“މޫވް!”
އިވުނީ އަންހެނެއްގެ ހަރު އަޑެވެ. އެންމެން އެކީ ފަހަތް ބަލައިލިއިރު، ބިޒްނަސް ކްލާހުގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި އަންހެނާ އެ އެންމެންނަށް ފެނުނެވެ.
ދެލޮލުގައިވާ ތޫނުކަމާއި، މޫނުމަތިން ފާޅުވާން ހުރި ހަރުކަށިކަން ފެނިފައި ދެން ތިބި މީހުންނަށް ކަން ވެގެން އުޅޭ ގޮތް ރޭކާލަން ވަގުތުކޮޅެއް ނެގިއެވެ. އޭނާއަކީ ދިވެއްސެކަން ޔާމީނަށް އެނގުނީ އޭނާގެ މޫނުގެ ބައްޓަމާއި، ސީދާ ނޭފަތާއި، އަދި އެ ނަޒަރަކުން މުޅި މާހައުލު ފިނި ކޮށްލި، އަނދުން އެޅިފައިވާ ތޫނު ފުން ދެލޮލޯ ފެނިފައެވެ. ބާރަށް އައްސައި، ބަންދުކޮށްލައިފައިވާ ވަރުގަދަ ހުޅިއެއް ބޮލުގައި އިނެވެ.
“މޭމް، އައި އޭމް ސޮރީ، ޔޫ ކާންޓް ބީ ހިއަރ” ފްލައިޓް އެޓެންޑެންޓުން އުޅުނީ އެ އަންހެން މީހާ އެތަނުން ދުރު ކުރަންވެގެންނެވެ. އެހެނަސް އެކަން އެހެން ވުމުގެ ކުރިން އެ އަންހެން މީހާ ނަޒަރު ހިންގައިލީ ބަލިމީހާއަށެވެ.
“އައި އޭމް އަ ޑޮކްޓަރ، މޫވް އިފް ޔޫ ޑޯންޓް ވޯންޓް ޓު މޭކް އަ މިސްޓޭކް.” އެ އަންހެންމީހާ މޫނު ހަރަކާތް ނުކޮށް ފްލައިޓް އެޓެންޑެންޓަށް ބަލައިލިގޮތުން އެ ފްލައިޓް އެޓެންޑެންޓު ފަހަތަށް ޖެހުނީ އަވަހަށް އޭނާއަށް ތަން ދޭން ވެގެންނެވެ.
އެ އަންހެން މީހާ ޔަމީނަށް ސަމާލުކަން ނުދީ ގޮސް އިށީނީ ބަލިމީހާ ކުރިމަތީގައެވެ. ޔަމީން އޭނާގެ ހޯދުންތައް ކިޔައިދެން ހުޅުވި އަނގަ ބަންދުކުރަން ޖެހުނީ އެ އަންހެންމިހާ އަތް ނަގައި، ބަލިމީހާގެ ކަރު ތިރީގައި އިންނަ ވަޅުގަނޑަށް ފިއްތައިލި މަންޒަރު ފެނިފައެވެ. އެހެން އިރުކޮޅެއް ވަންދެން އިނދެފައި، ދެން އެ އަންހެންމިހާ އަތް ގެންދިޔައީ ނޭވާ ހޮޅި އިން ދިމާލަށެވެ.
“ޓްރެކިއާ އިސް ޑީވިއޭޓެޑް ޓު ދަ ލެފްޓް” އެ އަންހެން މީހާއަށް ފާހަގަވި ކަންތައް ހާމަކޮށްލީ އަޑަށް އެއްވެސް އަސަރެއް ނުގަނެއެވެ. އެ އަންހެންމީހާ އަވަސް އަވަހަށް އެނާގެ އަތް ބަލިމީހާގެ މޭޔަށް ގެންދިޔައެވެ. ދެވަނަ ސިކުންތުގައި ޔަމީންގެ އަތުގައި އޮތް ސްޓެތެސްކޯޕް އަތުލިއެވެ. ޔަމީނަށް ހުރެވުނީ ދެލޯ ބޮޑުކޮށްގެންނެވެ. އޭނާއަށް ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ.
“ނޯ ބްރީތިން ސައުންޑް ފްރޮމް ރައިޓް. ޓެންޝަން ނިއުމަތޮރެކްސް.” އަނބުރާ ޔަމީނަށް ސްޓެތެސްކޯޕް ދިނީ، ޔަމީނަށް ބަލައިވެސް ނުލައެވެ.
“ޔޫ ވާ އެބައުޓް ޓު ގިވް އެސްޕިރިން ޓު އަ ޕޭޝަންޓް ވިތް އަ ކޮލޭޕްސްޑް ލަންގް އެންޑް މީޑިއަސްޓިނަލް ޝިފްޓް؟ ދެޓް ވުޓް ފިނިޝް ހިމް”
ގަތް ލަދުން ޔަމީން ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އޭނާ އަނގަ ހުޅުވާލި ނަމަވެސް އެއްވެސް ބަހެއް ބޭރެއް ނުވިއެވެ.
އެ އަންހެންމީހާގެ ޑައިގްނޯސިސް އިވިފައި ބަލިމީހާގެ އަންހެނުން ފެށީ ރޯށެވެ. އެ އަޑު އިވިފައި އެ އަންހެންމީހާ، އަނބިމީހާއާ ދިމާލަށް އެނބުރުނެވެ.
“ހޭއި، ޑޮންޓް ކްރައި، އައި އޭމް ގޮއިން ޓު ފިކްސް ދިޒް، ޔޫ ޓްރަސްޓް މީ؟” އެއާއެކު އަނބިމީހާ ބޯ ޖަހައިލިއެވެ.
ފުންނޭވާއެއް ދޫ ކޮށްލުމަށްފަހު އެ އަންހެނާ، ދެބުމަ ގޮށްޖަހައިގެން ހުރެ ޔަމީނަށް ބަލައިލިއެވެ. “ޔޫ، ފައިންޑް މީ ދަ ލާޖެސްޓް އައިވީ ކެނިއުލާ އިން ދަ ކިޓް. ނޮޓް ދަ 18 ގައުޖް. އިފް ދޭ ހޭވް 14، ގިވް މީ ދެޓް. 20 އެމް އެލް ސިރިންޖް. އެންޑް އަ ޕެއަރ އޮފް ސްޓެރައިލް ގްލޯވް.”
އައި.އީ.ޑީ ހިފައިގެން ވަދުނު ޖެސް ފެނިފައި އެ އަންހެން މީހާ އޭނާއަށް ބަލައިލިއެވެ.
“ޕުޓް ދެޓް އަވޭ. އައި ނީޑް އަ ބޮޓެލް އޮފް ޑްރިންކިން ވޯޓަރ، ސްޓިލް، އަންއޯޕެންޑް. އޭންޑް ދަ ފަސްޓް އެއިޑް ކިޓް. ސިޒަރސް. ޓޭޕް. ޑޫ ޔޫ ކެރީ އަ ފޯލީ ކެތީޓާ އިން ދަ ކިޓް؟ ޗެކް ދަ ސީލްޑް ކޮމްޕާޓްމެންޓް އެޓް ދަ ބޮޑޮމް”
އެ އަންހެނާގެ އަޑާއި ރާގުގެ އިތުރުން އޭނާއަށް ބަލަން ހުރި ގޮތުން ޖެސް ބިރުން އެކީ ހުދުވިއެވެ. “އައި ޑޯންޓް…”
ޖެސް ގެ ޖުމުލަ ފުރިހަމަ ނުވަނީސް އެ އަންހެން މީހާ އަނެއްކާ އޭނާއަށް ބަލައިލިއެވެ. “ދެން އޯޕެން އިޓް އެންޑް ފައިންޑް އައުޓް. ނާއު”
އަންހެން މީހާ އެހެން ބުނުމާއެކު ފްލައިޓް އެޓެންޑެންޓު މެޑިކަލް ކިޓް ނަގައި އޭގެ ޕްލާސްޓިކް ސީލްތައް ކަނޑައިލިއެވެ. ޔަމީނަށް އޭގެން 14 ގޭޖުގެ ކެނިއުލާއެއް ފެނުނެވެ. އޭނާ އަވަހަށް އެނަގައި، އަންހެނާ އަށް އެނބުރުނު އިރު، އެ އަންހެނާ އުޅުނީ ބަލި މީހާގެ ކަނާތްފަރާތު މޭ ކަށިގަނޑުގެ ތިރިން، އަލްކޮހޯލް ވައިޕަކުން ސާފުކުރަންށެވެ.
