Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 16..

kamana Level 310 Stories500 Comments100 Comments
April 24, 2016 7 Mins Read
35 Comments

“ހެހެހހެ އާން ދުވަސް އެބައޮތް….. ހެހެހހެ ” މަޑުމަޑުން އެހެން ބުނެ ޝައިމަން ވެސް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

…………..

މުޅި މާހައުލުން އިވެމުންދިޔައީ ކުޑަކުދިން ރޯ އަޑާއި މީހުން ވާހަކަ ދައްކާ އަޑެވެ. ސަނާ ޝަމްހާގެ އެނދުގެ މަގަތުގައި އިށީދެލައިގެން އިނީ ޖަވާބު ބޭނުންވާ އެތަށް ސުވާލުތަކެއް ސިކުނޑީގައި އެނބުރެމުން ދާތީއެވެ.

“ފަހުން….. ޕްލީޒް” ޝަމްހާގެ އަޑުގައި ވަރުބަލިކަން އެކުލެވިގެން ވިއެވެ. “އޯކޭ ނިދާލާ…. ފަހުން ވާހަކަ ދައްކާނީ” ސަނާ ޝަމްހާގެ ނިއްކުރި މަތީގައި ފިރުމާލިއެވެ. ޝަމްހާ ނިދުމުން ސަނާ އެމެޖެންސީ ރޫމާ ދިމާލަށް މިސްރާބު ޖެހީ މަމްދޫހަށް ވީގޮތް ބެލުމަށެވެ.

“މަންމާ….. އަދިވެސް ދޮންބެ” ގޮނޑީގައި އިށީދެގެން އިން އާޝިޔާގެ މޫނުމަތި ވަނީ އެއްކޮށް މިލާފައެވެ. ދެލޯ ކައިރީގައި ކަރުނައިގެ އަސަރު ފާޅުވާން ހުރި އިރު މޫނުމަތިން އެއްވެސް ކަހަލަ ޝުއޫރެއް ނުފެނެއެވެ. “މަންމާ” އާޝިޔާގެ ކޮނޑުގައި ހިފާ ތަޅުވައި ގަންނަމުން ސަނާ ގޮވާލީ އާޝިޔާ އިން ގޮތުންނެވެ.

“ދަރިފުޅާ… ދޮންބެ… ދޮންބެ އަށް ނުވާނެ ދޯ އެއްވެސް ގޮތެއް” ސަނާ ގައިގަ އޮޅުލައި ގަންނަމުން އާޝިޔާ ކިޔަމުން ދިޔައެވެ. “މަންމާ ނުވާނޭ ކަމެއް… ” ސަނާއަށް ވެސް ވަނީ ރޮވިފައެވެ.

“ދަރިފުޅާ…. ހަމަ ހުއްދަ ލިބޭ އިރަށް ދޮންބެ ގޮވައިގެން ފުރަން މިއުޅެނީ….. ދަރިފުޅު އެކަނި ގޭގަ ނޫޅެ ޝަމްހާ ކައިރީގައި އުޅެން ވީނު…. އަޅެ ބަލާބަލަ ޒައިނަބު ރުހޭތޯ” ބާރު ހިނގުމެއްގައި އައިސް އާޝިޔާ ކުރިމައްޗަށް ހުއްޓެމުން އާދިލް ބުންޏެވެ.. “ދައްތަ އެއްބަސް ވާނެ…” ސަނާ ދެލޯ ފޮހެލަމުން ބުންޏެވެ.

“އެކްސްކިޔުސް…. ޕޭޝެންޓްގެ ބެލެނިވެރިންތޯ” އެމެޖެންސީ ރޫމުން ނިކުތް ޑޮކްޓަރު ގޮވާލުމާއެކީ އާޝިޔާ އާއި އާދިލް އެދިމާލަށް ދިޔައެވެ.

“ލައްބަ… ކިހިނެއްތޯ ވީ… އަޅުގަނޑުގެ ދަރިފުޅު ރަނގަޅު ތޯ” ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ފޮހެމުން އާޝިޔާ އަހާލިއެވެ.

“ޕޭޝެމްޓް ސްޓެބަލް… ވަރަށް ބޮޑަށް ބޯފަޅައިގެން ދިޔަ… ބޮލުގެ ނާޝިގަނޑަށް ކިރިޔާ އަނިޔާ ނުވެ ހުރީ.. އެކަމަކުވެސް ބޮލަށް އިތުރު ގެއްލުމެއް ވީތޯ އިތުރު ޓެސްޓް ތަކެއް ހަދަން ޖެހޭނެ… ކަނާތު ފައި ކަކޫ ކައިރިން އިބެން އިރައިގެން ގޮސް.. ދެން އިތުރު އެއްޗެއް ބުނަން އެނގޭނީ ޓެސްޓް ތަށް ހެދީމަ…. އަދި އެއްވާހަކަ އޮޕަރޭޓް ކުރަމުން ދިޔަ އިރު ޕޭޝެންޓް ޝާޝާ އަކަށް ވަރަށް ގޮވި…. ދޭތެރެ ދޭތެރެއިން ހަމަ އެނަން ކިޔާލާ… ތިތަނުން އެއީ ކާކޫތޯ…. ” ޑޮކްޓަރު އެހެން ބުނުމުން އާޝިޔާ އާދިލްގެ މޫނަށް ބަލާލިއެވެ.

