Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 15..

kamana Level 310 Stories500 Comments100 Comments
April 22, 2016 6 Mins Read
15 Comments

ފުރަތަމަ ފަހަރަށް އަތޫޝާ އިސްނަގައި ޝައިމަންގެ މަޑު ތުންފަތުގައި ބޮސްދިނެވެ.

ވެހެމުންދިޔަ ވާރޭ ދިޔައީ ހައްތަހާ ބޯކުރަމުންނެވެ. ވައިގަދަވެ ގުގުރީގެ އަޑު ފަޒާގައި ގުގުމަން ފެށިއެވެ.

“ޝައިމަން…” ގުގުރީގެ އަޑަށް ސިހިފައި އަތޫޝާ ޝައިމަން އަށް ގޮވާލީ ބިރުންނެވެ. އޭރުވެސް ޝައިމަންގެ އަތްވަނީ އަތޫޝާގެ އުނަގަނޑުގައި ވަށާލެވިފައެވެ. “ބިރުގަތީތަ……. ހިނގާ ދާން…” އަތޫޝާގެ ކޮލުގައި ފިރުމާލުމައްފަހު ޝައިމަން އަތޫޝާގެ އަތުގައި ހިފީ ގެއާ ދިމާލަށް މިސްރާބު ޖެހުމަށެވެ.

ވެހެމުންދާ ވާރޭތެރޭގައި އަތް ޖޯޑުކޮއްލައިގެން ހިނގަމުން ދިޔަ އަތޫޝާ އާއި ޝައިމަން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވުމެއް ހަދިޔާ ކޮއްލައެވެ. ޝައިމަން ބަލާލާ ކޮންމެ ފަހަރަކު އަތޫޝާ އިސްޖާލަނީ ކުރެވެނު ކަންތަކާ ލަދުންނެވެ. އަތޫޝާ ކޮންމެ ފަހަރަކު ލަދުން އިސްޖަހާލާ ގޮތުން ޝައިމަން އަށް ހީލެވެނީ އަތޫޝާ ވިސްނަމުންދާ އެއްޗެއް އެނގޭތީއެވެ.

……………….

ގާގަނޑު މަތީގައި ޖެހި ބުދެއްހެން މަމްދޫހު ހުރީ ދެންމެ ލޮލަށް ފެނުނު މަންޒަރު ގަބޫލު ކުރަން ދަތިވެފައެވެ. އެއީ ހަމަ އަތޫޝާ ކުރިކަމެއް ބާއޭ މަމްދޫހުގެ ހިތަށް އަރަމުންދެއެވެ. އަތޫޝާ އަކީ އެއަށް ވުރެއް ލަދު ގަންނަ ކުއްޖެކެވެ. އެއީ އަތޫޝާ އެއްނޫނެވެ. މަމްދޫހު ދެއަތުން ބޮލުގެ އިސްތަށި ގަނޑުގައި ހިފައި އަތަށް ބާރުކޮއްލީ ރުޅިއައިސްގެންނެވެ. އައިސްފައިވާ ރުޅިއާ އެއްވަރަށް ހިތްދިޔައީ ރޮމުންނެވެ. ބޮލުގައި ހިފައްޓައިގެން ހުރި އަތް ނައްޓާލުމައްފަހު މޭގައި އަތުން ހިފީ މީހަކު ހިތް ކޮށާ ނޮޅަމުން ދާކަހަލަ އިހްސާސް އެއް ކުރެވުމުންނެވެ. މަމްދޫހުގެ ކުރިމަތީގައި އަތޫޝާ އެދިޔައީ އެހެން މީހަކާ އެކީގައެވެ. އެދެމެދުގައި ދެންމެ ހިނގައި ދިޔަ ވަގުތު ކޮޅު ދުށީ މަމްދޫހު ދެލޮލުންނެވެ. މަމްދޫހުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތީ އިހްތިޔާރަކާ ނުލައެވެ. ކަރުނަތަށް ވާރޭއާއި އެކުވެގެން ގޮސް އެބޮމެން ދިޔައެވެ.

މަމްދޫހު ގާގަނޑު މަތިން ތެދުވީ އެތާ ނީނުމަށެވެ. އެތާ އިނުމުން ވާނީ ހިތަށް ތަދެވެ. ވަރަށް ހާލުން މަމްދޫހު ތެދުވީ ގައިގަ ހަކަތަ ނެއް މީހެއްހެނެވެ. ބޯކޮށް ވެހެމުން ދާ ވާރޭން ތަންތަން ފެންނަނީ ފުސްކޮށެވެ. މަމްދޫހު ވަކި މިސްރާބެއް ނެތި ހިނގައިގަތީ ކުރިއަށެވެ. އޭރުވެސް މަމްދޫހު ދިޔައީ ކަރުނަ އަޅައި ރޮމުންނެވެ.

