ތަޤުދީރު – 7
މަޑު ހިނގުމެއްގައި އެމެޖެންސީ ކޮޓަރި ކައިރިން ޔަލްވީ ހުރަސްކޮށްލި ވަގުތު ލޮލުގައި އަޅައިގަތީ ސްކޫލު ޔުނިފޯމު ގައި ހުރި މަހީރް އެމެޖެންސީ ތެރޭގައި ހުރި ތަނެވެ. ލޯބިވާ ކޮއްކޮ އަށް ބޮޑު ކަމެއްވީކަމަށް ހީކޮށް ފައިގައި ހުރި ބާރެއްލާފައި ޔަލްވީ އެމެޖެންސީ ތެރެއަށް ދުއްވައިގަތެވެ. މަހީރްގެ މަޑު ނޫކުލައިގެ ޔުނިފޯމުގެ ގެ ގަމީސްބައިގައި ހުރި ލޭތައް ފެނި ޔަލްވީ ހާސްވިއެވެ. “މިންމީ…… މިންމީ …. އާ ޔޫ އޯކޭ؟” ހުއްޓުން އަރާފައި ހުރި މަހީރު އެއް ދިމާއަކަށް ގެއްލިފައި ހުއްޓެވެ. މަހީރްގެ ދެ ކޮނޑުގައި ހިފައި ތަޅުވާލަމުން ޔަލްވީ އަނެއްކާވެސް މަހީރަށް ގޮވިއެވެ. “ނަޒާލް…… ޒާލް…” ކުރިމަތީ ހުރި އެނދަށް އިނގިލި ދިއްކޮށްލަމުން މަހީރު ޔަލްވީއަށް ބަލާލިއެވެ.
” ހޫ އިޒް ނަޒާލް؟ ……. އިޓްސް އޯކޭ މިންމީ… ހީ ވިލް ބީ އޯލްރައިޓް ” މަހީރް އާއި އެއް ޔުނިފޯމެއް ލައިގެން އޮތް ފިރިހެން ކުއްޖާއަށް އިޝާރާތް ކުރުމުން ޔަލްވީ ހީކުރީ އެއީ މަހީރުގެ ކިލާސް ކުއްޖެއް ކަމަށެވެ. މަހީރް ގޮނޑިއެއްގައި ބައިންދަމުން ޔަލްވީ އަވަސް ވެލީ އަނިޔާވެފައި އޮތް ކުއްޖާ ގެ ހާލު ބެލުމަށެވެ.
” ހެލޯ ޑޮކްޓަރ މިގްދާދް! ކޮންކަހަލަ ކޭސްއެއް އެންޑް ހައު އިޒް ހީ؟” އެނދު ކައިރީ ހަރަކާތް ތެރި ވަމުން ދިޔަ ޑޮކްޓަރު ކައިރިން ޔަލްވީ ވީގޮތް އޮޅުން ފިލުވިއެވެ. ” މާ ބޮޑު ކަމެއް ނުވޭ… ރޯޑް ޓްރެފިކް އެކްސިޑެންޓް ފްރޮމް ހައިވޭ… ބާރު ސްޕީޑެއްގައި ދިޔަ ސައިކަލެއް ގައި ޖެހި ބުރައިގެން ދިޔަ ކަމައް ވަނީ… އަތާއި ފައި މަށައިގެން ގޮއްސަ ހުރީ ނަސީބަކުން ބޮލައް އަނިޔާއެއް ނުވޭ… އެ އަންހެން ކުއްޖާގެ ވެސް އަތް މަށައިގެން ގޮއްސަ ހުރީ… އަނެއްހެން ނެތް އިތުރު ގެއްލުމެއް ވެފަ” އެކްސިޑެންޓުގެ ތަފްސީލު ޑޮކްޓަރު މިގްދާދް ޔަލްވީއަށް ކިޔާދިނެވެ.
“އޯކޭ…. ތޭންކްސް ޑޮކް… އައިވިލް ޓެކް ކެއަރ އޮފް ދަ ގާލް” ޑޮކްޓަރު މިގްދާދް ބޯ ޖަހާލުމުން ޔަލްވީ ގޮސް މަހީރް ގާތުގައި ކުޑަކަކޫ ޖަހާލިއެވެ.
“މިންމި…. ހީ އިޒް އޯކޭ.. ބޭސް އަޅާފައި ދޫކޮއްލާނެ ހިނގާ މިންމި ވެސް މި އަތުގަ ބޭސް އަޅާލަން” މަހީރްގެ އުޅަބޮށިން މަށައިގެން ގޮސް އިން ތަނައް ބަލާލަމުން ޔަލްވީ މަހީރް ގޮވައިގެން ގޮސް އެނދެއްގައި ބޭންދިއެވެ. ހާސްވެފައި އިން މަހީރްވެސް ހަމަ ޖެހުމުގެ ނޭވާއެއްލީ ނަޒާލް ރަނގަޅުކަން ޔަގީން ވީމައެވެ.
ކުޑަ އިރުކޮޅެއް ތެރޭގައި ޔަލްވީ އެނބުރި އައީ ބޭސް އަޅަން ބޭނުންވާނެ ތަކެތި ހުރި ޓްރޭއެއް ހިފައިގެނެވެ. ” ޔަލް ދޮންތީ…. ޕްލީޒް މަންމަ ކައިރީ ނުބުނައްޗޭ މަންމަ ރުޅި އަންނާނެ” ތުން ފިއްތާލަމުން މަހީރް ޔަލްވީ ގާތު އެދުނެވެ. ” މިންމި ކިޔާދޭން ވާނެ ވީގޮތް.. އޭރުން ދޮންތަ ކައިރީ ނުބުނާނީ” މަހީރްގެ އަތް ބިޓަޑިން އިން ސާފު ކުރަމުން ޔަލްވީ ވާހަކަ ދެއްކިއެވެ.
