Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 64

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 14, 2026 3 Mins Read
2 Comments

ޑައިލަސިސް ހަދާ ކޮޓަރީގައި އޮތް އަޒީންގެ އަތަށް މެޝިނުތައް ގުޅުވަން ހުރި ޒާލާއަށް އިރު އިރުކޮޅުން އޭނާގެ މޫނަށް ބަލައިލެވެޔެވެ. ފައިހާ ބުނީ ތެދެކެވެ. އެއީ ރީތި ޒުވާނެކެވެ. އުމުރުންވެސް ޅައެވެ. ނަމަވެސް އޭނާ މިއަދު މި ވަނީ ފަރުވާއެއް ނެތް ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ. މި ޒުވާނާގެ ދިރިއުޅުން ހަލާކުވީ ގޮތާއި މެދު ޒާލާގެ ހިތުގައި ސުވާލު އުފެދުނެވެ. “ކީއްވެތަ އިރު އިރު ކޮޅާ ތި ބަލަނީ؟” ޒާލާ ބަލާކަން އެނގި އަޒީން އެހިއެވެ. ވަގުތުން ޒާލާ ދިޔައީ ސިއްސައިގެންނެވެ.

(64 ވަނަ ބައި)

“އޭނ؟؟ ކީކޭ…؟” ޒާލާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.

“ކޯއްޗެއްތަ ތި ބަލަނީ؟ އެއްކަލަ ވައްތަރު ޗެޓްޖީޕީޓީ އިން ކިޔަވައިގެން އުޅޭ ނަރުހެއް ދޯ ތިއީ؟ ތި ކަން ކުރަންޏާ ރަނގަޅަށް ކޮށްބަލަ” ހިތްހަމަ ނުޖެހިފައި އަޒީން ބުންޏެވެ. އަދި ދެލޯ މަރާލިއެވެ.

ދެލޯ ތަޅުވާލާފައި ލޯ ހުޅުވާލި މަޒީނާގެ ބޮލުގައި ބަރު ތަދެއް ވިޔެވެ. މޫނު މައްޗަށް އަނދިރިވެ، ބޮލުގައި ރިއްސާ ކަހަލަ އިހުސާސެއްވެސް ދިޔައީ ކުރެވެމުންނެވެ. ބޮލުގައި އަތް ޖައްސާލަމުން އޭނާ ތެދުވެ އިށީންނަން އުޅެނިކޮށް މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ.

“އަދި އޮށޯވެލާ. އެނބުރުން އެކީގައި ކެނޑެންދެން އޮށޯވެލާ، މަޒީނާ” އެޒުވާނާ އެހެން ބުނެލުމާއި އެކު އޭނާއާއި ދިމާލަށް މަޒީނާއަށް ބަލައިލެވުނެވެ. ރީތި ޒުވާނެކެވެ. ބަލާ ބެލުމުން 6 ފޫޓު ހުންނާނެކަން ޔަގީނެވެ. މޫނުމަތީގައި ތުނިކޮށް ތުނބުޅި ހުރި އިރު، އިސްތަށިގަނޑު ވަނީ ޖެލްގެ އެހީގައި ހިއްލާލާފައެވެ. މުށި ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ޖީންސެއް ލައިގެން ހުރި އެޒުވާނާގެ މޫނުމަތީގައިވީ ހިތްހެޔޮ ހިނިތުންވުމެކެވެ.

“ތީ ކާކު…؟ ކިހިނެތް އަހަރެންގެ ނަން އެނގުނީ…؟” މަޒީނާ ހުރީ ހައިރާންވެފައެވެ. މިއީ ކާކު ކަމެއް އޭނާއަކަށް ނޭނގެޔެވެ.

“ފޯނު ވެއްޓިފަ އޮތް އިރު ކަވަރުވެސް އޮތީ ނެއްޓިފަ. ކަވަރު ދަށުގައި އޮތް އައިޑީ ކާޑު ފެނުނީމަ އެނގުނީ. އަޅުގަނޑު މަޒީނާ ހަސްފަތާލަށް ގެނެސްދިނީ” ހިތްހެޔޮ ހިނިތުންވުމަކާއި އެކު އޭނާ ބުނެލިއެވެ.

“ތީ ކާކު؟ މިރަށު މީހެއްތަ؟” މަޒީނާ އެހިއެވެ.

