Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު -6

Vaahaka_by_Az
Vaahaka_by_Az Level 110 Stories
June 2, 2026 7 Mins Read
3 Comments

” ޔަލްވީ؟؟ ލޭޓް އަގެއިން؟؟” ޔަލްވީ ގެ ދުވެލި މަޑު ވެލީ ފަހަތުން އިވުނު އަޑަށެވެ.

މޫނައް ވައްތަރު ތަކެއް ޖައްސާލަމުން ޔަލްވީ ފަހަތައް އެނބުރުނީ ލަސް ލަހުންނެވެ. ކުރިމަތީ ހުއްޓިލައިގެން އެހުރީ ލިއަމް ޖުނޭދެވެ. ބުމަ ގޮއްޖަހާލައިގެން ހުރި ލިއަމް ގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ޔަލްވީއަށް ނަޒަރު ހިންގާލެވުނެވެ. ސިފައިންގެ ޔުނީފޯމުގައި ހުރި ލިއަމް ފެންނަލެއް ވަރަށްވެސް ސްމާޓެވެ. ކަޅު ކުލައިގެ ކަށިމައްޗާ ހަމައަށް އަންނަ ބޫޓުގެ ދަށައް ޔުނީފޯމުގެ ފައިކުރި ޖަހާލާފައި ވިއެވެ. ކަނާތުގައި އެންމެ ފަހުގެ ’ ގެލެކްސީ އަލްޓްރާ‘ ގަޑިއެއް އަޅާލާފައި އޮތް އިރު ވައަތުން ތޮފި ހިފާލައިގެން ހުރިއެވެ. ޔަލްވީގެ ނަޒަރު ދަތުރު ކުރީ ލިއަމްގެ ވައަތު ކަށި އިނގިލީގައި އަޅަފައި އޮތް ރިހި އަނގޮޓިއަށެވެ. ދެލޯ ބޮޑު ކޮއްލަމުން ހިންދިރުވާލީ ހިތައް ވެރިވި އެތައް ސުވާލު ތަކުންނެވެ.

”އަމް ސޮރީ ރޭގަ ލަހުން ނިދުނީ……. އެހެންވެ ހޭ ނުލެވުނީ“ އިސް ޖަހާލަމުން ޔަލްވީ އަތުގެ އިނގިލިތަކާ ކުޅެން ފެށިއެވެ.

ލިއަމް ފަރުވާތެރި ނަޒަރެއް ހިންގާލީ ޔަލްވީގެ ފައިން ފެށިގެން ބޮލާ ހަމައަށެވެ. މަޑު ފިޔާތޮށި ކުލައިގެ ‘ސްކްރަބްސް’  ލައިގެން ހުރި އިރު ހުދު ކުލައިގެ ޓެނިހަކައް އަރާފައި ހުއްޓެވެ. ޗޮކްލެޓް ކުލައިގެ ’ ޗާލްސް އެންޑް ކެއިތް‘ ގެ ބޮޑު ދަބަހެއް ކޮނޑުގައި އޮތްއިރު އެއް އަތުން ހުދު ކުލައިގެ ’ ސްޓެންލީ‘ އެއް ހިފައިގެން ހުރިއެވެ. އިސްތަށިގަނޑު ދޫކޮއް ފަހަތައް އައްސާލެވިފައި ވިއެވެ.  ފުން ނޭވާއެއް ދޫކޮއްލަމުން ލިއަމް ދުރު ބަލަންފެށީ  އުނދަގޫ ގޮތަކަށެވެ. ” ކިތައް ފަހަރު ބުނެވިއްޖެ ޔަލްވީ ގާތު ގަޑިއަށް ފަރުވާ ބަހައްޓަން. ދިސް އިޒް ޔުއަރ ފަސްޓް ޑޭ އެންޑް ޔޫ އާ ސޯ ލޭޓް“ ހިތްހަމަ ނުޖެހިފައި ހުރިކަން ލިއަމްގެ އަޑުން އެނގެއެވެ.

އަދިވެސް އިސް އުފުލާލަން ބޭނުން ނުވެފައި ޔަލްވީ ހުރިގޮތައް ހުރީއެވެ.

” އެހާ ވަރަކުން މިގަޑީގައި މި އައީވެސް ޔަލްވީގެ ފުރަތަމަ ދުވަސް ވީމަ ކަންކަން ކިޔާލަދޭން ވެގެން. ދެން މީގެ ފަހުން އައި ހޯޕް ޔޫ ވިލް ބީ ޕަންޗުއަލް. ޓޭކް ދިސް އޭޒް އަ ވާރނިންގް“ އެއް ޖީބައް އަތް ޖަހާލަމުން ލިއަމް ޔަލްވީއަށް އިޝާރަތް ކުރީ ލިއަމް އާއެކު އައުމަށެވެ.

