Skip to content
އެސްފިޔަ

ލޯބިން ބުނާތީ 27

ކައިލްގެ މޮޅު ދުއްވުމުގެ ހުނަރާއެކު ލިއާއަށް ސަލާމަތުން ގެއަށް އާދެވުނެވެ. އޭނާ މަޑުމަޑުން ސައިކަލުން ފޭބިއިރުވެސް ކައިލް އިނީ ބަލަހައްޓައިގެންނެވެ. ލިއާއަށް ކައިލްއަށް ބަލާލާކަށް ނުކެރުނެވެ. އެންމެ ރެއަކުން އެތައް ކަމެއް ބަދަލުވެއެޖެއެވެ. ލިއާގެ މުޅި ނަފްސު ވަނީ ނުތަނަވަސްކަމެއްގައެވެ.

“ޓޭކް ކެއަރ…” ސައިކަލު ސްޓާރޓް ކުރަމުން ކައިލް ބުނެލިއެވެ. ލިއާވެސް ހަމަ އެފަދައިން ރައްދު ދީފައި ގޮސް ގެއަށް ވަނުމާއެކު ކައިލް ސައިކަލުގައި ނައްޓާލިއަޑުއިވުނެވެ. ލިއާ ވަތްއިރު ނަސީބަކުން ޝަމްނާމެން ވީ އެމީހުންގެ ކޮޓަރީގައެވެ. ލިއާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަދެ، ތެތް އެއްޗެހި ބާލާ ފެންވަރާލިއެވެ. މިއަދު ފާހާނާއިގަވެސް އެހެން ދުވަސްދުވަހަށްވުރެ ގިނައިރުވިއެވެ. ލިއާއަށް ހުރެވެނީ ނެގިމަޑުވެފައެވެ.

އެނދުގައި ޖައްސާލުމާއެކު ކައިލްގެ ހިޔާލުތަކުން ސިކުނޑި ފުރިއްޖެއެވެ. ލިއާގެ ބޮލުގައި މަޑު ރިހުމެއް އުފެދިފައި ވެއެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދާން ގާތްވެއްޖެއެވެ. ކައިލްއަށް އޭނާ ޖަވާބެއް ދޭނީ ކިހިނެއްހެއްޔެވެ؟ ކައިލް ލޯބިވެދާނެކަމަށް ގަބޫލުކުރަން ދަތިވިޔަސް، ކައިލްގެ ވާހަކަތަކުގައި އެއްވެސް އޮޅުވާލުމެއް، ސަމާސާއެއް ނުވާކަމަށް ހިތާއި ސިކުނޑިންވެސް ގަބޫލުކުރެއެވެ. ލިއާއަށް ކައިލް އާއި ދެމެދު އޮންނަ އެކުވެރިކަން ކަމުދެއެވެ. ނަމަވެސް އެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.

