Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…28

Mysterious Woman Level 310 Stories100 Comments
June 21, 2026 6 Mins Read
0 Comments

“އެރޭ އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުވީއިރު، އަހަރެންގެ އެންމެ އަގުބޮޑު ޚަޒާނާ ނަވީންގެ ދެއަތުން ނިގުޅައިގަތްއިރު ނަވީނުގެ ހިތުގައި ރަޙުމެއް ކުލުނެއް ވެސް ނެތްކަން އަހަންނަށް އެނގުނެވެ. އަހަރެން އެ ވޭންތައް ތަޙައްމަލުކުރިއިރު ނަވީން އިންޒާރުދިނީ އެކަކު ކައިރީ ވެސް އެ ވާހަކަތައް ނުބުނާށެވެ. މިއީ އަހަންނަށް އެޅުނު ކަތި ފިޔަވަޅެއްކަން އިހުސާސުވީ މާފަހުންނެވެ. އެރެއަށްފަހު ކޮންމެ ދުވަހަކު ވެސް އަހަންނަށް އިންޒާރުގެ މެސެޖުތައް ނަވީންގެ ފަރާތުން އައީ ލިބެމުންނެވެ. އެކަކު އަނެކަކާ ދިމާވިޔަސް ނަވީންގެ ކަމަކީ އަހަންނަށް އިންޒާރުދިނުމެވެ.

އަދި އެހެންމީހުން ކުރިމަތީ އެއީ ހަމަ ހުރި ގޮތަށް ހުރި ހުދު ފޮތިކޮޅެކޭ އެއްވަރެވެ. އެހާ ވެސް ރަނގަޅު ކަމަށް ހެދިގެން އުޅުނު އިރު ހަމަ ހައިރާންވާހާވެއެވެ. މިއިން އެއްވެސް ކަމެއް ނޭނގިހުރެ ދޮންތަ އާއި ނަވީންގެ ގުޅުން ދެމިގެންދިޔައެވެ. އެއިރު ދޮންތަ އާއި ކުޑޭގެ ކައިވެނިކުރާ ދުވަސް ވެސް އޮތީ ޖެހިފައެވެ. ނަމަވެސް އަހަރެން ކެތްކުރީ އަހަރެންގެ ލޯބިވާ ދޮންތައަށް ޓަކައެވެ.

ދޮންތާއެވެ. ކޮންމެ ވެސް ދުވަހަކުން ހަގީގަތް އެހނގޭނެކަން އަހަންނަށް އެނގެއެވެ. ނަވީން އަހަންނަށް ދެމުން އައި އިންޒާރުތަކަށް ކެތްކުރަމުން ވެސް އަހަރެން ނިންމީ ކޮންމެ ވެސް ދުވަހަކުން އެންމެންނަށް ވެސް ހަގީގަތް އެނގޭނެ މަގެއް ހޯދުމެވެ. އެގޮތުން އަހަރެންގެ ދިރިއުޅުމުގެ އަނދިރިފަރާތް ދޮންތައަށް މިހާރު އެނގޭނެކަން ގައިމެވެ. އެފަދަ ދުވަހެއް އައިސްދާނެކަމަށް ޓަކައި އަހަރެންގެ ހިތުގެ ކެކުޅުން މި އެކުވެރިޔާއަށް ހާމަކުރީއެވެ.

ދޮންތާއެވެ. އަހަރެން އެދެނީ ކުޑޭ އާއި ދެމީހުން ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށްށެވެ. ނަވީންއޭ އެ ކިޔޭ ފުރޭތައިގެ ހިޔަނި ވެސް ތި ދެމީހުންގެ ދިރިއުޅުމަށް އެޅޭކަށް އަހަރެން ނޭދެމެވެ. ދޮންތާއެވެ. މަންމަށް ރަނގަޅަށް ބަލައްޗެވެ. އަހަރެން ނެތް ދުނިޔެއެއްގައި މަންމަ ވަރަށް ދެރަވާނެއެވެ. ދޮންތާއެވެ. އަހަރެން މި ވާހަކަތައް ކިޔައިނުދިން ކަމަށް ޓަކައި އަހަންނަށް މައާފުކުރާށެވެ. އެންމެން ދެކެ ވެސް އަހަރެން ވަރަށް ލޯބިވެއެވެ. ވަރަށް ސަލާމެވެ.”