ފަހަރަކު ތަނަކައް ވަންނަމުން ގޮސް ޔަލްވީއަށް ހުރިހާ ތަނެއް ދައްކަމުން އެންމެނައް ޔަލްވީ ތައާރަފް ކޮއްދެމުން ދިޔައެވެ.

އެލް.ޖޭ  މެޑް ހޮސްޕިޓަލް އަކީ  ޒަމާނީ ފެންވަރައް ހަދާފައި ހުރި ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ތަކުގެ ތެރެއިން އެއް ހޮސްޕިޓަލެވެ. ބޭރުގެ ހޮސްޕިޓަލް ތަކާ އެއްފެންވަރެއްގައި ހަދާފައި ހުރި އެ ހޮސްޕިޓަލަކީ ޕްރައިވެޓް ހޮސްޕިޓަލެކެވެ. އެލް. ޖޭ މެޑް ހޮސްޕިޓަލް ގެ 3 ގޮފި ރާއްޖޭގެ 3 ސަރަހައްދެއްގައި ހުރެއެވެ. ލާމު އަތޮޅު، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ގައެވެ.

ހުރިހާ ތަނެއްގެ އޮރިއެންޓޭޝަން ދެމުން ގޮސް އެންމެ ފަހަކައް ލިއަމް ވަނީ އިންޕޭޝަންޓް ޔުނިޓަށެވެ. އޭރު އެތަނައް އެތަކެއް ޑޮކްޓަރުންނާއި ނަރުހުން އެއްވެ ތިއްބެވެ. ” އައްސަލާމް އަލައިކުމް. ލެޓް މީ އިންޓްރޮޑިއުސް ޔޫ އަވަރ ވެރީ ފަސްޓް ނާރސް ޕްރެކްޓިޝަނަރ މަރިޔަމް ޔަލްވީ ޔާސިރު. ޔަލްވީ އަކީ ރާއްޖޭގެ ދެވަނަ ނަރސް ޕްރެކްޓިޝަނަރ އަދި މި ހޮސްޕިޓަލްގެ އެންމެ ފުރަތަމަ. ޔަލްވީ މަސައްކަތް ކުރާނީ ޔަލްވީގެ ކެބިންގައި. ދެން ޔަލްވީ އަށް ހުރިހާ ޑިޕާޓްމެންޓެއްގައިވެސް މަސައްކަތް ކުރުމުގެ ހުއްދަ އިންނާނެ. އައި ހޯޕް ހުރިހާ އެންމެންވެސް ޓީމެއް ގޮތުގައި މަސައްކަތް ކުރާނެ ކަމައް“ ލިއަމް ޔަލްވީގެ ކުޑަ ތައާރަފެއް ދިނެވެ.

ފަހަރަކު މީހަކު އައިސް ޔަލްވީއަށް މަރުހަބާ ކިޔުމައްފަހު އެމީހެއްގެ މަސައްކަތައް އެބުރި ދިޔައެވެ. ” ހިނގާ ދެން ޔަލްވީގެ ކެބިން ބަލާލަން“ ޔަލްވީއަށް ބަލާލަމުން ލިއަމް ގޮސް މަޑު ކޮއްލީ ހޯލުގެ އެންމެ ކޮޅުގައި ހުރި ކެބިން ކުރިމަތީގައެވެ. ޔަލްވީ އަރާ ހަމަ ވުމާއެކު ނަން ބޯޑައް ނަޒަރެއް ދިނެވެ. ބޯޑުގައި ‘ އޭ. އާރް. އެން.ޕީ‘ މަރިޔަމް ޔަލްވީ ޔާސިރު ( އެޑްވާންސްޑް ރެޖިސްޓަރޑް ނާރސް ޕްރެކްޓިޝަނަރ) ޖަހާފައި އިނެވެ.

” މީ ޔަލްވީގެ ކެބިން. ފުރަތަމަ ދުވަސް ވީމަ ކަންކަން ބަލާލާ މަސައްކަތުގެ މާހައުލު ކުޑަކޮއް އޮބްޒާވް ކޮއްލިޔަސް އެންމެ ރަނގަޅު. ގުޑް ލަކް“ ލިއަމް އެއްފަރާތަކައް ޖެހިލަމުން ޔަލްވީ ވަންނަން ތަން ދައްކާލަމުން ބުނެލިއެވެ. ޔަލްވީ ބޯ ޖަހާލީ ހިނިތުން ވެލަމުންނެވެ.

