ލޯބި-19
#ކިއުންތެރިންގެ ސަމާލުކަމަށް! މިއީ devil__09__ ގެ އާ އައިޑީ އެއް. ކުރީގެ އައިޑީ އައް މައްސަލަ އެއް ދިމާވުމުގެ ސަބަބުން އެ އައިޑީ އަން ވާހަކަ ނުލިޔޭވުމުގރ ސަބަބުން ކުރިން ވެސް ލިޔަމުން ދިޔަ ވާހަކަތައް މި އައިޑީ އިން ކުރިއައް ގެންދެވޭނެ. އަދި ވާހަކަ ލިޔުމުގައި އައި ދިގު މެދުކެނޑުމަށް މަޢާފަށް އެދެން.#
*”އިނގެއޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. ސޮރީ. ދެން ނުވަންނާނަމޭ މިން އާއި ނާއިލްގެ ކަންކަމުގެ ތެރެއަކަށް. އައި ޖަސްޓް ވޯންޓެޑް ޓު ޕްރޮޓެކްޓް ޔޫ. އައި ޖަސްޓް ވޯންޓެޑް ވަޓްސް ބެސްޓް ފޯ ޔޫ. އައި ނެވަރ ވޯންޓެޑް ޓު ސީ ޔޫ ސަފަރ. އެކަމަކު މިހާރު އެނގިއްޖެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.” މައިހާ ދެރަވެފައި ބުންޏެވެ.*
“ތިވަރު ވިސްނުނުކަން ވެސް ނަސީބެއްނު. މާ ރަނގަޅު ކަމެއް ހެދިގެން މަ ކައިރި އަށް ނާންނާތި.” މިހެން ބުނެފައި މިންހާ ގޭތެރެ އައް ވަދެގެން ދިޔައީ އެވެ.
ރޭގަނޑުގެ ވަގުތެވެ. ގޭގެ އެންމެންތިބީ ބަދިގެފަރާތުގަ އެވެ. ހީ ސަމާސާ ކިރާށެވެ.
“މިންހާ ކޮބާ؟ އަދިވެސް ނިދާފަ؟ މިންނާ ދޭބަލަ ދޮންތި ކޮބައިތޯ ބަލާލަން” ރިޝްފާ ބުންޏެވެ.
އަރު ކޮޅަކުން މިންނަ ދުވަމުން ދުވަމުން އައެވެ. މީހާ ހުރީ ހާސްވެ މައި ނޭވާ ލެވިފަ އެވެ.
“މަންމާ. ދޮންތި އެއް ނެތް.”
“ފާހަނާގަ ވާނީ. ގޮސް ބަލާބަލަ.”
“ބަލައިފީމޭ. ހުރިހާ ކޮޓަރި އެއްވެސް ބަލައިފީމޭ. ނެތޭ އެއްވެސް ތާކު. އޮދޯލީގައެއް ވެސް ނެތޭ.” މިންނާ ރޯން ފެށި އެވެ. އެންމެން ހާސްވެގެން ތެޅި ފަތެވެ. މިންހާ އަނެއްކާ ދިޔައީ ކޮންތާކަށްބާއެވެ.
“ހަލޯ. ފަހުން ގުޅާނަން. މިގަޑީ ބިޒީ.” މަޔާން ވާހަކަ ދެއްކީ ފޯނުންނެވެ. “އޭނ. ކީއްވެތަ ތިހާ ފަރުވާ ކުޑަ ކޮއްލީ.” ތެދުވެ ހިނގައި ގަންނަމުން ކުރިމަތި ހުރީ ނާއިލް އައް އައުމަށް އިޝާރާތް ކޮށްލި އެވެ.
ބައިލް ހުރީ ވާނުވާގަ އެވެ. ނަމަވެސް މަޔާންގެ ވާހަކަ ހުރީ ގޮތުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަން އެނގުނެވެ.