“އަޅުގަނޑު ބޭނުމީ ބޭރަށް ދާން…. ދަތުރު ކުރެވޭނެތޯ” އާދިލް ބޭނުންވީ ވީހާވެސް އަވަހަކަށް މަމްދޫހަށް ފަރުވާ ދިނުމަށެވެ.

“އަޅުގަނޑު ދެންމެވެސް ދެންނެވި ފަދައިން ބޮލަށް ލިބިފައި ވާ ގެއްލުން އަޅުގަނޑުމެން ޖެހޭ އަދި އިތުރަށް ބަލަން… ޕޭޝެންޓް ކޮޅު ކޮޅަށް ނުދުއްވައި އަޅުގަނޑަށް ރަނގަޅީ މިކޮޅުގެ އޮބްޒާވޭޝްންގައި ބާއްވަން… ޕޭޝަންޓަށް ވެސް ރަނގަޅުވާނީ އެގޮތްހެން ހީވާނީ…” ޑޮކްޓަރު އެހެން ބުނެ އާދިލްގެ ކޮނޑުގައި ކުޑަކޮށް ޖަހާލީ އިތުބާރު ކުރާށޭ ބުނާ ފަދައިންނެނެވެ.

“އަދި އެއްވާހަކަ ޕޭޝަންޓް ހޭ އެރިހާ އަވަހަކަށް ވޯޑަށް ނެރޭނަން…. މާދަމާ ޕޭޝަންޓާ ބައްދަލު ކޮއްލުމުގެ ފުރުސަތެއްވެސް ދޭނަން” ޑޮކްޓަރު އެހެން ބުނެ އަނެއްކާވެސް އެމެޖެންސީ ރޫމާ ދިމާލަށް ދިޔައެވެ.

“އާދިލް…” އާޝިޔާ ބޭނުންވީ އާދިލް ނިންމީ ކޮން ގޮތަކަށްތޯ ބެލުމަށެވެ. “އަދި މަޑުކުރާނީ…. މިކޮޅުގައި ބާއްވާފަ އެކޮޅަށް ދާނީ…. އަދި މަޑުކުރަމާ…. ” ގޮނޑީގައި އިށިންނަމުން އާދިލް ބޮލުގައި ދެއަތުން ފިރުމާލިއެވެ.

**********

“ދަނީތަ…..” ފާހަނައިން ނިކުތް ޝަމްހާ ފެނި ސަނާ އަހާލިއެވެ. “ތިގޮތަށް…. އަހަރެން ކައިރީގައި ނިދާފައި އޮތްމީހަކަށް ވުރެއް ބޮޑަށް ކްރައިމް ސީން އެއްގައި އުޅުނު މީހެއް ވައްތަރު ޖަހަނީ” ޝަމްހާ ލައިގެން އިން ހެދުމުގައި އަތް ޖައްސަމުން ސަނާ ބުނެލިއެވެ. ސަނާ އެހެން ބުނުމުން ޝަމްހާ ހީލީ ސަނާ އާއި ދިމާލަށް ބަލަމުންނެވެ. އެމޫނުމަތިން ޝަމްހާ އަށް ފެނުނީ މިއިން ދުވަހަކު ނުދެކޭފަދަ ހިތާމައެވެ.

“އައި އެމް ސޮރީ…. ސަނާ ކީއްވެ ތިހެން ތި ހުންނަނީ… ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ” ޝަމްހާ ސަނާ ގައިގަ ބައްދައިލުމާއެކު އިވެން ފެށީ ގިސްލުމުގެ އަޑެއެވެ. ޔަގީނެވެ. ރޭގަ ނެތް ހިއްވަރެއް ސަނާ ދެއްކީއެވެ. ސަނާ ހިތްފުރޭވަރަށް ރޮންދެން ބުރަކަށީގައި ފިރުމާލަ ފިރުމާލަ ޝަމްހާ އިނެވެ. “މަންމަ ރޯވަރުން…. އަހަރެންވެސް ރޮއިފިއްޔާ ބައްޕަ އަށް ކިހިނެއްވާނީ” ޝަމްހާ ރޮމުން ރޮމުން ކިޔަމުން ދިޔައެވެ. “އިޓްސް އޯކޭ… އިރާދަ ކުރެއްވީޔާ ނުވާނެ ދެރަގޮތެއް” ޝާމްހާ ސަނާ އަށް ހިތްވަރު ލައިދިނެވެ.

“ބަރާބަރު ގަޑި އިރެއް… މިހާރު އޯކޭތަ.. ހެހެހެހ… އަންނާނަން އެއްޗެހި ބަދަލަ ކޮއްލައިގެން..” ސަނާ ހިފައިގެން އައި ކޮތަޅު ނަގަމުން ޝަމްހާ މިސްރާބު ޖެހީ ފާހަނަ އާއި ދިމާލަށެވެ.

ދެމީހުން ހިނގާފައި ދިޔައީ އެމެޖެންސީ ރޫމާ ދިމާލަށެވެ. ޝަމްހާއަށް މާ ދުރުދުރުން އިސްޖައިގެން އިން އާޝިޔާ ފެނުނެވެ.