ލިއަމް ދިއުމުން ޔަލްވީ ކެބިންއަށް ވަދެ މުޅިތަނައް ނަޒަރު ހިންގާލިއެވެ. އާދައިގެ ވަރެއްގެ ކެބިންއެކެވެ. ހުރިހާ ތާކުން ހުދު ކުލަ ފެންނަން  ހުރި އިރު ހޮސްޕިޓަލްގެ ރަސްމީ ލޯގޯ ގެ ހުންނަ މަޑު ނޫ ކުލައިން ފާރުތަކުގައި ހުރަހައް ހިމަ ރޮނގެއް އެއްކޮޅުން އަނެއްކޮޅައް ދަމާލާފައި ހުއްޓެވެ. މަޑު އަޅި ކުލައިގެ ފަރުނީޗަރުތައް ބަހައްޓާފައި ހުރި އިރު ދެ ގަސް މުށި ކެބިންގެ ކަނުގައި ހުރުމުން ތަނައް ދިރުން ލިބިފައި ވިއެވެ. މޭޒު ކައިރީ ބޮޑު ގޮނޑި އަކާއި ކޮމްޕިއުޓަރު ސިސްޓަމެއް އަދި ބިއްލޫރި ނޯޓިސް ބޯޑެއް ފާރުގައި ހަރުކުރެވިފައި ހުއްޓެވެ.  އެއްފަރާތެއްގައި އެކަކު އިށީދެވޭ ވަރުގެ ދެ ސޯފާ އަދި ކުޑަ ކޮފީ މޭޒެއް ހުއްޓެވެ. ކެބިންގެ ވާތްފަޅީގައި ފާރުގެ އެއްކޮޅުން އަނެއްކޮޅައް  ދާވަރުގެ ބޭރު ފެންނަ ގޮތައް ގުރި ހުޅުވޭ ކުޑަ ދޮރެއް ހުރިއެވެ.

މޭޒު ކައިރީ ހުރި ކުޑަ ލޮކަރައް ޔަލްވީގެ ދަބަސް ލަމުން ބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮއްލީ ފުން ނޭވައެއް ބޭރު ކޮއްލަމުންނެވެ. ޔަލްވީގެ މޫނު މަތިން ފެންނަނީ ހިތްހަމަ ޖެހުމެވެ. ކުޑައިރު ޑޮކްޓަރުކަން ކިޔަވަން އެތައް ހުވަފެން ތަކެއް ދުއް ޔަލްވީއަށް އެ ހުވަފެންތައް ކާމިޔާބު ނުކުރެވުނީ ހަޔާތުގައި އެޅުނު ކަތި ފިޔަވަޅަކުންނެވެ. މިއަދާ ހަމައަށް ވެސް ޔަލްވީ އެކަމާ ދެރަވެ ހިތާމަ ކުރެއެވެ. ޑޮކްޓަރުކަން ކިޔެވުމުގެ ނަސީބު  ނުލިބުމުން ދެން ޔަލްވީ ބޭނުންވީ ސިއްހީ ދާއިރާއިން އެކަމާ އެންމެ ގާތްކުރާ އެއްޗެއް ކިޔަވާށެވެ.  އެތައް ދުވަހަކުން ހޯދުންތައް ހޯދައި އެތައް ބައެއްގެ ހިޔާލު ހޯދުމައްފަހު ޔަލްވީ ނިންމީ ނަރސް ޕްރެކްޓިޝަނަރ އަކަށް ވާށެވެ. އެއީ ޑޮކްޓަރުންނެކޭ އެއްގޮތައް ބަލިތައް ހޯދާ ދެނެގަނެ ބޭސް ލިޔެ ބަލި މީހުނައް ފަރުވާ ކުރެވޭ ކަހަލަ ދާއިރާއެކެވެ.

ޔަލްވީގެ އެދުމުގެ މަތިން ޔަލްވީގެ އާއިލާގެ މީހުން އެއްބަސްވެ ޔަލްވީ އޮސްޓްރޭލިއާ އަށް   ކިޔަވަން ފޮނުވީއެވެ. އެތައް ބުރަ މަސައްކަތަކުން ހިތްވަރާއެކު މާސްޓާރސް އާ ހަމައަށް ޔަލްވީ ކިޔެވިއެވެ. އެއަށްފަހު މަސައްކަތުގެ މާހައުލައް ނުކުމެ ތަޖުރިބާ ހޯދުމައްފަހު ޔަލްވީ ބޭނުން ވަނީ ’ޑޮކްޓަރޭޓް‘ ހެދުމަށެވެ. ރާއްޖޭގައި އާންމު ވަޒީފާއަކައް ނުވުމުން ޔަލްވީ ބޭނުންވީ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލްގައި މަސައްކަތް ކޮއް ތަޖުރިބާ ހޯދާށެވެ. އެހެންކަމުން ޔުވާންގެ ލަފަޔައް  އެލް. ޖޭ މެޑް ހޮސްޕިޓަލައް ރިކުއެސްޓެއް ކޮއް އީމެއިލް ކުރީއެވެ. ހީކުރި ވަރަށް ވުރެ އަވަހާ ޔަލްވީއަށް ވަޒީފާ ލިބުން ވެގެން ދިޔައީ މުޅި އާއިލާއަށް ވެސް  ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

………………….