” އަމްމްމް…އެކްޗުއަލީ އެއީ ނަޒާލް….މިންމިގެ…. އަހްހްހް.. އިޓްސް ކޮމްޕްލިކޭޓެޑް… ހީ އިޒް މައި ކްލާސް މޭޓެއް. ކްލާސް ނިންމާފައި ޒާލް ދިޔައީ މިންމި ގެއަށް ލާން. އެހާ ބާރަކައްވެސް ނޫނޭ ދުއްވީ އެކަމް އައި ނައި ތަނެއް ނޭގި ބާރައް އައި ސައިކަލެއްގަ ޖެހުންތައް ފެނުނީ… އައި ގޮޓް ސޯ ސޮކެއަރޑް… ޒާލް އަށް ކަމެއް ވީކަމައް ހީކުރީ… މުޅި ގައިގަ ވެސް ހުސް ލޭ ހުރީ” މަހީރް ވީ ގޮތުގެ ކުޑަ ތަފްސީލެއް ކިޔާދިނެވެ.
” ކޮމްޕްލިކޭޓެޑް އޭސް އިން؟” ޔަލްވީ ބުމަ އަރުވާލަމުން މަހީރްއަށް ބަލާލިއެވެ. ” ވީއާ ނޮޓް އަ ތިންގް ޔެޓް… ހީ ސެޑް ހީ ލައިކްސް މީ.. ބަޓް އަމް ނޮޓް ސޯ ޝުއަރ ޔެޓް… އެހެންވެ އަދި ނޭގެ… ސޯ ވީއާ ޖަސްޓް ފްރެންޑްސް… އެންޑް ޔޫ ޕްރޮމިސް މީ މަންމަ ކައިރީ އެއްވެސް އެއްޗެއް ނުބުނާނެ ކަމައް” ޔަލްވީ ފާޑަކައް ބަލަން އިނދެފައި ބޯ ޖަހާލުމުން މަހީރް ހިނިތުންވެލިއެވެ.
ނަޒާލްގެ މަށައިގެން ގޮސްފައިވާ ތަންތާގައި ބޭސް އަޅާ ނިމުމުން ޔަލްވީ މަހީރްގެ އެދުމުގެ މަތިން ނަޒާލް ޓެކްސީއަކައް ލާފައި ގެއަށް ފޮނުވާލިއެވެ. އަދި ޑިއުޓީ ނިމެން ވަގުތު އޮތުމުން އާޔަތުއަށް ގުޅައި މަހީރް ބަލާ އައުމަށް އެދުނެވެ. 15 ވަރަކައް މިނެޓް ތެރޭ އާޔަތު މަހީރް ބަލާ އައެވެ. ވީގޮތް ކިޔާދިނުމުން އާޔަތުއަށް ވެސް ވީ ޔަލްވީއަށް ވީގޮތެވެ. ފަރީދާއަށް ހުރިހާކަމެއް ސިއްރު ކޮއްދޭނެ ކަމައް ބުނެ އާޔަތު ވެސް މަހީރްއަށް ވައުދު ވިއެވެ.
. . . . . . . . .
އާޔަތު ދިޔައީ މަހީރް ގޮވައިގެން އާޔަތުމެން ގެއަށެވެ. ޔުނިފޯމުގައި ލޭ ހޭކިފައި ހުރުމުން ޔުނިފޯމު ދޮންނަން ލީއެވެ. އަދި ޔަލްވީގެ ހުދުކުލައިގެ ހެދުމެއްގައި މަޑު ނޫ ކުލައިގެ މާ ތަކެއް ޖަހާފައި ހުރި ކަކުލުން ތިރިއަށް ދާ ހެދުމެއް މަހީރް ލާން ދިނެވެ. ޔަލްވީ އާއި މަހީރް އަކީ ދާދި އެއް އިސްކޮޅެއްގެ ދެމީހުން ކަމައް ވުމުން ޔަލްވީގެ އެއްޗެހި މަހީރްއަށް ލެވެއެވެ. އެދެމީހުނައް ވުރެ އާޔަތު ހުންނަނީ ތަންކޮޅެއް ކުރުކޮށެވެ. ތިން ބެއިން ތެރޭގައި އަބަދުވެސް މައްސަލަ ހޫނުވަނީ އިސްކޮޅާ ބެހޭގޮތުން ބޮޑު ކޯޅުމެއް ފެށިގެނެވެ. އާޔަތު ޤަބޫލު ކުރާގޮތުގައި އާޔަތު އެހާ ކުރެއް ނޫނެވެ.
އެއްޗެހި ބަދަލު ކޮއްލައިގެން މަހީރް އިށީނީ އާޔަތު އޯޑަރު ކޮއްދިން ވައިޓް ސޯސް ޕާސްތާ ހިފައިގެން ޓީވީ ބަލާށެވެ. އާޔަތު ކޮޓަރިއަށް ވަނީ ފަރީދާއަށް މަހީރް ހުރީ އެގޭގައި ކަން އެންގުމައްފަހު ފެންވަރާ ތާޒާ ވެލާށެވެ.
” ހާއި މިންމި ދޫނީ..” އޮފީސް ނިންމާފައި ގެއަށް އައިސް ވަތް ޔުވާން ގެ އަޑު ނީވުނީ މަހީރް ޓީވީއަށް ގެއްލިފައި އިންލެއް ބޮޑު ކަމުންނެވެ. ” އައުޗް … ދޮންބޭ” މަހީރްއަށް ހޭވެރިކަން ވީ ޔުވާން މަހީރްގެ ކަންފަތުގައި ހިފާ ދަމާލުމުންނެވެ. ޔުވާން ފެނުމުން އެއްކަންފަތުގައި އަތް ކާއްތާލަމުން އުފާ ވެލާފައި މާހީރް ތެދުވެ ކުޑަކޮއް ޔުވާންގައި ބައްދާލިއެވެ. ” ދެން ނޫން ތީ މިންމިގެ ޕްލޭޓް އޭ” ޔުވާން މަހީރް އަތުގައި ހުރި ތަށި އަތުލައިގެން ކާން ފެށުމުން މަހީރް ބޮޑާ ހާކަން ފެށިއެވެ. ސޯފާއިން ކުޑަ ކުޝަންއެއް ނަގައި ޔުވާންގެ ބޮލުގައި ޖެހިއެވެ. ޔުވާންވެސް ހަމަ އެބާލިސް ނަގާ މަހީރްގެ ގަޔައް އެއްލިއެވެ. ދެމީހުންގެ ސަކަރާތް ގަނޑު ފެށުނީ އެހިސާބުންނެވެ. ހީ ހީ ވަރުބަލިވެގެން މަހީރް ދެއަތް ހިއްލާލަމުން އަމާން ދިނެވެ.
