“އާނ. ތިވެސް މުޅިއަކުން ދޮގެއް ނޫން. އެހެން ނޫނަސް ކޮބާ މައްސަލައަކީ؟ މިއީ ދެމަފިރިންނޭ. ހުއްދަ ދެމީހުން މިއީ. ނިކް މާ ފޯރި ހުރި މި ގުޅުން ހަރާން އިރު. ހުއްދަ މީހުން ކަމު ނުދަނީތަ؟” ޒުކާ ކޮށްލި ސުވާލުން ނިކްޔާން އަތް ހިއްލާލީ ޒުކާގެ ހަށިގަނޑުގައި ޖެހުމަށެވެ. ނަމަވެސް އެވަގުތު ޒާކު ދޮރު ހުޅުވާލިއެވެ.
(11 ވަނަ ބައި)
“ކީއްވެ ބައްޕިއާއި މަންމި ތި ތޮޅެނީ؟” ދެލޯ ބޮޑު ކޮށްލަމުން ޒާކު އަހައިލީ މައުސޫމް ގޮތަކަށެވެ.
“ހެހެ ދަރިފުޅު ދައްކާ ވާހަކަ. މަންމިއަކަށް ބައްޕި ނުތޮޅޭނެއްނުން؟ މަންމި މޫނުމަތީގައި އިން މަދިރިއެއް މަރާލަންށޭ މިއުޅެނީ. ހިނގާބަލަ އަވަހަށް ބޭރަށް” ޒުކާއަށް އެއްޗެއް ނުބުނެވެނީސް ޒާކު ގޮވައިގެން އަވަސް އަވަހަށް ނިކްޔާން ކޮޓަރިން ނިކުތެވެ.
ޑިއުޓީ ނިންމާފައި ގެއަށް ވައިން އިޔާލްގެ މޫނުމަތީގައި ވަރުބަލިކަން ވިޔެވެ. ނިއްކުރިމަތީގައި އޮށްދާ ހިއްލަމުން ދިޔަ އިރު، ހަށިގަނޑުގައިވެސް ވަރުބަލިކަން ވީކަން އޭނާގެ ލަސް ހަކަރާތްތަކުން އެނގެމުން ދިޔައެވެ. ވޭތުވެ ދިޔަ 5 އަހަރުގައި އިޔާލްއަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނެތެވެ. އެހެން ވިޔަސް ކުރިއަށް ވުރެ މިހާރު މާ ހިކިހެން ހީވެޔެވެ. އަޅައިގެން ހުރި ޓައީ ދޫކޮށްލަމުން އެތެރެއަށް ވައިން އިޔާލްއަށް ސޯފާގައި އޮތް އިލައިކާ ފެނި އެދިމާލަށް ދިޔައެވެ.
“ދަރިފުޅު ނުކައިތަ ތީނީ އަދިވެސް…؟” ސޯފާގައި ކުރުގެޅިލައިގެން އޮތް އިލައިކާ ފެނި ހާސްވެފައި އިޔާލް އެހިއެވެ. އިލައިކާގެ އަތުގައި ހިފާލި އިރު އެއަތް ހޫނު ކަމުން އިޔާލް ދިޔައީ އެލިގެންނެވެ.
“ދަރިފުޅާ ތިއޮތީ ހުން އައިއްސައެއްނުން؟ ކޮބާ މަންމި؟ ކީއްވެ މިތާގަ ތިއޮތީ؟” އިޔާލް، އިލައިކާ ނަގާ މެޔާލާ ބޮނޑި ކޮށްލިއެވެ.
“ބައްޕީ… ހި.. ހީކަރުވަނީ…” އިލައިކާގެ އަޑުގައި ތުރުތުރުލުމެއް ވިޔެވެ.
“އެއްޗެއް ކައިގެންތަ ތިއޮތީ؟ އަޅެ ބައްޕިއަށް ގުޅި ނަމަ؟” އިޔާލްގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ.