“ޝާޝާ… ކީއްވެ… ކީއްވެ… ޝާޝާ ދެކެ ވާ ލޯބި ޝާޝާ އަށް ހަމަ ނޭނގެނީތަ.. ނޫނީ ޝައްކު ވަނީތަ…. އާރގގގގގގގ ” ދެކަކޫ މައްޗަށް ތިރިވަމުން މަމްދޫހު އަޑުގެ ނެއްތަނަށް ހަޅޭއްލަވައިގަތެވެ. އެ އަޑު ދިޔައީ ބޯ ވާރޭތެރެއަށް ފެވިގެންނެވެ. މަމްދޫހު އަނެއްކާވެސް ތެދުވެ ކުރިއަށް ހިނގައިގަތީ ދެލޯ ފޮހެމުންނެވެ.

ދުރުގައި މަންޒަރު ބަލަން އިން ޝަމްހާ އިނީ މަމްދޫހު ހަދާ އެއްޗެއް ބެލުމަށެވެ. މަމްދޫހު އެކަނި ކޮއްލުމައްފަހު ގެއަށް ދާން ޝަމްހާ ބޭނުން ނުވީއެވެ. މަމްދޫހު ދެރަވާނޭ ޝަމްހާގެ ހިތްބުނެއެވެ. ކޮންމެ ގޮތަކަށް މަމްދޫހު އަތޫޝާއާއި ދޭތެރޭ ކަންތަށް ކުރިއަސް މަމްދޫހު އަދިވެސް އަތޫޝާ ބޭނުންވާކަން ޝަމްހާއަށް އެނގެއެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ދެނެއް އެކަމަކަށް އެއްބާރުލުމެއް ނުދޭނަމޭ ޝަމްހާ ހިތާ ހިތުން ބުނެލިއެވެ.

މާލޭ މަގުމަތިން ދުއްވާއެއްޗެއް މަދުން ނޫނިއްޔާ ނުފެނެއެވެ. ބޮޑު ތަކުރުފާނު މަގު ހުރަސްކޮއްލި މަމްދޫހު އަތް ނަގާ ދެލޯ ފޮރުފާލީ ލޮލަށް ގަދަ އަތްޔެއް އެޅުމުންނެވެ. މަމްދޫހުގެ ފަހަތުން ކަހަލަ ގޮތަކަށް ހިނގާފައި ދިޔަ ޝަމްހާ އިނީ ގަނޑު ވެފައެވެ. ބާރު ސްޕީޑެއްގައި އައި ކާރު މަމްދޫހުގެ ގައިގަ ޖެހުމާއެކު މަމްދޫހު ބުރުއްސައިގެންގޮސް ޖެހުނީ ދަރުބާރުގޭ ގަސްތަކުގެ ކައިރިއަށެވެ. ހަމަ ޖެހުމާއެކު ލޭގެ ކޯރެއް މަމްދޫހު އޮތް ހިސާބުގައި ފަވާލިއެވެ.

ޑްރައިވަރު ނިކުމެ މަމްދޫހު ކައިރިއަށް ދުއްވައި ގަތުމުން ޝަމްހާވެސް ދުއްވައިގަތެވެ. މަމްދޫހުގެ މުޅި ގައިގަ ވަނީ ލެއެވެ. ފަޅައިގެން ދިޔައީ، ބިނދުނީ ކޮންތަނެއް ކަމެއް ނޭނގެއެވެ. ލޭތަށް ދިޔައީ ވާރޭއާއި އެކުވަމުންނެވެ.

“މަމްދޫހު… މަމްދޫހު….” ޝަމްހާ މަމްދޫހަށް ގޮވަމުން ދިޔައީ މަމްދޫހުގެ މޫނުގައި ކުޑަކޮށް ޖަހާލަމުންނެވެ. “މަމްދޫހު ތެދުވެބަލަ” ޝަމަހާ އިނީ ބިރުގެންފައެވެ. ހަދަން ވީ ގޮތެއް ނޭނގިފައެވެ.

“ތެދުވޭ… ހިނގާ ދާން ހޮސްޕިޓަލްއަށް…” ޑްރައިވަރު މަމްދޫހު އަތް ދަނޑި މައްޗަށް ލުމައްފަހު ކާރަށް އެރުވިއެވެ. ޝަމްހާވެސް ކާރަށް އެރުމަށްފަހު މަމްދޫހުގެ ބޯ އުނގުމަތީގައި ބޭއްވިއެވެ. ޝަމްހާގެ ދެލޮލުން ބިރުގަތްފައި ވާވަރު ހާމަވެއެވެ.

