Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 25 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 17, 2016 10 Mins Read
14 Comments

ހިބާ ފޯނު ނަގައިގެން ގުޅަންދެން އިނެވެ. އިރުކޮޅަކުން ރިންގުވާން ފެށި އެވެ. ހިބާ ފޯނު ނެގުމާއި އެކު ފިޒާ ދިން ހަބަރަކުން ހިބާ ފުމެން ފެށި އެވެ. އަދި ފުންމައިގެން ސޯފާ މައްޗަށް އަރާ ހަޅޭއް ލަވަން ފެށި އެވެ. އުޅެވޭ ނޫޅެވޭ ގޮތްވެސް ހިބާއަކަށް ނޭގެ އެވެ. މަދިގެއިން މޫމިނާ ނުކުމެ ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިފަހަރު ރަށަށް އައި ފަހުން އެއްވެސް ގޮތަކަށް ހިބާ ބޭރަކަށް ނުދެ އެވެ. ތާ އަބަދު ގޭތެރޭ އެ ލެޕްޓޮޕް ހިފައިގެން އިންނަނީ އެވެ. އެކަމާ މޫމިނާ ހުންނަނީ ހައިރާން ވެފަ އެވެ. ހިބާއަށް އައިސްފައިވާ ބަދަލުން ކަންބޮޑުވެފައި ހުއްޓާ އަނެއްކާ މިއަދު ހިބާ އެއުޅެނީ ކިހިނެއް ހެއްޔެވެ.

“ހިބާ؟” އެވަގުތު ގޭތެރެއަށް ވަދެގެން އައި މޫސަބޭ ހައިރާން ވެފައި ހުރެ ހިބާއަށް ގޮވާލި އެވެ. “ކިހިނެއް ވެގެން ތި އުޅެނީ؟”  ހިބާ ސޯފާ މަތިން ފުންމާލައިގެން އައިސް މޫސަބޭ ކައިރީ ހުރެގެން ވެސް ފުމެނީ އެވެ.

“ހިބާ މިހާރަކަށް އައިސް އުޅެނީ މޮޔަވެގެން. މަށަށް ހީވަނީ ޑޮކްޓަރަކަށް ދައްކަންވީހެން.” އަދިވެސް ކަންބޮޑުވެފައި ހުރި މޫމިނާ ބުންޏެވެ.

“މަންމާ!” ހިބާ އަނެއްކާ ދުވެލާފައި މޫމިނާ ކައިރިއަށް ގޮސް މޫމިނާ ގައިގާ އޮޅުލައި ގަތެވެ. “އުފާވެރި ހަބަރެއް މަންމާ!” ހިބާއަށް ވާހަކަ ދެއްކެނީ ވެސް ވަރަށް ބާރަށެވެ. “މަންމައަށް އެނގޭތަ؟”

“ހަފީގެ ސޮރު ރަގަޅު ވީތަ؟” އުންމީދުން ފުރިގެން ވާފަދަ ގޮތަކަށް މޫމިނާއަށް އަހާލެވުނެވެ. މޫމިނާ އެހެން ބުނުމުން ހިބާ މަޑު ވެއްޖެ އެވެ. އަދި ތުންކޮޅު އޫކޮށްލަމުން ބޯ ހޫރާލި އެވެ.

“ނޫން. ދޮންބަތު ބަނޑުބޮޑުވީ. ދޮންބަތުއަށް ބޭބީއެއް ލިބެން އުޅެނީ؟” ހިބާ ހީލަމުން ބުންޏެވެ. “މި ދަނޑި ވަޅުގައި ފައުޒާންވެސް ރަގަޅު ވާނެނަމަ ކިހާ އުފާ ވާނެ.” ހިބާ މޫމިނާއަށް ބަލައިލަމުން ބުންޏެވެ. މޫމިނާ ވެސް ހިނިތުން ވެލަމުން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލި އެވެ.

“އަހަރެން ހީކުރީ ހިބާއަށް ދަރިއަކު ލިބެން އުޅެނީ ކަމަށް. އާ އެހެންޏަ ހީވަނީ އެހެން ކަމެއް ލައިގަނެގެން އުޅޭހެން ވިއްޔަ.” މޫސަބޭ ބުންޏެވެ. ހިބާ މޫސަބޭއަށް ލޯ އަޅާލި އެވެ.

“ހިބާ ވީ އުފަލުން އުޅެވުނު ގޮތެކޭ އެއީ. މޫސަބެއަކަށް އެކައްޗެއް ވެސް ނޭގޭނެ.” ހިބާ ބުންޏެވެ.

“އެކޮއެ މޫމިނާ! މިފަހަރު މީނަ މިހާ މައިތިރި ވެފަ މި އިންނަނީ ކިހިނެއް ވެގެންތަ؟ ގަހަކަށް އަރާ އޮންނަ ތަނެއްވެސް ނުފެނެ. ހަލީމަ ދައިތަ ވެސް ބުނި މީނަ ރަށުގަ އުޅޭ ކަމެއް ނުވެސް އިނގެޔޯ. އެހެންނު ވާނީ އެގޭ ކުންނާރުގަހަށް ދަނޑި ބާނާނެ މީހަކު ނެތިގެން ކުންނާރުތައް ދޮންވެގެން ގަސް ބުޑަށް އެހެރަގެން ފައިބަނީ ވިއްޔަ.” މޫސަބޭ ބުންޏެވެ. ހިބާ އުނަގަނޑުގައި ދެއަތް ވިއްދާލައިގެން މޫސަބެއަށް ބަލަހައްޓައިގެން ހުއްޓެވެ.

“މޫސަބޭ ހީކުރަނީ ހިބާ ދުވަހަކުވެސް ބޮޑެއް ނުވާނެ ކަމަށްދޯ. އަބަދު އެއްގޮތަކަށް އެކަކުވެސް އުޅޭނެތަ؟ މޫސަބޭ ކުޑައިރު އުޅުނު ގޮތަށްތަ މިހާރު ތި އުޅެނީ؟” ހިބާ ރުޅި އަންނަގޮތް ދައްކާލަމުން ބުންޏެވެ. މޫމިނާއާއި މޫސަބޭ ކައިރިއަށް ހިނި އައެވެ.

“ހިބާ؟” މޫސަބޭ އައިސް ހިބާ ވަށާލާ ހިނގާލި އެވެ. “އެކޮއެ މޫމިނާ. މިމަންޖެ މިހުރީ ބޮޑުވެ ފުރާ ފުރިހަމަ ވެފަ ދެން އަވަހަށް ލަސްނުކޮށް މިމަންޖެ މީހަކާ ދެވަން އުޅޭ.” މޫސަބޭ ހެވިފައި ހުރެ ބުންޏެވެ. ހިބާ ކައިރިއަށް ރުޅި އައެވެ.