“ކަލޯ މިން ވީތަނެއް ނޭނގިގެން އެއުޅެނީ.” މަޔާން ސައިކަލައް އަރަމުން ބުންޏެވެ.
“ވީތަނެއް ނޭނގިގެންނޭ؟ މިން އޮންނާނީ އޭނާގެ ކޮޓަރީގައެއް ނޫންތަ؟” ބައިލް ހާސްވެ އެވެ. މިންހާ އައް ކަމެއް ދިމާވެދާނެތީ އެވެ.
“ނޭނގެ މަށަކަށް. ރަން މެން މާ ފަރުވާކުޑަ ކޮއްލީއޭ މިން އާ ދޭތެރޭ. އޭނަ އެކަނި އެހެން ދޫކޮށްލީމަ ވަނީ އެހެން. ބޭބެ ވެސް އުޅޭނެ އެގޭތެރޭ.” އެޖުމްލަ އާއި އެކު އެމީހުންގެ ހިތް ނުބައި ފޮތަކަށް ތެޅިލި އެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮށް މަޔާން މިސްރާބުޖެހީ ‘ނައިޓް އަވަރސް’ ގެއާއި ދިމާލަށެވެ.
“މަޔާން. މިން އެއް ނެތޭ ގޭގެ އެއްވެސްތާކު. އަޅެ މިން ކޮންތާކަށްބާ އެ ދިޔައީ.” މަޔާންމެންނައް ދެވުނު އަރު ރަނާ ހުރީ ދޮރުއަށިދޮށަށް ނުކުމެ އެވެ.
“މިން އުޅޭނޭ ކޮންމެސްޓާކު. އަދި ރަނގަޅަށް ނުބެލެނީއޭ.” ރަން ހަމަޖައްސައިލަމުން މަޔާން ބުންޏެވެ. “ވަދޭ އެތެރެ އަށް. އަހަރެމެން ވެސް މި އައީނު.”
“މިން އަނެއްކާ މިތާ ކައިރި ހިސާބެއްގަ އުޅިފާނެބާ.” ރަން އެތެރެ އައް ވަނުމުން ނާއިލް ބުންޏެވެ.
“ރޭގަނޑު އެކަނި ނިކުންނާނެހެން ހިޔެއްނުވޭ. އެކަމަކު ވެސް ހިނގާ ބަލައިލަން. މަ މަޑުކުރާނަން. ކައޭ ދޭ.” ނާއިލް ބޯޖަހައިލަެިފައި ދާން ހިނގައިގަތެވެ. އެވަގުތު ރީހާން ވެސް އައިސް ގޭ ކައިރިއައް މަޑުކޮއްލީ އެވެ. ރީހާން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ނަމަވެސް ނާއިލް އަޅައިނުލާ ދިޔައީ އެވެ.
‘އޭނަ މާ ފެނުނީރައް ކިހިނެއް އެވީ؟” ހައިރާން ވެފައި ރީހާން މުހާތަބުކުރީ މަޔާން އަށެވެ.
“އޭނަ ކައޭ އާ އަނގައިން ބުނަން ބޭނުން ނުވަނީ. އަޅާ ނުލާ.”
ނާއިލް ހިނގަމުން ދިޔައިރު ހިތް ހީވަނީ މޭކަށިގަނޑު ފަޅައިފައިލައިފައި ނިކުމެދާނެހެންނެވެ. އަތް ފައި ވަނީ ފިނިވެފަ އެވެ. މިންހާ އައް ކަމެއް ވެދާނެތީ މީހާ ހާސްވަނީ އެވެ. އޭނާ މަގުތައް މަތީގައި ހިނގާތާ ކިތަންމެ އިރެކެވެ. މިންހާ ވެސް ގެއައް ދާން ހިތައް އެރުމުން ދާނެ ހިތައް އަރައި އޭނާ ފެއިބީ އަތުރިމައްޗަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ރާޅުޖަހަ ހިސާބު ގައި އަންހެން ކުއްޖަކު އެކަނިމާ އެކަނި އިންތަން ފެނުނެވެ. ވަގުތުން އެއީ މިންހާ ކަން ނާއިލް އައް ޔަގީންވި އެވެ. އޭނާ ފޯނު ނަގައި މިންހާ ފެނުނުކމަށާއި ހާސްނުވުމައް ބުނެ މަޔާން އަށް މެސެޖު ކޮއްލި އެވެ.