ލިއާއަށްވެސް ކައިލް ވަރަށް ރީއްޗެވެ. ގަޔާވެއެވެ. ނަމަވެސް އޭނާއަށް ލޯބިވެވެނީ ރިހާންދެކެއެވެ. އެހެނަސް ކައިލްގެ ރީތިކަމާއި ފިރިހެންވަންތަ ކަމަކީ އެއްވެސް މީހަކަށް އެއާއި ދެކޮޅު ނުހެދޭހާ ފުރިހަމަކަމެކެވެ. ރިހާންއަށް ވުރެ ބޮޑަށް ކައިލް ލިއާއަށް ގަދަރުކުރެއެވެ. ނަމަވެސް ކައިލް އާއި އޭނާ ގުޅޭނީ ކިހިނެއްހެއްޔެވެ؟ ދެމީހުން ދެމެދުގައި އުޑާ ބިމާހާ ތަފާތު އެބަހުއްޓެވެ. ލިއާ އަކީ ކުށެއް ނެތި ވިޔަސް ރަށު މީހުންގެ ތެރޭގައި ނަން ކިލަނބުވެފައިވާ ކުއްޖެކެވެ. ކައިލްއަކީ އެންމެންވެސް ގަދަރުކުރާ، އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފަރާތެކެވެ. އޭނާ ކައިލްގެ ދިރިއުޅުމަށް ގޮސްފިނަމަ، ކައިލްގެ ނަމަށްވެސް ހުތުރުވެދާނެއެވެ. ކައިލް ލިއާދެކެ ވާ ލޯބި އެ ހުރިހާ ފަރަގަކަށް ނުބެލިޔަސް ލިއާއަށް އެކަމާ ވިސްނެއެވެ. އޭނާގެ ސަބަބުން ކައިލްއަށް ދެރަގޮތެއް ވާކަށް ލިއާ ބޭނުމެއް ނޫނެވެ. ހަމައެއާއި އެކު ކައިލްގެ ހިތަށް އަނިޔާއެއް ދޭކަށްވެސް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ކައިލް އޭނާއަށްވުރެ އުމުރުން ހަގު އިރު، ކައިލް އާއި އޭނާ ގުޅިއްޖެނަމަ ސްކޫލްގެ މަލާމާތުގެ އަށްޑަނައަކަށް ކައިލްވެދާނެއެވެ. ދިރިއުޅުމުގައި އޭނާ ބަރުދާސްތު ކުރާ އިމްތިހާނުތަކުގައި، ކައިލްއަށް ބައި އަޅާކަށް ލިއާ ބޭނުމެއް ނޫނެވެ. ކައިލް ލިއާ ދެކެ ލޯބި ނުވިނަމައޭ ލިއާގެ ހިތަށް އެރިއެވެ.

ދުވަސްތައް ފާއިތުވެ ގޮސް އިމްތިހާނު ބޯމަތިވީއިރު ކަންކަން ވަނީ ބަދަލުވެފައެވެ. ކްލާހުގައި ދުވަސް ހޭދަވާއިރު ލިއާ މަސައްކަތްކުރަނީ ކައިލްއަށް ނުބަލާވޭތޯއެވެ. ބައެއްފަހަރު ފޮތަށް ނަޒަރު ހުއްޓާލައިގެން އިންނައިރު އެއަށްވުރެ ޝައުގުވެރި އެއްޗެއް ނުވާކަހަލައެވެ. ބްރޭކްގަޑިޔަށް ކުރިން އެންމެން އެއްކޮށް ދާ ދިއުންވެސް ހުއްޓިއްޖެއެވެ. މަދުފަހަރަކު ނޫނީ އެމީހުންނަށް ލިއާ އަތުޖެހޭގޮތެއް ނުވެއެވެ. ކައިރާއަށްވެސް ކައިލް ލިއާއަށް ލޯބި ހުށަހެޅިކަންވަނީ އެނގިފައެވެ. އޭނާވެސް އެކަމަށް ބާރު އަޅާވަރުން ލިއާ ހުންނަނީ ގޮތް ހުސްވެފައެވެ. ލިއާގެ ދުރުކަން ފާހަގަވެ ކައިލް ހުންނަނީ ކަންބޮޑުވެ ހިތް ނުތަނަވަސްވެފައެވެ. ނަމަވެސް ކައިލް ކެތްތެރިވެގެން ހުރީ އިމްތިހާނު ގާތްވެފައިވުމުންނެވެ. ލިއާއަށް ނުތަނަވަސްކަން ދޭކަށް ކައިލް ބޭނުމެއް ނޫނެވެ. ކައިލްގެ ހަމަހިމޭންކަން ލިއާއަށް ފާހަގަވެއެވެ. އޭނާއަށް ބަލަހައްޓައިގެން އެ އިންނަ ހިމޭން ނަޒަރުން ލިއާއަށް އެތައް ވާހަކައެއް ބުނެދެއެވެ. ލިއާ ދެރަވެއެވެ. ނަމަވެސް ކައިލް ވާ ލޯބި ހަނދާން ނައްތާލާ، ކައިލްއާއި މެދު ކުރިޔެކޭ އެއްފަދައިން އާދައިގެ ގޮތަކަށް އޭނާގެ އަމަލުތައް ބެހެއްޓުމަކީ ލިއާއަށް ކުރެވޭވަރު ކަމަކަށް ނުވިއެވެ. ގާތުން ކައިލް ފެނުނަސް ލިއާ ދެފައި އޮޅޭގޮތްވެއެވެ. ކައިލް ކުރިއެކޭ އެއްގޮތަށް މެސެޖުން ވާހަކަ ދެއްކިޔަސް ލިއާގެ ރައްދު ޖަވާބުތައް ވަނީ މަދުވެފައެވެ. ކައިރާއަށް ކަންކަން ފާހަގަވެ އެ ވާހަކަ ދެއްކުމުން ލިއާގެ ބަހަނާއަކަށް ވަނީ އިމްތިހާނު ގާތްވުމުން ވާގޮތްކަމަށެވެ.