ޔުވާން މެން ގޭގައި އެތައް އިރަކު އުޅުމައްފަހު މަހީރް ގެއަށް ލައިދޭން ދިޔައީ ރޭގަނޑު ދިހައެއް ޖަހަނިކޮއްށެވެ. ކާރުގައި އިނދެވެސް މަހީރް ޝަކުވާކުރީ އެ ގޭގައި މަހީރް އުޅެން ބޭނުންވާ ކަމައް ބުނެއެވެ.
……………………….
ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކަމާއެކީއެވެ. ޔަލްވީ ހޮސްޕިޓަލްގައި އަވަދިނެތި ވަޒީފާ އަދާކުރަމުން ދިޔައެވެ. އާޔަތުވެސް ލޯ ފާމްގައި މަސައްކަތް ކުރަމުން ދިޔައެވެ. އެމީހެއްގެ ވަޒީފާގައި އެމީހަކު އަވަދިނެތި އުޅެމުން ދިޔައީ ވަޒީފާގެ ކުރީކޮޅުވެފައި ‘ޕްރޮބޭޝަން’ ދުވަސްކޮޅައް ވުމުން މަސައްކަތުގެ މާހައުލައް އާދަވުމައްށެވެ.
އާދައިގެ މަތިން ޔުވާން އޮފީހުގައި ބުރަކޮއް އުޅުނު ދުވަހެކެވެ. އަވަދިނެތި މަސައްކަތް ކުރަމުން ދިޔައީ ފަށާފައި އިން ޕުރޮޖެކްޓެއް ކަނޑައަޅާފައި އިން ތާރީޙައް ނިންމާލެވޭތޯއެވެ. ޔުވާންއާއި އަޒާންއަކީ ގާތް ދެ އެކުވެރިންގެ އިތުރުން ބިޒްނަސް ޕާޓުނަރުންނެވެ. ‘އޭ.އޭ’ ކޮމްޕެނީގެ ސީއީއޯ ( ޗީފް އެގަޒެކެޓިވް އޮފިސަރ) އަކީ އަޒާންއަށް ވާއިރު ކޮމްޕެނީގެ ސީއޯއޯ ( ޗީފް އޮޕަރޭޓިން އޮފިސަރ) އަކީ ޔުވާން އެވެ. އަޒާންއަކީ ވިޔަފާރިވެރިއެއްގެ އިތުރުން އާރކިޓެކްޓެކެވެ. ހަމަ އެހެންމެ ޔުވާންއަކީ ސިވިލް އިންޖީނިއަރެކެވެ. ޕްރޮޖެކްޓްތައް ޑިޒައިންކޮއް ކުރެހުންތައް ހަދަނީ އަޒާންއަށް ވާއިރު އެކުރެހުންތައް އަސްލައްގެނެސް ފަރުމާކުރަނީ ޔުވާންއެވެ. އެގޮތުން ޔުވާން ބޮޑައް އުޅެނީ ކޮންސްޓްރަކްޝަން ސައިޓު ތަކުގައި މަސައްކަތް ކުރިއަށް ދާ ގޮތް ބަލައި އިތުރު ބަދަލުތަކެއް ގެންނަން ޖެހިފައިވާނަމަ އެކަން ކުރުމުގައެވެ. މި ދެ އެކުވެރިންނަކީ ވެސް ވިޔަފާރީގައި ރާއްޖޭގައި ނަން ހިނގާ ދެމީހުނެވެ.
މަސައްކަތު ތެރެއަށް ގޮސް ހުސްވެފައި އިން ޔުވާން ބަލާލީ ކެބިންގެ ދޮރުގައި ޓަކި ޖަހާލާފައި ވަތް ޔުވާންގެ ޕީއޭ ނޫރު ފެނުނީމައެވެ. ” ސަރ ބޭރުގައި އެބަހުރި ސަރ ހޯދަން މީހަކު އައިސް” ނޫރު ދޮރުކައިރީ ހުރެ ބުނެލިއެވެ.
“އެތެރެއަށް ވައްދާ” ގޮނޑިން ތެދުވެ ހަށި ދަމާލަމުން ޔުވާން މިސްރާބު ޖެހީ ކޮފީ މެޝިން ކައިރިއަށެވެ. ބޯ ޖަހާލަމުން ނޫރު ނުކުމެގެން ދިޔަތާ އިރުކޮޅެއް ތެރޭ އަނެއްކާވެސް ކެބިންގެ ދޮރު ހުޅުވުނެވެ. ” އަހަ…އާޔޫ ހާދަ ނުގަޑިއެއްގަ….އޯލް ގުޑް؟” އޮފީސް ގަޑީ ގައި އާޔަތު ފެނުމުން ޔުވާން ކުޑަކޮއް ހައިރާން ވިއެވެ. ޔުވާން ކޮފީ ތަށި ހިފައިގެން ސޯފާގައި އިށީނަމުން އާޔަތުއަށް އިށީނަން އިޝާރާތް ކޮއްލިއެވެ.
” މިއަދު ލިބުން ކޭސް މާ އަވަހާ ނިމުނީ…. ދެން މިއަދައް އިތުރު ކޭސް އެއް ނެތޯ މަލީހް ބުނީމަ ހިތައް އެރީ ބޮޑު ބްރޭކެއް ނަގާފަ އަންނާނީއޭ ދޮންބެގެ އޮފީސް ބަލާލަން…. މިދިޔަ ދުވަސްތަކު މާ ބިޒީ ވީމަ އެވަރައް ޓައިމް ސްޕެންޑްވެސް ނުކުރެވުން ވިއްޔަ… އެހެންނޫނަސް ޔައްލު ވެސް ޑިއުޓީގަ ބިޒީއޯ ބުނީ” ސޯފާގައި އިށީދެލަމުން އާޔަތު އެ ކެބިންއަށް ނަޒަރު ހިންގާލިއެވެ.