“ދައްތާ…..” އާޝިޔާގެ އަތުގައި ހިފަމުން ޝަމްހާ ބުންޏެވެ. “ޝަމްހާ….. ސަނާ ބުނި ރޭގަ…. ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެންގެ ދަރިފުޅު ހޮސްޕިޓަލާ ހަމައަށް ގެނެސް ދިނީމަ” ޝަމްހާގެ އަތުގައި އާޝިޔާ ފިރުމަލިއެވެ. އާޝިޔާ އެބުނި އެއްޗަކުން ޝަމްހާ ސަނާ އާއި ދިމާލަށް ބަލާލިއެވެ. ސަނާ ބޯ ޖަހާލީ ފަހުން ބުނާނެކަމަށް ބުނަމުންނެވެ.

“ދަނީ ދައްތާ… ހިތްވަރު ކުރައްޗޭ….” އާޝިޔާގެ ގައިގަ ފިރުމާލުމައްފަހު ޝަމްހާ ހިނގައިގަތެވެ.

ސަނާ އާއި އެކު އެމެޖެންސީ ރޫމް ހުރަސްކުރި ޝަމްހާ ހުއްޓުނީ ފެނުނު މަންޒަރުންނެވެ. ދެތިން ފިޔަވަޅު ފަހަތަށް ޖެހިލީ ރަނގަޅަށް ބަލާލުމަށެވެ.

ދެފަރާތުގައި މެޝިން ބަހައްޓާފައި ވާއިރު ދެމެޝިނުންވެސް ދިޔައީ އެކި ކުލަ ދިއްލެމުންނެވެ. މަމްދޫހުގެ ބޮލުގައި ބޮޑު އެއްޗެއް އޮޅާފައިވާއިރު މުޅި ހަށިގަނޑުގައިވަނީ އެކި ކަހަލަ ވާގަނޑު ތަކުން ފުރާފައެވެ. ޝަމްހާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިހްތިޔާރަކާ ނުލާ ސަނާއަށް ބަލާލެވުނީ އެ ހިތުގައި އަޅާ ވޭން އިހްސާސް ކުރެވޭނެތީއެވެ.

“މަންމަ ސުވާލު ކުރާނެ… ހުއްޓާނުލާނެ.. އެހެންވެ” ހޮސްޕިޓަލް އިން ނިކުމެވުމާއެކު ސަނާ ބުންޏެވެ. “އޯކޭ ވާނެ… ދަނީ.. ގެއަށް ގޮސް ގުޅާނަން… ޓޭކް ކެއާރ..” ޝަމްހާ ދަމުން ސަނާ ގައިގަ ބައްދާލީ ހިތްވަރު ލައިދިނުމަށެވެ. “ޝާޝާ ކައިރީގައި ނުބުނައްޗޭ… ފަހުން ބުނާނީ” ރޮވިފައިވާ އަޑަކުން ސަނާ ބުނެލިއެވެ. ޝަމްހާ ވެސް ބޯ ޖަހާލީ އެކަމަށް އެއްބަސް ވަމުންނެވެ.

**********

ހެނދުނުގެ ނާސްތާއަށް ފަހު ދުވަހުގެ މަސައްކަތާއިގެން ޝައިމަން ކުރިއަށް ދިޔައެވެ. މަސައްކަތާއިގެން އުޅެވުނުލެއް ބުރަކަމުން ވަގުތު ދިޔަ ގޮތްވެސް ޝައިމަން އަށް އިހްސާސް ނުވިއެވެ. އެހެން މަސައްކަތުގައި ވަގުތު ހޭދަވާއިރު ދޭތެރެއަކުން ހީލެވެނީ އަތޫޝާގެ ލަދުރަކި ހިނިތުންވުން ފެނިއެވެ. އަތުޝާ އާއިއެކު ހަޔާތެއް ފަށެމުގެ ހުވަފެންތަށް ދެކެން ޝައިމަން ފެށިއެވެ. މަސައްކަތުގައި އުޅެމުން ޝައިމަން ގަނޑިއަށް ބަލާލީ ކަމެއް ހަނދާން ވާ ކަހަލަ ގޮތަކަށެވެ.

“އޯ ނޯ… އެކެއްޖެހީ…. ޝާޝާ މިހާރު އިންނާނޭ ނައިސްގެން” އަތުގައި އޮތް ގަނޑިއަށް ބަލާލަމުން ޝައިމަން ތެދުވީ އަވަސް އަވަސް އަރުވާލަމުންނެވެ.

“އަހަން ދަރިފުޅާ ކޮންތާކަށް…..” ކެބިންގެ ދޮރު ހުޅުވައި ވަތް ބާރީ ފެނި ހުރި ފިޔަވަޅު މައްޗަށް ޝައިމަން ހުއްޓުނުވެ.

“ބައްޕަ މިގަނޑީގައި” ޝައިމަން އަށް އަހާލެވުނީ ބާރީ ނުބުނެ އައުމުންނެވެ.

“އާން… އާދެބަލަ އިށިންނަން… ކޮންތާކަށް ދާން ތިއުޅެނީ….. ” ސޯފާގައި އިށިންނަމުން ބާރީ އަހާލިއެވެ. “ތަނަކަށް ނޫން… ލަންޗަށް..” ބާރީ ކުރިމައްޗަށް އިން ސޯފާގައި ޝައިމަން އިށީނެވެ.

