“ބުނަން ވާހަކައެއް މުޖުތަބާ….އިރެއްގައި ކަލޭގެ ދަށުގައި މަ ހުއްޓަސް މިހާރު ކަލޭ ތި ހިރީ މަގޭ ދަށުގައި…އާރާ ބާރުގެ ގޮތުން ވެސް މިހާރަކު މަށަކާ އެއްވަރެއް ނުވެވޭނެ…..ކަލޭގެ ދަރި މަށާ ދެވީ މަގޭ ބޮލަށް ކަލޭގެ ރޭވުންތައް ވައްދާ މަ ވާވައްދައިގެން…..އެއް އިރަކު ވެސް މަށެއް މަލްޝަބާ ދެކެ ލޮތްބެއް ނުވޭ…..ކަލޭ ވެސް ބޭނުންވީ ފައިސާ…..މަތީ މަޤާމެއް…..މަ އޭރު ވެސް ބުނިން މަ ބޭނުން ގޮތެކޭ ހަދާނީ……އެހެންވީމަ މިހާރު އެއީ މަގޭ އަންހެނުން…….ކަލޭގެ ދަރިއެއްގެ ގޮތުގައި އޭރު ހުއްޓަސް މިހާރު މަށަކީ އޭނާގެ ފިރިމީހާ…..އޭނާގެ މައްޗަށް ހިނގާނީ މަގޭގެ އަމުރު………”
މުޖުތަބާ އާއި ދިމާލަށް ކަނާތުގެ ޝަހާދަތް އިނގިލި ދިއްކުރަމުން ނަބީހު ބުނެލިއެވެ. ހީވީ މުޖުތަބާ އެއީ އޭނާ ގެންގުޅޭ އަޅެއް ހެންނެވެ. މިއީ ދުނިޔޭގެ އުސޫލެވެ. އާރާ ބާރު ނެތީ ވިއްޔާ މީހާއަކަށް ނުވެއެވެ. ސަރުކާރުގެ މަތީ މަގާމެއް އަދާނުކޮށްފިއްޔާ ކަމަކު ނުދެއެވެ. ހުރިހާ ވެސް އެއްޗަކީ ފައިސާއެވެ. މި ދުނިޔެ މަތީގައި ފައިސާއިން ބޭނުންކަމެއް ކުރާއިރު އާޚިރަތް ދުވަހުގެ މަތިން ނަބީހުމެން ކަހަލަ މީހަކު ހަނދާނެއް ވެސް ނެތެވެ. އޭނާއަށް ވުރެ ދަށު މީހަކު އޭނާގެ މައްޗަށް އަމުރު ހިންގުމަކީ އޭނާއަށް ބަލައިގަނެވޭ ކަމަކަށްނުވެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މުޖުތަބާ އޭނާ އާއި އެންމެ ކައިރީގައި ގެންގުޅުނީ އޭނާއަށް ނޭނގި ކަތިފިޔަވަޅެއް ވެސް އަޅާފާނެތީއެވެ. މިކަން މިއަދު މުޖުތަބާއަށް ވިސްނެއެވެ.
އެއްވެސް މަޔަކު އަދި ބަފަޔަކު ވެސް އުފަން ދަރިއަކަށް ގެއްލުން ލިބޭތަން ބަލަން ކެތްވާނެ ހެއްޔެވެ؟ ނަބީހުގެ ހައްޔަރުގައިވާ އެއްވެސް މީހަކު ދެވަނަ ފަހަރަށް މި ދުނިޔެއަށް ނޭވާލުމުގެ ފުރުސަތު ނުލިބޭކަން އޭނާއަށް އެނގެއެވެ. ވީއިރު މަލްޝަބާ އެވަނީ މިހާރު އެފަދަ ޙާލެއްގައެވެ. ނަބީހުގެ މީހުން މަލްޝަބާ އޭނާގެ ލޯ މަތިން ގެންދިޔައީ ބަލަބަލާ ހުއްޓައެވެ. ބުނާނެ ބަހެއް ކުރާނެ ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާއަށް ޔަގީންވާ އެއްކަމެއްވެއެވެ. އެއީ ނަވީނާއި ނުހައިކު މަލްޝަބާއަށް ދެރަގޮތެއް ނުހަދާނެ ކަމެވެ. އެއީ އެ ކުދިންގެ މަންމަ ވިއްޔާއެވެ. ފުންނޭވާއަކާއި އެކު މުޖުތަބާ ލޯ މަރާލިއެވެ.