މެހެކު ފޮތުގެ ގަނޑުތައް އުކަމުންދިޔައެވެ. އިތުރަށް އެއްވެސް އެއްޗެއް ލިޔެފައި އޮތްތޯ ބެލުމަށްށެވެ. ނަމަވެސް ދެން ހުރި ގަނޑުތަކުގައި އެއްވެސް އެއްޗެއް ލިޔެފައެއްނެތެވެ. އެއާއިއެކު މެހެކަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަދި ވެސް ނޭނގޭ ކަންތައްގަޑެއް އުޅޭކަން މެހެކުގެ ހަވަނަ ހިއްސު އިންޒާރުދިނެވެ. މީސަމް މި ދުނިޔެއާއި ވަކިވީ ކިހިނެއްކަން މެހެކު އެނގެން ބޭނުމެވެ. އެއާއިއެކު މެހެކަށް ކަމެއް ދެނެގަނެވުނެވެ. އެކަމުގައި ވެސް ނަވީންގެ އަތެއް ވާނެކަން މެހެކަށް ޔަގީނާ ގާތަށް ހީވެއްޖެއެވެ.

މިއަދު ގޭތެރޭގައި ނޯކަރުންތައް ހަލަބޮލިވެގެން އުޅެނީ މިއަދަކީ ހުކުރު ދުވަހަށްވެފައި މެންދުރުގެ ކެއްކުމަށް ތައްޔާރީތައްވާތީއެވެ. މިއަދުގެ ކެއުން ޓެރަހުގައި ބޭއްވުމަށް އާލިޔާ ބޭނުންވެއެވެ. އެހެންވެ ބައެއް ނޯކަރުންތައް ގޮވައިގެން ޓެރަސް ސާފުކޮށް ކެއުމަށް އިންސާފުކުރެވޭނެހެން މޭޒާއި ގޮނޑިތައް އެތުރުމުގައި އެމީހުންނަށް ގޮތް ކިޔުމަށް އާލިޔާ އުޅެއެވެ. އާލިޔާއަށް އެހީވުމުގައި ޝާއިނާއި ޝާފިއު ވެސް ހަރަކާތްތެރިވާތަން ފެނެއެވެ. އަދި ހަމައެހެންމެ ބަދިގެ ތެރޭގައި ޝެހެނާޒާއި ދެން ތިބި އަންހެންވެރިން އުޅެއެވެ.

ހުކުރުން ފައިބައިގެން ފިރިހެންވެރިން އަންނަންވާއިރަށް އާލިޔާ އާއި ދެންތިބި އަންހެންވެރިން ތިބީ ޓެރަހުގައި ހުރި ބެންޗުތަކާއި އުނދޯލީގައި އިށީންދެގެންނެވެ. އެމީހުންގެ މެދަށް ވެރިވެފައިވަނީ ހަމަހިމޭންކަމެކެވެ. އެކަކު ވެސް އަނެކަކަކާ ވާހަކައެއްނުދައްކައެވެ. އެންމެންގެ ޚިޔާލާއި ފިކުރު ގޮސްފައިވަނީ ކުރީ ރޭގެ ހާދިސާއަށްށެވެ. ޝެހެނާޒުގެ ހިތް ވަނީ މަރުވާން ކައިރިވެފައެވެ. އޭނާގެ ހިތަށް އެވާ ތަދު މިއަދު އެތައް ގުނައެއް ބޮޑެވެ. މީސަމްގެ ވަކިވެދިޔުމުން އޭނާ ހުރީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މުޅި މީހާ ބަލިވެފައެވެ. ނުޙައްގުން މެހެކަށް ވެސް އޭނާއަށް ދެރަ ދެވިއްޖެއެވެ. މައެއްގެ ދުލުން ބޭރުކުރަންނުޖެހޭ ފަދަ ވިހަ ބަސްތައް ވަނީ އޭނާގެ ދުލުން މެހެކާއި ދިމާލަށް ބުނެވިފައެވެ. އެހުރިހާ ކަމަކަށް މެހެކު ކެތްތެރިވީތީ ވެސް ހުދު އޭނާ ވެސް އެހެރީ ހައިރާންވެފައެވެ.