“މޫސަބޭ!” ކިޔާ ހަޅޭއް ލަވައި ގަނެފައި މޫސަބޭ ފަހަތުން ދުއްވައި ގަތެވެ. މޫސަބޭ އަވަހަށް ދުވަމުން ގޭ ބޮޑުދޮރުން މަގުމައްޗަށް ނުކުމެގެން ހިގައްޖެއެވެ. ހިބާ ހިސާބަކަށް ގޮސް އަނބުރާލާފައި އައީ އެވެ. އައިސް ސޯފާ މައްޗަށް ވެއްޓި ގަތެވެ.

“ޒޭބާ އަންނަ އަހަރު މާލެގޮސް ހުންނަނީ ނަދީމާ ކައިރީގަޔޯ އެބަބުނޭ. މަންމަ ބުނެފިން ޖިހާދު ކައިރީ އެމީހުނަށް ނޭގެޔޭ އެހާތަނަށް މާލެ އާދެވޭނެ ކަމެއް. އެހެން ބުނީމަ މަންމަ އަތުން ފޯނު ނަންބަރު އަތުލައިގެން ހިގައްޖެ.” މޫމިނާ ސޯފާގައި އިށީންނަމުން ހިބާ ކައިރީ ބުންޏެވެ.

“ދެން ޖިހާދުބޭ އެއީ ވަރަށް ކަންތައް ހުންނަމީހެއް. ތުއްތައްތަ މެން އެހާ ދެރަވެގެން އުޅެނިކޮން އަނެއްކާ ޖިހާދުބޭ ޕްރެޝަރު ކުރީމަ އިތުރަށް ޓެންޝަނަށް އަންނާނީ. މަންމަ ނުބުނަންތަ އަދި އެހަށް ނުގުޅާށެކޭ.” ހިބާ ބުންޏެވެ.

“އާން. ނުބުނާނެނު. ޖިހާދުއަށް އެހެން ތަނެއް ހޯދަން ވެސް އެނގޭނީ ނަދީމާއާއި ވާހަކަ ދެއްކުނީމަނު.” މޫމިނާ ބުންޏެވެ. މޫމިނާ އެބުނީ ވެސް މުޅިއަކުން ދޮގެއް ނޫނެވެ.

“މަންމާ! މަންމަ މާލެ ބަދަލުވާ ކަންތައް އޮތީ މިހާރު ކިހިނެއް؟” ހިބާ ކުއްލިއަކަށް އަހާލި އެވެ.

“މަންމައަކަށް ތިކަމެއް ނުވާނެ. މޫސަބޭ އެކަނި ބަހައްޓާފަ މަންމަ ކިހިނެއްދާނީ.” މޫމިނާ ބުންޏެވެ. ހިބާ ހައިރާން ވެފައި މޫމިނާއަށް ބަލައިލި އެވެ.

“މަންމާ. މީގެ ކުރިން މަންމަ މާލޭގަ އުޅުން އިރު އެ މޫސަބޭ ނެތީތަ؟ މޫސަބޭ އެކަނި ނުބަހައްޓާ މޫސަބޭ ވެސް ގޮވައިގެން ހިނގާ ދާން.” ހިބާ ބުންޏެވެ.

“އޭރުގަ މޫސަބޭގެ އަންހެނުން ދުނިޔޭގައި ހުއްޓޭ. މިހާރު ދެން މަންމަ ދިޔައިމަ ކިހާ އެކަނި ވާނެ.” މޫމިނާ ހިބާއަށް ބަލައިލި އެވެ. “މޫސަބޭ ބޭނުމެއް ނޫނޭ މާލެ ދާކަށް. ގޮތްދޫ ނުކުރާނެ އެ ފިރިހެނާ.” ރާގު ދަމާލާފައި މޫމިނާ ބުންޏެވެ.

“ހިބާ، ދަރިފުޅު ބޭނުމިއްޔާ ބައްޕަ ކައިރިއަށް ބަދަލުވޭ. އެކަމަކު ހަފީޒާ ވަރަށް ދެރަވެފަ ހުރީ ހިބާ ބަދަލު ކުރާ ވާހަކަ ބުނެގެން ވެސް. ހަފީޒާއަށް ވަރަށް އުނދަގޫ ވާނެނު. ރިފާ ވެސް މިހާރު ނެތް ވިއްޔަ.” މޫމިނާ ބުންޏެވެ.

“މަންމާ!” ހިބާ މޫމިނާގެ އުނގަށް ވެއްޓި ގަންނަމުން ބުންޏެވެ. “ހިބާ ކިޔަވައި ނިމެންދެން އެގޭގައި މަޑުކުރަން ހިބާ ބޭނުމީ. މަންމައާއި ބައްޕަ ގަބޫލިއްޔާ.” ހިބާ ބުންޏެވެ. މޫމިނާ ނިކަން ލޯބިން ހިބާގެ ބޮލުގައި ފިރުމާލި އެވެ. ތެދެކެވެ. އަހަރެންގެ އަންހެން ދަރިފުޅު ބޮޑު ވެއްޖެ އެވެ. ކުޑައިރު ރޮއެ ރޮއެފަ ކުސް ތަޅަމުން އައި މަންޖެ މިހާރު ވެސް މަންމަގެ އުނގުގައި މިއޮތީ އެވެ. ނަމަވެސް އޭރާ މިހާރާ ކިހާ ތަފާތު ހެއްޔެވެ. މޫމިނާ ހިބާއާއި މެދު ވިސްނަމުން ދިޔަ އެވެ.

“ދަރިފުޅާ؟ ދަރިފުޅު އިންނާނީ މާލޭ ކުއްޖަކާތަ؟” ކުއްލިއަކަށް މޫމިނާ އެކުރި ސުވާލުން ހިބާ ލަދުގަތެވެ.

“މަންމާ!” ހިބާ ލަދުން ފުންމައިގެން ތެދުވި އެވެ.

“ކީއްތަވީ. ކޮންމެސް އެއްދުވަހަކުން އެއީ ކުރަން ޖެހޭނެ ކަމެއްނު.” މޫމިނާ ހިބާއަށް ލޯ ބޮޑުކޮށްލާފައި ބަލައިލަމުން ބުންޏެވެ. “މަންމަ ހީކޮށްގެން ހުރީ އެއުޅޭ ޝަކީލާގެ ދަރި އަޒުމީލުއާއި ހިބާ ގުޅޭނެ ކަމަށް. އެހެންނު ވާނީ ޝަކީލާ އަބަދު ކިޔާ ވިއްޔަ އަޒުމީލުއާއި ހިބާގެ ކޮންމެސް ގުޅުމެއް އޮވެޔޭ.” މޫމިނާ ބުންޏެވެ.