“ބައްޕާ…….މަންމަ ހައްޔަރު ނުކުރިޔަސް ވާނެއްނުން…….އެއީ ބައްޕަގެ އަންހެނުން…..އަހަރުމެންގެ މަންމަ…..ބައްޕައެއް ކަމަކު އެހެނެއް ނުހެދޭނެ….” އެންމެ ފުރަތަމަ ވެސް ބަހެއް ބުނީ ނަވީނެވެ. އެ އަޑުގައި ޖެހިލުންވުމެއްނުވެއެވެ. “މަ ކަންތައް ކުރަންވާނެ ގޮތް އިނގޭނީ މަށަށް…..” ނަބީހު ނުހައިކާއި ދިމާލަށް ވެސް ހަޅޭއްލަވައިގަތެވެ.
ރޭގަނޑުގެ ދާނުގައި ރަނިކަންކުރަން ބުރުހަމަ ހަނދު އިނެވެ. މިރޭ އެތައް ބަޔަކު އެ ހަނދަށް ބަލަން އެތައް މޭލެއް ދުރުގައި ތިބޭނެކަން އެ ހަނދަށް ވެސް އެނގުންވެއެވެ. ބުނާކަހަލައެވެ. ތިމަންނައަކީ ރޭގަނޑުގެ ރާނީއެވެ. ތިމަންނަގެ ޚިދުމަތުގައި ވިދާ ބަބުޅާ އެތައް ހާސް ފަހުލަވާނުން އެބަ ތިއްބެވެ. އެންމެ އާދައިގެ ފޯނުން ފެށިގެން ގޮސް އެންމެ މޮޅު ފޯނުތަކުގައި ތިމަންނަގެ ތަސްވީރުތައް ރައްކާކުރާނެކަން ގައިމެވެ. އަދި އެތައް މަންސައަކުން ތިމަންނަގެ ތަސްވީރުތައް ފެންނާނެއެވެ.
ރޭގަނޑުގެ މި ހިތްގައިމު މަންޒަރު މެހެކު ވެސް އޭނާގެ ސުމާޓު ފޯނުގައި ރައްކާކުރިއެވެ. އަދި ރީތި ކެޕްޝަނެއް ލިޔެފައި އިންސްޓަގުރާމަށް ޕޯސްޓުކޮށްލިއެވެ. އަދި ފޯނު މޭޒުމަތީ ބާއްވާފައި ރޭގަނޑުގެ ރަނިކަންކުރަން އިން ހަނދަށް ނަޒަރުހުއްޓއިގެން އިނެވެ. ގޭތެރެ މާ އަޑުގަދަވެގެން މެހެކު ބެލްކަނި ދޮރާ ދިމާލަށް ބަލާލިއެވެ. އެއިރު ފައިނާ އާއި ނީރާ މެހެކާ ދިމާލަށް އާދެއެވެ.