އާދައިހެ މަތިން އާޔަތު މޫނު ދޮވެ ތާޒާ ވެލައިގެން  ނުކުމެ ކޮފީތައްޓެއް ހަދާލަމުން ޕާން ޓޯސްޓުކޮއް އެވަކާޑޯ އެއް ފޮތިކޮއްލިއެވެ. މަޑު ރާގެއް އަނގައިން ލައްވަމުން ހުރެ ބިސްގަނޑެއް އަޅަމުން ދިޔައީ ހިޔާލެއް ފިކުރެއް ނެތިއެވެ.

ފޯނު ރިންގު ވާން ފެށީ އެ ވަގުތު އެވެ. ކަޅި މައްޗައް އަރުވާލަމުން ކަންނެތްގޮތަކައް ގޮސް ފޯނު ނަގައި ކަންފަތު ޖަހާލީ ސޯފާގައި އިށީދެލަމުންނެވެ. އާޔަތުގެ މޫނައް އަރަމުން ދިޔަ ކުލަވަރުން އުފާވެރި  ޙަބަރެއް ލިބިގެން  އުޅޭކަން އެނގޭހާވެއެވެ. ”ލައްބަ އޯކޭ …..11 ޖަހާއިރު އައިވިލް ބީ ދެ އަރ….. ތެންކިޔޫ“ ހެވި ދިލިފައި ހުރެ އާޔަތު ކަންފަތުން ފޯނު ތިރިކޮއް ގަޑި ބަލާލިއިރު 9:40 ވަނީއެވެ.  ދެލޯ ބޮޑު ކޮއްލަމުން ބަދިގެއަށް ދުއްވައިގަތީ ކަމެއް ހަނދާން ވެގެންނެވެ. ” މަގޭ ބިސް ކޮޅު“ ކަޅުވެފައި ހުރި ތަވަޔާއި ބިސްގަނޑައް  ބަލަން ހުރެ ނިއްކުރީގައި އަތުން ޖަހާލީ ހިނިގަނޑެއް ޖަހާލަމުންނެވެ.  އަތްމަތި އަވަސް ކޮއްލައި  ސައި ބޮއިލައިގެން އާޔަތު ކޮޓަރިއަށް ވަނީ ފެންވަރާ ރީތި ވާށެވެ.

………………..

ޓެކްސީގައި އިން އާޔަތު ހާސްވެގެން އުޅޭވަރު ހާމަވަނީ އެއްފައި ތަޅުވާލަ ތަޅުވާލަ އިންގޮތުންނެވެ. އިރު އިރު ކޮޅާ ގަޑިއަށް ބަލާލައެވެ. ޓެކްސީ ގޮސް މަޑު ކޮއްލީ  ’އޯކް މޮންޓް ލޯ ފާމް‘ ކުރިމަތީގައެވެ. ޓެކްސީއަށް ލާރި ދައްކާލަމުން އާޔަތު ކުރިމަތީ ހުރި އިމާރާތައް ނަޒަރެއް ދިނެވެ. އަދި އަމިއްލަ މީހާއަށް ނަޒަރެއް ދިނީ ލައިހެން ހުރި ގަމީސް ކޮޅު ރަނގަޅު ކޮއްލަމުންނެވެ. ހުދުކުލައިގެ ގަމީސް ކޮޅު ހުރީ ލައިގެން ހުރި ކަޅުކުލައިގެ ފުޅާ ޕޭންޓްސް ދަށައް ޖަހާލާފައެވެ. މަތިން ކަޅު ބެލްޓެއް އަޅާފައި ހުރިއެވެ. ހުދު ގަމީސް ކޮޅު މަތިން ބެއިޖް ކުލައިގެ ބްލޭޒާ އެއް ލާފައި ހުރިއެވެ. ކޮނޑުގައި އެންމެފަހުގެ ލޯންގް ޗޭމްޕް ބޮޑު ދަބަހެއް އަޅުވާލާފައި އޮތެވެ. އެއްއަތުގައި ރަން ފައް ކޮޅެއް އޮތްއިރު އަނެއް އަތުގައިއެންމެފަހުގެ ކެސިއޯ ވިންޓޭޖް ގަޑިއެއް އަޅާލާފައި އޮތެވެ. އަރައިގެން ހުރީ ” ލޫ ބޮޓިން ހީލް“ އަކަށެވެ. ފަހަތައް ދޫކޮއްލާފައި އޮތް އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން  އާޔަތު އިމާރާތުގެ ތެރެއަށް   ވަނެވެ.

ލިފްޓައް އަރައި ހަތަރުވަނަ ފަންގިފިލާއަށް  ނުކުމެވުމުން ރިސެޕްޝަން ކައިރީއިން އަންހެންކުއްޖާ ގާތު އޮޅުން ފިލުވައިގެން  ކުރިމަތީ ހުރި  އޮފީސް ގެ ދޮރުގައި ޓަކި ދިނެވެ.  ޓަކި ދިންތާ މާ ގިނައިރެއް ނުވެ  ދޮރު ހުޅުވާލާފައި ނުކުތީ އާޔަތާއި ދާދި އެއް އުމުރެއް ކަމައް ދައްކާ ޒުވާނެކެވެ.