“ހުސް ދޮގު.” ހިބާ ކޮޅަށް ތެދުވި އެވެ. “އަޒްމީލުއަކީ ހިބާގެ ހަމަ އެކަނި ގާތް ރައްޓިއްސެއް. މަންމާ، އެކަހަލަ ގޮތަކަށް އަޒުމީލުއާއި މެދު ހިބާއެއް ނުދެކެން.” ހިބާ ބުންޏެވެ.

“ހުސް ދޮގު.” ހިބާ ކޮޅަށް ތެދުވި އެވެ. “އަޒްމީލުއަކީ ހިބާގެ ހަމަ އެކަނި ގާތް ރައްޓިއްސެއް. މަންމާ، އެކަހަލަ ގޮތަކަށް އަޒުމީލުއާއި މެދު ހިބާއެއް ނުދެކެން.” ހިބާ ބުންޏެވެ.

“ތިހެން ވިއްޔާ އެއުޅޭ އަހުމަދޯ. އެ ސޮރު އެކަމަކު އުޅެނީ ޝަކީލާގެ ބޮޑު މަންޖެއާ ދޯ ހިތާ ވެގެން.” މޫމިނާ ބުންޏެވެ.

“މަންމާ! ހިބާއާ ޒެކްއާ މަންމަ ތި ކިޔަނީ. ނުވާނެނު ތިހިނެއް. ޒެކް އަކީ ހިބާގެ ބޭބެއެއް ކަހަލަ ކައިރި މީހެއް. މަންމަ ކޮން ވާހަކައެއްތަ މިއަދު ތި ދައްކަނީ؟” ހިބާ ހުރީ ރުޅިއަންނަ ގޮތް ވެފަ އެވެ.

“ދެން ހިބާ ބޮޑުވަމުން އަންނާތީ އެކަހަލަ ވާހަކަ ވެސް މަންމަ މެނާ ހިއްސާ ކުރަން ވާނެތީ އޮޅުން ފިލުވާލަން ކަމަށް މަންމަ އުޅުނީ،” މޫމިނާ ހިނިއައިސްގެން އިނދެ ތެދުވި އެވެ. “ހިންގާ ކާންދާން. އެ މޫސަބޭ ވެސް ދެން ނޭގެ އަންނާނެ ކަމެއްވެސް.” މޫމިނާ ބަދިގެއާއި ދިމާއަށް ހިގައި ގަތެވެ.

ހިބާ އަތިރިމައްޗަށް ހަވީރު ދިޔައީ ގޭ ކައިރި ކުޑަކުދިންތައް ކިޔާ ވަރުންނެވެ. އެއީ ރަށަށް އައި ފަހުން އެގޮތަށް ހިބާ ހިނގާލަން ނުކުތް ފުރަތަމަ ދުވަހެވެ. އަތިރިމަތީ ކުދިންތަކާއި އެކު ހިބާވެސް ކުޅެން އުޅެ އެވެ. އިރުކޮޅަކުން އެރަށު ނެރުން ވަދެގެން އައި މާ ބޮޑުނޫން ލޯންޗެއް އައިސް ލެފި އެވެ. ހިބާއާއި ކުޑަކުދިންތައް އެދިމާއަށް ބަލަން ތިއްބެވެ. ދުރުގައި ތިބި ހަރުވަރުގެ މީހުންވެސް އެދިމާލަށް އައިސް ތިބީ އޭގެން ފައިބަނީ ކޮންބައެއްތޯ ބަލާށެވެ. އިރުކޮޅަކުން އޭގެން ޒެކް ފައިބައިފި އެވެ. އަދި ޒެކްގެ ފަހަތުން ފޭބީ ހިބާގެ ބައްޕަ ޖަމާލެވެ. ހިބާ ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓެވެ. ހިބާގެ ބައްޕަ އެރަށަށް ނާންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ހިބާ ބޮޑުވި ފަހުން އަދި ނާދެ އެވެ. ޖަމާލަކީ ވަރަށް ޝަހުސިްޔަތު ވަރުގަދަ މީހެކެވެ. މީހުން ގަދަރު ކުރާ މީހެކެވެ. އަބުއި ފާޑެއް ހުއްޓަސް ބޮޑާ މީހެއް ނޫނެވެ.

ދެން އެ ލޯންޗުން ފޭބީ ހަ ވަރަކަށް ބޭރު މީހުންނެވެ. ފެންނަ ފެނުމަށް މަސައްކަތު އައި ބަޔެއްހެން ހީވެ އެވެ. ހިބާ ދުވެލާފައި ގޮސް ޒެކްއަށް ގޮވާލި އެވެ. ހިބާއަށް ހިބާ ބައްޕައަށް ގޮވާލާކަށްވެސް ނުކެރެ އެވެ. އެހާ ދުވަސްކޮށްފައި ފެނުމުން ހިބާ ހުރީ އަމިއްލަ ބައްޕަދެކެ ލަދު ގަނެފަ އެވެ.

“އަންހަ؟ ދަރިފުޅު މިތާތަ ތިހުރީ. ބައްޕަ އަދި މި އުޅުނީ ސަރޕްރައިސްއެއް ދޭން ކަމަށް.” ހިބާ ކައިރިއަށް އައިސް ހުއްޓިލާފައި ޖަމާލް ބުންޏެވެ. ހިބާއަށް އަނގައިން ބުނަން ނުކެރިފައި ހިނިއައިސްފައި ހުރީ އެވެ.

“ޒެކް، ޒެކް މަސައްކަތުމީހުން ގޮވައިގެން އެމީހުނަށް ހިފާފަ ހުރި ކޮޓަރިއަށް ގެންގޮސް ލާ. ދެން އެމީހުންގެ ކަންތައް ނިމިގެން ގެއަށް އާދޭ އިނގޭ.” ޖަމާލު ޒެކްއަށް ބުންޏެވެ. “ހިބާއާ އެއްކޮން އަހަރެން މިދަނީ ގެއަށް.” ހިބާގެ ކޮނޑުގައި އަތް ބާއްވާލަމުން ޖަމާލް ބުންޏެވެ. ހިބާ ޖަމާލް ކައިރީ ހުންނައިރު ހީވަނީ ވަރަށް ކުޑަ ކުއްޖެއް ހެނެވެ. ޖަމާލު ބިޔަ ވެފައި ދިގުވީމަ އެވެ.