އާލިޔާ ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އަދި އެއްފަހަރު ޝެހެނާޒަށް އަނެއްފަހަރު މެހެކަށް ބަލާލައެވެ. ނަމަވެސް އެއިން އެކަކަށް ވެސް ގޮވާކަށް އޭނާގެ ވިސްނުމަކުނެތެވެ. އާލިޔާ ދެން ބަލާލީ އެންމެންނާ އެކަހެރިވެ ދުރުގައި އިން ފައިނާއަށްށެވެ. ފައިނާއާއި ނުހައިކު ގުޅެން ހުދު އޭނާ ވެސް ބޭނުމެއްނޫނެވެ. އެހެނަސް އޭނާގެ ދެ މާމަ ދަރިންގެ ވެސް ދިރިއުޅުން ވަނީ ފުލުސްޓޮޕެއްޖެހިފައެވެ. ދެން ވެސް އޭނާގެ މާމަ ދަރިއެއްގެ ދިރިއުޅުން ރޫޅާލަންވީ ހެއްޔެވެ؟

އާލިޔާ ސާފު އުޑަށް ބަލާލިއެވެ. އޭނާ މިއަދު މިވަނީ އެކަނިވެރިވެފައެވެ. ފައިސާގެ ގޮތުން ކިތައްމެ ބާރު ހުއްޓަސް އޭނާގެ ޖިސްމު ވަނީ ވީރާނާވެފައެވެ. އެހަށިގަނޑަކު މިއަދަކު އާރާއިބާރެއް ނެތެވެ. ސިކުނޑި ވަނީ ކޮށިވެފައެވެ. އެހެނަސް އޭނާ ވިސްނަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. ޝިމާލު މިއަދު އޭނާ ކައިރީ ހުރިނަމަ ކޮންފަދަ ހެއްޔޭ ކިތައްމެ ފަހަރަކު އޭނާގެ ހިތަށް އަރައެވެ.

އާލިޔާ އިސްތިރިކޮށްލާ އޭނާގެ ދެ އަތަށް ބަލާލިއެވެ. އެ ރޫ ޖެހިފައިވާ ދެއަށް މަތީ މަޑުމަޑުން ފިރުމާލަ ފިރުމާލަ ޝެހެނާޒު އިނެވެ. އާލިޔާ ބަލާލުމުން ޝެހެނާޒު ހިނިތުންވެލިއެވެ. އަލިޔާ އެކަނިވެރިވާނެ ވަރު ޝެހެނާޒަށް ވިސްނެއެވެ. މިއަދު އެ މަންމަގެ އެކަނިވެރިކަން ފިލުވައިދޭން ވެސް ތިބި ހުދު އާއިލާގެ މީހުންނެވެ. “މަންމާ ނުވިސްނާ…..އަހަރެމެން އެންމެން ވެސް މި ތިބީ ހަމަ މަންމަ އާއިއެކު….” ޝެހެނާޒު ބުނެލިއެވެ.

“ތެދެއް މަންމާ….ބައްޕަ ނެތްކަން އިހުސާސުވިޔަކަ ނުދޭނަން……ހިނގާ އަވަހަށް ކާން ފަށަމާ…..” ފަހަތުން ޝަހުދުގެ އަޑު އިވުނެވެ. ހުކުރުން ފައިބައިގެން ފިރިހެންވެރިން އައީއެވެ. އެއާއިއެކު މުޅި ޓެރަސް މާލަން ހަލަބޮލި ވެއްޖެއެވެ. “މަންމަ ނުވިސްނަމޭ….ދަރިފުޅުމެންނާއި ދޭތެރޭ މަންމައަށް ފިކުރުކުރެވެނީ….” އާލިޔާ ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަ ތިއްކެއް އިނގިލިން ފޮހެލަމުން ހީލާފައި ބުނެލިއެވެ. “އަހަރުމެންނާއި ދޭތެރޭ މަންމަ ވިސްނާކަށް ނުޖެހޭނޭ….ދޯ ނާޒް…” ޝަރުއާނު ވެސް އައިސް އާލިޔާގެ އަނެއް އަތުގައި ހިފާލަމުން ބުނެލިއެވެ. އެއާއިއެކު ހުރިހާ ކުދިން ވެގެން އާލިޔާ ގެން ގޮސް ކާން ތައްޔާރުކޮށްފައިވާ މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި ބޭންދިއެވެ. ދެން ފަހަރަކު މީހަކު ގޮނޑިތަކުގައި އިށީންނަމުން ގޮސް ގޮނޑިތަށް ފުރާލިއެވެ.