“އޭނަގެ ފެމިލީއަށް ގުޅަންވީނު… ބުނޭ އޭޑީކޭ އޭ…… އެކްސް ކިޔުސް…. އޭ..” ޝަމްހާ ގައިގަ އަތް ޖައްސާލަމުން ޑްރައިވަރު ބުންޏެވެ. “ކީކޭ…. ” ޝަމްހާ ހުރީ ހަމައިގައެއް ނޫނެވެ. ހަމަ ޖެހޭނީވެސް ކިހިނަކުން ހެއްޔެވެ. ޝަމްހާއަށް ފެނުނީ ބިރުވެރި މަންޒަރެކެވެ. އަދިވެސް މަމްދޫހު ވިއްސައިގެން ދިޔަތަން ލޮލު ކުރިމަތިން ސިފަވެއެވެ.

“ފެމިލީ އަށް ގުޅާށޭ….” ޝަމްހާ ބޯޖަހާލިއެވެ. ޝަމްހާ މަމްދޫހުގެ ބޮލުގައި ފިރުމާލިއެވެ. ޝަމްހާ އެއްފަހަރު އަތަށް އަނެއް ފަހަރު މަމްދޫހުގެ ބޮލަށް ބަލާލީ ދެލޯ ބޮޑުކޮއްލަމުންނެވެ. އިރުކޮޅެއް ނުވެ ފެނުނީ ޝަމްހާ ވެސް ހޭނެތިފައި އޮތްތަނެވެ. ޑްރައިވަރު ބެލީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލްއަށް ފޯރާތޯއެވެ.

**********

ފެންވަރައިގެން ނިކުމެ ގަޔަށް ދޫ ޓީޝާޓަކާއި ބޮޑު ހަރުވާޅެއް ލުމައްފަހު އަތޫޝާ ބޮލުގައި ތުވާލި އޮޅާލިއެވެ. ލޯގަނޑު ކުރިމައްޗަށް އަރާ އަމިއްލަ ސޫރަ ބަލާލީ ލަދުވެތިކޮށެވެ. ލޯގަނޑުން އަތޫޝާއަށް ސިފަވީ ޝައިމަންގެ އެ މަޑު ތުންފަތެވެ. އަތޫޝާ ފައިގަ ލޯޝަން ހާކަމުން ދިޔަ އިރުވެސް ތުންފަތުގައި ނުފިލާ ހިނިތުން ވުމެއް ވިއެވެ.

ބޮލުން ތުވާލި ނައްޓުވާލުމައްފަހު އެދަށް ވެއްޓިގަތީ ދެއަތުން ބާލީހުގައި ބައްދާލަމުންނެވެ. މަދު ސިކުންތު ކޮޅެއްގެ އުފާވެރިކަން ދިޔައީ އަތޫޝާ މޫނުމަތީގައި ނުފިލާ ހިނިތުން ވުމެއް ފަވާލަމުންނެވެ. ބައްދައި ލައިގެން އޮތް ބާލިހަކީ ޝައިމަން ކަމުގައި ވުމަށް ހިތް އެދެން ފެށިއެވެ. އެތަށް އިރަކު އެހެން އޮވެ އަތޫޝާ ކުއްލިއަކަށް ޝަމްހާ މަތިން ހަނދާން ވިއެވެ. ގަޑި ބަލާލިއިރު އެގާރަ ޖަހަނީއެވެ. ފޯނުނަގާ ޝަމްހާ އަށް ގުޅާލީ ވީތަނެއް ބެލުމަށެވެ. ޝަމްހާ އަކީ އެހާ ލަސްވަންދެން ބޭރުގައި އުޅޭ މީހެއް ނޫނެވެ. އެހެން ނަމަވެސް އަތޫޝާ ހާސްވީ ފޯނު ނިވާލައިފައި އޮތް ކަމަށް ބުނުމުންނެވެ.

އަތޫޝާ ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށީ ހާސްވުމުންނެވެ. އެހެން ނަމަވެސް ހަމަޖެހެން މަސައްކަތް ކުރީ އަދި ޝަމްހާ އަންނާނޭ ހިތް ބުނުމުންނެވެ.

އަތޫޝާ ކޮޓަރިން ނިކުމެ ކޮފީއެއް ބޯލުމަށް ކާކޮޓަރިއަށް ވަނީ ޝައިމަން ހުންނާނެ ކަމަކަށް ނޫނެވެ. ޝައިމަން ފެނުމާއެކު އަތޫޝާ އައި ކޮޅަށް ދާން މިސްރާބު ޖެހިއެވެ.