ގްރޫޕް ސްޓަޑީސްއަށް ބައެއްފަހަރު ލިއާ ދާން ޖެހެއެވެ. ކައިރާ އެދުމުން ކޮންމެފަހަރަކު ދައްކާނެ ބަހަނާއެއް ނޭނގެނީއެވެ. އެފަދަ ވަގުތުތަކުގައި ކައިލް ވާހަކަދެއްކުމުން ލިއާ ވާހަކަ ދައްކައެވެ. ބައެއްފަހަރު ގަސްތުގައި ކައިރާ އާއި އިޝާން، ކައިލްއަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެދެމީހުން އެކަނި ބަހައްޓާފައި ދުރަށް ދެއެވެ. ލިއާއަށް އެންމެ އުނދަގޫވަނީ ކައިލް ވާހަކަދައްކާއިރު، ކައިލްގެ އިހުސާސްތައް އެއްވެސްވަރަކަށް ފޮރުވުމެއް ނެތި ހާމަކުރާތީއެވެ. ލިއާދެކެ ލޯބިވާކަން ހާމަކުރިފަހުން އޭނާގެ އިހުސާސްތައް ފޮރުވަން ކައިލް މަސައްކަތްކޮށްފައެއް ނުވެއެވެ.

އިމްތިހާނު ދުވަސް އައިސް ޖެހުނުއިރު ކުދިންތަކުގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށްވީ އެންމެ ފުރިހަމައަށް މަސައްކަތްކުރިއެވެ. ކޮންމެ އިމްތިހާނެއް ނިމިގެން ދާއިރު ފެންނަނީ ހުރިހާ ދަރިވަރުންވެސް ކިޔެވުމުގައި ހޭބޯނާރާ އުޅޭ މަންޒަރެވެ. ލިއާއަށް ހިޔާލުތަކަށް ގެއްލިފައި އިންނާނެ ވަގުތެއް ނުވެއެވެ. އޭނާ ބުރަކޮށް މަސައްކަތްކުރަމުން ދިޔައީ ރަނގަޅު ނަތީޖާއެއް ނެރެވޭތޯއެވެ. މިދުވަސްކޮޅު ޝަރީފާވެސް ބަލަނީ ލިއާއަށް ގޭތެރޭގެ މަސައްކަތް ނުޖައްސާވޭތޯއެވެ. ލިއާ އެކޭ އެއްފަދައިން ކައިލްވެސް އިހުސާސްތައް އޮއްބާލައިގެން، ލިއާ އެކޭ އެއްފަދައިން އިމްތިހާނުތަކުގައި ގަދައަޅައި މަސައްކަތްކުރަމުން ދިޔައެވެ.

އެންމެ ފަހު އިމްތިހާނު އޮތް ދުވަހެވެ. ޓެސްޓުތައް ނިންމާފައި، ހޯލުން ނިކުތް ކުދިންތަކުގެ އަޑުގަދަވެފައިވެއެވެ. އެންމެންގެ އަޑުތައް އެކުވެފައިވާއިރު ކިޔާނުކިޔާއެއް ސާފުނުވެއެވެ. ގޭޓުން ނިކުންނަން ދިޔަ ލިއާގެ އަތުގައި ހިފާ ހުއްޓުވީ ދުވެފައި އައި ކައިރާއެވެ.