“މީނީނުން ކަމަނާފުޅު……..ކީއްކުރަނީ އެކަނިމާ އެކަނި….” ނީރާ އައި ގޮތަށް މެހެކުގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. “ހެލޯ މެހެކު…” މެހެކަށް އެއްޗެއް ނުބުނެވެނީސް ރާކިން އައިސް ގޮވާލިއެވެ. މެހެކު ބަލާލިތަނުން ރާކިން ކައިރީ ހުރި ޝަދާން ފެނުނެވެ. “ކައިފިންތަ؟…..” މެހެކު ބަލާލުމުން ޝަދާން އަހާލިއެވެ. “އައްޗީޑި ރެކުގަޑާ……” މެހެކުގެ ކަނާތްފަޅީ އިން ފައިނާ ރުޅި އައިސް ހަޅޭއްލަވައިގަތީ ޝަދާން އެހެން ބުނުމުން ކޯކު ދަޅެއް ބޯން ހުރި ރާކިންގެ އަނގައިގައި ހުރި ކޯކުތައް ފައިނާގެ މޫނަށް ބުރައިގެން ދިޔުމުންނެވެ. ޝަދާން ވެސް ބޯކަހާލަކަހާލަ ހުއްޓެވެ.
“ބްރޯ ކަލޭ ވާ ރަނގަޅު…..ވާން އުޅޭ އަނބިމީހާ ކައިރީ ކާކުތަ އެންމެ ފުރަތަމަ ވެސް ކައިފިންހޭ އަހާނީ..އަދި އެވެސް އާދައިގެ ގޮތަކަށް…..ނިކަން ރޮމްވެބަލަ….” ރާކިން ހެމުން ހެމުން ބުނެލިއެވެ. “ބަލަ މަށަށް އެނގޭ ގޮތަކަށް ދޯ ބުނާނީ….” ޝަދާން ދެރަނުވާންވެގެން ބުނެލިއެވެ. “ވާއު ކުޑޭ…..ގައިމު ކުރިން ނުލާހިކު ރޮމްކޮށް މެހެކާއިއެކު އުޅުނީ….” ނީރާ ބުނެލިއެވެ. “އޭރު އެހެން އުޅުނަސް މިހާރު ނޭނގޭ…..” ޝަދާން މެހެކާއި ދިމާލަށް ބަލަން ހުރެ ބުނެލިއެވެ.
“ނޭނގެނީތަ ނޫނީ އެހެން އުޅެން ބޭނުންނުވަނީތަ؟…” މެހެކު ސީދާ ޝަދާންއަށް ބަލަން އިނދެ އަހާލިއެވެ. “ޔޫ ލައިކު މައި ޑާކު ސައިޑު؟….” ޝަދާން ވެސް މެހެކާއި އެއްވަރަށް ތިރިވެލަމުން މެހެކުގެ މޫނަށް ބަލަން އިނދެ އަހާލިއެވެ. އެ ދެމީހުންނަށް ވަށައިގެން ބަޔަކު ތިބިހެން ވެސް ހީނުވެއެވެ. “ވިލް ޔޫ ޝޯ ދެޓު މީ؟…” މެހެކު ވެސް ކޮށްލީ ސުވާލެކެވެ. “ޔެސް އިފް ޔޫ ވޯންޓު….” ޝަދާން ބުނެލިއެވެ. “ދެ މީހުން ކިސް ކުރަންތަ ތި އުޅެނީ؟….” ރާކިން އެއްފަހަރު މެހެކަށް އަނެއް ފަހަރު ޝަދާނަށް ބަލައިލަމުން އަނގަމަތީ އަތް އަޅައިގެން ހުރެ ބުނެލިއެވެ. “ވަޓް؟..” އެއްފަހަރާ މެހެކާއި ޝަދާން ބުނެލިއެވެ. “ބަލާބަލަ ކުޑޭ އާއި މެހެކު ތިބި ގާތްކަން….” ފައިނާ ދައްކާލީ އެވަގުތު އެ ދެމީހުން ތިބި ގޮތެވެ. އެކަކު އަނެކަކު މޫނާއި މޫނު ޖެހޭހާ ކައިރީގައި ތިބިކަން ރެއަކާލީ އަދި ކިރިޔާއެވެ. އަވަސް އަވަހަށް ޝަދާނާއި މެހެކު ދުރުވެލިއެވެ. އެއާއިއެކު އިވުނީ އެންމެންގެ ހުނުމުގެ އަޑެވެ.