“އެހެންތަ… އެހެންވިއްޔާ ބައްޕަ އާއެކީ ދާނީ… އަސްލު ބައްޕަ މިއައީ މަމްދޫހު ދުވަސްކޮޅަކަށް ނުނިކުންނާނޭ ބުންނަން… އާދިލް އެދުވަސް ދުވަހުގެ މަސައްކަތާ އުޅޭނީ… ދަރިފުޅަށް ބިޒީ ވުންވެސް އެކަށީގެންވެ…” ބާރީ އެހެން ބުނުމުން ޝައިމަން އަށް ހުރެވުނީ ގަބޫލު ކުރަން ދަތިވެފައެވެ. އަނެއްކާ ރޭގަވީ ކަންތަކާ ހިތްހަމަ ނުޖެހިގެން މަމްދޫހު ވަޒީފާއަށް ނާންނަނީ ބާއެވެ. ނޫނީ އެކަމުގެ ބަދަލު ހިފަނީބާއެވެ. ޝައިމަންގެ ހިތަށް ފާޑޫ ފާޑުގެ އެއްޗެހި އަރަމުން ދިޔައެވެ.

“ހިނގާ ދާން… ” ބާރީ ތެދުވެ ދާން ހިނގާށޭ ބުނުމުން ޝައިމަން އަށް އަތުގައި އޮތް ގަނޑިއަށް ބަލާލެވުނެވެ. އަތޫޝާ މިހާރު ރަތަށް އަރާނެއެވެ. ޝައިމަން ކައިރިއަށް އައީ ހިންޏެވެ.

…………………….

“ހޫމް… ޔަމް ޔަމް… މީކާކަށް ތައްޔާރު ކޮއްފަ” ބޮލުގައި ހުޅިއެއްޖަމުން ނިކުތް ޝަމްހާ ކާމޭޒަށް ބަލާލަމުން އަތޫޝާއަށް ބަލާލީ ޝައްކުގެ ނަޒަރުންނެވެ. “ހޫމް.. ވަރަށް މީރު މައި ފޭވަރިޓް ޑެވިލްޑ ޗިކަން…” ޝަމްހާ އަނގަޔަށް އެތިކޮޅެއް ލަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

“ޝަމް…. ދެން މަޑުކޮއްބަލަ…” ޝަމްހާ ކާންފެށުމުން އަތޫޝާއަށް އެއްޗެކޭ ނުބުނެ ނީދެވުނެވެ.

“ހެހެހެ،… ދޮންބެއަށްތަ ތި އިންތިޒާރު ކުރަނީ” ޝަމްހާ ލާނެއް ފާޑަކަށް އަތޫޝާ އާއި ދިމާލަށް ބަލާލިއެވެ. “ދެން ޝަމް” ޝައިމަންގެ ވާހަކަ ދެއްކުމުން އަތޫޝާ ލަދުގަތެވެ. އަތޫޝާ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަކަށް ވަރަށް ސަމާލުވެ ޝަމްހާ އިނެވެ. ކުރިންރޭ ފެނުނު މަންޒަރުން ޝަމްހާގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އަތޫޝާ އާއި ޝައިމަން އާ ގުޅެން އެއީ ޝަމްހާ ވަރަށް ބޭނުން ކަމެކެވެ. އެހެން ނަމަވެސް އެ އުފާވެރިކަން ހިތުގެ އެންމެ ފުންމިނަކަށް ނުދެއެވެ.

“ޝާޝާ… ވާހަކަ އެއް އަހާލަންތަ” ޝަމްހާ އެހެން ބުނުމުން އަތޫޝާ ނިއްއަރުވާލީ އަހާށޭ ބުނާފަދަ ގޮތަކަށެވެ.

“ހަމަ އަސްލުވެސް މަމްދޫހު އާ ނިމުނީތަ…. އައި މީން ހަމަ އަސްލުވެސް” ޝަމްހާ ބުނަން ބޭނުންވާ އެތަކެއް އެއްޗެއް ހުއްޓެވެ. އެހެން ނަމަވެސް ދުލާ ހަމައަށް ނައެވެ.

“ޝަމް ޕްލީޒް… އަހަރެން މިހުރީ މަމްދޫހު ދައްކާ ވާހަކަ އަޑުއަހަން..އެކަމަކު އެކްސްޕްލެނޭޝަން އެއް ބޭނުން…” މޭޒުމަތިން ފެންބޯ ތައްޓެއް ނަގަމުން އަތޫޝާ ބުނެލި އެއަށް ބަލަމުންނެވެ.

“އޯކޭ…. ހެހެހެހ ދެން ތިހެން އިންނަނީތަ.. އިރުކޮޅަކުން މަންމަ އަންނާނެ،… އޭރަށް ހަމަ ކާންޖެހޭނީ… ހެހެހ” ޝަމްހާ މައުލޫ ބަދަލު ކޮއްލިއެވެ.

“ކީކޭ ތިކިޔަނީ… ކާން ހެދީތަ ޝާޝާ… އަވަހަށް ހިނގާ ކާން… މިއަދު ދެބަފައިން ބޭރުން ކާ ދުވަހެކޭ…” ޒައިނަބު އެހެން ބުނުމުން ޝަމްހާ އަތޫޝާއަށް ދޫނެރެލިއެވެ. އަތޫޝާވެސް ލޯ އަޅާލީ ތުންފަތަށް ގޮތެއް ހަދާލަމުންނެވެ.

