ލޯބިން ބުނާތީ 26
އިރުކޮޅެއްފަހުން ލިއާ އިނީ ކައިލްއާއެކު ސައިކަލުގައެވެ. އޭރު މަގުތަކަށް އަނދިރިކަން ވެރިވެއްޖެއެވެ. މަގެއްގެ މަތިން މީހަކު ނުފެނެއެވެ. ޖެހެމުން ދިޔަ ބާރު ވައިރޯޅިން ތޫފާނެއްގެ އިންޒާރު ދޭކަހަލައެވެ. ކައިލް އިނީ ބަހެއް ނުބުނެއެވެ. ލިއާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ބާރު ދުވެލީގައި ގޮސް ކައިލް މަޑުކޮށްލީ، މީހުން އާއްމުކޮށް އައިސް ނޫޅޭ މަގެއްގެ ކޮޅަށެވެ. އެހިސާބުގައިވަނީ ފަނޑު އޮރެންޖް އަލިކަމެކެވެ.
ލިއާ މަޑުމަޑުން ސައިކަލުން ފޭބިއެވެ. ކައިލް އިނީ ދުރަށް ބަލަހައްޓައިގެންނެވެ. ލިއާގެ ހިތް ނުތަނަވަސްވަމުން އައީ ކައިލްއަށް ވެފަހުރިގޮތެއް ނޭނގޭތީއެވެ. ކައިލް ސައިކަލުން ފައިބާ، އިރުކޮޅެއް ވަންދެން ތިރިއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ޖިންސްގެ ޖީބަށް ޖަހާލެވިފައިވާ ދެއަތްތިލަވަނީ މުއްކަވާލެވިފައެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް ދޫވެދާނެތީ، އިހުސާސްތައް ހިފަހައްޓަން މަސައްކަތްކުރަމުން ދިޔައެވެ.
“ރިހާން މިއަދު ތިގެޔަށް ދިޔަތަ…؟!” ކައިލް އެންމެފަހުން އިސްއުފުލާލުމާއެކު ރުޅިވެރި ރާގަކަށް އެހިއެވެ. ލިއާ ސިހުނެވެ. އޭނާ ހުއްޓުން އަރާގޮތްވިއެވެ. ކައިލްގެ މޫނުމަތިން ފެންނަނީ ކެތްކުރަންދަތިވެފައިވާ ކަމުގެ އަސަރެކެވެ.
“ހައު ޑިޑް ޔޫ ނޯ…؟” ލިއާ މަޑުމަޑުން އެހިއެވެ.
ކައިލް ހިތިގޮތަކަށް ހިނިތުންވެލިއެވެ. “އައި ސޯ ހިމް…!”
ލިއާގެ ހިތުގެ ތެޅުން މަޑުޖެހިލިކަހަލައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ކައިލްގެ މޫނުން ނަޒަރުވަކިކޮށް ދުރު ބަލާލެވުނެވެ.
“ލިއާ…ވަޓް ޑިޑް ހީ ޑޫ…؟!” ކައިލްއަށް ކުރިޔަށްވުރެ ބާރަށް އެހުނެވެ.
“އައި ޑޯންޓް ވޯންޓް ޓު ޓޯކް އެބައުޓް އިޓް…!” ލިއާ ޖެހިލުންވެފައި ހުރެ މަޑުމަޑުން ބުނެލިއެވެ.
ކައިލްގެ ހިތް ނުބައިގޮތަކަށް ތެޅިގަތެވެ. ލިއާ ޖަވާބު ދިނުމަށް އުޒުރުވެރިވި ކޮންމެ ސިކުންތެއް އެހިތުގައިވި ނުތަނަވަސްކަން އައީ ގަދަވަމުންނެވެ. އެ ދެމެދުގައި ހިނގީ ކޮންކަމެއްހެއްޔެވެ؟ ރިހާން ލިއާގެ ހިތުގައި ޖެއްސީހެއްޔެވެ؟ ނޫނީ……
ކައިލްގެ މެޔަށް ބާރުވެލިއެވެ. އޭނާއަށް ނުހުރެވިގެން ލިއާގެ ކޮނޑުގައި ހިފެހެއްޓިއެވެ.
“ލިއާ ޕްލީޒް…ނުބުނަންޏާ ވިސްނޭނީ އެންމެ ގޯސްކޮށޭ…” ކައިލްގެ އަޑުގައިވި އަސަރަކުން ލިއާ ހައިރާންވިއެވެ. އަދި ހަމަ އެ ސިކުންތުގައި ލޯ ބޮޑުކޮށްލެވުނީ ކައިލް ބުނި ވާހަކަ އަހާފައެވެ.
“ނޫން ނޫން ތި ހީކުރާ ކަހަލަ ކަމެއް ނުވޭ…ބަޓް ހީ……”
“ހީ ވަޓް…؟ ވަޓް ޑިޑް ދެޓް……” އަނގައިން ބޭއަދަބީ ބަހެއް ބޭރުވާން އުޅުމާއެކު ކައިލް ވާހަކަ ދައްކަ ދައްކާ ހުރެ ލޯ މަރާ ފިއްތާލާ ނަފްސު ހަމަޔަކަށް އަޅުވަން އުޅުނެވެ. އަދި ލިއާގެ ކޮނޑުން ދޫކޮށްލިއެވެ. “ވަޓް ޑިޑް ހީ ޑޫ…؟” އަޑަށް މަޑުމައިތިރިކަން ގެންނަން މަސައްކަތްކުރަމުން ކައިލް އެހިއެވެ.