“އާދެ!” ޒެކް ބުންޏެވެ. “ބޭބެއަށްއިނގިލައްވާތޯ ގެއަށް ވަޑައިންނަވަން؟”

“އާން. އަހަރުމެނަށް ބަދަލު އައިސްފައި ތިއްބަސް މިރަށަކަށް  ކުޑަކޮންވެސް ބަދަލު އައިސްފައެއް ނެތެއްނު. ޒެކް އެކަމާ ނުވިސްނާ. އަހަރުމެންގެ ހިބާ ވެސް މިހިރީނު.” ޖަމާލް ހީލަމުން ބުންޏެވެ. އަދި ހިބާއާއި އެކު ހިގައި ގަތެވެ. ހިސާބަކަށް ނުދެވެނީސް މޫސަބޭ ފެނިއްޖެ އެވެ.

“އަންހަ ޖަމާލް.” މޫސަބޭ ޖަމާލްއާއި ސަލާން ކޮށްލި އެވެ. “ހާދަ ދުވަހެއް ކޮށްލާފައޭ ތި ދުރުވީ.” މޫސަބޭ ހީލަމުން ބުންޏެވެ.

“އާން، ކަންތައްތައް ބަދަލުވެގެން ދިޔައިމަ ދެން މިހާރު މިކޮޅަށް ވެސް މި އައީ. މޫސަބޭ ވެސް ނޫޅެމެންނޫންތޯ މާލެ ދުރުވާކަށް. އެހެންވީމަ ދެން މިކޮޅަށް މި އަންނަން ޖެހުނީ އަޅުގަނޑަށް ނޫންތޯ.” ޖަމާލް މޫސަބެއާއި ވާހަކަ ދައްކަނީ އަބަދުވެސް ރީތިކޮންނެވެ. އެއީ ޖަމާލްއަށް ވުރެން މޫސަބޭ ދޮށީ ވީމަ އިހުތިރާން ކުރުމުގެ ގޮތުން ނެވެ. މޫސަބޭ ހިނިއައިސް އެއްޗެއް ނުބުނެ ހުރީ އެވެ.

“ހިންގަވާ އަވަހަށް ގޭދޮށަށް.” އަނެއްކާ ވެސް ވާހަކަ ދެއްކީ ޖަމާލް އެވެ. ޖަމާލް އެހެން ބުނެ ހިބާ ކޮނޑުގައި އަތް ބާއްވާލައިގެން ހިގައި ގަތުމުން މޫސަބޭވެސް އެމީހުން ފަހަތުން ހިގައި ގަތެވެ.

ގެއަށް ވަންއިރު މޫމިނާ ގެއަކު ނެތެވެ. ހަވީރު ގަޑި ވުމުން މޫމިނާވެސް ވީ ގާތް ރައްޓެހިންނާއި ބައްދަލުކޮށްލަން ބޭރަށް ނިކުމެ އެވެ.

“ދަރިފުޅާ، ބައްޕައަށް ސައި ތައްޓެއް ގެނެސްދީބަލަ. ޖަމާލު އައިސް އެކަކަށް އިނދެވޭ ސޯފާގައި އިށީނަމުން ހިބާއާއި ދިމާއަށް ބުންޏެވެ. ހިބާ އަވަހަށް ބަދިގެއަށް ވެދެގެން ހިގައްޖެ އެވެ. މޫސަބޭ ވެސް އައިސް ދިގު ސޯފާގައި އިށީނެވެ.

“މޫސަބޭ، ކީއްވެތޯ މާލެ ނުދުރުވަން ތި އުޅުއްވަނީ؟” ޖަމާލް މޫސަބެ ކައިރީ އަހާލި އެވެ.

“މޫސަބޭ މާލެ ގޮސްގެން ކީއްތަ ކުރާނީ. އެކޮއެ މެން ތި އުޅުއްވާ އަބުއި އުޅުމެއް މޫސަބޭއަކަށް ނޫޅެވޭނެ.” މޫސަބޭ ބުންޏެވެ.

“މޫސަބޭ ރަށުގައި ކުރައްވަނީ ކޮން މަސައްކަތެއް ތޯ؟” ޖަމާލު އަހާލި އެވެ. އެވަގުތު ހިބާ ސައި ޖޯޑު ހިފައިގެން އައިސް ޖަމާލްއަށް ދިއްކޮށްލި އެވެ. ޖަމާލް ހިބާއަށް ބަލައިލި އެވެ.

“ދަރިފުޅާ، އެއްވެސް މީހަކަށް ސައި ނުވަތަ ފެން ވިއަސް މިގޮތަށް ގެންނައިރު ރީތި ގޮތަކީ ކުޑަ ތަބަކަކަށް ލައިގެން ގެނައުން. ދަރިފުޅަށް މަންމަ އެކަހަލަ ކަންތަކެއް ދަހެއް ނުކޮށްދޭތަ؟” ސައި ޖޯޑު ތަބަކަކަށް ނުލާ ގެނައިމަ ޖަމާލް ހިތްހަމަ ނުޖެހުނީ އެވެ. ހިބާ ހައިރާން ވެފައި ޖަމާލްއަށް ބަލަހައްޓައިގެން ހުއްޓެވެ. އެއީ އެހާ ބޮޑު މައްސަލައެއް ކަމަކަށް ހިބާ ހިޔެއް ނުކުރެ އެވެ.

ގޭ ދޮރުން މީހަކު ވަނުމުން ބަލައިލި އިރު އެއީ ޒެކް އެވެ. ޒެކް އައިސް ސަލާން ކޮށްލުމަށް ފަހު ވަރަށް އަދަބު ވެރިކަމާއި އެކު އައިސް މޫސަބޭ ކައިރީ އިށީނެވެ.

“ކޮބާ ޒެކް. ސައިފޮދެއް އެއްޗެއް ބޭނުންތަ؟” ޖަމާލް އަހާލި އެވެ. ހިބާ ހުންނަނީ ހައިރާން ވެފަ އެވެ. ބައްޕަ ހީވަނީ ބައްޕަގެ އަމިއްލަ ގެއަށް އައިސް އުޅޭހެންނެވެ.

“ނޫނޭ ބޭބޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު މިވަގުތު އަޅުގަނޑު ސައި ބޯ ހިތެއް ނެތް.” ޒެކް ބުންޏެވެ. ޖަމާލް ސައިކޯވަރެއް ދަމާލި އެވެ.

“މޫސަބޭ، ކޮން މަސައްކަތެކޭ ތޯ ކުރަނީ ބުނުއްވީ؟” ޖަމާލަު އަނެއްކާ ވެސް އެހި އެވެ.