………….

“ދައްތާ…. މަމްދޫހު ކޮބާ” ރާނިޔާ އާއި ޒުލޭހާ އައިސް އާޝިޔާ ކުރެން އަހާލިއެވެ. “އަދިވެސް ހޭނާރާ…. ” އެހެން ބުނެ އާޝިޔާ ފެއްޓީ ރޯންށެވެ. އާޝިޔާގެ ކޮނޑުމަތީގައި އާދިލްގެ އަތް ވަށާލިއެވެ. ހިތްވަރު ދިނުމަށެވެ.

“އާދިލް ދެން މަމްދޫހު ގޮވައިގެން ބޭރަށް ދާނަމަ.. ކީއްވެ ނުގޮސް ތީނީ…” ޒުލޭހާ ގާތަށް އައީ ރުޅިއެވެ. “ވީގޮތެއްވެސް އެނގިގެނެއްނު ދެވޭނީ…” އާދިލްގެ ޖަވާބުވެސް ވަރަށް ކުރެވެ.

………..

ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް އަތޫޝާ އާއި ޝައިމަންގެ ގުޅުން ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ. އެލޯބީގެ ބަގީޗާގައި އެތަކެއް ކުލަ ކުލައިގެ މާގަސްތަށް ދިޔައީ ފޮޅެމުންނެވެ.

އަނެއްކޮޅުން މަމްދޫހުއެވެ. މަމްދޫހު ހޭނާރާތާ މިހާރު ތިން ދުވަސް ވާނެއެވެ. ޑޮކްޓަރުން ބުނާގޮތުގައި މަމްދޫހުގެ ސިކުނޑިއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. އޮތީ މަމްދޫހުގެ ހިތްވަރެވެ. ހޭނާރަނީ މަމްދޫހުގެ ޒަމީރު އެއްބަސް ނުވާތީކަމަށް ޑޮކްޓަރު ބުންޏެވެ. ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގި އާޝިޔާގެ ހާލު ދިޔައީ ދުވަހެއް ދުވަހަކަށް ދައްވަމުންނެވެ.

މަމްދޫހަށް ގޮވާލަން ދާ ކޮންމެ ދުވަހަކު ޝަމްހާ އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. މަމްދޫހަށް އެހާލު ޖެހުނީ ޝަމްހާ މަމްދޫހު އެހާލައިގެން ދޫކޮއްލީމައި ކަމަށް ޝަމްހާ ގަބޫލު ކުރެއެވެ. ތިންދުވަސް ވުމުން މަމްދޫހު ޕްރައިވެޓް ރޫމަކަށް ބަދަލު ކުރެވުނީ އާޝިޔާ އާއި އާދިލްގެ އެދުމުގެ މަތިންނެވެ. އަބަދުވެސް މަމްދޫހަށް ހިތްވަރި ލައިދިނުމަށް މީހަކު ހުންނަން ޖެހޭނެކަމަށް އާދިލްމެން ގަބޫލު ކުރާތީއެވެ.

“މަންމާ….. އަޅެ ޝާޝާ ގެންނަން ވީނު… ދޮންބެ އެ އޮންނަނީވެސް ޝާޝާގެ އިންތިޒާރުގައި ކަންނޭގެ..” ސަނާއަށް ނުހުރެވިގެން އެންމެ ފަހުން ބުންޏެވެ. އާދިލް ވެސް އެހެން ބުނަން ބޭނުންވިއެވެ. މަމްދޫހު އެ ހުންނަނީ އަތޫޝާ އަންނާނެ ދުވަހަކަށެވެ. އެހެންނަމަވެސް އާޝިޔާގެ ހާލު ދައްވަމުން ދާތީ އެވާހަކަ ނުދެއްކީއެވެ.

“މަންމާ އަޅެ ޕްލީޒް.. ދޮންބެއަށް ޓަކާ” ސަނާއަށް ރޮވުނެވެ. އާޝިޔާ އަނގައިންވެސް ނުބުނެ މަމްދޫހުގެ އަތުގައި ފިރުމާލަ ފިރުމާލަ އިނެވެ. “މަންމަ ގޮތުގައި އިނދޭ… ދޮންބެ ދުވަހަކު ހޭނޭރިއަސް މަންމައަށް ހެވެއްނު” ސަނާ އެހެން ބުނެ ބާރު ބާރަށް ގޮސް ބޭރަށް ނިކުތެވެ.

“ސަނާ” ސަނާގެ ވާހަކަ ހުރި ގޮތުން އާދިލްއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. “ބަހައްޓާ… ތެދެއް އެބުނީ” ސަނާގެ ފަހަތުން އާދިލް ދާން އުޅުމުން އާޝިޔާ ބުންޏެވެ. އާޝިޔާގެ ދެލޮލުން ކަރުނަ އަންނަން ފެށީ އާދިލް ބަލަ ބަލަ ހުއްޓައެވެ.