ލިއާ އިސްޖަހާލިއެވެ. ކައިލް ގާތު އެވާހަކަ ބުނަންވުމުން އޭނާ ހުރީ ނުތަނަވަސްވެ ލަދުގަނެފައެވެ. އަތުގެ އިނގިލިތައް ގުޅުވަމުން ދިޔައިރު އޭނާ ހާސްވެފައިވާވަރު އެނގެއެވެ. ލިއާ ޖަވާބު ނުދީ ހޭދަވާ ކޮންމެ ސިކުންތެއް ކައިލްގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އޭނާއަށް ލިއާގެ ނަމުން އަނެއްކާވެސް ގޮވާލެވުނެވެ.
ލިއާ ލޯމަރާ ފިއްތާލިއެވެ. އަދި އަމިއްލަ ނަފްސަށް ބާރުފޯރުވަމުން ވާހަކަދައްކަން މަސައްކަތްކުރިއެވެ. “ހީ…ކިސްޑް…!” ލިއާ ބުނެލީ ލޯ މަރައިގެން އިސްޖަހައިގެން ހުރެއެވެ.
ދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ވަށައިގެންވީ ހުރިހާކަމެއްވެސް އިރުކޮޅަކަށް މަޑުޖެހިލިކަހަލައެވެ. ކައިލްއަށް ލިއާއަށް ބަލަހައްޓައިގެން ހުރެވުނީ ނޭވާލާން ހަނދާންނެތިފައެވެ. އޭނާގެ ސިކުނޑި ހުސްވިކަހަލައެވެ. ހަމައެކަނި އެ ސިކުނޑީގައި ގުގުމަމުން ދިޔައީ ލިއާ ބުނި ބަސްތަކެވެ. ކައިލްގެ މޭގައި ގަދަ ރިހުމެއް އުފެދުނެވެ. އެފަދަ ދަރަޖައަކަށް ލިއާ އާއި އެއްވެސް ފިރިހެނަކު ގާތްވުމަކީ އޭނާއަށް ކެތްކުރެވޭވަރު ކަމެއް ނޫނެވެ. އޭނާއަށް ވަގުތު ފާއިތުވީހެއްޔެވެ؟
އިސްއުފުލާލި ލިއާއަށް ކައިލްގެ ލޮލުގައިވި ރިހުން ފާހަގަވިއެވެ. އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. “ކައިލް……”
“ޑިޑް ޔޫ ވޯންޓް ހިމް ޓު…؟” ލިއާގެ ވާހަކަ ފުރިހަމަކުރަން ފުރުސަތު ނުދީ ކައިލް އެހީ މަޑުމައިތިރިކޮށެވެ. އެ އަޑުގައިވަނީ ބަޔާންކުރަން ނޭނގޭ އަސަރެކެވެ.
“ނޫން…!” ލިއާ އަވަސްއަވަހަށް ބުނެލިއެވެ.
ކައިލް ދުރުބަލާލިއެވެ. އޭނާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އޭނާގެ ހިތުގައި އޮބި އަޅާ ހިފަހައްޓަން މަސައްކަތްކުރަމުންދާ އިހުސާސްތައް ބޭރުވިޔަ ނުދިނުމަށްޓަކާ ދެލޯމަރާ ފިއްތާލިއެވެ. ނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ. ދެން ނުވެސް ވާނެއެވެ. ލިއާ ގެއްލިދާނެކަމުގެ ހިޔާލުން އޭނާ މޮޔަވެދާނެ ކަހަލައެވެ. ކައިލްއަށް ކެތްކުރަން ދަތިވެފައި ވެއެވެ. އެހެން ހުރިހާކަމަކަށްވުރެ ބޮޑަށް ލިއާއަށް އެދެވެއެވެ.
ކައިލްގެ ނަޒަރު ލިއާއަށް ހުއްޓުނެވެ. އެ ދެމެދުގައިވި ވަގުތު މަޑު ޖެހުނުކަހަލައެވެ. ކައިލްގެ އަޑު ނިކުތީ މަޑުން އެހެނަސް ސާބިތުކަމާއެކުއެވެ. “އައި ލަވް ޔޫ…!”
ލިއާއަށް ދެތިންފަހަރަކު އެސްފިޔަ ޖަހާލެވުނެވެ. އަޑުއިވުނީ ރަނގަޅަށްބާއޭ ހިތަށް އެރިއެވެ. “ވަޓް…؟” ލިއާއަށް ބުނެވުނެވެ.
“އައި ލަވް ޔޫ…!” ސީދާ ލިއާގެ ދެލޮލަށް ބަލަންހުރެ ކައިލް ބުނެލިއެވެ. އެ މޫނުމަތީގައި ސަމާސާގެ އަސަރެއް ނެތެވެ. އެ ދެލޮލުން އެކަނިވެސް ބުނާ ބަހުގެ ޔަގީންކަން ދޭކަހަލައެވެ.
ލިއާއަށް ކައިލްއަށް ބަލަން ހުރެވުނީއެވެ. އޭނާއަށް ޔަގީންވަނީ އޭނާއަށް އަޑުއިވުނީ ނުބައިކޮށް ކަމެވެ. އަނެއްކާވެސް ލިއާއަށް އެހުނެވެ. “ވަޓް…؟”
“އައި ލަވް ޔޫ ލިއާ…!” ކައިލް ބުނެލީ ލިއާ ގާތަށް އެއްފިޔަވަޅު އަޅަމުންނެވެ. ކިތައްމެ ފަހަރަކުވެސް އޭނާ އެ ލަފްޒުތައް ތަކުރާރުކޮށްފާނެއެވެ. ލިއާ ހުރީ ހުއްޓުން އަރާފައެވެ. ސިކުނޑި ހުސްވެ ބުނާނެ އެއްޗެއް އެ ދުލަކަށް ނައެވެ. މަދު ސިކުންތުކޮޅެއް ފާއިތުވެގެން ދިޔައިރުވެސް ލިއާ މަސައްކަތްކުރަމުން ދިޔައީ ކައިލް ބުނި ލަފްޒުތައް ސިކުނޑިއަށް ނަގައިގަނެވޭތޯއެވެ. ލިއާގެ ކޮންމެ ހަރަކާތަކަށް ކައިލްއަށް ބެލުނެވެ.