ޖާގަ ތަނަވަސް ބޮޑު ކެބިންއެކެވެ. ބަލާލި ކޮންމެ ތަނަކުން ފެންނަނީ ޝާހީ ކަމެވެ. ގަދަ އަޅި ކުލައިގެ ފަރުނީޗަރު ތަކާއި ހުދުކުލައިގެ ފާރުތަކާ ނުހަނު ގުޅެއެވެ. އެކި ދިމަ ދިމާލުގައި ކުދި ގަސް މުށިތައް ބަހައްޓާފައި ހުއްޓެވެ. ބޮޑު މޭޒަކާއި އިއްޒަތްތެރިން ތިބޭ ފާޑުގެ ބޮޑު ފުރޮޅުލީ ގޮނޑިއެއް ހުއްޓެވެ. އެކި ވައްތަރުގެ ‘އާރޓް ޕީސްތައް’ ފާރުގައި ހަރުކުރެވިފައި ހުއްޓެވެ.
” ހާދަ ރީއްޗޭ ދޮންބެގެ ކެބިން…. ޕްލާންޓްސް އެންޑް އާރޓް ޕީސަސް މޭކްސް ދިސް ޕްލޭސް ބެޓަރ” އާޔަތު ވަށައިގެން ނަޒަރު ހިންގަމުން ދިޔައެވެ. ” ޔާ… ޕްލާންޓްސް އެއީ ލިއާގެ އައިޑިއަރ އެއް… ދެން އާރޓް އެއީ ދޮންބެ ވެސް ވަރަށް ލައިކްވާ އެއްޗެއް ވީމަ” ހިނިތުން ވެލަމުން ޔުވާން ކޮފީ ތަށިން އެތިފޮދެއް ދަމާލިއެވެ. އާޔަތު އާއި ޔުވާން ވާހަކައިގައި ތިއްބާ ޔުވާންގެ ފޯނު ރިންގު ވާން ފެށިއެވެ. ފޯނުން ވާހަކަ ދައްކާ ނިންމާފައި ފޯނު ކަންފަތާ ވަކި ކޮއްލަމުން އާޔަތައް ބަލާލިއެވެ.
” އާޔޫ ދޮންބެގެ އެބައިން ޑިޕާޓްމެންޓް މީޓިންއެއް….މާ ގިނަ އިރެއް ނުވާނެ… ދޮންބެގެ މީޓިން ނިންމާފަ ހިނގާ ތާކައް ކާން ދާން ދޯ“ ޔުވާން ކޯޓު ނަގައި އަތުގައި އަޅުވާލަމުން އާޔަތު އާ ވާހަކަ ދެއްކިއެވެ. “އޯކޭ ދޮންބޭ… އައި ކޭން ވެއިޓް” އާޔަތު ސޯފާއިން ތެދުވަމުން ބުނެލިއެވެ.
” އާދޭ ދޮންބެ އާއެކީ އައިނޯ ސަމްވަން ހޫ ކޭން ގިވް ޔޫ ކޮމްޕެނީ ވައިލް ޔޫ ވެއިޓް” ހިނިތުންވެލަމުން ޔުވާން އާއެކު އައުމައް އެދުނެވެ. އާޔަތު ހީކުރީ ދޮންބެގެ އޮފީސް ކުއްޖެއް ކައިރީ މަޑު ކުރަން ބުނިކަމަށެވެ. މާބޮޑު ފަރުވާލެއް ނެތި ޔުވާން ފަހަތުން ދިޔައެވެ. ޔުވާންގޮސް ވަނީ އެ ފަންގިފިލާގެ އެންމެ އެތެރެއަށް ހުރި ކެބިންއަށެވެ. އެ މުޅި ފަންގިފިލާގައި ވެސް ހުރީ އެ ދެ ކެބިން އެކަންޏެވެ.
” ޒާންޓެ… މަ މިދަނީ ޑިޕާޓްމެންޓް މީޓިންއަކަށް… ނިންމާފައި އަންނަން ވާއިރައް ކާންދާން ރެޑީވޭ… މަ އަންނަންދެން އާޔަތު ބަލައި ދޭތި” އެއްލޯ މަރާލަމުން އަޒާންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ ޔުވާން އެތަނުން ނުކުމެގެން ދިޔައީއެވެ. ޔުވާން ކުރިކަމަކުން އާޔަތުވެސް ފޫހި ގޮތަކައް ފުން ނޭވާއެއް ދޫކޮއްލިއެވެ.
“ކޮފީ؟” ކޮފީ މޭޒު ކައިރީ ހުރި ތަށި އުފުލާލަމުން އަޒާން އާޔަތައް ބަލާލިއެވެ. ” ނޯ ތޭންކްސް” ކަޅި އަޅާލަމުން އާޔަތު ހަށަން ބަނދެލިއެވެ.
” ތިތާ ކިތަންމެ އިރަކު ކޮޅައް ހުއްޓަކަސް ސިފައިންގެ އެއް ނުވައްދާނެ.. އާދޭ މިތާ އިށީނަން” އެތާގައި ހުރި ބޮޑު ސޯފާއައް އިޝާރަތް ކުރަމުން އަޒާން ގޮސް ވަކިން އިން ސޯފާގައި އިށީނެވެ. އާޔަތު ގޮސް އިށީނީ އަޒާން ކުރިމައްޗައް ވާގޮތައް ހުރި ސޯފާ ގައެވެ. އިތުރު އެހެން ސޯފާއެއް އެތާގައި ނެތީތީވެއެވެ.
“ހާދަހާ ފޯމަލް ކޮށޭ ތީނީ…. އޮފިސް ނިންމާފަތަ؟” އަޒާންއަކައް ހިމޭނުން ނީދެވުނެވެ. އާޔަތު ކުރިމައްޗައް އައިސިއްޔާ ފަހަކައް އައިސް އަޒާންގެ ހާލަތެވެ. އެ ދެލޯ އާޔަތު ނޫން މީހަކައް ނުބެލެއެވެ. ހިސާބައްވުރެ އަނގަވެސް ގަދައީއެވެ.