“ގޮސް އޭނާގެ ކޮނޑުގައި ހިފާ” އެ އަންހެން މީހާ ދިވެހިން ވާހަކަ ދެއްކުމާއެކު ޔަމީން ލުއްކެއް ޖަހައިފައި އޭނާއަށް ބަލައިލިއެވެ. ޔަމީންގެ ނަޒަރަށް ބެލުމެއްނެތި އެ އަންހެން މީހާ ޔަމީންގެ އަތުން ކެނިއުލާ އަތުލިއެވެ.
“ބަލަން ނީނދެ އަވަސް ކުރޭ” އަޑު ބާރު ނުވިނަމަވެސް، އެވާ ހަރުކަށިކަމުގެ ސަބަބުން ޔަމީން ލަސްނުކޮށް ބުނި ގޮތަށް ކަންތައް ކުރިއެވެ.
ބަލިމީހާގެ ކޮނޑުގައި ހިފަހައްޓައިގެން އިނދެ، ޔަމީން ބަލަން އިނީ އެ އަންހެން މީހާއަށެވެ. ސާދާ ހަރަކާތާއެކު އެ އަންހެން މީހާ މޭގެ ތިން ވަނަ ކަށިގަނޑު މަތިން އަތުގައި އޮތް ކަށި އެތެރެއަށް ވައްދައިލިއެވެ. ޕްލިއުރަލް ސްޕޭސަށް ވަދެވުމާއެކު، ތޫލި އަޑާކާއެކު، ވައި ބޭރުވާން ފެށިއެވެ. ހަމަ އެވަގުތު ބަލި މީހާ ފުން ނޭވާއެއް ދޫކޮށްލީ، މެޔަށް ވީ ލުޔާއެކުއެވެ.
“އައި ނީޑް ޓު ރިގް އަ ޗެސްޓް ޑްރެއިން. ފޯލީ ކެތީޓާ، އަ ސްކަލްޕެލް އިފް ޔޫ ހޭވް ވަން، ބޮޓޮލް އޮފް ވޯޓަރ، އިފް ދޭއިޒް ނޯ ސްކަލްޕެލް، އަ ޕެއަރ އޮފް ސްޓެރައިލް ސިޒަރސް ވިތް ޝާޕެސްޓް ބްލޭޑްސް.”
ކަން ދިމާކުރިގޮތުން އެ ފްލައިޑްގައި، ސައިޒް 16 ގެ ޔޫރިނަރީ ކެތީޓާއެއް އޮތެވެ. މެޑިކަލް ކިޓް ތެރޭގައި ނަމްބަރ 11 ގެ ސްކަލްޕެލެއްވެސް އޮތެވެ. އެ އަންހެންމީހާ ބަހެއް ބޭރު ނުކޮށް އެ ތަކެތީގައި ހިފިއެވެ. ސްކަލްޕެލް ނަގައި، ބަލިމީހާގެ މޭމައްޗަށް ގެންގޮސް، ހަންގަނޑު ކަފައިލީ، ފިފްތް އިންޓާކޯސްޓަލް ސްޕޭސް ކައިރިން، އެންޓީރިއާ އިން މިޑް އެކްޒިލަރީ ލައިންނަށެވެ. ޔަމީން އެ ހުނަރުވެރިކަމަށް އާޝޯހުވެ ބަލަން ހުއްޓާ، އެ އަންހެންމީހާ ފޯލީ ކެތީޓާ މޭގެ ތެރެއަށް ބާނައި، ސްޓެރިލް ފެނުން އޭގެ ބެލޫން ފުއްޕައިލިއެވެ. އޭގެ އަނެއްކޮޅު، ބޯޓުގެ އޮކްސިޖަން ކިޓުން އޭނާ ބުރިކޮށްލި ހޮޅިކޮޅަކާ ގުޅާލިއެވެ. ހޮޅީގެ އަނެއްކޮޅު ފެން ފުޅީގެ ތެރެއަށް ލެއްވީ، ވައި ބޭރުވިޔަ ނުދޭންވެގެންނެވެ.
“ކީޕް ދަ ބޮޓޮލް ބިލޯ ދަ ލެވެލް އޮފް ހިޒް ޗެސްޓް” ރޫޔާގެ އަމުރާއެކު ބަލިމީހާގެ އަނބިމީހާ އެ ފުޅީގައި ހިފަހައްޓައިލުމަށްފަހު އިންތަނުން ގުޑިވެސް ނުލައެވެ.
ފްލައިޓް އެޓެންޑެންޓުން އެ ބަލިމީހާގެ އިނގިޔަށް ލައްވައިފައި އިން ޕޯޓަބަލް ޕަލްސް އޮކްސިމީޓަރުން، އޭނާގެ އޮކްސިޖެން ސެޗުރޭޝަން 82 އަކުން 94 އަރައިގެން ދިޔަތަން ޔަމީނަށް ފެނުނެވެ. ވެގެން ދިޔަ ކަންތައްތަކާ މެދު ހައިރާންވެ ހުރެ އޭނާ އިސްނަގައި އެ އަންހެންމީހާއަށް ބަލައިލީ ހަމަ އެ އާޝޯހުކަން މަތީ ހުރެއެވެ.
އެވަގުތު، އަތުގައި ސެޓަލައިޓް ފޯނެއް ހިފައިގެން އެތަނަށް ވަފުނު އިސް ފްލައިޓް އެޓެންޑެންޓު، ބަލައިލީ ކޮޅަށް ތެދުވެ ހުރެ، ސާފު ތުވާއްޔަކުން އަތް ސާފުކުރަން އިން އަންހެނާއަށެވެ. ޖެހިލުންވެ ހުރެ އޭނާ އަނގަ ހުޅުވައިލީ އެ އަންހެން މީހާގެ ސަމާލުކަން ހޯދާނެ ގޮތް ނޭނގިގެންނެވެ.
“ދަ ކެޕްޓެން ހޭޒް ބީން އިން ކޮންޓެކްޓް ވިތް މެޑްލިންކް، ދޭ ހޭވް އެޑްވައިޒިން ޑިވާޝަން ޓު ޗެންނާއި، ވީ އާރ ތާރޓީ މިނެޓްސް އަވޭ.”
ފްލައިޓް އެޓެންޑެންޓު ބަހަށް އެ އަންހެން މީހާ އޭނާއަށްވެސް ބަލައިލީ ބޮލަށް އެއްވެސް ހަރަކާތެއް ގެނައުމެއް ނެތިއެވެ.
“ވަޓް ޑިޑް މެޑްލިންކް ސޭސް؟”
“ދޭ ރިކޮމެންޓް ޑިވާޝަން ފޯ ޑެފިނިޓިވް ކެއަރ”
“ޕުޓް މީ އޮން ވިތް ދި ކޮކްޕިޓް”
އެ އަމުރާއެކު ފްލައިޓް އެޓެންޑެންޓު އިތުރަށް ޖެހިލުންވިއެވެ. ނެތް ހިތްވަރު ލައިފައި އަޑު ހަރުކޮށްލައި ބުންޏެވެ. “މޭމް، ވީ ހޭވް އަ ޕްރޮސެސް….”