“ޝާޝާ…” ޝައިމަން އަށް އަތޫޝާ ފެނުމުން ގޮވާލިއެވެ.

“ކިހިނެއްވެ ތިދަނީ..” އަތޫޝާ ކުރިމައްޗަށް އަރާ ހުއްޓެމުން ޝައިމަން އަހާލީ ހަށަން ބަދެލަމުންނެވެ.

“ކޮފީއެއްބޯން….” އަތޫޝާއަށް ތުންފަތުގައި ދަތް އަޅާލެ ވުނެވެ.

“އެހެންތަ… އެކަމަކު ކޮފީ ބޯން މީހުން މިތަނަކަށް ނޫންތަ އަންނަނީ… ތި ދިމާލުން ކޮފީ ބޮވޭކަމެއް ނޭނގެ.. އަނެއްކާ ޗުއިންގަމްގެ ކޮޓަރިއަށް ކޮފީ މެޝިނެއް ވެއްދީތަ” ވަރަށް ސީރިއެސްވެ ޝައިމަން ބުނެލީ ނިއްއަރުވާލަމުންނެވެ. ޝައިމަން އެހެން ބުނުމުން އަތޫޝާ ލަދުން ހަލާކު ވާވަރުވިއެވެ. ތުންފަތުގައި ދެތިން ފަހަރު ޖަހާލެވުނީ އަނގަ އޮޅުމުންނެވެ.

ޝައިމަންއަށް ލޯ އަޅާ ލުމައްފަހު އަތޫޝާ ކާކޮޓަރިއަށް މިސްރާބު ޖެހިއެވެ. އަތޫޝާ ޖައްސާ ވައްތަރުން ޝައިމަންއަށް ނުހީ ނުހުރެވެއެވެ. “މަށަށްވެސް” އައިސް ގޮނޑިއެއް ދުރުކޮއްލަމުން ޝައިމަން އިށީނެވެ.

“ނުބަލާބަލަ ދެން” ޝައިމަން ބަލާވަރުން އަތޫޝާއަށް އެއްކަމެއްވެސް ރަނގަޅަށް ނުކުރެވެއެވެ. “ލޯ ހުންނަނީ ބަލަން…… ” ޝައިމަން އަދިވެސް ބެލީ އަތޫޝާ ރަކި ކޮއްލެވޭތޯއެވެ.

“އަސްލުވެސް ނުބަލަން ވީތަ” އަތޫޝާ ކޮފީތަށި ގާތް ކޮއްލުމުން ޝައިމަން އަހާލިއެވެ. “ނޫން… ދެން އެހެނެއް ނޫން…” އަތޫޝާ ލަދުން އިސްޖަހާލިއެވެ.

“ހެހެހ…. އެހެން ވީމަ ބަލަން ވީ ދޯ…. އަމް ޝާޝާ ކޮބާ ޖަވާބަކީ….” ކޮފީ ޖޯޑުން އެތިކޮޅެއް ބޯލަމުން ޝައިމަން އަހާލިއެވެ. “ކޮން…” އަތޫޝާ ނޭނގޭ ކަމަށް ހަދާލިއެވެ. “ހަމަ ނޭނގޭތަ.. އަޅާ ނުލާ އެހެންވިއްޔާ..” ޝައިމަން ބަހެއް ނުބުނެ ދިޔައީ ކޮފީ ބޮމުންނެވެ. އިރު އިރު ކޮޅާ އަތޫޝާ ޝައިމަން އަށް ބަލާލަނީ ޝައިމަން ހުރި ގޮތުންނެވެ.

“ޝައިމަން ތިހެން ހުންނަ އިރު ހީވަނީ ހަމަ ބޭބީ އެއްހެން… ފުއްޕާފަ ދޯ ތިހުރީ…” އަތޫޝާ ހެމުން ހެމުން ބުންޏެވެ.

“ސޮރީ…” ޝައިމަން ތެދުވެގެން ގޮސް ސޯފާގައި އިށީނުމުން އަތޫޝާ އައިސް ޝައިމަން އާ ޖެހިގެން އިށީނެވެ.

“ދެން ޝައިމަން….. ދެން އެނގޭ އިރު ކީއްކުރަންތަ އަހަނީ…” އަތުޝާވެސް ރުޅިއަންނަ ކަމަށް ހެދުނެވެ.