“ހޫމް” އާޔަތު ފަރުވާ ކުޑަ ގޮތަކައް ހޫމް ލައްވާލީއެވެ. އެކެބިންއަށް ނަޒަރު ހިންގާލީ އަޒާންގެ ނަޒަރު އާޔަތައް އަމާޒުވެފައި ވާތީކަން އެނގޭތީއެވެ.
ޔުވާންގެ ކެބިން ގޮތައް އަޒާންގެ ކެބިންވެސް އެހާބޮޑެވެ. ތަފާތަކީ އަޒާންގެ ކެބިން އިން ފެންނަނީ ހުސް ކަޅުކަމެވެ. ފާރުތަކާއި ފަރުނީޗަރުތައް ވެސް ހުރީ ކަޅު ކުލައިންނެވެ. ކެބިންގެ ވާތް ފަޅީގައި ވައް މޭޒަކާއި ހަތަރު ގޮނޑި އިނެވެ. އާޔަތު ގެ ނަޒަރު ދެން ދަތުރު ކުރީ ކެބިންގެ ކަނާތްފަޅީގައި ހުރި ބޮޑު ފާރަށެވެ. ފާރު އެއްކޮޅުން އަނެއްކޮޅައް ހުރީ ކުދި ސްޓޭންޑް ތަކެއް މަތީގައި ބަހައްޓާފައި ހުރި ކުދި ކާރު ތަކުގެ މޮޑެލް ތަކެވެ. ފާރުގެ އެންމެ މަތިން ސީލިންގާއި ހަމައިން ދިއްލާފައި އިން ބޮކީގެ ފަޑު އަލި ކުދި ކާރު މޮޑެލް ތަކައް އެޅިފައި އިން ގޮތުން ހީވަނީ ސްޕޮޓް ލައިޓް އެއް އަޅުވާފައި އިންހެނެވެ. އާޔަތު ޝައުގުވެރި ވީވަރުން ސޯފާއިން ތެދުވެ ފަހަރަކު ކާރަކައް ބަލަމުން ދިޔައެވެ. އާޔަތު ގޮސް ސްޕޯޓްސް ކާރުތަކައް ވަކި ވަކިން ބަލަމުން ދިޔައީ ‘އެފް ވަން’ ގެ މޮޑެލްތައްވެސް ފެންނަން ހުރުމުންނެވެ.
“ޑާލިންގް….. އާ ޔޫ އިންޓްރެސްޓެޑް އިން ކާރސް؟” އާޔަތުގެ ކަނާތް ފަޅިން ނުހަނު ގާތުން އިވުނު އަޒާންގެ އަޑުން ސިހިފައި ފަހަތައް ޖެހިލެވުނެވެ. އާޔަތުގެ ކަންފަތް ކައިރިއަށް ގުދުވެލައިގެން އޮތް އަޒާންގެ މޭގައި ޖެހި އާޔަތު މަތަވިއެވެ. އަޒާންގެ ތުންފަތް މައްޗައް ވެރިވީ ނުލަފާ ހިންޏެކެވެ. އެއް އަތުން އާޔަތުގެ މެދު ހަށީގައި ހިފަހައްޓާލައި އިތުރައް އާޔަތުގެ ބުރަކަށި އަޒާންގެ މެޔާލާ ފިއްތާލިއެވެ. އެހިނދު އަޒާންގެ ގައިން ދުވި މަޑު ފިރިހެން ސެންޓުގެ ވަހުން އާޔަތުގެ ހިއްސުތަކައް މަޑު އަރާމެއް ލިބިގެން ދިޔުމުން ދެލޯ މަރާލެވުނެވެ. އަޒާން އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު ގެންގުޅޭ ބޭރުގެ ރާގުގަނޑުން އިތުރައް އެ ފިރިހެން ވަންތަ އަޑައް ފުރިހަމަ ކަން ގެނުވާކަން އާޔަތުގެ ހިތް ބުނެލިއެވެ. އެ ގޮތައް އެ ވަގުތު ކޮޅު ދެމިގެން ދާނެ ނަމަ އޭ ހިތައް އެރީ ކީއްވެ ކަމެއްވެސް ޙުދު އާޔަތު އަކައްވެސް ނޭގުނެވެ.
ހަމަ އެވަގުތު ހުރެވުނު ގޮތް ރޭކާލައި އަޒާންގެ އަތް ފޮޅުވާލުމަށް ފަހު އާޔަތު އަޒާންއާ ދުރައްޖެހިލިއެވެ. ” ކީއްކުރަންތަ ގައިގަ އަތްލީ” ލޯ އަލާލަމުން އާޔަތު އަޒާންއަށް ރުޅިވެރި ނަޒަރެއް ދިނެވެ.
“ތި ކުއްޖާ އެންނު އަހަރެން ގައިގަ އައިސް ޖެހުނީ ފުރަތަމަ… ވެއްޓުނަ ނުދީ އަހަރެން ހިފޭއްޓީނު.. ދެން އަދިވެސް ސަލާމަތް ކޮއްދިން މީހާއެއްނު މި ގޯސްވީ” ދެ ޖީބައް އަތް ޖަހާލަމުން އަޒާން ގޮސް ސޯފާގައި އިށީނެވެ. ” އަޒާން ޖެހޭތަ އެހާ ކައިރީގައި ހުންނަން… އަނެއްކާ ކަންފަތް ދޮށުން ކުއްލިއަކަށް އަޑުއިވުނީމަ ކޮންމެ މީހަކުވެސް ސިއްސައިގެން ދާނެއެއްނު” އާޔަތުވެސް ހުރީ ދޫ ދޭ ގޮތަކައް ނޫނެވެ. ރުޅި މޫނު ހަދާލާފައި ގޮސް ސޯފާގައި ކުރިން އިންތާގައި އިށީނެވެ.