“އައި އޭމް ދަ ޕްރޮސެސް! ގިވް މީ ދަ ފޯން” އެ އަންހެން މީހާގެ ނަޒަރަށް އައި ބަދަލާއެކު ދެން އިތުރަށް ދެކޮޅު ހަދަން ފްލައިޓް އެޓެންޑެންޓު ޖެހިލުންވިއެވެ. އަވަސް އަވަހަށް ފޯނު ހަވާލުކުރުމަށް ފަހު އޭނާ ދުރަށް ޖެހިލީ އަވަހަށް އެ ނަޒަރުން ސަލާމަތް ވާންވެގެންނެވެ.
“ކެޕްޓެން، ދިޒް އިޒް ޑރ. ރޫޔާ، ޖެނެރަލް ސާރޖަން. އައި ހޭވް ޑީކޮމްޕްރެސް އަ ޓެންޝަން ނިއުމޯތޮރެކްސް އެންޑް ޕްލޭސްޑް އޭން އިމްޕްރޮވައިޒްޑް ޗެސްޓް ޑްރެއިން ވިތް އަންޑަރ ވޯޓަރ ސީލް. ދަ ޕޭޝަންޓް އިޒް ސްޓޭބަލައިޒްޑް، ސެޗުރޭޓިން އެޓް 94 ޕާސޭންޓް އޮން ކެބިން އޮކްސިޖެން، ހީމޯޑައިނެމިކަލީ އިމްޕްރޫވްޑް. އަ ޑިވާޝަން ޓު ޗެންނާއި ވިލް ޓޭކް ހިމް އަވޭ ފްރޮމް ހިޒް ފައިނަލް ޑެސްޓިނޭޝަން އެންޑް ޕުޓް ހިމް އިން އޭން އަންފެމީލިއަށް ފެސިލިޓީ ވެއަރ ދޭ ވިލް ސިމްޕްލީ ޑޫ ވަޓް އައި ހޭވް އޯލް ރެޓީ ޑަން. މާލޭ އިޒް އިން ޓޫ ހަވާރސް އެންޑް ފޯޓީ މިނެޓެސް އަވޭ. ދަ ލަންގްސް ރިމެއިން އެކްސްޕޭންޑެޑް. އައި ކޭން މޮނީޓާރ ހިމް. ހިފް ހިޒް ކޮންޑިޝަން ޑިޓޯރިއޭޓްސް، އައި ވިލް ޑީކޮމްޕްރެސް ދި އަދަރ ސައިޑް އޯ ނީޑިލް ހިމް އެގެއިން، ބަޓް ހީ ޑަޒް ނޮޓް ނީޑް އަ ޑިވާޝަން. އައި އޭމް ޓޭކިން ފުލް މެޑިކަލް ރެސްޕޮންސިބިލިޓީ”
ސްޓެޓިކްގެ އަޑާއެކު އެފޯނުން އިވިގެން ދިޔައީ ކެޕްޓަންގެ އަޑެވެ. “މެޑްލިންކް އިޒް އެޑްވައިޒިން އަދަރ ވައިޒް.”
“މެޑްލިންކް އިޒް އަ ކޮންސަލްޓަންޓް އޮން އަ ފޯން ލައިން. އައި އޭމް އަ ސާރޖަން ވިތް މައި ހޭންޑްސް އިން ދަ ޕޭޝަންޓްސް ޗެސްޓް. ޓެލް ދެމް ދޭއިސް އަ ފަންކްޝަނިން ޗެސްޓް ޑްރެއިން އިން ސިޓޫ އެންޑް އަ ފިޒިޝިއަން އޮން ބޯޑް ހޫ ކޭން މެނޭޖް އެނީ ޑެޓޯރިއޭޝަން. އިފެ ދޭ ސްޓިލް އިންސިސްޓް، އައި ވިލް ސްޕީކް ޓު ދެމް ޑައިރެކްޓްލީ، ބަޓް އައި އޭމް ނޮޓް ލޫޒިން މައި ޕޭޝަންޓް ޓު އަ ޕްރޮޓޮކޯލް ވެން ދަ ނިއަރެސްޓް ޑެފިނިޓިވް ސާރޖިކަލް ސެންޓަރ އިޒް އެކްޒެކްޓްލީ ވެއަރ ވީ އާ އޯލްރެޓީ ގޮއިން”
ރޫޔާގެ އަޑުގައިވަނީ ސާބިތުކަމެވެ. ކެޕްޓަނަށްވެސް އެ ޑޮކްޓަރ ގޮތް ދޫ ނުކުރާނެހެން ހީވެގެން ފުންނޭވާއެއް ދޫކޮށްލިއެވެ،
“އޯލްރައިޓް… ޕްލީޒް ކީޕް އަސް އަޕްޑޭޓެޑް.”
އިތުރު އެއްޗެކޭ ނުބުނެ ރޫޔާ އެ ފޯނު ފްލައިޓް އެޓެންޑެންޓާ ހަވާލުކުރިއެވެ. އުނަގަނޑުގައި ދެއަތް އަޅުވައިލުމަށްފަހު އޭނާ ބަލައިލީ، ޕޭޝަންޓުގެ ބޯ ކޮޅު ކައިރީ އިށީނދެއިން ފިރިހެނާއަށެވެ.
“ޔޫ.” އެ ފިރިހެނާގެ ނަންވެސް އަހައިލުމެއް ނެތި ރޫޔާ އޭނާއަށް ގޮވައިލިއެވެ. ރޫޔާގެ އަޑަށް ޔަމީންގެ މައިބަދަ ސީދާވީ އަމިއްލައަށެވެ
“ކޮންމެ ފިފްޓީން މިނެޓަކުން އޭނާގެ ޓްރެކިއާ ޗެކް ކުރޭ. ޑީވިއޭޓް ވެއްޖެނަމަ އަހަންނަށް އަންގާ. އޭނާގެ ބީ.ޕީ ދަށްވުމުގެ ކުރިން އަހަންނަށް އެނގެން ޖެހޭނެ. އެސްކިއުލޭޓް ބޯތް ލަންގް ފީލްޑްސް. ރިކޯޓް ދަ އައުޓްޕުޓް އިން ދަ ބޮޓޮލް. އެންޑް ގެޓް ހިމް އޮން އަ ނޮން ރިބްރީތާ މާސްކް އެޓް ޓެން ލީޓަރ. ކެބިން އޮކްސިޖަން އިޒް ފައިން.”
ޑޮކްޓަރުގެ އަމުރަށް ޔަމީން ބޯ ޖަހައިލުންނޫން ކަމެއް ނުކުރެވުނެވެ. “ޔެސް ޑޮކްޓަރ”
****
އިމާރާތުގެ ދިހަ ވަނަ ފަންގިފިލާއަށް ހުއްޓުނު ލިފްޓުން ނިކުތް މިއުވާން ހިނގައިގަތުނީ ސީދާ ރަޒާންގެ އޮފީހަށެވެ. މީގެ ގަޑިއިރެއް ކުރިން ރަޒާންގެ ފަރާތުން ލިބުނު މެސެޖާއެކު، އަތުގައި އޮތް ކޮންޓްރެކްޓް ހިފައިގެން އޭނާ ރަޒާންގެ އޮފީހަށް ވަދުނީ ސިކުނޑީގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދަންވެގެންނެވެ.
އޮފީހުގެ ދޮރު އެތެރެށް ހުޅުވުމާއެކު އޭނާއަށް ފެނުނީ، އޮފީހުގެ ސޯފާގައި އިށީނދެއިން ރަޒާނެވެ. އެނާގެ ސަމާލުކަން ހުރީ ކުރިމަތީގައި އިން ރާޒުވާ ބޯޑަށެވެ. ކުޅެމުން ދިޔައީ އަމިއްލަ ނަފްސާއެކުއެވެ. މިއުވާން އޮފީހަށް ވަދެގެން އައި ކަން އެނގުނަސް، އޭނާ އެ ރަޒުވާ ގޮނޑިން ނަޒަރު ވަކި ނުކޮށް އިނީ ވިސްނަންށެވެ.