“އިލައި ބުނީމޭ މަންމި ކައިރީ. މަންމި އޮތީ ނިދާފަ. އިލައިއަށް 2 ފަހަރު ހޮޑުވެސް ލެވުން. ވަރަށް ބަނޑުހައި…” އިލައިކާއަށް ރޮވުނެވެ. އެ މައުސޫމް ކުއްޖާ މަންމައަށް ބޭނުންވެފައިވީ ވަރު ފެންނަމުން ދިޔައީ އިންތިހާއަށެވެ. އެމަންޒަރު ފެނި އިޔާލްގެ ހިތައް މީހަކު ވަޅިއެއް ހަރާލި ފަދަ އިހުސާސެއް ކުރެވުނެވެ. ހިތުގައި އިންތިހާ ދަރަޖައިގެ ވޭން އުފެދުނެވެ. ކެއްކުރަން ދަތިވިއެވެ. މަޔަކަށް ދަރިއަކަށް އެހެން ހަދަން ކެރޭތީވެސް އިޔާލް ހައިރާންވާހާ ވެޔެވެ.
“ހުއްޓާލާ ބައްޕި ފުރާނަކޮޅު. މިއަންނަނީ ބޭސް ހިފައިގެން. އޮށޯވެލާ” އިލައިކާ ސޯފާގައި ރީތިކޮށް ބާއްވާފައި، އިޔާލް ވަނީ ކޮޓަރިއަށެވެ. އޭރު ލަޔާލީ އޮތީ ގަދަ ނިދީގައެވެ. އެމަންޒަރު ފެނި އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ފޮތިގަނޑު ނަގާ ހޫރާލިއެވެ. އެވަގުތު ސިހިފައި ލަޔާލީއަށް ހޭލެވުނެވެ.
“އިޔާލް، ކަލޭ މޮޔަވީތަ؟ ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟؟” ހިތްހަމަ ނުޖެހިފައި ލަޔާލީ އެހިއެވެ.
“ކޯއްޗެކޭ ކިޔާނަމޭ ހިތާ ތިއުޅެނީ. ބަލަ އިލައި އެއޮތީ ހުމާ ފިހި ފިހިއޭ. އެފަކީރު ދެފަހަރު މިހާރު ހޮޑުވެސް ލައިފި. ބަނޑުހައި ވެގެން ހާންތިވާވަރު ވީ ފަހުން މަށަށް މި އާދެވުނީވެސް. ކަލޭ ތީ އަޅެ އިންސާނެއްތަ؟” ފަހުން ކޮށްލި ސުވާލު ކުރި އިރު އިޔާލްގެ އަޑު އައީ ކެނޑިކެނޑިގެންނެވެ.
“ދެން ތިހެން ވިއްޔާ އިޔާލް އޭނަ ބެލީމަ ވީނުން؟ ތި ވަރުގެ ބައްޕައެއް މިހަކަށް ނުލިބޭނެ ވިއްޔާ” ލަޔާލީ ހަރަން ބަނދެލިއެވެ.
“ލަޔާ އެއީ ހަމަ އެކަނި އަހަރެންގެ ދަރިއެއް ނޫނޭ. ތީ އިލައިގެ މައިމީހާއޭ. އެއީ އަހަރެމެންގެ ދަރިފުޅޭ. ހެޔޮނުވާނެ ތިހެން ހަދާކަށް. އެފަކީރު ކިހާ ދެރަވާނެ. ކިހާ ވަރަކަށް މަންމަ ބޭނުންވާނެ؟ ލަޔާ ހެޔޮނުވާނެ ތިހާ ހިތް ހަރު ނުވޭ…” ލަޔާލީ ކުރިމަތީގައި އިޔާލް ކުޑަކަކޫ ޖެހިއެވެ. އެމަންޒަރު ފެނި ލަޔާލީއަށް އެއްވެސް ވަރެއްގެ އަސަރެއް ކުރިހެނެއް ހިޔެއް ނުވެޔެވެ.
“އިލައިކާ ޑަކުޓަރަށް ދައްކަންތަ ތިއުޅެނީ؟” އިރުކޮޅެއްގެ ހަމަ ހިމޭންކަމަށް ފަހު ލަޔާލީ އެހިއެވެ.