“ނޭނގޭތީ… ތިބުނީ އެ ކިސް ޖަވާބަކަށް ބަލާށޭތަ” ލާނެއްފާޑަކަށް ޝައިމަން އަހާލީ އަތޫޝާ ރަކި ކޮއްލުމަށެވެ. އަތޫޝާގެ ދެކޯ ދިޔައީ ޖަންބު ކުލަ އަރަމުންނެވެ.

“ހެހެހ .. ސޮރީ… ހަމަ މަޖާ ކޮއްލީ… ” އަތޫޝާގެ ކޮލުގައި ހިފާލަމުން ޝައިމަން ބުންޏެވެ.

“ޝައިމަން އެނގޭތަ… ނޫން އަޅާނުލާ…” އަތޫޝާ ބުނަން އުޅެ ނުބުނެ ހުއްޓާލިއެވެ. “ދެން ބުނޭ…. އެއްބައި ބުނަނީ މީހުން ދަހި ކުރަންތަ…. ” ޝައިމަން އަތޫޝާގެ އަތުގައި ހިފާލިއެވެ.

“އެއީ… އެއީ… އަހަރެމެން ދެމީހުންގެ ދެވަނަ ފަހަރުވީމަ… އެހެން ބުނަން….” އަތޫޝާ އެހެން ބުނުމުން ޝައިމަން ފެށީ ހޭންށެވެ.

“ޝައިމަން ހާދަ ގޯހޭ… އެހެންވެ ނުބުނަން އިނީ… ވަރަށް ފޫހިވޭ…” އަތޫޝާ ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. “ޝާޝާ… ދެވަނަ އެއްނޫން.. ތިނެއް… ޑޯންޓް ފޮރގެޓް….” ޝައިމަން އެއްލޯ މަރާލިއެވެ. އަދި ގޮސް އަތޫޝާ އާއި އަރާ ހަމަވެ އަތުގައި ހިފާލިއެވެ. “ވަޓް…. ކޮން އިރަކު… އަހަންނަށް ނޭނގިތަ” އަތޫޝާ އިނީ ނޭނގިފައެވެ. ޝައިމަން އެކަހަލަ ކަމެއް އަތޫޝާއަށް ނޭނގި ކުރީބާއޭ އަތޫޝާގެ ހިތަށް އަރަމުން ދިޔައެވެ.

“ޔެސް އެއީ ތިނެއް…އެހާ ލޯބިކޮށް ނިދާފަ އޮންނަންޏާ ކާކަށްތަ ކެއްވާނީ…. އަސްލުވެސް އެރޭ ވަރަށް ލޯބި… އެން ޝާޝާ.. ޝާޝާގެ އަގައިން ލޯބިވެއޭ ބުނާ އަޑު އިވިއްޖެއްޔާ ވަރަށް އުފާވާނެ…” އަތޫޝާއާއި ކައިރިވެލަމުން ޝައިމަން އެހެން ބުނީ އަތޫޝާ ކަންފަތާ ދިމާލަށް ގުދުވަމުންނެވެ. ޝައިމަންގެ އެ އަމަލުން އަތޫޝާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަތޫޝާއަށް ދެލޯ މަރާލެވުނީ ޝައިމަންގެ ހޫނު ނޭވާ ކަނދުރާއަށް އެޅެން ފެށުމުންނެވެ.

“ނުބުނާނަންތަ” އަތޫޝާ ކޮލަށް ދޮނެއް ދިނުމައްފަހު ޝައިމަން ލައިގެން އިން ކުރު ސޯޓަށް ދެއަށް ޖަހާލިއެވެ. އަދި ހީލީ ޖަވާބެއް ބޭނުމޭ ބުނާފަދައަކުންނެވެ.

“އައި… ލާވ”

“ދަރިފުޅާ ޝައިމަން…..” ކޮޓަރިން ޒައިނަބު ނިކުންނަމުން ޝައިމަންއަށް ގޮވާލިއެވެ.

“ކީކޭ މަންމާ” ޒައިނަބު ނުކުންނަތަން ފެނުމުން ޝައިމަން ސޯފާއަށް ފުންމާލީ ޒައިނަބުއަށް އަތޫޝާ އާއި އެހާ ކައިރީގައި ހުރިތަން ފެނިދާނެތީއެވެ. ޝައިމަން އެހެން ހެދުމުން އަތޫޝާއަށް އަނގަމަތީގައި އަތް އެޅުނީ ހެވޭތީއެވެ. ޝައިމަންވެސް ފޫކޮޅުގައި އަތް ކާތާލީ ތަދުވީމައެވެ.

“އަހަން ޝާޝާވެސް ނުނިދަންތަ…. ކޮބާ ޝަމްހާ … ނިދީތަ..” ޒައިނަބު އެހެން ބުނުމުން އަތޫޝާގެ ދެލޯ ބޮޑުވިއެވެ. މިހާރު އެއޮށް ބާރަ ޖެހީއެވެ.