އަމިއްލަ ނަފްސު ހަމައަކަށް އަޅުވަންވެގެން މިއުވާން ފުންނޭވާއެއް ނަގައިލިއެވެ. ފިޔަވަޅުތަކެއް އަޅަމުން އޭނާ ރަޒާންގެ ކުރިމައްޗަށް ވާ ގޮތަށް އިން ސޯފާގައި އިށީނުމަށްފަހު އަތު ތެރޭ އޮތް ކަރުދާސްތައް ކޮފީ މޭޒު މަތީ ބާއްވައިލިއެވެ.
ރަޒުވާ ގޮނޑިން ނަޒަރު ވަކި ކުރުމެއް ނެތި ރަޒާން އެ ކަރުދާސްތައް ނެގިއެވެ. ރާޒުވާ ގޮނޑިން ނަޒަރު ވަކި ކޮށްލީ ދެނެވެ. އެނާ އެ ކިޔަން ދެން މިއުވާން އިނީ އެއްޗެކޭ ނުބުނެވެ.
“ދެން ތި ޓެނަންޓް އަކީ ކާކުތަ؟” މިއުވާން ހުރީ ހަމަ ރަނގަޅަށްވެސް ވާން އުޅޭ ކަންތަކާ ޝައުޤުވެރިވެފައެވެ. ކޮންމެވެސް ބޮޑު ޑްރާމާއެއް ހިނގަން އުޅޭހެން އޭނާއަށް އިހުސާސް ކުރެވުނެވެ.
“މާދަން ރޭ އެނގޭނެ” ރަޒާންގެ ބަހާއެކު މިއުވާން މޫނު ކުނިކޮށްލިއެވެ.
****
އިމިގްރޭޝަންގެ ކަންތައް ނިންމައިލުމަށްފަހު ޔަމީން އުޅުނީ ފްލައިޓުން ދިމާވި އާދަޔާ ޚިލާފު ޑޮކްޓަރު ފެނޭތޯ އެވެ.
ޔަމީން އެއާޕޯޓުން ނުކުމެ ޓެކްސީއަށް އަރައި އެތަނުން ދިޔަ ވަގުތަކީ، ލަގެޖު ހިފައިގެން ރޫޔާ އެއާޕޯޓުން ނުކުތް ވަގުތެވެ. ޖެހެމުން ދިޔަ ވަޔާއެކު މިހާރު ދޫކޮށްލެވިފައިވާ އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. އަރައިގެން ހުރި އުސްބޫޓުން، ނަގައި ކޮންމެ ފިޔަވަޅާއެކު އޭނާ ހިނގާ އަޑު އިވިގެން ދިޔައެވެ. މީހުން ފަހަނަ އަޅާ އޭނާ ހިނގައިފާ ދާއިރު، މީހުންގެ މޫނުތައް އެނބުރެނީ އެ އަމުރުވެރި ޝަހުސިއްޔަތުގެ ވެރިޔާއަކީ ކާކުތޯ ބަލަންވެގެންނެވެ.
“ރޫ” ސާޖިދްގެ އަޑު އިވިފައި ރޫޔާ އެދިމާލަށް އެނބުރުނެވެ. އެ އެއްވެސް އަސަރެއް ނެތް މޫނަށް ކުޑަ އުފާވެރިކަން ވެރިކަމެއް ވެރިވުމާއެކު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“ސާޖް. ރަނގަޅުތަ؟” ރޫޔާގެ އަތުން ހެދުން ފޮށި އަތުލަން އުޅުނު ސާޖިދަށް ރޫޔާ ރަނގަޅަށް ބަލައިލިއެވެ. ސާޖިދަށް އައިސްފައި ހުރި ބޮޑު ބަދަލު ރޫޔާއަށްވެސް ވަނީ ފާހަގަވެފައެވެ. ކުރިން ދިގު ކޮށްލައިފައިވާ އިސްތަށިގަނޑުވަނީ މިހާރު ބަޒްކަޓަކަށް ބަދަލުވެފައިއެވެ. ކުރިއަށްވުރެ ހަންގަނޑު އަނދާފައިވާއިރު، އެ ހަށިގަނޑުގައި އިތުރަށް މަސްޖަހައި، ކަސްރަތުގެ ސަބަބުން ހަރުވެފައިކަން އޭނާއަށް ފާހަގަކުރެވުނެވެ.
“ދެން، އެހެން. އަހަރެމެންނެއްނު ރޫ ގެ ހާލު އަހަންވީ؟ ކިތައް ފަހަރު އަހަރެމެން ބިރުގަންނުވާލައިފާ ތިހުރީ. އާތްކުއެކް، ސުނާމީ، ވޮލްކޭނިކް އިރަޕްޝަން” ކާރުގެ ޑިކީ ހުޅުވައިލަމުން ސާޖިދު ހާމަކުރީ ރޫޔާ އެ ހަ އަހަރު ހޭދަވީ ގޮތެވެ.
ސާޖިދުގެ ބަހަށް، އޭނާ ބޯ ހަރަކާތް ކުރުމެއްނެތި ރޫޔާ ސާޖިދަށް ބަލައިލައި ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކަނާތް ހުޅުވައިލައި އަތު ތެރެއަށް ބަލައިލީ، އެ ތަޖުރިބާތަކުގެ މަތިން ހަނދާންވެގެންނެވެ.
ދެވަނަ ސިކުންތުގައި އޭނާ އެއަތް ތިރިކޮށްލުމަށްފަހު ހިނގައިގަތުނީ ކާރަށް އަރަންވެގެންނެވެ. ކާރުގެ ޕަސެންޖަރ ސީޓަށް އަރައި ސީޓުބެލްޓް އަޅައިލީ އެކަން އާދަވެފައި ހުރީމައެވެ.
“ލަމް ކިހިނެއްތަ؟ ކިތައް އަހަރު އެވީ ލަމް އަށް؟ ލީނާ ކިހިނެއް؟” ރޫޔާ އަހައިލީ ސާޖިދާއި ލީނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ވާހަކައެވެ.
“ލަމް ބަރާބަރު، މިހާރު ހަތަރު އަހަރަށް. އަދި ނުބުނަން ރޫ އައި ވާހަކައެއް. ރޫޔާ އައިކަން އެނގުމުން އޭނާ ވަރަށް އުފާވާނެ.” ސާޖިދު ކާރު ދުއްވައިލަމުން ބުންޏެވެ. އޭނާ ލީނާގެ ވާހަކަ ނުދެއްކީ އެ އުފާވެރި މޫޑު ހަރާބުކުރަން ބޭނުން ނުވާތީއެވެ.
“ގެންނާތި އަހަރެމެން ގެއަށް. ވަޒީފާއަށް ނިކުތުމުގެ ކުރިން އަހަރެން މި ވިސްނަނީ އެންމެންނަށް ކާން ދެން.”
“ބަލަ އަހަރެމެންނޭ ރޫޔާއަށް ކާން ދޭންވީ. ދެން ގޮވަންވެސް ވީ ސާރޖަންނޭ ކިޔާފަ ދޯ”
“ސާޖް. ނަމަނަމަ އެހެން ނުގޮވާތި.”
“މައްސަލައެއް ނެތް” އެއާއެކު އެ ދެމީހުން ހިމޭންވިއެވެ.
“ރޫ ބައްޕަގެ ވާހަކަ އަޑުއެހިން.” ރައްދުގައި ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ހޫމް. އެހެންވެގެންނޭ މިކޮޅަށް މިއައީ. ދިމާވިތަ؟ އަހަރެން އެބަ އުޅެން ތަނެއް ހިފަން، ހޮސްޕިޓަލާ ކައިރިތަނެއް. ބޭބެ އެބައިން ތަނެއް ހޯދައިދީފަ.”