”އޯކޭ ދެން އެ ވާހަކަ ބާއްވަމާ ދޯ… އަދިވެސް އަހަރެން ކުރި ސުވާލައް ޖަވާބެއް ނުދެމެއްނު.. އައި ސެޑް ޑޫ ޔޫ ލައިކް ކާރޒް؟“ ސޯފާގައި ހަމަ ޖެހިލަމުން ކާރުތަކައް އިޝާރާތް ކޮއް އަޒާން ވާހަކައިގެ މައުލޫ ބަދަލު ކޮއްލިއެވެ.
”ޔާ….އަމް އަ ބިގް ފޭން އޮފް އެފް ވަން…އެފް ވަން ގެ ސީޒަން ތައް ގަވައިދުން ބަލަން… ބައި ދަ ވޭ … އާރ ޔޫ އަ ފޭން އޮފް އެފް ވަން؟“ ކާރުގެ ވާހަކަ ފެށުމުން އާޔަތުގެ މޫޑު ވެސް ކުޑަކޮއް ރަނގަޅުވާން ފެށިއެވެ. އަޒާންވެސް އެފްވަން ގެ ވާހަކަ އާއި ކާރުތަކުގެ ވާހަކަ އާޔަތު އާއި ހިއްސާ ކުރީ އެޔައް ހިތުގައި އުފެދިފައި އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ.
އަޒާންގެ ތުންފަތް މައްޗައް ހިނިތުން ވުމެއް ވެރިވީ އާޔަތުގެ މޫޑު ރަނގަޅު ކޮއްލެވުމުންނެވެ.
”ހީނުކުރާތު އަހަރެން ފޮގިވް ކުރީ އޭ“ މޫނައް ވައްތަރެއް ޖައްސާލަމުން އާޔަތު އެހެން ބުނީ އަޒާން ހިނިތުން ވެގެން އިންތަން ފެނުމުންނެވެ. ” އޭޒް ޔޫ ވިޝް ޑާލިންގް…..އަހަރެން ސޮރީ ބުނާވަރު ކަމެއް ނުކުރަން ސޯ އައި ޑޮންޓް ތިންކް އައި ނީޑް ޓު އާސްކް ފޯ ޔޯ ފޮގިވްނެސް.. ބައި ދަ ވޭ ޔޫ ލުކް އަމޭޒިން“ އަޒާން އަދިވެސް ފަރުވާތެރި ކަމާއެކު އާޔަތުގެ މޫނައް ބަލަން އިނެވެ. ތުން ފަތުގައި ދަތްއަޅާލަމުން އާޔަތު އިސްޖަހާލީ އަސްލައްވެސް ލަދުންނެވެ. އެ މޫނު ލަދުން ރަތް ވެގެން ދިޔަތަން އަޒާންއަށް ފެނުނީ ފަރުވާތެރިކަމާއެކު ބަލަން އިނީމައެވެ. އެ މަންޒަރު ފެނި އަޒާން ހިންދިރުވާލަމުން ކަތުރު ކަށިގަނޑައް ބާރު ކޮއްލީ އަމިއްލަ ނަފްސު ކޮންޓްރޯލު ކޮއްލަމުންނެވެ.
”ކިހިނެއްތަ މިވަނީ؟ ނޯ…ނޯ.. އާޔަތު ކަމޯން ފޯކަސް… ޔޫކާންޓް ބީ ދިސް އީޒީ ….ހީ އިޒް ޖަސްޓް ޕްލޭއިން ވިތް ޔޫ“ ފުން ނޭވާއެއް ދޫކޮއްލަމުން އާޔަތު އަމިއްލަ ނަފްސަށް ވިސްނަދޭ ފަދައިން ހިތާ ހިތުން ވާހަކަ ދެއްކިއެވެ.
ތަނައް ހިމޭންކަން ވެރި ވެފައި އޮތެވެ. އޭގެ ފަހުން އެކަކުވެސް ވާހަކަ ދައްކަން މަސައްކަތެއް ނުކުރެއެވެ. ”ކޮބާ މިއައީ މީޓިން ނިންމާފަ….ހިނގާ ކާން ދަމާ ވަރަށް ބަނޑުހައި“ ހިމޭން ކަމައް ނިމުމެއް އައީ ޔުވާން މީޓިން ނިންމާލާފައި
އައުމުންނެވެ. އާޔަތު ހީވީ އެތަނުން ނުނުކުމެވިފަ އިން ހެނެވެ. ފުންމައިގެން ތެދުވެ ޔުވާން ގާތައް ދިޔައެވެ. ތިން މީހުންވެސް އެތަނުން ނުކުމެގެން ދިޔައީ ރެސްޓޯރެންޓަކައް ކާން ދިޔުމަށެވެ.
…………………………
”މަންމާ……މަންމީ“ މަހީރް ކޮޓަރިން ނުކުމެގެން އައިސް މެޝިނުން އެއްޗެހި ނަގަންހުރި ފަރީދާ ގާތު މަޑުކޮއްލިއެވެ. ”ލައްބައޭ ދަރިފުޅު ކިހިނެއްތަ ވީ؟ މާ ބާރަކައް ތިޔަ ގޮވަނިއްޔޯ…“ އެއްޗެހިތައް ނަގާ ވަށިގަނޑަކައް އަޅަމުން ފަރީދާ މަހީރްއަށް ސަމާލުކަން ދިނެވެ.
”އަސްލު މަންމި މެން މާލެ އައީ މިންމި އޭލެވެލް ކިޔަވަންވެގެންނު ދޯ… ދެން ބުމީމެއްނު މިންމި އޭލެވެލް ނިމުނީމަ މަންމަ މެން ރަށައް ބަދަލުވާނީ އޭ ދޯ“ މަހީރް ގޮނޑިއެއް ދަމާލަމުން މޭޒުކައިރީ އިށީނަމުން ފަރީދާއަށް ބަލާލިއެވެ. ”ހޫމް ދެން؟“ ފަރީދާ ކުރަން ހުރި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
”ސޯ މިންމިގެ ފައިނަލް އެގްޒާމް އެ ނިމުނީނު ލާސްޓް ވީކްގަ…މިންމި ބޭނުންވަނީ ރިޒަލްޓް ލިބެންދެން ޖޮބަކައް ދާން…އޭރުން ފޫހިވެސް ނުވާނެ އެންޑް ސޭވް ވެސް ކުރެވޭނެ އެއްނު ދޯ“ މަހީރް ބޭނުންވި ގޮތް ފަރީދާ ގާތު ހާމަކުރިއެވެ. ”ތި ބުނީވެސް ރަނގަޅު ވާހަކައެއް …މަންމައަށް އެކަމް އަދި ދަރިފުޅު މާލެ ތެރެއަށް ދޫކޮއްލާކައް ނުކެރޭނެ“ ފަރީދާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ.