”ހާއި…..އާޔަތު އަދީލް ތޯ؟؟ އަޅުގަނޑުމީ މަލީހް. ރިއަލް އެސްޓޭޓް ލޯ ޑިޕާޓުމެންޓުގެ ހެޑް“ ހިނިތުން ވެލަމުން އެ ޒުވާނާ  އާޔަތުއާ ސަލާމް ކޮއްލިއެވެ. އާޔަތުވެސް ހިނިތުން ވެލަމުން ލައްބައޭ ބުނެލިއެވެ.

”ސޮރީ އަސްލު އެހާ ކުޑަ ވަގުތު ކޮޅެއް ތެރޭގަ މީޓިން އަކަށް ކިޔަން ޖެހުނީމަ. އިންޓަވިއު އޮތް ދުވަހުވެސް އަޅުގަނޑައް ނާދެވުނު ދޯ. އަސްލު އިންޓަވިއު އަށް ފަހުވެސް އާޔަތުއަށް ނުގުޅާ ލަސްވީ އަޅުގަނޑު އެމަޖެންސީ ލީވްއެއްގައި ހުރީމަ“ މަލީހް އާޔަތު ގޮވައިގެން ބައްދަލުވުންތައް ބާއްވާ ކޮޓަރިއަށް ވަދެ އިށީންނަން ތަން ދެއްކިއެވެ.

”އިޓްސް އޯކޭ ނޯ ވޮރީސް“ ގޮނޑިއެއް ދަމާލާފައި އާޔަތު އިށީންދެލިއެވެ.

”އާޔަތުގެ ރަސްމީ ވަޒީފާ ގަޑިތައް ފަށާނީ މާދަމާ އެނގޭ….މިއަދު ކުޑަކޮއް ވާނުވާ ކިޔާލަދީ ކުރިއަށް ދާނޭ ގޮތުގެ  އޮރިއެމްޓޭޝަނެއް ދޭންވެގެން މިގެނައީ“ ހިނިތުން ވެލަމުން މަލީހް ވާހަކަ ދެއްކިއެވެ. ”މި އޮފީހުގެ އިންނާނީ  ތިން ޑިޕާޓްމެންޓް…..އެއީ ކްރިމިނަލް ލޯ….. ރިއަލް އެސްޓޭޓް އަދި ކޯޕަރޭޓް ލޯ…. އަހަރުމެންގެ މީ ރިއަލް އެސްޓޭޓް. ދެން ބޮޑައް ތިބޭނީ ސީއީއޯ، ސީނިއަރ ޕާޓްނާޒް ، އެގްޒެކެޓިވް ކޮމިޓީ އަދި ޕްރެކްޓިސް  ގުރޫޕް ލީޑަރުން“ މަސައްކަތާ އޮފީހާ ބެހޭ ގޮތުން މަލީހް އާޔަތައް ވަރަށް ތަފްސީލް ކޮއް ކިޔާދިނެވެ. އާޔަތުގެ ސުވާލުތަކައް މަލީހް ޖަވާބު ދިނީވެސް ފަރިތަކަމާ އެކުއެވެ. މަލީހް ބުނި ގޮތުން އެ އޮފީހުގައި މަސައްކަތް ކުރާތާ ދެ އަހަރު ވީއެވެ. މަލީހްގެ ކުޅަދާނަ ކަމާއި ބުރަމަސައްކަތުން އެންމެ 25 އަހަރުގައި ޑިޕާޓްމެންޓުގެ އިސް މީހަކައް އައްޔަން ކުރެވިގެން ދިޔައެވެ.

މީޓިން ނިންމާލުމައް ފަހު އާޔަތު ނުކުތީ އުފަލުން ހުރެއެވެ. އެތައް ދުވަހެއްގެ އިންތިޒާރު ނިމުމަކަށް އައީއެވެ.  އޯލެވެލް ނިންމައި ރަންވަނަތަކެއް ހާސިލް ކުރުމަށް ފަހު އާޔަތު ދިޔައީ ނެދަރ ލޭންޑުގެ އެމްސްޓާރޑަމް ލޯ ސްކޫލަށެވެ. އެމްސްޓާރޑަމް ގެ ލޯ ސްކޫލުން ރިއަލް އެސްޓޭޓް ލޯ އިން މާސްޓާރސް ހާސިލް ކުރިއެވެ. ކިޔަވާ ނިންމާލުމައްފަހު ރާއްޖެ އައިސް ވަޒީފާއަށް  ގޮސް އަމިއްލަ ފައި މައްޗައް ތެދުވުމަކީ އާޔަތުގެ އުންމީދެވެ. މައިންބަފައިންގެ ފަރާތުން އެހީތެރިކަން ލިބުނަސް އާޔަތު ބޭނުންވަނީ އަމިއްލައަކަށް  މިނިވަންކަމާއެކު އުޅެވޭނެ ވަރުގެ ހަރުދަނާ މީހަކަށް ވާށެވެ.

