Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވަފާތެރިމަވީމޭ 2 (10)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 4, 2026 3 Mins Read
15 Comments

“ކޮބާތަ ޔޫއާގެ ފިރިމީހާ؟ ފުރަތަމަ ދިމާވި ދުވަހު ބަނޑުބޮޑުވެ ހުރީ. އެކަމަކު އެދުވަހުވެސް ހުރީ އެކަނި. މިއަދުވެސް އެކަނި.” ފައިޒަންއާއި ދިމާލަށް ބަލަން އޮވެ، ދޫނެރެލަ ނެރެލަ އޮތް ކުޑަކުޑަ ޔަލާގެ އަތުގައި ހިފާލަމުން އޭނާ އެހިއެވެ. “ވަރިވެފަ…” ޔޫއާގެ ޖަވާބު އިވި ފައިޒަންގެ އަނގަ ކުނި ވިއެވެ. އެހެން އެހުނީތީ ލަދުގަނެ، ދެރަވިއެވެ. “ސޮރީ…”

(10 ވަނަ ބައި)

“އެ އޯކޭ ވާނެ. އަހަރެން އޭނަ ގެއްލިގެން ދެރައެއްވެސް ނުވޭ މިހާރު. ކައިވެނި ކުރީވެސް އާއިލާ މަޖުބޫރު ކޮށްގެން. ވަރިވީ އޭނާ ބޭވަފާތެރިވެގެން” އިނގިލިތަކާއި ކުޅެން އިނދެ ޔޫއާ ވާހަކަ ދެއްކިއެވެ. އެހެން ބުނި ނަމަވެސް އެއީ ކަނޑަ އެޅިގެން ދޮގެކެވެ. ނިކްޔާން ނެތް ކަމުގެ ހިތާމަ އަދިވެސް އޭނާ ދަނީ ކުރަމުންނެވެ. އެއީ މަޖުބޫރު ކައިވެންޏެއް ނަމަވެސް ނިކްޔާންދެކެ އޭނާ ނިހާޔަތައް ލޯބިވިޔެވެ.

“އެއްވެސް ކަހަލަ އެހީއެއް ބޭނުމިއްޔާ ގުޅާލާ އިނގޭ؟ މިއީ ދެން ގާތް އެކުވެރިޔެއްގެ ގޮތުގައި ދެކިލާ” ހީނލަމުން ފައިޒަން ބުނެލިއެވެ.

***މިހާރު***

ޔޫއާ އެނބުރި ސިޓިންގ ރޫމަށް ދިޔަ އިރު ޔަލާ އުފާވެލާފައި ފައިޒަންއާއި އެކު ކުޅެން އިނެވެ. އެމަންޒަރު ފެނި ޔޫއާގެ ހިތް އުފަލުން ނަށާލިއެވެ. އެއީ ދާއިމީ ހައްލެއް ނޫން ކަން އޭނާއަށްވެސް އެނގެޔެވެ. ނަމަވެސް މިވަގުތަށް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ނިންމިއެވެ.

“ކޮބާ ބައްޕިވެސް އެ އިނީ އައިއްސައެއްނުން؟ އަވަހަށް ހިނގާ ދާން ކާން ދަރިފުޅޫ” ޔަލާ ގާތުގައި އިށީންނަމުން ޔޫއާ ބުނެލިއެވެ.

“މިއަދު ދާނީ ރެސްޓޯރެންޓަށް ކާން. ބާގާ ކާން ބޭނުމީ. ޕުލީޒް ބައްޕީ” ފައިޒަންގެ ކޯތާފަތުގައި ފިރުމާލަމުން ޔަލާ މައުސޫމް ގޮތަކަށް ބުންޏެވެ.

“ހެހެ ދަރިފުޅު ބޭނުން ގޮތެއް ހަމަ. ދޭ އަވަހަށް މަންމިއާއި އެކު ތައްޔާރުވެލަން” ފައިޒަންގެ ޖަވާބާއި އެކު ޔަލާ މަޑުމަޑުން “ޔޭ” އޭ ބުނެލިއެވެ. އަދި ޔޫއާގެ އަތުތެރެއަށް ވަނެވެ.