“ކޮންތާކަށް ނުދެވިގެންތަ ތިއުޅެނީ…؟” ކައިރާ ލިއާގެ އަތުގައި އަތް އަޅުވާލީ ލިއާ ދިއުމުގެ ފުރުސަތު ނުދޭންވެގެންނެވެ. އޭރު ކައިލް އާއި އިޝާންވެސް އެދިމާލަށް އާދެއެވެ. ލިއާގެ ހިތަށް ފިނިވީ ކައިލް ބަލަހައްޓައިގެން ހުރި ގޮތުންނެވެ. އޭނާ ކައިރާއަށް ޖަވާބު ދިނުމުގެ ކުރިން ފުން ނޭވާއެއް ލިއެވެ.

“ވަރަށް ޓަޔާރޑް…އެހެންވެ އަވަހަށް ގެޔަށް ދާންވެގެން…” ލިއާ ވާހަކަ ދެއްކީ ގާތަށް އައިސް ހުއްޓުނު ކައިލްއަށް ނުބަލަން މަސައްކަތްކުރަމުންނެވެ. އޭރުވެސް ކައިލްގެ ނަޒަރު ހުރީ ލިއާއަށްކަން އޭނާއަށް އިހުސާސްވަމުން ދިޔައެވެ.

“މިއަދަކު ގެޔަކަށް ނުދެވޭނެ…އިޓްސް ޓައިމް ޓު ސެލެބްރޭޓް…!” ކައިރާ ލިއާ އަތަށް ދަމާލަމުން ގެންދަން ފެށިއެވެ. އޭނާ މަޑުޖެހުނީ ކައިލްގެ ސައިކަލާ ހަމައިންނެވެ. ލިއާއަށް އެކަން ފާހަގަވެ ކައިރާ އަތުން އަތް ދަމައިގަންނަން މަސައްކަތްކުރިއެވެ. އެވަގުތު ކައިލް އައިސް މަޑުކޮށްލީއެވެ.

“ޔޫ ޓޭކް ކެއަރ އޮފް ހާރ…!” ކައިލްގެ އަތުތެރެއަށް ލިއާގެ އަތް ލައިދީފައި ކައިރާ ގޮސް އިޝާންގެ ސައިކަލު ފަހަތަށް އެރިއެވެ. ލިއާ ހުރީ ދެން ހަދަންވީ ގޮތެއް ނޭނގިފައިހުރިކަހަލަ ގޮތަކަށެވެ. އޭނާ މަޑުން ހުއްޓާ ކައިލް ސައިކަލަށް އަރާ ސްޓާރޓް ކޮށްލަމުން ލިއާއަށް ގޮވާލިއެވެ. އޭރު ކައިރާ އާއި އިޝާންވެސް އިނީ ލިއާގެ އިޝާރާތަކަށް މަޑުކޮށްގެންނެވެ. ލިއާ ފުން ނޭވާއެއް ދޫކޮށްލާފައި، ކައިލްގެ ފަހަތަށް އެރިއެވެ. އިޝާންއާއި ކައިލް ސައިކަލު ދުއްވާލީ އެކުއެކީގައެވެ.

ކައިރާ އިޝާންގެ ފަހަތުގައި، ސައިކަލުގައި އިނދެގެން ލިއާ އާއި ކައިލްގެ ފޮޓޯ އާއި ވީޑިއޯ ނަގަމުން ދިޔައެވެ. ލިއާ ހުރީ އެކަމާ ކަންތައްބޮޑުވެފައެވެ. ސައިކަލު ދުއްވަމުން ދިޔައީ ބާރު ސްޕީޑެއްގައިކަމުން ލިއާއަށް އިނދެވުނީ ބޭނުން ނުވިޔަސް ކައިލްގެ ބަނޑުގައި އަތްއަޅުވާލައިގެންނެވެ. އެހެން އިން އިރު ކައިލްގެ ގައިން އަރަމުން ދިޔަ ފިރިހެންވަންތަ ސެންޓް ވަހުން ލިއާގެ ސިކުނޑިއަށް ހަމަޖެހުން ގެނެސްދެއެވެ.