އެންމެފަހުން ލިއާ މަޑުމަޑުން އިސްއުފުލާލިއެވެ. އެހެނަސް ކައިލްއާއި ހަތަރުކަޅިހަމަކުރުން ލިއާއަށް ދަތިވިއެވެ. “ކަ…އިލް…” ލިއާގެ އަޑު ނިކުތީ އަޅައަޅައިގަންނަމުންނެވެ.
ކައިލް ނުތަނަވަސްވެފައިވާ ގޮތަކަށް މަޑުމަޑުން ހިނިތުންވެލިއެވެ. ހިތާމަވެރި ހިނިތުންވުމެކެވެ. އެ މޫނުމަތިން އެތައް އަސަރެއް ފާޅުވަމުން ދިޔައެވެ. “މީ މިރޭ ދައްކަން އުޅުނު ވާހަކައަކީ…ދިމާވާން ބުނީ އެހެންވެ…!” ކައިލް ވާހަކަދައްކަމުން ދިޔައީ ލިއާއާއި ނަޒަރުވަކިކޮށްލުމެއް ނެތިއެވެ.
“އާރ ޔޫ ސީރިއަސް…؟” ލިއާއަށް ކައިލްއަށް ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިގޮތަކަށެވެ.
“ޔެސް…!” ކައިލް އެހުރިގޮތަށް ހުރެ ބުނެލިއެވެ.
“އަހަންނަކަށް ގަބޫލެއް ނުކުރެވޭ…!” ލިއާ އަވަސް ހަރަކާތަކާއެކު ދުރަށް ނަޒަރު ހުއްޓާލެވުނެވެ. އެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ލިއާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. “ވައި ވުޑް ސަމްވަން ލައިކް ޔޫ ލަވް……މީ…؟ އެންޑް…ޔޫ އަރ ޔަންގަރ ދޭން މީ…!” ލިއާ ހިތް ނުތަނަވަސްވެ، ހާސްވެފައިހުރިފަދައަކުން ވާހަކަދެއްކުނެވެ. ހީވަނީ ކައިލްގެ އިތުރުން އަމިއްލަ ނަފްސާ ކޮށްލި ސުވާލެއްހެންނެވެ. އެ ނަޒަރު ހުއްޓިފައިވަނީ ކައިލްއަށެވެ.
އެ ޖުމްލަތަކުން ކައިލްގެ ހިތަށް ދަތިކަން ލިބުނެވެ. ލިއާ ދެކެ އޭނާ ވާ ލޯބި، ލިއާ އެ ފާހަގަކުރި ފަރަގުތަކަކަށް ނުބަލައެވެ. އޭނާ ބޭނުންވަނީ ލިއާއެވެ. އެ ނަފްސެވެ. “ލިއާ…!” ކައިލް އެއްޗެއް ބުނަންއުޅުނެވެ.
“ނޯ ސީރިއަސްލީ…!” ލިއާގެ މޫނުމަތިން ފެންނަނީ ހުސްކަމެވެ. “ޔޫ އަރ ޕޮޕިއުލަރ…އެވަރިވަން ލައިކްސް ޔޫ، އަންލައިކް މީ…އަހަރެން މީ އެކަކުވެސް ގަޔާވާނެފަދަ މީހެއް ނޫން…” ހިތުގައި އެވަގުތު އުފެދެމުންދިޔަ އުދާސްތައް ލިއާ ބޭރުކޮށްލީ އެއް ނޭވާއިންނެވެ. އޭނާ ފުން ނޭވާތަކެއް ދޫކުރަމުން ދުރު ބަލާލީ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާށެވެ. އޭރު އެ ލޯވަނީ ފެންކަޅިވެފައެވެ.
މީހާ މުޅިން ހަމަޔަކަށް ނޭޅުނަސް ލިއާ ފެންކަޅިވެފައިވާ ދެލޮލުން ކައިލްއަށް ބަލާލިއެވެ. ކައިލްގެ ލޮލާއި ހަތަރުކަޅި ހަމަވިވަގުތު، ލިއާގެ ދެތުންފަތް ހަރަކާތްކުރިއެވެ. “ވައި މީ…؟” ލިއާ އެހިއެވެ.
ކައިލް ފުން ނަޒަރަކުން ލިއާއަށް ބަލާލެވުނެވެ. އެ ދެލޮލުން އޭނާ ބުނާ ބަސްތަކުގެ ޔަގީންކަން ހޯދާށޭ ލިއާ ގާތު ބުނާ ކަހަލައެވެ. “ޔޫ ވަރ ޖަސްޓް އެގްޒިސްޓިން އެންޑް ދެޓް އެލޯން އިޒް އިނަފް ފޯރ މީ ޓު ކީޕް ފޯލިން ހާރޑް ފޯރ ޔޫ އީޗް ޑޭ…” ކައިލްގެ އަޑުގައިވި ޔަގީންކަމުން ލިއާގެ މުޅިހަށިގަނޑަށް ހީވީ އެ ލަފްޒުތަކުން ކަރަންޓުގެ ރާޅުތަކެއް ދަތުރުކޮށްލިހެންނެވެ. އެ ޖުމްލަތަކުގައިވި ބަރުދަން، މުޅި ހަށިގަނޑުގައި އޮޅާލެވުނު ސާލެއްފަދައެވެ. ކައިލްގެ މޫނުމަތިން ފެންނަނީ ބުނާ ބަހުގެ ތެދުކަމެވެ. އެހެނަސް ލިއާއަށް ބޯހޫރާލެވުނީ ގަބޫލުކުރަން ދަތިވެގެންނެވެ.