ދެވަނަ ވިސްނުމަކާއިނުލައި ނާއިލް ގޮސް ހުއްޓިލީ މިންހާ ކައިރީގަ އެވެ.
“އެކަނި މިތާ ކީއްތިކުރަނީ؟” ދެޖީބަށް އަތް ޖަހައިލައިގެން ހުރެ ނާއިލް އަހައިލީ މިންހާ އާއި ދިމާލައް ބަލައިވެސް ނުލައެވެ.
“ބޯހަމަޖައްސައިލަން އައީ.” މިންހާ ގެ އައްޑު ވަރަށް މަޑެވެ. ފަނޑުކަމުން ގޮސް އެއްކޮށް ގެއްލިދާނެފަދައެވެ.
“އެންމެން އެބަ އެޅޭ ހާސްވެގެން.”
“އެނގޭ.”
ނާއިލް އަށް މިންހާ އާއި ދިމާލައް ބަލައިލެވުނީ ކުއްލިއަކަށެވެ. “ތިބޭނީ؟”
“ލިބުނީ އެނގެއޭ އެންމެެން ހާސްވާނެކަން ވެސް.” މިންހާ ގެ ޖަވާބު ސާދާ އެވެ.
“މީހަކާ އެކީ އައިނަމަ. ރޭގަނޑު އެކަނި އަންނާނަން ނުވާނެއްނު. ކަމެއް ވެއްޖެއްޔާ…ހިނގާ ގެއެއް ދާން”
“ބުނެފިއްޔާ އެކަނި އަންނާކައް އެއްބަހެއްނުވާނެ. ގެގަ އަބަދު މީހަކު ކައިރީގަ ހުންނާތީ އުނދަގޫވޭ. އެހެންވެ ވަގުތުކޮޅެއް ލިބުނީމަ މިއައި.”
“އެންމެން ވެސް މިން ދެކެ ލޯބިވާތީ އެހެން އުޅެނީ. މިގޮތައް ހެދީމަ މަންމަމެން ވެސް ކިހާ ހާސްވާނެ.”
“ދެން ނާއިލް…؟” އެރޭ ފުރަތަމަ ފަހަރައް މިންހާ ނާއިލް އާއި ދިމާލައް ބަލައިލި އެވެ. ނާއިލް ވެސް ހައިރާން ވެފައި ބަލައިލި އެވެ. މިންހާ މޫނު އެހެން ފަރާތަކަށް އަނބުރައިލާކައް ވެސް ނޫޅެ އެވެ. އޭނާ ހުރީ ސީދާ ނާއިލްގެ ލޮލަށް ބަލާށެވެ.
“މިން ފެނިއްޖެ. ހާސްވާނެ ކަމެއް ނެތް. މިން އައް އެއް ވެސް ކަމެއް ނުވޭ.” ނާއިލްގެ މެސެޖު ފެނުމާއި އެކު މަޔާން ބުނެލި އެވެ.
“ކޮންތާކު މިން ހުރީ؟” މައިހާ އަހައިލި އެވެ.
“ނޭނގެ. ނާއިލް އެބަ އާދޭ މިން ގޮވައިގެން.”
“ނާއިލް އޭ؟ މިން ރުޅި އަންނާނެ އޭނަ ފެނިއްޖެއްޔާ. މަ މިދަނީ މިން ބަލާ.” މިހެން ބުނެފައި ރީހާން ނިކުންނަން ދިޔަ އެވެ. ނަމަވެސް މަޔާން އޭނާ ހުއްޓުވު އެވެ.