ސައިކަލުގައި އެމީހުން ދިޔައީ އަތިރިމަތީގައިވާ ޓޭކްއަވޭ ހިދުމަތް ދޭ ތަނަކަށެވެ. ކައިލް އޯޑަރ ދިނީ މާޗާ އަކަށެވެ. ލިއާ އެއްޗެއް ނުނަގަން ހުރިއިރު މިފަހަރު ކައިރާގެ ބަދަލުގައި ލިއާއަށް އޯޑަރދިނީ ކައިލްއެވެ. ސްޓޯބެރީ މޮޖީޓޯއަށް އޯޑަރ ދިނީ ލިއާއަށް ކަމުދާ އެއްޗެއްކަން ކައިލްއަށް ޔަގީންވާތީއެވެ. ކައިރާ ހުރެފައި އެންމެންނަށް ޝަވަރުމާ ނެގިއެވެ. ކައިލް ނެގީ ޗިކެން އެންޑް ވެޖިޓެބްލްސް ޝަވަރުމާއެކެވެ.

“އޯކޭ ހެލްތް ފްރީކް…!” އޯޑަރ ހިފައިގެން ހިނގައިގަންނަމުން ކައިރާ ކައިލްއަށް ބުނެލިއެވެ. އިޝާން އާއި ކައިރާ ކުރިޔަށް ހިނގައިގަތް އިރު ޝަވަރުމާ އަޅާފައިވާ ޓްރޭ ހުރީ އިޝާން އަތުގައެވެ. ކައިލް އަތުގައި އިން ޑްރިންކް ތަށިން މާޗާ ކޯވަރެއް ދަމާލިއެވެ. ލިއާ އެތަން ބަލަން ހުރީ ފާޑަކަށް އަނގަ ހަދައިގެންނެވެ. ކައިލްއަށް އެއްމިޔަކަނުން ހިނިތުންވެވުނެވެ.

“ވޯނަ ޓްރައި…؟” ކައިލް އޭނާގެ މާޗާތަށި ދިއްކޮށްލަމުން އަހާލިއެވެ. ލިއާ އަވަސްއަވަހަށް ބޯހޫރާލިއެވެ.

“އޭމް އައި ދެޓް ސްކެއަރީ…؟” ކައިލް ހުރެފައި އެހިއެވެ. ލިއާ ހައިރާންވިއެވެ. ކައިލްއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“ވައި ޑޫ ޔޫ ކީޕް އެވޮއިޑިން މީ…؟” ކައިލްގެ މޫނުމަތިން މިހާރު ފެންނަނީ ސީރިއަސްކަމެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ލިއާ ބަހައްޓަމުން ދިޔަ ދުރުކަމުން ކައިލްއަށް ކެތްކުރަން ދަތިވެފައިވެއެވެ. ނަމަވެސް އޭނާ މަޑުން ހުރީ އެ ސުވާލު ކުރަން ރަނގަޅުވަގުތެއް ނުޖެހޭތީއެވެ.

ލިއާގެ މެޔަށް ބާރުވެލިއެވެ. އޭނާ އިސްޖަހާލިއިރު ބުނާނެ އެއްޗެއް ނޭނގުނެވެ. ހިތާއި ސިކުނޑި ހިޔާލުތަކުން ފުރި ބާރުވެފައިވީނަމަވެސް ދުލުން އެންމެ ބަހެއްވެސް ނުނިކުތެވެ.

“ރިލޭކްސް…ޓޭކް ޔުއަރ ޓައިމް ލިއާ…އައި ޖަސްޓް މިސްޑް ޓޯކިން ޓު ޔޫ ދަ ވޭ ވީ ޔޫސްޑް ޓު…ޕްލީޒް ސްޓޮޕް އެވޮއިޑިން މީ…” ކައިލް ވާހަކަ ދެއްކުމުން ލިއާ ބަލާލިއެވެ. އެ ލޮލުން އޭނާއަށް ފެންނަނީ ހިތުގެ ފުނުގައި އޭނާއަށްޓަކާ ވާ ލޯތްބެވެ. މިހާ ނުރައްކާތެރި ދަރަޖައަކަށް ފުރިހަމަ ޒުވާނެއްގެ ހިތް މިލްކުވެފައި ހުރެމެ ލިއާއަށް ވަނީ އެކަން ބަލައިގަންނަން ދަތިވެފައެވެ.