“އެކުން ދެން އެގޮތަށް މާ ގިނަ މަސައްކަތް ތަކެއް ނުކުރަން. ރަށު އޮފީހުގެ ވޮޗަރުކަން މިކުރަނީ. ނިކަން ފަސޭހަ ވިއްޔަ.” މޫސަބޭ ބުންޏެވެ.

“މޫސަބޭ،” ޖަމާލު ބޯޖަހާލަމުން ބުންޏެވެ. “އަޅުގަނޑުމެން މި އުޅެނީ މިގެ ހަދަން ވެގެން. މިފަހަރު ހަދަން ފަށާފަ މާލެދާން ގަސްތު ކުރަނީ.” ޖަމާލް ބުންޏެވެ. މޫސަބޭ ބަލަހައްޓައިގެން އިނެވެ. މޫމިނާ މޫސަބެއާއި އެކަހަލަ ވާހަކައެއް ދައްކާފައި ނެތީމަ ހައިރާން ވީ އެވެ.

“މޫމިނާއަށް އެނގޭތޯ؟” މޫސަބޭ އަހާލި އެވެ.

“އާން. މޫމިނާއާ ވާހަކަ ދައްކާފަ އޮންނާނީ.” ޖަމާލް ބުންޏެވެ. “ދަރިފުޅާ، ކޮޅަށް ނުހުރެ އާދެބަލަ އިށީންނަން.” ހިބާ ކޮޅަށް ބީރައްޓެހި ވެފައި ހުރުމުން ޖަމާލް ބުންޏެވެ.

ހިބާ އައިސް ޒެކް ކައިރީ އިށީނެވެ. އެވަގުތު މޫމިނާއައިސް ގެއަށް ވަނެވެ. މޫމިނާއަށް ޖަމާލް ފެނުމާއެކު ހުއްޓުން އެރި އެވެ. އެހާ ދުވަސް ކޮށްފައި ހަމަ ލޮލަށް ފިރިމީހާ ފެނުމުން ބުނަން ނޭގޭ އިހުސާސެއް މުޅި ހަށިގަނޑަށް ވެރިވެގެން ދިޔަ އެވެ. ޖަމާލްއަށް ވެސް މޫމިނާ ފެނުމާއި އެކު ތެދުވެ ވުނެވެ. މޫމިނާއަށް ބަދަލެއް ނާދެ އެވެ. ހަމަ އެ ލޫޅާފަތި ހަށިގަނޑެވެ. އެ ރީތިކަމެވެ. ތަންކޮޅެއް ދުވަސް ވެފައި ހުއްޓަސް މުސްކުޅިއެކޭ ނުބުނެވޭނެ އެވެ. ޖަމާލްއާއި މޫމިނާއަށް ވެފައި ތިބިގޮތް ފެނުމުން ހިބާ ކައިރިއަށް ހިނިއަންނަގޮތް ވިއެވެ. ޒެކް ހިބާއަށް ބަލައިލާފައި ބުމަ އަރުވާލަމުން ހީލި އެވެ.

“އެކޮއެ، މޫމިނާ.” މޫސަބޭ ގޮވާލި އެވެ. މޫމިނާ އަވަހަށް މޫސަބެއަށް ބަލައިލި އެވެ. “ޖަމާލު މިފަހަރު މި ދުރުވީ މިގޯތި ހައްދަވައި ދޭއްވަން ވެގެންނޯ. މޫމިނާ ދެނަހުރި ކަމެއްތަ އެއީ؟” މޫސަބޭ ރާގުލާފައި އަހާލި އެވެ.

“އާން. މޫސަބޭ ކައިރީ ނުބުނެވިގެން އަދި މި އުޅެނީ އެވާހަކަ.” މޫމިނާ އެމީހުން ކައިރިއަށް އަންނަމުން ބުންޏެވެ. ޖަމާލުވެސް އަނެއްކާވެސް ސޯފާގައި އިށީނެވެ. މޫމިނާ ވެސް އައިސް ހިބާ ކައިރީ އިށީނެވެ. އެންމެން ވެގެން ގެ ހަދާ ވާހަކަ ދައްކަމުން ދިޔައެވެ.

“އެކަމަކު އެފަރާތުގަ ހުރި ބަނބުކެޔޮ ގަސް ކަނޑުއްވައި ނުލައްވައްޗޭ!” މޫމިނާ ބުންޏެވެ.

“ތިހެން ވިއްޔާ ގެ އަޅަން ޖެހޭނީ މަގުމައްޗާ ދިމާލަށް. އެތެރެއަށް ހުސްތަން އޮންނަގޮތަށް.” ޖަމާލް ބުންޏެވެ.

“އާދެ. އޭރުން ނޫންތޯ ރަގަޅުވާނީ ވެސް. އެތެރޭގައި ގަސް ހެއްދުމުން މާ ރަގަޅު ވާނެ ނޫންތޯ. މިހާރުވެސް މަގަށް ހެދިފަ ހުންނަ ގަސްތަކުގައި އެއްޗެއް ހަރެއް ނުލާނެ ބޭރުމީހުން ބިންނަ ވަރުން.” މޫމިނާ ބުންޏެވެ.

“އަންހެނުންގެ ހިޔާލު ނިކަން ތަނަވަސް ވާނެ.” ޖަމާލު މޫމިނާއަށް ބަލައިލަމުން ބުންޏެވެ. “އަދި ހާއްސަކޮން މޫމިނާގެ ހިޔާލު.” މޫމިނާ ލަދުން އިސްޖަހާލި އެވެ.

އެރޭ ޒެކްއާއި ހިބާ ނިކުތީ ހިގާލާށެވެ. ދެމީހުން އެކިއެކި ވަހަކައިގައި ހިގަމުން ގޮސް ވަރަށް ދުރަށް ދެވިއްޖެ އެވެ.

“ހިބް!” ޒެކް ހުއްޓިލަމުން ގޮވާލި އެވެ. ހިބާވެސް ހުއްޓިލާފައި ޒެކްއަށް ބަލައިލި އެވެ. “ހިބް ކިޔަވާ ނިމިގެން ޑިގްރީ ހަދަން ބޭރަށް ދާކަށް ގަސްތެއް ނުކުރަންތަ؟ މިހާރު އަބޫ ވެސް ވެއްޖެ މާސްޓާސް ހަދަން ބޭރަށް ގޮސް. ލަޔާން ވެސް ޑިގްރީ ހަދަނީ. ދެން ހުރީ ހިބް. ހިބް ކުރިއަށް ވިސްނަނީ ކޮން ގޮތަކަށް؟” ޒެކް އަހާލި އެވެ.

