކީ ނޫނެވެ.

“އެލާރާ… އެލާރާ ހާލަތު މިވަގުތު ރަނގަޅު. ބެލެވޭ ގޮތުން ނަމަ އެލާރާ ވަނީ ރަހީނު ކޮށްފައި. އެލާރާގެ މަރަކީ ބަޔަކު ރާވައިގެން ކުރި ކަމެއްކަން މިހާރު އަޅުގަނޑަށް ޔަގީން ވެއްޖެ. އެރޭ އެލާރާގެ ހާލަތު ބެލި ޑަކްޓަރު ވެސް މިހާރު ރާއްޖޭގައިވެސް ނެތް. ޖެހިގެން އައި ދުވަހު އޭނަ ކެނޑިގެން ދިޔައީވެސް.. ދެން.. ރަހީނު ކޮށްފައި ހުރި އިރު… ވަރަށް ގިނައިން ރޭޕް ކޮށްފައި ހުރި ކަމުގެ ނިޝާންތައް ވެސް އެބަ ހުރި…” އައިހަމްއަށް އިސްޖަހާލެވުނީ އެޒިކިއެލްއާއި އެލާރާއަކީ އެންމާބަނޑުދެެބެންކަން އޭނާއަށް އެނގޭތީއެވެ.

އެޒިކިއެލްގެ ހިތް މަރުވިފަދައެވެ. ޔައުލާންއަށްވެސް ވީ އެވަރެވެ. ފާއިތުވެ ދިޔަ 7 މަސް ދުވަހު ތެރޭގައި އެލާރާ އެއުޅުނީ ކޮން ފަދަ ހާލެއްގަ ހެއްޔެވެ؟

“ދެން.. ދެން.. އެލާ މިހާރު ކިހިނެތް…؟” އެޒިކިއެލްގެ އަޑު ކުރެހުނެވެ.

“މިވަގުތު އެލާރާގެ ހާލަތު ސްޓޭބަލް. އެކަމަކު… ދެން ބުނަން އޮތީ.. އެއަށް ވުރެ މާ އަޑު އަހަން އުނދަގޫ ވާހަކައެއް.. އެލާރާ… އެލާރާ…” އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ބުނަން އޮތް ދެ ޙަބަރަކީވެސް އަޑު އަހަން ފަސޭހަ ވާނޭ ޙަބަރެއް ނޫން ކަން މުޖައްރިބެވެ. “އެލާރާ…”

(ނުނިމޭ)

ހަތްދިހަދެވަނަބައިގެ ތެރެއިން:

“ކަލޭ ބުރާންތި ވެގެންތަ ގެއަށް ދިޔައީ؟ މަ ބުނެފަ ދޯ އޮންނާނީ މަ ގޭގަ ހުންނަ ގަޑި ގަޑީ ކަލޭ ހުންނަން ޖެހޭނީ އެލާރާ ކައިރީގައޭ” ކައިރީގައި ހުރި މޭޒު ނަގާ އަކިޔަލްއާއި ދިމާލަށް ހޫރާލި އިރު ބޮސް ދިޔައީ ތުރުތުރުލަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ކަނު އިތުބާރުގެ ނިމުން

Next

ބަދަލް-10

Next
July 14, 2026

ބަދަލް-10

Previews
July 14, 2026

ކަނު އިތުބާރުގެ ނިމުން

4 Comments!

  1. Shaba_17 says:
    July 14, 2026 at 5:25 pm

    Mi part ves vrh Reethi MA 💗
    I feel bad for Ella vrh dhera 💔😭😭
    I think Ella ah vhk nudhehkey vhk bunan kanne eulheny
    I really appreciate your hard work keep it up ✨
    Curiously waiting for the next part When’s next?
    Lysm And Tc 💗

  2. Anonymous says:
    July 14, 2026 at 6:00 pm

    How many episodes left?

  3. Gurrl_8 says:
    July 14, 2026 at 6:39 pm

    When is n3xt part cant wait for it
    Alhey thiya boss akah haadha varekey dhw vanii

  4. Black says:
    July 14, 2026 at 9:03 pm

    MA.. Nice 🎭💗
    When’s next? Ly💗💗💗

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 71←


All Right Reserved!