ޓެކްސީ އަކައް އަތް ނަގައި ހުއްޓުވަމުން ޓެކްސީއަށް އަރަަ ހަމަޖެހިލާފައި އެލް.ޖޭ  މެޑް ހޮސްޕިޓަލް ކައިރިއަށް ދިއުމައް ޑްރައިވަރައް އިރުޝާދު ދިނެވެ.

…………………..

މެންދުރުގެ އެކެއް ޖެހިއިރު ޔަލްވީހުރީ އެލްޖޭ ހޮސްޕިޓަލް އާ މާދުރުނޫން ހިސާބެއްގައި ހުރި ’މޯޗީ‘ ނަމަކައް ކިޔާ ކުޑަ  ކެފޭ ކުރިމަތީގައެވެ. އާޔަތު މެސެޖް ކުރުމުން ޔަލްވީ ބްރޭކެއް  ނަގައިގެން ނުކުތީއެވެ.

”ވާއު…..ލުކިން ގޯޖަސް އިން ސްކްރަބްސް“ ހިނިތުންވުން ފުޅާ ކޮއްލަމުން އާޔަތު ޔަލްވީ ފެނުމުން ތައުރީފު ކޮއްލިއެވެ. ދެ މީހުންނައް އިށީންދެވޭ ގޮތައް  ހުރި މޭޒެއްގައި އިން އާޔަތު ކުރިމަތީ އިން ގޮނޑި ދަމާލަމުން ޔަލްވީ އިށީނެވެ.

އާދައިގެ ކުޑަ ކެފޭއަކައް ވިޔަސް ތަނުގެ ރީތި ކަމާއި ފެންވަރު ރަނގަޅުކަމައް ދައްކައެވެ. މުޅި ތަނުން ފެންނަނީ ހުދު ކަމެވެ. ބެއިޖް ކުލަ އާއި ހުދު ކުލައިން ކޭފޭގެ ފަރުނީޗަރުތަކާއި އިންޓީރިއަރ ޑިޒައިން ފެންނަލެއް ނުހަނު ހިތްގައިމެވެ. ކެފޭގެ ފޮޓޯތައް ނަގަމުން އާޔަތު އަދި ޔަލްވީ ވެސް މަޖާވެލާފައި ތިއްބެވެ. މެންދުރު ވަގުތައް ވެފައި ބަނޑުހައި ވެފައި ހުރުމުން ދެމީހުން ވެސް އޯޑަރު ކުރީ ކާއެއްޗެއްސަށެވެ.

” ދެން ބުނެބަ ހައު ޑިޑް އިޓް ގޯ؟“ އާޔަތު ވަނީ މެސެޖުން ކުޑަކޮއް  ވީގޮތް ޔަލްވީއަށް ކިޔާދީފައި  ކަމައް ވުމުން ޝައުގުވެރި ވެލަމުން  ޔަލްވީ އަހާލިއެވެ.

”އަނެއްހެން ވަރަށް ކޫލް…… އޮރިއެންޓޭޝަންއެއް ދިނީ ދެން ހުރިހާ މަސައްކަތެއް ކިޔާދީފަ ބުނީ މާދަމާ ޖޮއިން ކުރަން. އިންޓަވިއު އަށް ފަހު ހަބަރެއް ނުވެ ލަސްވީ ހެޑް  އެމަޖެންސީ ލީވްއެއްގަ ހުރީމަޔޯ“ އާޔަތު ޔަލްވީއަށް ކުރު ހުލާސާއެއް ދިނެވެ. ”ހޫމް…..އަދި ބުނީމެއްނު ހެޑް ވަރަށް ހޮޓޭ……. ހަހަހަހަ ކިޔާބަލަ އޭނަގެ ލުކްސް ހުރިގޮތް“ ކަމެއް ހަނދާންވެގެން ޔަލްވީ ހެވިލާފައި  ގޮނޑީގައި ހަމަ ޖެހިލިއެވެ.

”އޭނަ ދޯ….. މަލީހް ކިޔަނީ އަނެއްހެން ހީލުކުސް އޯކޭ ދެން. ހިސް ބޮޑީ އިޒް ޓީ ހަމަ……ހޮޓް އެންޑް ފޯމަލް ލުކްއެއްގައި ހުރީ. އެކަމް ދެން ޔަލް އަށް އެނގެއެއްނު އަހަރެން އެކަހަލަ ކަންކަމައް ޝައުގެއް ނެތްކަން“ ދެ ކޮނޑު އަރުވާލަމުން އާޔަތު ވާހަކަ މެދު ކަނޑާލީ ވެއިޓަރު އޯޑަރު ގެނައުމުންނެވެ.