ސުފުރާމަތި މިއަދު އެހެންދުވަސްތަކާއި ޚިލާފަށް ވަރަށް ތިޔާއްގެވެ. ދެ ވައްތަރެއްގެ ބަތާއި ތިން ވައްތަރެއް ރިހަ އާއި ކުކުޅު ހިކިކޮށްނާއި ޑެވިލްޑްކޮށް ހަދާފައި ހުއްޓެވެ. އަދި ދެ ވައްތަރެއްގެ ސެލެޑާއި ޕާޕަރާއި ރޮށި ވެސް ހުއްޓެވެ. އަންނާރު ޖޫހާއި އަނބު ފަންޏާއި ޗޮކޮލެޓު މިލްކުޝޭކު ވެސް މޭޒުމަތިން ފެނެއެވެ. އަދި ހަމައެއާއިއެކު ޗޮކުލެޓުކޭކާއި ޕިރިނީ ވެސް މިއަދު މޭޒުމަތިން ފެނެއެވެ. މިއީ ހަމަ އެކި މީހުންނަށް މީރުހެން ހީވާ ޒާތްޒާތުގެ ތަކެތި އާލިޔާގެ އިރުޝާދުގެދަށުން ހަދާފައެވެ.

“ފައިއްކޯ…ކިހިނެއްވެފަ ތީނީ؟….” ސުފުރާ މައްޗަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފަނޑުކޮށްލަމުން އާލިޔާ އަހާލިއެވެ. ނެގިމަޑުވެފައި އިން ފައިނާ ބަލާލިއެވެ. އެ ނަޒަރު މަޑު މަޑުން ގޮސް ދަތުރުކުރީ ކާން އިން ޝަދާންގެ މޫނަށްށެވެ. ފައިނާ ހިންދިރުވާލިއެވެ. އަދިވެސް ޝަދާން އެ އިނީ އެރޭގެ ކަންތަކާ ރުޅި އައިސް ހިތްހަމަނުޖެހިފަކަން އޭނާއަށް އެނގެއެވެ. “ކުޑޭ…..” މަޑު މަޑުން ތުންފަތް ހަރަކާތްކޮށްލަމުން ފައިނާ ގޮވާލިއެވެ. ނަމަވެސް ޝަދާން އިސްއުފުލާ ބަލައި ވެސްނުލައެވެ. ފައިނާ ވީ ދެރައިން ތުންފިއްތާލިއެވެ. އިސާހިތަކު އެ މާހައުލުގައި ހަރުލީ ފައިނާގެ ގިސްލުމުގެ އަޑެވެ.

“ކުޑޭ…އަހަންނަށް މައާފުކުރޭ…..އަހަރެންގެ…..” ގިސްލަމުން ފައިނާ މަސައްކަތްކުރީ ޝަދާން އާއި ވާހަކަދައްކާށެވެ. ފައިނާ ރޯތީ ފަރުހާގެ ލޮލުން ވެސް ކަރުނަ ފައިބަންފެށިއެވެ. މެހެކު ވެސް އެއްފަހަރު ފައިނާއަށް އަނެއް ފަހަރު ޝަދާނަށް ބަލާލައެވެ. ޝަދާންގެ ރުޅިއަކީ އޭނާއަށް ވެސް އޮޅިފައިވާ ކަމެއްނޫނެވެ. އެރުޅި އާއި ކުރިމަތިލެވޭނީ ކެތްގަދަ މީހަކަށްށެވެ. “މާމާ..އަހަރެން…އަހަރެން ހަގީގަތުގައި ވެސް ނިކު ދެކެ ވަރަށް ލޯބިވޭ…..ވީކަމެއް ކުރީ ނަވީނެއްނުން…އެކަމުގައި ނިކުގެ ކުށަކީ ކޮބައި؟..” ފައިނާ އެންމެ ފަހުން ބުނަން އުޅުނު ވާހަކަ ބުނީ އާލިޔާ ކައިރީގައެވެ. އެއާއިއެކު އެތަނުގައި ކުޑަވަރެއް ބޮމެއް ގޮވިފަދައެވެ. އެންމެން ވެސް ގަބޫލުނުކުރެވިފައި ފައިނާއަށް ބަލާލިއެވެ.