“ކައޭ ގޮސްގެން ނުވާނެ. މިންހާ ވެސް ނާއިލް ވެސް ރުޅި އަންނާނީ ކައޭ ފެނުނީމަ. އެހެން ނޫނަސް މަށަށް ހީވަނީ އެދެމީހުން ތިބޭނީ އެކަނި ވާހަކަ ދައްކާލާނެ ބޭނުންވެފަހެން.” މަޔާން ރީހާން އަށް ވިސްނައިދޭން މަސައްކަތް ކުރި އެވެ. މައިހާ ވެސް މަޔާން އާއި އެއްބަސް ވި އެވެ.
“އޯކޭ. މައި ބުނީމަ މިމަޑުކުރީ. އެކަމަކުވެސް މަށަކަށް ހަމަ ހިއެއް ނުވޭ މީ ރަނގަޅަށް ނިމޭނެ ކަމެއްހެނެއް.” ވަރަށް އަރު މައިހާ އާއި މަޔާން ވާހަކަ ދެއްކުމުން ރީހާން މަޑުކުރުމަށް އެއްބަސްވި އެވެ.
“މިން އައް އެނގޭނެ އަހަރެން މިން ދެކެ ލޯބިވާކަން. މިން ގެއްލުނީއޭ ބުނީމަ އަހަރެންނައް ހީވީ އަހަރެންގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނުހެން. އެކަމަކު މިން އަޅައެއްނުލާނެ.” މިންހާ އިސްޖަހައިލި އެވެ. “ހިނގާ ގެއް ދާން.”
ނާއިލް ހިނގައި ގަތެވެ. ނަމަވެސް މިންހާ ހުރީ ހުރި ފިޔަވަޅުމަތީގަ އެވެ.
“މިން”
“ހީމްްމް…”
“ކީއްވެ ނުދާން ތިހުންނަނީ؟”
“ކަމަކާ ދޭތެރޭ ވިސްނައިލަނީ.” މޫދައް ނަޒަރު ހިންގައިލަމުން މިންހާ ވާހަކަ ދެއްކި އެވެ. ނާއިލް އެނބުރި އައިސް މިންހާ ކައިރީ ހުއްޓެލިއެވެ. “އެއްއިރަކު ވާހަކަ ދައްކައި ގޮތެއް ނިންމަން އުޅުނު. ފުރުސަތު ލިބުނީމަ…އަޅާނުލާ ހިނގާ ދާން ވަރަށް ލަސް ވެއްޖެ.” މިހެން ބުނެފައި މިންހާ އެއްގަމާއި ދިމާލައް ހިނގައިގަތެވެ. ނާއިލް އޭނާގެ އަތުގައި ހިފައި ހުއްޓުވު އެވެ.
“އަހަރެން ވާހަކަ ނުދައްކަން އުޅެނީކީ ނޫން. މިންހާ އަޑުންހާނެކަން އެނގޭތީ…އަޅައިނުލާނެކަން އެނގޭތީ…އެއްޗެކޭ ނުބުނަނީ.”
“އެވެސް ކަނޑައަޅަނީ ނާއިލް ދޯ. އަހެންނު ވަނީ އަހަރެންގެ ހުރިހާ ޑިސިޝަން އެއް ކަނޑައަޅާނީ އެހެން މީހުން.” މިންހާ ހުއްޓުނީ ސީދާ ނާއިލް ކުރިމަތީގައެވެ. އޭރު އެދެލޮލުން ކަރުނަ ވިދައެވެ.
ނާއިލް މޫނު އަނެއްފަރާތައް އަނބުރައިލި އެވެ. އެމަންޒަރު ބަލަން އޭނާ އައް ކެތް ނުކުރެވޭނެތީ އެވެ.