“ދީ ރަހަބަލާފާނަން…” އެންމެފަހުން މައުލޫ ބަދަލުކުރަން ލިއާއަށް ފެނުނު އެންމެ ރަނގަޅުގޮތަކީ އެއީއެވެ. ކައިލްގެ މޫނުން ހައިރާންކަން ފެނިފައި ދެވަނަ ސިކުންތުގައި އެއްމިޔަކަނުން ހިނިތުންވެލަމުން މާޗާތަށި ދިއްކޮށްލިއެވެ. ލިއާ ބަލާލީ ކައިރާމެން ތިބި ދިމާލަށެވެ. ކައިރާ އާއި އިޝާން އިނީ އޮލަ ވާހަކައެއްގައެވެ. ލިއާ ދެހިޔާލެއްގައި ހުރީ ކައިލް އޭރު މާޗާ ބޮއެފައި ހުރުމުންނެވެ. ނަމަވެސް އަވަސްއަވަހަށް ހޮޅިން އެތިކޮޅެއް ދަމާލާފައި ކައިލްއަށް ތަށި ދިއްކޮށްލިއެވެ.

“ނޮޓް ބޭޑް…” މޫނަށް ވައްތަރެއް ޖައްސާލުމާއެކު ލިއާ ބުނެލިއެވެ. ކައިލް ހިނިއައެވެ. ހިނިތުން ވެލައިގެން ހުރެ ލިއާގެ ލޮލަށް ބަލަމުން ހޮޅިން އެތިކޮޅެއް ދަމާލިއެވެ.

“މްމް…އިޓް ޓޭސްޓް މަޗް ބެޓަރ ނައު…ބިކޯޒް ޔުއަރ ލިޕްސް ޓަޗްޑް…” ކައިލް ބުނެލިއެވެ. ލިއާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ކައިލްއަށް ފުރަގަސްދީފައި ކައިރާމެން ތިބިތަނަށް ދުއްވައިގަތްއިރު ކައިލްވެސް ހިނިތުންވެލައިގެން ހުރެ އައެވެ. ކައިލް އައިސް އިށީން އިރުވެސް ލިއާ އިނީ ނުބަލަންވެގެންނެވެ.

ގަޑިތަކުން ތިނެއް ޖެހީއެވެ. އަވިބާރު ނަމަވެސް އެ ސަރަހައްދުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތަކުން މުޅި ސަރަހައްދަށްވަނީ ހިޔާއެޅިފައެވެ. ޖެހެމުންދަނީ ނުހަނު ހިތްފަސޭހަ ވައިރޯޅިތަކެވެ. އެ ސަރަހައްދުގައި އެވަގުތު އެމީހުން ނޫން ބަޔަކު ނެތެވެ. ހަތަރު މީހުންގެ ޖާގަވާ މޭޒު ކައިރީގައި އިށީނދެ އިންއިރު ކައިރާއާއި އިޝާންތިބީ އެކުގައެވެ. އާދައިގެ މަތިން ލިއާއަށް އިންނަން ޖެހުނީ ކައިލް ގާތުގައެވެ.

“ސޯ ގައިޒް…ޑިނަރ ނައިޓް އަންނަނީނު…އައެމް ތިންކިންގް މިފަހަރު އަހަރެމެން ހަތަރު މީހުން އެއްކުލައަކުން ހެދުން ލައިގެން ދާން…” ކައިރާ ޝަވަރުމާ ނަގަމުން ވާހަކަދެއްކިއެވެ. އިޝާން ބޯ ޖަހާލިއިރު ކައިލް އެއްވެސް އެއްޗެއް ނުބުނެއެވެ. ލިއާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.

“ކޮން ޑިނަރ ނައިޓް އެއް…؟” ލިއާ އެހިއެވެ.

“އޯ އަދި ލިއާއަކަށް ނޭނގޭ ދޯ…ސްކޫލްގެ އަހަރީ ދުވަސް އަންނަނީ…ކޮންމެ ފަހަރަކުވެސް އިލެވެން އެންޑް ޓްވެލްތް ކްލާސް ބައިވެރިކުރާނެ ރޭގަނޑު އޮންނަ އިވެންޓްގަ…ދިސް އިޒް އަވަރ ފަސްޓް ޓައިމް ބައިވެރިވެވޭ…އެހެންވެ މިބުނީ އަހަރެމެން ހަތަރު މީހުން މެޗް ވާން ހިނގާށޭ…” ކައިރާ ފޯރިއާއެކު ވާހަކަދެއްކިއެވެ.