“އިތުރަށް ކިޔަވާކަށް ހިބާ ގަސްތެއް ނުކުރަން. މިހާރުވެސް މި ކިޔަވަނީ މަންމަ ބުނެގެން.” ހިބާ ބުންޏެވެ. “މީ ހުބާ ބޭނުންވާ ފީލްޑެއް ނޫން. ހިބާ އަކަށް އަދިވެސް އަސްލު ނޭގޭ ހިބާ ބޭނުންވަނީ ކޮން ކަމެއް ކުރަން ކަމެއް.” ހިބާ ޒެކްއަށް ބަލައިލި އެވެ.

“ހިބާ އަދިވެސް ހީކުރަނީ ހިބާ ކުޑަ ކަމަށްތަ؟” ޒެކް ހީލަމުން އަހާލި އެވެ. ހިބާ ބޯ ހޫރާލި އެވެ.

“ޒެކް، ހިބާއަށް މިހާރު ހީވޭ ހިބާ ބޮޑު ވެއްޖެ ހެން. އެކަމަކު ހިބާއަކަށް ނޭގެ އަދިވެސް ހިބާގެ ފީލްޑެއް. ހިބާއަށް ހީވަނީ ޖެހުނު ކޮންމެ ކަމެއް ކުރެވޭނެހެން ހިބާއަށް.” ހިބާ ވަރަށް އުއްމީދާއި އެކު ބުންޏެވެ. އެވަގުތު ކައިރީ ހުރި ފިހާރަ ތެރެއިން ޒޭބާ ނުކުތެވެ. ޒޭބާއަށް ޒެކް ފެނުމުން ވަރަށް ހެވިފައި އައިސް ޒެކް ކުރިމަތީ ހުއްޓުނީ ހިނިއައިސްގެން ހުރެ އެވެ.

“ޒެކް!” ޒޭބާ ގޮވާލަމުން ޒެކް ކުރިމައްޗަށް އަތް ދިއްކޮށްލި އެވެ. “އޮޓޯގްރާފް ޕްލީސް.”

“ސޮރީ! ނޯ ޕެން.” ޒެކް ދެ އަތުން އިޝާރާތް ކޮށްލަމުން ބުންޏެވެ.

“ވަރަށް ފޫހިވޭ.” އަތް ތިރި ކޮށްލަމުން ޒޭބާ ބުންޏެވެ. “ޒެކް މިހާރު ލަވަ ނުކިޔަނީ ކީއްވެތަ؟” ޒޭބާ އަހާލި އެވެ.

“އެއީ ދެން އެހާ ރަގަޅު ކަމެއް ނޫން ވީމަ. އަނެއްކާ ވަރަށް ބިޒީކޮން މި އުޅެނީ ވެސް. އެހެންވެ އެކަމާ އުޅޭނެ ވަގުތެއް ވެސް ނުވޭ.” ޒެކް ބުންޏެވެ.

“އަހަރެން މިއުޅެނީ މާލެ ދާން. ހިބާ އުޅޭ ގޭގަ އަހަރެން ވެސް އުޅޭނީ.” ޒޭބާ ހިބާއަށް ބަލައިލަމުން ބުންޏެވެ.

“ރަގަޅެއްނު.” ފޫހިވެފައިވާ ގޮތަކަށް ހިބާ ބުންޏެވެ.

“ހިބާ ހީކުރީ މާލެއިން ކިޔެވޭނީ ހިބާއަށް އެކަނި ކަމަށްތަ؟” ހިބާގެ ޖަވާބު އައި ގޮތުން ޒޭބާ ކައިރިއަށް ރުޅި އަންނަގޮތް ވެގެން ޒޭބާ ބުނެލި އެވެ.

“އެހެން ހިބާ ނުބުނަމެއްނު.” ހިބާ ހައިރާން ވެފައި ހުރެ ބުންޏެވެ. “އެކަމަކު އެގޭ މީހުން މި އަހަރު ފެށޭ އިރު ހިޔެއް ނުވޭ ތިބޭނެ ހެނެއް.”

“ހިބާއަށް ކޯޗެއް ތި އިނގެނީ؟” ޒޭބާ ބުންޏެވެ. “ނަދޫ ބުނި އަހަރު ފެށެން ވާއިރަށް މާލެ އަންނާނަމޭ. ނަދޫއާ އަހަރެންނާ އެގޭގަ އުޅޭނީ. ކައްކާމީހަކު ވެސް އެގޭގަ އުޅޭނެ. އަހަރެން ހަމަ އެކަނި ޖެހޭނީ ކިޔަވަން ކަމުގަ ނަދޫ ބުނީ.” ޒޭބާ ހުރީ ވަރަށް ފަހުރު ވެރި ވެލާފަ އެވެ.

“ނަދޫ އަންނަނީ؟” ހިބާ ހައިރާން ވެފައި ހުރެ އަހާލި އެވެ. ޒޭބާ ބޯ ޖަހާލާފައި އެތަނުން އަވަހަށް ހިގައްޖެ އެވެ.

“ނަދޫ ކީއްވެބާ އެ އަންނަނީ؟” ހިބާ ޒެކްއާއި ދިމާއަށް އެނބުރިލަމުން އަހާލި އެވެ.

“ޒޭބާގެ ބައްޕަ ކިޔާ ވަރުން ކަމަށް ވެދާނެނު.” ޒެކް ބުންޏެވެ. ހިބާ ބޯ ޖަހާލި އެވެ. ޖިހާދުބެ އަކީ ވަރަށް ނުފޫޒް ގަދަ ބައެކެވެ. ކުރަން ބުނެފި ކަމެއް ނުކޮށެއް ނުތިބޭނެ އެވެ. މީހުން ލައްވާވެސް އެތަކެއް ފަހަރު ކިޔައިގެން ހުއްޓާލާނީ ކޮށްފަ އެވެ. ހިބާއަށް އެމީހުންގެ ގޮތް އެނގެއެވެ.

ޖަމާލް އެނދުގައި އޮށޯވެލައިގެން އޮތީ ނިދަން ތައްޖަމާލް އެނދުގައި އޮށޯވެލައިގެން އޮތީ ނިދަން ތައްޔާރު ވެގެންނެވެ. ރީތިވާ ލޯގަނޑު ކައިރީ މޫމިނާ ހުރެގެން ގައިގައި ކޯލާޓަރު ފޮދެއް ހާކާލި އެވެ.