*************

ޖެހެމުން ދިޔައީ ފިނި ވައިރޯޅިތަކެވެ. މިދޭތެރެއިން ދުނިޔެއަށް ވިއްސާރަ މޫސުން ލައިގަތަސް މިހާރު ދުނިޔެ އޮތީ ވަރަށް ވެސް އޮމާން ކޮށެވެ. ފެންނަމުން ދަނީ ރީތި ތަރިތަކާ ފުރިހަމަ ހަނދު ފަޅިއެވެ. ދިއްލާފައިވާ ހަނދުން ވިލާތަކަށް އެޅޭ އަލި ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ރެއިލިންގައި އަތް އަޅުވައިލައިގެން އަތޫޝާ އިނީ އުޑުމައްޗަށް ބަލާންށެވެ. ފެންނަމުންދާ ރީތި ގުދުރަތީ މަންޒަށް ގެއްލިފައެވެ.

“މަންމާ……. ދެން ޝައިމަން… އަޑެއް ލައްވާލާނަމަވެސް ދޯ” ޝައިމަން އައިސް އަތޫޝާގެ ފުރަގަހަތުން ބައްދައިގަތެވެ.

“އަޑު ލައްވަންވީތަ…..” ޝައިމަން ހުރީ ވަރަށް މަޖާ މޫޑެއްގައިކަން ބަލާލާ ކޮންމެ މީހަކަށް އެނގޭނެއެވެ. “ދެން ދުރުގަ ހުރެބަލަ.. މަންމަ އައިސްދާނެ… ކޮން ކަމަކާ މާ އުފާވެފަ ތީނީ….” ޝައިމަން އާ ދުރަށް ޖެހިލަމުން އަތޫޝާ ބުންޏެވެ.

“މަންމައަށް ފެނުނިއްޔާ ރަނގަޅީ… އޭރުން އެނގޭނެ އެއްނު” ޝައިމަން ކުރިއަށް ވުރެއްވެސް ބާރަށް އަތޫޝާގެ އުނަގަނޑުގައި ބައްދައިލިއެވެ.

“ދެން” އަތޫޝާ ދުންފަތުގައި ދަތް އަޅައި އުނގަޑުގައި ދެއަތް ވިއްދައިލީ ރުޅި މޫނު ހަދަމުންނެވެ. “އަސްލު ޝާޝާ ބޭނުމެއް ނުވޭދޯ” ޝައިމަން ދެރަވާކަމަށް ހެދުނެވެ.

“ރުޅި އައީތަ… ދެރަވީތަ…. އޭން… ރުޅި އައީތަ… ” ޝައިމަން ރުޅި އައިސްފައި ހުރުމުން އަތޫޝާ ކުދި ކުދި ގޯނާ ކުރަން ފެށިއެވެ.

“މަޑުން…. އެހެން ނޫނީ ހޭ އަރުވާލާނަން އެނގޭ…” އަތޫޝާގެ އަތުގައި ހިފަމުން ޝައިމަން ބުނީ ވަރަށް ސީރިއަސްވެ ހުރެއެވެ. ޝައިމަން އެހެން ބުނުމުން އަތޫޝާވެސް ހުނުން ހުއްޓާލިއެވެ.

ޝައިމަން އަތޫޝާގެ ދެއަތުގައި ހިފައި ލުއްކެއް ޖަހާލީ އިތުރަށް އަތޫޝާ ކައިރިކޮއްލުމަށެވެ. އައި ބާރުމިނުގައި ގޮސް އަތޫޝާ ޖެހުނީ ޝައިމަންގެ ތަނަވަސް މޭމަތީގައެވެ. އަތޫޝާއަށް އިނދެވުނީ ޝައިމަންގެ ދެލޮލަށް ބަލަންށެވެ. އެދެލޮލުން އަތޫޝާއަށް ފެނުނީ ނިމުމެއް ނުވާ ލޯތްބެވެ. އަތޫޝާ ޝައިމަންގެ މޭމަތީގައި ބޯއަޅާލީ ހިތުގެ ވިންދު އަޑު އިވޭހާ ވަރަށެވެ. “ޝާޝާ” އަތޫޝާގެ އިސްތަށި ގަނޑުގައި ފިރުމަމުން ޝައިމަން ގޮވާލިއެވެ.

“ހޫމް….”

“އަދިވެސް ނުބުނަމެއްނު ލޯބި ވެއޭ”

“ނުބުންޔަސް އެނގެ އެއްނު” އަތޫޝާގެ ތުންފަތުގައި ލަނދުރަކި ހިނިތުންވުމެއް ވިއެވެ.

“ޝާޝާ” ޝައިމަން އަތޫޝާގެ މޫނުގައި ދެއަތުން ހިފައި އިސް ނެގުވީ އެމޫނު ބަލާލުމަށެވެ.

“އައި ލަވް ޔޫ” ޝައިމަން އަތޫޝާއާއި ހަތަރު ކަޅި ހަމަކޮއްލަމުން އެހެން ބުނި އިރު އަތޫޝާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މުޅި ގައިން ހީބިނަގައިގެން ދިޔައީ ކުރެވުނު އިހްސާސް އިންނެވެ.

“ހަހަހަ… ފަހުން…” ޝައިމަން އަތޫޝާ އާއި ކައިރިވަމުން ދިޔުމުން އަތޫޝާ ޝައިމަން ފަހަތަށް ކޮއްޕާލަމުން ދުއްވައިގަތީ އަތުނުވުމަށެވެ.