“އައި ކާންޓް…ތިހެން ބުނާއިރުވެސް އެނގޭނު އަހަންނަށް ނުދެވޭނެކަން…!” ލިއާ ވަގުތުން ދެކޮޅު ހެދިއެވެ. އެ ތިންކުދިންނަކީ މިވަގުތު ރަށުގައި ތިބި އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނެވެ. ވުމާއެކު ލިއާ އޭނާގެ ހާލަތު ސިއްރުކުރާކަށް މިހާރު މަސައްކަތެއް ނުކުރެއެވެ.

“އެންޑް ޑޯންޓް އީވެން ތިންކް އެބައުޓް އިޓް…! އަހަރެން ބޭނުމެއް ނޫން މިފަހަރުވެސް ކައި އަހަންނަށް ހެލްޕް ވާކަށް…އަހަރެން ހަމަ އަސްލުވެސް ދާން ބޭނުމެއް ނޫން ހެދުންތަކެއް ފަހައިގެން…!” ކައިރާ ވާހަކަ ދައްކަން އަނގަ ހުޅުވާލުމާއެކު ލިއާ އިންޒާރު ދިނެވެ. ކައިރާވެސް ގޮތްދުލެއް ނުކުރިއެވެ. އޭނާ ހުއްޓާލާނީ ލިއާ އެ ޕާޓީއަށް ގެންގޮސްފައި ކަމަށް ބުންޏެވެ. ދެމީހުންގެ ކޯޅުން އަޑުއަހަން އިޝާންއާއި ކައިލް ތިބީ މަޖާވެފައެވެ.

“އޯކޭ އައި ގިވް އަޕް…” ކައިރާ ދެއަތް މައްޗަށް ހިއްލާލީ އަމާން ދީފީމޭ ބުނާ ފަދައަކުންނެވެ. އެވަގުތު ލިއާގެ މޫނުން ފެނުނު ހިތްހަމަޖެހުން ފެނިފައި ކައިލް ހިނިއަންނަގޮތްވިއެވެ. ލިއާއަށް ނުފެނުނީ ކައިރާ ބަލި ގަބޫލުކުރުމުގެ ކުރިން ކައިލްއާއި ދެމީހުން ދޭތެރޭ ބަދަލުކޮށްލެވުނު ބެލުމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Its just me

    Wow mi part vx v reethi too gud Masha Allah 😍 lia dhn kyle ah ehn nuhadhaa avahah yes buneybala don’t avoid him 🙄 when next..

    1. Itxlevender
      Its just me

      Thank you so much 💗 Leah is little confused rn 😭 next part soon In Sha Allaah 💗

  2. ithoo

    Just wow.. mi stry mi hisaabah eh dhuvahun kiyaa mi nihmaalevunee.. hama interesting kamun dear.. this is just too good.. so unique plot… Kail ge confession episode ah hama ehme inthizaaru kurevunee..hehe.. ur so talented girl.. so plxx keep going girl 🥰..n eagerly waiting for the next part.. mihen bunyas not only next part ingey.. kail ge hahgakah leah vaane dhuvahakah ves.hehe..❤️

    1. Itxlevender
      ithoo

      Aww, thank you so much! 🥹💗 This means a lot, especially coming from one of my favorite authors. Your words truly made my day! Thank you for reading and for patiently waiting. I’ll do my best to bring the next part as soon as I can.💗

  3. lalla

    27 episodes & the story is barely moving foward.
    No big plot twists and not wooing readers.
    You could do better as a writer.
    3 Star rating from me so far.

    1. Itxlevender
      lalla

      Thank you for your feedback. I understand the story may feel slow right now. I’ve been really busy lately and haven’t been feeling well, but I’m still doing my best to continue the story. It’s meant to be a slow burn, and I hope the upcoming episodes will make the buildup worthwhile. I appreciate you reading this far and sharing your thoughts. ☺️💗

Comments are closed.