“ފައިއްކޯ….ސީރިޔަސްލީ……” ނީރާ ވެސް ގަބޫލުނުކުރެވިފައި އަހާލިއެވެ. “ޔާ އައިއެމް ސީރިޔަސް……ވީ ބޯތު ލަވް އީޗު އަދާ….އަހަރެން ވެސް ނަވީން ދެކެ ވަރަށް ރުޅި އާދޭ އެކަމަކު ނުހައިކު ދެކެ އަހަރެން ވަނީ ހަގީގީ ލޯބި….މީކީ އިއްޔެއަކު މިއަދަކު ވީ ލޮއެއްބެއް ނޫނޭ……އަހަރުމެން ދެމީހުން އޭގެ މާ ކުރިން ބައްދަލުވި…” ފައިނާ ބުނެލިއެވެ. “އެކަމަކު….” ނީރާއަށް އިތުރަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“ކުޑޭ……ޕްލީޒް ޑޯންޓު ފޯސް އަސް…އައި ކާންޓު ލޫޒް ހިމް އަގެއިން….” ފައިނާ ގިސްލަމުން އާދޭސްކުރިއެވެ. އެއާއިއެކު ޝަދާން ކައިކައި އިން ބަތް ތަށި ނަގާ ބިން މައްޗަށް ޖެހީ އެންމެން ހާސްކަމުގެ ތެރެއަށް ދޫކޮށްލާފައެވެ. “ނެވާރ.ނެވާރ އާސްކް މީ ދެޓް އަގެއިން…..ފައިނާ އަށް ނުވިސްނެނީ ތަ؟……މީއްކޮގެ ގާތިލުގެ އާއިލާއާއި ވައި އެޅެން ތި ވިސްނަނީ ފައިނާއަށް ކޮން ކަމެއް އުނިވެގެން؟….ނަވީން ކުރި ކުށުގެ މަތި އޮމާން ކުރަން ނުހައިކު ވެސް މަސައްކަތްކޮށްފައިވާކަމުގެ ހެކި އެބަ ހުއްޓޭ……..” ޝަދާންގެ އަޑު ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. “ކޮބައި ހެކި؟…” ފައިނާ ވެސް ބާރަށް ބުނެލިއެވެ. މިއީ ޝަދާންގެ ކުރި މަތީގައި ފައިނާ ބާރަށް އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ. “ފައިނާ ތިއީ  ކޮން ކަމެއް؟…” ޝަރުއާނު ބުނެލިއެވެ.

