Skip to content
އެސްފިޔަ

މާފުކުރާށޭ ލޯބިވާ 2

” ހޫމް. ދެން ތިއެއްނޫނޭ. ހިނގާ އައިސްކްރީމް ބޮމާ.” މާހައުލު އުފާވެރި ކޮށްލުމަށް ޝޫރާ ބުނެލިއެވެ. ސަނާޝްވެސް ހީލަމުން ޝޫރާއާއިއެކު ހިނގައިގަތީ ބާސްކިންރޮބިންސްއަށް ވަނުމަށެވެ. ޝޫރާގެ ފަހަތުން ބާސްކިންރޮބިންސްއަށްވަތް ސަނާޝްގެ ދެލޯ ބޮޑުވީ ފެނުނު މީހެއްގެ ސަބަބުންނެވެ. ސަނާޝްގެ ދެލޯ ކަރުނައިން ފުރިގެން ދިޔައިރު ޝޫރާގެ ދެލޮލުން ފެނުނީ ނަފްރަތެވެ.

………………………………………………………..

” ހާއި. ނައިސްޓު މީޓްޔޫ ސަނާޝް.” ނުލަފާ ފާޑަކަށް ހީލަމުން ޒާކިޔާ ބުނެލިއެވެ.

” ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟” ރުޅިވެެރި ކަމާއިއެކު ޝޫރާ ބުނެލިއެވެ.

” މަ ނުދެނެހުރިން މީ މަށަށް ވަނުން މަނާ ސަރަހައްދެއްކަމަކަށް. އެހެންނޫނަސް ކަލޭ ތީކާކު މަށާއި ސުވާލުކުރަން.” ޝޫރާއާއި ދިމާލަށް ކަޅިއަޅާލަމުން ޒާކިޔާ ބުނެލިއެވެ.

” ބަލަ ކަލޭ މިތަނަށްވަނަސް ނުވަނަސް މަށަށް ހެޔޮ. އަހަރެމެން ފަހަތުން ނެއްޓިބަލަ.” ޒާކިޔާއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ޝޫރާ ބުނެލިއެވެ.

” މަ ނޫޅެން ކަލޭމެން ފަހަތުން އަންނާކަށް . ކަލޭ ވިއްޔަ ގަމާރުކަމުން އަބަދު ސަނާޝް ފޫބުޑުގަ ތިއުޅެނީ. ބަލަ ސަނާޝް ހީކުރަނީ ކަލޭތީ ކާކު ކަމަށްތަ؟ ކަލޭތީ މާމޮޅު މީހެއްކަމަށްތަ؟ އަދިވެސް އެއްޗެއް ވިސްނޭކަށްނުވޭދޯ. ބަލަ ކަލޭ ލޯބިވެގެން އުޅުނު އަޒްކާން އެދިޔައީ ކަލޭ ދޫކޮށްލާފަ. އާނ. އަދި އެވާހަކަ ދެއްކޭކަށް ނެތެއްނު. ކަލޭގެ ކޮއްކޮ ސާރާވެސް ކަލޭދެކެ ލޯތްބެއްނުވޭ. ތިކަހަލަ މީހެއްދެކެ ލޯބިވާނީ ކާކު. ” ޒާކިޔާ ސަނާޝްއާއި ދިމާލަށް ހިތުހުރިއެއްޗެއް ގޮވަމުންދިޔައެވެ.

” ޒާކިޔާ އަޅެ ކީއްވެތަ އަހަރެންދެކެ ތިހާރުޅި އަންނަނީ؟ އަހަރެން ކީއްތަކުރީ ޒާކިޔާއަށް؟ ” ކަރުނަަވީ ލޮލަކުން ސަނާޝް އަހާލިއެވެ.

” ކީއްވެހޭ ރުޅި އަންނަނީ؟ ކަލޭ މަގޭގެ ދިރިއުޅުން ހަލާކުކޮށްލީ. ކަލޭ މަގޭ އަތުން އަޒްކާން ފޭރިގަތީ. އަދި ކޮބަ؟ ކަލޭ ކަލޭގެ އަމިއްލަ މައިމީހާގެ ދިރިއުޅުން ހަލާކުކޮށްލީ. އާނ. ކަލެއަށް ތިހީވަނީ ރަނގަޅަށް. ސާއިމާ ކަލޭދެކެ ލޯތްބެއްނުވޭ. ކަލެއަށްވުރެ ސާރާދެކެ ސާއިމާ ލޯބިވަނީ.” ވާހަކަ ފެށިއިރު ޒާކިޔާގެ އަޑުގައި ރުޅިވެރިކަންވިއަސް ވާހަކަ ނިމުނުއިރު ޒާކިޔާގެ އަޑުގައިވަނީ މަލާމާތެވެ. ޒާކިޔާގެ ވިހަގަދަ ބަސްތައަށް އިވިފައި ސަނާޝް އަނގަމަތީގައި އަތްއަޅައިގެން ރޮމުން ރޮމުން ބާސްކިންރޮބިންސްއިން ނިކުތެވެ. އެވަގުތު ސަނާޝް  މީހެއްގެ ގައިގައި ލައިގަތެވެ.