“އެއްކަލަ ބޭބެތަ؟”
“ހޫމް.”
“ކޮންތަނެއް؟”
“ސެވެން ކްލައުޑްސް ކިޔާ އެޕާޓްމެންޓެއް” ރޫޔާގެ ބަހާއެކު ސާޖިދު ކުއްލިއަކަށް ކާރުގެ ބްރޭކު ޖައްސައިލިއެވެ. ދެލޯ ބޮޑުކޮށްލައިފާ ރޫޔާއަށް ބަލައިލެވުނީ، އޭނާއަށް އަޑުއިވުނީ ރަނގަޅަށްތޯ ޔަޤީން ކުރަންވެގެންނެވެ.
“ސެވަން ކްލައުޑްސް؟ ރޫ! ސެވަން ކްލައުޑްސް؟؟” ލިބުނު ސިހުމާއެކު ސާޖިދުގެ އަޑުވެސް ބާރުވިއެވެ.
“ހޫމް. އަޒޫރާއްތަ ބުނީ އެތަނަށް ކިޔަނީ ސެވަން ކްލައުޑްސްއޭ. އެތަނުގެ ލޮބީގައި މަޑުކޮށްގެންނޯ މިހުރީ” ސާޖިދު ދެކޮޅަށް ބޯ ހޫރައިލަމުން އަނެއްކާވެސް ކާރު ދުއްވައިލިއެވެ.
“އެތަން ގޯހީތަ؟” ރޫޔާ ސުވާލުކުރިއެވެ.
“ނޫން. އެކަމަކު، އެ ތަނަކީ ވަރަށް ފެންވަރު ރަނގަޅު ތަނެއްވީމަ.” ރޫޔާ އަޒުރާއާއި އޭނާގެ ޢާއިލާއަށް ކުރާ އިތުބާރު ސާޖިދަށް އެނގެއެވެ. އެހެނަސް ސާޖިދު ކުރެވެނީ ޝައްކެވެ. ހާއްސަކޮށް އެހާ ފެންވަރު އިމާރާތެއްގެ އެޕާޓްމެންޓެއް ރޫޔާއަށް އުޅެން ހަމަޖެހިފައިވާ ވާހަކަ އިވުމާއެކު އެ ޝައްކު އިތުރަށް ބޮޑުވިއެވެ.
“ރޫ، ޔަޤީންތަ މި މީހުންނަށް އަށް އިތުބާރުކުރަން؟”
“ސާޖް، އަހަރެން ނެތް އިރު އަހަރެންގެ ބައްޕަ ބެލީ އެ ބޭބެ. އެއްވެސް ޚަރަދަކާ ނުލާ. އަހަރެންނާ ދިމާވިފަހުން އޭނާ އަހަރެން ގެންގުޅުނީ ދަރިއެއް ފަދައިން. ބައްޕައަށް ކެންސަރު ޖެހުނު ފުރަތަމަ ފަހަރު އަހަރެން ރެސިޑެންސީ ދޫކޮށް އަންނަން އުޅުނީމަ ހުއްޓުވީ އޭނާ. އަހަރެންގެ ބަދަލުގައި އޭނާ އަހަރެންގެ ބަލި ބައްޕަ ބެލީ. ހީވޭތަ އެފަދަ މީހަކު އަހަންނަށް ދެރައެއް ދޭނެހެން؟”
ރޫޔާ ބުނީވެސް ތެދެކެވެ. ނޭޕާލްގައި އޭނާ ކިޔަވަން ހުއްޓައި، އޭނާއަށް އިސްމާޢިލަށް ކެންސަރު ޖެހުނުކަން އެނގުމާއެކު އުޅުނީ ކިޔެވުން ދޫކޮށް އަނބުރާ ރާއްޖެ އަންނަންށެވެ. އެ ދުވަސްކޮޅަކީ އޭނާއާ އެ ބޭބެ ދިމާވި ދުވަސްކޮޅެކެވެ. އެހާ މޮޅު ކުއްޖަކު ކިޔެވުން ދޫކޮށްދާން އުޅުމުން އެ ބޭބެ އޭނާ ހުއްޓުވައި، ނަސޭހަތް ދީ، އޭނާއަށް ވަޢުދުވީ އެބޭބެ ބައްޕަ ބަލާނެ ކަމަށެވެ. އޭނާ ސާޖަންނަކަށްވާން މެދުވެރިވީ އެބޭބެ އެވެ.
***
‘ސެވަން ކްލައުޑްސް ރެސިޑެންސް’ގެ ބޮޑު އިމާރާތާއެކު އޮތް ބިމުގެ ޕާކިން އޭރިޔާގައި ކާރު ޕާކުކޮށްލުމަށްފަހު ސާޖިދު ކާރުން ފައިބައިގެން އުޅުނީ ޑިކީއިން ރޫޔާގެ ލަގެޖު ނަގަންވެގެންނެވެ. ރޫޔާވެސް ކާރުން ފައިބައިގެން، ދަބަހުން ފޯނު ނަގައި ނަމްބަރަކަށް ގުޅައިލިއެވެ. ފޯނު ރިންގު ވުމާއެކު އެ ޢިމާރާތުގެ ބޮޑު ދޮރުން ނުކުމެގެން އައި އަންހެނާ ފެނިފައި ރޫޔާ ހިނިތުންވެލިއެވެ.
“ރޫޔާ؟ މަރުހަބާ” އަޒުރާ ރޫޔާއާ އަރާ ހަމަކުރުމަށްފަހު ރޫޔާއާ ސަލާމް ކުރިއެވެ.
“އަޒުއްތާ. ހާލު ކިހިނެއް؟ ކޮބާ ބޭބެއާއި ބައްޕަ؟”
“ބޭބެ ޑިއުޓީގައި. އިސްމާޢިލް އެބައިން ލޮބީގައި. ކުޑަކޮށް ވަރުބަލިވެފައި އިނީމަ އަހަރެން މި ނިކުތީ އެއްވެސް އެއްޗެކޭ ނުބުނެ” އެކި އެކި ވާހަކަ ދައްކަމުން އަޒުރާ ލޮބީއަށް ވަދުނީ ސާޖިދާއި ރޫޔާ ގޮވައިގެންނެވެ.
އެއީ ވަރަށް ފެންވަރުގައި ހަދައިފައިވާ ތަނެކެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ޝާހީކަމެވެ. އޮރެންޖު ލައިޓްތަކާއި ބޮޑެތި ޗާންދެލިއާތަކެވެ. ޔުނިފޯމް އަޅައިގެން ތިބި ދިވެހި އެކި ޒުވާނުން އުޅުނީ ވަދެގެން އުޅޭ މެހެމާނުންގެ އަރިހުގައެވެ.
ލޮބީގެ ވެއިޓިން އޭރިޔާއަށް ވަދެވުމާއެކު، ސޯފާގައި އިން އިސްމާޢިލް ރޫޔާއަށް ފެނުނެވެ. ބައްޕަގެ ސިފަ ފެނުމާއެކު ރޫޔާގެ ހިތަށް އަސަރުވެސް ކުރިއެވެ. ވަޅު ވަދެފައިވާ ކޮލާއި، އިސްތަށި ފައިބައި ހުސް ތަލަބޮލެވެ. މީހާވަނީ އެކީ އެއްކޮށް ހިކިފައެވެ.
“ބައްޕާ”
ދެލޯ މަރައިލައިގެން އިން އިސްމާޢިލްގެ ކަންފަތުގައި ޖެހުނީ ދުވަހަކުވެސް ހަނދާން ނުނެތޭނެ އަޑެވެ. އަވަސް އަވަހަށް ދެލޯ ހުޅުވައިލުމަށްފަހު އަޑު އައި ދިމާލަށް ބަލައިލީ، ކާކު ކަން ޔަޤީން ކުރަންވެގެންނެވެ.