“ނާދޭ…… ” އަތޫޝާ އެހެން ބުނުމުން ޝައިމަން ސޯފާއިން ތެދުވިއެވެ. “ނާދެއޭ،…. ގުޅައިފިންތަ..” ޝައިމަން ހާސްވާން ފެށިއެވެ. އެންމެ ފަހަން ޝަމްހާ ދިޔައީ ޝައިމަން އާއި އެކު ފަސްގަނޑަށެވެ. އޭގެ ފަހުން ޝަމްހާއެއް ނުފެނެއެވެ.

“ދަރިފުޅާ ގުޅާބަލަ…. އިހަށް ބަލާބަލަ ވީތަނެއް،…. ” ޒައިނަބު ހާސްވާން ފެށިއެވެ. އަތޫޝާވެސް ޝަމްހާ ވާނީ ކޮންތާކު ތޯ ވިސްނާލިއެވެ.

**********

އެޑީކޭ ހޮސްޕިޓަލް ވަނީ މީހުންނާއިގެން ފުރިފައެވެ. ބަލާލާ ކޮންމެ ދިމާލަކުންވެސް މީހުންގެ ބައިގަނޑެއް ފެނެއެވެ.

އޭޑީކޭ ހޮސްޕިޓަލްއަށް ވަދެވުމައެކު އާޝިޔާ އާއި އާދިލް އެކީ އެއްފަހަރާ ދުއްވައިގަތީ އެމެޖެންސީ ރޫމާ ދިމާލަށެވެ.

“ކޮބާ… ކޮބާ މަގޭ ދަރިފުޅު….” އެމެޖެންސީ ރޫމާ އަރާ ހަމަވުމުން އާޝިޔާ ރޯންފެށިއެވެ. ދުރުގައި އިށީދެގެން އިން މީހާ އައިސް އާދިލް އާއި އަރާ ހަމަކުރިއެވެ. “ތީ ދެންމެ އަޅުގަނޑު ގުޅި ފަރާތްތޯ..” އެމިހާ ބިރުން ހުރެ އަހާލިއެވެ. އާދިލް އަކީ ޝަހްސިއްޔަތު ވަރުގަދަ މީހުންގެ ގަދަރު ލިބިގެންވާ ޒުވާނެއްކަން ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

“ތީ.. ތީ ކާރު ދުއްވި މީހާތަ…” އާދިލް އަވަސް އަވަހަށް އަހާލިއެވެ. “ލައްބަ…” ޖެހިލުންވިޔަސް އެމީހާ ޖަވާބު ދިނެވެ.

“މަގޭ ދަރިއަށް ކިހިނެއް ހެދީ… ބުނޭ… ބުނޭ ކީއްކުރީ އޭނައަށް…. އަހަރެން ދުވަހަކު ކަލޭއަށް މާފެއް ނުކުރާނަން… އާދިލް މީނަ ޕޮލިހުންނާ ހާވާލު ކުރޭ……” ޑްރައިވަރު ލައިގެން އިން ޓީޝާޓަށް ދަމަމުން އާޝިޔާ ކިޔަމުން ދިޔައެވެ.

“އާޝިޔާ ހަމަޖެހިބަލަ….. އާޝިޔާ……” އާޝިޔާ އެމީހާގެ ޓީޝާޓުން ދޫކޮށް ނުލުމުން އާދިލް އާޝިޔާއަށް ގޮވާލީ ބާރަށެވެ. “އާދިލް…” އާޝިޔާ އާދިލްގެ ގައިގަ އޮޅުލައި ގަތެވެ. އާޝިޔާ ކައިރީގައި ހަމަޖެހޭށޭ ކިޔަސް އާދިލްގެ ހިތްވެސް ވަނީ ނުތަނަވަސް ކަމެއްގައެވެ.

“މަންމާ….. މަންމާ… ބައްޕާ… ކިހިނެއްވީ….. ކޮބާ ދޮންބެ” ދުވަމުން ދުވަމުން އައި ސަނާ އާޝިޔާ ރޯތަށް ފެނުމުން އަހާލީ ބިރުންނެވެ.

“އަދި ނުނެރޭ… ދަރިފުޅު މަންމައަށް ބަލާ.. ބައްޕަ އަންނާނަން ވީ ކީއްތޯ ބަލާފައި” އާޝިޔާ ގޮޑީގައި ބައިދަމުން އާދިލް ބުންޏެވެ.