” އޭޝް. ކީއްވެ ރޮނީ؟” ސަނާޝް ސިހުނީ ސަނާޝްގެ އަތުގައި ހިފަމުން އެމީހާ ވާހަކަދެއްކީމައެވެ.

” އަޒްކާން ” ސަނާޝްއަށް ވައިއަޑުން ކިޔާލެވުނެވެ.

” އޭޝް. ކިހިނަތްވީ؟ ވީގޮތް ބުނެބަލަ.” ސަނާޝް ސިހުނީ ދެވަނަފަހަރަށް އަޒްކާން ވާހަކަދެއްކުމުންނެވެ.

” ދޫކޮށްލާ އަހަރެންގެ އަތުން. ” ކިތަންމެ ރުޅިއައިސް އެހެންބުނަން މަސައްކަތް ކުރިޔަސް ސަނާޝްއަށް އެހެންބުނެވުނީ ރޮމުންނެވެ.

” ނުކުރާނަން ދުލެއް. އޭޝް ކީއްވެތަ ތިރޮނީ؟ ވީގޮތެއް ބުނެބަލަ ޕްލީޒް. ” ސަނާޝްގެ އަތުން ދޫކުރާކަށް އަޒްކާން ބޭނުމެއްނުވިއެވެ.

” އަހަރެންނަށް ކޮންމެ ގޮތެއްވިޔަސް އެއީ އަޒްކާންއަކާއި ބެހޭކަމެެއްނޫން. އަހަރެން އިންނާނެ އަޒްކާން ކައިރީގައި މަށާ ވާހަކަދައްކައިގެން ނުވާނޭ ބުނެފަ. ” އަދިވެސް ސަނާޝްއަށް ރޮވެނީއެވެ.

” އޭޝް ގަބޫލުކޮށްބަލަ. އަހަރެންނަކީ އެކަހަލަ މީހެއްނޫނޭ. އަހަރެން ލޯބިވަނީ އޭޝްދެކެއޭ. ހަމައެކަނި އޭޝްދެކެ. ސާރާއަކީ އޭޝްގެ ކޮއްކޮއެއް. އެހެންވެ އަހަރެން ސާރާއަށް ކަންތައްތައް ކޮށްދެނީ އަހަރެންގެވެސް ކޮއްކޮއެއްހެން. ހެޔޮނުވާނެ އޭޝް. ގަބޫލުކޮށްބަލަ އަހަރެން އޭޝްދެކެ ލޯބިވާކަމަށް. ” ވާހަކަދައްކަމުން ގޮސް އަޒްލާންގެ ދެލޯ ފެންކަޅިވިއެވެ.

” ލޯތްބޭ. އަޒްކާން ނުވޭ އަހަރެންދެކެ ލޯތްބެއްނުވޭ. ހަމައެކަނި އަނގައިންބުނީމަ އެއީ ލޯބިވީކީއެއްނޫން. އަޒްކާން އަހަރެންދެކެ ލޯބިވާނަމަ އެރޭއެހެނެއް ނަހަދާނެ. އެވެސް ސާރާއާއި އެއްކޮށް. އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮއާއި އެއްކޮށް. ” ވާހަކަ ފެށީރު ސަނާޝްގެއަޑުގައި ރުޅިވެރިކަން ވިޔަސް ވާހަކަ ނިމުނުއިރު ސަނާޝްގެ އަޑުގައިވަނީ ޝަކުވާއެވެ.

” އަހަރެން ކިހިނަތް ހެދީމަ އޭޝް ގަބޫލުކުރާނީ. އަހަރެން ސާރާއާއި އެއްކޮށް……………”

” ނޫން އަޒްކާން. އަހަރެންނަކަށް ދެނެއް އަޒްކާން ދައްކާވާހަކައެއް ގަބޫލެއްނުކުރެވޭނެ. އަހަރެން ބޭނުމެއްނޫން އަޒްކާން އާއި އެކު އުޅޭކަށް. ” އަޒްކާންއަށް އިތުރު ވާހަކައެއް ދައްކާނެ ފުރުސަތެއްނުދީ ސަނާޝް ހިނގައިގަތެވެ.

” ޝާޝާ” އެވަގުތު ޝޫރާ ދުވަމުން ދުވަމުން އައިސް ސަނާޝް އާއި އަރާހަމަކުރިއެވެ.

” ޝާޝާ އަޒްކާންއާއި ބްރޭކްއަޕްވީތަ؟ އެކަމު ކީއްވެ؟” ޝޫރާ އަވަސް އަވަހަށް އަހާލިއެވެ.

” ކަމެއްނުވޭ. އަހަރެން ބޭނުންނުވީ އަޒްކާންއާއި އެކު އުޅެން.” ސަނާޝްގެ ޖަވާބުކުރެވެ.