އާޔަތު ނެގީ މީޓް ބޯލް ޕާސްތާ އަކާއި ޕީޗް އައިސް ޓީ އެކެވެ. ޔަލްވީ ނެގީ މެކްސިކަން ޗިކެން ރައިސް ބޮވްލް އަކާއި  ސްޓޯބެރީ އައިސް ޓީ އެކެވެ. އެތައް ގޮތަކައް ކާއެއްޗެހީގެ ފޮޓޯ ނެގުމައް ފަހު ދެމީހުން ހިތްހަމަ ޖެހޭ ވަރަށް ’އެސްތެޓިކް‘ ފޮޓޯތައް ނެގުމުން އިންސްޓަރގްރާމް ސްޓޯރީއަށް ލައި ނިމްމާލިއެވެ. އަދި އެއަށް ފަހު ކެއުމައް އިންސާފު ކުރިއެވެ.  ކޮންމެ ކަމެއް ކުރިޔަސް  އިންސްޓަރގްރާމައް ލުމަކީ މިހާރު މިޒަމާނުގެ އާދައެވެ.

”ޔައްލުގެ ފަސްޓް ޑޭ ކިހިނެއް؟“ އާޔަތު ކެއުމުގެ ކުރިން ޔަލްވީއާ ސުވާލު ކުރިއެވެ.

”ހޮރިބަލް އެޓް ފަސްޓް. އެކަމް ފަހުން ބެޓަރ…. ގަޑި ޖެހިގެން ދެވުނީ އެންޑް އެއްކަލަ ގްރަމްޕީ ގަނޑު އައިސް ވައްޓާލީ ހަމަ ކުރިމައްޗައް…. ވަރަށް ޕިސްޑް ވެފަހުރީ“ ޔަލްވީގެ ޝަކުވާތައް ހުންނަ ގޮތުން އާޔަތުއަށް ހެވުނެވެ. ”އެންޑް ގެސް ވަޓް….. ހީއިޒް މިލިޓަރީ…. އައިވޯޒް ޝޮކްޑް ޓޫ“ އާޔަތު އަނގަ ހުޅުވިފަ އިންގޮތުން ޔަލްވީ އަށް މަޖާވިއެވެ.

”ހަހަހަހަ……. އެއްކަލަ ދެބުޅާ ހަމަ ކޯޅެނީ އޭ ދޯ…. އައި ތިންކް ހީލައިކްސް ޔޫ ޔައްލު“ ހެމުން އާޔަތު ޔަލްވީއަށް ޖެއްސުން ކޮއްލިއެވެ.

”ދެން ނޯ…… ވައި ވުޑް ހީ ލައިކް މީ؟ ދެޓް ގްރަމްޕީ ގަނޑު.  ބަޓް އައި ވިލް ނޮޓް ލައި …..ހީ ލުކްޑް ގުޑް އިން ޔުނިފޯމް…. އެންޑް ހީހޭޒް ބައިވަރު ކަލާޒް އަރާފަ މޭމައްޗައް“ ޔަލްވީ ވާހަކަ ދެއްކި އިރު މޫނައް އެރި ކުލަވަރުތަކައް އާޔަތު ފަރުވާތެރިކޮއް ބަލަން އިނެވެ.

  ”ހީވަނީ ލިއަމް އިޒް މެރީޑް ހެން…….ހީ ހެޑް އަ ރިންގް އޮން ހިޒް ރިންގް ފިންގާ“ ފާޑަކައް އިނދެ ޔަލްވީ އެހެން ބުނެލިއިރު އެ އަޑުގައި ކުރިން ހުރި ޖޯޝެއް ނެތްކަން އާޔަތައް ފާހަގަ ވިއެވެ.

” އެ ވެދާނެ އެއްނު ހަމަ ރީއްޗަކައް އަޅާފަ އިން އަނގޮޓިއެއް ކަމައްވެސް. އެންޑް ލިއަމް ދޭ ލުކްސް އިން ހީވަނީ ހީ ލައިކްސް ޔޫ“ އާޔަތުއަށް ހީވާގޮތް ފާޅުކުރިއެވެ.

”ނޫން ހިއެއް ނުވޭ….. އެ އިނގިލީގައި މީހުން އަޅަނީ ވެޑިން ރިންގް އޭ….. އެހެން ނޫނަސް އަހަރެން މީ ކާކު ލިއަމް ލައިކް ވާން….. ލިއަމްގެ ސްޓޭޑާރޑްސް މާ ހައި ވާނެ….. އަހަރެން ކަހަލަ އަންހެން ކުއްޖަކައް އެ ނަޒަރުން ބަލާވެސް ނުލާނެ….. އަހަރެން ރީއްޗެއްވެސް ނޫން“ މާޔޫސީ ރާގަކައް ޔަލްވީ އެހެން ބުނެލީ ކުރީގެ ހަނދާންތައް އާވުމުންނެވެ.