“ލައްބަ. މީ ޝަރަފް” ހިނިތުންވުމަކާއި އެކު ޝަރަފް ތަޢާރަފް ވެލިއެވެ. “ކޮބާ ފިރިމީހާ؟ މަޒީނާ ބަނޑުބޮޑު ވާހަކަ ޑަކްޓަރު ބުނި. 4 މަސް. މަރުހަބާ” މަޒީނާ އުފާވާނެ ވަރު ހިތައް އަރުވާލަމުން ޝަރަފް ބުނެލިއެވެ.

“ފިރިމީހާ ތިހެން ބުނެގެން އުފަލެއް ނުވާނެ. އަންނާނީ ރުޅި” މަޒީނާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ. މަޒީނާގެ އެވާހަކަ އިވި ޝަރަފް ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. ނަމަވެސް ވީ ކީއްތޯ އަހާކަށް އޭނާއަކަށް ނުކެރުނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އަތިރިމަތީގައި ކުޑަ ކުދިންތައް ދުވެ ނަގަމުން ދިޔައެވެ. ލޯބިވެރިންނާއި އެކުވެރިންވެސް އަތިރިމަތީގައި ތަފާތު އެކި އެކި ވާހަކަ ދައްކަމުން ތިއްބެވެ. ޖަހަމުންދިޔަ ރާޅުތައް ވެލިގަނޑުގައި ބީހިލާފައި ދަނީ ވެލިކޮޅުކޮޅު ހިފައިގެންނެވެ. އެ ހިއްގައިމު ގުދުރަތީ އަޑު އަހާ އަހާ މީހަކު ފޫހިވެސް ނުވާނޭކަން ކަށަވަރެވެ. އެއީ އެއަށްވުރެ މާ ހިތްގައިމު މަންޒަރެކެވެ.

އެމީހުންގެ ތެރޭގައި އެޒިކިއެލްއާއި މިކްޔާވެސް ހިމެނުނެވެ. އެޒިކިއެލްގެ ކޮނޑުގައި ބޯ އަޅާލައިގެން މިކްޔާ އޮތް އިރު، އޭނާގެ އަތުގައި ފިރުމާލަ ފިރުމާލަ އެޒިކިއެލް އިނެވެ. “މިހާރު މިހުންނަނީ ހަމަ ކެއްމަދުވެފަ. އެއްލުގެ އަންހެނުންނަށް ވާން” އެޒިކިއެލްގެ ކޮނޑުން ބޯ ހިއްލާލާފައި، އޭނާގެ އަތުގެ ނުފުށުގައި ބޮސް ދެމުން މިކްޔާ ބުނެލިއެވެ.

“އަހަރެންވެސް. މިކީ ތިއީ އަހަރެންގެ ފުރާނަ. މިކީއާއި އެކު އަހަރެން މުޅި އުމުރު ދުވަހު ހޭދަކުރަން އަހަރެން ބޭނުން.” ލޯބިން ފުރިގެން ވީ ރާގެއްގައި އެޒިކިއެލް ބުންޏެވެ.

“އެހެންތަ؟ ހަމަ އެހާ ލޯބިވޭ..؟” އެޒިކިއެލްގެ ކޮނޑުގައި މިކްޔާ ބޯ އަޅައިލިއެވެ.

“އާނ. ޝައްކު ވަނީތަ؟” އެޒިކިއެލް މިކްޔާގެ ނިތުގައި ތުން ޖައްސާލިއެވެ.

“އޭ. މީހަކަށް ފެނިދާނޭ” މިކްޔާ ލަދުން އިސްޖަހާލިއެވެ.

“ކޮބާތަ މައްސަލައަކީ؟ ތީ އަހަރެންގެ ވާން އުޅޭ އަނބިމީހާ. ތިހާ ރީތި ކުއްޖަކު ފެނިފަ ފިރިހެނުން އެހާ ލޯ ވެސް އަޅާނެ. އަހަރެން ބޭނުން މުޅި ދުނިޔެއަށް މިކީ ދައްކަން. ތިއީ އަހަރެންގެ އަންހެނުންގެ ގޮތުގަ. އަހަރެންގެ ހައްގެއްގެ ގޮތުގަ” މިކްޔާގެ ކޮލުގައި އެޒިކިއެލް ހިފާލިއެވެ.