ކައިލްއަށް އިރުކޮޅަކު ލިއާއަށް ބަލަންހުރެ ހިތާމަވެރި ގޮތަކަށް ހީލިއެވެ. މި ހުރިހާ ދުވަސްވީއިރުވެސް ލިއާއަށް ކުޑަކޮށްވެސް އޭނާގެ އިހުސާސްތައް ފާހަގަ ނުވަނީހެއްޔެވެ؟
“ތިންކް އެބައުޓް އިޓް…” ކައިލް އެ ސީރިއަސްކަމުގައި ހުރެ ވާހަކަ ދައްކަން ފެށިއެވެ. ލިއާ ހައިރާންވެފައި ބަލާލުމާއެކު ކައިލް ކުރިއަށް ގެންދިޔައެވެ. “ލިއާއަށް ގަބޫލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް…!” ކައިލް އިހުނަށްވުރެ ލިއާ ގާތަށް ޖެހުނެވެ.
“ވެން ދޯޒް މީން ގާރލްސް ބުލީޑް ޔޫ، ހޫ ޑިފެންޑެޑް ޔޫ…؟ ދެޓް ވޯޒް މީ ލިއާ…! އައި ނެވަރ ޓޯކް އެނީ ގާރލްސް އިން ސްކޫލް ބަޓް އައި ކީޕް ޓޯކިން ޓު ޔޫ…!”
ލިއާ ގަނޑުވިއެވެ. ނިއުޅެމުން ދިޔަ ހަގީގަތްތައް ލޯމަތީ ފިޔަޖަހަމުން ދިޔައެވެ. ކައިލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “އައި ނެވަރ އޮފާރ ރައިޑްސް ޓު އެނީ ގާލްސް…އައި ޑޯންޓް އީވެން ތިންކް އެބައުޓް އިޓް…! ބަޓް އައި ޑޫ އިޓް ފޯ ޔޫ ވިތައުޓް އެނީ ހެސިޓޭޝަން…! އައި ގޭވް ޔޫ މައި ޖާރޒީ…އެވެސް…، އެންމެން ކުރިމަތީ…ލިއާ ބުނެބަލަ…އޭގައި އެއްވެސް މާނައެއް ނެތްތަ…؟ މިރަށުގައި އެގޮތަށް ޖާރޒީ ދިނުމުގެ މާނައަކީ ކޮބާ…؟ ޑޫ ޔޫ ނޯ ހައު މެނީ ގާލްސް ކޯލްޑް މީ ފޯރ ދެޓް ޖާރޒީ…؟ އެންޑް…، އައި ގޭވް އިޓް ޓު ޔޫ…! ދެން ބުނެބަލަ…އަހަރެން އިތުރަށް ކޮން ކަމެއް ސާބިތުކޮށްދެންވީ…؟” ވާހަކަ ދައްކަމުން ކައިލްއަށް ލިއާގެ ދެއަތުގައި ހިފުނެވެ. އެ އަޑުގައިވަނީ ޔަގީންކަމާއި ތެދުވެރިކަމެވެ. ކައިލްގެ އިހުސާސްތައް ފޮރުވުމެއް ނެތި ލިއާއަށް ހާމަކުރިއެވެ.
ލިއާ ފިނިވެފައި ވާއިރު ވާހަކައެއް ނުދެއްކުނެވެ. އޭނާގެ ސިކުނޑިން ކައިލް ބުނެލި ކޮންމެ ޖުމްލައެއް ގުޅުވަމުން، ކައިލް އާއި ގުޅުންހުރި އެ ދުވަހެއްގެ ހަނދާންތައް ކުލަކޮށްދެމުން ދިޔައެވެ. ކޮންމެ ހިނދެކެވެ. ކޮންމެ ބެލުމެކެވެ. ކޮންމެ ރައްކާތެރިކޮށްދިނުމެކެވެ. ލިއާއަކީ ކައިލްގެ މުޅި ދުނިޔެހެން ހީވާފަދަ ނަޒަރަކުން ކައިލް ބެލި ކޮންމެ ފަހަރެކެވެ. މިއަދު އެ އަރަތް ލިއާއަށް ހައްލުކުރެވިއްޖެއެވެ. ކައިލްގެ ކޮންމެ ހަރަކާތެއްގެ މާނަ ވިސްނިއްޖެއެވެ.
ކައިލްގެ ނޫކުލައިގެ ދެލޮލުން ފެންނަނީ ބޭޤަރާރުކަމެވެ. އޭނާ ލިއާގެ އަތަށް ބާރުކޮށްލިއެވެ. “އަހަރެން އެ ހުރިހާ ކަމެއް ކުރީ އަހަރެން މީ ރަނގަޅުމީހަކަށް ވާތީއެއްނޫން…އައެމް ނޮޓް…އައި ޑިޑް ދެމް ބިކޯޒް އިޓް ވޯޒް ޔޫ…!” ކައިލްގެ ކޮންމެ ޖުމްލައެއް ލިއާގެ ގައިން ހީބިހިހަލުވާލާ ނޭވާ ހިފަހައްޓާލަން މަޖުބޫރުވެއެވެ.