“ފައި؟…” މެހެކު ހައިރާންކަމާއިއެކު ފައިނާއަށް ގޮވާލިއެވެ. ފައިނާ އާއި ނުހައިކުގެ ވާހަކައަކީ މެހެކަށް ވެސް ނޭނގޭ ވާހަކައެކެވެ. އެރޭ އެ ދެމީހުންގެ ގުޅުން ފަޅާއެރި ހިސާބުން މެހެކު ވެސް އެހެރީ ފައިނާ ދެކެ ކުޑަކޮށް ނުރުހުންވެފައިއެވެ. “މެހެކު އައި އެމް ސޯ ސޮރީ….އެކަމަކު އައި ކާންޓު ލޫޒް ހިމް އީދާރ…..ކުރިކަމެއް ކުރި ނަވީންއޭ…އައި ވޯޒް ދެއާރ….” ފައިނާ ގިސްލަމުން ބުނި އެންމެފަހު ލަފުޒު ބޭރުވީ ކިރިއާއެވެ. ފައިނާއަށް ބުނެވުނީ ކީކޭކަން ވެސް ރެއަކާލީ މާ ފަހުންނެވެ. އޭނާއަށް ކުއްލިއަކަށް މެހެކަށް ބަލާލެވުނެވެ. “ކީކޭ؟…..ފައި….ވައި؟…” މެހެކު ދެ ލޯ ބޮޑުކޮށްލަމުން ފަހަރަކު ލަފުޒެއް ބޭރުކުރީ ލަސްލަހުންނެވެ. އޭރު އެންމެން ވެސް ތިބީ ފައިނާއަށް ބަލާށެވެ. މެހެކުގެ ލޮލުން އިސާހިތަކު ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ބީހިލާފައި ތިރިއަށް ފޭބިއެވެ.

“ޔެސް މެހެކު….އެރޭ އަހަންނާއި، ޝާއިނާއި ޝާފިއުއާއި ނީރާ ދެން ކުޑޭ ވެސް ތިބި….އިޓް ވޯޒް ހާރ ބާތު ޑޭ ޓޫ….ދަ ސޭމް ޕްލޭސް ސޭމް ބެލްކަނީ އޮފް ބަންކުއެޓު ހޯލު…..އަހަރުމެންނަށް ފެނުނީ ނަވީން މީއްކޮ އެ އުސް ތަނުން ވައްޓާލިތަން….އަހަރުމެންނަށް ފެނުނުކަން އެނގުމުން ވަރަށް ހާސްވި…އެ ހާސްކަމުގައި ތިއްބާ ޔޫ ކޭމް….ދެން އެ ޝާއިތޯނާ ކުޑޭގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވީ…..” ފައިނާ ކުރުގޮތަކަށް އެރޭގެ ހާދިސާ ކިޔައިދިނެވެ. އޭރުގެ ކަރުނާ ނުފައިބާ އެކަކު ވެސް އެތާނގާއި ނެތެވެ.

މެހެކަށް ގިސްޖެހެން ފެށުނެވެ. ވަށައިގެން ތަންތަން އެނބުރޭހެން ހީވާން ފެށިއެވެ. އެއް އަޑަކަށް އިވެނީ އެކި މީހުންގެ ވާހަކަދެއްކުމުގެ އަޑެވެ. މީސަމްގެ އަޑު ވެސް އިވުނުހެން މެހެކަށް ހީވިއެވެ. އޭނާގެ ކާފަ ޝިމާލު ވެސް މެހެކަށް ގޮވާލި އަޑު އިވުނުހެން މެހެކަށް އިހުސާސުކުރެވުނެވެ. ބޮލުގައި ތޫނު ރިހުމެއްގެ އަސަރު މަޑުމަޑުން ގަދަވަމުން ގޮސް ތަންތަން ވަކިނުވާ ހިސާބަށް މެހެކުގެ ޙާލަތު ވެއްޓެމުން ދިޔަކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. ދެން އިވެން ފެށީ ފުން ނޭވާއެއްގެ އަޑެވެ.

މެހެކަށް ވަމުންދިޔަ ހުރިހާ ކަމެއް އެތާ ތިބި އެންމެންނަށް ވެސް ދިޔައީ ފެންނަމުންނެވެ. އާލިޔާ ވެސް ޝަދާން ވެސް ފައިނާ ވެސް އަދި ދެން ތިބި މީހުން ވެސް މެހެކަށް ގޮވަމުން ދިޔަ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެންމެން މެހެކުގެ ވަށައިގެން ތިއްބެވެ. މެހެކުގެ މޫނުން އޮށާދާ ހިއްލާފައި ހުއްޓެވެ. އެއީ އާދައިގެ ކަމެއް ނޫންކަން އެންމެންނަށް ވެސް އިނގެއެވެ. “މާއިން އަވަހަށް އެމްބިއުލާންސަށް ގުޅާ…” މެހެކާއި އެންމެ ކައިރީގައި ހުރި ޝުޢައިބަށް މެހެކުގެ ޙާލަތު އަންދާޒާކޮށްލެވުނެވެ.