“ޝާޝާ…. ” ޝައިމަންވެސް ހުރީ ފޯރީގައެވެ.

އެހެން ނަމަވެސް އެ އުފާވެރި ވަގުތުކޮޅަށް ނިމުމެއް އައީ ސިޓިން ރޫމުގައި އިން މީހާ ފެނިއެވެ.

“ޝާޝާ އާއި ބައްދަލު ކޮއްލަން… އާޝިޔާ” ދުވަމުން އައިސް ގޭތެރެއަށް ވަތް ޝައިމަން އަށް ޒައިނަބު ބުނި އަޑު އިވުނެވެ. ޝައިމަން އެއްފަހަރު އަތޫޝާއަށް އަނެއްފަހަރު ޒައިނަބަށް ބަލާލަނީ ކިހިނެއްވީތޯ އަހާލާ ފަދަގޮތަކަށެވެ.

“ދަރިފުޅާ އާދެ އެތެރެއަށް” ޝައިމަންއަށް އިޝާރާތް ކުރަމުން ޒައިނަބު ބުންޏެވެ. ޝައިމަން ޒައިނަބު ފަހަތުން ދިޔަ އިރުވެސް ދިޔައީ އަތޫޝާ އާއި ދިމާލަށް ބަލަމުންނެވެ. އަތޫޝާ ދެއަށް ދެއަތާ މޮޑެމުން ދިޔަ އިރު އެމޫނުމަތިން ޖެހިލުންވުން ފާޅުވިއެވެ. ހިތާ ދެކޮޅަށް ޝައިމަން އެތަނުން ދިޔައީ ޒައިނަބުގެ އެދުމަށެވެ.

“ދަރިފުޅާ….” އާޝިޔާ ދަރިފުޅު ކިޔުމުން އަތޫޝާ ހައިރާންވިއެވެ. މި ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އާޝިޔާ ދަރިފުޅާއޭ ކިޔާ މުހާތަބު ކުރި މީ ފުރަތަމަ ފަހަރެވެ.

“ދައްތަ އަށް ބޯނެ އެއްޗެއް ގެންނަންތަ” ޖެހިލުންވެ އިނދެ އަތޫޝާ އަހާލިއެވެ.

“ނޫން… އާދެބެލަ މިތަނަށް” ސޯފާގައި އަތް ޖައްސަމުން އާޝިޔާ އެދުނީ އަތޫޝާ އާޝިޔާއާއި ޖެހިގެން އިނުމަށެވެ.

“ދަރިފުޅާ…. މަގޭ މަމްދޫހު… މަގޭ މަމްދޫހު ސަލާމަތް ކޮއްދީބަލަ… ހަފްތާއެއް މިވަނީ…. ހެޔޮނުވާނެ…. އެ ފަކީތު އޮތީ ކޯމާއެއްގައި….އެކްސިޑެންޓް ވެގެން… ހެޔޮނުވާނެ… އާދޭސްކޮއްފަ… ދެފައިގަ ހިފާފަ… މަމްދޫހު އަބަދު ޝާޝާއަށް ގޮވަނީ… ދައްތަ މިހުރީ ހަދާނެ ގޮތެއް ނޭނގިފަ…. ދައްތަގެ ގައިގަ މިހާރު ހަކަތަ ހުސްވާވަރު ވެއްޖެ…. ” އާޝިޔާގެ އަޑު ބެދުނެވެ. އަތޫޝާގެ އަތުގައި ހިފައި ގިސްލާ ރޮމުން ދިޔައީ މަމްދޫހަށްޓަކެއެވެ.

އަތޫޝާ އަށް އިނދެވުނީ އާޝިޔާ ދެއްކި ވާހަކަ ގަބޫލު ނުކުރެވިފައެވެ. މަމްދޫހު ހޭނާރައޭ ބުނުމުން ހިތަށް ފާޑެއްގެ ގޮތެއްވެސް ވިއެވެ. ހިތުގެ ކަނަކުން މަމްދޫހު ކައިރިއަށް ދާން އެދުނީ ކީއްވެކަމެއް އަތޫޝާއަށް ނޭނގެއެވެ.

“ނުނިމެ…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ދީފާ އުފާ

Next

ހާދަހަވޭ ކުރާހިތް ސަމާސާ 33 ވަނަ ބައި

Next
April 24, 2016

ހާދަހަވޭ ކުރާހިތް ސަމާސާ 33 ވަނަ ބައި

Previews
April 24, 2016

ދީފާ އުފާ

35 Comments!

  1. kamana says:
    April 24, 2016 at 8:55 pm

    Heyyy guyxxxxx how yu alll. ????? i missd yu guyxx alot. Hope yu all will like this part too. N ya mistake huru. Ekashygen veyyy. So please let me knw. Awwnn lov yu guyxx ?????????

  2. Aisha says:
    April 24, 2016 at 9:08 pm

    Whn next part????nd nice ingey bt thankolheh kuru vefa lahy up vaaleh ???

    1. kamana says:
      April 24, 2016 at 9:14 pm

      Nxt part tuesday nyt ga insha allah. Alheyy kurutha. Bt haadha dhigukohsheyy miliyani ? Heheh dhn balaanana ingey miah vureh dhigukoh liyeveythoo. Lov ya ?