ލިއާއަށް ބަހެއް ނުބުނެވުނެވެ. އެތަކެއް ހިޔާލުން ހިތާއި ސިކުނޑި ވަނީ ފުރިބާރުވެފައެވެ. އޭނާދެކެ އެ ލޯބިވީ އެންމެ ހީނުކުރާ މީހާއެވެ. ކައިލްއެވެ. އެތަކެއް ހިތްތަކުގައި ރަސްކަން ކުރަމުންދާ ފަރާތެވެ. ލިއާއަށްވުރެ އެތައް ގޮތަކުން ހާސްބައި ފުރިހަމަ ފަރާތެކެވެ. ލިއާ ހިޔާލުތަކުތެރޭ ޣަރަގުވެފައިހުރިއިރު ކައިލް ހިތްބިރުގަނެފައިހުރެ އިންތިޒާރުކުރަމުންދިޔައީ ލިއާ ދޭނެ ޖަވާބަކަށެވެ.
ހިމަފޮދުވާރޭ ވެހެން ފެށިއެވެ. އެކަމަކަށް އެކަކުވެސް ސަމާލުކަމެއް ނެތެވެ. ވައިރޯޅިރަކުގެ ސަމާސާތައް އިތުރުވިއެވެ. ނަމަވެސް ލިއާ އާއި ކައިލްގެ ދެމެދަށް ހަމަޖެހުމެއް ގެނެސްދިނުމަށް އެ ވައިރޯޅިތައްވެސް ނާކާމިޔާބުވިއެވެ. ލިއާ ދުރު ބަލަން ހުރިއިރު ކައިލްގެ ނަޒަރު ލިއާއިން ވަކިނުވެއެވެ. އެ ނާޒުކު ވަގުތުވެސް ކައިލްގެ ސަމާލުކަން އަތުލީ ލިއާގެ ތުނި ތުންފަތްމަތީ ވިދަންފެށި ފެންތިކިތަކަށެވެ. އެ ނަފްސު ކަމަކަށް އެދުމުގެ ކުރިން އެ ސިކުނޑިއަށް ވެރިވީ މިއަދު ލިއާގެ ގޭ ކައިރިން ފެނުނު ރިހާންއެވެ. އެވަގުތު އަނެއްކާ ހިތުގައިވި ރުޅިވެރި އިހުސާސްތަކަށް ދިރުން ލިބުނެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. ވާހަކަ ދެކެވެން ފެށުނީ ނަފްސު ނުހިފޭއްޓިގެން ކަހަލަ ގޮތަކަށެވެ.
“ވެން ޔޫ ސެއިޑް ހީ ކިސްޑް ޔޫ……” ކައިލް ޖުމްލަ ފުރިހަމަނުކޮށް ފުން ނޭވާއެއް ދޫކޮށްލިއެވެ. ލިއާއަށް ކައިލްއަށް ބަލާލެވުނެވެ. އެ މޫނުމަތިން ފެންނަނީ ޖެހިލުންވުމެވެ.
“…އައި ތޯޓް އައި ވޯޒް ގޮއިން ޓު ލޫޒް މައި މައިންޑް…” ލިއާގެ އަތުން ދޫކޮށްލަމުން ތެމިފައިވާ އިސްތަށިގަނޑުގައި އަތްފުނާ އަޅާލާ، ދުރު ބަލާލަމުން ކައިލް ވާހަކަ ދެއްކީ ހިތް ހަލާކުވާފަދަ ރާގަކަށެވެ. ލިއާއަށް އެހުރިގޮތަށް ހުރެވުނީއެވެ. އެ ދެއަތްތިލަ ފިނިވެފައިވާވަރުން ގަނޑުފެންކޮޅެއް ފަދައެވެ.
“ވެން އައި ސޯ ރިހާން ވޯކް އައުޓް އޮފް ޔުއަރ ހައުސް، ލިއާ…،” ކައިލްއަށް ހިތްދަތިގޮތަކަށް ލިއާއަށް ބަލާލެވުނެވެ. “އައި ކާންޓް އީވެން އެކްސްޕްލެއިން ވަޓް ދެޓް ފެލްޓް ލައިކް…!” ކައިލްގެ ލޮލުން ހިތްދަތިކަމާ އެއްވަރަށް ރުޅިވެރިކަން ފެންނަމުންދިޔައެވެ.
“އިޓް ފެލްޓް ލައިކް ސަމްވަން ރީޗްޑް އިންޓު މައި ޗެސްޓް އެންޑް ރިޕްޑް ސަމްތިން އައުޓް…! އައި ކުޑުންޓް ބްރީތް…! އައި ކުޑުންޓް ތިންކް…ދަ އޮންލީ ތިންގް އައި ކުޑް ތިންކް އެބައުޓް ވޯޒް ހިމް ޓަޗިން ޔޫ…! އެންޑް އައި ހޭޓެޑް އިޓް…!” ކައިލް ކެތްތެރިކަން ކޮޅުންލާފައި ވާ ފަދައިން ބުނެލިއެވެ. ލިއާއަށް ކައިލްއަށް ބަލަން ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ދަރަޖައަށް މީހަކު އޭނާ ދެކެ ލޯބިވެދާނެބާއޭ ލިއާ ސުވާލު އުފެދެމުން ދިޔައެވެ.
ކައިލްގެ ލޮލުގައިވި ރުޅިވެރިކަމުގެ ކުލަ ފިލާ ހިތާމަވެރިކަމުގެ ކުލަ ވެރިވިއެވެ. ލިއާގެ ހިތަށް އަސަރުކުރިއެވެ. ކައިލް ފަދަ ޒުވާނަކު މިފަދަ ހާލަތެއްގައި ހުއްޓާ ފެނުމުންނެވެ. ކައިލް މަޑުމައިތިރިކޮށް ވާހަކަ ދެއްކިއެވެ. ލިއާގެ ލޮލަށް ބަލަމުންނެވެ.