“އަހަރެން ދުއްވާފައި ދިޔައީ…. ކުއްލިއަކަށް އޭނަ ކުރިމައްޗަށް އެރީ… އަހަރެން ބުރަކި ޖެއްސިޔަސް ނުހުއްޓޭނެ ދޯ ކުއްލިއަކަށް ވީމަ….. ” ޑްރައިވަރު މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އާދިލް އެމީހާއަށް ރަނގަޅަށް ބަލާލިއެވެ. އެމުރުން ސާޅީސް ގުނަމުންދާ އެމީހާގެ ހަށިގަނޑު ބިޔައެވެ. މޫނުމަތިން ހިތްހެޔޮ ވައްތަރު ޖަހައެވެ. އެހެން މީހަކު ނަމަ މަމްދޫހު އެއްލާލާފައި ދިޔައިސް އޭ އާދިލްގެ ހިތަށް އެރިއެވެ.

“ޕޮލިހުން އަންނާނެތަ….. އަޅުގަނޑުގެ ހަތަރު ކުދިންވެސް ތިބޭ… އަޅުގަނޑުގެ ކުށެއްވެސް ނޫން…. ” ޑްރައިވަރު ހުރީ ޕޮލިހުންނާ ހަވާލުކޮއްފާނެކަމަށް ބިރުންނެވެ.

އެންމެންނަށް އެއްފަހަރާ ބަލާލެވުނި އެމެޖެންސީ ދޮރު ހުޅުވާފައި ނިކުތް ނަރުސް ކުއްޖާއަށެވެ.

“އަންހެން ކުއްޖާ ހޭ އަރައިފި… އިރުކޮޅަކުން މިނެރެނީ….” އެހެން ބުނެ އެތެރެއަށް ވަންނަން އުޅުމުން އާޝިޔާ ގޮސް ނަރުސްގެ އަތުގައި ހިފާލިއެވެ. “މަގޭ ދަރި… މަގޭ މަމްދޫހު ކޮބާ… އޭނަ ނެރޭނީ ކޮން އިރަކުން” އާޝިޔާ ރޮމުން ދިޔައެވެ.

“އަދި ނޭނގެ… ޑޮކްޓަރު ފަރުވާދެނީ… ޕްލީސް ވެއިޓް..” އާޝިޔާގެ އަތް ނައްޓުވާލުމައްފަހު ނަރުސް ކުއްޖާ އެތެރެއަށް ދެމިގަތެވެ.

“އާދިލް… އާދިލް މަގޭ ދަރިއަށް ކަމެއް ވީތަ އަނެއްކާ…” އާޝިޔާ އާދިލްގެ ގައިގަ އޮޅުލައިގަތެވެ. އާދިލްގެ ދެލޮލުންވެސް ކަރުނަ ނިރާލިއެވެ. މަމްދޫހަށް ކަމެއްވީބާއޭ ހިތްބުނަން ފެށިއެވެ.

“ޝަމް..” އެމެޖެންސީ ރޫމް އިން ނެރުނު ޝަމްހާ ފެނި ސަނާ ގޮވާލިއެވެ. “ޝަމްހާ ކިހިނެއް…..” އާޝިޔާވެސް އިނީ ކޮސްވެފައެވެ. މަމްދޫހުއާއި އެކީ ޝަމްހާ އެމެޖެންސީގައި އޮންނަންވީ ކީއްވެ ހެއްޔެވެ.

ޝަމްހާ ވޯޑަށް ބަދަލު ކުރި އިރު ޝަމްހާ ކައިރީގައި އިނީ ސަނާއެވެ. “ސަނާ ކަމެއް ކޮއްދީބަ… ޕްލީޒް….. މަންމަ އަށް ގުޅާފަ ބުނެދީބަލަ ސަނާ މެންގޭގައޭ…. ޕްލީޒް” ޝަމްހާ އާދޭސް ކުރުމުން ސަނާ ޒައިނަބަށް ގުޅާލިއެވެ.

……………………….

” އެހެންތަ… ކިރިޔާނު ބިރުން ހަލާކު ނުވީ…ދެންވެސް ބުނައްޗޭ ކުރިން ބުނާށޭ… ފޯނާ އެއްޗެހިވެސް ނިވާލައިގެންނޭ އެއުޅެނީ….. ދެން އަވަހަށް ނިދާ…. ” ޒައިނަބު ފޯނު ބޭއްވުމަށްފަހު އެނބުރުނު ވަގުތު ޝައިމަން އައި އަތޫޝާ އިންގޮތް ފެނުމުން ހިނިއައެވެ.

“ސަނާ ކައިރީގަޔޯ… ދެން ދޭ ނިދަން…” ހީލަމުން އެހެން ބުނެ ޒައިނަބު ވަނީ ކޮޓަރިއަށެވެ.