މި މަންޒަރު ބަލަން ދުރުގައި ޝެހެނާޒާއި މީކާއިލު އަދި އާލިޔާ ވެސް ހުއްޓެވެ. އެންމެންގެ މޫނުތަކުން ފެންނަނީ ހިނިތުންވުމެވެ. އުފާވެރިކަމެވެ. މަޑުމަޑުން ޝަދާނާއި މެހެކުގެ ގުޅުން ރަނގަޅަވުމުގެ ފާލަމެއް ފެނިގެންދާތީ އާލިޔާ ވަރަށް ހިތްހަމަޖެހެއެވެ. ޝެހެނާޒުގެ ހިތުގައި ވެސް ޖަޒުބާތުތަކެއް އުތުރި އަރައިގަތެވެ. ދެ މީހުން ދުރުގައި ތިބޭތާ ލައްކަ ދުވަސްތަކެއްވެއްޖެތާއެވެ. ފަސް އަހަރަކީ ކުރު މުއްދަތެއް ނޫނެވެ. ހީނުކޮށް ހުއްޓާ ބިންދާލި ރާޅެއްގެ އޮޔާގައި ޖެހުނީ އޭނާ އެންމެ ލޯބިވާ ދެ ކުދިންނެވެ.
“މެހެކު…..އަސްލު މިރޭ މި އައީ އެއްކަލަ ގުރޫޕުގެ ވާހަކަދައްކާލަން….” ޝަދާން އެމީހުން އައި އަސްލު މަޢުޟޫއަށް ދިޔައެވެ. “ވެއިޓު ޒިން އެބަ އަރާ….” ރާކިން ބުނެލިއެވެ. “ހާއި ގާއިޒު….” ރާކިން އެހެން ބުނެ ނިމުނުތަނާ އެލްޒިން އައިސް ވަނެވެ. އެލްޒިން އައި ގޮތަށް އައިސް ނީރާގެ ކައިރީގައި އިށީނެވެ. “ކަލެއަށް އާދެވިއްޖެ ދޯ…ޑަކުޓަރު” ރާކިންގެ ސަކަ މިޒާޖުގައި ބުނެލިއެވެ. “މަޑުކޮށްލާ އެބަ އަންނަން….” މެހެކު އެހެން ބުނެ އެތެރެއަށް ގޮސް ވަނެވެ. އިރުކޮޅެއް ފަހުން ބަލްކަންޏަށް ނިކުތީ ނޫރައިން ގޮވައިގެންނެވެ. “ހެއީ ނޫރު ދޯ….” ފައިނާއަށް ނޫރައިން ފެނުމުން މަޖާވެފައި ބުނެލިއެވެ. ؟ “ރަނގަޅުވާނެ ތިހެން ކިޔަސް….” ނޫރައިން ހިނިތުންވަމުން ބުނެލިއެވެ. ނޫރައިން ވަނީއްސުރެ ދުރުގައި ފޯނެއްގައި ހުރި ޝާފިއުގެ ނަޒަރު ނޫރައިނިން ވަތްކެއްނުވެއެވެ. ކަޅިޖަހާނުލާ ބަލަން އިނީ ކުރިމަތިން ގެއްލިދާނެކަމުގެ ބިރު ހީވާތީއެވެ. ފޯނު ކޯލު ނިންމާފައި އައިސް ޝާފިއު މަޑުކޮށްލީ ނޫރައިން ކައިރީއެވެ.