”ދެން މަންމީ މިހާރު 19 އަހަރު ވެއްޖޭ މިންމިއަށް….20 އަހަރުވާން ކައިރިވަނީ އޭ….މިންމި ކުޑައެއްނޫނޭ މިހާރު.. ދެން އެހެން ނޫނަސް ޔައްލު އެންޑް އާޔޫ މެން ވެސް ޔުވާން ދޮންބެ ގެ ގޭގައި އެބަ އުޅޭ …މިންމިއަށް ހުރެވޭނެ އެގޭގައި ވެސް“ ވިސްނުންތެރި ކަމާއެކު މަހީރް ބޭނުންވިގޮތް ފަރީދާ ގާތު ބުންޏެވެ. ”ހުމްމްމް… މަންމައަށް ވެސް އެނގޭ އެކުދިން ހާ ރަނގަޅައް އެހެން މީހަކައް މިންމިއެއް ނުބެލޭނެކަން… ބައްޕަ އައިމަ ވާހަކަ ދައްކާލާފަ ޔުވާންއަށް ވެސް ގުޅާނަން“ ބުރުގާ ރީތި ކޮއްލަމުން ފަރީދާ މަހީރްގެ ބޮލުގައި ފިރުމާލިއެވެ. ”ޔޭ ތެންކިއު ސޯ މަޗް މަންމާ……އައިލަވްޔޫ“ ފަރީދާ ގައިގަ ބައްދާލަމުން މަހީރް އުފާ ފާޅު ކުރީ ބޭނުންވިގޮތް މަންމައަށް ކަމު ދިޔައީމައެވެ.
ފަރީދާގައިން ދޫކޮއްލަމުން މަހީރް ދުވެގޮސް ކޮޓަރިއަށް ވަދެ ‘ ޖޮބްސިކަލް’ އިން ވަޒީފާތައް ހޯދަން ފެށިއެވެ. މަހީރްއަކީ އަބަދުވެސް ސިއްޙީ ދާއިރާއަށް ޝައުގު ހުންނަ ކުއްޖަކައްވުމުން ސިއްޙީ ކެޓަގަރީ އިން ފެނުނު ދެތިން ވަޒީފާއަކައް އެޕްލައި ކޮއްލިއެވެ. އެންމެ ވަގުތު ކޮޅެއްވެސް ބޭކާރު ކުރަން ބޭނުން ނުވީ ވަޒީފާއަށް ދާން ފެށުމުން މަންމަ މޭނާއެކު ރަށައް ނުގެންދާނެކަން އެނގޭތީއެވެ. ކުރެވުނު ކަންތަކާ އުފަލުން ހުރެ ދެތިން ހިނިގަނޑު ޖަހާލައި ލަވައެއް ކިޔަމުން ނިދަން ތައްޔާރުވުމުގެ ކުރިން މޫނު ދޮވެލުމައް ފާހަނާއަށް ވަނެވެ.
……………………….
ފަތިހުގެ ފިނި ވަގުތު މުޅި ފަޒާ ތެރޭގައި މަޑު ތެތް ފިނިކަމެއް ހިފާލާފައި ހުއްޓެވެ. ދުރު ދުރުން ކާޅާއި ކޮވެލި ގޮވާއަޑު ފަޒާ ތެރޭގައި ގުގުމާލާފައި ހުއްޓެވެ. ހުކުރު ދުވަހަށް ވެފައި ފަތިސް ވަގުތައް ވުމުން މަދުން ނޫނީ މީހުން މަގުމަތީގައި ފެނިއެއް ނޫޅެއެވެ. ފަތިސް ނަމާދު ކޮއްލައިގެން ޒިކުރުކޮއް ޤުރުއާން ކިޔަވަން މިސްކިތުގައި ތިބެފައި ގެއަށް ދިޔުމައް ނުކުމެގެން އުޅޭ އުމުރުން ދުވަސްވީ ދެތިން މީހެއް މަގުމަތިން ފެނިއުޅެއެވެ.