“މަންމީ އަވަހަށް ހިނގާ ތިއްތިވާން” ޔަލާގެ ދެލޮލުގައި ވިދަމުން ދިޔަ އުފާވެރިކަން ފެނި ޔޫއާގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހާލިއެވެ.

ސިޓިންގ ރޫމު ތެރޭގައިވީ ފަންކާގެ އަޑާއި ޓީވީގެ އަޑު އެކަންޏެވެ. ބިންމަތީގައި ކުޅޭ އެއްޗެހި ހިފައިގެން އިން ޒާކު އިރު އިރުކޮޅުން ޓީވީއަށް ބަލައިލައެވެ. ކުޅެން އިން ‘ބުލޮކްސް’ އިން އޭނާ އިނީ ކޮންމެވެސް އެއްޗެއް ހަދާށެވެ. އެހަދަން އިން އެއްޗަކަށް އޭނާގެ ހުރިހާ ސަމާލު ކަމެއްވަނީ ހުއްޓިފައެވެ.

ސޯފާގައި އިން ނިކްޔާން އިނީ ފުން ޙިޔާލެއްގައެވެ. އޭނާގެ ހަށިގަނޑުގައި ތަތްވެގެން އިން ޒުކާއާއި މެދު އެއްވެސް ހިޔާލެއް ފިކުރެއް އޭނާގެ ނެތެވެ. ވިސްނެމުން ދިޔައީ މިއަދު ޔޫއާ އާއި އެކު ފެނުން ޒުވާނާއާއި މެދުއެވެ. އެއީ ކާކު ހެއްޔެވެ؟ ޔޫއާގެ ލޯބިވެރިޔާ ހެއްޔެވެ؟ ނުވަތަ އެކުވެރިއެއް ހެއްޔެވެ؟ އެކޮންމެ މީހަކަށް ވިޔަސް މިހާރު ހަގީގަތުގައި އޭނާއަށް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެވޭކަށް ނެތެވެ. ނަމަވެސް ޔޫއާއަށްޓަކައި އެ ހިތުގައިވީ ލޯބީގެ ސަބަބުން އެމީހަކަށްޓަކައި ނިކްޔާންގެ ހިތުގައި ނަފުރަތު އުފެދުނެވެ.

“ބައްޕީ… ޒަކޫ ބޭނުން ކަމަކު ކިޔަންން…” ނިކްޔާންގެ ފައިގައި އެލިގަންނަމުން ޒާކު ބުނެލީ މައުސޫމް ގޮތަކަށެވެ. ޒާކުގެ އަޑަށް ޙިޔާލު ތަކުގައި ޣަރަގު ވަމުން ދިޔަ ނިކްޔާންއަށް ހަމަ ބިމަށް އާދެވުނެވެ. ޒާކު އެއްޗެކޭ ހިތަށް ނާރާނެ ގޮތަކަށް ޒުކާ ދުރުކޮށްލަމުން ޒާކު އުރާލިއެވެ.

“ކީކޭ ދޫނީ؟” ޒާކުގެ ކޯތާފަތުގައި ނިކްޔާން ތުން ޖައްސާލިއެވެ.

“މިހާރު ޒަކޫގެ ރައްޓެހި ރިހާންއަށްވެސް ކޮއްކޮއެއް ލިބެން އެއުޅެނީ. ބައްޕީ. ޒަކޫވެސް ކޮއްކޮއެއް ބޭނުން” ތުންކޮޅު އޮޅާލަމުން ޒާކު ބުނެލި ޖުމްލައާއި އެކު ނިކްޔާންގެ އަނގަ ކުނިވިއެވެ.