“އައި ނޯ އައި ޑޯންޓް ހޭވް ދަ ރައިޓް…! އައި ނޯ ޔުއަރ ނޮޓް މައިން…! ބަޓް އައި ކާންޓް ސްޓޭންޑް ދަ ތޯޓް އޮފް އަނަދަރ ގައި ލޭއިން ހިޒް ހޭންޑްސް އޮން ޔޫ…! މޭބީ ދެޓް މޭކްސް މީ ސެލްފިޝް އޯރ ޕޮސެސިވް…! އައި ޑޯންޓް ކެއަރ…! ސަބަބަކީ، ތި ހަށިގަނޑުގައި އެހެން ފިރިހެނަކު އަތްލަފާނޭ ހިތަށް އަރާ ކޮންމެ ފަހަރަކު……، އިޓް ޑްރައިވްސް މީ އިންސޭން…”
ލިއާގެ ހިތް ތެޅެންފެށީ ރޭހެއްގައި ދުވާ އަހެއް ފަދައިންނެވެ. މިހާ ފާޅުކަންބޮޑު ގޮތެއްގައި ތަފްސީލުކޮށް ކައިލްގެ ހިތުގެ އިހުސާސްތައް ހާމަކުރުމުން ލިއާއަށް ހީވަމުން ދިޔައީ އޭނާއަށް މި އުޅެވެނީ ހުވަފަނެއްގަހެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރިއިރު ކައިލްގެ ތޫނު ލޮލާއި ހަތަރުކަޅިހަމަކުރަން ދަތިވެފައިވެއެވެ. ކައިލް އެ ބަލާފަދަ ބެލުމަކުން މީގެ ކުރިން ދުވަހަކުވެސް އެއްވެސް ފިރިހެނަކު އޭނާއަށް ބަލާލާފައެއް ނުވެއެވެ. އޭނާއަކީ އެމީހެއްގެ ހަޔާތުގައި އެންމެ މުހިންމު މީހާއޭ އިހުސާސްކޮށްދޭނެފަދަ އެއްވެސް މީހަކު އެ ހަޔާތައް އައިސްފައެއް ނުވެއެވެ. ނަމަވެސް ހާމަވެގެން ދިޔަ ހަގީގަތްތަކުން އެކަން ބަދަލުވެއްޖެއެވެ.
އޭރު ދެ ޒުވާނުންވެސް ވަނީ ހިސާބަކަށް ތެމިފައެވެ. ކައިލް ލިއާއަށް ބަލަން ހުރީއެވެ. އެ މޫނުމަތީގައިވި ކުލަވަރުތައް ދިރާސާކުރަން މަސައްކަތް ކުރާ ކަހަލައެވެ. ތެމެމުން ދިޔަ އެ މޫނުގައި ފިރުމާލާހިތް ކައިލްވިއެވެ. ނަމަވެސް ލިއާގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔަ ކައިލްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ.
“ސޯ…،” ކައިލްގެ މަޑުމައިތިރި އަޑު އިވުނެވެ. “ވަޓްސް ޔުއަރ އާންސަރ…؟”
ލިއާ ގަނޑުވިއެވެ. ހުރިހާ ކަމެއްގެ ހަގީގަތް އައިސް ލޯ ކުރިމަތީ ނިއުޅުނުކަހަލައެވެ. ކިތައްމެ ގަބޫލު ކުރަން ދަތިވިޔަސް ކައިލް ހަގީގަތުގައިވެސް އޭނާ ދެކެ ލޯބިވާކަމެވެ. އަދި މިހާރު ކައިލް އެހުރީ އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ. ލިއާގެ މެޔަށް ބާރުވެލިއެވެ.
“ކައިލް…” ލިއާ އިސްޖަހާލަމުން ގޮވާލިއެވެ. އެ އަޑުގައިވި އަސަރުން ކައިލްގެ ހިތް ތެޅިގަތީ ނުބައިގޮތަށެވެ.
“މިވަގުތު އަހަންނަކަށް ޖަވާބެއް ނުދެވޭނެ…!” ލިއާ މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. ކައިލް ހުރީ ހިމޭނުންނެވެ. ލިއާ އަމިއްލަ ނަފްސަށް މަޖުބޫރުކުރަމުން ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ދިސް އިޒް އަ ލޮޓް…! ޔޫ ޖަސްޓް ކޮންފެސްޑް…! މައި މައިންޑް އިޒް އޯލް އޯވަރ ދަ ޕްލޭސް…!” ކައިލްއަށް ވިސްނޭފަދަ ގޮތަކަށް ލިއާ ވާހަކަ ދެއްކީ ޖެހިލުންވެފައި ހުރެއެވެ.
ކައިލް ލިއާއަށް ބަލަން ހުރީ ހިތުގައިވި ކެތްކުރަން ދަތި އިހުސާސްތައް ބޭރުވެދާނެތީ އެކަން ސިއްރުކުރަން މަސައްކަތްކުރަމުންނެވެ. އޭނާގެ ހިތް އެދެނީ މިވަގުތުން މިވަގުތައް ލިއާ އާބަސް ބުނުމަށެވެ. ނަމަވެސް ލިއާ އެދުނީ ވަގުތު ދިނުމަށެވެ. ހިތް ކިތައްމެ ނޭދުނަސް، ކައިލް ލިއާއަށް އެވަގުތު މަޖުބޫރު ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ލޯބިވާކަން ލިއާއަށް އެ އެނގުނީ އަދި މިރެއެވެ.
“އައި ވެއިޓަޑް ދިސް ލޯންގް…އައި ކެން ވެއިޓް އަ ލިޓްލް ލޯންގަރ…!” ކައިލް ހިތި ހިނިތުންވުމާއެކު ބުނެލިއެވެ. އެ ހިނިތުންވުން ފެނި ލިއާގެ ހިތަށް ތަދުވިއެވެ. އެއްޗެކޭ ނުބުނެވެނީސް ކައިލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ޖަސްޓް ޑޯންޓް ޓޭކް ޓޫ ލޯންގް ލިއާ…ބިކޯޒް އައި ހެވް އޯލްރެޑީ ސްޕެންޓް އިނަފް ޓައިމް ބީއިން އިން ލަވް ވިތް ޔޫ އެލޯން…!” ކައިލްގެ ވާހަކަ އަހާފައި ލިއާ އިސްޖަހާލެވުނީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. އޭރު ހިތުގެ އެއްކަނެއްގައި ރިހާންގެ ހިޔާލުތައް ކޮށްޓަމުން ދިޔައެވެ.