” ބޭނުންނުވިއްޔޭ އުޅެން. ސީރިއަސްލީ ޝާޝާ. އަޒްކާން ކަހަލަ މީހަކު މަދުވާނެ މިޒަމާނުގައި. ” ޝޫރާ ބެލީ ސަނާޝައަށް ވިސްނައިދެވޭތޯއެވެ.

” އަޒްކާން ކަހަލަ މީހަކު ބޭނުންނުވާތީއޭ ބްރޭކްއަޕްވީ. އެހެންނޫނަސް މީއަހަރެންގެ ލައިފް. ގޮތް ނިންމާނީ އަހަރެން. ޝޫ އެއްނޫން. ” ހިތްހަމަ ނުޖެހިފައި ޝޫރާއާއި ދިމާލަށް އެހެންބުނެލަމުން ސަނާޝް ގެެއަށްދާން ހިނގައިގަތެވެ. ހަގީގަތުގައި ސަނާޝް އަޒްކާންއާއިއެކު އުޅެން ބޭނުމެވެ. އެހެންނަމަވެސް ކަންތައްވެފައި ވާގޮތުން ސަނާޝްއަކަށް އަޒްކާންއާއިއެކު އުޅެވޭކަށްނެތެވެ.

…………………………………………………………..

ސަނާޝް ދިޔަ މަންޒަރު ބަލަންހުރި ޝޫރާ ހުރީ ޝޮކެއްގައެވެ. ސަނާޝްގެ ހަޔާތުގައި ކަންކަން ޝޫރާއަށް ނުނިންމޭނެކަން  ޝޫރާއަށް އެނގެއެވެ. ނަމަވެސް އަޒްކާން ކަހަލަ ސަނާޝްދެކެ ލޯބިވާ މީހަކު ސަނާޝްއަށް ގެއްލޭކަށް ޝޫރާ ބޭނުމެއްނުވެއެވެ.

” ޝޫދައްތާ” ޝޫރާއަށް ހޭވެރިކަމެއްވީ ފަހަތުން މީހަކު ގޮވާލުމުންނެވެ.

” އަނހަ ސާރާ. ކިހިނަތްވީ؟” ޝޫރާ އާދައިގެ މަތިން ހީލަމުން ސާރާއާއި ވާހަކަދެއްކިއެވެ.

” ކަމެއްނުވޭ. ފެނުނީމަގޮވާލީ. ސާރާ ދަނީ އިނގޭ. އެބޮތްތަނަކަށް ދާންވެފަ.” ޝޫރާއަށް ހަނާ އަޅާލަމުން  ސާރާ ހިނގައިގަތެވެ.

” ސަނާޝް ސާރާ ދެކެ ރުޅިއަންނަނީ ކީއްވެބާ؟ އަނެއްކާ ސަނާޝް އަޒްކާންއާއި ބްރޭކްއަޕްވީރު އަހަރެން ކައިރީގައި ބުނެވެސްނުލާ. އަހަންނަށް ޔަގީން އަދިވެސް ސަނާޝް އަޒްކާން ދެކެ ލޯބިވާކަން. އަހަރެން ކައިރީގައި އަޒްކާން އާއި އެއްކޮށް އުޅޭކަށް ބޭނުމެއްނޫނޭ ބުނީރު އަޒްކާން ދެކެ ލޯބި ނުވެއެކޭ ސަނާޝް ނުބުނޭ. އަނެއްކާ އެވަގުތު ސަނާޝް މޫނަށްއެރި ކުލަވަރުން އެބައިނގޭ ސަނާޝް އަޒްކާން ދެކެ ލޯބިވާކަން. ” ޝޫރާ ހިތާހިތުން ކިޔާލިއެވެ. އެވަގުތު ޝޫރާ ސިހުނީ މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Shaba_17

    Mi part ves vrh Reethi MA 💗
    Zaakiya Haadha goaheyyy dhw 😭
    Shanaash and Azkaan gulhuvahchey plss 🙏
    Asluves keehve baa Shanaash saara dheke ehaa rulhi ahnany 🤔
    Shoora Kaaku gaiga Baa ejehuny ivaan kanne 😳
    Patiently waiting for the next part When’s next?
    Ly and Tc 💗✌🏻

  2. Exxo

    Wow wow
    Never expected this much gurrlll.
    Vrh salhi.

    1. Miss rose
      Exxo

      Thank you. Glad you like the story
      Lysm🥰🥰

  3. Miss rose

    Thankyou . asluves zaakiyaa varah goas dho. Lets see dhww sanaash and azkaan gullheythow. Sanaash saara dheke ehaa rulhi annanee keevvebaa umm🤔?
    Shoora jehunu meehaku engeyne next part ga .
    Next part next week ga varah avahah IA.
    Glad you like the story
    Lysm 🥰🥰

  4. shynyx inax

    vrh reethi

    1. Miss rose
      shynyx inax

      Thankyou glad you liked the story . lysm

  5. Lulu

    Like it.
    Ly.. tc

    1. Miss rose
      Lulu

      Thankyou. glad you like the story.
      Lyme🥰🥰

Comments are closed.