“ދަރިފުޅު ކޮޮއްކޮއެއް ބޭނުންތަ؟ ހަމަ ޖައްސާލާ ދޫނީ. އިންޝާ ﷲ ވަރަށް އަވަހަށް ދަރިފުޅަށް ކޮއްކޮއެއް ހޯދަ ދޭނަން އިނގޭ؟” ޒާކުގެ ކޮލުގައި ތުން ޖައްސާލަމުން ޒުކާ އެހެން ބުނެލުމާއި އެކު ނިކްޔާން އޭނާއަށް ‘ސައިޑް އައި’ އެއް ދިނެވެ.

“ޒުކާ މޮޔަވީތަ؟” ޒާކުއަށް ނީވޭނެ ވަރަށް ނިކްޔާން މަޑުމަޑުން ބުނެލިއެވެ.

“ކިހިނެތްތަވީ؟ ޒަކޫ އެބުނީނުން ކޮއްކޮއެއް ބޭނުމޭ؟ ކޮން ކަހަލަ ކޮއްކޮއެއްތަ ޒަކޫ ބޭނުމީ؟ އަންހެން ކޮއްކޮއެއްތަ؟ ފިރިހެން ކޮއްކޮއެއްތަ؟”

ޒުކާގެ ސުވާލާއި އެކު ނިކްޔާން ޒާކު ބިންމަތީގައި ބައިންދާލިއެވެ. އަދި ޒުކާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވެއްދިއެވެ.

“އޯހް ބޭބް ހާދަ ރުޅިއައީ؟”

“ކޮން ‘އޯހް ބޭބް’ އެއްތަ؟ ޒުކާ މޮޔަވީތަ؟ އަހަރެން ބޭނުމެއް ނޫން އިތުރު ކުއްޖެއް ހޯދާކަށް. އެހާ ލޯބިން އުޅޭ ބައެއް ވިއްޔާ މިއީ” ނިކްޔާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

“ތިއީ ހާދަ އަމިއްލަ އެދުން ބޮޑު ބައްޕިއެކޭ ދޯ؟ އަހަރެންދެކެ ފޫހިވާތީއޭ ކިޔާފައި ނުޖެހޭ ދޯ ޒަކޫއަށް އޭގެ ސަބަބުން އަނިޔާ ލިބޭކަށް. ޒަކޫ ކޮއްކޮއެއް ބޭނުމިއްޔާ ޒަކޫއަށް ކޮއްކޮއެއް ވެސް ދޭން ޖެހޭނެ ދޯ؟ އެންމެ ކޮއްކޮއެއް ކީއްކުރަން؟ 14 ކޮއްކޮ ބޭނުމޭ ބުންޏަސް ހަމަ ދޭން ޖެހޭނީ” ހަރަމް ބަނދެލަމުން ޒުކާ ބުނެލިއެވެ.

“ވާހާ. ހާދަ ހެއްވައޭ ދޯ؟ ކަލޭ ތިއުޅެނީ ކޮންމެހެން ޒާކުއަށްޓަކައި، ޒާކުއަށް ކޮއްކޮއެއް ދޭކަށްވެސް ނޫން. ކަލޭ ތިއުޅެނީ ކަލޭގެ އަމިއްލަ ވަހުޝީ ހެދުންތައް ފުއްދޭތޯ”

“އާނ. ތިވެސް މުޅިއަކުން ދޮގެއް ނޫން. އެހެން ނޫނަސް ކޮބާ މައްސަލައަކީ؟ މިއީ ދެމަފިރިންނޭ. ހުއްދަ ދެމީހުން މިއީ. ނިކް މާ ފޯރި ހުރި މި ގުޅުން ހަރާން އިރު. ހުއްދަ މީހުން ކަމު ނުދަނީތަ؟” ޒުކާ ކޮށްލި ސުވާލުން ނިކްޔާން އަތް ހިއްލާލީ ޒުކާގެ ހަށިގަނޑުގައި ޖެހުމަށެވެ. ނަމަވެސް އެވަގުތު ޒާކު ދޮރު ހުޅުވާލިއެވެ.