އާޔަތު ކިތަންމެ އެއްޗެއް ކިޔަސް ޔަލްވީ ގަބޫލު ނުކުރާނެކަން އެނގޭތީ އިތުރައް އެވާހަކަ ކުރިއަށް ނުގެންދަން ނިންމިއެވެ.  ޔަލްވީއަކީ ކުޑަ އިރުން ފެށިގެންވެސް ’ އިންސެކިއުރިޓީޒް“ ހުންނަ ކުއްޖެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ސްކޫލް ދައުރުން ފެށިގެންވެސް ޔަލްވީއަށް އެތައް ގޮތަކައް ކުދިން ގަނާ ކޮއް ހެދިއެވެ. ކިޔެވުމައް އަބަދުވެސް މޮޅުކޮއް ހުންނަ ޔަލްވީއަށް ކިލާސް ކުދިންގެ ނަފްރަތާ ހަސަދަ ވެރިކަމާ ކުރިމަތިލާން ޖެހެއެވެ. ކޮންމެ ދުވަހަކުވެސް އެކުދިން ޔަލްވީ ހުންނަ ގޮތާއި ސިފަޔައް މަލާމާތް ކޮއްލާ ދެރަކޮއްލައެވެ. ޔަލްވީ ގެއަށް ގޮސް މަންމަ އާއި ބައްޕަ ގާތު އެތައް ޝަކުވާއެއް ކޮއް ރޮއެ ހަދައެވެ. އޭލެވެލްގައި އުޅުނު އިރުވެސް މިކަންތައް ދިޔައީ ބޮޑު ވަމުންނެވެ. މަންމަ އާއި ބައްޕަގެ އެތައް ނަސޭހަތަކުން އަދި ހިތްވަރުން ޔަލްވީއަށް ދެރަ ގޮތެއް ނުވެ  ސަލާމަތް ވިއަސް ޔަލްވީ އަކީ ރީތި ކުއްޖެއް ކަމައް ގަބޫލެއް ނުކުރެވެއެވެ.

އެއީ އިންސާނީ ޠަބީއަތެވެ. ތިމާ އަށް ލިބިފައިވާ ރިޒުގު ކިތަންމެ ގިނަ ކަމުގައި ވީނަމަވެސް އެހެން މީހުންނައް ލިބިފައިވާ ރިޒުގައް ހަސަދަ ވެރިވުމެވެ. ރިޒުގު ދެއްވާ ރަސްކަލާންގެ އެ ތަކެތި އަނބުރާ ނެތި ކޮއްލުމުގެ ބާރުވެސް އެކަލާންގެއަށް ލިބިވޮޑިގެންވެއެވެ. އެކަލާންގެ ވަނީ އިންސާނާ އެންމެ ރިވެތި ސޫރައިގައި ހައްދަވާފައެވެ. ތިބާ ހެއްދެވި ރަސްކަލާންގެ ހެއްދެވި އެހެން އިންސާނުން ގެ ސިފަ އަށް މަލާމާތް ކޮއް ފުރަސާރަ ކުރަން ބިރުވެތި ނުވަނީހެއްޔެވެ.

…………………

ޔަލްވީ ބްރޭކް ގަޑި ނިންމާލާފައި ހޮސްޕިޓަލައް އެނބުރި ދިޔައިރު އާޔަތު ދިޔައީ ގެއަށެވެ. މަޑު ހިނގުމެއްގައި އެމަޖެންސީ ކޮޓަރި ކުރިމަތިން ހުރަސްކޮއް ހޮސްޕިޓަލައް ވަންނަން ދިޔަ ޔަލްވީގެ ލޮލުގައި އަޅައިގަތީ ސްކޫލު ޔުނިފޯމުގައި ހުރި މަހީރް

 ’އީ އާރް‘ ތެރޭގައި ހުރިތަނެވެ.  ލޯބިވާ ކޮއްކޮއަށް ބޮޑު ކަމެއް ވީ ކަމައް ހީކޮއް  ފަޔައް ބާރުލަމުން ޔަލްވީ ’ އީ އާރް‘ ތެރެއަށް ދުއްވައި ގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 61

Next

މި ހިތުގާ ވަނީ ހަމަ ކަލާ – 2

Next
June 2, 2026

މި ހިތުގާ ވަނީ ހަމަ ކަލާ – 2

Previews
June 2, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 61

3 Comments!

  1. vnl says:
    June 2, 2026 at 12:16 pm

    OMG!! soo TEAAAA..
    Maheer loabikolhah dhera gotheh nuhadhahcheyyy, dhen haadha reeehcheyyy pls next episode upload kohdheebaaaa :)(((

  2. Wxxo says:
    June 2, 2026 at 1:29 pm

    Wow wow vrh salhi.
    When next????
    Curiously waiting

  3. zdmr says:
    June 2, 2026 at 3:19 pm

    can’t wait for the next ep
    pls thankolheh avahas next ep up kohdheeba
    mi ep ves vrh reethi

Comments are closed.

Next Episodeތަޤުދީރު – 7←


All Right Reserved!