ވާރޭ ހިނދެއް ހިނދަކަށް ބޯކުރަމުން ދިޔައެވެ. ކައިލްއާއި ލިއާ ރަނގަޅަށްވެސް ތެމިއްޖެއެވެ. ލިއާ ގައިގައި ދެއަތް ވަށާލީ ހީކަރުވައިގަނެފައި ހުރި ކަހަލަގޮތަކަށެވެ. ވާރޭގެ ސަބަބުން ފިނިވެ ކުލަ ގަދަވެފައިވާ އެ ތުންފަތުގެ ވިދުން އިތުރުވެފައިވާކަހަލައެވެ. ކައިލްގެ ހިތުގައި އެ ނާޒުކު ވަގުތުވެސް މުޅިން އެހެން އިހުސާސެއް ހޭލައިގަތެވެ. ކަމަކަށް ހިތް ބޭނުންވީ އިންތިހާއަށެވެ.
“ޔޫ ނޯ ވަޓް އެލްސް އިޒް ހާރޑް…؟” ލިއާ އާއި ގާތަށް ޖެހިލަމުން ކައިލް އެހިއެވެ. އެ އަޑުގައިވި އަސަރަކުން ލިއާގެ ގައިން ހީބިހި ހަލުވާލިއެވެ. އޭނާއަށް ކައިލްގެ މޫނަށް ބަލާލެވުނެވެ. “ލުކިން އެޓް ދަ ލިޕްސް އައި ކާންޓް ކިސް…!” ކައިލް ބުނެލީ ސީދާ ލިއާގެ ލޮލަށް ބަލަން ހުރެއެވެ. އެ މޫނުމަތީގެ ކުލަވަރުން އެކަނިވެސް އެކަމަށް ކައިލް އެދޭވަރު ހާމަވެއެވެ.
ލިއާ ސިހިގެން ފަހަތަށް ޖެހުނު ވަގުތު ފައި އޮޅިގެން ނުވެއްޓުނީ ކިރިޔާއެވެ. އޭނާ ލަދުން މަރުވާވަރުވެ ދެއަތުން މޫނު ފޮރުވާލެވުނެވެ. އެފަދަ ހޮޓް ވާހަކައެއް ބުނަން އެނގޭނީ ކައިލްފަދަ ‘ހޮޓް’ މީހަކަށެވެ. ދެންމެ އެ އަޑު ޖެހުނު އެހެން އަންހެން ކުއްޖެއް ނަމަ ކައިލްގެ އަތުތެރެއަށް ވިރިގެން ފޭބީހެވެ. ލިއާގެ މުޅި ބަނޑުގައި ކޮކާތަކެއް އުދުހިގަތްކަހަލައެވެ. އޭނާ ބޭނުންވީ ކައިލްގެ ކުރިމަތިން ދުވެ ފިލުމަށެވެ.
“ރިލޭކްސް…ދެޓްސް އޮންލީ އަ ސްމޯލް ޕާޓް އޮފް ވަޓް އައި ވޯންޓް ޓު ޑޫ ވިތް ޔޫ…އައި ހެވް އޯލްރެޑީ އިމޭޖިންޑް ސޯ މެނީ ތިންގްސް އައި ވޯންޓް ޓު ޑޫ ވިތް ޔޫ…! އިޓްސް ލައިކް މައި މައިންޑް އިޒް ފުލް އޮފް އެންޑްލެސް ފެންޓަސީސް އެބައުޓް ޔޫ…” ކައިލް އޭނާގެ ފިރިހެންވަންތަ އަޑުން ފޮރުވުމެއް ނެތި ލިއާއާއި މެދު ކުރެވޭ އިހުސާސްތައް ހާމަކުރިއެވެ. އެއިން ކޮންމެ ޖުމްލައެއް ލިއާގެ ދެފައިކޮޅުން ބާރު ދޫކޮށްލާ ކަހަލައެވެ. ލަދުން ގޮސް އޭނާ މޮޔަނުވީ ކިރިޔާއެވެ.
“ކައިލް ޕްލީޒް ސްޓޮޕް…ތިކަހަލަ ވާހަކަ ނުދައްކާ…!” ލިއާގެ މޫނު ރަތުގެ އެތައް ކުލައަކުން ފެވިފައިވިއެވެ. ކައިލްއަށް ބަލާލުންވެސް އޭނާއަށް ދަތިވިއެވެ. އެދަރަޖައަށް ކައިލް އޭނާއަށް އެދިފާނޭ، ދުވަހަކު ހިޔާލަކަށްވެސް ގެނެވިފައެއް ނެތެވެ. ކައިލްގެ ފިރިހެންވަންތަ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“އައެމް ޖަސްޓް ބީއިން އޮނެސްޓް…ޔޫ ހެވް ނޯ އައިޑިއާ ހައު އައި ފީލް ސަމްޓައިމްސް ވެން ވީ ބޯތް ވާރ އެލޯން…! އެނީވޭ…، މި ވިއްސާރައިގަ އަހަންނަށް އަމިއްލަ ނަފްސު ނުހިފޭއްޓި ގޯހެއް ހެދުމުގެ ކުރިން މިތަނުން ދާން ހިނގާ…!” ކައިލް ގޮސް ސައިކަލަށް އެރިއެވެ. ލިއާ އެ ހުރިގޮތަށް ހުރިއިރު ނޭވާ ވަނީ އަވަސްވަފައެވެ. ކައިލް އެވަގުތު ސައިކަލުގަ އައިސް ލިއާ ގާތަށް ހުއްޓުނެވެ.