ދުރުގައި ހުރި ޝެހެނާޒު ހުރީ މެހެކަށް ވަމުން ދިޔަ ގޮތުން ހައިރާންވެފައެވެ. އެ ހައިރާންކަމުގައި ހުއްޓާ އޭނާ ވެސް ހާސްވާން ފެށީ އަނެއްކާ މެހެކު ވެސް އޭނާގެ ލޯ މަތިން ގެއްލިދާނެ ކަމުގެ ބިރު އިހުސާސުވީމައެވެ. މަޑު މަޑުން ޝެހެނާޒު ކުރިއަށް ޖެހިލާ މެހެކު ކައިރިއަށް ދިޔައެވެ. “ދދަރިފުޅާ….” ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް ޝެހެނާޒުގެ ދުލުން މެހެކަށް ލޯބިން ގޮވާލިއެވެ. އެންމެ ކުޑައިރު ވެސް ގޮވާލި ފަދައިންނެވެ. “ދަރިފުޅާ މެހެކު….ކިހިނެއްތަ ވަނީ؟…” ޝެހެނާޒު މެހެކުގެ ކޮޑުގައި ހިފައި ތަޅުވައިގަތެވެ.

މަންމަގެ އަޑު ދުރުން އިވުނުހެން މެހެކަށް ހީވިއެވެ. މެހެކަށް އިހުސާސު ނުވިޔަސް އޭނާގެ ނަޒަރު ޝެހެނާޒާއި ހަމަވިއެވެ. މެހެކުގެ މޫނުމަތިން ހިނިތުންވުމެއްގެ އަސަރު ފެނިލިއެވެ. ނަމަވެސް ލޮލުން ފައިބަނީ ހުސް ކަރުނައެވެ. “މަންމާ……މީއްކޯ…..ކާފާ…ދދާން..” މެހެކަށް ބުނެވުނެވެ. ދެން މެހެކު ވެއްޓުނީ ޝެހެނާޒުގެ އަތް މައްޗަށްށެވެ. އެވަގުތަކީ ޝުޢައިބު ބުނެގެން މާއިން ގުޅި އެމްބިއުލާންސް ވެސް އައި ވަގުތެވެ. އެންމެން އަވަސްވީ މެހެކު ހޮސްޕިޓަލަށް ގެންދާށެވެ.

ހޮސްޕިޓަލުގެ އަވަސް ފަރުވައިދޭ ބައިގައި މެހެކަށް ފަރުވާ ދޭން ފަށައިފިއެވެ. އަތަށް އައިވީ ފުޅި އާއި ނޭފަތަށް މާސްކު ގުޅާފައި އޮތެވެ. ޕްރެޝަރު ޗެކުކުރިއިރު ބްލަޑު ޕްރެޝަރު ހުރީ ވަރަށް މަތީގައެވެ. ޑަކުޓަރުންނާއި ނަރުހުން އަވަސްވީ މެހެކުގެ ބައެއް ޓެސްޓުތަށް ހަދާށެވެ. ހަމަ އެވަގުތު އަވަސް ފަރުވައިދޭ ކޮޓަރީގެ ބޭރުގައި އާއިލާގެ އެންމެން ވެސް ތިއްބެވެ. ސިކުނޑީގައި ސުވާލު މާކުތަކެއް ޖަހައިގެން ތިއްބާ ދުވަމުން އައީ ނޫރައިންއެވެ. އާލިޔާއަށް އެއީ ކޮމްޕެނީގެ އަހަރީ ދުވަހު މެހެކާއިއެކު ފެނުނު އަންހެން ކުއްޖާކަން އެނގުނެވެ. ނޫރައިން ދުވެފައި ގޮސް ވަނީ އަވަސް ފަރުވައިދޭ ކޮޓަރިއަށްށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ލޯބިން ބުނާތީ 25

Next

ތިޔަ ނަން މި ހިތުގާ 25

Next
June 21, 2026

ތިޔަ ނަން މި ހިތުގާ 25

Previews
June 21, 2026

ލޯބިން ބުނާތީ 25



All Right Reserved!