“ޝާޝާ” ކޮޓަރިއަށް ދާން ހިނގައިގަތް އަތޫޝާ އަތުގައު ޝައިމަން ހިފިއެވެ. “ޖާވާބު…” އަތޫޝާ ބަލާލުމުން ޝައިމަން ބުންޏެވެ.

“އަދި ވަގުތު އެބައޮތެއްނު… ކުރިއަށް ހުރި ދުވަސް ތަކުގައި މަޑު މަޑުން އެވާހަކަ ބުނަމުން ދާނަން…. އެހާ އަވަސް އަރުވާލަނީ ކީއްކުރަން… ދެނެއް ނުގެއްލޭނޭ… ހެހެހހެ” އެހެން ބުނެ ޝައިމަންގެ އަތް ނައްޓުވާލުމައްފަހު އަތޫޝާ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އަތޫޝާ ދިޔަ ދިމާލަށް ޝައިމަން ބަލަން ހުރީ ހެވިފައެވެ.

“ހެހެހހެ އާން ދުވަސް އެބައޮތް….. ހެހެހހެ ” މަޑުމަޑުން އެހެން ބުނެ ޝައިމަން ވެސް ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

“ނުނިމޭ…..”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އަހަރެންގެ ވާހަކަ (ދިހަވަނަ ބައި)

Next

ފުންއަސަރު 29

Next
April 23, 2016

ފުންއަސަރު 29

Previews
April 22, 2016

އަހަރެންގެ ވާހަކަ (ދިހަވަނަ ބައި)

15 Comments!

  1. Naaa says:
    April 22, 2016 at 7:53 pm

    Haadha kurey enme kiya hih va vaahaka enmr kuru kh gennane alhe dhn dhigu khlaa nama kytha vaane btw v salhi story

  2. zaa says:
    April 22, 2016 at 8:03 pm

    Me first dhw…. Hadhakurey..ekamves v rythi…dhen baeh thankolheh dhigukollachchey..

  3. Lai Luck says:
    April 22, 2016 at 8:15 pm

    Mi sitah nuvadheveny kyvvetha

  4. Lai Luck says:
    April 22, 2016 at 8:16 pm

    Mi sitah vadheveygoy hadhaa dhybala

  5. shini says:
    April 22, 2016 at 9:30 pm

    Woww kamanaaaa. alhe haadha nice a mi partvx. Mamdhooh ah v goiy v dhera dhww.. bt he deserve that.. Shaashaa vx kihaa haalehga ulhuny… bt mamdhooh rangalhu kuriyas shaashaa aa nugulhuvahchey…. eyrah story vaivaane…

  6. Shaashaa says:
    April 22, 2016 at 9:48 pm

    Konmevx kameh vaan kanneyge eulheniii. ?? mamdhooh ge bolah kihineh baa vy.

    1. ken? says:
      April 22, 2016 at 9:53 pm

      yeah..may b dhw…i even had such feeling cux normally these kind of love stories will not go smoothly..i guess b4 shaashaa confess her love to shaiman smnthn terrible is gng to hpn in their relationship…?

  7. ken? says:
    April 22, 2016 at 9:49 pm

    mamdhooh duxnt deserve shaashaa…even if he find out de truth abt wat hpnd in his wedding day…shaashaa n shaiman??❤

  8. SoMeOnE says:
    April 22, 2016 at 10:38 pm

    meega kitheh part indhey baa

  9. Mar Sha Marsha says:
    April 23, 2016 at 9:42 am

    ????????????
    ?❤?????
    Vv rythi mi story

  10. nym says:
    April 23, 2016 at 12:55 pm

    dhn shaashaa n shaiman vaki nukurahchey .. mamdhooh aa shamhaa gulhuvaa dhn .. they will look perfect togther ..mi bai vess v rythi .. keep it up kamanaa

  11. mary says:
    April 23, 2016 at 5:58 pm

    Haadha reechey mi story…haa dha lahunney up kuranee thankolhe avaha up kodheeba konme part ej ves. Me 1st.

  12. Misty says:
    April 23, 2016 at 7:13 pm

    Varah reethi.. Whn nxt prt???

  13. Phy says:
    April 24, 2016 at 7:34 am

    Mi story uo kuranee week aku kithah dhuvahu….nxt part adhives up nuvaathy

  14. kamana says:
    April 24, 2016 at 1:54 pm

    Tonyt insha allah up kohdheynann. Ehdhuvas dhookoh up kuraniiii. N thnk yu alll for yur support. Lov yu guyxx ??????????

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 16..←


All Right Reserved!