“މޫމިނާ،” ޖަމާލު ނިކަން ލޯބިން ގޮވާލި އެވެ. މޫމިނާ ޖަމާލްއަށް ބަލައިލި އެވެ. “އަދިވެސް މޫމިނާގެ ރީތި ކަމަށް ކުޑަވެސް ތަފާތެއް ނާދެ. މޫމިނާގެ ރީތިކަން އަހަރުމެންގެ ހިބާއަށް ލިބިފަ އެހެރީ. އެމަންޖެވެސް ބޮޑުވި ބޮޑުވިހެން ހީވަނީ މޫމިނާހެން.” ޖަމާލް ބުންޏެވެ.

    “އެކަމަކު އަޅުގަނޑު މީ ދޮން މީހެއް ނޫނެއް ނޫންތޯ. ހިބާއަށް ލިބިފައި ވަނީ ޖަމާލްގެ ކުލަ. އަދި ހިބާގެ އުޅުން ވެސް އެއީ އަޅުގަނޑު އުޅޭ ގޮތެއް ނޫން. ހިބާ އުޅެނީ ޖަމާލް އުޅުއްވާ ގޮތަށް.” މޫމިނާ އެނދު ކައިރިއަށް އައިސް ހުއްޓިލަމުން ބުންޏެވެ.

“އަހަރެން އުޅެނީ ކިހިނެއް؟” މޫމިނާގެ އަތުގަ ހިފާލަމުން ޖަމާލް އެހި އެވެ.

“ހިބާ ވެސް އެއުޅެނީނު އަވަސް އަރުވާލައިގެން. ކޮންމެ ކަމެއްވެސް އަވަސް އަވަހަށް ކޮށް ނިއްމާލާނީ. އެހާ ހަލުވި ވާނެ.” މޫމިނާ ބުންޏެވެ.

“ތެދެއް ތި ބުނީ. އަހަރެނަށް ވެސް އުޅެވެނީ އެހެން ދޯ. އެކަމަކު މޫމިނާ ތި އުޅެނީ އެހާ މަޑުމައި ތިރިކޮން. އެހާ އަންހެން ވަންތަ.” ޖަމާލް މޫމިނާ ގެ އަތަށް ދަމާލި އެވެ. މޫމިނާ ލަދުން ހުރެވެސް އެނދުގައި އޮށޯތެވެ. ޖަމާލް މޫމިނާ ގެނެސް ޖަމާލްގެ މޭމަތީގައި ބޭއްވި އެވެ. ދެމަ ފިރިންނަށް އެގޮތަށް ލޯބިކޮށްލަން އެލިބުނީ ކިހާ ދުވަހެއް ފަހުން ހެއްޔެވެ.

“އަޅުގަނޑު ކައިރިއަށް އަބްޔާން ނުފޮނުވަނީ ކީއްވެތޯ. އެސޮރު ދެކިލާ ހިތުން އުޅޭތާ ކިހާ ދުވަހެއް ވެއްޖެ. އެސޮރު ފޯނެއް ވެސް ނުނަގާނެ ގުޅިއަސް.” މޫމިނާ ދެރަވެފައި އޮވެ ބުންޏެވެ.

“އަހަރެން ވަރަށް ބުނަން އަބްޔާން ގާތު މޫމިނާއަށް ގުޅަން. އެސޮރު އާއިލާއާ ވަރަށް ދުރު. އެކަމަކު ހިބާއަށް ވަރަށް އަޅާލާ. އަހަރެން ނާވެސް ވަރަށް ދުރު. އަހަންނަށް ބައެއް ފަހަރު ހީވޭ އަހަރެންގެ ދަރިއަކީ ޒެކް ހެންވެސް. އަހަރެން ބުނާ ހުރިހާ ކަމެއް ކޮށްދީ ހަދަނީ ޒެކް ވިއްޔަ.” ޖަމާލް ބުންޏެވެ.

“އަބްޔާން ލަންޑަންގަ މިހާރު އެ ހަދަނީ ކޯޗެއްތޯ؟” މޫމިނާ އަހާލި އެވެ.

“އެސޮރު މާސްޓާރސް ހަދަނީ. ޗުއްޓީއަށް އަންނަން އުޅެނީ. އަބޫދާބީގަ މަޑުކޮށްލާފަ އަންނާނީ. އެސޮރު އުޅެނީ އަބޫދާބީ މުސްލިމް ކުއްޖަކާ ރައްޓެހި ވެގެން.” ޖަމާލް ބުންޏެވެ.

“ނާ ހަމަ ތެދެއްތޯ؟ ދެން އެސޮރު އަޅުގަނޑު މެނަށް ނުފެންނާނެތޯ. އެސޮރު އުޅޭނީ އަބޫދާބީގަ ތޯ؟” މޫމިނާ ދެރަވެފައި އަހާލި އެވެ.

“ނޫނޭ! އެސޮރު ބުނި މާލޭގަޔޭ އުޅޭނީ. އަހަރެން އެހެރީ ޒެކް މެންގެ ގެ ދިހަ ބުރިއަށް ހަދާފަ. އެގެއިން އެއް އެޕާރޓް މެންޓް އެހެރީ އެސޮރަށް ހާއްސަކޮއްފަ،” ޖަމާލް މޫމިނާ ގައިގައި ފިރުމާލަމުން ބުންޏެވެ. “އެސޮރު ބޭނުން ވަނީ ވަކިން އުޅެން.”

އެގޮތަށް ވާހަކައިގައި އެތައް ދަމެއް ވަންދެން ދެމަފިރިން ތިއްބެވެ. އެހާ ދުވަހަށް ފަހު އެގޮތަށް ވާހަކަ ދައްކާލާ ހަދަން ލިބުނު ފުރަތަމަ ފަހަރު ވިއްޔާ އެވެ.

ޖެހިގެން އައި ދުވަހު އެގެ ހުސްކުރަން ޖަމާލް އެންގި އެވެ. މޫސަބޭ މެންގެއަށް ހުރިހާ އެއްޗެއް ބަދަލު ކުރަން ފެށި އެވެ. އެއީ މޫމިނާ މެންގެއަށް ވުރެން މާ ދުރުގައި ހުންނަ ގެއެކެވެ. އެގޭގައި ހަދާފައި ހުންނަނީ އެންމެ ދެ ކޮޓަރި އެވެ. ނަމަވެސް ކޮންމެސް ގޮތަކަށް ގެ ހެދެންދެން އެގޭގައި ތިބުމަށް ޖަމާލް އެންގި އެވެ.

އެގޭގައި އުޅެން ހިބާއަށް އެންމެ އުނދަގޫވީ އިންޓަރނެޓް ނެތުމުން ނެވެ. ހިބާއަށް މިހާރު ނެޓާ ނުލާ ނޫޅޭވެއެވެ. ޒެކް ހިބާގެ ފޯނަށް ޕެކޭޖް އަޅައި ދިނެވެ. އެހެން ކަމުން މިހާރު ފިޒްމެނާއި ހަފީޒާއަށް ގުޅެ އެވެ. ދޭތެރެއަކުން އަބްޔާން ވެސް ހިބާއަށް ގުޅަ އެވެ.