“ކައިލް ދޭ…! އަހަރެން ހިނގާލާފައި ދާނަން…!” ލިއާ ކައިލްއަށް ބެލުމެއް ނެތި ވާހަކަ ދެއްކިއެވެ.
“ލިއާ މިތަނަށް ދޫކޮށްފަ އަހަރެން ދާނެހެން ހީވަންޏާ ތީ ކުށްހީއެއް…” ކައިލް ސާބިތުކަމާއެކު ބުނެލިއެވެ. އެންމެފަހުން އިތުރުގޮތެއް ނެތިގެން، މޫނު ފޮރުވައިގެން ހުރެ ލިއާ ކައިލްގެ ސައިކަލު ފަހަތަށް އެރިއެވެ. މަޖުބޫރުވެފައިވާ ކަހަލަ ގޮތަކަށް ފަހަތުގައި އިނދެ، ކައިލްގެ ބަނޑާއި ދިމާލުގައި އަތް އަޅުވާލިއެވެ. މިހާ ވިއްސާރައިރު ސައިކަލުގައި ދާން އޭނާ ބިރުގަނެއެވެ. ލިއާގެ އެ ކުޑަ އަމަލުންވެސް ކައިލްގެ ހިތަށް ފިނިކަމެއް ލިބުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.




OMAGAWWDD WOW I’M SPEECHLESS 😍😍😍
OMG thank you darl 🥹💗🫂
AAHHH I’ve beeeen waitingggggg girl …😭😭 this is so creative FR💗💗 when next ep? Huttaanulahchey vhk 😭 huttaalaifiyya 🩴 and uk i can do that to you 😚 … pls pls avahah up kohdhehchey 😚😚
STOPP 😭💗 You’re the sweetest! Thank you for supporting my story 🥹 And okay okay, put the 🩴 down 😭😂 I’ll try to upload the next episode soon! 😚💗
Masha Allah vrh reethi..
Eh part ah vuren aneh part interesting vamun dhaaahen heeveyy…
Urrr one of my fav author…
Keep it up…
When’s next????
Maa Gina iru inthizaaru ga nubahahtah cheyyyyy 😅
Thank you so much 🥹💗 Being one of your favorite authors is such a huge compliment. I’m so happy you’re enjoying the story. Next part is coming soon In Shaa Allaah 💗
STOPPPPP 😭😭😭😭 THIS IS OFFICIALLY MY FAVORITE PART! I’ve been waiting forever for Kyle to confess and now that he finally did, I’m literally in tears 😭💖
I’ve been waiting forever to write this confession scene, so seeing you love it this much means everything 😭💗 Thank you for reading and supporting the story 💗
Forget Leah, I got butterflies in my stomach reading that scene 😭😭 The moment Kyle said it was hard to look at her lips knowing he couldn’t kiss them, I was DONE 😭🦋 And then he started talking about all the fantasies he has about her?! I swear I was blushing harder than Leah 😭💘 Kyle finally confessing his feelings was everything I wanted and more. This man is so romantic, attractive, and effortlessly charming that I’m literally dying over here 😭💖✨
😭😭😭 I’ve been waiting for someone to leave a comment like this 💗 Your reaction is exactly how I hoped readers would react 💗 yeah Kyle chose violence with that confession and I can’t even defend him 😭 The moment he started talking about her lips and all those feelings he’d been hiding, I knew readers were either going to melt or scream 😭💗 I’m so happy you loved this part as much as I loved writing it 💗💗
LEAH GIRL 😭 If Kyle gets rejected after confessing like THAT, we’re gonna have serious problems 🩴😒
OMG am I in trouble 😭💀
Hey you…, mi vaahaka varah hadi pls stop vaahaka liyun
Thy Scl kujjeh dho?
Ragalhah liyan dhaskollaa
Ragalhu kohlan jehey kameh bunelaa Eyrun ragalhu kohlaanan ☺️
The author can improve her writing. Can you improve your personality??
“u know what else is hard”
MY MIND WENT IN THE GUTTER 🌝
Oh…💀
ya srsly not nice mi story
Not everyone will like my story, and that’s okay
Dhen j nuvebala dhw kaleymenna vure ragalhah vaahaka liyan egeythee..kuraane kameh nethigen thiulheni? Mi vaahaka keemathaa thi egeni Nice eh nooney bunanves..seriously how lifeless are you peoples? Kaley mennaa hedhi real talent hunna kudhin es vaahaka liyan beynun nuvani..kuraane kameh nethigen ais eba meehunge hih maraala ey..dhen thiyaa molhu meehun vaahaka liyan veenu? Aharumen balaanan miyah vure reechah kaleymenna liyeveytho..nice nooniyya nukiyaa thibey..adhi evaru nuvegen eba jehey comment kuranvs dhw Ehn bunefa? Nice nooniyya nice noonee keevvekanvs bunelee yen hiyvaru neiy..aharumenna reethi aharemen kiyanvs kiyaanan..zaathee hasadhaeh filuvan ulheyhn heevani
You’re honestly so sweet. 🥹💗 Thank you ‘Uzar’ for defending me and for all your support. Readers like you make all the hard work worth it. No matter what others say, comments like yours motivate me to keep writing. I’m so grateful to have you as a reader. Thank you for being here and cheering me on. 💗
When’s next????? Curiously waiting. Keep the good work. This story is sooo perfect 😍
Soon In Sha Allaah 🥹💗 Thank you so much 💗