“އައްޗީ. ވަރަށް ރީތި ވިއްޔާ.” މިކްޔާ ޗުސް ތަޅުވާލިއެވެ.

“ހަމަ އަސްލުވެސް ވަރަށް ރީތި. ސިފަ ކޮށްދެންތަ؟”

“އޯހްހް. ޅެންވެރިޔަކީތަ؟ ކިޔާދީބަލަ، ކިޔާބަލަ؟”

“ހޫމްމްމ. މިކީގެ ރީތިކަން ދޯ؟ އޯކޭ، ސިފަ ކޮށްލާ މި ދައްކާ ވާހަކަ އިނގޭ؟ މިހާރު ދޯ. ހީކޮށްލާ މިކީ ތިހުރީ ސުވަރުގޭގައޭ. ދެން މިކީ ވަރަށް ބަނޑުހައި ވެގެން، މިދިޔައީ ކާނެ އެއްޗެއް ހޯދަން. ދެން މި ފެނުނީ އާފަލު ގަހެއް އިނގޭ. ގަހުން އެ އާފަލު ބިނދެލާފަ، މިކީ ދެން މި ކާން ފެށީ އިނގޭ. ވަރަށް ވަރަށް މީރު އިނގޭ. ފުރަތަމަ ނެގި ދަތްވަޅަށް ވުރެ، ދެވަނަ ދަތްވަޅު މާ މީރު. ތިންވަނަ ދަތް ވަޅު އަދި އެއަށްވުރެ މާ މީރު”

“ތީގެ މާނައަކީ؟” މިކްޔާ އިނީ ވާނުވާގައެވެ.

“އޭގެ މާނައަކީ، އެއްލުއަށް މިކީ ފެންނަ ކޮންމެ ފަހަރަކު، ފަހުން ފެނުން ވަރަށް ވުރެ މާ ރީއްޗޭ. ކޮންމެ ދުވަހަކުވެސް ތިރީތިކަން ވަނީ އިތުރޭ” އެޒިކިއެލްގެ އެ ވާހަކަ އިވި މިކްޔާ ގަންނާ ކުރެއްވީ ލަދުން މޫނުގައި އަތް އެޅިއެވެ.

“ހޫންން. ހެވޭ ލަދު ނުގެންނުވިޔަސް” އެޒިކިއެލްގެ އަތުގައިވިކައިގަންނަމުން މިކްޔާ ބުންޏެވެ.

“އައުޗް. ލަދުގަންނުވާކަށް ނޫނޭ، ހަމަ އަސްލު ތެދު މިބުނީ. ތީ ހަމަ ލޯބި ހޫރު ޕަރީއެއް. މުޅި ދުނިޔޭގައިވެސް ތިހާ ރީތި ކުއްޖަކު ނޫޅޭނެކަން ކަށަވަރު” ހީނލަމުން އެޒިކިއެލް ބުނެލިއެވެ.

(ނުނިމޭ)

ފަސްދޮޅަސްފަސްވަނަބައިގެ ތެރެއިން:

“ކިހާ ދެރަ ކަމެއްތަ؟ އަހަރެން ބޭނުމެއް ނޫނޭ ބޯ ކޮށާކަށް” ނުދާން ވެގެން އިމްރާން އަނެއްކާވެސް ގަދަ ހަދާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ..23

Next

ޒާޔާ – 2 (ތިންވަނަ ބައި)

Next
June 14, 2026

ޒާޔާ – 2 (ތިންވަނަ ބައި)

Previews
June 14, 2026

ގޮތް ހުސްވެފައި ހުރީމޭ..23

2 Comments!

  1. 🌷AALU'S LOVER🌷 says:
    June 13, 2026 at 7:20 pm

    Imraan in the next ep????????
    This is going to be craxxxxyyyyyyyy!!!!!!!!
    Miky n ellu v loabi❤️❤️❤️
    Cuteeee couple eh dhwww❤️❤️
    Anyways when next?????
    Lysm n tc💋💋

    1. shihaamaa ali shihaamaa ali says:
      June 13, 2026 at 10:31 pm

      YAAASHHHH Imraan coming againn🫣🫣
      Dhww i love emm smmm🥹🥹
      In sha allah next soon..
      Likewise 🩶🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 65←


All Right Reserved!