  3. yaayaa says:
    April 24, 2016 at 9:12 pm

    Salhi story eii

    1. kamana says:
      April 24, 2016 at 9:14 pm

      Awwnn thnk u yaayaa. Lov ya ?

  4. Zaanaa says:
    April 24, 2016 at 9:17 pm

    Khon erakun next part ahme keyaahiyve hesaabun thi nenmaale

    1. kamana says:
      April 24, 2016 at 9:21 pm

      Zaanaa ge cmmnt thah varah fenwyy. Thnk u so much for supprtinn. N ya nxt part tuesdayga ingeyy. Hope yu will wait. Lov ya ?

  5. Rooru says:
    April 24, 2016 at 9:17 pm

    Wow…v salhi

    1. kamana says:
      April 24, 2016 at 9:22 pm

      Thnk u rooru. Hope yu will for nxt part. Lov ya ?

  6. naaanu says:
    April 24, 2016 at 9:41 pm

    Alhe shaashaa and shaiman ingey …mamdhoooh akahnooon..puleeeez kamanaaa ??

    1. kamana says:
      April 24, 2016 at 9:48 pm

      Hehehhe. Alhe hingaabala balamaaa dhw thnk u lov. Lov ya ?

  7. shine says:
    April 24, 2016 at 9:50 pm

    Alheyyyyyy shaashaa nd shaiman dhuru nukurahcheyyyy kamana,, plxxxxxxxxxxxx
    Story. V v v v rythi❤❤❤❤ waiting 4 nxt partttt??

    1. kamana says:
      April 24, 2016 at 10:08 pm

      Thnk yu so much shine. Alhe balamaa vaagotheh. Lov ya ?

  8. ken? says:
    April 24, 2016 at 9:57 pm

    dn shamha aa mamdhoohu gulhuvaanee..☺
    story hama v salhi..?

    1. kamana says:
      April 24, 2016 at 10:09 pm

      Dhn raanee ah kihineh hadhan vy ? Anywayxx thnk yu so much. Lov ya?

  9. Angerl says:
    April 24, 2016 at 11:23 pm

    Alhe dhn shaashaa n shaiman dhuru nukuracheyyy….. n shamha n mamdhooh tha gulhenii fahun… shaashaa n shaiman dhuru nukurachey kamanaaa… i luv ur story… nxt tym dhigukoh genesdhehche… :* :* <3 <3

    1. kamana says:
      April 25, 2016 at 7:13 am

      Alhe hingaaba balann. Dhw. Thnk u so much. Insha allah will try miah vureh dhigu kureveytho okii. Lov ya?

  10. unknown says:
    April 24, 2016 at 11:31 pm

    v.salhi <3

    1. kamana says:
      April 25, 2016 at 7:13 am

      Thnk somuch. Hope yu will wait for the mxt part. Thnk u lov ya?

  11. Twinkle Star says:
    April 25, 2016 at 9:48 am

    Wow .. mi part vx varah rythi… waiting 4 nxt part

    1. kamana says:
      April 25, 2016 at 12:32 pm

      Awwwwn thnk u lov. ?? lov ya ????

  12. Sanko says:
    April 25, 2016 at 12:44 pm

    Vvv salhi mi story. Thanks kamana for the wonderful story

    1. kamana says:
      April 25, 2016 at 7:45 pm

      Thnk u so much hope ull wait for the nxt part too. Lov ya?

  13. princess says:
    April 25, 2016 at 4:01 pm

    Hmmhmmm ryhchey dhww…kamaaa yr bst…love it

  14. princess says:
    April 25, 2016 at 4:01 pm

    Hmmhmmm ryhchey dhww…kamaaa yr the bst…love it

    1. princess says:
      April 25, 2016 at 4:02 pm

      Yur*

    2. kamana says:
      April 25, 2016 at 7:46 pm

      Hmmm hmmm heheh n i knw yu r the best too. Thnkx lov for yur endless support ummwah????

  15. Misty says:
    April 25, 2016 at 11:38 pm

    Alhey shaashaa aa shaiman gulhuvaa.. BTW stwry varah reethi

    1. kamana says:
      April 26, 2016 at 7:33 am

      Varah bodah thnkxxx misty. Lv ya?

  16. Phy says:
    April 26, 2016 at 9:49 am

    Readers ge comment thakah rply kuraathy v hinhama jehey…vvv reethi story eh..kiyaa hithun kiyaalevey hama..kamanaa vareh neiy…thnx nd keep it up…

    1. kamana says:
      April 26, 2016 at 9:41 pm

      Thnk u so much phy. Hope nxt part vx rythi vaane kamah lov ya?

  17. haz says:
    April 26, 2016 at 8:37 pm

    Haadha lahey upload vaaley pls pls avahaa upload kohba plssssss

  18. Zaanaa says:
    April 26, 2016 at 8:39 pm

    Avahah up kohdeeba kehvaneh yeh noon avas pls pls pls

  19. anoo says:
    April 26, 2016 at 8:58 pm

    Kamanaaaaaaaaa.. up kohdhybrrr… cant wait.. ??

  20. kamana says:
    April 26, 2016 at 9:42 pm

    Up kohlaifinnn. Hope yu all will like it. Lov uu guyxx n thnk u so much ???

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 17..←


All Right Reserved!