“ނާއިލް ހީކުރީ އަހަރެންނަށް މިހެންއުޅެން ވަރަށް ފަސޭހަކަމައްތަ. ނާއިލް އެރޭ އެގޮތައް ދިޔައީމަ އަހަރެންނަށް ވަރަށް ހަރޓް ވި އޭ.”
“މިންހާ އައް އެނގޭތަ އަހަރެން ހަރޓް ވެފަ ހުރީ ވަރު. މިންހާ އަހަރެންނާ ދޭތެރޭ ކަންތައްކުރަމުން އައި ގޮތުން އަހަރެންނައް ހަރޓް ވި ވަރާއި ދޭތެރޭ އެއްވެސް ބާރަކަށް ވިސްނައިލިންތަ. އަހަރެން އެރޭ މިންހާ އެގޮތައް ދޫކޮށްލާފަ ދާން މަޖުބޫރުވީ. މިންހާ އައް އެނގޭނެ ކީއްވެކަން. ފަހުން އަހަރެން މިންހާ ކައިރި އައް ދިޔައީމަ އަހަރެން ދުރައް ކޮއްޕައިލީ ހަމަ މިންހާ.”
“ނާއިލް އައް އަހަރެން ޓްރަސްޓް ނުކުރާހެން ހީވަންޏާ ދެން އިތުރައް އަހަރެން ނާއިލް އަށް ވާހަކަ ދައްކަންވީ ވެސް ކީއްކުރަން. ނާއިލް އަމިއްލައައް އަހަރެން ނާއިލް އައް ޓްރަސްޓް ނުކުރާނަން ނިންމީ ވެސް.” މިންހާ ރޯންފެށި އެވެ. ބޭއިޙްތިޔާރުގައި ނާއިލް އަށް މިންހާ އޭނާގެ މެއާއިލައި ބޮނޑިކޮށްލެވުނެވެ.
“އައިމް ސޮރީ މިން. އައިމް ސޯ ސޮރީ. މިން އައް އެއްވެސް ވަރަކަށް ހަރޓް ކުރާކަށް އަހަރެން ބޭނުމެއް ނޫން. އައިމް ސޯ ސޮރީ.” މިންހާ ގައިގައި ބާރަށް ހިފަހައްތައިލައިގެންހުރެ ނާއިލް ބުނަމުން ދިޔަ އެވެ.
“އައިމް ސޮރީ ނާއިލް.” އިރުކޮޅަކު އެހެން ހުރުމަށްފަހު މިންހާ ވައި އަޑަކުން ބުނެލި އެވެ.
“ޝްޝް…އިޓްސް އޯކޭ.” ނާއިލް ބުންޏެވެ.
އިރުކޮޅަކުން މިންހާ ދުރައްޖެހިލައި ނާއިލްގެ މޫނަށް ބަލައިލި އެވެ. ނާއިލް ވެސް މިންހާ އާއި ހަތަރުކަޅި ހަމަކޮއްލި އެވެ.
“އަހަރެންނާއި ހެދި ދޯ މިހެން މިވީ؟” މިންހާ ބުނެލި އެވެ. އެލޮލުގައިވަނީ މަޢުސޫމުކަމެވެ.
“ކީއްވެ ތިހެން ތިބުނީ؟”
“ތިއްތަ އާއި ހެދިވީމަ މިބުނީ.” މިންހާ އިސްޖަހައިލި އެވެ.
“ނޯ. މިން އާއި ހެދި ވީގޮތެއް ނޫން. ދެން ނުބުނެއެވެ އެހެން. ހިނގާ ގެއެއް ދާން. އެންޑް މިން ބޭސް ކައިގެން ނިދާނީ. އޯކޭ؟” މިންހާ ގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ނާއިލް ވާހަކަ ދެއްކި އެވެ.
“ގޭގެ އެބަތިބި ދޯ އެންމެން؟” މިންހާ އަހައިލި ނުތަނަވަސް ގޮތަކަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