“ދޮން ކަނބޮލޯ” ކުރިމަތީގައި ހުރީ އޭނާގެ ދަރިފުޅެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އިސްމާޢިލް ނޭވާއެއް ނަގައިލިއެވެ.
ރޫޔާ ބަލާކަށް ނުހުރެ ބައްޕައާ ދިމާލަށް ހިނގައިގަތެވެ. ބައްޕަ ކައިރީ އިށީނދެފައި އެ ބައްޕަގެ އަތް އޭނާގެ އަތު ތެރެއަށް ގެނައެވެ.
“އަޒުރާމެން ނުވެސް ބުނޭ. އެންމެން ބުނީ ބައްޕަ އެހެން ގެއަކަށް ބަދަލުވާން އުޅޭ ވާހަކަ. ސަޕްރައިޒް ވެއްޖެ ހަމަ ރަނގަޅަށް” އެތަކެއް ދުވަސްފަހުން އިސްމާޢިލްގެ މޫނަށް އުފާވެރިކަން އައެވެ.
“ޔަޤީން ބޭބެގެ ރޭވުމެއްކަން. ފަންސާހުގައި އުޅުނަސް އުޅެނީ ހަމަ ކުޑަ ކުއްޖެއް ހެން.” އަޒުރާއަށް ބަލަން އިނދެފައި ރޫޔާ ހީލިއެވެ. ފޯނަށް އައި މެސެޖު ކިޔަން އިނދެފައި އަޒުރާވެސް ހިނިތުންވެލީ ރޫޔާއާ އެއްބައިވެލަންވެގެންނެވެ.
“ހިނގާ ދާން. ބޭބެ ބުނީ މާދަން ލީސްގައި ސޮއި ކުރަން. މިރޭ އެޕާޓްމެންޓްގައި ހުންނަން އޯކޭޔޯ އަހުމަދު ބުނީ.” ފޯނަށް އައި މެސެޖު ކިޔާފައި އަޒުރާ ހިނގައިގަތުނީ ލިފްޓާ ދިމާލަށެވެ.
“ރޫ، ދަނީ އިނގޭ، ލަމް ސްކޫލް ނިމޭ ގަޑި ޖެހޭ އެބަ.” ސާޖިދު ރޫޔާއަށް ބަލައިލިއެވެ.
“ބާއި. ނުބުނާތި ލަމް ކައިރީ އަހަރެން އައި ވާހަކަ. މަ ބޭނުން އެކުއްޖާއަށް ސްޕަރައިޒެއް ދޭން”
ސާޖިދު އެތަނުން ދިއުމާއެކު ދެން ތިބި ތިން މީހުން ހިނގައިގަތުނީ ލިފްޓާ ދިމާލަށެވެ. އެތަނުގެ ކުއްޖެއްގެ އެހީއާއެކު ފޮށިތައް ހިފައިގެން އަޒުރާ ފިއްތައިލީ ސާދަ ވަނަ ނަމްބަރު އޮބަށެވެ.
“ފުރަތަމަ ފަންގިފިލާގައި އިންނާނެ ޕޫލެއް. އޮލިމްޕިކް ސައިޒް ޕޫލެއް. ދެން ދެވަނަ ފަންގިފިލާގައި އިންނާނެ ޖިމް. ދެން ފެނުނެއްނު އިމާރާތުގެ އެތެރެއިން ވަދެވެން ހުރި ކެފޭ އަކާއި ރެސްޓޯރެންޓް. ސައުވީސް ގަޑިއިރުގެ ތަނެއް އެއީ. ދެން މިތާ ކައިރީ ހަމަ ހުންނާނެ ފިހާރަތައްވެސް” އެ ތަނާ ބެހޭގޮތުން އެކި އެކި މަޢުލޫމާތު ދެމުން އަޒުރާ ލިފްޓުން ނުކުމެ ހިނގައިގަތުނީ އެޕާޓްމެންޓް 1402 ކަށެވެ. އެ އެޕާޓްމެންޓްގެ ދޮރު ހުރީ ހުޅުވިފައެވެ
“ކޮންމެ ފްލޯއެއްގައި އިންނާނެ 2 އެޕާޓްމެންޓް، ދެން ފަނަރަ ވަނަ ފްލޯ އިންނާނީ އެއްކޮށް އެއް އެޕާޓްމެންޓަކަށް ހަދާފަ. އޯނަރ އުޅެނީ އެތާ.” ހުޅުވިފައި ހުރި ދޮރަށް ސަމާލުކަން ނުދީ އަޒުރާ އެ އެޕާޓްމެންޓަށް ވަދުނެވެ. ފަހަތުން ރޫޔާއާއި އިސްމާޢިލްވެސް ވަދުނެވެ.
އެހެނަސް ނެގި ފިޔަވަޅާއެކު އެ ދެމީހުން ހުއްޓުން އެރީ އެތަން ހުރި ގޮތް ފެނިފައެވެ.
އެ އެޕާޓްމެންޓަށް ވަދެވުމާއެކު ފެނުނީ އެއްވެސް ހުރަހެއް ނެތް ގޮތަށް ފަރުމާކޮށްފައިވާ ސިޓިންރޫމާއި ބަދިގެއެވެ. އެގޭ މައިދޮރުގެ ވާތް ފަރާތުގައި، ތަނަވަސް ފާރުތައް ރީތިކޮށްލެވިފައިވަނީ ބަދިގެއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކެބިނެޓްތަކާއި އައިސް އަލަމާރީންނެވެ. އެ ކުރިމަތީގައި ބޮޑު އައިލެންޑަކާއި ސިންކެވެ. ސިޓިން ރޫމު ސޯފާއާއި އެ އައިލެންޑް ދެމެދުގައި ކާމޭޒެއްވެސް އިނެވެ. މައިދޮރުގެ ވާތް ފަރާތުގައި މެހެމާނުންނަށް ހާއްސަ ފާހަނައަކާއި، ހެދުން ދޮންނަ ބައެއް އިނެވެ. ސިޓިން ރޫމު އިނީ ބޭރުން ހުޅުމާލޭގެ މަލަމަތި ހާމަކޮށް ފެންނަން އޮތް ބެލްކަނީގެ ކައިރީގައެވެ. ސީލިންގުން ފެށިގެން ތަޅުންގަނޑާ ހަމައަށް އަންނަ، ކަހައިލެވޭގޮތަށް ހުންނަ ބިއްލޫރި ދޮރުން މުޅި ތަނަށް ގުދުރަތީ އަލިކަމެއް އެތަނަށް ލިބިފައިވެއެވެ. ޒަމާނީ ޓީވީގެ އިތުރުން ފޮތް ހަރުތައް ވަނީ ފާރުކައިރީ އަތުރާލެވިފައެވެ.
އަޒުރާ ބުނިގޮތުގައި، އެޕާޓްމެންޓްގެ ކަނާތް ފަރާތުގައި ދެކޮޓަރި އިނދެއެވެ. ކޮންމެ ކޮޓަރީގައިވެސް ފެންވަރު ރަނގަޅު ފާހަނައެއް އިންނާނެއެވެ. އަޒުރާ ދިޔައީ ހުއްޓުމެއް ނެތި ތަންތަން ދައްކަމުންނެވެ.