“ހޫމް. ކިހިނެތްވީ؟”
“އިޔާލް ދާނެ ކަމެއް ނެތް. އަހަރެން ދާނަން. އަހަރުން އަންނަން ވާއިރަށް ކާއެއްޗެއް ހަދާ. އަހަރެންވެސް ވަރަށް ހައިވެފަ” މިހެން ބުނެ ލަޔާލީ އެނދުން ތެދުވިއެވެ. ލަޔާލީގެ ވިސްނުމަށް ބަދަލެއް އައިކަމަށް ނިންމާފައި އިޔާލް ދެންވަނީ ފާހާނާއަށެވެ.
“ތެދުވޭ. ހިނގާ ހޮސްޕިޓަލަށް ދާން” އިލައިކާގެ އަތުގައި ހިފާ ނަގާފައި ލަޔާލީ ބުނެލިއެވެ. ލަޔާލީގެ އަތު ތެރެއަށް އިލައިކާ ބޮނޑިވިއެވެ. އޭނާ ގާތުން ދުރަށް ދާން އެކުއްޖާ ބޭނުންވެސް ނުވާފަދައެވެ.
“މާ ނޯޅުލާ ހުރޭ” އިލައިކާ ދުރުކޮށްލަމުން ލަޔާލީ ބުނެލިއެވެ. ބަސް އަހާ އެކުއްޖާ އިސްޖަހާލަމުން ދެއަތް ޖޯޑު ކޮށްލިއެވެ. އަދި ލަޔާލީގެ ފުރަގަހުން ހިނގަމުން ދިޔައެވެ.
ކާރަކަށް އަރައިގެން ދެމައިން ހަސްފަތާލަށް ދިޔުމުގެ މަންޒިލު ފެށިއެވެ. އިރު އިރުކޮޅުން ލަޔާލީއަށް އިލައިކާއާއި ދިމާލަށް ބަލައިލެވެޔެވެ. ނަމަވެސް އެލޮލުން ކަންބޮޑުވުމެއް ނުފެނެޔެވެ. ފެންނަނީ ބިރުވެރިކަމެވެ. ސިހުމެވެ. ކޮންމެވެސް ކަމަކާއި ބިރުން އިން ފަދައެވެ. “މިކަން އިޔާލްއަށް އެނގިއްޖެއްޔާ…؟” ހިތާ ހިތުން ލަޔާލީއަށް ބުނެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އެކަން ވަންހަނާ ކުރުން މިހާރު މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އެއީ ކޮން ކަމެއް ބާއެވެ؟ ކޮން ސިއްރެއް ބާއެވެ؟ ލަޔާލީ އެ ފޮރުވަނީ ކޮން ކަމެއް ބާއެވެ؟ ހިންދިރުވާލަމުން ލަޔާލީ ކާރުގައި ހަމަ ޖެހިލިިއެވެ.
(ނުނިމޭ)
ބާރަވަނަބައިގެ ތެރެއިން:
“އަޅެ ލަޔާ.. ހީވޭތަ މިކަން އުމުރަށް ސިއްރު ކުރެވޭނެހެން؟؟” ދުރުގައި އިން އިލައިކާއާއި ދިމާލަށް ބަލައިލަމުން ނައިނާ އަހައިލިއެވެ.
6 Comments!
Comments are closed.







I don’t think Ilaikaa is Iyaal’s daughter
Btw mi part vx vrh reethi
When’s next??
Welllll…. lets see dhww dhen hehe..
In sha allah next maadhan nun aneh dhuhun.. stay tuned, jazaakallah khair🩶🫶🏻
Ikaila eii iyaal ge daughter ehnoon. I’m 100% sure of it. Layaalee and someone else affair eh hingaigen libunu kujjeh eii. That’s what i think.
I feel bad for ilaika and zaaku honestly. Ekudhinnah eheri libifa janavaarun thakeh fadha mamma in. I feel bad for their dads too. Bad wifes libunyma
Anyways mibaives vrh reethi as always. Masha’allah.
When next shihaa?
Asluvess dhww i feel bad for them too.. lets see dhww dhen.. everything will be revealed mi season ga..
Jazaakallah khair shav.. in sha allah next maadhan nun aneh dhuhun🩶🫶🏻
Nice
When next ?????
jazaakallah khair .. in sha allah next soon🩶🫶🏻