(ނުނިމޭ)

އެގާރަވަނަބައިގެ ތެރެއިން:

“ދަރިފުޅު ނުކައިތަ ތީނީ އަދިވެސް…؟” ސޯފާގައި ކުރުގެޅިލައިގެން އޮތް އިލައިކާ ފެނި ހާސްވެފައި އިޔާލް އެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިޔަ ނަން މި ހިތުގާ 21

Next

ތަޤުދީރު – 7

Next
June 4, 2026

ތަޤުދީރު – 7

Previews
June 4, 2026

ތިޔަ ނަން މި ހިތުގާ 21

15 Comments!

  1. Futtaki says:
    June 4, 2026 at 2:41 pm

    Maasha Allah mi prt vx vrh reethi
    Curous to see what is goona happen next..
    When next????
    T.. Lyy💙💚

    1. shihaamaa ali shihaamaa ali says:
      June 5, 2026 at 1:45 pm

      Jazaakallah khair🩶🫶🏻
      In sha allah next soon.. likewise 🫰🏻

  2. Exxo says:
    June 4, 2026 at 3:07 pm

    Oh wow Shihaa mi bai ves vrh vrh reethi.
    Ly…
    Tc..

    1. shihaamaa ali shihaamaa ali says:
      June 5, 2026 at 1:50 pm

      Jazaakallah khair Exxo🩶🫶🏻
      likewise 🫰🏻

  3. 🌻ILLU's LOVER🌻 says:
    June 4, 2026 at 6:57 pm

    Maasha allah.🌻
    Mi prt vs vrh reethi MA.🌻
    Iyaal ge prt next prt ga annaane dhwww.🌻
    Cant wait for the next ep🌻

    1. shihaamaa ali shihaamaa ali says:
      June 5, 2026 at 1:51 pm

      Jazaakallah khair ILLU’s LOVER🩶🫶🏻
      Yesss iyaal ge family ge part innaane next episode ga
      Stay tuned 🫰🏻

  4. Your fav bab Your fav bab says:
    June 4, 2026 at 6:58 pm

    Vrh reethi mi part vx MA👏
    Alhe zukaa really? I ah hama aga hadhaaleveny e bai kiyaafa🤦 pispis..
    Next part ge therein kiyaafa curiosity arose!!
    Anyways waiting for next!
    Lyssm n tc💗

    1. shihaamaa ali shihaamaa ali says:
      June 5, 2026 at 1:53 pm

      Jazaakallah khair Your fav bab🩶🫶🏻
      Dhwww zukaa kanthah falaeee eyy hama.. hehe letsssss seee dhww dhenn..
      Stay tuned , likewise🫰🏻

  5. Gurrllyyy says:
    June 5, 2026 at 12:52 pm

    Super.
    Tc…

    1. shihaamaa ali shihaamaa ali says:
      June 5, 2026 at 1:53 pm

      Jazaakallah khair Gurrllyyy🩶🫶🏻
      likewise🫰🏻

  6. Shaba_17 says:
    June 5, 2026 at 1:51 pm

    Mi part ves vrh Reethi MA! 💗
    I hate that Zuka gaduu huhh 😡
    I really appreciate your hard work shihaa
    Keep it up may Allah bless you with happiness that never fades and success that benefits you in both world ❤️
    Waiting for the next part When’s next?
    Lysm ❤️

    1. shihaamaa ali shihaamaa ali says:
      June 5, 2026 at 1:56 pm

      Jazaakallah khair Shaba_17🩶🫶🏻
      Thissss isss sooooo sweeettt🥹🥹🥹 may allah bless you too🥺🫰🏻
      likewise🫰🏻

  7. Lulu says:
    June 5, 2026 at 4:00 pm

    Live it

    1. shihaamaa ali shihaamaa ali says:
      June 5, 2026 at 6:05 pm

      Jazaakallah khair Lulu🩶🫶🏻

  8. Allyn says:
    June 5, 2026 at 7:17 pm

    Lovely.🎀🥳

Comments are closed.

Next Episodeވަފާތެރިމަވީމޭ 2 (11)←


All Right Reserved!