އާޝޯހުވެގެން ހުޅުވުނު އަނގަ ލައްޕަން ނޭނގިފައި ހުރެ ރޫޔާ އެ އެޕާޓްމެންޓް ތެރެއަށް ވަދުނެވެ. އޭނާ އަށް މިހާރު ހުރެވުނީ ދެޚިޔާލެއްގައެވެ. އަޒުރާ ހިނގައިގަތުނީ އެ އެޕާޓްމެންޓްގެ ވާތް ފަރާތުގައި އިން ދޮރަށެވެ. ރޫޔާވެސް އޭނާގެ ފަހަތުން ދިޔައެވެ. އެއާއެކު ވަދެވުނީ ނިދާ ކޮޓަރިއަކަށެވެ. އެތަނުގެ ޖާގަ ބޮޑުކަމުން، އެ އެޕާޓްމެންޓްގެ މުޅި ވާތް ފަޅި އޮތީ މާސްޓަރ ރޫމަށް ހާއްސަކޮށްފައިކަން ރޫޔާއަށް އެނގުނެވެ. އެ ކޮޓަރީގެ ތެރެއިން، ވަކިން އިންނަ ބެލްކަންޏަށް ނުކުމެވޭ ގޮތަށް އިންނަ ބިއްލޫރި ދޮރު ފެނުނެވެ. އެ ކޮޓަރީގައި ހެދުންތައް ބަހައްޓަން ހަދާފައި އިން ކުޑަ ކޮޓަރިއާ އިންވެގެން އިން ފާހަނަ ފެނިފައި ރޫޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބޮޑު ސިންގާ ބާތް ޓަބް ފެނިފައި ރޫޔާ އަވަހަށް ފާހަނަ ދޮރު ލައްޕައިލިއެވެ.
“ރޫޔާ؟” އަޒުރާގެ އަޑާއެކު ރޫޔާ ހޭވެރިކަން ލިބުނެވެ. ދެކޮޅަށް ބޯ ހޫރައިލުމަށްފަހު ރޫޔާ އޭނާއަށް ބަލައިލީ ވާނުވާގައި ހުރެފައެވެ.
“ދައްތަ ތިބުނަނީ އަހަރެން މިތާ އުޅޭށޭތަ؟”
“ބޭބެވެސް ބޭނުންވަނީ އެގޮތް. ބޭބެ ވަރަށް ދެރަވާނެ ރޫޔާ ދެކޮޅު ހަދައިފިއްޔާ” ކާ މޭޒުމަތީ ހުރި ކޮތަޅުތަކުން އެއްޗެހި ނަގައި އަލަމާރިއަށް ލަމުން އަޒުރާ ޖަވާބުދިނެވެ.
“އެކަމަކު، މީ އަޅުގަނޑު ރެންޓުކުރެވޭ ވަރަށް ވުރެ ފެންވަރު މާ މަތީ ތަނެއް ނު.”
“ދައްތަވެސް ބުނިން ތިހެން. އެކަމަކު މީ ބޭބެ ވަރަށް އިތުބާރު ކުރާ މީހެއްގެ ތަނެއް. ބޭބެގެ ހެޔޮކަމަށް ބަދަލުގެ ގޮތުން މިތަން ކުޑަ އަގެއްގައި ކުއްޔަށް ދޭން އުޅެނީ.”
“ކިހާވަރެއް ކިޔަނީ؟”
“ފަންސަވީސް ހާސް”
އިސްމާޢިލްވެސް މޭޒު ކައިރީ ހުއްޓެމުން އެ ދެމީހުންގެ މަޝްވަރާގައި ބައިވެރިވެލިއެވެ. “އަޒުރާ. މިތަނަކީ ފަންސަވީސް ހާހަށް ކުއްޔަށް ދެވޭނެ ތަނެއް ނޫން.”
“އިސްމާޢިލް، އަހަރެން ކީކޭ ބުނާނީ؟ އޭނާ ބޭނުންވަނީ ރޫޔާ މިތާ ހުންނަން. މިހާރު ކުއްޔަށް ދޭ މީހުންގެ ގޮތެއް ނޭނގޭނެ. އަހަންމަދަކީ ބޭބެގެ އިތުބާރު އޮތް މީހެއްވީމަ ރޫޔާ މިތަނަށް މި ގެނައީވެސް.” ނޭވާއެއް ދޫކޮށްލަމުން އަޒުރާ ބުންޏެވެ.
“ތިހެން ވިއްޔާ ތި އަހުމަދަކީ ހާދަ ރަނގަޅު މީހެކޭ ދޯ” އިސްމާޢިލް ރޫޔާއަށް ދޯ ދިނެވެ.
“ހޫމް. އަންނަންވީނު މާދަން ރޭ އަހަރެމެންގެއަށް. އަހުމަދުވެސް އަންނާނެ. އޭރުން ދެމީހުންނަށް ލީސް ގައި ސޮއި ކުރެވޭނެއެއްނު”
****
ނިދިފައި އޮތް ޔަމީނަށް ހޭލެވުނީ މީހަކު މާވަރަކަށް ފޯނަށް މެސެޖުކުރާ އަޑު އިވިގެންނެވެ. ކަރު ބުޑުން އަޑެއް ލެއްވުމަށްފަހު އޭނާ އެ ފޯނު ނަގައި ހުޅުވައިލިއެވެ. ފުލުފުލުން ލިބިފައި ހުރި މެސެޖުތަކާއި ކޯލްތައް ފެނި އޭނާ ލުއްކެއް ޖަހައިފައި އެނދުން ތެދުވިއެވެ. އޭނާ އަވަސް އަވަހަށް ހުޅުވައިލީ އޭނާގެ ރެސިޑެންސީ ޗެޓެވެ.
______
ސާޖަރީސް އެންޑް ސަފަރިން
20 މެމްބަރސް
——-
ސުހާ (ޕީ.ޖީ.ވައި-5): @ޔަމީން. ވޭކް އަޕް.
ރީހާ (ޕީ.ޖީ.ވައި-4): ސުހާ، ހީޒް ޕްރޮބަބްލީ ސްލީޕިން
ރާޝިދް (ހެޑް): 👀
ރާޝިދް (ހެޑް): 👂
ދީޕަކް (ޕީ.ޖީ.ވައި-2): ސަރ. ވައި އާރ ޔޫ ލައިކް ދިޒް؟ 😂
ރާޝިދް (ހެޑް): އައި އޭމް މިއަރ ލީ އޮބްޒާވިން. 👀
ސައިފް (ޕީ.ޖީ.ވައި-1): ފަސްޓް. ސަރ، ޕްލީޒް ނެވަރ ޗޭންޖް
ސައިފް (ޕީ.ޖީ.ވައި-1): ސެކަންޑް، ޔަމީން ވޯޒް އޮން ދެޓް ފްލައިޓް؟
ރޯހަން (ޕީ.ޖީ.ވައި-1): އިޒް ދިޒް އެބައުޓް ދެޓް މެޑިކަލް އެމެޖެންސީ ވީ ހާޑް ދިޒް މޯނިން؟
ޕްރިޔާ (ޕީ.ޖީ.ވައި-1): ރިއަލީ؟
ލިއަން (ޕީ.ޖީ.ވައި-1): ސަމްވަން ޓެލްމީ ވަޓްސް ހެޕަނިން. ޔަމީން އިޒް އޮން ދި ނިއުސް
ސައިފް (ޕީ.ޖީ.ވައި-1): ސޯ ދޭ ވޯޒް އަ ކޭސް އޮފް ޓެންޝަން ނިއުމަތޮރެކްސް. ހިމް އެންޑް ސަމް ޑޮކްޓަރ ނޭމްޑް ރޫޔާ ސޭވްޑް ހިޒް ލައިފް.
ސަހާ (ޕީ.ޖީ.ވައި-5): “އިންއެކްސްޕީރިއަންސްޑް ޑޮކްޓަރ”.