ދުވަސްތައް ހަލުވި ކަމާއި އެކު ދާން ފެށި އެވެ. ޗުއްޓީ ނިމުމުން ހިބާވެސް މާލެ ބަދަލު ވެއްޖެ އެވެ. އަދިވެސް ހިބާއަށް ހުންނަން ޖެހުނީ ޝަކީލާ ކައިރީ އެވެ. ހަފީޒާ މެނަށް އާދެވޭނެ ދުވަހެއް ވެސް ނޭގެ އެވެ. އަދިވެސް ފައުޒާން ރަގަޅު ވާގޮތެއް ނުވެ އެވެ. ނަމަވެސް ނަދީމާމެން މިހާރު އުޅެނީ މާލެ އަންނާށެވެ. އަލުން ތިންމަސް ކޮށްފައި ދާގޮތަށެވެ. ނަދުވާ މާލެ އައުމާއި އެކު ޒޭބާ ވެސް މާލެ ބަދަލުވެއްޖެ އެވެ. ޒޭބާއާއި ނަދުވާ ހީވަނީ އެކައްޗެއް ހެނެވެ. އެއް ހިޔާލެއްގެ ދެމީހުން ވީމަ ކިހާ ގުޅޭނެ ހެއްޔެވެ. ދެމީހުން ވެގެން ހިބާއާއި ދިމާކޮށްލައިގެން ދޭތެރެއަކުން އުޅެ އެވެ.

އެގޮތުގައި ދުވަސްތައް ދެއެވެ. އަޒްމީލު ވެސް މިހާރު ނިހާނީ ގެއަށް ގެންނަން ފަށައިފި އެވެ. ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ ދައްކަ އެވެ. ޝަކީލަ ހުންނަނީ އެކަމާ ނިކަން އުފާ ވެފަ އެވެ. ނިހާނީ އަކީ ތަނަވަސް އާއިލާ އެއްގެ ކުއްޖަކަށް ވެފައި ހިބާގެ މިޒާޖެ އޭނަގެ ހުންނާތީ އެވެ. ޝަކީލާ މިހާރު މުޒާހިރާ ތަކަށް ވެސް ގޮހެއް ނޫޅެ އެވެ. ނަމަވެސް ނިކަން ސިޔާސީ ޕްރޮގްރާމްތައް ޓީވީއިން ބަލާ ހަދަ އެވެ. މާޒް ވެސް މިހާރު ގިނައިން އުޅެނީ އައިސް ޝަކީލާ މެންގޭގަ އެވެ. ހުރިހާ ކުދިން މަޖަލުގައި އުފަލުގައި އެހެން އުޅޭތަން ފެނުމުން ޝަކީލާ ވެސް އުފާ ވެއެވެ. ޝަކީލާގެ ބަދަލު ވަފައިވާ މިޒާޖު ފެނުމުން ރަޝީދް ވެސް ހުންނަނީ ނުހަނު ހިތް ހަމަ ޖެހިފަ އެވެ.

އާދައިގެ މަތިން ހިބާ އެދުވަހު ހެދުނު ހޭލައިގެން ބަދިގެއަށް ވަނީ ޝަކީލާއަށް އެހީ ވާށެވެ. އޭރު ޝަކީލާ ބަދިގޭގައި އުޅެ އެވެ. ޝަކީލާ ހުރީ ފުށް މޮޑޭށެވެ. އައި ނައި ދިމާލެއް ނޭގި އިރު ކޮޅަކުން ހިބާ ގައިގައި އައިސް ޖެހުނީ ބިސް ތަކެކެވެ.

“އާހް!” ހައިރާން ވެގެން ހިބާ ބަލައިލި އިރު އަޒްކާއާއި އަޒްމީލު ބަދިގެ ދޮރުމަތީ ހެވިފައި ތިއްބެވެ. ޝަކީލާ ވެސް ހިނި އައިސްފައި ހިބާއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިބާ ހުރީ އަޖައިބު ވެފަ އެވެ. ބިސް ޖަހާފައި ހެވިފައި އެންމެން އެބަ ތިއްބެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 13..

Next

މަންޝާ (ނުވަވަނަ ބައި)

Next
April 18, 2016

މަންޝާ (ނުވަވަނަ ބައި)

Previews
April 17, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 13..

14 Comments!

  1. Xee says:
    April 17, 2016 at 9:25 pm

    Varah salhi?????? waiting for next part?????

  2. ai says:
    April 17, 2016 at 9:28 pm

    Nt interestin

  3. Ellie says:
    April 17, 2016 at 9:40 pm

    Haadha lahakun thi up kohly. Ehen kudhinnah vaavaru mihaaru vany 🙁

  4. Aishath Zoona says:
    April 17, 2016 at 9:57 pm

    haadha inthizaareh miadhukurevijje mivaahaka up kurey thw. kobaa aneh part konme dhuvahaku 2 part up kuramehnu

  5. Aimsithu says:
    April 17, 2016 at 11:02 pm

    Alhr maadhan meege aneh baii kiyaaa lan libeyne nama dho

  6. unknown says:
    April 18, 2016 at 6:56 am

    Awesome waiting 4 next part ……..

  7. Minmii says:
    April 18, 2016 at 9:53 am

    Next part koniraku….can’t wait

  8. saaaaa says:
    April 18, 2016 at 9:58 am

    Dhen xaan rangalhu kohbala pls

  9. Soabi says:
    April 18, 2016 at 10:13 am

    V salhi mi part ves dhen xaan ragalhu ve naduvage kahtah bast vaane irakah intizaaru kureveney please next part up koahlabaa avahah ???

  10. Naaa says:
    April 18, 2016 at 2:20 pm

    Plz next part avas khla dheeba v salhi mi part waiting for next part Aasi avas kh up khla dheeba, haadha lahun up kurane balhi tha? Noone busy v tha maa bodah?

  11. Nau says:
    April 18, 2016 at 2:56 pm

    Aasi plx avas

  12. Ma says:
    April 18, 2016 at 3:18 pm

    Haadha kada vejjey up vun

  13. Zee says:
    April 18, 2016 at 3:43 pm

    Haadha lahey up kuraleh thankolheh avahah genes dheeba plx v kiya hivva vaahaehmee

  14. Faxoo says:
    April 26, 2016 at 3:02 pm

    Hiba ge birthday tha 😛 mibai ves varah reethii

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 26 ވަަނަ ބައި←


All Right Reserved!