“ހޫމް….އަސްލު ކުޑޭ ރެކުލައްވާ އެ ގުރޫޕު ހެދުވީ މީއްކޮގެ މަރުގެ މައްސަލައިގެ ހަގީގަތް ހޯދަން…އެކަމުގެ ވާހަކަދައްކަން….އެކަކު އުޅެގެން އެހާ ބޮޑު ކަމެއްގެ ހަގީގަތް ހޯދުމަކީ ނާދިރުކަމެއް…އެހެންވެ ގުރޫޕު ބޮޑުވި ވަރަކަށް ފަސޭހަވާނެ އެ ކަމުގެ ހަގީގަތް ހޯދަން….ކުޑޭ އަތުގައި މިހާރު ވެސް އެބަހުރި މި ފަސް އަހަރު ތެރޭ އެއްކޮށްފައި ހުރި ބައެއް ހެކިތައް….ސޯ އެކަންކަމުގެ ވާހަކަދައްކަން ހެދި ގުރޫޕެއް އެއީ….” ޝަދާން ކިޔައިދިނެވެ. “ކުޑޭ ބުނި ނަމައެއްނުން އަހަރުމެން ކައިރި ވެސް…..އަހަރުމެން އެންމެން ވެސް ހެލްޕުވާނަން….” ފައިނާ ބުނެލިއެވެ.
“އިނގެންވާނެ މިއީ ރިސްކީ ކަމެއްކަން….ކުޑޭ ބޭނުމެއްނޫން އެއްވެސް ކުއްޖަކަށް ގެއްލުމެއްވާކަށް….” ޝަދާން ބުނެލިއެވެ. “މެހެކު ކީކޭ ބުނަނީ؟….” ނީރާ އަހާލިއެވެ. “މެހެކު….ހަމަ އަސްލަށް ވެސް ކުޑޭއެއް ނޫން މީއްކޮއަށް އެހެން ހެދީކީ….ވީ އޯލް ވާ ދެއާރ…..ކާކުގެ ނަސީބެއްކަމެއް ނޭނގެ އެ ވަގުތު އެތަނުގައި މެހެކު ނެތީކީ…..” ފައިނާ މެހެކުގެ އަތުގައި ހިފާލަމުން އާދޭހާއިއެކު ބުނެލިއެވެ. “ތެދެއް މެހެކު…..މިހެން މި ބުނަނީ މަށަކީ ދާންގެ ބެސްޓީއަށްވާތީކީ ނޫން ހަގީގަތް އަހަރުމެން އެންމެންގެ ލޯމަތީގައި އެރެއިން އެރެއަށް ނިއުޅިގެންދިޔައީމަ….ޔޫ ބްލައިންޑްލީ ބިލީވްޑް ދެޓް މޮންސްޓާރ….” ރާކިން ޝަދާންގެ ދިފާއުގައި ބުނެލިއެވެ.
މެހެކު ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު ހީލިއެވެ. އެންމެން އަދި ވެސް ހީކުރަނީ އޭނާ ޝަދާން ކުށްވެރިކުރަނީ ކަމަށް ހެއްޔެވެ؟ ހަގީގަތުގައި ހުދު އޭނާއަށް ވެސް އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލިއްޖެކަން އިނގޭ ހެއްޔެވެ؟ ޝަދާންގެ އަތެއް އެކަމުގައި ނެތްކަން އެނގުނު ހިނދު އޭނާގެ ހިތުގައި އެޅި ވޭން އިނގެނީ ފަހެ ކާކަށް ހެއްޔެވެ؟ ނޫރައިން މަޑުމަޑުން މެހެކުގެ އަތުގައި ފިރުމާލިއެވެ. އަދި ހަމަޖެހެށޭ ބުނެލީ މަޑުންނެވެ.
“އަހަރެން ގަބޫލުކުރަމޭ….އެންމެން މާ ކަންތައް ބޮޑުވަނީ ދޯ….” މެހެކު ހެމުން ބުނެލިއެވެ. “ވަޓު…..އަސްލު ތަ” އެންމެ ފޯރި އެރި ޝާފިއު ބުނެލިއެވެ. “އައި ބިލީވް ހިމް…މިކަމުގައި ނޭނގޭ ކަންތައްތަކެއް އެބަ އުޅޭ….އެންޑު އައި ރިގުރެޓު ދެޓް….” މެހެކު ޝަދާނަށް ބަލާލުމަށްފަހު އިސްޖަހާލިއެވެ.