ފިރާޒް (ޕީ.ޖީ.ވައި-1): ޔަޕް. ޔަމީން ވޯޒް އިން ދެޓް ފްލައިޑް. އެޕޭރެންޓްލީ، ހީ ވޯޒް ގޮއިންޓު ގިވް އެސްޕިރިން.!! އެސްޕިރިން ފޯ ޓެންޝަން ނިއުމޯތޮރެކްސް. ސަމް ނިއުސް ސޭސް އިޓް ވޯޒް އަ ކާރޓިއަކް ޓެމްޕޮނޭޓް… ތެންކްފުލީ، ދެޓް ފީމޭލް ޑޮކްޓަރ ސްޓޮޕްޑް ހިމް
ހިޝާން (ޕީ.ޖީ.ވައި-2): އެސްޕިރިން؟؟
ޒައުރާ (ޕީ.ޖީ.ވައި-2): ކާރޓިއަކް ޓެމްޕޮނޭޓް؟؟ އެސްޕިރިން؟؟
ސަޖާހް (ޕީ.ޖީ.ވައި-3): 💀 💀 💀
އާޝިޔާ (ޕީ.ޖީ.ވައި-2): 💀 💀 💀 💀
ޕްރިޔާ (ޕީ.ޖީ.ވައި-1): 💀 💀 💀 💀 💀 💀
އަރްޖުން (ޕީ.ޖީ.ވައި-1): އުފް…..އޭމް އައި އެކްސައިޓެޑް ފޯ އަދަރ އެޓެންޑިންގް ޓު ނޯ އެބައުޓް ދިސް؟؟
ރާޝިދް (ހެޑް): އެސްޕިރިން؟
ރާޝިދް (ހެޑް): ފޯ ޓެމްޕޮނޭޑް؟
ރާޝިދް (ހެޑް): މައި ޗައިލްޑް🥺
ދީޕަކް (ޕީ.ޖީ.ވައި-2): އައި އޭމް ޑައިން…އެސްޕިރިން…
ހިޝާން (ޕީ.ޖީ.ވައި-2): އިން ހިޒް ޑިފެންސް. ޓެމްޕޮނޭޓް އެންޑް ޓެންޝަން ނިއުމޯ ކޭޏް ބޯތް ބީ ޕްރޭޒެންޓް ވިތް ހައިޕޯޓެންޝަން އެންޑް ޑިސްޓެންޑެޑް ނެކް
އަޕެކްޝާ (ޕީ.ޖީ.ވައި-2): ރިއަލް ކުއެޝަން، ހޫޒް ދަ އަދަރ ޑޮކް؟
އީނާލް (ޕީ.ޖީ.ވައި-1): ޝީ ވެނީޝްޑް
ހިޝާން (ޕީ.ޖީ.ވައި-2): ލައިކް ބެޓްމޭން.
ހިޝާން (ޕީ.ޖީ.ވައި-2): ބަޓް ތޯ، ޝީ އިމްޕްރޮވައިޒްޑް އަ ޗެސްޓް ޑްރެއިން ވިތް އަ ފޯލީ ކެތީޓާ އެންޑް އަ ވޯޓަރ ބޮޓޮލް؟؟
އަރްޖުން (ޕީ.ޖީ.ވައި-1): ދެޓްސް…
ޕްރިޔާ (ޕީ.ޖީ.ވައި-1): އައި ކޭންޓް އީވެން ގެޓް އަ ލައިން އިން ވިތް އައުޓް އަލްޓްރާ ސައުންޑް
ފިރާޒް (ޕީ.ޖީ.ވައި-1): އެވްރި މިނެޓް، އައި ކީޕް ހިއަރިން ނިއު ތިންގްސް އެބައުޓް ހާރ.
ރާޝިދް (ހެޑް): 👀
ސަޖާހް (ޕީ.ޖީ.ވައި-3): ސަރ. ޔު ނޯ ސަމްތިން ސަމްތިން
ރާޝިދް (ހެޑް): 👀
ޕްރިޔާ (ޕީ.ޖީ.ވައި-1): ހީ ނޯސް ސަމްތިން
ރާޝިދް (ހެޑް):🤐
ރާޝިދް (ހެޑް): އައި ނޯ ނަތިން
ރާޝިދް (ހެޑް): އައި އޭމް ޖަސްޓް އަ ހަމްބަލް އޯލްޑް މޭން، ޓްރައިން ޓު ފައިންޑް މައި ވޭ ތްރޫ މައި ލައިފް. ޓެންޑް މައި ގާޑެން، ފީޑް މައި ލަވްލީ ޗިލްރެން…
ޝާނާ (ޕީ.ޖީ.ވައި-3): އޯކޭ، ސޯ ޝީ ވާކް އިން، ސްޓޮޕްޑް ޔަމީން ފްރޮމް ގިވިން ދަ ޕޭޝަންޓް އެސްޕިރިން، ޕާރފޯމްޑް އަ ޕްރޮސީޖަރ މިޑް އެއަރ އެންޑް ވަނިޝްޑް
ރޯހަން (ޕީ.ޖީ.ވައި-1): ދެޓްސް ނޮޓް އަ ސާރޖަން.
ރޯހަން (ޕީ.ޖީ.ވައި-1): ދެޓްސް އޭން އާތް ކުއެކް
އަޕެކްޝާ (ޕީ.ޖީ.ވައި-2): ސަޕޯސް، ވަޓް އާ ދަ ޗާންސެސް އޮފް ހާ ބީން އަވަރ އެޓެންޑިން؟؟
ދީޕަކް (ޕީ.ޖީ.ވައި-2): އަޕެކްޝާ، ޔޫ ޑިޑް ނޮޓް!!!
ފިރާޒް (ޕީ.ޖީ.ވައި-1): ނާއު އައި އޭމް ފިއަރިން ފޯ މައި ލައިފް
ޝާނާ (ޕީ.ޖީ.ވައި-3): @ރަޝީދު، ސަރ އިޒް ރިއަލީ ސައިލެންޓް
ޕްރިޔާ (ޕީ.ޖީ.ވައި-1): އިޒް އިޓް ޓޫ ލޭޓް ޓު ޓްރާންސްފަރ؟؟
ރާޝިދު (ހެޑް):👀 🤫
_____
“އާތްކުއެކް” ނޭވާއެއް ދޫކޮށްލުމަށްފަހު ރާޝިދު ފޯނު ތިރިކޮށްލީ ކުރިމަތީ އިން އަންހެނާއަށް ނަޒަރު ބަދަލުކޮށްލަމުންނެވެ. އަންހެންމީހާގެ ނަޒަރު ބައްދަލުވުމާއެކު އޭނާގެ ތުންފަތަށް އެރީ ލާނެއް ހިނިތުންވުމެކެވެ. ދެވަނަ ސިކުންތުގައި އޭނާ އެ އަންހެނާއަށް ޗެޓު ފެންނަ ގޮތަށް ފޯނު މޭޒު މަތީ ބޭއްވިއެވެ.
ޗެޓު ފެނުމާއެކު އަންހެނާގެ ތުންފަތަށް އެރި ހިނިތުންވުން ރީޗަށްވެސް ފެނުނެވެ. ރެސްޓޯރެންޓުގެ ގޮނޑީގައި ލެނގިލުމަށްފަހު އޭނާ މޭމަތީ ހަށަން ބަނދެލީ ރާޝިދަށް ބަލަން ހުރެއެވެ.
“ވަޒީފާއަށް ނުކުމުގެ ކުރިން އެހާ އަވަހަށް ވަނަން ލިބުނީ. އެވެސް އާތްކުއެކް.”
ހިނިގަނޑެއް ޖަހައިލަމުން ރާޝިދު ބޯ ހޫރައިލިއެވެ.
“ދުވަހަކުވެސް އަހަރެން އާޝޯހު ނުކޮށްލާ ނުދާތި ޢާއިޝަތު ރޫޔާ އިސްމާޢިލް!”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


DARLING WHN NEXT😮😮😮😮😮😮😮😮😮😮
SO SHOCKING AND NICE 🤍🤍🤍🤍🤍🤍🤍🤍🤍
PATIENTLY WAITING TO UNCOVERA MORE