ހުޅުމާލޭގެ ހަމަހިމޭން މަގުމަތިން ހިނގަމުން މަހީރް ދިޔައީ އިރުއަރާ މަންޒަރު ބަލާލުމަށެވެ. ކޮންމެ ހުކުރު ދުވަހަކުވެސް ފަތިސް ނަމާދު ކޮއްލައިގެން އިރުއަރާ މަންޒަރު ބަލާލަން ދިއުމަކީ މަހީރްގެ އާދައެކެވެ. ނުކުމެވޭ ދުވަހު ކުޑަކޮއް ކަސްރަތު ކޮއްލާނަމޭ ހިތާ މަހީރް ނުކުތީ ބިސްތޮށި ކުލައިގެ ފުޅާ ޖިމް ހަރުވާޅަކާއި އަތްކުރު ހުދުކުލައިގެ ގަޔައް ދޫ ޓީޝާޓެއް ލައި އޭގެ ދަށުން ބިސްތޮށި ކުލައިގެ ދިގު އަތް ކޮޅެއް ލައިގެނެވެ. އަދި ދުވަން ދާއިރު ލާ މަޑު ފިޔާތޮށި ކުލައިގެ ޓެނިހަކައް އަރައިގެނެވެ. އިސްތަށިގަނޑު ވޫލްކޮޅަކުން މައްޗައް އައްސާލެވިފައި ވީއިރު ކުދި އިސްތަށިކޮޅުތައް އެ މޫނުމައްޗައް ފައިބައިފަ ހުއްޓެވެ. ހުޅުމާލެ އަތިރިމައްޗާ ހަމައަށް ދެވުނު އިރު އިރުގެ ފަޑު އޮރެންޖު ކުލަތައް އުޑުމައްޗައް ފޭދިފައި ހުރިއިރު ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ކުލަ ފިހިން ކުރަހާލާފައިވާ ތަސްވީރެއް ހެނެވެ. މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. މި އަޖައިބެއްފަދަ ރީތި ޤުދުރަތީ މަންޒަރުގެ ފޮޓޯ ނަގަމުން ގެއްލިހުސްވެފައި ހުރެ އަތިރިމައްޗައް ފައިބަމުން ދިޔަ މަހީރްގެ ފޯނު ވެއްޓުނީ ގޮނޑުދޮށުން ވެލިގަނޑު މަތީ ދުވަމުން ދިޔަ ޒުވާނާ ގައިގަ ޖެހިފައެވެ. އެކަހަލަ ކަމަކައް ނުވިސްނާ ހުރި މަހީރް އަރި އަޅާލުމުން ހިފުނީ އެ ޒުވާނާގެ ޓީޝާޓުގައެވެ. މަހީރް ނުވެއްޓި ސަލާމަތްވީ ގެނައި ކުއްލި ހަރަކާތަކާއެކު އެ ޒުވާނާ މަހީރްގެ އަތުގައި ހިފުމުންނެވެ. ހަށިގަނޑު ކޮންޓްރޯލު ކޮއްލަމުން މަހީރް ބަލާލީ ކުރިމަތީ ހުރީ ކާކުތޯއެވެ. ”ސޮރީ“ ވެއްޓިފައި އޮތް މަހީރްގެ ފޯނު ނަގައި ދިއްކޮއްލަމުން އެ ޒުވާނާ ހިނިތުންވެލިއެވެ. ހީވާ ގޮތުން އެ ޒުވާނާވެސް އެއުޅެނީ ދުވަން ނުކުމެއެވެ. ލައިގެންހުރި ފަލަމަސްގަނޑާ ހަމައަށް ދާ ކަޅުކުލައިގެ ސޯޓާއި ބޫޓު ފެނިވެސް އެކަން ޔަޤީންވެއެވެ. ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓު ދަލުން ތެމިފައި ހުރުމުން ގައިގަ ތަތްލާފައި ހުރިއެވެ.
‘ޓޭން’ ވެފައި ހުރި ހަންގަނޑާއި ބައިމަތިފުޅާ ހަށިގަނޑު ގައި އަރަމުން އައި އިރުގެ ދޯދިތައް ބީހެމުން ދިޔަގޮތުން މަހީރްއަށް ބަލަންހުރެވުނީއެވެ. ތުނިކޮއް ކޮށާފައިވާ އިސްތަށިގަނޑާއި ތޫނު ކަތުރު ކަށިގަނޑު ވަޅިއެއްގެ މިޔަހާ ތޫނޭ ބުންޏަސް ދޮގަކައް ނުވާނެއެވެ.
އެ ޒުވާނާއަށް ވެސް ވީ ހަމަ އެހެނެވެ. ކުރިމަތީގައި ހުއްޓިލައިގެން ހުރި ހޫރެއްފަދަ ފަތްމިންޏައް ބަލަން ހުރެވުނީއެވެ. މަހީރްގެ ލޯބި މޫނުގައި އިރުގެ ދޯދިތައް ބޮސްދޭ ގޮތުން އާގަމަވެފައި ހުރެވުނީއެވެ. އޮޅަލި ކުލައަށް ވުރެ ތަންކޮޅެއް އަލި ކުލައިގެ ހަންގަނޑާއި އެ ދިގު އިސްކޮޅު އަދި ލޫޅާފަތި ހަށިގަނޑުން އަންހެން ވަންތަކަން ފާޅުވެއެވެ. ޗޮކްލެޓު ކުލައިގެ ކަޅިއާއި ދިގު އެސްފިޔަތައް އެ މޫނައް ފުރިހަމަ ކަން ގެނުވައެވެ. ފަށުވި ކޮޅެއްހާ ފަން އިސްތަށިގަނޑު މައްޗައް އައްސާލާފައި އޮތް އިރު މޫނައް އެޅިފައި ހުރި ކުދި އިސްތަށިތައް އެ މޫނައް ގޯނާކުރަމުން ދިޔައެވެ.
”އެހްމްމްމް“ އެ ޒުވާނާ ކަރުކެހިލަމުން ފަހަތައް ޖެހިލީ މަހީރް ފޯނުގައި ހިފުމުންނެވެ. ”އަމް ސޮރީ ޓޫ…ބަލާ ނުލާ ނުކުމެވުނީ“ މަހީރް އެ ޒުވާނާއަށް ހިނިތުން ވުމެއް ހަދިޔާ ކޮއްލިއެވެ.
”ނޮޕް….ޔޯ ސޮރީ އިޒް ރިޖެކްޓެޑް“ އެ ޒުވާނާ މަހީރް އަށް ހިނިތުންވުން ރައްދު ކޮއްލިއިރު އެކޮލަށް އެޅޭ އަޑިކޮޅުން އެ ހިނިތުންވުން އިތުރައް ފުރިހަމަ ކޮއްދެއެވެ.
”އެ ކީއްވެ؟“ މަހީރް މައުސޫމް ގޮތަކައް އަހާލިއެވެ. ”ކޮފީއެއް ނޫނީ ބްރެކްފާސްޓަކައް އަހަންނާއެކު ހިނގާ…. އޭރުން ސޮރީ އެކްސެޕްޓް ކުރެވޭނީ…..މިތާ މަޑުކުރައްޗޭ މި އަންނަނީ މި ލެޕް ހަމަކޮއްލާފައި“
މަހީރްއަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ވެސް ނުދީ އެ ޒުވާނާ އަތުގައި އޮތް ‘ސްމާޓް ވޮޗައް’ ނަޒަރެއް ދެމުން ދުވެފައި ދިޔައީއެވެ.
ހަދާނެ ގޮތެއް ނޭގި މަހީރްއަށް އެޒުވާނާ ދިޔަ ދިމާއަށް ބަލަން ހުރެވުނީއެވެ….
One Comment
Comments are closed.

OMG OMG!!! so dreamyyyyy cant wait for next episode!